Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ – 17

Baby Devil Level 610 Stories100 Stories
April 14, 2021 5 Mins Read
4 Comments

” އޭނަ ދޯ.. ނޭނގެ… ނުފެނޭ އަދި.. ހެނދުނު އެކަނި ފެނުނީ.. ” ހިޝާ ވެސް މަޔާންއަށް ވީގޮތް އޮޅުންފިލުވާން ބޭނުންވިއެވެ.” ވެދާނެ މޫޑު ކަޓާފަ ކަމަށް.. ދޭބަލަ ގޮވަން.. ކޮޓަރިން އަޑެއް ބަޑެއް ނީވޭ.. ” ހިޝާ ބުންޏެވެ. އިލްޔާ ތެދުވެގެންގޮސް މަޔާން ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ. ކޮޓަރި ތެރޭގައި މީހެއްގެ ހިލަމެއް ނެތެވެ.” ނެތް ހަމަ އެކަކު.. ” އިލްޔާ ދޮރު ލައްޕާލިއެވެ. ތެމިގެން އައި ރާއިލް ގެއަށް ވަނީ އެވަގުތެވެ.” ޔާން ނުފެނިގެން މި ހޯދަނީ.. ރާއިލްބެ އަށް ފެނުންތަ.. ” ރާއިލް ވަދުމާއެކު އިލްޔާ އަހާލިއެވެ. ” ހްމްމް.. އޭނަ ގޮއްސި ރިސޯޓަކަށް މިއަދު ހެނދުނު ގަޑީގަ.. މަށަށް ވެސް އިނގުނީ އޭނަ ގުޅައިގެން ބުނީމަ.. ” ރާއިލް ކޮޓަރިއަށް ވަނެވެ. އިލްޔާ ހުއްޓުން އެރިއެވެ. މަޔާން ރިސޯޓަށް ދިއުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

**17 ވަނަ ޕާޓު**

” ހިޝް އަށް އިނގޭތަ ކީއްވެކަން ޔާން ދިޔައީ.. ” އިލްޔާ ހިޝާ އަށް ބަލާލިއެވެ.” ނޫން.. އެކަމް އުޅުން ވަރަށް ފާޑަކަށް.. ނޭނގެ ކީއްވެ ކަމެއް.. އަބަދު ހުންނަނީ ދެރަވެފަ ނޫނީ މާޔޫސް ވެފަ.. އަހަރެންނަށް ފާހަގަ ކުރެވުނު އޭނަ އެކަން ފޮރުވަން އުޅުނަސް… ” ހިޝާ ހިޝާ ވެސް ވިސްނަމުން ދިޔައެވެ.” އެކަމް.. ޔާން އިލޫ ކައިރީ ނުބުނެ ހަމަ އެއް ތާކަށް ނުދާނެ.. ” އިލްޔާ މާޔޫސްވެފައިވާ މީހެއްހެން އިށީނެވެ.” އަޅެ ރާލް ކައިރީ އަހާބަލަ ނިކުތީމަ.. އިނގިދާނެ ފަހަރެއްގާ.. އަހަރެންނަށް ވެސް ހީވޭ ކޮންމެސް ކަމެއް ވީހެން.. ” ހިޝާ ޓީވީ ނިއްވާލިއެވެ.

ރާއިލް ނިކުތީ ދިހަވަރަކަށް މިނިޓް ފަހުންނެވެ.” ރާއިލްބޭ.. ސުވާލެއް އަހާލަންތަ.. ” ރާއިލް ނިކުތުމާއެކު އިލްޔާ އަހާލިއެވެ.” އަހާބަލަ.. ” ރާއިލް އައިސް ހިޝާ ކައިރީގައި އިށީނެވެ.” އިނގޭތަ ޔާން ދިޔައީ ކީއްވެކަން.. މީދޫއަށް ދިޔަފަހުން ޔާން ވަރަށް ޗޭންޖް ވެއްޖެ.. ކުރީގަ އިލޫ ކައިރީ ނުބުނެ ނުކުރާނެ ހަމަ އެއް ކަމެއް ވެސް.. އެކަމް މިހާރު ނުވެސް ބުނެ ގިނަ ކަންތައް ކުރަނީ.. ޕްލީޒް އިނގެންޏާ ބުނެބަ.. ” އިލްޔާ އާދޭސް ކޮށްލިއެވެ. ރާއިލް ވިސްނާލީ ހަދާނެ މޮޅު ދޮގަކާއި މެދުއެވެ. އެއީ ރާއިލް ވަނީ މަޔާން ކައިރީގައި އެ ވާހަކަ ނުބުނާން ކަމަށް ހުވައި ކޮށްފައެވެ.

