Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ތުލުސްމު 1

Ille Level 1
April 17, 2021 5 Mins Read
3 Comments

މި ވާހަކަ އަކީ ހަޤީޤީ ވާހަކައެކެވެ. މި ވާހަކައިގައި ބުއްދި ޤަބޫލު ނުކުރާ ކިތަންމެކަމެއް ހުންނާނެއެވެ. ނަމަވެސް މިއީ ހަޤީޤަތެވެ. މިއަކީ އަޅުގަނޑުގެ ހަޔާތުން ފެނިފައިވާ އެންމެ ވޭންދެނިވި އަނދިރި ދުވަސްތަކެވެ. މިތަން އެންމެ ކާރިން ފެންނާނީ އަޅުގަނޑުގެ އާއިލާ މީހުންނަށާއި އަވައްޓެރިންނަށެވެ. މިހެންކަމުން އަޅުގަނޑު މިވާހަކަ ތަޙްސީސް ކުރަނީ އަޅުގަނޑުގެ ލޯބިވާ އާއިލާ އަށެވެ.

 

 

 

ގައިން ދާ ހިއްލަނީއެވެ. ފެންނަން އޮތީ ގަބުރުސްތާނެކެވެ. މުޅިގައިވަނީ ލެއިން ތަތްތެޅިފައެވެ. ފަހަތުންއައި މީހަކު ގަޔައް ވަޅިއެއް ހަރާލުމާއެކު ނިދިން ހޭލެވުނެވެ. މޫނުމަތީ ހިއްލާފާވައި ދާތައް ފުހެން އިނދެ އަހަރެން ވިސްނަމުން ގެންދިޔައީ ދެންމެ ފެނުނު ހުވަފެނާމެދުގައެވެ. ހަގީގަތެއް ނޫންކަންވެސް ހަމަ ނަސީބެވެ. ގަޑިއައް ބަލާލުމަށްފަހު ކޮލެޖަށް ދާން ތައްޔާރުވާން ފެށީމެވެ.

ކޮލެޖަށްދާން ޖެހޭ ވަގުތު  ކުޑަތަންވަމުން ދާތީ ސައިވެސް ނުބޮއެ އަވަސްއަރުވާލާފާ ހިނގައިގަތީމެވެ. ކިޔެވުމަށް ހިތެއް ނުޖެހެއެވެ. މުދައްރިސް ކިޔަވައިދެމުން ގެންދާއިރުވެސް ވިސްނެނީ އެ ހުވަފެނާމެދުގައެވެ. ދުވަހުގެ ވަރުބަލިކަމާއިއެކު އެނދުގައި އޮށޯވެލީމެވެ. ކުޑަވެސް އަރާމެއް ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ކަންތައްވީ ދިމާ އިދިކޮޅަށެވެ. މި ފަހަރު ފެނުނީ މާ ބިރުވެރި ހުވަފެނެކެވެ. މުޅިގަޔަށް އަރަމުންދިޔައީ ބިޗޫފަދަ ފަނިފަކުސާގެ ޒާތުގެ އެއްޗެއްސެވެ. ފޮޅިވަރަކަށް ގަޔަށް އަރާ އެއްޗެހީގެ އަދަދުވީ އިތުރެވެ. އެއެއްޗެހި ފޮޅުމުގެ ތެރޭގައި ހޫރާލި އަތް ގޮސް އެނދު ފަޑީގަ ޖެހުމާއެކު ހޭލެވުނެވެ. މިޒާތުގެ ހުވަފެން ފެންނަ މިންވަރު އާދަޔާޚިލާފަށް ގިނަވުމުން އަހަރެން އިނީ އާގަމަވެފައެވެ. ހޭލެވުނުއިރު އަހަރެންނަށް ހުރީ ރޯގާޖެހި ހުން އައިސްފައެވެ.

