Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް

maasham Level 110 Stories
July 8, 2015 2 Mins Read
19 Comments

ގޭގެ މައި ދޮރުން ވަދެ ނިކުމެ ހަދާ މީހުންގެ ހަރަކާތްތައް ބަލަން ލުޔާ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތިގައެވެ. އަށް ބުރިޔަށް ހަދާފައިވަ ހ.ރިދުވަރުގޭގެ ފަސްބުރި ކުއްޔައް ދެވިފައިވާތީ އަބަދާ އަބަދު މީހުން ވަދެ ނިކުމެ ހަދާތަން އެގެއިން ފެނެއެވެ. ލުޔާ އަކީ ރާއްޖޭގައި ހުންނަ ކުއްޖެއް ނޫންކަމުން މަލޭގައި ހުންނައިރު ގިނަވަގުތު ހޭދަ ކުރަނީ އެގޭގެ ތަނަވަސް ގޯތިތެރޭގައެވެ. ލުޔާގެ މަންމަ ހައުފާ އަކީ މަމެލާމެއްޔަށާއި ރިތިކަމަށް ލޯބިކުރަ އަންހެނެއްކަމުން މުޅިގޯތިތެރެވަނީ ތަފާތު އެކިކުލަކުލައިގެ މީރުވަސްދުވަ މާމެލާމެލީގެ ގަސްތަކުން ޒީނަތްތެރި ކުރެވިފައެވެ. އަބަދުވެސް ކޮންމެވެސް ވާހަކައެއް ނުވަތަ ފޮތެއްކިޔުމުގައި ވަގުތު ހޭދަކުރަ ލުޔާގެ އަތުގައި މިއަދު އޮތީ ކޮލީން ހޫވާރގެ ލޯބީގެ ވާހަކައެކެވެ.

އިރުކޮޅެއްވަންދެން ވާހަކަފޮތަށް ގެއްލިފައި އޮތުމައްފަހު ލުޔާ ތެދުވީ އޭނާގެ ފޯނުން ފިނިފެންމަލެއްގެ ފޮޓޮއެއް ނެގުމަށެވެ. ތަފާތު އެކި ކުލައިގެ ފިނިފެންމަލުގައި އަތްލަމުން ފަހަރަކު ފޮޓޮއެނަގަމުން އޭނާދިޔައިރު ފަހަތުން މީހަކު އޭނާ ގާތަށް އައި ކަމުގެ އެއްވެސް ހިލަމެއް އޭނާއަކަށް ނުވެއެވެ.

ފަސްދީގެންހުރެ ލުޔާ މާގަސްދޮށުގައި އޭނާގެ ފޯނާ ކުޅެންހުރިއިރު އެއީ ލިއުޒާ ނޫންކަމެއް އަރީފަކަށް ނޭނގެއެވެ. ލުޔާއާއި ލިއުޒާ އަކީ އިސްކޮޅުން ގާތްގަނޑަކަށް އެއްވަރު ދެކުދިންކަމަށް ވެފައި ހެދުން އަޅަނީވެސް އެއް ސްޓައިލަކަށް ކަމުން އަރީފު ލުޔާ އާއި ގާތްވީ އެއީ ލިއުޒާ ކަމަށް ހިތައެވެ. މަޑު މަޑުން އައިސް ލުޔާގެ ކަންފަތްދޮށުގައި ‘ހޭއި’ އޭ ބުނެލުމާއެކު ސިއްސައިގެންގޮސް ލުޔާ އަރީފުއާއި ވީ ފަރާތަށް އެނބުރުނެވެ.

ކުރިމަތީގައި ހުރި އަންހެން ކުއްޖާއަކީ ލިއުޒާ ނޫންކަން އެނގުމުން އަރީފު ކުޑަކޮށް ސިހުނެވެ. އެހެންނަމަވެސް އެއީ ލިއުޒާ އާއި ތިމާގެ ކުއްޖެއްކަމަށް އެނާ ގަބޫލުކުރިއެވެ. އެހެނީ އެގޭ ގޯތިތެރޭގައިވާ ގަސްތަކުގައި އަތްލުމުގެ ހުއްދަ ގޭގައި ކުއްޔަށް އުޅޭ މީހުންނަށް ދީފައި ނޯންނާތީއެވެ.

