Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (13)

zaisha Level 210 Stories
July 6, 2015 7 Mins Read
39 Comments

ފެނުނު މަންޒަރުން މާކިން ސިހުނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައިވާއިރު އޭނާ ހާސްކަން އެތަށް ގުނައެއް އިތުރުވިއެވެ. ކުރިމަތީގައި ފެންނަން ހުރި މަންޒަރަށް ބަލަހައްޓައިގެން ހުރި މާކިންގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ. “އިނާރާ..”.

ރުއްބުޑު ކައިރިއަށް ވެއްޓިފައި އޮތް އިނާރާ ފެނި މާކިންއަށް ހީވީ ސިކުންތު ކޮޅަކަށް ހިތް ހުއްޓުނު ހެންނެވެ. ދުވެފައި ގޮސް ވެއްޓިފައި އޮތް އިނާރާ އޭނާގެ އުނގުގައި ބޭއްވިއިރު ހެއެއް ނެތެވެ. މާކިން އަވަސްވެގަތީ ވިންދު ހުރިތޯ ބެލުމަށްށެވެ. ވިންދުޖަހަމުން ދާކަން އިނގުމުން އޭނާއަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. މާކިން ދެފަހަރަކު އިނާރާގެ ކޮލުގައި ޖަހާލުމުން އޭނާ ކުޑަކޮން އެސްފިޔަތަށް ތަޅުވާލިއެވެ.

މާކިން ބަލަން ނުހުރެ އިނާރާ ނަގައިގެން އެތަނުން ދާން މިސްރާބުޖެހިއެވެ. ދިޔަ މަގުމަތީގައި ބައެއް މީހުން ބެލިއިރު އެމީހުންނަށް ހީވީ އިނާރާއަށް ނިދިފައި އޮތްކަމަށެވެ. މާކިން މީހުންނަށް ބެލުމެއްނެތި އެމީހުންގެ ވިލާއަށް ގޮސްވަނެވެ. އެނދުގައި އިނާރާ ބާއްވާލިއިރު އޭނާ އޮތީ ކުޑަކޮން ލޯހުޅުވައިގެންނެވެ. ހުން ހުރިތޯ ބަލަން އިނާރާގެ ކަރުގައި އަތް ޖައްސާލިއިރު ކޮންމެވެސް ވަރަކަށް އެ ހަށިގަނޑު ހޫނުވަމުން އަންނަކަން އިހުސާސްވިއެވެ.

“ކިހިނެތް ވީ؟” މާކިން އައިސް އިނާރާއަށް ފެންދިނުމަށްފަހު ސުވާލުކުރިއެވެ. “ނޭނގެ. އަންނަން ހިނގައިގަންތަނާ އަނބުރައިގަތީ..” އިނާރާ ދެލޯ މަރައިގެން އޮވެ ބުނެލިއެވެ. “ހިނގާ ޕެނެޑޯލް އެއްކާލަން. އޭރަށް ރަނގަޅު ވެދާނެ.” މާކިން މިހެން ބުނެފައި އިނާރާއަށް ބޭސްދިފައި ގައިގައި ކުއިލްޓު އަޅައިދިނެވެ. “ދެން ނިދާ.” މާކިން މިހެން ބުނެފައި އެނދުން ތެދުވުމުން އިނާރާ އެ އަތުގައި ހިފޭއްޓިއެވެ.

“ނިދެން ދެން.. މަޑުކޮއްލަފާނަންތަ؟” އިނާރާ އަހަން ނުކެރި ހުރެފައި ވެސް އަހާލިއެވެ. “ތީ މިހާރު ކުޑަކުއްޖެއް ނޫން އެކަނި އޮވެގެން ނުނިދޭކަށް. ކޮންމެހެން މި ގަޑީގައި އަހަރެން އިތުރަށް ރުޅިއަރުވަން އުޅޭނެކަމެއް ނެތް.” މާކިން މިހެން ބުނެފައި އިނާރާގެ އަތް ފޮޅުވާލާފައި ލެޕްޓޮޕް ހިފައިގެން ބޭރަށް ނިކުތެވެ. އިނާރާގެ ލޮލުން ފޭބި ކަރުނަތަށް ބާލިހުގައި ފޭދުނުއިރު އޭނާ ކުއިލްޓުގެ ތެރެއަށްވަދެ މޫނު ފޮރުވާލިއެވެ.

ހަނދުވަރުގެ އަލިން މޫދު ދިއްލިފައި ވާއިރު ޖެހެމުންދިޔަ ފިނިވައިރޯޅިން މާކިންގެ ގައިން ހީބިހި ނަގުވާލިއެވެ. އަތުގައި އޮތް ފޯނުގެ ވާގަނޑު ލެޕްޓޮޕަށް ޖެހުމަށްފަހު މިއަދު ނެގި ފޮޓޯތަށް އޭނާ ލެޕްޓޮޕަށް ކަހާލިއެވެ. ފޮޓޯތަށް ބަލަން އިން މާކިން ހުއްޓުނީ ސްކްރީނަށް އިނާރާގެ ފޮޓޯ އެރުމުންނެވެ. އިރުއޮއްސެމުން ދިޔަ މަންޒަރު ބަލަން ހުރި އިނާރާގެ އެ ހިނިތުންވުން ފެނި މާކިންގެ ހިތަށް އަސަރުކުރިއެވެ. އޭނާ އެ ފޮޓޯއަށް އިތުރަށް ނުބަލާންވެގެން ފޯނުން ރާހިލްއަށް ގުޅާލިއެވެ.

