***
އަރާމު ނިންޖަކަށްފަހު ޝިއާނާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން 7 ގަޑި 15 ހިނގަނީއެވެ. މޯޅިއަކަށް ދެމިލުމަށްފަހު އާފުރިލަމުން އޭނާ ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ކައިރީގައި ނިދާފައި އޮތް އިކާންގެ މޫނަށް ބަލާލިއެވެ. އޭނާ އިކާންގެ ކަރުގައި އަތް ޖައްސާލީ އަދިވެސް ހުމުގެ އަސަރު ހުރިތޯ ބަލާލުމަށްޓަކައެވެ. ނަމަވެސް އޭނާ ގެ އަތް އިކާންގެ ކަރުގައި ޖައްސާލުމަށްފަހު ކުއްލިއަކަށް ދަމައިގަނެވުނީ އިކާންގެ ހަށިގަނޑު، ގަނޑުވެފެން ފަދައިން ފިނިވެފައި ވަތީއެވެ.
ޝިއާނާ މަޑުމަޑުން އިކާންގެ ގައިމަތީ އަޅާފައި އޮތް ފޮތިގަނޑު ކަހާލިއެވެ. އެއާއެކު އޭނާގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައީ، އިކާންގެ ހަށިގަނޑަށް ވެރިވެފައިވަނީ ފަނޑު ހުދުކުލައިގެ ސަބަބުންނެވެ. ޝިއާނާ އިކާން ގެ ހަށިގަނޑަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާގެ ވަށައިގެން ވީ މަންޒަރުތައް އެނބުރެމުންދާކަހަލައެވެ. ނިދާފައި އޮންނަ ކުޑަ ކުއްޖެއްގެ ހަށިގަނޑުން ފެންނަންވީ ބަދަލުތަކެއް އިކާންގެ ހަށިގަނޑަކުން ޝިއާނާއަކަށް ފާހަގައެއް ނުކުރެވުނެވެ. އެ ހަށިގަނޑަށް ވެރިވެފައިވާ ހަމަހިމޭންކަން ވީ، ޝިއާނާގެ ހިތުގައި ފެތުރިގަތް ބިރުވެރިކަމުގެ އިންޒާރަކަށެވެ. އިންތިހާއަށް ބާރުވެފައިވާ ހިތުގެ ތެޅުމުގެ އަޑު މުޅި ކޮޓަރިތެރެއަށްވެސް ގުގުމާލާފައިވާކަހަލައެވެ.
“އިކާން ދަރިފުޅާ!!” ތުރުތުރު އަޅަމުންދިޔަ އަތުން އިކާންގެ މޫނުގައި ފިރުމާލަމުން ޝިއާނާ ބުނެލިއެވެ. ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިވަނީ ދެންމެ ދެންމެ ވެސް އޮހޮރިގެންފާނެ ހެންނެވެ.
“ދަރިފުޅާ އިކާން! ހޭލަބަލަ ދަރިފުޅާ!!” ޝިއާނާ މަޑުމަޑުން އިކާންގެ ހަށިގަނޑު ތަޅުވާލިއެވެ. ނަމަވެސް އެ ހަށިގަނޑަކަށް ކުޑަވެސް ބަދަލެއް ނައެވެ. ޝިއާނާގެ ހިތުގައި ހިނގައިގަތް ބިރުވެރިކަން އިހުނަށްވުރެ ބޮޑުވެގެން ދިއުމާއެކު އޭނާގެ ހަރަކާތްތައް އަވަސް ވާން ފެށިއެވެ. އިކާން ނަގައި އޭނާގެ އުނގުގައި ބާއްވައިގެން ދެއަތުން އިކާންގެ ކޮލުގައި ތަޅަންފެށިއެވެ.
“ދަރިފުޅާ ލޯހުޅުވަބަލަ!!” ޝިއާނާގެ އަޑު ބާރުވާންފެށިއެވެ. “ދަރިފުޅާ އިކާން!!!!!”
