Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 24

Annora Level 610 Stories100 Login100 Comments100 Stories
April 27, 2021 8 Mins Read
1 Comment

“ޑޯންޓް ވޮރީ.. އިޓް ވޯޒް ޖަސްޓް … އޫމް ލައިކް..” ބުނާނެ އެއްޗެއް ނީނގުމުން އާގަންނަމުން ކަހަލަ ގޮތަކަށް އަލާނިޔަލް ބުނެލިއެވެ. ” އޯކޭ… ބަޓް އެއް ވެސް އަންހެން ކުއްޖަކާ ގުޅުމެއް ބާއްވައިގެންނުވާނެ ލައިކް އައި ސެއިޑް ބިފޯރ..” ހަރުކަށިކަމާއި އިންޒާރު ދޭފަދައަކުންން  ބުނެލިއިރު ކެރާގެ މޫނުމަތީގައި ވަނީ ކަމެއް ދެނެގަންނަން އުޅޭފަދަ އަސަރުތަކެކެވެ.  އަލާނިޔަލް އަށް ހިންދިރުވާލެވުނީ އޭނާ ބޭޒާރު ވަނީއޭ ހީވުމުންނެވެ. ” އޯކޭ .. ކެން އައި ގޯ ނައު..” ކެރާ ބޯޖަހާލުމުން އަލާނިޔަލް މިސްރާބް ޖެހިއިރު އެނާގެ ހިތް ތެޅެމުންދިޔައީ ވަކި ވަރެއް ބަލާފަކަނޫނެވެ.

“ސޮރީ މޯމް … އައި ލަވް ހާ ސޯ މަޗް.. އައި ކާންޓް ލޫޒް ހާ… އައިމް ސޮރީ ” އަލާނިޔަލް ނުކުމެގެން ދިޔައިރު އެ ބަސްތައް ވަނީ ހިތުގައިއެވެ.

***

“މީނަ އެބަ ކަމެއް ފޮރުވާ.. އަހަންނަށް ވުރެން ނުބައި މީހަކު ނުހުންނާނެ އަހަންނާ ހިލާފަށް އޭނާ ފިޔަވަޅެއް އަޅާލިޔަސް.. ހޫމް .. މީނައަށް އިހަށް ފާރަ ލާން ވީ..” އަލާނިޔަލް  ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ޓެރެސްގެ ރެއިލިންގައި އަތް އަޅުވާލައިގެން ކެރާ ވިހަ ގޮތަކަށް ހީލިއިރު އަތުގައި ސިގެރޭޓު އެތެރެއަށް ދަމާލުމަށްފަހު ދުންގަނޑެއް ބޭރުކޮށްލިއެވެ.

 

****

“ހޫމް ހޫމް… ކިހާ އިރެއްތަ މިވަނީ ގޮވާތާ… ތިޔަ ފޮތްގަނޑު އަތުލީމަ ނޫނީ ހޭ ނާރާނެ..” ކައިވަން އައި ގޮތައް އައިސް ލިވިޔާގެ އަތުން އޭނާ ކިޔަން އިން ފޮތް އަތުލިއެވެ. ވަގުތުން އޭނާގެ މޫނު ކުނި ކޮށްލިއެވެ. ” އަދިވެސް މަށާ ދިމާލަށްތަ މޫނު ކުނިކުރަން ވީ ތީނަ.. އަހަރެންނެއްނު މޫނު ކުނިކުރަންވީ .. ސީރިޒް ބަލަން ޕްލޭން ކޮށްފަ މި އިންނަނީ ހަމަ..” ހަށަން ބަދެލަމުން ކައިވަން ކޮށްލި ސަކުވާތައް އިވި ލިވިޔާ ގާތައް ހިނި އައި ނަމަވެސް އެކަން ފޮރުވާލީ ކައިވަން އިތުރަށް ރުޅިއައިސްފާނެތީއެވެ.  “ކައިވަނޫ.. ހާ އަވަހަކަށޭ ތިޔަ ހަމަޔިން ނެއްޓެނީ… އަޅޭ ލިވީއަށް ސޮރީ އޭ .. ހަނދާން ނުވީ  ހަމަ ..” ލިވިޔާ މާފަށް އެދެމުން ކައިވަންގެ އަތުގައި ހިފާލައިގެން މިސްރާބް ޖެހިއެވެ. ” ހަމަޔިން ނެއްޓޭ ވަރު މަދިއްޔޭ އަދިވެސް ..ހޯން..ދެން ވެއްޖެ އެންނު ވާހަކަ އެއް ކިޔަން އިނަސް މީހަކު ދައްކާ ވާހަކަ އިވޭހެން ކަންފަތް ބައިންދާގެން އިންނަން …ސައުންޑް ޕްރޫފް ވާހެން  ވާހަކަ އެއްގަ އަތްލާ އިރަށް އިޔާ ޕްރޫފް ވަނީތަ..” ކައިވަންގެ ވާހަކަ އިވި ލިވިޔާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