ސައިކަލު ދުއްވަމުން ދިޔަ ރާހިލް މަޑުކޮއްލީ ފޯނު ރިންގުވާން ފެށުމުންނެވެ. “ހަލޯ.. ބަލަ ހަނީމޫންގައި އުޅޭއިރު ގުޅާއެއްޗެއް ނޫނޭ.” ރާހިލް ދިމާ ކުރުމުގެ ގޮތުން ބުނެލިއެވެ. “ހެހެހެ. ކިހިނެތް ތަ؟” މާކިން ބުނެލިއެވެ. “ރަނގަޅޭ.. ގުޅާލަން ހިތަށް އަރާފައި ވެސް ތި ދެ މީހުންނަށް އުނދަގޫ ނުކުރަން ވެގެން ނުގުޅީ. އިނާރާ ކޮބާ؟؟ ރަނގަޅު ދޯ ހުރިހާ ކަމެއްވެސް. ” ރާހިލް އަހާލިއެވެ.

ރާހިލްގެ ސުވާލުން މިއަދުވެދިޔަ ކަންތަން މާކިންގެ ޚިޔާލަށް އައެވެ. “ހޫމް. ރަނގަޅު. އެބައޮތް ނިދިފަ. މަލަކް ކަންތަން ކިހިނެތް މިހާރު؟ މިއަދު ދިޔައިންތަ؟” މާކިން މަޢުލޫއު ބަދަލު ކޮއްލިއެވެ. “ޔާ. މިހާރުދެން ފުދޭ ވަރަކަށް ވާހަކަ ދައްކާ. އަނެއް.. އޭނާ އެބަ ބޭނުންވޭ މާދަން ބޭރަށް ގޮސްލަން. އަބަދު ގޭގައި އިންނަންވީމަ ބޯ ހާސްވަނިއްޔޯ. ކިހިނެތް ހަދަންވީ؟” ރާހިލް އެހިއެވެ.

“ދޭ ގޮވައިގެން. އައި ޓްރަސްޓް ޔޫ. ރަނގަޅަށް ބަލާތި.” މާކިން ބުނި ވާހަކައިން އޭނާ ރާހިލްއަށް އިތުބާރު ކުރާވަރު ހާމަވެގެން ދިޔައެވެ. “އޯކޭ މޭން. ބައި..” މަކިން މިހެން ބުނުމުން ރާހިލްވެސް ފޯނުބެއްވިއެވެ. މާކިންގެ އެ އިތުބާރު ގެއްލުވާލާކަށް ރާހިލް ނޭދެއެވެ. އެ ދެމެދުގައި މިވާ ގިނަދުވަސް ވީ ރަޚުމަތްތެރިކަމުގައި މިއަދާއި ހަމައަށް ވެސް ކުނިކޮޅެއް ޖެހިފައެއް ނުވެއެވެ. މާކިންއަށް ޓަކައިވެސް ރާހިލްގެ ހިތުގެ އެދުން ފޮރުވުމަށް އޭނާ ނިންމިއެވެ.

އިރުފެނުން ތޮޅެލުމުން މުޅި ޖައްވަށް އަލިވެގެން ދިޔައެވެ. އިރުގެ އަލިން ކަނޑުގެ ރާޅުތަށް ބަބުޅަމުން ދިޔައިރު ނޫ ކުލައިގެ އުޑުގައި އެންމެ ވިލާކޮޅެއްވެސް ނެތެވެ. އެނދުގައި އޮތް އިނާރާ މޯޅިއަކަށް ދެމިލަމުން ކައިރީގައި އޮތް މާކިންއަށް ނަޒަރު ހުއްޓާލިއެވެ. ނިދިފައި އޮތްއިރު އެ ކަޅުކުލަ ގަދަ އެސްފިޔަތަށް ވަނީ މެރިފައެވެ. ސޯޓުކޮޅެއް ލައިގެން އޮތްއިރު ފިނިވެގެން އެ ހަށިގަނޑުގައި މަޑު ތުރުއެޅުމެއް ހުއްޓެވެ. އިނާރާ އަވަހަށް އޭނާގެ ގައިގައި އޮތް ކުއިލްޓް ނަގައި މާކިންގެ ގައި ފޮރުވާލަދިނެވެ.