” މަށަށް ވަކި އިނގޭނެތަ.. އިލޫ ކައިރީ ނުބުނެ މަ ކައިރީ ބުނާނެ ހެން އިލޫއަށް ހީވޭތަ.. އޭނަ ދެރަވެފައި ހުރިކަން އިނގޭނެ ބަލާލި ކޮންމެ މީހަކަށް.. ވެދާނެ ހިތް ހަމަ ޖައްސާލަން ކަމަށް ދިޔައީ..” ރާއިލް ބުންޏެވެ. އަނެއްކާ ވެސް އިލްޔާ މާޔޫސްވިއެވެ.” ތިހާ އަވަހަށް މާޔޫސް ވާކަށް ނުވާނެ.. ވެދާނެ މާ ހާސްވެފަ ހުރީމަ ނުބުނެ ދެވުނީ ކަމަށް ވެސް.. ” ހިޝާ އިލްޔާ އަށް ވިސްނައިދިނެވެ.” އޯކޭ.. މިގަޑީގަ ގޮސްލީ.. ” އިލްޔާ ގަދަކަމުން ހިނިތުން ވެލަމުން އެގެއިން ނިކުތެވެ. އޭރު މަގުމަތީގައި މީހުން ވެސް މަދު ވެއްޖެއެވެ. ނަމަވެސް މިފަހަރު އެމީހާ އަށް ވުރެ ގިނައިން ވިސްނުނީ މަޔާން އާއި މެދުއެވެ.

ގެއަށް އާދެވުމާއެކު އިލްޔާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ލުޔާ އަންނާނެ ކަން ވެސް ހަނދާނުން ކައްސާލައިގެން ދިޔައެވެ. އެނދަށް އެރުމާއިއެކު އިލްޔާގެ ލޮލުގައި ކަރުނަ ޖަމާވިއެވެ. އިލްޔާއަށް މިވާ ގޮތްތަކުން ޚުދު އޭނާ ވެސް ހައިރާންވިއެވެ. އިލްޔާ ފޯނު ނަގާފައި މަޔާން ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ރިންގުވެފައި ކެނޑުނު އިރުވެސް މަޔާން ފޯނެއް ނުނެގި އެވެ. އަނެއްކާ ވެސް އިލްޔާ ލޮލުން ކަރުނަ އައެވެ. ރޯކަށް މާބޮޑު ކަމެއް ވެސް ނުވެއެވެ. އިލްޔާ ނިންމީ އެއީ ކުޑައިރުއްސުރެ ފެށިގެން އެންމެ ގާތް އެކުވެރިޔާ ވީމައި ކަމެއް ވެދާނެތީ ރޮވުނީ ކަމަށެވެ. އެކަމާއި މެދު ވިސްނާވަރަށްވުރެ އިލްޔާ ބޮލުގެ ރިހުން މާ ގަދަ އެވެ.

އިލްޔާ އޮށޯވެ އޮއްވައި މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. އިލްޔާ ލުޔާ މަތިން ހަނދާންވެ ފުންމައިގެން ތެދުވިއެވެ. އަދި ދޮރާއި ދިމާއަށް ބާރު ބާރަށް ހިނގައިގަތެވެ.” ތަޅުލައިގެން ކީއްކުރަނީ..؟ އިލޫ ކީއްވެ ރޮނީ؟… ކަމެއް ވީތަ.. ތަނަކަށް ތަދުވަނީތަ..؟ އެއްކަލަ މީހާ ކަމެއް ކުރީތަ؟؟.. އެމީހާ ކީއްކުރީ..؟؟..” ދޮރު ހުޅުވުމާއެކު ލުޔާ ސުވާލުތައް އޮއްސާލިއެވެ.” މީ.. ކަމެއް.. ނުވޭ.. އެމީހާ ކަމެއް ނުކުރެއޭ.. ލޮލަށް އެއްޗެއް ވަދުނީ.. ” އިލްޔާ އަވަސް އަވަހަށް ލޯ ފުހެލިއެވެ.” އެހެންތަ؟ އެކަމް ދެލޮލުންފެން އާދޭތަ އެތިކޮޅެއް ވަނީމަ.. ހަމަ އަސްލުވެސް އިލޫ ހީވަނީ ރޮއިފައި ހުރިހެން.. ރީއްޗަށް ބުނެބަލަ ކިހިނެއްވީ.. ” ލުޔާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލީ ސަނާ މެން އަތުވެދާނެތީއެވެ.