އެންމެ ފަހުން އިކާން ލޯ ހުޅުވާ ނުލުމުން ޝިއާނާ އަޑުން އަޑު ނަގާ ރޯންފެށީ، ބަލާ މީހެއްގެ ހިތްވެސް ރޮއްވާލާހާ ހިތްދަތިކޮށެވެ. އޭނާ އިކާންގެ މަރުވެފައިވާ ހަށިގަނޑުގައި އޮޅިލައިގަތީ، ދުވަހަކުވެސް ލޯބިވާ ދަރިފުޅާ ވަކި ނުވާނަމޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް ތަގުދީރުގެ ނިންމުން އެއަށްވުރެ ހިތްޗެވެ. މި ދުނިޔެމަތީގައި ޝިއާނާއަށް އެއްވެސް އުފާވެރިކަމެއް ހައްޤު ނޫނީ ބާއެވެ؟ ލޯބިވާ މައިން ބަފައިން ދޫކޮށްލުމަށްފަހު މީހަކާއި އިނދެގެން މިރަށަށް އޭނާ އައީ ނުހަނު ފޮނި އުއްމީދުތަކަކާއެކުގައެވެ. ކުރިމަގާމެދު އޭނާ ދުށް ހުވަފެންތައް، ފޮނިވެފައި ކުލަގަދައެވެ. ނަމަވެސް މިއަދު އެ ހުރިހާ ކަމެއް ފުނޑު ފުނޑު ވެގެން ދިޔައީއެވެ. ނާސި އަންހެނެއްގެ ލޭބަލް އެޅުވުމުގެ އިތުރުން، ފިރިމީހާ އޭނާ ވަރިކޮށް މަގުމައްޗަށްވެސް ގިނަ ކުރުވީއެވެ. އެވަރުން ނުވެގެން ލޯބިވާ ދަރިފުޅުވެސް އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީއެވެ. ހިތުގައި ނުޖެހޭނީ ކާކުގެ ހެއްޔެވެ؟ އެ ކުޑަ ކުޑަ ފުރާނައަށްޓަަކައި ޝިއާނާ ހާދަހާ ގިނަ ހުވަފެން ތަކެއް ދުށްޓެވެ. ކުރެވުނު އުއްމީދުތައް ކޮޅުން ނުލައެވެ. ނަމަވެސް…………………
“ޔައީޝް!!!!” ޝިއާނާއަށް ކަރުބުޑުން ހަޅޭ ލަވައިގަނެވުނެވެ. އެއިރު އިކާން ވަނީ އޭނާގެ މޭޔާ ލާ ބޮނޑި ކޮށްލެވިފައެވެ.
***
މަގުމަތީ ކުނިކަހަން އޮތް ސީމާ ގެ ކަންފަތުގައި ޝިއާނާގެ ރުއިމުގެ އަޑު ޖެހުމާއެކު އިލޮށި ފަތި ހޫރާލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަނެވެ. އެއިރު މުޅި ގޭތެރޭގައި ހިފާލާފައި ވަނީ ޝިއާނާގެ ވޭނީ ރުއިމުގެ އަޑެވެ. ސީމާ އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ މުޅި ގައިން ހީބި ނަގައިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރުގެ ހިތްދަތިކަމުންނެވެ. ޝިއާނާ އިކާންގެ ހަށިގަނޑުގައި ބައްދަ ބައްދާފައި ރޮމުން ދިޔަ މަންޒަރު ފެނުމާއެކު ސީމާގެ ލޮލުންވެސް ކަރުނަ އޮހޮރިގަތެވެ.
“އިކާން މަރެއް ނުވާނެ! ދަރިފުޅު އަދި ހޭލާނެ ދޯ ދަރިފުޅާ!” ޝިއާނާ ހީވަނީ މޮޔަވެފައި ވާ ހެންނެވެ. ސީމާ ދުވެފައި އައިސް ޝިއާނާގެ އަތުން އިކާން އަތުލުމަށްފަހު ރަނގަޅަށް ނޭވައި ލާތޯ ޗެކް ކޮށްލިއެވެ. އެއާއެކު އޭނާގެ ހަރަކާތްތައްވެސް ގަނޑުވެގެން ދިޔައީ އިކާން އޮތީ މަރުވެފައިކަން ޔަޤީން ވުމުންނެވެ.