ތާމޯމީޓަރުން ދެ ގަޑިން ދެގަޑިން ހުން ބަލަމުން ގެންދިޔައެވެ. ހުން ދިޔައީ އިހަށްވުރެ ގަދަވަމުންނެވެ. މައިންބަފައިންނާއި ދުރުގައި ކިޔަވަން ގޮސް އުޅުމުން މަންމަ މެން ހަނދާންވެ، ރޮވެނީއެވެ. އަޅާލާނެ މީހެއް ނެތެވެ. އަދި އެ ދެމެދަށް ސިޑިން ވެއްޓި ކަނާތުފައި ހަށިގަނޑާއި ގުޅޭ ހިސާބުގައި ކެތްނުވާވަރަށް ރިއްސަން ފެށިއެވެ. ގައިގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެ ރޭގެ ނިދިން މަހްރޫމްވިއެވެ. ހިނގުމަށް ބަދަލު އައިސް މީހާ ގުދުވާން ފެށިއެވެ. މީހާގެ ސިއްހަތު ގޯސްވެ، ރަށަށް ދާން ބޭނުންވިއެވެ. ދުވަސްވަރަކީ ކޮވިޑް-19 ފެތުރިފައިވާ ދުވަސްވަރުކަމުން ކަށީގެ ޙާއްސަ މީހަކަށްވެސް ނުދެއްކުނެވެ. އާންމުބަލިތަކުގެ ޑަކުޓަރަކަށް ދެއްކުމުން ދެނީ ތަދުކަނޑުވާ ބޭސްތަކެކެވެ. ކާ ބޭހުގެ އަސަރެއް ކުރާހެންނެތް ހިއެއް ނުވެއެވެ. ރަށަށް ދާން ބޭނުންވިނަމަވެސް ހުއްދަ އެއް ނުލިބުނެވެ. އެކުވެރިންވެސް ހާލުބަލާލަނީ އެމީހުންގެ އަމިއްލަ ބޭނުމެއް އޮވެއްޖެ ހާލަތެއްގައެވެ. ރައްޓެހިވެގެން އުޅުނު ކުއްޖާ ވާހަކަދައްކަން އުޅުނަސް ބަލަނީ އެކަމުން ރެކެވޭތޯއެވެ. އަދި ގިނަދުވަސްތަކެއް ނުވެ އެ ގުޅުން ވެސް ކެނޑިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ޔޫހާ ބޭނުންވީ ވަގުތުކުޅަކަށް ހުރިހާ ކަމަކާ ދުރުވެލާ، އެކަނިވެލާށެވެ. އެވަރު ނުވިސްނުނީ އަހަރެންނަށެވެ. އެހެން ބުނުމުން ޔޫހާއާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވީ އަހަރެންނެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި ދުވަސްތައް ފެށިއްޖެއެވެ. ނިދުމަށް ބަދަލު އަންނަން ފެށިއެވެ. އެތަށް ގޮތަކަށް އޮވެވިއްޖެއެވެ. ހަމަޖެހިގެންނެތް ނޯވެވުނެވެ. ކޮންމެ ގޮތަކަށް އޮތަސް ރިހުމެއް މަޑެއް ނުވެއެވެ. ނަމަވެސް ފަތިސްވުމަށް ފަހު، ނިދާލެވެއެވެ. ނަމާދު ވަގުތުތަކުގައި ގިނައިން އޮވެވެނީ ނިދާފައެވެ. ދީނުގެ ކަންތައްތަކާ ދުރުވާންފެށުނެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު އަހަރެން އޮށޯވެލީމެވެ. އަދި އެވަގުތު ރަށު އޮފީހުގެ ފަރާތުން ފޯން ކޯލެއް އައެވެ. ރަށަށް ދިއުމުގެ އިންތިޒާމް ހަމަޖެހުނު ވާހަކަ އިވުމުން އަހަރެންގެ ހިތައް ބުނެދޭން ނޭންގޭ ކަހަލަ އުފާވެރިކަމެއް ވެރިވިއެވެ.