އޭނާ ތެދުވެގެން ގޮސް އޭސީ ނިއްވާލުމަށްފަހު ދޮރުތަށް ހުޅުވާލުމުން ހެނދުނުގެ އަރާމު ހޫނު ވައިރޯޅިއާއި އެކުވެގެން ވަދެގެންއައެވެ. ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި އިނާރާ ވިސްނަމުން ދިޔައީ އޭނާގެ ޚަޔާތާއި މެދުއެވެ. ފިރިއެއްގެ ލޯބިން މަހުރޫމް ވެފައި ވާއިރު އެ ހިތުގައި ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. މާކިން ބަދަލުވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްއިރު ވެސް އިނާރާ ހުރީ މުޅި އުމުރު ދުވަސް ލޯބިވާ މީހާއާއި އެކީ ހޭދަކުރުމަށް ތައްޔާރަށްށެވެ. ބަދަލުގައި ލޯބި ނުލިބުނަސް އޭނާއަށް ލޯބި ދެވިދާނެތާއެވެ.

އިނާރާ ސައިބޯއެއްޗެހި އޯޑާރ ކޮއްފައި ފާޚާނާއަށް ވަދެފައި ނިކުންއިރު މާކިން އެނދުގައި ހޭލަ އިނެވެ. ދެ އަތުން މޫނު ފޮރުވާލައިގެން އިންއިރު އަދިވެސް ހުރީ ނިދި އައިސްފައެވެ. އިނާރާ ނިކުއިން އަޑަށް މާކިން އިސް އުފުލާ ބަލާލިއެވެ. މާކިން ރޭގައި ލައިގެން ހުރި އަތް ދިގު ޓީޝާޓު އިނާރާ ލައިގެން ހުރިއިރު އޭނާގެ ފައިގެ ބޮޑުބައެއް އޮތީ ހާމައަށްށެވެ. އޭނައަށް ޓީޝާޓު ބޮޑުކަމުން ބުޑު ފޮރުވޭވަރުވެއެވެ.

“ކީއްކުރަން އަހަރެންގެ ޓީޝާޓު ލަނީ..” މާކިން ހިތްހަމަ ނުޖެހިފައި އިނދެ އަހާލިއެވެ. ތުވާލިން ބޯ ހިތްކަން ހުރި އިނާރާ އެއްޗެއް ބުނަން އުޅެފައިވެސް ފަސްޖެހުނެވެ. ފެންވަރަން ވައިން އިރު ހެދުމެއް ނުލާ ވަދެވުމުން އެތެރޭގައި އަޅުވާފައި އިން ޓީޝާޓު އޭނާ ލީއްޔެވެ. އެވަރު ކުޑަކަމަކާއި މާކިން ހިތްހަމަ ނުޖެހިދާނެ ކަމެއް އިނާރާއަކަށް ނޭނގުނެވެ. “ސޮރީ” އިނާރާ ބުނެލިއެވެ.

“ނޫނޭ.. އަހަރެން ރުޅިއަރުވަން ވާނެއެއްނުން.. މާދަން ފުރަން ތައްޔާރުވޭ.. މާކިން މިހެން ބުނެފައި އެނދުން ތެދުވިއެވެ. “އެކަމަކު ހަފްތާއަކަށް ނުން އައީ” އިނާރާ އިސްޖެހިފައި ހުރެ އަހާލިއެވެ. “އިނގެޔޭ. އެކަމަކު ހަފްތާއެއް ވަންދެން އިނާރާ ފަހަތަކުންނެއް ނޫޅެވޭނެ. އަޑުއިވިއްޖެ…” މާކިން ތުވާލި ނަގައިގެން ފާޚާނާއަށް ވަންނަން ދިޔައެވެ. “އެކަމަކު…” އިނާރާގެ ވާހަކަ މާކިން މެދުކަނޑާލިއެވެ.

“ކޮން އެކަމެއްތަ.. މިހާރު އަހަރެން ބުނާ ކޮންމެ އެއްޗަކަށް ދެކޮޅަށް ވާހަކަދައްކަން ޖެހޭތަ!..” މާކިން ހަޅޭލަވައިގަނެފައި ގޮސް ފާޚާނާއަށްވަނެވެ. އޭނާ ހުރީ މާލެދެވުމުން އިނާރާގެ އެ ގޮތަށް ވާހަކަދެއްކުމުގެ އަދަބު ދޭން ނިންމައިގެންނެވެ. އެނދުގައި އިށީދެލި އިނާރާ ނުރޯން ލޯ ފޮހެލިއެވެ. ތެދެކެވެ. މާކިންއަށް އެއްޗެކޭ ބުނޭވޭއިރަށް އެ ދެލޯ ކަރުނުން ފުރެއެވެ. ވާނީވެސް އެހެންތާއެވެ. މާކިން ހުންނަނީ އަބަދުމެ އިނާރާގެ ހިތުގައި ޖައްސާފައެވެ.

ހަވީރުއަތަށް އެޅިއިރު މާލޭގެ މަގުތަކުން ދުއްވާފައި ދިޔަ ރާހިލްގެ ފަހަތުގައި މަލަކް ތަތްވެގެން އިނެވެ. ރާހިލް އެކަމާއި ހިތްހަމަ ނުޖެހުނަސް އޭނާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ފަހަތުގައި އިން މަލަކްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. އޭނާ ރާވާފައިވާ ކުޅިގަނޑު ފެށުމަށް މިއީ އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ. “ހިނގާބަ ޖޫގޯ ބޯން..” މަލަކް މިހެން ބުނުމުން ރާހިލް ޖެލީއަށް ދިޔުމަށް މިސްރާބުޖެހިއެވެ.