“އިކާން އަދި މަރެއް ނުވެޔޭ! މަގޭ ދަރިފުޅު އެ އޮތި ނިދާފަ އޭ!!” ޝިއާނާ ސީމާގެ އަތުގައި އޮތް އިކާން އަތުލުމަށްފަހު އުނގުމަތީ ބާއްވާލިއެވެ. ލިބުނު ބޮޑު ހިތާމާއިގެ ސަބަބުން ޝިއާނާގެ ސިކުނޑިއަށް އަސަރު ކުރީއެވެ. އޭނާގެ ހަރަކަތްތަކަށް ބަލަހައްޓައިގެން ސީމާ އަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެފައެވެ.
***
ކުރަމުން ދިޔަ މަސައްކަތް ހުއްޓާލުމަށްފަހު ޔައީޝް އަނެއްކާވެސް ގޮނޑީގައި ލެނގިލިއެވެ. ސިކުނޑި ތެރޭ އެނބުރެމުންދިޔަ ހިޔާލުތަކުގެ ސަބަބުން މަސައްކަތެއެްވެސް ރަނގަޅަކަށް ކުރެވޭ ވަރެއް ނޫނެވެ. އޭނާއަށް އަބަދުވެސް ވިސްނެނީ ޝިއާނާ އާ މެދުގައެވެ. ކުށެއް ނެތް މައުސޫމް އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުވާން މެދުވެރިވި ސަބަބުތަކާ މެދުގައެވެ.
“ކޮބާ ބްރޭކް ގަޑި ޖެހުނިއްޔޭ!” ވިސްނުމަކަށް ގެއްލިފައި އިން ޔައީޝް އަށް ސިހިފައި ބަލާލެވުނީ ފަޒީލްގެ އަޑަށެވެ. “ހިނގާ ކޮފީ އަކަށް!”
“ނޫނޭ! އަހަރެން މިއަދު ޖައްސާލާނީ ގެއަށް!!” ޔައިޝް ބުންޏެވެ. އޭނާ އޮފީހުން ނުކުތުމަށްފަހު ސައިކަލަށް އަރައިގެން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ރޭގައި ޝިއާނާ އާ ދިމާވި ހިސާބުން އޭނާއަށް ސައިކަލު މަޑުކޮށްލެވުނެވެ. މަގުގެ އެއްފަޅީގައި ސައިކަލު ޕާކް ކޮށްލުމަށްފަހު ޔައީޝް ހުއްޓިލީ ޝިއާނާ ރޭ އިށީނދެގެން އިން ފާރު ކައިރިއަށެވެ. ކުޑަކޮށް ވިސްނާލުމަށްފަހު ޔައީޝް އެ ގޭ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ފިރިހެނަކާއި އަންހެނެއްގެ ހުނުމުގެ އަޑެވެ.
“އައްސަލާމް އަލައިކުމް!!” ޔައީޝް ބުނެލިއެވެ. ގޭތެރެއިން އިވެމުންދިޔަ ހުނުމުގެ އަޑު ކެނޑުނެވެ.
“ވާލެއަކުމް ސަލާމް! އެތެރެއަށް ވަދޭ!!” ފިރިހެނަކު ބުނިއަޑު އިވުނެވެ. ޔައީޝް މަޑުމަޑުން އެތެރެއަށް ވަނެވެ. އެއިރު ޝާލިނީ އާއި މާހިލް ތިބީ ސިޓިން ރޫމު ސޯފަގައެވެ. މާހިލް ޝާލިނީގެ އުނގުގައި ބޯ އަޅާލައިގެން އޮތްއިރު ޝާލިނީ ދިޔައީ މާހިލްގެ ބޮލުގެ އިސްތަށިގަނޑާ ކުޅެމުންނެވެ. ދޮރުމަތީ ހުރި ޔައީޝް ފެނުމާއެކު މާހިލް ސޯފާއިން ތެދުވެގެން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިލިއެވެ.
“ކީއްކުރާ މީހެއް؟”
“މި ޝިއާނާގެ ގެ ތޯ؟” ޖެހިލުންވެ ހުރެ ޔައީޝް އަހާލިއެވެ. އެއާއެކު މާހިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
“ތިޔަ ބުނާ ޝިއާނާ އެއްގެ ގެއެއް މިރަށަކު ނުހުންނަނެ! އަހަރެން އޭނާ ވަރިކޮށްފިން!!”