” ދެން ބޮޑާ ނުހާކަބަ ކައި ބޭބީ .. ސޮރީ އޭ… ދެން އެހެނެއް ނުވާނެ.. ގަޑިޔަށް ދާނަން .. އިޔާ ޕްރޫފް ވެސް ނުކޮށް ބައިންދާނީ ” ހެމުން ހެމުން ބުނެލި އިރު ހީ ހީ ގޮސް ލިވިޔާގެ ލޮލުން ފެން ވެސް އައެވެ. “ކައި އޭ… ހުރޭ މިފަހަރު ..” ލިވިޔާ ފަހައި ދުއްވައިގަން އިރު އޭނާ ވެސް ހެމުން ހަޅޭއްލަވަމުން ދުވަމުން ގޮސް ގޭތެރެއަށް ވަނެވެ.

އެދެމީހުންގެ އެ ސަކަރާތް ބަލަން ގޯތި ތެރޭގައި ހުރި ހަޓެއްގައި ލަވާލް އާއި ޔާސިރް ހިނިއައިސްފައި ތިއްބެވެ. “ޔާސިރް.. އަހަރެން ވަރަށް ބިރުގަނޭ.. ކިތަންމެ ވަރަކަށް އަހަރުމެން ލިވީ ފޮރުވާގެން ބޭރަށް ނުނެރެ އުޅުނަސް ކަމެއް ވާން އުޅޭހެން އަހަންނަށް ހަމަ ހީވަނީ.. ޑިފީ އުޅޭގޮތުން ސައްކެއް ނުވޭތަ އެއްވެސް ކަމަކަށް ..”  ލަވާލް ހިފާލައިގެން ހުރި ކޮފީ މަގުން އެތިފޮދެއް ބޯލަމުން ބުނެލިއިރު އެ މޫނުމަތީގައި ވި ކަންބޮޑުވުމާއި ބިރުވެރިކަން ޔާސިރްއަކަށް ސިއްރެއް ނުވިއެވެ. ” ލަވާ .. ހާސް ނުވޭ .. އިރާދްކުރެއްވިއްޔާ އެއްވެސް މީހަކަށް ދެރަގޮތެއް ނުވާނެ.. ބޭބެ ވެސް ކިޔާފި ތިހެން.. ބޭބެ ވެސް އަމިއްލަ ދަރިޔަށް ސައްކު ނުކުރަން އެހުންނަނީ.. އިޒާންއާއި އޭނާ ހާދަ ތަފާތޭ .. ކުރިން ކިހާ ލޯބިން އުޅުނީ އަހަރެމެންނާއިއެކު…” ލަވާލްގެ އަތްމަތީގައި އަތްބާއްވައިލިއިރު އެމޫނުމަތީގައި ވީވެސް ހަމަ އެފަދަ އަސަރުތަކެކެވެ.

“ޔާސިރް ..އަހަރެމެން މީ ހާދަ ގޯސް ބަޔެކޭ ދޯ.. އަމިއްލަ ދަރިންތައް ނުރައްކަލުގެ ތެރެއަށް ލާގެން ލޯބިން އުޅޭނީ..” ލޮލުން އައިސްފައިވި ކަރުނަތައް ފުހެލި އިރު އަނެއްކާ ވެސް ލަޥާލްގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ. “ނޫން ތިހެން ނުބުނޭ.. ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން ކަން ކެރާ އަށް ނުވިސްނެނީ ހަމަ .. ބަދަލް ހިފަނީ ބޭކާރު ކަމަކާ އެ… އެތައް ބައެއްގެ ފުރާނަ ދުއްވާލީ އެ،މީހުންގެ ކުށެއް ނެތި ބޭކާރު ކަމަކާ… އަހަރެމެން އަދި އަހަރެމެންގެ ދަރިންވެސް ކުށެއް ނުކުރަން ..ބަޔަކަށް ގެއްލުމެއް ވެސް ނުދެން ..ހުއްޓާލަ … ތިހެން ރޮންޏާ އަހަރެން ވަރަށް ދެރަ ވޭ.. ނުރޮއެ ޕްލީޒް.. ” ހިފެހެއްޓުމެއްނެތި ލަވާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދިނެވެ..

” އެކަމަކު ވެސް ލިވީ އަށް ދެރަ ގޮތެއް….”  “ލިވީއަށް ދެރަގޮތެއް ނުވާނެ އަހަރެން ހުއްޓަކަ..” ލަވާލް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލައިފައި ސިހިފައި ފަހަތް ބަލައިލެވުނީ އިތުރު މީހެއް ވާހަކަ ދެއްކުމުނެވެ.

