Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-57

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 2, 2021 5 Mins Read
12 Comments

ޖޫންގެ ޢަމަލުތައްް ހުރިގޮތުން އެޒުވާނާއާ ދެމެދުގައިވަނީ ކޮންކަހަލަ ގުޅުމެއްކަން ދެނެގަންނާކަށް އައިވިން އަށް އިތުރު ހެއްކަތް ބޭނުމެއް ނުވިއެވެ. އެފަދަ ގައިގޯޅި މަންޒަރަކުން އައިވިންގެ ހިތަށް މާބޮޑު އަސަރެއް ނުކުރިއެވެ. މާކުރިންވެސް ޖޫންގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެކަމަށް އައިވިންއަށް އުންމީދު ކުރެވިފައި ވާތީކަމަށްވެސް ވެދާނެއެވެ. އެހެނަސް ދެން އައިވިން ކަންތައް ކުރަންވީ ގޮތަކާމެދު ފިކުރު ބޮޑުވިއެވެ. މަންޒަރުތައް ލޮލަށް ފެނުމަށްފަހު އެކަމަށް އަޅާ ނުލާ ހުންނާކަށް އައިވިން ބޭނުމެއް ނޫނެވެ. އެހެނަސް ޖޫންގެ މިޒާޖުގެ ސަބަބުން އޭނާ ދައްކާ ވާހަކައާއެކު ކަންތައް ކުރާނީ ކިހިނެއްކަމެއްް އަންދާޒާކޮށްލާކަށްވެސް އައިވިން އަކަށް ނޭނގުނެވެ. ޖޫންގެ ޢަމަލުތައް ހުންނަގޮތުގެ ސަބަބުން އިވާން އަށް ކުރާނެ އަސަރު ވިސްނާލެވުމާއެކުވެސް އައިވިންގެ ބޮލުގައި ރިހުމެއް އުފެދިގެން ދިޔައެވެ.
*******

ދާންވީ ވަކި މިސްރާބެއްނެތި އައިވިން ކާރު ދުއްވަމުންދިޔައެވެ. ސިކުނޑީގައި އުފެދެމުން ދިޔަ އެކި ޚިޔާލުތަކާއެކު ދެން ކަންތައް ކުރާނެ ގޮތަކާމެދު އައިވިން ވިސްނަމުން ދިޔައެވެ. އެ ޚިޔާލުގައި އިނދެ އައިވިން ކާރު ދުއްވަމުން އައިސް ދަންނަ މާޙައުލަކަށް ކާރު މަޑުކޮށްލެވުނެވެ. އައިވިން އަށް ކުރެވުނު ކަންތައް ރެޔަކާ ލީވެސް އޭގެ ދެތިން ސިކުންތު ފަހުންނެވެ. ކުރިމަތިން ފެންނަމުންދާ ބިޔަ އިމާރާތައް އައިވިން ބަލައިލިއެވެ. އުނިމާ ކޮމްޕްލެކްސްގެ ދޮރުމައްޗަށް އައިިވިން ނަޒަަރެއް ދިން އިރު ހިތި ހިނިތުންވުމެއް އައިވިންގެ ތުންފަތައް ވެރިވިއެވެ. ބޭއިޚްތިޔާރުގައި ނަމަވެސް އެ ހޮޓެލްގެ ދޮރުމައްޗަށް ކާރު މަޑުކުރެވުނީ ކީއްވެކަން އޭނާއަށް އިނގެއެވެ.

އިރުކޮޅަކު ވިސްނުމެއްގައި އިނުމަށްފަހު އައިވިން ފުންނޭވާއެއް ދޫކޮށްލަމުން ހޮޓެލްގެ ޕާކިންގް އޭރިއާގައި ކާރު ޕާކުކޮށްލިއެވެ. ކާރުން ފޭބުމަށްފަހު އައިވިން ހޮޓެލްގެ ތެރެއަށް މިސްރާބު ޖެހިއެވެ. ރިސެޕްޝަނުގައި މަޑުކޮށްލުމަށްފަހު ރޭގަނޑުގެ ހުރުން އައިވިން ހޮޓެލުގައި ހަމަޖެއްސިއެވެ. ގެއަށް ދިޔުމުގެ ކުރިން އައިވިން އޭނާގެ ސިކުނޑި ހަމަޖައްސާލަން ބޭނުންވިއެވެ. ޖޫން އާ ކުރިމަތިލުމުގެ ކުރިން އަމިއްލަ ނަފްސު ތައްޔާރުކުރަން އައިވިން ބޭނުންވިއެވެ.

