Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 4

amyra Level 110 Stories
April 11, 2021 3 Mins Read
1 Comment

ހަސީނާ ބޯޖަހާލާފައިގޮސް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. ދޮރު ހުޅުވާ ބެލިއިރު މާޝާ ފެންނާކައް ނެތެވެ. ހަސީނާ ގޮސް ފާހަނގަ ދޮރު ހުޅުވާލިއެވެ. ހަސީނާ އައް ހީވީ ފައިދަށުން ބިންގަނޑުގަ ދެމިގެން ދިޔަހެހެހެންނެވެ.

*******************

ހަސީނާ ވެއްޓެން ދާތަން ފެނުމުން ޖައިލަމް ދުވެފައި ގޮސް ހަސީނާ ހިފެހެއްޓިއެވެ. ޖައިލަމް ހަސީނާ ގެންގޮސް އެނދުމަތީގައި ބައިންދާފައި ގޮސް ފާހަނައައް ބޯދިއްކޮއްލިއެވެ. ޖައިލަމްއައް ދެތިން މިނެޓު ބަލަން ހުރެފައި ގޮސް ވެއްޓިފައި އޮތް މާޝާ މޫނުމަތީގައި މަޑުމަޑުން ޖަހާ ގޮވާލިއެވެ. ނަމަވެސް މާޝާ އޮތީ ހަބަރު ހުސްވެފައެވެ.. މޫނު  ވަތައް ވެއްޓިފައި އޮތުމުން ނޭފަތުން ވަނީ ގިނަ އަދަދަކައް ލޭ އައިސްފައެވެ. ޖައިލަމްގެ ޖީބުގައި އޮތް ފޯނު ނަގައި އެންބިއުލާންސް އައް ގުޅާފައި އެގެއައް ވަރަށް އަވަހައް އައުމައް އެދުނެވެ. ފައިހާ ގާތުވެސް މާޝާއައް ވެގެން އުޅޭގޮތް ބުނެ މެސެޖެއް ކޮއްލިއެވެ. ޖައިލަމް އާއި ހަސީނާގެ މޫނުމަތީގައި ވަނީ ހާސް ކަމެވެ.

ފައިހާ ކޮލެޖް ތެރޭގައި އިންދާ ޖައިލަމްގެ މެސެޖެއް އައެވެ. މާބޮޑު ފަރުވާލެއް ނުބެހެއްޓީ ކިޔަވައިދެމުން ދާތީ އެވެ. ފައިހާގެ ކައިރީގައި އިން އަޒާން އައް ފައިހާ ފޯނައް އައި މެސެޖް ވަރަށް ސާފުކޮއް ފެނުނެވެ. ފައިހާގެ ފޯނު މޭޒުމަތީގައި އޮތުމުންނެވެ. “މައި ބޯއީފްރެންޑުގެ މެސެޖެއް އެއާއި! ހީވަނީ ވަރަށް މުހިއްމު ކަމަކުހެން” ލާނެއް ގޮތަކައް އަޒާން ފައިހާ ކަންފަތް ދަށު ބުނެލިއެވެ. ފައިހާ ފޯނުނަގައި މެސެޖް ކިޔާލިއެވެ. މޫނުމަތީގައި ފައުޅު ވެފައިހުރި ހިނިތުންވުން ފަނޑުވެގެން ދިޔަތަން އަޒާން އައް ވަރަށް ސާފުކޮއްފެނުނެވެ.”މާޝާ” ފައިހާ ވައި އަޑުން ބުނެލީ ހާސްވެ ކަންބޮޑުވެފައި ހުރެއެވެ. “ލާސްޓު ޕީރިއެޑް. އަހަރެން ފައިހާ ހޮސްޕިޓަލައް ޑްރޮޕް ކޮއްލަދެންތައް” އަޒާން ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. ހިޔާލެއް ފިކުރެއްނެތި ބޯޖަހާލީ މާޝާގެ ހާލު ބަލާލަން ބޭނުން ވެފައި ހުރިލެއް ބޮޑުކަމުންނެވެ.