” ކަމެއް ނުވޭ.. ހަމަ އެކަނި ޔާން މަތިން މިސް ވީ.. މިހެން ބުނީމަ ދިމާ ކުރަން ނުފައްޓާތި އިނގޭ.. އޭނަ މިރަށަކު ނެތް.. މިހާރަކަށް އައިސް އިލޫ ކައިރީ ނުބުނެ އެކަހަލަ ކަންތައް ކުރާތީ ދެރަވެގެން ރޮވުނީ.. ހިޝްމެންގެ ގެއަށް ދިޔަތަނާ އިނގުނީ.. އަނެއްކާ ވަރަށް ދެރަވެ މަޔޫސްވެފަ އޯ ހުންނަނީ އޭނަ.. ” އިލްޔާ އެނދުގައި އޮށޯތެވެ.” އެހެންތަ.. އަންނާނެ ވަރަށް އަވަހަށް އިންޝާ ﷲ… ދެން ނުރޯތި.. ” ލުޔާ އިލްޔާ ކައިރީގައި އިށީނެވެ. އިލްޔާ ބޯ ޖަހާލާފައި އަނެއް ފަރާތަށް އެނބުރުނެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ލުޔާ ކިތަންމެ ހިތް ބިރުގަތަސް ވަގުތުގެ ގޮތުން ކެތްތެރި ވެގެން ހުރީއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި މަޔާން އިނީ އިލްޔާގެ ފޮޓޯ ގަނޑެއް ހިފައިގެންނެވެ. މަޔާން އެއްގޮތަކަށް ވެސް އޭނަގެ އެންމެ ގާތް އެކުވެރިޔާ ދެކެ އެފަދަ ގޮތަކަށް ލޯބި ވާކަށް ނޭދެއެވެ. އެ ރިސޯޓަށް އައީ ވެސް އިލްޔާގެ ހަނދާންތައް ހިތުން ފުހެލެވޭތޯއެވެ. ނަމަވެސް އިލްޔާގެ ހަނދާންތައް ވަނީ އިތުރެވެ. އެންމެ ފަހުން އެތާ އިނދެގެން ފޫހިވާން ފެށުމުން މަޔާން ދިޔައީ އޭނާއަށް ހުރި ރޫމް އަށެވެ. އޭރު ފަތުރުވެރިން އެކި ދިމަ ދިމާލުގައި ހިތްހަމަ ޖައްސާލަން އުޅެއެވެ.

” އަވަސް ކޮށްބަލަ ދޮންބެ ގަނޑާ.. މިހާރު ގަޑި ޖެހެނީ.. އަދި ވެސް ތިޔަ ގަމީހުގެ ގޮށްތައް ނޭޅުވިގެން.. ތިހާ ގިނައިރު ވަންޏާ ގަމީސް ބަލައިގެން އަޔަސް ހެޔޮ ވާނެ..” އައިހާ ތުން ދަމާލަމުން އެއްޗެހި ގޮވައިގަތެވެ.” ސާބަހޭ އައިހާ.. އަމިއްލަ މީހާ ވަކި ރަނގަޅުތަ.. ތިޔަ ބުރުގާގަ ޖަހާ ޕިން ތައް ހުސް ނުވޭ.. ” އީތަން ވެސް އައިހާ ބުނި ރާގުގައި ބުންޏެވެ.” މިހިރީ ވާ ކަމެއް.. ކަލޭމެން ދެމީހުންގެ ކޯޅުން ނިންމަން ވެއްޖެއްނު.. ” ޔާނީ ހަޅޭއްލަވައި ގަތެވެ. އެއާއި އެކު ނިހާ ހޭން ފެށިއެވެ.” މަ ނިމުންތާ ކޮން އިރެއް.. ހިނގާދާން.. ” އައިހާ އީތަންގެ ބުރަކަށީގައި އަޅާ ކޮއްޕަމުން ދިޔައެވެ. އޭރު އިލްޔާ އާއި ލުޔާ ވެސް ގޭތެރޭގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