ނުދަންނަމީހަކު އޭނާއާއި އެހާ ގާތުގައި ހުރުމުން ލުޔާ ނުތަނަވަސް ވިއެވެ. ލާނެތް ފާޑަކަށް އެ ފިރިހެންކުއްޖާ ހީލައިގެން ހުރުމުން އަނެއްކާ މީ ހަމައިގަ ހުރި މީހެއްބާވައޭ އޭނާ ހިތާހިތުން ސުވާލު ކޮށްލިއެވެ.

އެ އަންހެންކުއްޖާގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތަކުގެ ސަބަބުން އަރީފު ގަސްތުކުރީ ކުޑަކޮށް ސަމާސާ ކޮށްލާށެވެ. އެންމެ ކުޑައިރުއްސުރެވެސް އަރީފުއަކީ ކަންކަން ކުރަން ކެރޭ ހުށިޔާރު ކުއްޖެކެވެ. އެހެންކަމުން ލުޔާ އާއި ތޮޅިލާކަށްވެސް އޭނާ ފަހެއްނުޖެހެއެވެ. ނުދަންނަ މީހެއްނަމަވެސް އަރީފު ލުޔާ އާއި ކައިރިވެލިއެވެ. އަދި ވަރައް ލާނެތްގޮތަކަށް ލުޔާގެ އަތުގައި ފިރުމާލުމަށްފަހު އޭނާގެ އަތުގައި އޮތް ފޮތް ދަމައިގަތެވެ.

ދުވަހަކުވެސް ފެނިފައި ނުވާ ނެނގޭ މީހެއްގެ ކިބައިން އެފަދަ ހަރަކަތެއް ފެނުމުން ބޭއިޚްތިޔާރުގައި ލުޔާއަސް ފަހަތައް ޖެހެވުނެވެ. އޭނާގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެ ހެންނެވެ. އަނެއްކާ މިފިރިހެނާ މިއުޅެނީ ލުޔާއަށް ކިހިނެތް ހަދަންބާއޭ އޭނާގެ ހިތައްއެރިއެވެ.

އަރީފަށް އެ އަންހެންކުއްޖާގެ މިހަރަކާތް ފެނުމުން އޭނާއާއި ސަމާސާކޮއްލާހިތް އިތުރައް ވީބޮޑެވެ. ފަހަތައް އޭނާ ނެގި ފިޔަވަޅާއެކު ދެމީހުންގެ ދެމެދުގައި އޮތް ޖާގަ ބޮޑުވެފައި ވާތީ އަރީފު ކުރިއަށް ޖެހިލިއެވެ.

މިހާރު އެދެމެދުގައި ވައިރޯޅިއަށް ދެމިލެވޭހާ ޖާގަވެސް އޮތީ ހަމަ ކިރިޔާއެވެ. ބިރުގަނެފައި ހުރިވަރުން ހަޅޭއްލަވަންވެސް ހަނދާންނެތިފައި ހުރި ލުޔާއަށް ހަމަހޭވެރިކަމެށް ލިބުނީ އޭނާގެ ކުރިމަތީގައި ހުރި ފިރިހެންކުއްޖާ ކުއްލިއަކަށް ފަހަތައްޖެހިފައި އަޑުގެ ނެތްތަނަށް ހޭން ފެށުމުންނެވެ. އޭރުވެސް އޮބިނޯންނަވަރަށް މޭގަނޑު ތެޅި ތެޅި ހުރި ލުޔާ އެ މީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ވާނުވާނޭނގިފައެވެ.