އިރު ފެނުން ހިއްލައި ލުމާއެކު އަހަރެން އަވަސްވެގަތީ ކޮވިޑް ޓެސްޓު ހެދުމަށެވެ. ރަށަށް ދާހިތްވެފައިވާލެއް ބޮޑު ކަމުން، ފަހުން އުނަގަނޑުގައި ރިއްސިނަމަވެސް ހެޔޮކަމުގައި ޓެސްޓުހަދަން ދިޔައީމެވެ. މައިންބަފައިން ކައިރިއަށް ދިޔުމުން ހުރިހާ ކަމެއް ވެސް ހައްލުވާނެކަމާއި މެދު ކުރެވޭ ބޮޑު އުންމީދެއްގެ ސަބަބުންނެވެ. އެޗް.ޕީ.އޭގެ މެސެޖުގައި ވަނީ މެންދުރުން އަނބުރާ އެއް ގަޑި ބަޔަށް ސޯޝަލް ސެންޓަރަށް ހާޒިރުވުމަށެވެ. ހިތުން ދިޔައީ ގަޑިއެއްގެއިރު ތެރޭގައި އެނބުރި އާދެވޭނެކަމަށް އަންދާޒާ ކޮށްލުމައްފަހުއެވެ. ނަމަވެސް އެތެރެއަށް ވަދެވުމާއެކު އަހަރެން ކުޑަކޮށް ހާސްވިއެވެ. ހދ އަތޮޅަށް ދާން ބޭނުންވެފާ ތިބި އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ. އެހާވެސް ބައި ގިނައެވެ. ނަސީބު ދިމާކުރިގޮތުން ދިމާވީ އަމިއްލަ ރަށުގެ ގާތްތިމާގެ ބަޔަކާއެވެ. ބައިބޯވުމުގެ ސަބަބުން ޓެސްޓު ހެދުން ލަސްވެ، ވަގުތު ދިގުލައިގެން ދިޔައެވެ. ނަތީޖާއަކައްވީ އިރުއޮށްސުމާ ހަމައަށް ޓެސްޓު ނުހެދި ލަސްވުމެވެ. ގިނައިރު އިށީންދެގެން އިނުމުގެ ސަބަބުން ހުރިވަރަށްވުރެ މީހާ ގުދުވެ، ބުޑުކޮޅުގައި ރިހުން ގަދަވިއެވެ. ރާއްޖެ ބަލި ޖެހިފައިވާ މީހަކު ހިނގާހެން ހިނގުނު ނަމަވެސް އަހަރެން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ރައްޓެއްސަކަށް ގުޅުމަށް ފަހު އޭނައާއެކު ސައިކަލުގާ ގެއަށް ގޮސް ހަށިގަނޑު ދަމާލަން މަސައްކަތް ކުރީމެވެ. އެހެނެއްކަމަކު އަހަރެން ގޮސް އޮއްތާލުމާއެކު މުޅި ގައިގައި ދިލައެއް ނަގަންފެށިއެވެ. އިސާހިތަކު ނާރުތަކުގައި ލޭ ދައުރުކުރާ ފަދައިން މުޅި ހަށިގަނޑުގައި އެ ‘ދިލަ’ ދައުރުވާން ފަށައިފިއެވެ. އެ ވޭނަށް ކެތްނުކުރެވި އެނދުން ތެދުވެ ކުކުރެމުން ދެކޮޅަށް ހިނގަންފެށީމެވެ. މާ ގިނައިރު ބުރިކަށި ދަމާނުލާ އިނުމުގެ ސަބަބުން ވީ ތަދެއް ކަމައް ހީކޮށް މުޅި ހަށީގައި ތަދު ބޭސް އުނގުޅާ ތަދު މަޑުވޭތޯ އުޅުނީމެވެ. ހިލާ ހަމަ އެއް ގޮތެއް ވެސް ނުވިއެވެ. މުޅި އެރޭގެ ހަތަރުދަން ދިޔައީ އެ ވޭނާ ދެކޮޅަށް މަރުފަލި ޖަހަޖަހާ އޮއްވައެވެ.

އެ ވޭންދެނިވި ކެކުޅުންތަކުގާ ދެހަފްތާ ވޭތުކުރުމަށްފަހު، އެއްރެއެއްގެ އެގާރަ ޖަހަން ފަނަރަ މިނިޓަށް ވެފައިވަނިކޮށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ގުޅުމަށްފަހު އަނެއްދުވަހުގެ ހެނދުނު އަށްގަޑި ބަޔަށް ފުރަން އައުމަށް އެންގިއެވެ. ވީއުފަލެއްގެ ބޮޑުކަމުން އަހަރެންގެ ގައިގައި އަޅަމުންދިޔަ ވޭނުގެ މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ. މަންމަ އަށް ފޯނުކުރުމަށް ފަހު ރަށަށް ދެވޭ ވާހަކަ އެންގީމެވެ. އަދި ފޮށި ތައްޔާރުކޮށް ހަމަޖެހުމުގެ ނޭވާއެއްލީމެވެ. އަދި އެރޭ ނުނިދުމަށް ކަނޑައެޅީމެވެ. ނިދައިފިނަމަ ހޭލެވުމާ ދޭތެރޭ ޝައްކު ވާތީއެވެ.