” މަ ދާނީ ސައިކަލްގަ.. ތިމީހުން ދޭ.. ” އީތަން ލުޔާ އަށް ބަލާލަމުން ބުންޏެވެ.” ކިހިނެއްވީ.. ” އައިހާ ލޯ އަޅާލިއެވެ.” ހެވެއްނު.. އޭރުން މަގުމަތީގައި ކޯޅޭކަށް ނުޖެހޭނެ.. ” ނިހާ ހިނގައިގަތެވެ. ފަހަތުން ޔާނީ އާއި އައިހާ ވެސް ދިޔައެވެ.” އިލޫ ވެސް ދަނީ.. ތި ދެމީހުން ސައިކަލުގައި އާދޭ.. އިލޫ ދާނީ އެކޮޅު މަގުން ލައިފަ.. އެހެންނޫނީ އެތިބަ މީހުންނަށް ޝައްކެއް ވެދާނެ.. ދޯ ހިލޫ.. ހިލޫ މެން ދާނީ ސައިކަލުގަ ވިއްޔަ.. ” އިލްޔާ ހީލިއެވެ. ރާއިލް އާއި ހިޝާ ހެމުން ސައިކަލުގައި ދުއްވާލިއެވެ. އިލްޔާ ހިނގައިގަތީ އައިހާ މެންނަށްވުރެ އަވަހަށް އެތަނަށް ދެވޭތޯއެވެ.

” އަރާ ސައިކަލަށް.. ދެން ނުވެސް ފެންނާނެ ދޯ.. ” އީތަން އެހެން ބުނުމުން ލުޔާ ބޯ ޖަހާލިއެވެ.” އެއްޗެކޭ ނުވެސް ބުނާނަންތަ މިވަގުތު ކޮޅު ވެސް.. ” އީތަން އެހެން ބުނެލީ ލުޔާގެ އަޑު އަހަން ކެތްމަދުވެފައި އިނދެގެންނެވެ.” ކޮންޗެކޭ ކިޔަންވީ.. ” ލުޔާ ހީލަމުން ބުންޏެވެ.” ލުޔާ އަށް ފެންނަ އެއްޗެއް.. ” އީތަން ބަނދަރާއި ތަންކޮޅެއް ދުރު ހިސާބެއްގައި ސައިކަލު ޕާކް ކުރިއެވެ.” އައި ލަވް ޔޫ ލުޔާ.. ދެން ނޭނގެ ދިމާ ވާނެ ކަމެއް ވެސް.. ދިއުމުގެ ކުރިން ކޭން އައި ޓޭކް އަ ސެލްފީ ވިތް ޔޫ.. ” އީތަން އެދުނެވެ.” އޯކޭ.. އައި ލަވް ޔޫ ޓޫ.. ” ލުޔާ އީތަން ގައިގައި ބައްދާލިއެވެ. އީތަން ވެސް ލުޔާ ގައިގައި ބައްދާލާފައި ފޯނު ނެގިއެވެ. އީތަން ސެލްފީ ނަގާފައި ފޯނު ޖީބަށް ލިއެވެ. އަދި ލުޔާގެ އަތް ނަގައި އެ އަތުގައި ބޮސްދިނެވެ.