“އިޒާން..” ޔާސިރްއަށް ބުނެލެވުނެވެ. “އަހަރެން މިތާ ކައިރީގަ ހުއްޓާ އިވުން ބޭބެ މެން ދެއްކި ވާހަކަ …ސޮރި އަޑު އެހުނީމަ.. ” ތުންފަތުގައި ދަތްއަޅާއިލަމުން ބުނެލިއިރު އެ މޫނުމަތީގައިވި ލަދުވެތިކަން ސިއްރެއްނުވިއެވެ. “އެ މައްސަލަ އެއް ނޫނޭ … މިތާގަ އިށީންދެބަލަ ކޮޅަށް ނުހުރެ ..” ލަވާލް ހިނިތުންވަމުން ދައުވަތު ދިނެވެ. ޔާސިރް ވެސް ހިނިތުންވެލިއެވެ. “ލިވީ ވިހޭންސުރެން އަހަރެންނަށް ސައްކުވާތީ ޑިފީއަށް ފާރަ ލާން .. ލިވީ  އަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ސިހިސިހި ހުންނަތާ އެތައް އަހަރެއް ވީ މި..އައި މީން ލިވީ ވިހޭންސުރެން އަހަރުމެން މިހެން މިއުޅެނީ..” އިޒާންގެ ވާހަކަ އިވި ޔާސިރައަށާއި ލަވާލް އަށް ކީކޭހޭ އަހައިލެވިއްޖެއެވެ. އިޒާންއަށް ތިރީ ތުންފަތުގައި ދަތް އަޅާއިލެވުނެވެ. “ލިވީ އާއި ޔޫމީ އާ ވިހޭންސުރެން އާނ.. އެއްވެސް މީހަކު ގަބޫލް ނުކޮށްފާނެތީ ނުބުނެ ހުރީ…. ޔަޒަކްއާއި ދެމީހުން އުޅުނީ މިކަމުގަ… … އަހަރުމެން ދެމީހުންނަށް ގޭގަ ނޫޅެވޭ ވަގުތެއް އަތުވެދާނެތީ ޒައުލް ގާތު ބުނީ.. އޭނަ ވެސް މިކަން ގަބޫލް ކުރި… އަހަރުމެން ދެމީހުން  ޒައުލް އާއި އެކު  މިދަނީ  އެކަން ކުރަމުން …ތިން މީހުންވެސް ބޭރަށް ދާންޖެހިއްޖެޔާ ދަނީ ޒުހޫރުބެ ގާތު ލިވީ އަށް ބަލަން ބުނެފަ.. ކޮންމެ ވެސް އެކަކު އަބަދުވެސް ބަލާ ޑިފީ އުޅޭގޮތައް .. އަހަރެން މިދަނީ ލިވީ އަށް ގެއްލުމެއް ލިބޭތޯ ބަލަމުން..” އިޒާންގެ ވާހަކަ އިވި ޔާސިރްގެ ދެލޯ ވިދައިގަތެވެ. ނަމަވެސް އޭނާގެ ހިތުގައި އިތުރު ސުވާލެއް ދިޔައީ އުފެދެމުންނެވެ.

“ބޭބެމެން އެއްވެސް ކުއްޖަކަށް ނުއެއް ކިޔައިދެން މިހުރިހާ ކަމެއްގެ އަސްލެއް.. އެކަމް ކިހިނެތް އެނގުނީ ..ކެރާގެ ވާހަކަ އެއްވެސް ނުކިޔާދެން.. ދެން ކިހިނެތް ..،” ޔާސިރްގެ ހިތުގައި އުފެދުނު ސުވާލް އޭނާ ކޮށްލިއެވެ. އިޒާން އިސްޖަހައިލީ އެ ވާހަކަ ދައްކަން ލަދުގަތުމުންނެވެ. އޭނާ، އޭނާގެ ބައްޕަ އާއި ބޮޑު ބޭބެ އަށް ފާރަލީ ވާހަކަ ބުނަން ކެރޭނީ ކިހިނަކުން ހެއްޔެވެ. ޔާސިރް އަނެއްކާވެސް އޭނާގެ ސުޥާލް ތަކުރާރްކޮށްލިއެވެ .

އެންމެ ފަހުން އިތުރު ގޮތެއް ނެތިގެން އެ ވާހަކަ ކިޔާދޭންފެށިއެވެ. ލިވިޔާމެން ވިހޭދުވަހު ލިވިޔާގެ އަތް ޒަހަމް ވި ވާހަކަ ފެށިއެވެ. “އަސްލު އެދުވަހު ލިވީ އުރަން ހުރިހާ މީހުން ދިޔައީ ކައިވަން ގެންގުޅޭ ކުޅޭ އެއްޗިސްތައް ކާރީގަ ތިބެފަ.. ފަހަރަކު ކުއްޖެއް އުރަމުން ގޮސް ޑިފީ އުރާލިތަނާ ލިވީ ރޯންފެށި .. އެގަޑީގަ އަހަރެން ހީކުރީ ކުޑާކުއްޖެއްވީމަ ރޯލީ އޭ.. ހުރިހާ އެންމެން އުރާފަ އަހަރެން ލިވީ އުރިގަޑީގަ އަހަންނަށް ނޭނގި އަތްލެވުނީ ލިވީގެ ޒަހަމް ކޮޅުގަ.. އެވަގުތު ލިވީ ރޯންފެށީ ދެން.. އެގަޑީގަ ބަލަމުން ދަނިކޮން ބައްޕައަށް ފެނުނީ ޒަހަމްކޮޅު.. އަހަރެން ބުނީމެންނު ޗެކް ކުރާށޭ ހުރިހާކުދިން.. އެހެންބުނީ ކީއްވެކަން އިނގޭތަ… އަހަންނަ ފެނުނީ ޑިފީ ޖީބަށް ޕްލާސްޓިކް މުއްގަނޑެއް ލާފަ އިން ވަޅިއެއް ލަނިކޮން…” އިޒާން ކިޔައިދިނެވެ.