“އަޅުގަނޑު މިއައީ ޝިއާނާ ގެ އަންނައުނު ތައް ބަލާ!!” ޔައީޝް ބުންޏެވެ.
“ތީ ދޯ ޝިއާނާ މިގެއަށް ވައްދައިގެން އުޅުނު ފިރިހެނާއަކީ؟ ހުންނަ ގޮތް ކުޑަކަން!! އަހަރެން ނޫޅެމޭ ކޮންމެހެން ޝިއާނާ ގެ އަންނައުނު ތައް ބައްކޮށްގެން އޮންނާކަށް!” މާހިލް ރުޅިވެރިކަމާއެކު މިހެން ބުނުމަށްފަހު ކޮޓަރިއަށް ވަދެ އަންނައުނު އަޅާ ފޮށްޓެއް ހިފައިގެން ނުކުތެވެ.
“އަން މި ހިފައިގެން މިތަނުން ދެވޭތޯ ބަލާ!” ޔައީޝް އާ ދިމާއަށް ފޮށި ހޫރާލަމުން މާހިލް ބުންޏެވެ. ފޮށި އައިސް ޖެހުނީ ޔައީޝް ގެ ފައިބުޑަށެވެ. އެއާއެކު އެތެރޭގައި ހުރި ހުރިހާ އަންނައުނުތައް ފޮށިން ބޭރަށް އެޅިގެން ދިޔައެވެ.
“މާހިލް ވިސްނާލަ ބަލަ! ޝިއާނާ މަގުމަތިކޮށްލިއިރު އޭނާގެ އަތުގައި އެ އޮތީ މާހިލްގެ ދަރިއެއްކަން ނޭނގެނީތަ؟ އެ ކުއްޖާ ފަކީރުގެ މުސްތަގުބަލާމެދު ވިސްނާލިންތަ؟” ޔައީޝް ވިސްނައިދޭ ރާގެއްގައި މަޑުމަޑުން ވާހަކަދެއްކިއެވެ.
“ހުހް! ފާޑު ފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް!! ކިހިނެއް އިނގެނީ އެއީ ކަލޭގެ ދަރިއެއް ނޫންކަމެއްވެސް!!” މާހިލްގެ ތޫނު ލަފްޒުތަކުގެ ސަބަބުން ޔައީޝްގެ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ.
“ހަބަރުދާރު!!” މާހިލްގެ ކޯތާފަތްމަތީ ވަރު ހުރި އެތިފަހަރެއް ޔައީޝް ޖެހިއެވެ. “ކަލޭ ކިތަންމެ އެއްޗެކޭ ކިޔަސް ޝިއާނާ އަކީ ތި ބުނާ ކަހަލަ ކުއެްޖެއް ނޫން! އެއީ އެއަށްވުރެ މާތް ރަނގަޅު ކުއްޖެއް!! އެކަހަލަ ރަނގަޅު އަންބަކު ލިބުނީމަވެސް ޝުކުރެއް ނުކުރި ވިއްޔަ!! ތިހެން އުޅެނިކޮށް ކަލޭއަށް އަދި ރަނގަޅު ބޮނޑިއެއް ލިބޭނެ!!” ސޯފާގައި އޮތް ޝާލިނީއާ ދިމާއަށް ކަޅިއެއް އެއްލަމުން ޔައީޝް ބުންޏެވެ. އެއިރު މާހިލް ކޯތާފަތް މަތީ ފިރުމާލަ ފިރުމާލަ ހުއްޓެވެ. ޔައީޝްގެ ގަޔަށް އަތް ލާކަށް އޭނާއަށް ލާހިކެއް ނޫނެވެ. ޔައީޝްގެ އިސްކޮޅުންވެސް މާހިލްއަށް ވުރެ އެތައްތަނެއް ދިގެވެ. ހަށިގަނޑަށް ބެލިޔަސް މާހިލްއަކީ ޔައީޝްގެ ކުރިމަތީ އެއްވެސް އެއްޗެއް ނޫނެެވެ. އެއަށްވުރެއް ބޮޑަށް މާހިލް ބިރުގަތީ ޔައީޝްގެ ރުޅިވެރިކަން އެކުލެވިފައިވާ ތޫނު ދެލޮލެވެ. ހަމަ އެކަނި އެ ބަލާލުމުންވެސް މާހިލްގެ ގައިން ހީބިހި ހިލުވާލިއެވެ.