” ޕިސް ޕިސް.. ސައިކަލުގަ އަންނަން ބުނި މީހާ.. ހާދަހާ ގިނައިރެކޭ.. އަދި އެ ލުޔާ ގަނޑު ވެސް ނޭނގެ ވީ ތަނެއް.. ” ޔާނީ ބޯ ހޫރާލިއެވެ. އީތަން އާއި ލުޔާ އަންނަން އެހާ ލަސްވާ ސަބަބު އިނގޭތީ އިލްޔާ އާއި ހިޝާ އަދި ރާއިލް ތިބީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ.” އެއޮށް ދައްކާލީ އަދި ކިރިޔާ.. ކަލޭމެން އެކީގަތަ ތި އައީ.. ” އައިހާ މޫނު ކުނިކޮށްލިއެވެ.” އޭނ..؟؟ ނޯ ނޯ.. މަ ނާންނަން ލުޔާ އާ އެކު އެއް.. ޝައްކު ކުރިޔަސް ތީ ދެން ބޮޑުވަރު.. ” އީތަން އަޅައިގަންނަމުން ބުންޏެވެ.” އެންމެ ރަނގަޅޭ.. އަރާ.. ” ޔާނީ ބުންޏެވެ. އީތަން ބަހެއް ނުބުނެ ލޯންޗަށް އެރިއެވެ.

އީތަން މެން ދިޔަ ލޯންޗާއި ދިމާއަށް ލުޔާ ބަލަން ހުރީ އެ ލޯންޗް ލޯމަތިން ގެއްލެންދެންނެވެ.” ހިނގާދާން ކުޑަކޮށް ހިނގާލާ ކަންތައް ކޮށްލަން ހިޝް… ދޯ ރާއިލްބޭ..” ލުޔާގެ މިލާފައިވާ މޫނު ފެނުމުން އިލްޔާ ބުންޏެވެ. ” އޭރުން އިލޫއަށް ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ.. އެމީހާ އެއީ އިލޫއަށް އަބަދުހެން ފާރަލާ މީހެއް.. ” ލުޔާ ބުނި އެތީގެ މާނަ ނޭނގިފައި ރާއިލް ހުއްޓެވެ. ‘ އެމީހާ ‘ އޭ ކިޔާފައި އެ ބުނީ ކާކަށް ކަމާއި މެދު ވިސްނަން ފެށިއެވެ.” ތިބުނީ؟؟ އެމީހާ؟؟ ކާކު؟؟ ” ރާއިލް ސުވާލުކޮށްލިއެވެ. ލުޔާ ރާއިލްއަށާއި ހިޝާއަށް ވީ ހުރިހާ ގޮތެއް ކިޔާދިނެވެ. މަޔާން ވަނީ ރާއިލް ކައިރީގައި އިލްޔާ ވަރަށް ރަނގަޅަށް ބެލުމަށް އެދިފައެވެ. އެހެންކަމުން ރާއިލް ބެލީ މަޔާން ބުނި ކަންތައް ފުރިހަމަ ކުރެވޭތޯއެވެ.

” ތިހެން ވީރު ނުވާނެ އިލޫ އެކަނި ބޭރަށް ނުކުމެގެންނެއް.. މި ޒަމާނުގައި ވަރަށް އެހެން ކަހަލަ މީހުން އުޅޭނެ.. ” ރާއިލް އެދުނެވެ.” ލުޔާ ވެސް ބުނެފިން އިލޫ ކައިރީގަ.. ” ލުޔާ އިލްޔާ އަތުގައި ހިފާލިއެވެ.” ޔާ.. ދެން ނުނިކުންނާނަން… ހިނގާ ގެއަށް.. ” އެމީހާ އޭ ބުނުމުން އިލްޔާ ހިތުގައި ނުތަނަވަސްކަން އުފެދުމުން އިލްޔާ ބޭނުންވީ ގެއަށް ދާންށެވެ.” އިލޫ މެން ލައިފަ މަށާ ހިޝްއާ ދާނަން.. ޕްލީޒް ބީ ކެއަރ ފުލް ގާރލްސް… ” ރާއިލް އެދުނެވެ.” ހްމްމް… އައި ވިލް ބީ ކެއަރ ފުލް އޭ.. ޑޯންޓް ވޮރީ.. ” އިލްޔާ ބުންޏެވެ.” ދެން ދޭ ތި މީހުން.. އަހަރުން ގޮސްދާނަން އެކަނި.. އަހަރެން މިހުރީނު އިލޫ ކައިރީ.. ” ލުޔާ ރާއިލް އާއި ދިމަ ބަލާލިއެވެ. ރާއިލް ބޯ ޖަހާލާފައި ހިޝާ ގޮވައިގެން ސައިކަލަށް އަރާފައި ރެސްޓޯރެންޓަކަށް ދާން ދުއްވާލިއެވެ.