“ވާޓް..ލަވާލްއަށް ކޮޅަށް ތެދުވެވުންއިރު އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ޔާސިރްގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ. “ހަމަޖެހޭ ..ވާހަކަ ނިމެންދެން އަޑުއަހާ ކުޑަމަންމާ..” އިޒާން ، ލަވާލް ގޮނޑީގައި ބައިންދަމުން ބުނެލިއެވެ. އޭގެ ފަހުން ދެން ވީކަންތައް ވެސް އިޒާން ކިޔައިދެމުން ގެންދިޔައެވެ.

 

ކެރާގެ ހަގީގަތް ފަޅާއެރި ދުވަހު އޭނާ ފެންބޯން ކަމަށް ހެދި ޔާސިރް އާއި އައްޒާމް ސޯފާގައި ތިބެ ދެއްކިވާހަކަ އަޑުއެހިކަމަށާއި އެ ވާހަކަތައް އިވުމުން އޭނާއަށް ފުރަތަމަ ލިބުނީ ޝޮކެއްކަމަށް ބުންޏެވެ. އޭނާއަށް އެގަޑީގަވެސް  ފުރަތަމަ ހަނދާނައް އައީ އަލާނިޔަލްއަތުން ވަޅިފެނުން ހަނދާނެވެ. ދެން ހިތައް އައީ އައްޒާމް  އޭނާގެ ގާތުގައި އޭނާގެ މަންމަ ކެރާ މަރުވިވާހަކަ ބުނެފައިވާ ބުނުމެވެ.  އެހެންކަމުން އޭނާއަށް ކަމެއް ސައްކުވާތީ އަލާނިޔަލްގެ ރޫމަށް ދިޔަ ވާހަކަ ވެސް ކިޔައިދިނެވެ. އެހާ ހިސާބަށް ކިޔައިދީފައި އިޒާންއަށް އިސްޖަހާލެވުނެވެ.

 

އެ ވާހަކަ ތައް އިވެމުން ދިޔަ ވަގުތު ލަވާލްއާއި ޔާސިރަށް ދިޔައީ ބަޔާންކުރަންދަތި އަސަރުތަކެއް ކުރަމުންނެވެ. “ދަރިފުޅާ ..އިތުރަށް ސިއްރުނުކޮށް ކިޔައިދީ …ބޮޑުބެ ބޭނުން އިނގެން..” އިޒާންގެ އަތުގައި ހިފާލަމުން ޔާސިރް ބުނެލި އިރު ހުރިހާ ކަމެއް އިނގެން އޭނާ ބޭނުންވެފައިވާވަރު ހާމަވިއެވެ.

ދެން ވީގޮތްވެސް އިޒާން ކިޔައިދޭން ފެށިއެވެ. އަލާނިޔަލްގެ ރޫމްއާއި އަރާ ހަމަވި ވަގުތު ކެރާ އާއި އަލާނިޔަލް ދެއްކިވާހަކަ ތަފްސީލްކޮން ކިޔައިދިނެވެ. އަލާނިޔަލް ދޮރާއި ދިމާލަށް އަންނަން ފެށުމުން ފަހަތައް އެނބުރުނު ވަގުތު ޒުހޫރު އާއި ޔަޒަކް ފެނުން ވާހަކަ އާއި އެމީހުން ތިބިގޮތުން އެމީހުންނަށް ވެސް އެ ވާހަކަތައް އިވުނީކަން އެނގުނުކަމުގައި ބުންޏެވެ.

އިވިގެންދިޔަ ވާހަކަތަކުން ލަވާލްއާއި ޔާސިރް ތިބީ ބުނާނެ އެއްޗެއްވެސް ނީނގިފައެވެ.