ބޭރަށް ވެރިފައިހުރި އަންނައުނުތައް ފޮޓަށް އެޅުމަށްފަހު ޔައީޝް ފޮށިހިފައިގެން އެގެއިން ނުކުމެގެން ދިޔައެވެ. މި މަންޒަރު ބަލަން ހުރި މާހިލްގެ ދެ ބުމަ ހުރީ ގޮށްޖެހިފައެވެ.
“ލޯބީ އަޅާ ނުލާ!!” ޝާލިނި ސޯފާއިން ތެދުވެގެން އައިސް މާހިލްގެ ގައިގާ ބައްދާލިއެވެ. “މިހާރު އޭނާވެސް އެ ދިޔައީނު! ދެން އެކަމާ ނުވިސްނާ! އަންނަ ހަފްތާ އަހަރެމެން މިއުޅެނީ ކައިވެނި ކުރާކަށްނު! އޭރަށް ހުރިހާ ކަމެއް ހަމަޖެހޭނެ!!”
***
ގެ ހުރި މަގަށް އެޅުމާއެކު ޔައީޝް ގެ ހިތުގައި ސުވާލު އުފެދުނީ ގޭ ދޮށަށް އެއްވެފައި ތިބި މީހުންތައް ފެނިފައެވެ. ކޮންމެވެސް ބޮޑު ކަމެއް ހިނގައިފިކަމަށް އޭނާގެ ހިތް އެވަގުތުވެސް އިންޒާރު ދިނެވެ. އޭނާ ސައިކަލުގެ ސްޕީޑް އިހުނަށްވުރެ ބާރުކޮށްލީ، ވެގެން އުޅޭގޮތް ބަލާލުމަށް ކެތް މަދުވެފައި ވާތީއެވެ.
ތަންކޮޅެއް ދުރުގައި ސައިކަލު ޕާކް ކޮށްލުމަށްފަ ޔައީޝް ސައިކަލުން ފައިބައިގެން ގެއާ ދިމައަށް ހިނގައިގަތެވެ. އެވަގުތު ގޭ ދޮށަށް އެއްވެފައި ތިބި މީހުންގެ ނަޒަރު ޔައީޝްއަށް ހުއްޓިގެން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހިތާމައިގެ އަސަރުތަކެވެ. ޝިއާނާގެ ވޭނީ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނީ އެވަގުތެވެ.
ޔައީޝްގެ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. އެއާއެކު ފެނުނު މަންޒަރުގެ ސަބަބުން ޔައީޝްގެ އަތުގައި އޮތް ފޮށި އަތުން ދޫވެގެން ވެއްޓުނެވެ. ގޭތެރޭ ބަހައްޓާފައި ހުރި އެނދުމަތީ ހުދު ފޮތިގަނޑަކުން ނިވާކޮށްފައި އޮތީ މަރުވެފައި އޮތް އިކާން ގެ ހަށިގަނޑެވެ. އެ ހަށިގަނޑުގައި އޮޅުލަ އޮޅުލާފައި ރޯން އޮތް ޝިއާނާ ފެނިފައި ޔައީޝްގެ ދެލޮލުން ކަރުނަ ހިލުނެވެ.
“އިކާން މަރެއް ނުވެޔޭ!! ކާކުތަ ބުނީ އިކާން މަރުވެފައޭ؟” ޝިއާނާ ހަޅޭލަވަމުންދިޔައެވެ. “އިކާން އެ އޮތީ ނިދާފައޭ! ކަލޭމެން އެ ސޮރަށް ތިހެން ނުހަދާ!!”