އިރުއެރުމާއެކު މާލެތެރެ ހަލަބޮލިވާން ފަށައިފިއެވެ. އަދި ވަގުތު ކުޑަތަންވެފާވުމުން ޓެކްސީ އަކަށް އެރުމަށްފަހު ހުޅުމާލެ ފެރީ ޓާމިނަލް އަށް ދިޔުމަށް މިސްރާބު ޖެހީމެވެ. އެތަންވެސް އެހާމެ ހަލަބޮއްޔެވެ. ހދ މަކުނުދޫގެ ނަން ގޮވާނެ އިރަކަށް ދަތުރުގެ ތޭރަ ބައިވެރިން އިންތިޒާރު ކުރަމުން ގެންދިޔައީމެވެ. އެވަގުތުކޮޅު ތެރޭގައި ހިތައް އަންނަންފެށީ މުޅި ޖިސްމު ނުތަނަވަސްވި ކަހަލަ ސުވާލުތަކެކެވެ. “މިއަދު ރަށަށް ދެވޭނެ ބާއެވެ؟. އުދުއްސާލުމަށްފަހު ބޯއްޓަށް ކަމެއް ވިއްޔާޔޯ؟” އެ ހިޔާލުގެ ތެރޭގައި އިންދާ ނަންގޮވަން ހުރި ގައުމުގެ ދިފާއީ ބާރުގެ އޮފިސަރު މަކުނުދޫގެ ނަން ގޮވާ ކާރީގައި އޮތް ޖިޕަށް އެރުމަށް އިޝާރާތްކުރިއެވެ. އަދި އެ ޖިޕުގޮސް ހުއްޓީ ގައުމީ ސީޕްލޭން ފާލަމަށެވެ.

ލަސްތަކެއްނުވެ ބޯޓު އުދުއްސާލުމަށްފަހު ފުރިހަމަ ސާޅީސްފަސް މިނިޓު ވައިގައި އުދުހިލާފާ މަކުނުދޫގެ ފަޅަށް ބޯއްޓު ކާރިކުރިއެވެ. ވައިގެތެރޭން ރަށް ފެންނަލެއް އެހާމެ ޗާލެވެ. މޫދުވެސް އޮފު ބިއްލޫރި ކޮޅެއްހާ ސާފެވެ. ރަށުގެ މަލަމަތި ވަނީ ފެހި ރުއްތަކުންނާ ފެހިކަންގަދަ ގަސްތަކުން ޖަރީވެފައެވެ. ހުދުކުލައަށްވުރެ ވެސް ހުދު ދޮންވެލިގަނޑުގެ މަތީގައި ކިރުކަކުނި ތައް ދުވެދުވެފައި އުޅުނެވެ. އުފަން ވަޒަނުގައި ފައި ބީހުމުން ކުރުވީ އާދަޔާ ޙިލާފު އިހުސާސެކެވެ. ކޮޅަށް ހުންނަން އުނދަގޫ ވުމުން ކައިރީގައި ހުރި ރުއްބުރި އެއްގައި އިއްތާލީމެވެ. ކަންދިމާކުރިގޮތުން ކަރަންޓީން ވާންދާގެއަށް ދާންޖެހެނީ ރަށު އޮފީހުގެ ފަރާތުން ހަމަޖަސާފައި ހުންނަ ދެ ބެލެނިވެރިއަކާއިއެކު ތިން ފޫޓުގެ ދުރުމިން ހުންނާނެހެން ހިނގާފައެވެ. އަހަރެން އެކަހެރިވާން ހަމަ ޖެހިފައިވާ ގެ ހުންނަނީ ރަށުގެ އަނެއް ފަރާތުގައި ކަމުން އެހާދުރަށް އަހަރެންނަށް ނުހިނގޭނެތީވެ، ދަންވަރު ޑިއުޓީކޮށް ވަރުބަލިވެ، ނިދި ތާއްޔާ ޖެހިޖެހި އިން ބައްޕަ ވެސް އެވަގުތު އައިސް ކަތީބާ ވާހަކަ ދެއްކުމައްފަހު އެންބިއުލާންސްގައި ދެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ. އަދި އަހަރެން ދެކިލުމަށް ކެތްމަދުވެފާހުރި ބަނޑުއަޅާ ވިހޭ މައިމީހާ އާއި ލޯބިވާ ކޮއްކޮ ކައިރި ނުވެވޭނެކަން އެނގިހުރެ ކުލުނުގެ ނަޒަރަކުން އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ. އެންބިއުލާންސައް އެރުމާއިއެކު ދާން ޖެހޭ ގެއައް މިސްރާބު ސީދާ ކޮއްލިއެވެ. ގެއަށް ވަދެވުމާއިއެކު އޮރެންޖު ޖޫސް ތައްޓަކުން މަރުޙަބާ ކީ އަހަރެންނާ ތިމާއިގެ މީހެކެވެ. އުނަގަނޑަށާއި ބުޑުކޮޅަށް ވެފައި ހުރި ތަދައް ގޮތެއް ހެދޭތޯ އަހަރެން އޮށްތާލީމެވެ. އެކަމަކު ހަމަ ވީ ގާތްގަނޑަކަށް ކުރީފަހަރު ވީ ވަރެވެ. އަދި އެހެން ދެކޮޅަށް ދެކޮޅަށް ފުރޮޅި އޮށްވާ ލަތްކަކަށް ވާތުފައިގެ އެތެރެއިން ދިގަށްވާގޮތަށް އެއްޗެއް އެނބުރުނުހެން ހީވިއެވެ. އަދި އެވީ ތަދުގައި މުޅި އެ ދުވަސް ހޭދަކުރަން ޖެހުނެވެ.