ޖެލީގެ ޖޫގޯ ވިއްކާތައި ކުރިމަތީގައި ސައިކަލު ޕާކު ކޮއްލުމަށްފަހު ރާހިލް މަލަކްއާއި އެކީ އެތަނަށް ދިޔައެވެ. ދެ މީހުން ޖޫގޯއަށް އޯޑަރު ދީފައި އެތާކައިރީގައި މަޑުކޮއްލިއެވެ. “ގާލް ފްރެންޑެއް ހުރޭތަ؟” މަލަކް ފެށި ވާހަކައަކުން ރާހިލް ނުތަނަވަސްވިއެވެ. “ނޫން..” އޭނާ ދިނީ ކުރު ޖަވާބެކެވެ. “ދެން ލޯބިވާ ކުއްޖަކުވެސް ނުހުރޭތަ؟” މަލަކްގެ ސުވާލުން ރާހިލް އޭނާއާއި ހަތަރުކަޅި ހަމަކުރިއެވެ. “ހުރޭ.. ތިއީ އަހަރެންގެ ނިދި ގެއްލުވާލި ފަރާތަކީ.. ވަރަށް ގަޔާވެ.. އެކަމަކު އެއީ އަދި ލޯބި ކަމެއް ޔަޤީނެއް ނޫން..” ރާހިލްގެ މި ބަސްތަށް ވީ ހިތުތެރޭގައެވެ. “ނޫން..” އޭނާ ހިތާއި ދެކޮޅަށް ބުނެލިއެވެ.

“ހާދަ ހީ ނުވެއޭ. އެކަމަކު ތިހާ ކެއާރ ކުރާ ހިތްގައިމު ފިރިހެނެތް ދެކެ ލޯބިވާނެ ކިތަންމެ ކުދިންނެއް އުޅޭނެ.” މަލަކް ބުނެލިއެވެ. “ހިޔެއް ނުވޭ ބޯރިން ޑޮކްޓަރ އެއްދެކެ ގަޔާވާނެ ކުއްޖަކު އުޅޭނެ ހެންނެއް” ރާހިލް ހިނިތުން ވެލާފައި ދެ ޖޫގޯ ތަށި ނެގުމަށްފަހު އެކަތި މަލަކްއަށް ދިނެވެ. “މީހެއްގެ ހިތުގައި އޮންނަ އެއްޗެއް ބަލައިލާފައެއް ނޭނގޭނެ.” މަލަކް މިހެން ބުނެލި އިރު ރާހިލްއަށް އެ ލޮލުގައި ވީ ވާހަކަ ނަގައި ގަންނަން އުނދަގޫވިއެވެ.

ދެ މީހުން އާޓިފިޝަލް ބީޗުގައި ހިނގާފާއި އުޅުނުއިރު އެކި ވާހަކަ ދެއްކުމާއި ސަކަރާތް ޖެހުމުގައި ގަޑި ވޭތުވެގެން ދިޔަގޮތްވެސް ނޭނގުނެވެ. އިރުއޮއްސުމުން ރާހިލް މިސްރާބުޖެހީ މަލަކް ގޮވައިގެން ގެއަށް ދިއުމަށްށެވެ. “ރާހިލް..” މަލަކް ސައިކަލާއި ދިމާއަށް ދިޔަ ރާހިލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ރާހިލް ނެތްނަމަ އަހަރެން ކިހިނެތް މި ކަންތަކުން ދުރުވާނީ. ތޭންކްސް…” މަލަކް ކޮރާލާފައި ރާހިލްގެ ކޮލުގައި ބޮސްދިނެވެ.

މަލަކްގެ މި ޢަމަލުން ރާހިލް ކުޑަކޮން ސިހުނެވެ. އެ ދެމެދުގައި އެފަދަ ގުޅުމެއް ނުބޭވުމަށް މަސައްކަތް ކުރަމުން ދިޔައިރު މަލަކް މިދަނީ އިތުރަށް އޭނައާއި ގާތްވަމުންނެވެ. ނަމަވެސް މަލަކް ހިތްހަމަޖެހި ހިނިތުންވެފައި ހުރި މޫނުފެނުމުން ރާހިލްވެސް އުފާކުރިއެވެ. ހެވިފައި ހުރި މަލަކް އުފާކުރީ އޭނާގެ ފުރަތަމަ ޚަތިޔާރު ކާމިޔާބު ވީތީއެވެ. ކުރިއަށް އޮތްތަނުގައި މި ގޮތަށް އެނާގެ ހުރިހާ ކަމެއް ރޭވުމާއި އެއްގޮތަށް ދާނަމަ ދެން މާ ގިނަ ދުވަހެއް ނުވެ މި ރާހިލްގެ މައްސަލަ ހައްލުވާނެއެވެ.