މާ ބާރަށް މީހަކު ހޭ އަޑު އިވުމުން ވެގެންއުޅެނީކީތްތޯ ބަލަން އެވަގުތު ސިޓިންގ ރޫމުގައި ހުރި ލިއުޒާ ނިކުތެތެވެ. އަރީފު އަނގަމަތީ އަތް އަޅައިގެން ހޭތަން ބަލަން ތަންކޮޅެއް ދުރުގައި ލޯބޮޑުކޮއްގެން ހުރި ލުޔާ ފެނުމުން ކަންވީގޮތް ލިއުޒާއަށް ރޭކާލިޔެވެ. އަރީފުގެ ގޮތް އެނގޭތީ އޭނާ ކޮންމެވެސް ސަމާސާއެއް ކޮއްލީކަމަށް ނިންމިއެވެ.

“އަރީ ޔާއްކޮއާ ތޮޅުނީ ދޯ!؟” ލިއުޒާގެ ސުވަލައް ޖަވާބުދިނުމައްޓަކައި އަދިވެސް ހީހީ ހުރި އަރީފު ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ.
” ކޮން ދޮގެއްހަދާކަށް، މަށައް އެނގެޔޭ އަރީގެ ގޮތް.”

ލިއުޒާ އަރީފު ގާތުންލާފައިގޮސް ލުޔާގެ އަތުގައި ހިފިއެވެ. ލިއުޒާގެ ހަރަކާތްތަކައި ވާހަކަ ހުރިގޮތުން އަރީފުއަކީ އޭނާ ދަންނަ ކުއްޖެއްކަން ލުޔާއަށް އެނގުނެވެ. އަދި އެނާ ލުޔާއާއި ގާތްވީ ނުބައިނިޔަތެއްގައި ނޫންކަމާއި ހަމަ ލުޔާއަށް ޖެއްސުންކުރަންވެގެންކަންވެސް އޭނާއަށް ޔަގީންވިއެވެ. އެހެންނަމަވެސް އެމޫނަކީ ލުޔާއަށް އައު މޫނެއްކަމުން އޭނާ ލިއުޒާ އާއި ތަންކޮޅެއް ގާތްވެލާފައި އެއީ ކާކުތޯ ސުވާލުކޮށްލިއެވެ.

“އާނ، އަދި ޔާއްކޮއަކަށް އަރީ އެއް ނޭނގޭނޭދޯ! ޔާއްކޮ މީ އަރީފް، ދޮންތަގެ ބޯއިފްރެންޑް. އަރީ މީ ލުޔާ، ލިއުގެ ކޮއްކޮ. ޔާއްކޮ ކިޔަވަން ގޮސް ހުރީ ކެނެޑާގަ. މިހާރު ނިންމާފަ އެއައީ. ލިއުބުނީމެންނު ބޭރުގަ ހުންނަ ކޮއްކޮއެއް ވަރައް އަވަހައް ރާއްޖެ އެބަ އާދެޔޭ… އެއީ ޔާއްކޮގެ ވާހަކަ… ދެންމިހާރު އިންޓްރޮޑިއުސް ވެއްޖެ އެންނު، ހިނގާ އެތެރެއަށް” ލިއުޒާ ހިނގައިގަތީ އެއްއަތުން އަރީފުގެ އަތުގައި، އަނެއްއަތުން ލުޔާގެ އަތުގައި ހިފަހައްޓައިގެންހުރެ ސިޓިންގ ރޫމާ ދިމާލަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ހިތް ވިންދާނުލައި… (15)

Next

ހަވާތިފް…. 15 ވަނަ ބައި (ފަހުބައި)

Next
July 8, 2015

ހަވާތިފް…. 15 ވަނަ ބައި (ފަހުބައި)

Previews
July 8, 2015

ހިތް ވިންދާނުލައި… (15)

19 Comments!

  1. liu says:
    July 8, 2015 at 9:37 pm

    Eha eha ehn noon mivahaka. Bt nice. Ibaraaiy kurun thankolheh reethikoh genai nama v reethi vaane. Anyways adhi reethi vaane kamah ummeedh kuran. 🙂

    1. maasham says:
      July 8, 2015 at 9:41 pm

      Well it is my first time writting… But thanks 🙂 appriciate the criticism (Y)

  2. arsy says:
    July 8, 2015 at 9:38 pm

    salhi…

  3. Aishaa says:
    July 8, 2015 at 10:12 pm

    konmes varakah vaahaka reethi….next part genes dhey ny kon irakun??