“އަހަރެން ބުނީ ޒުހޫރުބެޔާ ޔަޒަކް ގާތު ސިއްރުކުރަން .. ސަބަބަކީ އޭރު އެފަދަ ވާހަކައެއް ހެއްކެއްނެތި ދެއްކުމުން ބައްޕަމެން ގަބޫލް ނުކޮށްފާނެތީ.. ކޮންމެ ގޮތެއްވިޔަސް ޑިފީ އަކީވެސް ބައްޕަގެ ދަރިއެއް .. ހެއްކެއްނެތި އެފަދަ ބޮޑު ވާހަކަ ނުދެއްކީ އެހެންވެ..”އިޒާންގެ ވާހަކަ ޔާސިރް އާ ލަވާލްއަށް ގަބޫލްކުރެވުނެވެ.

“މީގެ ފަހުން އެއްވެސް ކަމެއް ސިއްރުނުކުރާތި ތިހެން ،….ޒާން .. ވަރަށް ބޮޑާށް ސުކުރިއްޔާ… ނޭނގެ އިޒާންއަށް ސުކުރު އަދާ ކުރާނެ ގޮތެއްވެސް … ތިހެން އަބަދުވެސް ހުރެދެއްޗޭ.. ޑިފީހެދި ގޮތައް ޒާން ހަދައިފިއްޔާ ކުޑަމަންމަ މޮޔަވެދާނެ..” ލަވާލް އަސަރާއެކު އިޒާންގެ ދެއަތައް ފިތާލަމުން އިޒާންގެ ނިއްކުރީގައި ނުހަނު ލޯބިން ބޮސްދިނެވެ. ޔާސިރް ވެސް އިޒާންގެ ގައިގާ ބައްދާލީ ސުކުރު ވެރިވާ ހާލުއެވެ. އޭރު ޔާސިރްގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

 

” އަހަރެން ، އަހަރެންގެ އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިގޮތައް މިކަންތައް ކުރަނީ…ފަހުންވެސް އަދި މިހާރުވެސް އަހަރެން ކޮންމެފަދަ ކަމެއް ކުރިޔަސް ކުރާނީ ލިވީއަށް އަދި އެހެން މީހުންނަށްވެސް ރަނގަޅަކަށް ..”އިޒާން މަޑުމަޑުން ބުނެލިއެވެ. ލަވާލްއާއި ޔާސިރް އެކަކު އަނެކަކަށް ނަޒަރެއް ދެމުން ބޯޖަހާލިއިރު އެމީހުން ހިތްހަމަޖެހިފައިވީވަރު ހާމަވިއެވެ.

****

އޮއްސެމުންދިޔަ އިރާއެކު ވެސް މަގުތައް މަތިން މީހުން މަދުނުވެއެވެ. ދުއްވަމުންދިޔަ ވެހިކަލްތައް ވެސް އެންމެ ތަންކޮޅެއްވެސް މަދުނުވެއެވެ. ކޮނޑުގައި އަޅުވާލެވިފައިވި ދަބަސް ރަނގަޅުކޮށްލަމުން އަލާނިޔަލް ހިނގައިގަން އިރުމަގުން ދާ އަންހެން ކުދިންގެ ނަޒަރު އޭނާއަށް ހުއްޓެވެ. މާބޮޑު ސަމާލްކަމެއްއެކަމެއް ނުދީ ހުންނަން މަސައްކަތް ކުރިނަމަވެސް އެކަމުން އޭނާއަށް ދިޔައީ އުނދަގުވަމުންނެވެ.  އެންމެފަހުން އޭނާ އާންމު ކޮން ހުންނަ ގޮތައް ލާފައިވި ކަޅުކުލައިގެ ހޫޑީގެ ހުޑުބައިން މޫނު ނިވާކޮށްލިއެވެ.

ލަސް ހިނގުމެއްގައި ދިޔަ އަލާނިޔަލް ހުއްޓުނީ ތިންބުރިއަށް ނަގާފައިވި އިމާރާތެއްގެ ކުރިމައްޗައްށެވެ. އެހިނދު  އޭނާ ފުން ނޭވާއެއްލުމަށްފަހު އެތެރެއަށް ވަންނަން މިސްރާބްޖެހިއެވެ. ސިޑިން އަރައިގެން ގޮސް ތިންވަނަ ފްލޯގެ ބެލް ސްވިޗްއަށް އޮބާލިއެވެ. އިސާހިތަކު ދޮރު ހުޅުވާލުމަށްފަހު މެދުއުމުރުގެ އަންހެނަކު ނުކުމެ ބޯދިއްކޮށްލިއެވެ. އަލާނިޔަލް ވަގުތުން ހުޑް ތިރިކޮށްލީ އެމީހާ އަށް މޫނު ފެންނާނޭ ހެންނެވެ.

“ހޭއި .. ވަދޭ..” އެ އަންހެން މީހާ އުފާވެރި އަޑަކުން ވާހަކަ ދެއްކިއިރު އަލާނިޔަލް ވެސް ލުއިގޮތަކަށް ހީލިއެވެ. އެއަންހެން މީހާގެ ފަހަތުން އެތެރެއަށް ވަން އިރު އެގޭ ލިވިންގްރޫމް އެއްފަރާތެއްގައި ބަހައްޓާފައި ހުރި މޭޒެއްގެ ދޮށުގައި މެދު އުމުރުގެ ފިރިހެނަކާއި ތޭރަ ވަރަކަށް އަހަރުގެ  އަންހެން ކުއްޖެއް އިނެވެ.