ދުވަސް ވޭތުވެގެން ދިޔައީ މާކިންއާއި އިނާރާގެ ދެމެދުގައި ވީ ދުރުކަން ބޮޑުކުރަމުންނެވެ. ރޭގައި މާކިން ދެއްކި ވާހަކައަށްފަހު އިނާރާވެސް ބޮޑަށް ބެލީ މާކިންއާއި ދުރުގައި އުޅެވޭތޯއެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނިއްޔާމު ނުދެކެވެއެވެ. ހިތުން ކިތަންމެ ވަރަކަށް ރުޔަކަސް އިނާރާ އެކަން މޫނުމަތިން ފާޅެއް ނުކުރިއެވެ. ގިނަ ވަގުތު ކޮޓަރި ތެރޭގައި ފިލްމު ބަލަން އިނުމާއި ފޫހިވުމުން އަމިއްލައަށް ގޮސް ޕޫލަށް އެރި އުޅުނީއެވެ. ދުވަހުގެ ގިނަ ވަގުތު މާކިން ހޭދަކުރީ ބޭރުގައި އިން ގޮޑީގައި ލެޕްޓޮޕުން އޮފީހުގެ ބައެއް މަސައްކަތްތަށް ކުރާށެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ނިކުން އިނާރާ ދިޔައީ މާކިންގެ ފަހަތުން އެމީހުންގެ ވިލާއަށް ދާށެވެ. ވަކި ހިސާބަކަށް ގޮސްފައި މާކިން ހުއްޓުނެވެ. “އިނާރާ ދޭ. އަހަރެން ދާނަން އިރުކޮޅަކުން..” މާކިން މިހެން ބުނުމުން އިނާރާ ދެކޮޅު ހެދުމެއްނެތި އެކަނި ހިނގައިގަތެވެ. އޭނާ އިތުރު ސުވާލެއް ނުކުރީ މާކިން އަނެއްކާވެސް ރުޅިއައިސް ދާނެތީއެވެ.

މާކިން މިސްރާބު ޖަހާފައި ހުރީ އެތަނުގައި ރާ ވިއްކާ ގެސްޓުން އާންމުކޮން ދާ ތަނަކަށެވެ. މަޑު ހިނގުމެއްގައި ގޮސް އެތަނަށް ވައިންއިރު ދެ ޖިންސުގެ މީހުން ނެށުމުގައި އުޅުނުއިރު މާކިން ގޮސް އެތަނުން ގޮނޑިއެއްގައި އިށީދެލިއެވެ. މާކިން އެތަނަށް އައީ އިނާރާއާއި ދުރުވެލުމަށްށެވެ. އޭނާ ކައިރީގައި މުޅި ދުވަސް ހޭދަކުރަން ޖެހުމުން މާކިން ހުރީ މޫޑު ސަކަރާތްވެފައެވެ.

މާކިން ފެންތައްޓަކަށް އޯޑަރ ކުރުމަށްފަހު ފޯނުނަގައިގެން ކުޅެންފެށިއެވެ. ކުއްލިއަކަށް މާކިން ސިހުނީ މީހަކު އައިސް އޭނާގެ ކައިރީގައި މަޑުކޮއްލުމުންނެވެ. މާކިން އިސްނަގައި ބަލަލިއިރު ކުރިމަތީގައި ހުރީ ނިވާކަން ކުޑަ ހެދުމެއް ލައިގެން ހުރި ފަތުރުވެރިއެކެވެ. މާކިންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީދެލަމުން ރާ ތައްޓަކަށް އެނާ އޯޑަރ ކުރިއެވެ. “ހާއި.” އެ ކުއްޖާ މާކިންއަށް ހިނިތުން ވެލަމުން ބުނެލިއެވެ. މާކިން ހިނިތުން ވެލުމަށްފަހު އަނެއްކާވެސް ފޯނަށް ގެއްލުނެވެ.

“އައި އެމް އެލީސް. އާރ ޔޫ އަ މޯލްޑިވިއަން.” އޭނާ ތަޢާރަފް ވެލުމަށްފަހު މާކިންއާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. “ޔަޕް.. ހާއި އައި އެމް މާކިން.” މާކިންވެސް ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ. ދެ މީހުން އެތަށް އިރަކު ވާހަކަ ދައްކަން ތިއްބެވެ. އެ އަންހެން ކުއްޖާ މާކިންއަށް ކުޑަކޮން އޭނާގެ ތަށިން ރާ ބޯންދިނެވެ.