އިރުގެ ދޯދިތަކުން ދުނިޔެ އަލިކުރަމުން އައީ އަހަރެން ހޭލާ އޮށްވައެވެ. ހަމަ އެގޮތައް ގިނަ ދުވަސް ތަކުގެ އިރު އަރަނީ އަހަރެން އެންމެ ނިދި ފިއްޔެއް ވެސް ނުޖަހާ އޮށް ވައެވެ. ކަރަންޓީން ނިމެން ހަތަރު ދުވަހައް ވެއްޖެއެވެ. ފޭސްބުކް ބަލަމުން ދަނިކޮށް ބައްޕަ އާޢިލާ މީހެއްގެ ޅީދަރިއަކު މީގެ ފަސް ވަރަކަށް މިނިޓު ކުރިން ލައިފައި އިން ކޭކެއްގެ ފޮޓޯ އިނެވެ. “ކޮބާ ކޭކު ކޮޅެއް ނެތްތަ؟” އަހަރެންނަށް ނުހުރެވިގެން އަހާލީމެވެ. “ކަރަންޓީން ނިމެނީ ކޮން އިރަކުން؟” އޭނާ ވެސް ކުރީ ސުވާލެކެވެ. “މިއަންނަ ހޯމަ ދުވަހު”. ވަގުތު ކޮޅެއް ފަހުން އޭނާ އެ ސުވާލައް ޖަވާބު ދީފިއެވެ. “އެހެންވީމަ އޭރައް އަޅާނީ ދޯ”. އެހެން ބުނުމާއިއެކު އަހަރެންގެ މައްސަލައެއް ނެތް ކަމަށް ހާމަކުރީމެވެ. ނަމަވެސް  ޖެހިގެން އައި ދުވަހު ކޭކު ފޮއްޗެއް ފޮނުވާފައިވުމުން އަހަރެން ކުޑަކޮށް ހައިރާން ވިއެވެ. އަދި އޭނާ ގުޅާފައި ލިބުންތޯ ޔަގީން ކުރިއެވެ. އަދި އެކަން ޔަޤީން ވުމުން ޖެހިލުމަކާއި ނުލާ އަހަރެން އެ ކޭކުފޮތި ކާލީމެވެ. އޭގެ ފަހުން ދައްތަ އާއި ޅިޔަންބެ އަހަރެންގެ ހާލު ބަލަން ގުޅާ މިންވަރު އިތުރު ވެއްޖެއެވެ. ހިތާމައަކީ މާލޭގައި ހުރިއިރު އަހަރެންގެ ހާލު ވެސް ބަލާނުލާ ބަޔަކު، ރަށަށް އައުމުން ދެއިރު ދެ ދަޅައަށް ކާ ބޭހެއްހެން ހާލު ބަލަން ގުޅާ ހެދިއިރު، ކުޑަ ވެސް މިންވަރަކަށް އަހަންނަށް ޝައްކު ނުވީމައެވެ. ޝައްކު ކުރާނީވެސް ކިހިނެތް ހެއްޔެވެ؟ ބައްޕަގެ އެއް ބަނޑު މީހުންނެވެ.