  4. Crazi says:
    July 8, 2015 at 10:23 pm

    Mt nice dat much..but u cn write better thn this

  5. jenny says:
    July 8, 2015 at 10:37 pm

    You’re a awesome writter..feshun vv reethi..I hope next part ves v reethi varne kamah..gud luck dear..: )

  6. nukko says:
    July 8, 2015 at 10:41 pm

    Salhi startin eh.. gud luk

  7. liu says:
    July 8, 2015 at 10:42 pm

    this story will be osome,if you write long

  8. haufa says:
    July 8, 2015 at 10:46 pm

    Rycheh noon :/

  9. naj says:
    July 8, 2015 at 11:03 pm

    Haufa..adhi kiriyaa enun efethey..so better support the writer to do her best!! 🙂 starting nice..gud luck

  10. aanaa says:
    July 8, 2015 at 11:26 pm

    rythi vaane hen hyvay , daily koh up koh dhehchey , like hoody n zaisha

  11. maasham says:
    July 8, 2015 at 11:34 pm

    Thanks so much for the support guys. Varah balaanan ingey daily koh liyeveythoa. and i always appriciate constructive criticism. Hope you’ll enjoy reading as much as i enjoy writting. 😀

  12. marsha says:
    July 9, 2015 at 11:51 am

    Starting ok, hykuran vaahakaige there ah vadhevey rythi vaahaka akah vaane kamah, next ep up kohdheyne ireh konme ep eh ninmaafa bunela dhehchey maasham, waiting, keep it up, gud luck!

  13. nihaa says:
    July 9, 2015 at 4:37 pm

    Reethi…day to day up kohdinihyaa kiyunn therinn bodah kiyaa hiyyvaanee…

  14. Shabee says:
    July 9, 2015 at 8:01 pm

    Mi vaahaka v v v reethi vaanehen heevey… hama gaimuvex shabee ah starting v habeys…. but aslu v kuru…ummeedhu kuran dhen genna prt thh miaavvure dhigu kh genesdhryne kamah…. n maasham ge first story ah v ma kamahvexx vedhaane… but abadhuvex vaahaka thakah kiyuntheringe loabi hoadhuvan masahkai kuran vaane…daily kh dhigu kh interesting khh grnesdhin varakah maasham ah support libi mi dhaairain kuriaran faseyhavex vaane… so i hope u’ll obey my advice…. Anyways its ur first story dhw… so b creative ingey…dont copy others… 😀 just use ur own ideas… 😉

    1. maasham says:
      July 10, 2015 at 12:32 am

      thanks so much for the support. Sorry kuruveema, try kuraanan dhen faharakun adhi miahvure dhigu kohleveythoa. 🙂

  15. finni says:
    July 11, 2015 at 3:09 pm

    Adhi ehaa gayaa nuvey but fahun rangalu vaane kamah ummydh kurany. …

  16. USHA says:
    July 11, 2015 at 8:08 pm

    NAME THAH EHA REEHCHEH NOON
    SUM, MAASHI, SHAZOO KAHALA NAME BEYNUN KURI NAMA SALHI VAANE 😀

    1. maasham says:
      July 11, 2015 at 11:44 pm

      Dhen faharakun beynun kuraanan ufaa yaa ulfath aa… okay ennu dho 😛

Comments are closed.

Next Episodeހަތަރު އުދަރެސް (2)←


All Right Reserved!