 ނަމަވެސް މާކިންއަށް އެ ކަމަކު ނުދިޔައެވެ. އޭނާގެ އެދުމުގެ މަތިން މާކިން އޭނައާއި އެކީ ނަށައި އުޅުނުއިރު އިނާރާގެ ޚިޔާލުތަކުން އޭނާވަނީ ދުރުވެފައެވެ. ފަހުން މާކިންއަށް ނޭނގި އެ ކުއްޖާއާއި އެކީ ރާ ބޮވުމަށްފަހު އޭނާ ހޭ ހުސްވިއެވެ.”ލެޓްސް ގޯ ޓު ޔުއާ ރޫމް.” އެ އަންހެން ކުއްޖާ މާކިންގެ އަތް އޭނާގެ ކޮނޑަށް ލައިގެން އެތަނުން ނިކުތެވެ. “އޯކޭ..” މާކިން މިހެން ބުނުމަށްފަހު ދެމީހުން އޭނާގެ ވިލާއަށް ދާން މިސްރާބުޖެހިއެވެ

އެނދުގައި އޮށޯވެގެން އޮތް އިނާރާ ދިޔައީ މާކިން އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. އެހެން އޮއްވާ އޭނާ ސިހުނީ ފޯނު ރިންގުވި އަޑަށެވެ. ފޯނު ނަގައި ބަލާލިއިރު ގުޅަނީ ޝީލާއެވެ. އޭނާ ހިނިތުންވެލަމުން ފޯނުނެގިއެވެ. “ހަލޯ.. މަންމާ. ކިހިނެތް؟” އިނާރާ ވާހަކަދެއްކިއެވެ.

“މަންމަ ރަނގަޅޭ.. ތި ދެކުދިން ކިހިނެތް؟ މަޖާތަ؟” ޝީލާގެ މި ސުވާލުން އިނާރާ ހިތުގައި ޖެހުނެވެ. އޭނާއަށް މި ޖެހެނީ މަންމައަށް ހަޤީޤަތް ފޮރުވާށެވެ. “ލައްބަ.. ވަރަށް މަޖާ. މާކިން ވަރަށް ރަނގަޅު. އޭނަ އަޅުގަނޑު ކައިރިން ދުރަށްވެސް ނުދޭ. އަބަދު އުޅެނީ ކޮންމެސް ސަކަރާތެއް ޖެހޭތޯ.” އިނާރާ މަސައްކަތްކުރީ ޝީލާ ހިތްހަމަޖައްސާ ދެވޭތޯއެވެ. “އެހެންތަ.. ބައްޕަ ސަލާމް ބުނި ދެކުދިންނަށް..” ޝީލާ މިހެން ބުނިތަނާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އިނާރާ އެ ދިމާއަށް ބަލާލިއެވެ. “ވަރަށް ސަލާމް.. މާދަން ގުޅާނަން އިނގޭ.” އިނާރާ ވާހަކަ ކުރުކޮއްލުމަށްފަހު ފޯނުބޭއްވިއެވެ.

ކޮޓަރީގެ ދޮރާދިމާއަށް ބަލައިލިއިރު ކުރިމަތީގައި މާކިންއާއި އެކި ހުރި އަންހެންކުއްޖާ ފެނި އިނާރާ ސިހުނެވެ. އެނާ ތެދުވެގެން ގޮސް ދޮރު ކުރިމަތީގައި މަޑުކޮއްލިއިރު މާކިން ފައިވާން ބާލަނީއެވެ. އޭނާގެ އެއްއަތް އެ އަންހެންކުއްޖާގެ އުނގަނޑުގައި އަޅުވާލެވިފައި ވާއިރު އެ ކުއްޖާވެސް ހުރީ ހަމަ އެހެން މާކިންގެ ގައިގައި ހިފައިގެންނެވެ. “ދިސް އިޒް މައި ވައިފް..” މާކިން ވާހަކަދެއްކި ގޮތުން އޭނާ ހުރީ ހަމަހޭގައި ނޫންކަން އިނގެއެވެ. އޭރު އެ އަންހެންކުއްޖާ ވެސް ހުރީ އެފަދަ ހާލެއްގައެވެ. “ވައިފް މީޓް އެލީސް…” މާކިން މިހެން ބުނެފައި އެ އަންހެންކުއްޖާ އޭނާގެ ގަޔާއި އިތުރަށް ކައިރި ކޮއްލިއެވެ.

މާކިން މިގޮތަށް އޭނާގެ ކުރިމަތީގައި އެހެން އަންހެނެއްގެ ގައިގައި އޮޅުލާތަން ފެނުމުން އިނާރާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މާކިންއަށް އޭނާ ހިތުގައި ޖެއްސުނުވަރު އަދިވެސް ކުޑަވީ ހެއްޔެވެ. “މާކިން.. މީ ކޮންކަމެއް” އިނާރާ މާކިންގެ އަތުގައި ހިފައި އެ އަންހެން ކުއްޖާއާއި ދުރުކުރަމުން ބުނެލިއެވެ. ނަމަވެސް މާކިން އޭގެ ކުރިން އެލީސް ގޮވައިގެން އެތެރެއަށް ވަނެވެ.

“އޭނަ ފޮނުވާލަ މިތަނުން..” އިނާރާ ބެލީ އެކުއްޖާ މި ތަނުން ނެރެވޭތޯއެވެ. މާކިން ހޭވެރިކަން ނެތް އިރެއްގައި އޭނާ ގޯހެއް ހަދަން ދެންނެއް އިނާރާ ބަލާކަށް ނުހުންނާނެއެވެ. “ޝޫޝް.. ބަމްބީ ދުރައްދޭބަލަ.” މާކިން މިހެން ބުނެފައި އިނާރާ ކޮނޑުގައި ހިފާ ކޮއްޕާލުމުން އޭނާ ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް މާކިންއަށް ވާނުވާ ރޭކާއެއް ނުލިއެވެ.