ދިހަ ވަރަކަށް މިނިޓް ދުއްވުމަށްފަހު ރެސްޓޯރެންޓެއްގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލިއެވެ. އެ ރެސްޓޯރަންޓް ހުންނަނީ ބީޗާއި ފުދޭވަރަކަށް ކައިރީގައެވެ. ރާއިލް އާއި ހިޝާ އަތުގުޅާލައިގެން ރެސްޓޯރެންޓް ތެރެއަށް ވަތްއިރު މީހުން ތަންކޮޅެއް ގިނައެވެ. ރާއިލް ގޮސް ސާފު ވައި ޖެހޭ ހިސާބެއްގައި ހުރި މޭޒެއްގައި އިށީނދެ ދެ ސްޕެގެޓީއަށާއި ދެ ޗޮކްލެޓް މިލްކްޝޭކް އަކަށް އޯޑަރ ކޮށްލިއެވެ.” މިތަން ކިހާ ހިތްފަސޭހަ.. މިކަހަލަ ތަނަކަށް މަދުން ނޫނީ ނާދެވޭނެ.. ހިޝް ހިތްހަމަ ޖެހޭތަ.. ” ރާއިލް ހިޝާ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. ހިޝާ ރަކި ގޮތަކަށް ހީލަމުން ބޯ ޖަހާލިއެވެ.

ސްޕެގެޓީ ކައިނިމިގެން ދެކުދިން އައިސްކްރީމް ގަނެގެން ގޮސް ބީޗުގެ ހަމަހިމޭން މާހައުލުގައި މަޑުކޮށްލިއެވެ.” ރާލް.. އަހަރެން ބޭނުން ވާހަކަ އެއް ދައްކާލަން.. ” ހިޝާ ބުންޏެވެ.” ހިޝް ބޭނުން އެއްޗެއް އެހޭނެ… ” ރާއިލް ބެންޗެއްގައި އިށީންނަމުން ބުންޏެވެ.” ޔާން އަށް ކިހިނެއްވެފަ އެ ހުންނަނީ މިހާރު.. ވަރަށް އެހެން ކަހަލަ ގޮތެއް.. ކުރީގަ ވަރަށް ސަކަރާތް ޖަހާ ކުއްޖެއް އެއީ… އެކަމް މިހާރު ހުންނަނީ މަޑުމަޑުން.. އިނގޭ ރާލްއަށް ނޭނގި ނުހުންނާނެ ކަން.. ” ހިޝާ އައިސްކްރީމް ކޮޅެއް ބޯލިއެވެ. ރާއިލް ވަގުތުން އަނގަ ބަންދުވިއެވެ. މަޔާން ވަނީ ރާއިލް ކައިރީގައި ހަމަ އެކަކަށް ވެސް ނާންގަން ބުނެފައެވެ. ދެން ހިޝާ ކައިރީގައި ބުނާނީ ވެސް ކިހިނެއް ހެއްޔެވެ؟
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހުރިހާ ކިޔުންތެރިންނަށް….

Next

ޤާތިލް-13

Next
April 14, 2021

ޤާތިލް-13

Previews
April 14, 2021

ހުރިހާ ކިޔުންތެރިންނަށް….

4 Comments!

  1. zahuu says:
    April 14, 2021 at 3:06 pm

    Wow mi part vs varah reethi hama mi hunnanee up vaane irakah balabalaa ??

    1. UNKNOWN GIRLL says:
      April 15, 2021 at 10:12 pm

      thanks zahuu ??

  2. Lulu says:
    April 14, 2021 at 7:50 pm

    Wow Masha Allah this part is wonderful…. komme part akah comment nukurevunas I read it regularly
    Keep up the good work???

    1. UNKNOWN GIRLL says:
      April 15, 2021 at 10:12 pm

      thank u Lulu ?☺️

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ – 18←


All Right Reserved!