ތަނަވަސް ސްވީޓްގެ ތެރެއަށް އައިވިން ވަނުމަށްފަހު ދޮރު ލައްޕާލިއެވެ. އެތެރެއަށް ވަދެ ސޯފާގައި އިށީންނަމުން އައިވިން ފޯނު ނަގާ ނަޖުމާއަށް ގުޅާލިއެވެ. ކުޑަ ކަމަކު މިރޭ ގެއަށް ނުދެވޭނެކަން އައިވިން ނަޖުމާއަށް އަންގާލިއެވެ. އަދި އިވާން އަށް ބަލައިލަ ދިނުމަށް އެދެމުން އައިވިން ފޯނު ކުރުކޮށްލިއެވެ. ނަޖުމާއާ ވާހަކަ ދެއްކުމަށްފަހު އައިވިން އިރުކޮޅަކު ފޯނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އައިވިން ސޯފާއިން ތެދުވެ ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ.

ފެންވަރާލުމާއެކު ހަށިގަނޑަށް ވެރިވި ތާޒާކަމުން އައިވިންގެ ސިކުނޑީގެ ބަރުކަން ލުއިވެގެން ދިޔައެވެ.  ބާތު ރޮބްގައި ފާޚާނާއިން ނިކުމެ އައިވިން ރޫމް ސާވިސްގެ ފަރާތުން ހޫނު ކޮފީއެއް ސްވީޓަށް ގެނެސް ދިނުމަށް އެދުނެވެ. ކޮފީގެ އިންތިޒާތުގައި އިން އައިވިން ހުއްޓުނީ ދެފަރާތައް ކަހާލެވިފައިވާ ކުޑަދޮރުގެ ފަރުދާތައް ކުރިމަތީގައެވެ. އަމާޒެއްނެތި ބޭރުން ފެންނަ މަންޒަރަށް ގެއްލިފައިހުރި އައިވިން އަށް ހޭވެރިކަންވީ ބެލް އަޅާލި އަޑަށެވެ. ކޮފީ ހިފައިގެން އައީކަން ޔަޤީން ކުރަމުން އައިވިން މާބޮޑު ފިކުރެއް ނެތި ކޮޓަރީގެ ދޮރު ހުޅުވާލަމުން މަޑު ކުރުމެއް ނެތި އެތެރެއަށް ހިނގައިގަތެވެ. ސޯފާގައި އިށީނދެ ކޮފީ މޭޒުގައި އޮތް މެގަޒިން   ނަގަމުން އައިވިން ހަމަޖެހިލިއެވެ. މޭޒުގައި ކޮފީ ތަބައް ބެހެއްޓުނު އަޑަށް އައިވިން  އިސްއުފުލާ ފުރަތަމަ ފަހަރަށް ބަލައިލިއެވެ. ކޮފީ ހިފައިގެން އައި އަންހެންކުއްޖާގެ ލޯ ޖޯޑަށް އަމާޒުވެފައިވީ ނަމަވެސް އައިވިން އަށް އެމޫނެއް ނޯޅުނެވެ. ހުއްޓުން އަރާފައި އިން އައިވިން އަށް ޒޯޔާގެ މޫނަށް ގެއްލިފައި އިނދެވުނެވެ.