މެންދުރު އެކެއް ޖެހި އިރު މާޝާ ވޯޑައް ނެރުނީ  ހޭ އެރުމުންނެވެ. އޭރު ވަނީ މާޝާގެ ނޭފަތް މަތީގައި ބޭސް މަލަން ކޮޅެއް އަޅާފައެވެ. ހަސީނާ މާޝާ ކައިރީ އައިސް އިށީނދެ ވާހަކަ ދައްކަންފެށިއެވެ. “ދަރިފުޅާ! މަންމަ އަކައް ނޭނގޭ ދަރިފުޅު ފާހާނައް ވެއްޓެންވީ ސަބަބެއް. މަންމަ ފާހަނަ ތެރެ ބެލިން ކަހާލާފަ ވެއްޓޭކަހަ އެއްޗެއް ފާހަނަ ތެރޭގައި ހުރިތޯ. އެކަމް އެކަހަލަ އެއްވެސް އެއްޗެއް ނެތް. ތި ކީއްވެ ދަރިފުޅުކުރިކަމެއް” މާޝާ އަނގައިން ނުބުނެ އިނުމުން އަނެއްކާވެސް ހަސީނާ މާޝާ އައް ގޮވާލިއެވެ. މާޝާ ސިހުނެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ. ހަސީނާ އިތުރު ވާހަކައެއް ނުދައްކާ އަރާމު ކޮއްލަން ބުނެ ގެއައްދާން ނިކުތެވެ. އެވަގުތުވީ ފައިހާ ތެޅެމުން ތެޅެމުން އައިސް ވަތް ވަގުތެވެ. ހަސީނާއައް ފައިހާގެ ފަހަތުން މަޑު ހިނގުމެއްގައި އައި އަޒާން ފެނުނެވެ. ހަސީނާއައް އަޒާން ވަކިކުރަން އެނގުނެވެ. އަޒާން އަކީ ހަސީނާގެ އެންމެ ކުޑައިރު އެކުގައި އުޅުނު ޝަކީލާގެ ދަރިއެވެ. ހަސީނާ ގޮސް އަޒާންގެ ބޮލުގައި ފިރުމާލިއެވެ. އަދި މާޝާ އައް ބަލާލަ ދިނުމަށް އެދި ނުކުމެގެން ދިޔައެވެ.

ފައިހާ އައް ހުއްޓުން އެރީ މާޝާ އަތުގައި ހިފަ ހައްޓައިގެން އިން ޖައިލަމް ފެނުމުންނެވެ. މާޝާގެ މޫނައް އަނެއް ފަހަރު ޖައިލަމްގެ މޫނައް ބަލާލިއެވެ. މާޝާ އައް އޮތީ ނިދިފައެވެ. ޖައިލަމް އިނީ ދެރަވެފައިކަން އެމޫނައް ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ޖައިލަމް އައް އެތާ ފައިހާ ހުރި ކަމެއް ނޭނގެއެވެ. މާޝާގެ އަތުގައި ޖައިލަމް ބޮސްދިނެވެ. އަދި އިށީނދެ އިން ގޮނޑިން ތެދުވެ މާޝާ އާއި ދިމާއަށް ގުދުވެ ނިތްކުރީގައި ބޮސްދިނެވެ. ފައިހާގެ ލޮލައް ކަރުނަތައް ޖަމާވިއެވެ. ފަހަތުން އައިސް ވަތް އަޒާން އައްވެސް މިމަންޒަރު ފެނުނެވެ. އަޒާންގެ ލޮލުގައިވެސް ކަރުނަތައްޖަމާވިއެވެ.