ޔައީޝްއަށް އަނެއް ފަރާތަށް އެނބުރިލެވުނީ އެ ހިތްދަތި މަންޒަރު ބަލަން ކެތްނުކުރެވިގެންނެވެ. ދެލޯ މަރާ ފިއްތާލެވުމާއެކު ލޮލަށް ޖަމާވެފައިހުރި ކަރުނަތައް އޮހޮރިގަތެވެ. އެއްކަމަކުން ސަލާމަތް ވާއިރަށް އަނެއްކަމެކެވެ. ޝިއާނާ ފަކީރަށް އުފާވެރިކަމެއް ހައްގު ނޫނީ ހެއްޔެވެ؟ މިހާރު އޭނާ އާ ވަކިވެގެން އެ ދިޔައީ އޭނަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ މުސްތަގުބަލެވެ.
އެހެން އިރުކޮޅަކު ހުރުމަށްފަހު ޔައީޝް ޝިއާނާ ކައިރިއަށް ގޮސް ހުއްޓިލިއެވެ. އަދި ރޮމުންދިޔަ ޝިއާނާގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އެވަގުތު ޝިއާނާ އިސްއުފުލާ ބަލާލުމަށްފަހު ޔައީޝްގެ ގައިގާ އޮޅުލައިގަތެވެ. އެވަގުތު އިކާންގެ ހަށިގަނޑު ސަހަރާއަށް ގެންދިއުމައްޓަކައި ދެ ފިރިހެނަކު ގޭތެރެއަށް ވެދެގެން އައެވެ.
“ޔައީޝް!! އެމީހުން ކައިރީ ބުނޭ އިކާން ވަޅުލަން ނުގެންދާށޭ!! އިކާން އަދި މަރެއް ނުވެޔޭ!! ބަލާބަލަ!!!” ޝިއާނާ ވަރަށް އާދޭހުގެ ރާގެއްގައި ބުންޏެވެ. ނަމަވެސް ޔައީޝްއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ.
“އޭ ކަލޭމެން މަގޭ ދަރިފުޅު ކޮންތާކަށް ތި ގެންދަނީ!؟؟” ޔައީޝްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝިއާނާ ދެން ދުއްވައިގަތީ އެމީހުން ފަހަތުންނެވެ. ނަމަވެސް ޔައީޝް ހުޝިޔާރު ކަމާއެކު ޝިއާނާ ހިފެހެއްޓިއެވެ. އަދި ކައިރިއަށް ގެނެސް ވަރަށް ލޯބިން ބައްދާލިއެވެ.
“ޝިއާ ޕްލީޒް!! ގަބޫލު ކޮށްބަލަ! އިކާން އަހަރެމެންނާ އަބަދުގެ އަބަދަށް ވަކިވެގެން އެ ދިޔައީ!” ހަގީގަތް ފޮރުވާކަށް ޔައީޝް ބޭނުމެއް ނުވެއެވެ. އޭނާ ދެކޭ ގޮތުގައި، ހިތުގައި ޖެހިފައިވާ މީހަކަށް އެންމެ ރަނގަޅުވާނީ ހަގީގަތް އޮޅުވާ ނުލިއްޔާއެވެ. އިކާން ވަޅުލުމަށްފަހު ދެން ދުވަހަކުވެސް ނުފެންނާނެކަން ޝިއާނާ އަށް ވިސްނައިދެވިގެން ނޫނީ އޭނާގެ ސިކުނޑި ހަމައަކަށް ނޭޅޭނެއެވެ. ޝިއާނާ އެގޮތަށް ވާހަކަ އެ ދައްކަނީ، އިކާން މަރުވިކަން އޭނާގެ ސިކުނޑިއަށް ނަގައިގަންނަން އުނދަގޫވީމައެވެ.
“ޔައީޝް!! ގަބޫލު ކޮށްބަލަ…..”