ކޮފީ ތަށި މޭޒުގައި ބެހެއްޓުމަށްފަހު ހިންދެމިލި ޒޯޔާއަށް އޭނާގެ މޫނަށް މީހެއްގެ ނަޒަރު އަމާޒުވެފައިވީހެން ހީވިއެވެ. މާބޮޑު ސަމާލުކަމެއް ނެތި ކުރިމައްޗަށް ޒޯޔާ ބަލައިލީ އެއްވެސް ހާލެއްގައި އައިވިންގެ މޫނު ފެންނާނެކަމަށް އުންމީދު ކުރަމުން ނެތް ނޫނެވެ. އެހެނަސް އޭނާގެ މޫނާ އަމާޒުވެފައިވާ އައިވިންގެ ތޫނު ނަޒަރާ ބައްދަލުވުމާއެކު ޒޯޔާގެ ނޭވާ އެތެރެ ހަށީގައި ތާށިވިއެވެ. ހަދާނެ ގޮތެއް ނޭނގި ގަބުވެފައި ޒޯޔާ އަށް ހުރެވުނެވެ. އޭނާ އައިވިން އާއި ދުރުގައި ހުރުމަށް ކުރަމުންދާ މަސައްކަތް ބޭކާރު ވަނީ ކީއްވެހެއްޔެވެ؟ އައިވިން ފެންނަ ކޮންމެ ފަހަރަކު ދުވެފައިގޮސް އެއަތުގެ ހިމާޔަތުގެ ތެރެއަށް ވަނުމަށް އެހިތް ތެޅިފޮޅެއެވެ. ޒޯޔާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އެތަކެއް މަސައްކަތެއް ކުރަމުން ދިޔައެވެ. ނަމަވެސް އައިވިން އާއި ބައްދަލުވާލެއް ގިނަވި ވަރަކަށް ޒޯޔާގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ.

ދެމީހުންވެސް އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ގެއްލިފައި އެތަކެއް އިރެއްވަންދެން ތިބެވުނެވެ. ފުރަތަމަވެސް ޒޯޔާއަށް ހޭވެރިކަން ވުމާއެކު އަވަސް އަވަހަށް އައިވިން އަށް ފުރަގަސްދެމުން ދޮރާ ދިމާއަށް ހިނގައިގަންނަން އުޅުނެވެ. އެހެނަސް އައިވިންގެ ހަރަކާތްތައް އެއަށްވުރެ އަވަހެވެ. ޒޯޔާގެ އަތުގެ މުލައްދަނޑީގައި ހިފަހަައްޓާލަމުން އައިވިން ޒޯޔާގެ ހަރަކާތްތައް މަޑުޖެއްސުވިއެވެ.

“ކީއްވެތަ އަހަރެން ފެންނަ އިރަށް ދުވެ ފިލަން ތިއުޅެނީ..؟” އައިވިންގެ އަޑުގައިވަނީ ޝަކުވާއެވެ. ޖޫންގެ ކަންތަކަށްފަހު އޭނާގެ ސިކުނޑީގައި އުފެދިފައިވާ ހަލަބޮލިކަމާއެކު ހިތުގައި ފޮރުވައިގެން އުޅުނު ޝަކުވާތައް އައިވިން އަކަށް އިތުރަކަށް ނުހިފެހެއްޓުނެވެ.

“އައިވިން… އަހަރެން.. ގެއަށް ދާން ޖެހޭ..” ޒޯޔާ ކަންބޮޑު ވުމާއެކު އައިވިންގެ އަތުގެ ތެރެއިން މިނިވަންވާން މަސައްކަތް ކުރަމުން ދިޔައެވެ.  މާގިނައިރު އެހެން ހުންނަން ވެއްޖެނަމަ އަމިއްލަ ނަފްސުގެ މައްޗަށް ޒޯޔާއަށް ބާރު ނުފޯރުވޭނެކަން އޭނާ އަށް އިނގެއެވެ.

“އަހަންނާ ނުލާ އުޅެން ޒޯއަށް ވަރަށް ފަސޭހަ ދޯ.. އެކަމަކު… އަހަންނަށް… ވަރަށް އުނދަގޫ…” އައިވިން ފުރަގަހުން ޒޯޔާގެ ގައިގާ ބައްދާލަމުން އިތުރަށް ޒޯޔާއާ ކައިރިވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެއަތުގެ ތެރެއިން ޒޯޔާ ދޫވެދާނެތީ އައިވިން ބިރުގަނެފައިވާ ފަދައެވެ. އައިވިން ގެ ކޮންމެ ޖުމްލައެއްގައި އެކުލެވިގައިވާ ރިހުން ޒޯޔާއަށް އިޙްސާސްކުރެވުމާއެކު ދެލޮލަށް ހޫނު ވެގެން ދިޔައެވެ. ފަހު ޖުމްލައާއެކު އައިވިންގެ އަޑު ކުރެހިގެން ދިޔަގޮތުން ޒޯޔާ ދެލޯ މަރާބާރުކޮށްލަމުން ތުންފަތުގައި ދަތް އަޅާ ބާރުކޮށްލީ ނުރޯން މަސައްކަތް ކުރަމުންނެވެ. އައިވިން ހީކުރާ ގޮތާ ޚިލާފަށް އޭނާއަކަށްވެސް އައިވިން އާ ދުރުގައި ހުރުން ފަސޭހައެއް ނޫނެވެ. އައިވިން ނުފެނި ހޭދަވާ ކޮންމެ ދުވަހަކީ ޒޯޔާ އެތައް މަރަކުން މަރުވާ ދުވަހެކެވެ. އައިވިން ދޫކޮށްލާފައި އާދެވުނު ގޮތް ސިފަވާ ކޮންމެ ފަހަރަކު ކުށްވެރިކަމުގެ އިޙްސާސުން އެހިތް ރޮއްވާލައެވެ.