ޖައިލަމް އައްސިހި ބަލާލެވުނީ ފައިހާގެ ފޯނު ރިންގުވީއަޑައްށެވެ. އޭރު ފައިހާ ލޯ ފުހެލާފައި ފައިހާގެ ފޯނުނަގައި ވާހަކަ ދައްކަމުން ބޭރައް ނިކުތެވެ. ޖައިލަމް އައް ފައިހާ ރުއިކަން އެނގުނީ އަތުގެ ނުފުށުން ދެލޯ ފުހެލިތަން ފެނުމުންނެވެ. “ކަލޭގެ ލޯބިވެރިއަކީ އެތަނުންކާކު؟ ފައިހާތަ ނޫނީ މާޝާ ތަ؟ ކަލޭތީ ފަހެ ދެކޮޅުން ކާ ވެނެއްތަ؟” ރުޅިވެރިކަމާއި އެކީ އަޒާން ބުންޔެވެ. ޖައިލަމް ޖަވާބުދޭން ފަސްޖެހުނެވެ. އަވަސް ހަރަކާތް ތަކަކާއިއެކު އެތަނުން ނުކުމެގެން ދިޔައެވެ.

އަޒާން ގޮސް މާޝާ ކައިރީގައި އިށީނެވެ. އަދި މާޝާގެ އަތުގައި ހިފާ ފިތާލިއެވެ. އަމިއްލަ ނަފްސާއި ވާހަކަ ދައްކަން ފެށިއެވެ. ” މާޝާ! މާޝާއައް އިނގޭނެ އަހަރެން މާޝާ ދެކެ ވަރަށް ލޯބިވާކަން ދެންކީއްވެ އަހަރެންގެ ލޯބި ގަބޫލު ނުކުރީ. އެދުވަހު އަހަރެން އެއަންހެން ކުއްޖާ އަތު ހިފައިގެން މާ ގައިގޯޅިވެގެން އެފަޅުގެތެރޭގައި ހުރިތަން ފެނުނީމަދޯއެވެ.” އަމިއްލަ ނަފްސައް ދޯދިން ވަގުތަކީ މާޝާ އައް ހޭލެވުނީ ވަގުތެވެ. މާޝާ އައް އަޒާން އެޔާއި އިނދެގެން ދެއްކި ވާހަކަ އަޑު އިވުނު ކަހަލަ އެވެ. ” އެދުވަހު އަހަރެންނައް ގަޑި ކިޔާފަ އެހެން އަންހެނެއް ހޮވައިގެން ހުރީމަ އަހަން ކަޑަވީ. އެދުވަހު އަހަރެން ދިޔައީ އަހަރެން އަޒޫދެކެ ލައިކްވާ ވާހަކަ ބުނަން. އެކަމަކު އަޒޫ….” މާޝާ އަޒާން އާދިމާއައް އިނގިލި ދިއްކޮށްގެން އިނދެ ބުނެވުނީ އެވަރަށް ށެވެ.

އަޒާން އަކީ ރަށައް ގިނަވެ އުޅުނު ކުއްޖެކެވެ. އެކަމާ މާޝާ އަޒާން ދެކެ މިއަދާ ހަމައަށް އައީ ނަފްރަތު ކުރަމުންނެވެ. އަޒާން އިސް ޖަހާލައިގެން އިނދެ ވާހަކަ ދައްކަން ފެށިއެވެ. ” ކޮންމެ މީހެއްގެވެސް މާޒިއެއްވެއެވެ. މާޝާ ތިކިޔައިދިނީ އަހަރެންގެ މާޒީ. އަހަރެންނައް ޔަގީން މާޝްގެވެސް މާޒިއެއްވާނެކަން އެކަމަކު މާޒީއާ ބެހޭގޮތުން ސުވާލު ކުރާކަށްވެސް ނެތިން. މިއީ ކުރިން  މާޝް އައް އެނގެމުންއައި އަޒާން އެއްނޫން. އަހަރެން އެދުވަހައްފަހު ވަރަށް ދެރަވެ ރުއިން. މާޝް އަހަންނާއި ދުރަށް ދިޔައީމަ. އޭނގެ ފަހުން އަހަރެން ފަސްވަގުތު ނަމާދުކުރަން ފެށިން. އެއްވެސް އަންހެން ކުއްޖަކަށް މިހިތުން އަދިވެސް ޖާގައެއްދެވިފައެއްނެތް. އަހަރެން އަދިވެސް މާޝް ދެކެ ވަރަށް ލޯބިވޭ. އަދި އެދުވަހައް ފަހު އަހަރެން ދުންފަތާއި ވެސް ދުރުވިން އެއީވެސް ހަމަ މާޝް އައއްޓަކާ.” މާޝާ އަޒާންގެ ވާހަކަތައް އަޑުއަހަން އިނީ އަޑު އަހާ ހިތަކުން ނޫނެވެ. އެކަމަކު އަޒާން އަދިވެސް ލޯބިވާ ވާހަކަ ބުނުމުން ކޮންމެސް ވަރަކައް އަޑު އަހަން ބޭނުން ވިއެވެ. މާޝާގެ އަތް ނަގާ އަޒާންގެ އަތާއި ޖޯޑު ކޮއްލިއެވެ. މާޝާ އަޒާންގެ މޫނައް ނަޒަރު ހިންގާލިއެވެ. އެލޮލުގައި ވަނީއާދޭހެވެ. މާޝާއައް އަތް ފޮޅުވާލަން ނުކެރުނި މީގެ ކުރިން އަޒާން އެގޮތަށް ދެރަވެފައި އިންދަ ފެނިފައި ނުވާތީއެވެ.