“ޝިއާ!!!” ޔައީޝް ޝިއާނާގެ ދެކޮނޑުގައި ހިފެހެއްޓުމަށްފަހު ތަޅުވައިގަތެވެ. އަދި އޭނާގެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ. ހަތަރު ކަޅި ބައްދަލުވެގެން ދިއުމާއެކު ޝިއާނާއަށް ދެލޯ މަރާ ފިއްތާލެވުނެވެ. އަދި ޔައީޝްގެ ގައިގާ އޮޅުލައިގަންނަމުން ރޯންފެށިއެވެ. އޭނާއަށް ހަމަ ވިސްނުން އެ ލިބުނީ އަދި ކިރިޔާއެވެ. މިއޮއް ހުރިހާއިރު އޭނާ އުޅުނީ ޝޮކެއްގެ ތެރޭގައެވެ. ލިބުނު ހިތާމައިގެ ބޮޑުކަމުން އެކަން ތަހަންމަލު ކުރުމުގެ ކުޅަދާނަކަން އެ ސިކުނޑިއަށް ނުލިބުނީއެވެ.
ޔައީޝްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ޝިއާނާ ގިސްލަގިސްލާފައި ރޮމުންދިޔައިރު ޔައީޝް ދިޔައީ ޝިއާނާގެ ބޮލުގައި ފިރުމަމުންނެވެ. އޭނާ ބޭނުންވަނީ ޝިއާނާ ބޭނުންވަރަކަށް ރޯން ދޫކޮށްލާށެވެ. ސިކުނޑީގައި ހަރުލާފައިހުރި ހުރިހާ އުދާސްތައް ފިލައިގެން ދާނީ އޭރުންކަމުގައިވާތީއެވެ. ޔައީޝްގެ ގަމީސް، ޝިއާނާގެ ހޫނު ކަރުނައިން ތެމި ފޯވަމުންދިޔައިރު ފަަހަތުގައި މި މަންޒަރު ބަލަން ހުރި ސީމާގެ ލޮލުންވެސް އޮހޮރެމުންދިޔައީ ކަރުނައެވެ.
***
ކަށުކަމާކެމީގެ ހުރިހާ ކަމެއް ނިންމާލުމަށްފަހު ގެއަށް އައިގޮތަށް ޝިއާނާ ވަނީ ކޮޓަރިއަށެވެ. އަދި އިކާން ގެ ކުޑަ ޓީޝާޓް ކޮޅު ނެގުމަށްފަހު މަޑުމަޑުން މޫނުގައި ޖައްސާލަމުން އެނދުގައި އިށީނދެލިއެެވެ. އޭނާގެ ލޮލުން އައި ކަރުނަތަކުން އެ ކުޑަކުޑަ ޓީޝާޓް ތެމެމުންދިޔައިރު، އިކާންގެ ފޮނި ހަނދާންތައް އޭނާގެ ސިކުނޑީގައި ކުރެހެމުންދިޔައެވެ. އެ ލޯބި ލޯބި ހިނިތުންވުމާއި އެ މައުސޫމު ބޮޑު ދެ ލޮލެވެ. ހީލާއިރު ދެ ކޮލަށް އެޅޭ އަޑިކޮޅެވެ. އެއީ ކޮންފަދަ މައުސޫމިއްޔަތެއް ހެއްްޔެވެ؟ އެ ދަރިފުޅު ބޮޑުވެގެން ބައްޕަ ފަދަ ޒިންމާދާރު ޑޮކްޓަރަކަށް ވުން އެއީ ޝިއަނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް އެ ހުރިހާ ކަމެއް އަވާމެންދުރަކަށް ވެގެން އެ ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާގެ ދުޢާ އަކީ، ސުވަރުގެއިން އެ ކުޑަކުޑަ ދަރިފުޅާ ބައްދަލުވުމެވެ. އަދިވެސް އެއްފަހަރު އެ ދަރިފުޅާއެކު ވަގުތުތައް ހޭދަކޮށްލުމެވެ.
ޔައީޝް ކޮޓަރީގެ ދޮރު ހުޅުވަލިއިރު ޝިއާނާ އިނީ އެނދުގައި އިށީނދެލައިގެން ރޯށެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ކުޑަ ޓީޝާޓް ކޮޅަށެވެ.
ޔައީޝް އައިސް ޝިއާނާ ކައިރި އިށީންދެލިއެވެ. އަދި އޭނާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުން ފުހެލަދިނެވެ.