” އައިވިން.. ޕްލީސް..އަހަރެން ދިޔަދީ..” ޒޯޔާގެ އަޑު ކެނޑިގެން ދިޔައެވެ. ދެލޯ ފުރިބާރުވެގެން ކަރުނަތައް ފައިބަން ތައްޔާރުވެފައިވާއިރު ޒޯޔާގެ ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. އައިވިންގެ އަތުގެ ތެރޭގައި ހުރުމަށް ޒޯޔާގެ ހިތް އެދެމުން ދިޔުމުން އޭނާގެ ނުތަނަވަސްކަންވީ އިތުރެވެ.

“.. ކީއްވެތަ އަހަންނާ ދުރަށް ދާން ޒޯ ތިމަސައްކަތް ކުރަނީ..؟ އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއް..؟ ޒޯ ބުނީމަ އަހަރެން އެކަމެއް ރަނގަޅު ކުރާނަން.. ޕްލީސް.. ސްޓޭ..” އައިވިންގެ އާދޭހުގެ އަޑު އަހާކަަށް ޒޯޔާއަކަށް ފަސޭހައެއް ނުވިއެވެ.

އައިވިންގެ ދެއަތް ޒޯޔާގެ ކުރިމަތިން ބާރުވެގެން ދިޔައިރު ޒޯޔާގެ ހަށިގަނޑު އައިވިންގެ އަތު ތެރޭގައި ފޮރުވިގެން ދިޔައެވެ.

“ޕްލީސް..”  ފުރަގަހުން ޒޯޔާގެ ކަރުގައި މޫނު ފޮރުވާލަމުން އައިވިން އާދޭސްކުރިއެވެ. އައިވިންގެ ޢަމަލާއެކު ޒޯޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެފައިން ވާގިދޫވެގެން ދިޔައިރު އައިވިންގެ ގައިގާ ލައްގަނެލެވުނެވެ.

ސިކުނޑީގެ ޚިޔާލުތައް ފުސްވެގެން ދިޔައިރު ޒޯޔާއަށް ހޭވެރިކަންވީ އައިވިން އޭނާއާ ކުރިމަތިވާނެހެން ޒޯޔާގެ ހަށިގަނޑު އަނބުރާލުމުންނެވެ. ޒޯޔާއަށް އެއްވެސް ކަމަކާ ވިސްނާލާނެ ފުރުސަތު ނުލިބިގެން އުޅެނިކޮށް އައިވިން ކޮށްލި ހަރަކާތާއެކު ޒޯޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ޒޯޔާގެ ތުންފަތުގައި އައިވިން ބޮސްދެމުން ދިޔައިރު އެ އަމަލުން ޒޯޔާއަށް އެތައް ވާހަކައެއް ކިޔައިދެމުންދާ ފަދައެވެ. ދެމީހުންގެ ހިތުގައިވާ ޖަޒުބާތުތައް ހާމަވަމުން ދިޔައިރު ޒޯޔާއަށް އައިވިން ދުރުކޮށްލާނެ ހިތްވަރެއް ނުލިބުނެވެ. އައިވިންގެ ކޮންމެ ބީހުމަކަށް އެހިތް އެދި ގޮވަމުން ދިޔައެވެ. ހަރަކާތްތައް އަވަސް ވެގެން ދިޔައިރު އައިވިންގެ ބީހުންތައް ތުންފަތް ފަހަނަ އަޅާ ދިޔައެވެ. ދެލޯ މަރާލުމާއެކު ޒޯޔާއަށް އައިވިންގެ ކޮންމެ ބީހުމަކަށް މަރުޙަބާ ކިޔެމުން ދިޔައީ އެހަށިގަނޑުގައި އިތުރަށް ކެތްކުރާނެ ވަރު ނެތްފަދައިންނެވެ.