“މިއަދު ކީއްވެ ނައީ މިންމިގެ ބާތްޑޭއި ޕާޓީއަށް ނައީ ..މިންމި ވަރަށް ދެރަވެގެން އުޅުނީ އެލަން ނައުމުން..” އެ އަންހެން މީހާ ވަރަށް ދެރަވެލާފައި ބުނެލިއެވެ. ” ކުއްލިޔަކަށް ކޮލެޖަށް ދާން ޖެހުނީ.. ސޮރީ ވަރަށް ބޮޑަށް..” އަލާނިޔަލް ، ކުރިމަތީގައި ހުރި މޭޒުގައި ފުރަގަސްދީގެން ހުރި އަންހެން ކުއްޖާއާއި ދިމާލަށް ދިޔައެވެ.

“ހޭއި…” އަލާނިޔަލް ގޮވާލުމުން އެ އަންހެންކުއްޖާ ބަލާލާފަ ވެސް މޫނު އަނބުރާލިގޮތުން އެ ކުއްޖާ ހިތްހަމަ ނުޖެހިފައި ހުރިވަރު ހާމަވިއެވެ. ” ސޮރީ .. ކޮލެޖަށް ދާން ޖެހުނީ އެގަޑީގަ.. ޕްރެޒެންޓް އެއް ވެސް ހިފާގެން މިއައީ…މިންމީ….” އަލާނިޔަލް ގޮވާލުމުން މިފަހަރު ބަލައިލިއެވެ. ނަމަވެސް މޫނުކުނިކޮށްލާފައިވީ ގޮތުން އެ އަންހެންކުއްޖާގެ ދޮންމޫނަށް ކުދި ރޫތައް ވަނީ އަރާފައެވެ. އޭނާގެ އުނަގަނޑާއި ހިސާބަށް އަރާ އިސްތަށިގަނޑު ވަނީ ފަހަތައް ދޫކޮށްލެވިފައެވެ. ” އޯވ.. ކޮލެޖަށް ދާން ޖެހުނީ އޭ ބުނެފި… ދޮގު ހަދަނީ.. އައި ސޯ ޔޫ މިއަދު މެންދުރު އެޓް ޓައިމް ސްކޮޔާ މޯލް..” އެ ކުއްޖާ ބުނެލިގޮތުން އަލާނިޔަލް އަށް ކުޑަކޮން ހެވުނެވެ. ” ޔާ .. ފެންނާނެ އެންނު އެގަޑީގަ އެތަނައް ދިޔައީމަ… އެތަނަށް ގޮސްފަ ފްރެންޑެއް ނަގައިގެން ދިޔައީ ..” އަލާނިޔަލް ބުނެލި ވާހަކަ ގަބޫލް ނުކުރާ ފާޑަކަށް އެ ކުއްޖާ އަނގަހަދާލިއެވެ.

“ދެން މިލާން .. ޑިފީ އެހާ ވަރަށް ކިޔާދޭއިރުވެސް ގަބޫލް ނުކުރަންތަ… ބައްޕަ ގާތު ޑިފީ ބުންޏޭ ގުޅާފަ ކުއްލިކަށް ކޮލެޖަށް ދާން ޖެހުން ވާހަކަ”  އެމީހުންގެ ކޫސަނި ޒުވާބު އަޑުއަހަން ހެވިފައި ތިބި މިލާން ގެ މައިންބަފައިންގެ ތެރެއިން ބައްޕަ  ދާނިޔަލް ބުނެލިއެވެ. އަލާނިޔަލް އެތައް ގޮތަކަށް މާފަށް އެދުމުން އެންމެފަހުން މިލާން މާފްކުރިއެވެ.

“ޑިފީ.. ދަރިފުޅަށް ބޭއްވި ކޭކް ކޮޅު މިއޮތީ .. ރަނގަޅަށް ކާލާ ..މިލާން ވެސް ނަމާދުކުރަން ދޭ ޑިފީ ކިޔެވިޔަދީފަ … ޑިފީ ނިމުނީމަ ނިކުންނަން ވާނީ ރޫމްއިން ވެސް..” މިލާންގެ މަންމަ މާޔާ ހިނތުންވެލަމުން އަލާނިޔަލްގެ އަތައް ތައްޓަކަށް ލާފައިވި ކޭކް ކޮޅެއް ދެމުން ބުނެލިއެވެ. ނަމަވެސް މިލާން އިންތަނުން ހިއްލާލާ ހިޔާލްވެސް ކުރިހެންނެއްހިޔެއް ނުވެއެވެ.