އެކަހެރިކޮށްފައިވާތާ ސާދަ ދުވަސް ހަމަވެ، އަހަރެން ދޫކޮށްލައިފިއެވެ. އެކަކަށް ވެސް އެކަން ނާންގާ ގޭ ދޮރުމައްޗައް ހުއްޓިލާފާ އަހަރެން ގޮވާލީމެވެ. “ސަޕްރައިޒް”. އެއަޑަށް  ކޮށަން އިން ވަޅޯމަސްގަނޑު އެއް ފަރާތް ކުރުމައްފަހު މަންމަ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އަހަރެން ހަށިގަނޑު ހުރިގޮތް ފެނުމާއެކު އަރާމްކުރުމަށް އެދުނެވެ. ދުވަހަކީ ހުކުރު ދުވަހެއްކަމުން މަންމަމެން އުޅުނީ މެންދުރުގެ ކެއުން ތައްޔާރުކުރުމުގާ އަވަދިނެތިއެވެ. ހަމައެއާއިއެކު މަންމަ އުޅުނީ އަހަރެންގެ ގައިގާ ބޮނޑިތާން އެޅުމައްޓަކާ ފަތްގަނޑެތް ކެއްކުމުގައެވެ. ދިވެހި ބޭސް ކުރުމުން ޖެހިފައި ހުރި ‘ބަލި’ ރަނގަޅު ވެދާނެކަމަށް ހީކުރެވޭތީއެވެ. ބޮނޑިތާން އަޅަން ނިކުމެވިއްޖެއެވެ. އެހެނަސް ބޮނޑިތާން އަޅަންދެނެއް ކޮޅަކަށް ނުހުރެވުނެވެ. ފައިގައި ދިލަނަގާ، މުޅި ގައިގާ ވޭން އަޅަން ފެށިއެވެ. އަދި ކޮރެމުން އައިސް ކޮޓަރިއަށް ވަދެ ގައިގައި ހުރި ފެންތައްވެސް ނުހިއްކާ އެނދުގައި އޮށްތާލީމެވެ. އަދި ދެފަރާތައް ފުރޮޅި ފުރޮޅިލައި އޮތީމެވެ. ގާތުގައި މަންމަ އާއި ބައްޕަ ދެރަވެފާ ބަލަންތިއްބެވެ. ތަދު މަޑު ވަންދެން ތެޔޮދަމައިދޭން ތިއްބެވެ. އެ ދުވަހު އަހަރެންނަށް ކަމެއް ފާހަގަވިއެވެ. ކޮޅައްހުރެ، ހިނގަން އުޅެފިނަމަ ނުވަތަ ފަރުވާއެއް ހޯދަން އުޅެއްޖެނަމަ ތަދުގަދަވާ ކަމެވެ. ފައިންފެށިގެން މައްޗައް ހީވަނީ ދިލަ ހޫނެއް އަރައަރާ ހުންނަހެންނެވެ.