*******
އެސްފިޔަތައް ހުޅުވާލަމުން ޒޯޔާ ކުރިމައްޗަށް ބަލައިލިއެވެ. އެފަދަ މަންޒަރަކަށް ލޯ ހުޅުވޭތޯ ޒޯޔާގެ ހިތް އެދޭތާ ކޮން ދުވަހެއް ހެއްޔެވެ. ލޮލުގައިވާ ފިނިކަމާއެކު އެނދުގެ އެއްފަޅީގައި ނިދިފައި އޮތް އައިވިންގެ ފިރިހެންވަންތަ ތަސްވީރަށް ކަޅި ޖަހާ ނުލާ ޒޯޔާ އަށް ބެލެމުން ދިޔައެވެ. އެ އުފާވެރި ވަޤުތުކޮޅު ނިމުމަކަށް އައުމުގެ ބިރަށް ޒޯޔާއަށް ނޭވާލާންވެސް ދަތިކަމަކަށް ވިއެވެ. ފެންނަމުންދާ މަންޒަރު ހުވަފެނަކަށް ވެއްޖެނަމަ ދުވަހަކުވެސް އެހުވަފެނުން ހޭލާކަށް އޭނާ ބޭނުމެއް ނޫނެވެ. މަޑު މަޑުން އަތް ހިތްލާލަމުން ޒޯޔާ އައިވިންގެ ކޯތާފަތުގައި ތުރުތުރު ލަމުން ދިޔަ އިނގިލި ކުރިތައް ޖައްސާލިއެވެ. ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ޒޯޔާ ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތައް ފައިބަމުން ދިޔައެވެ. ހުސްކޮށް އޮތް އަތް ގެނެސް ތުންފަތުގައި ޖައްސާ ބާރުކޮށްލީ ރުއިމުގެ އަޑަށް އައިވިން ހޭލަފާނެ ކަމުގެ ބިރަށެވެ.

ޒޯޔާއަށް ސިހުންގެނުވީ ފޯނެއްގެ ވައިބްރޭޓް އަޑާއެެކުއެވެ. އެއީ އޭނާގެ ފޯނުކަން ޔަޤީން ވުމާއެކު ޒޯޔާ އަވަސް އަވަހަށް ތެދުވެ އޭނާގެ   ފޯނު ހޯދާލިއެވެ. ޝަބާގެ ކޯލު ފެނުމާއެކު ޒޯޔާގެ ހާސްކަން އިތުރުވިއެވެ. ޒައިކް ފަހަރެއްގައި ނިދާ ހޭލަައިގެން ރޯން ފެށީކަމުގައިވެސް ވެދާނެތީއެވެ. ތަންކޮޅެއް އަވަހަށް ޑިއުޓީ ގަޑި ނިމުމާއެކު ޒޯޔާ އުންމީދު ކޮށްގެން ހުރީ އަވަހަށް ގެޔަށް ދެވޭނެކަމަށެވެ. އައިވިން އަކީ އޭނާގެ އެންމެ ފަހުގެ ކަަސްޓަމަރެވެ. އެހެނަސް އޭނާ ހުރީ އައިވިން ފެންނާނެކަމަށް އެެއްވެސް ވަރަކަށް އުންމީދުކޮށްގެނެއް ނޫނެވެ.

އައިވިން ހޭލަފާނެކަމުގެ ބިރަށް ޒޯޔާ ފޯނު ނެގުމުގެ ބަދަލުގައި އަވަހަށް ތައްޔާރުވާން  ފެށިއެވެ. ޔުނީފޯމް ލުމަށްފަހު އިސްތަށިގަނޑު އަވަސް އަވަހަސް ރީތި ކޮށްލަމުން ޒޯޔާ ނިކުންނަން ހިނގައިގަތެވެ. ވަކި ހިސާބަކަށް ދިޔުމަށްފަހު ޒޯޔާއަށް ހުއްޓި އައިވިންގެ ހަމަހިމޭން ތަސްވީރަށް ނަޒަރެއް ދިނެވެ. އެދެލޮލުން އައިވިން ދޫކޮށްލާފައި ދާން ބޭނުން ނުވާކަން ހާމަވަމުން ދިޔައެވެ. އަނެއްކާވެސް އައިވިން އަށް ނޭނގި ދާންޖެހެމުން ޒޯޔާއަށް އިތުރަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެެރިކުރެވެމުން ދިޔައެވެ. މޭގައި އަތް އަޅާލަމުން ޒޯޔާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ދެލޯ މަރާލުމަަށްފަހު އަމިއްލަ ހިތްމަތީ ހިލަގަނޑެއް ބާއްވަމުން ޒޯޔާ ސްވީޓުން ނިކުމެ ދޮރު ލައްޕާލިއެވެ.