“މާކިން..” އިނާރާ ތެދުވެގެން ގޮސް އެ އަންހެންކުއްޖާގެ އަތުގައި ހިފައި އެތަނުން ނެރެން އުޅުނެވެ. “ގެޓް އައުޓް! ނައު!!!” އިނާރާ ހަޅޭލަވައި ގަންނަމުން އެނާ އެތަނުން ބޭރުކުރިއެވެ. އެ އަންހެން ކުއްޖާވެސް އިތުރަށް އެއްޗެކޭ ނުބުނެ އަވަހަށް ނިކުމެގެން ދިޔައެވެ. އޭރު މާކިން ރުޅިއައިސްފައި ހުރެ އިނާރާގެ ކޮލުގައި ހޫނު އެތިފަހަރެއްޖެހިއެވެ. އިނާރާ ނުވިސްނަ ހުއްޓާ މާކިން ޖެހިލެއް ބާރުކަމުން ބޮލަށް ގޮތްވިއިރު ކުޑަކޮން އަރިއަޅާލިއެވެ.

“ކަލޭ ދާން އުޅެބަލަ! ބޮޑު އުނދަގުލެކޭ މިހާރު..” މާކިން ހަޅޭލަވައި ގަނެފައި ކުރިއަށް ހިނގައިގަން ތަނުން އަރިއަޅާލިއެވެ. ނަމަވެސް އިނާރާ އަވަހަށް ގޮސް މާކިންގެ ގައިގައި ހިފާއްޓާލުމުން ދެމީހުން އެނދުކައިރިއަށް ތިރިވިއެވެ. އޭރު އިނާރާގެ ކޮލުން ދިލަ ނަގަމުން ދިޔަ ނަމަވެސް އޭނާ އެކަމަކަށް ސަމާލުކަމެއްނުދިނެވެ. މާކިންގެ ގައިގައި ހިފާއްޓާލައިގެން އިން އިނާރާ ނުރޯން ހިތްވަރުކުރިއެވެ.

“އައި ހޭޓް ޔޫ… އަތް ނުލާ.” މާކިން ދުރައްދާން މަސައްކަތް ކުރި ނަމަވެސް އިނާރާ ބޮޑަށް މާކިން ގަޔާއި ކަރިކޮއްލިއެވެ. މަޑުމަޑުން މާކިންގެ ހަރަކާތްތަށް މަދުވަމުންގޮސް އޭނާގެ ގައިން ވަރުދޫވެގެން އިނާރާގެ އުނގުގައި އޮވެވުނެވެ. އުނގުގައި ބޯ އަޅައިގެން އޮތް މާކިންއަށް އިނާރާ ނަޒަރު ހުއްޓާލިއެވެ.

 އޭރު އެ ދެލޯ ކަރުނުން ފުސްވެގެން ދިޔައެވެ. މާކިންގެ ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ދުރުކޮއްލަމުން އިނާރާ އެ މޫނުގައި ފިރުމާލިއެވެ. “ހޭޓް ޔޫ..” ހޭވެރިކަން ނެތް މާކިން މިހެން ބުނުމުން އިނާރާގެ ލޮލުގައި ބޮނޑިވެގެން ކަރުނަތިކި މާކިންގެ ކޮލަށް ވެއްޓުނެވެ. “ލަވް ޔޫ…” އިނާރާ މިހެން ބުނެލިއިރު އެ ހިތް ފަޅައިގެން ދިޔައެވެ.

 ނުރޯން ކެތްކުރިނަމަވެސް އޭނާއަށް އިތުރަކަށް އެ ކަރުނަތަކެއް ނުހިފޭއްޓުނެވެ. އިނާރާ ބާރަށް މާކިންގެ ހަށިގަނޑުގައި ބައްދާލުމަށްފަހު އެނާގެ މޭމަތީގައި މާކިންގެ ބޯ ފޮރުވާލުމުން ރޯންފެށިއެވެ. އޭނާ ފުރާނައަށްވުރެން ބޮޑަށް ލޯބިވާ މާކިންގެ ކައިރީގައި އަބަދުވެސް ވާނެއެވެ. އިނާރާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު މި މަންޒަރު ފެންނަ މީހެއްގެ ހިތަށް އަސަރު ނުކޮށެއްނުދާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

އިންތިޒާރު 36

Next

ހިތަކުން ނުފިލާނެ 22

Next
July 6, 2015

ހިތަކުން ނުފިލާނެ 22

Previews
July 5, 2015

އިންތިޒާރު 36

39 Comments!

  1. Thoo says:
    July 6, 2015 at 3:34 pm

    Wow nice next part koh irak

  2. cherish says:
    July 6, 2015 at 3:40 pm

    V nice 🙂

  3. irish says:
    July 6, 2015 at 3:41 pm

    aww.. v salhi… alhe next part koniraku up vaanee

  4. Nas says:
    July 6, 2015 at 3:43 pm

    Thi vaahaka varah reethi

  5. nuzoo says:
    July 6, 2015 at 3:44 pm

    Varah reethi…

  6. aliii says:
    July 6, 2015 at 3:51 pm

    Yeyyyyyy ma first
    v salhiiiiii
    Nxt prt when?