“ތެދެއް މަންމަ އެބުނީ.. މިންމި އިނީމަ ބައްޕައަށް މިއުޅޭނީ  ޑިފީއަށް ޓިއުޝަން ވެސް ނަގާ ނުދެވިގެން..” ދާނިޔަލްގެ އަޑު އިވުމުން އަނގަ ހަދާލާފައި އެންމެފަހުން މިލާން ގޮސް އެނާގެ ކޮޓަރިޔަށް ވަނެވެ.

މިލާންގެ އާއިލާ އަކީ ސުވިޒަލޭންޑުގެ މުސްލިމު އާއިލާއެކެވެ. މިލާން ގެ ބައްޕަ ދާނިޔަލްއަކީ އަލާނިޔަލް ދާ ޔުނިވާސިޓީގައި އޭނާއަށް ކިޔަވައިދޭ ލެކްޗަރާއެކެވެ. ކުލާހުގައި ދޭ ފިލާވަޅުތަކަށް އަލާނިޔަލްގެ ސަމާލްކަން ނެތުމުން ކުލާހުގެ ހުރިހާކުދިންނަށްވުރެންވެސް އަލާނިޔަލްގެ ކިޔެވުން ދަށެވެ. އެހެންކަމުން ކުދިންގެ މަލާމަތް އަލާނިޔަލް އަށް ރައްދުވެ ކުލާހުގައި ބާކީ ވެފައި އިންނަތަން ފެނިގެން ދިޔުމުގެ ސަބަބުން ދާނިޔަލްގެ ހިތައް ރަހްމް ވަދެ  ، ދާނިޔަލް ނިންމީ އޭނާ އަމިއްލައަށް އަލާނިޔަލްއަށް ކިޔަވައިދިނުމަށެވެ. އެހެންކަމުން ދާނިޔަލް، އޭނާގެ އަމިއްލަގެޔަށް މަގްރިބް ނަމާދަށްފަހު ކިޔަވަން އަންނަން އަލާނިޔަލް އަށް ދައުވަތު ދިނެވެ. އެއްވެސް އަގެއް ނެތިއެވެ.

އަލާނިޔަލް އެ ދައުވަތު  ގަބޫލް ކުރީ ކޮންމެހެން ކިޔަވަން ބޭނުންވެގެނެއް ނޫނެވެ. އެވަގުތު ކޮޅުވެސް ކަމެއް ނެތިފައި ގޭގަ ހުންނަން ބޭނުން ނުވުމުންނެވެ. މިލާންއަކީ ދާނިޔަލް އާއި މާޔާގެ ދެމަރިންނަށް ލިބިފައި ހުރި ހަމައެކަނި ދަރިއެވެ. އަލާނިޔަލް އަށް މިލާން ފެނުނީ އެގެޔަށް ކިޔަވަން ގޮސް އުޅެނިކޮންނެވެ. މަންމަގެ އިންޒާރުތަކުގެ ސަބަބުން ދުވަހަކުވެސް އަންހެންކުއްޖަކަށް ބަލައިނުލާން ހުރި އަލާނިޔަލް އާއި މިލާންގެ އެކުވެރިކަން ފެށިގެން ދިޔައީ ފުރަތަމަ ބައްދަލްވުމާ ހިސާބުންނެވެ. އުމުރުން ތޭރަ އަހަރުގެ މިލާން އަކީ ހިމަ ތޮޅިކޮން ހުންނަ ކުއްޖެކެވެ. އުނަގަނޑާއި ހަމަޔަށް އޮންނަ އޭނާގެ “ބްލޮންޑް” އިސްތަށިގަޑަކީ އޭނާގެ އެންމެ އަޅާއިގަންނަ ސިފައެވެ. އަލާނިޔަލްގެ ހިތުގައި މިލާންގެ ނަން ފެވި  ލޯއްބަށް ބަދަލްވާން   މާގިނަ ދުވަހެއް ނުނަގައެވެ. ނަމަވެސް މިލާން ދެކެފާނެ ގޮތެއް ނީނގޭތީ ލޯބި ހުށަހަޅަން ފަސްޖެހިފައިއޭނާ ހުރިއެވެ. އަދި އަނެއްކޮޅުން ކެރާގެ އިންޒާރު މަތިން ވެސް އޭނާ ހަނދާންވަނީއެވެ. ކޮންމެ ގޮތެއް ހަދާފަ ވެސް އޭނާގެ މަންމައަށް އިންސާފް ހޯދާދޭން އޭނާގެ ހިތުގެ އަޑިންވަނީ އަޒުމް ކަނޑައަޅާފައެވެ. އެނާގެ ހިތުގައި ވާ ބަދަލް ހިފުމުގެ ރޫހަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މިލާން އަށް ވުރެން ކޮންމެހެންނެއް ވިޔަސް މުހިންމު ވާނީ ކެރާ ތާއެވެ. ކެރާ އަކީ އޭނާގެ މަންމައެވެ. ބޮޑަށް މުހިއްމުވާނީ މަންމަ ނޫންތާއެވެ.