ހަސީނާ މާޝާގެ އެނދުކައިރިއައް އައިސް ކަރުކެހެލިއެވެ. އަޒާން އަވަސް އަވަހައް މާޝާގެ އަތުން ދޫކޮއްލިއެވެ. “ފަސް އަހަރަށް ފަހު ދޯ އަނެއްކާ މާޝާ ތިފެނުނީ.” ހަސީނާ ވާހަކަ ދެއްކިއެވެ. އަޒާން އަވަސް އަވަހައް ބޯ ޖަހާލިއެވެ.

ފައިހާ އާއި ޖައިލަމް ވެސް އައިސް ވަނީ އެވަގުތުއެވެ. ފައިހާއައް އަޒާން އާއި މާޝާއައް ބަލާލެވުނީ ޝައްކެއް އުޅޭހެން ހީވާތީއެވެ. ފަސް މީހުންގެ މެދުގައި ވަރަށް ގިނަ ވާހަކަތައް ދެކެވުނެވެ.

ރޭގަނޑު އަށެއް ޖެހި އިރު މާޝާ ގެއައް ދޫކޮށްލެވުނެވެ. ޑޮކްޓަރު މާޝާ ކައިރީ ސްޓްރެސް ނުވުމައް ބުންޔެވެ. އަދި ގަޑިން ގަޑިއަށް ކައި ރަނގަޅައް ނިދުމައް ބުންޔެވެ. މާޝާ ހިނިތުން ވެލިއެވެ. އަދި ގެއައްދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފަހަތުން މީހެއްގެ ހިލަމެއް ވާހެން ހީވުމުން މާޝާ ފަހަތައް އެނބުރި ބަލާލިއެވެ. މާޝާގެ ފަސްފަހަތުން އަޒާން އޭރުާދެއެވެ. މާޝާ އަޒާން މާޝާއާއި އަރާ ހަމަވަންދެން ހުއްޓި ހުއްޓެވެ. އަދި ދެމީހުން އެކީ މާޝާގެ ގެއައް ދިޔައެވެ.

މާޝާ ގެއައް ލައިފައި އަޒާން ދިޔައީ އަޒާން އުޅޭ ގެއާއި ދިމާއަށެވެ. ވަކި ހިސާބަކަށް ގޮސް އަޒާން ފަސް އެނބުރި ބަލާލިއެވެ. އަޒާން އައް ގޮއްމުއް ކަވާލެވުނީ އެވަގުތުއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

amyra

Level 110 Stories

Other Articles

loabi viyas
Previous

ލޯބި ވިޔަސް… 1 ވަނަ ބައި

Next

ތިޔަ ލޯބީގައި

Next
April 11, 2021

ތިޔަ ލޯބީގައި

Previews
April 11, 2021

ލޯބި ވިޔަސް… 1 ވަނަ ބައި

loabi viyas

One Comment

  1. Smoke gurl says:
    April 12, 2021 at 9:57 am

    Varah reethi❤️❤️

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 5←


All Right Reserved!