  7. zaisha says:
    July 6, 2015 at 3:52 pm

    thank you. the story will be updated everyday evening insha allah. and one part per day 🙂 🙂 enjoy.

  8. aish says:
    July 6, 2015 at 3:53 pm

    Vvvv reethi mi bai ves. Dhen anehbbai kon irakun

    1. cute says:
      July 6, 2015 at 8:23 pm

      mihaaru bunefiehnnu komme dhuvahaku haveeru gaey
      bodu moyaa…..

  9. elyshaa says:
    July 6, 2015 at 4:19 pm

    vv salhi

  10. Sam says:
    July 6, 2015 at 4:23 pm

    Nice

  11. arsy says:
    July 6, 2015 at 4:23 pm

    v salhi….

  12. naj says:
    July 6, 2015 at 4:29 pm

    Salhi …I just
    Love it

  13. Imattey says:
    July 6, 2015 at 4:34 pm

    Zin ge vaahaka ah mihaaru inthizaaru kureveny..maadhan ves new chapter eh libeyne kamuge ummydhugai mi thibee..vaahaka v salhi

  14. finni says:
    July 6, 2015 at 4:37 pm

    vvvvvv nice maadhan thankoley dhigu kohdheychey….anney kaa ina preg v baa…vvvv intresting nw….

  15. Jam says:
    July 6, 2015 at 4:41 pm

    v v v nice.

  16. Nuzzath says:
    July 6, 2015 at 4:46 pm

    good… v v v salhi

  17. Fayaz says:
    July 6, 2015 at 4:57 pm

    Wow nice mashahves rovihje

  18. naaz says:
    July 6, 2015 at 5:03 pm

    Kudhi kudhi mitake ebahuri….bt story v. Reethi

  19. jenny says:
    July 6, 2015 at 5:13 pm

    Vv asaru gadha mi part..rovijje hama..

  20. Xinaan says:
    July 6, 2015 at 5:21 pm

    Vaahaka vrh salhi… Ekam maa kuru… Thankolheh dhigu koh geneadheeba…

  21. mixu says:
    July 6, 2015 at 5:38 pm

    V v nice. Bt kyhve abadhu inaara thi rohvany. Nxt prt mi ahvure dhigu koh plxxxx

  22. mixu says:
    July 6, 2015 at 5:40 pm

    Nice kyp it up. Bt kyhve abadhu inaara thi rohvany. Nxt prt mi ahvure dhigu koh plxxxx

  23. M says:
    July 6, 2015 at 5:51 pm

    18 vana paragraph ga Raahilge badhalugai othy Maakin.

    1. zaisha says:
      July 6, 2015 at 6:05 pm

      corrected 🙂

  24. zee says:
    July 6, 2015 at 6:08 pm

    Wow. Vvv salhi

  25. Nichu says:
    July 6, 2015 at 7:01 pm

    Vvvvv salhi thankoalhah dhigu koahlabala

  26. Crazi says:
    July 6, 2015 at 7:14 pm

    Rahil ge badal gah makin jehifah ehbaan…malak goss ulhunee rahil aa ehkoh not makin…but vrh shalhi ehgey…next part up date soon

  27. nazi says:
    July 6, 2015 at 11:40 pm

    mee vara reethi vaahakaey mivarey ney keep it up

  28. Fary says:
    July 6, 2015 at 11:55 pm

    Nice

  29. pinky says:
    July 7, 2015 at 12:29 am

    Inaya eha findi nuvebala. Girl kudhin v hivvarugadhavaav vaane..

  30. azu says:
    July 7, 2015 at 12:46 am

    Heart touching story… keep it up zai ^_^

    1. cute says:
      July 7, 2015 at 1:01 pm

      good point

  31. rishoo says:
    July 7, 2015 at 1:34 pm

    i cant wait for next part….

  32. Nuzzath says:
    July 7, 2015 at 3:41 pm

    plx plcx where is other part

  33. neel says:
    July 7, 2015 at 4:48 pm

    evening ge kon irakun?? .. 5 or 6 haairutha??? … waiting waiting.. 🙂

  34. shiaa says:
    July 7, 2015 at 5:04 pm

    avs plx ,

  35. anon says:
    July 7, 2015 at 11:36 pm

    varah reethi. waiting for the next part…. mirey up kuraanan?

  36. reader says:
    July 25, 2015 at 5:04 pm

    please stop writing stories and get to some other work. you dont know how to write stories. this story is the worst story i ever read in my life!!!!!!!!!!!!

Comments are closed.

Next Episodeހިތް ވިންދާނުލައި… (14)←


All Right Reserved!