***

އަލާނިޔަލް މަސައްކަތް ނިންމާލައިފާ ގޮނޑިން ފޫ ހިއްލާލަން ވާއިރަށް މިލާން ހުރީ ފަހަތުގައި އައިސް ޖައްސާފައެވެ. މިލާންގެ ހަރަކާތައް ފެނި  ދާނިޔަލް ވެސް ހިނިގަނޑެއް ޖަހާލައިފާ އޭނާ ހިފައިގެން ހުރި ފޮތްބަރިތައް ހިފައިގެން ކޮޓަރިޔާ ދިމާލަށް މިސްރާބް ޖެހިއެވެ.

“ވެއާޒްޒް މައި ޕްރެޒެންޓް..” ދެއަތް ދިއްކޮލަމުން ލޯބިގޮތަކަށް ހީލަމުން މިލާން ބުނެލި އިރު އަލާނިޔަލް އަށް ހުރެވުނީ ކަޅި ޖަހާލަންވެސް ނޭނގިފައެވެ. އެ މޫނު ފެނުމުން ބޮސްދޭން ބޭނުންވި އެވެ.

ހިތައް އެރި އެއްޗަކުން އަވަސް އަވަހަށް އިސްދޮށައް ޖަހައިލެވުނެވެ. ” އާ ދޭ ޓެރެސްއަށް..” މިލާން ، އަލާނިޔަލްގެ އަތުގައި ހިފައިގެން   ޓެރެސްއަށް އަށް ނުކުންއިރު ވެސް އޭނާ ހުރީ އިސް ޖަހައިގެންނެވެ. “ހޭއި ދެން ދެގަ އަޅެ..” އަނެއްކާ ވެސް މިލާން ސަކުވާ ކޮށްލިއެވެ. ” އޯހް.. ހޫމް.. ކްލޯޒް ޔޯ އައިޒް” މިލާން އޯކޭ އޭ ބުނެ ލޯ މަރައިލުމުން އަލާނިޔަލް ދަބަހުން ކޮންމެވެސް އެއްޗެއް ނަގާފައި މިލާންގެ އަތައް ލައްވާލުމަށްފަހު ލޯ ހުޅުވާލަން ބުނެލިއެވެ.

މިލާން ލޯ ހުޅުވާލި ވަގުތު ފެނުނީ ލިބޭނެ ކަމަށް ހީކޮށްގެން ވެސް ހުރި އެއްޗެއް ނޫނެވެ. އޭނާގެ އެންމެ ކަމުދާ ވާހަކަ ލިޔުންތެރިޔާ ޖޯސެފް ކޮންރަޑް ގެ “ހާޓް އޮފް ޑާކްނެސް ” ގެ ތިން ސީރީޒް އެވެ. މަންމަ އާއި ބައްޕަ ކައިރީގަ އާދޭސް ކޮށްގެން ވެސް ލޯބީގެ ވާހަކަ އަކަށް ވުމުން ނުލިބުނު  ވާހަކަ އަލާނިޔަލްގެ ފަރާތުން ލިބުމުން އޭނާ ހުރީ އުފަލުން ގޮސް މޮވަ ވާވަރުވެފައެވެ. ” އާއީ… ތެންކިޔު ތެންކިއު ތެންކިޔު ޑިފީ” ހުރިތާ ހުރެ ފުންމަމުން މިލާން ، އަލާނިޔަލްގެ ގައިގާ ބައްދާލިއެވެ. އަލާނިޔަލް ގާތައް ހިނިއައިސްފައި ހުއްޓެވެ.

****

“ހައު ޑެއާ ޔޫ.. މަށާ ސިއްރުން …. ލެޓްސް ސީ ވަޓް ވިލް ހެޕެން ނެކްސްޓް ..ހަހާ” އަލާނިޔަލްގެ ފަހަތުން ފާރަލަމުން އައި ކެރާ ހުރީ ޖެހިގެން ހުރި އިމާރާތުގެ ކޮޅަށް އަރައެވެ. އޭރު އޭނާގެ އަތް މުށްކެވިފައި ވީ އިރު ރުޅިން ދިޔައީ  ތުރުތުރު އަޅަމުންނެވެ.

****

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 9

Next

ތިޔަ ލޯތްބަށް އެދެމޭ – 24

Next
April 27, 2021

ތިޔަ ލޯތްބަށް އެދެމޭ – 24

Previews
April 26, 2021

ނަފްރަތުން ވެވުނު ލޯބި 9

One Comment

  1. s.n.o.w.f.l.a.k.e Maash says:
    April 28, 2021 at 6:00 pm

    Wow Varah reethi Maasha Allah ???keraa anehkaa keehkuranbaa e ulheny. ??? mee kithah part ge story eh? when next? Waiting curiously ???tc dear Lyssm ???

Comments are closed.

Next Episodeހިރާސް 25←


All Right Reserved!