އަންހެން މުވައްޒަފުންގެ ޗޭންޖިންގް ރޫމަށްގޮސް ޒޯޔާ އޭނާގެ ޔުނީފޯމް ބަދަލުކޮށް އާދައިގެ ހެދުން ލިއެވެ. އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނިކުމެ ޒޯޔާ ޝަބާއަށް އަވަހަށް ގުޅާލިއެވެ.

”ޒައިކް ހޭލީތަ..؟” ޝަބާ ފޯނު ނެގުމާއެކު ޒޯޔާއަށް ފުރަތަމަވެސް ސުވާލުކޮށްލެވުނީ ދަރިފުޅާ މެދުއެވެ.

”ނޫން.. ނަސީބަކުން އަދި ނުހޭލާ.. ޒޯ އަވަހަށް ނިމޭނޭ ކިޔާފަ ލަސްވީމަ ބަލާލަން ގުޅާލީ..” ޝަބާގެ ވާހަކައިން ޒޯޔާއަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

”ކުޑަ ކަމެއް ދިމާވެގެން ލަސްވީ.. މިހާރު މި ނިކުންނަނީ ހޮޓެލުން.. “ އައިވިންގެ ވާހަކަ ކިޔައިދޭން އުނދަގުވުމުން ޒޯޔާ ކުރުގޮތަކަށް ބުނެލުމަށްފަހު ފޯނު ކޯލު ކުރުކޮށްލިއެވެ. ހިތުގައި އުފެދެމުންދިޔަ ޖަޒުބާތުތައް ފޮރުވަން މަސައްކަތް ކުރަމުން ޒޯޔާ ހޮޓެލުން ނިކުމެ ބަސް ސްޓޮޕާ ދިމާއަށް ހިނގައިގަތެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 28

Next

ތުލުސްމު 2

Next
May 2, 2021

ތުލުސްމު 2

Previews
May 1, 2021

ތިޔަ ލޯތްބަށް އެދެމޭ – 28

12 Comments!

  1. ReeshA CoronA ReeshA CoronA says:
    May 2, 2021 at 11:51 am

    Dhoonigandaaaa rankolhaa… Vvvvv reethi Mi episode vx.. Hahah enme fahun Aivin ah January kuraa kanthah bust v???
    Oh myyyy Eyruvx hithah eri ey Aivin ah Coffee genes dheynee zoa ey ☕Ohhh Wowwwwwwwww… Haadha Cute ey Aizoa ge moment… Ey wait Aivin nidhaa ehchehi vx nugenes hotel ga rey kuree ?whole night thr zoa Aivin kairy othee… Aivin dhariyaaa heylaafa ZoayA kobaithw balaathi… Nethihyyaa hoadhaathi..

    Btw wonder dhoonii… Nujeheyne Mihaaru Mee kaaku kan bunedheykah dhw… Vv Miss ngey
    Rahkaavahchey mi ulhey Corona ah… Mihaaru kithah faharu (ކަރަންޓީނު) vefinthr…???… V lwbi vey ngey

    Bye bye taataa

    1. ReeshA CoronA ReeshA CoronA says:
      May 2, 2021 at 11:53 am

      ކަރަންޓީނުގެ ސްޕެލިންނެއް ނޭންގޭ ?އެހްނވީމަ މިކަހަލަ ގޮތަކަށްނު ކޮމެންޓު ކުރެވޭނީ

    2. Nayaa Nayaa says:
      May 2, 2021 at 2:41 pm

      broo ekamaku mioh fadha corona zamaanuga manje ah quarantine ge spelling neynguneethee ma hama hairaanve antharees vejje… pi pis pis… eit’s QUARANTINE… mihaaru ingijjethrrr??!