ފަތިހުގެ ހަމަހިމޭން ވަގުތާއިއެކު ދޫނިތަކުގެ ހިތްގައިމު ގޮވެލި ތަކުން މުޅި ފަޒާތެރެ އޮތީ އެއްއަޑު ކޮއްލާފައެވެ.  ހެނދުނުގެ ނާސްތާއަށް އިންސާފް ކުރުމަށްފަހު އަހަރެންގެ ބައްޕަ އަވަސްވެގަތީ ރަށުގައި ހުރި އެންމެ މޮޅު ދިވެހި ބޭސްވެރިޔާ ގެއަށް ގެނައުމަށެވެ. އުނަގަނޑާއި ފައި ބަލާލުމަށްފަހު ބޭސްކަފަގަނޑެއް އެޅުމަށް އިރުޝާދު ދިނެވެ. ދުވަހުގެ އެއްދަންފަޅި މަންމަ ހޭދަކުރީ ބޭސްތައް ފުނޑާ ތައްޔާރުކުރުމުގައެވެ. އަދި ރޭގަނޑު ވުމާއިއެކު މައިބަދައިން ފެށިގެން ބުޑުކޮޅާ ހަމައަށް ބޭސްގަނޑު އަޅާ ނިންމާލިއެވެ. “މިހާތަނައް ބޭސްގަނޑު އެޅި އެންމެން ވެސް ތިބީ ރަނގަޅުވެފަ .އެއްވެސް ޝަކުވާއެއް ނާދޭ.” ބޭސްވެރިޔާ އެހެން ބުނުމާއިއެކު އަހަރެންގެ ހިތުގައި އުންމީދުގެ ހުޅު ކޮޅެއް އާވިއެވެ. ނަމަވެސް ބޭސްގަނޑު ނެއްޓުނު އިރުވެސް މައިބަދައިގައި ހުރި ތަދު ފިޔަވާ އެހެން އެއްވެސް ތަދަކަށް ބަދަލެއް ނާދެއެވެ. “އޭރުވެސް އަހަރެން ބުނިން ދޯ، މީއަނެއްފަރާތުގެ ކަމެކޭ! އަޅެ ސޮބާ ހުއްޓާ އުޅެބަލަ ކިޔަވާލަން. ބަލާލުމަކުން މައްސަލައެއް ނެތެއްނު.” ދޮވެފައި ހުރި އަންނައުނުތައް ފަތްޖަހަމުން މަންމަ ބުންޏެވެ. ދުފާތަށި އަތައް ހެޔޮވަރުކޮއްލަމުން ބައްޕަ ބޯ ޖަހާލިއެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ހަނދަށް މަރުޙަބާކިޔެވެ. އިޝާ ނަމާދުން ފައިބައިގެން ރުޤްޔާ ކުރާ މީހާ އަތުވެއްޖެއެވެ. “ފުރަތަމަ ބަލާލާނީ ކަމެއް އުޅޭތޯ.” ލުއި ހިނިތުން ވުމެއް ހަދިޔާ ކޮއްލުމައްފަހު އަހަރެން ގާތުގައި އިށީންދެ ނިތްކުރިމަތީ އަތް ބާއްވާލަމުން ބުންޏެވެ. އަދި އަޑަށް ބާރުލާފާ ކިޔަވަން ފެށިއެވެ. އެ ވަގުތު ހީވީ އަތްތިލަ އާއި ފައިތިލައިން ފެށިގެން މައްޗައް ތިނޯސް ތަކެއް ހަރަމުން އައި ހެންނެވެ. ދެން ކުއްލިއަކަށް ބޮލަށް ބާރުގަނޑެއް އަރާ ހެއަށް ގޮތްވާން ފެށިއެވެ.

(ނުނިމޭ) ދެން އަންނަން އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ille

Level 1

Other Articles

Previous

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 6

Next

މަންޒިލް ތިއޭ 2

Next
April 18, 2021

މަންޒިލް ތިއޭ 2

Previews
April 17, 2021

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 6

3 Comments!

  1. RehendhiKHADHEEJA says:
    April 17, 2021 at 3:02 pm

    Varah

    1. RehendhiKHADHEEJA says:
      April 17, 2021 at 3:03 pm

      Varah interesting. Dhen vee goi kiyaalan varah beynun. ❤

  2. Nayaa Nayaa says:
    April 17, 2021 at 4:17 pm

    woww… vrh salhi… i’m a huge fan of horror stories… dhen vaanee kihiehbaa?? nayaa ah heevanee e meehun cake fohchah sihuru hedheehen… right? alheyy hageegee haadhisaa ekey?? hama vhk liyunu faraathah dhimaavi haadhisaa eh tha?? haadha thadhu vaaney dhww… anyways waiting for the next part… stay safe

Comments are closed.

Next Episodeތުލުސްމު 2←


All Right Reserved!