    3. Wonder says:
      May 2, 2021 at 3:34 pm

      Thank u soo much ReeshA CoronA. V ufaavejje dear ah mi part ves kamudhiyaeema.. hehe.. hingaa dhw dear ge hurihaa suvaalakah javaabu libeythoa next episode ga balan.. btw the story is endiu ingey.. one or two parts kanneynge dhn baaky innaany. Yess u too b safe ingey.. wonder naseebakun adhi quarantine vaakah nujehey. Love youuu morre dearr?❤️

    4. ReeshA CoronA ReeshA CoronA says:
      May 2, 2021 at 7:54 pm

      Lahbba sukuru Nayaa Auntie gandaa… Manjey Alhugandu thikiyaa karanteeneh dictation aku nuliyameyyyy… Ehn v ma neyngeynehnu.. Teacharu meehaa vx nukiyaidheyey…
      Ey wonder dhoonii mii ZoayA ey hama

  2. Nayaa Nayaa says:
    May 2, 2021 at 2:44 pm

    heii wonder sis.. vrh reethi mi prt vx ingey masha allah.. hama completely speechless… alhey zoaya dhen nudheyba eoh varun aivin hoadhaafavx dhaneethr? noo plxxx… alheyy dhen aivin ah vaanii kihinehbaa heylevey irah? so curious for the nxt prt… waiting for it.. an btw mi stry ge konme prt akah nayaa ah cmmnt nukurevunakas wonder sis ge hurihaa stry eh vx kiyaalin… hama vvv alhi ingey… u r one of my fav author from this site…
    reesh bunaahen corona ah samaalu vegen ulheythi
    ss
    tc
    lysssssssmmm

    1. Wonder says:
      May 2, 2021 at 3:36 pm

      Thank u soo much Nayaa.. v ufaavejje mi bai ves kamudhiyaeema.. awwn.. that’s soo sweet.. dear menge comment thah fenna konme faharaku v motivate vey.. thank u so so much for the support. U too b careful okay? Lymm tvgc?❤️

  3. NasH NashaM says:
    May 2, 2021 at 4:26 pm

    when next part..btw this part is also amazing curiously waiting for next part….you are one of the best author in esfiya…I enjoy reading your stories

    1. Wonder says:
      May 2, 2021 at 5:10 pm

      Thank u soo much NasH NashaM. V ufaavejje mi bai dear ah kamudhiyaeema.. Awwn .. that’s so sweet.. v ufaavejje wonder ge stories thah enjoy kuraakan engunyma.. thidhey support ah v bodah shukuriyya. Next part mi hafthaage thereyga up kohlan v masahkaih kuraanan.. wondee ah amihla ah ves ingey mihaaru v lahun kan mi upload kohla dheveny story.. ekamah v bodah ma’aafah ves edhen kiyuntheringe kibain.. b safe dear?❤️

  4. ?Ril? says:
    May 2, 2021 at 9:21 pm

    Hellooo sisooo☺️❤️❤️
    Btw mi part Hama vxx Hama vrh vrh Sali ❤️❤️❤️❤️❤️
    Masha Allah sisoo❤️❤️❤️
    Keen it up ❤️❤️❤️
    Aleyy fainally aivin and Zoya meet vee dhw ❤️❤️❤️☺️???❤️❤️❤️. I am so happy ❤️❤️❤️. Dhn mihaaru wait kurevemun midhany edemeehun Alun guleyne duvahakah❤️❤️❤️❤️☺️??❤️❤️
    Dhn In part ah waiting ingey sissyy❤️❤️
    Stay safe ❤️❤️and tvgc ❤️❤️
    Lysssssssssmmmmmm❤️❤️

  5. Reeen says:
    May 3, 2021 at 7:31 pm

    Wow.. mi baivx hama speechless ? Maasha Allah..❤

  6. imkko says:
    May 3, 2021 at 10:51 pm

    Maasha allah v reethi mi baives … aivin ah joon ge goi finally fenijje .. dhn keebbaa kuraanre anehka aivin .. v curious .. and curiously waiting for next part ingey .. v v v inthizaaruga hunnanee story upload vey thw .. hama ehaa reethi mi story … and so far wonder ge huriha story evves eba kiyan .. mihaar wonder ge mi story mee imkko ge current fav and wonder akee vx imkko ah one of the best authors ive discovered .. waiting ingey next part ah v boda ?? stay safe author ?

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-58←


All Right Reserved!