“ޝިއާ! ވީ ކަމެއް ވެގެން އެ ދިޔައީ! ދެން އެކަމާ ނުވިސްނާ! ކުރިމަގު އަދި އޮތީނު!!” ޔައީޝް ޝިއާނާގެނެސް އޭނާގެ ގައިގާ ލައްކޮށްލިއެވެ. “ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް! އެއްވެސް މީހަކަށް މަރެއް ނުހިފެއްޓޭނެ އެއްނު ދޯ؟ ރޭގަ އިކާން މާގަދަޔަށް ހުންއައީމަ ކަމަށްވާނީ އެހެން އެވީ! ދެން ހުއްޓާލާ!!”
“ޔައީޝް! މި ދުނިޔޭގަ އަހަރެންގެ ދެން ހުރީ ކާކު! އަހަރެން މުޅިން އެކަނި ވެއްޖެ! މިރަށަށް އައިފަހުން މަންމަމެންގެ ޚަބަރެއްވެސް ނުވޭ!!” ޔައީޝްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ޝިއަނާ ވާހަކަ ދެއްކިއެވެ.
“ޝިއާ ތިހެން ނުބުނޭ! އަހަރެން ވެސް މި ހުރީނު! ޝިއާ ގެ މަންމަ ދުވަހަކު ޝިއާ އަށް އަޅާނުލިއަސް އަހަރެންގެ މަންމަ ޝިއާއަށް އަޅާލާނެ!” ޔައީޝް ހިނިތުންވެލަމުން ޝިއާނާގެ ބޮލުގައި ފިރުމާލިއެވެ.
“މަންމަ އެބައުޅޭ ޝިއާގެ ރޫމް ސާފު ކުރަން! ބޭނުންތަ އެ ރޫމް ބަލާލަން؟” ޔައީޝް މައުލޫ ބަދަލުކޮށްލިއެވެ. “އެއީ ކުއްޔަށް ދޭން ހަދާފަ ހުރި ރޫމް އެއް! ހަދާ ނިމުނު ގޮތަށް އެ ހުރީ! ހިނގާބަލަ!!”
ގޭތެރޭގެ ބައެއް މަސައްކަތް ތަކުގައި ބައިވެރިވާން ފެށުމާއެކު ޝިއާނާ ހަމައަކަށް އެޅެން ފެށިއެވެ. ބައެއްފަހަރުފަހަރު އިކާންމަތިން ހަނދާން ކޮށް ރުއި ކަމުގައި ވިއަސް އެކަންވެސް ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ރަނގަޅުވަމުންނެވެ. އެންމެ ފަހުން އިކާންގެ މަރަށް ހަފްތާއެއް ވާން ކައިރިވީރު ޝިއާނާގެ ކުރީގެ ދިރިއުޅުމަށް ރުޖޫޢަ ވެއްޖެއެވެ. ކުރީގެ އެ ރީތި ހިނިތުންވުންވެސް އަލުން އަނބުރާ އެ ތުންފަތަށް ވެރިވާންފެށިއެެވެ. ޝިއާނާގެ ސަބަބުން ސީމާގެ އެ ކުޑަކުޑަ އާއިލާ އިތުރަށް ފުރިހަމަ ވެގެން ދިޔަފަދައެވެ.
***
މާހިލްއާއި ޝާލިނީގެ ކައިވެނި ކުރެވުނީ ޖެހިގެން އައި ހުކުރުދުވަހުގެ ރޭގައެވެ. ކައިވެނި ކޮށްދިނުމަށްފަހު ގާޒީން ގެއިން ނުކުމެގެން ދިއުމާއެކު މާހިލް ޝާލިނީ އަތުގައި މަޑުމަޑުން ހިފާލިއެވެ.
“އަހަރެން މި ދުވަހަށް ހާދަ އިންތިޒާރެއް ކުރީމޭ!!” މާހިލް އިޝްޤީ އަޑަކުން ބުނެލިއެވެ. ޝާލިނީގެ މޫނު ރަތްވެގެން ދިޔައީ ލަދު ގަތްލެއް ބޮޑު ކަމުންނެވެ. “ހިނގާ ރޫމް އަށް!!”
“އެހަށް މަޑުކޮށްބަލަ!” ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކުރުވަމުން ޝާލިނީ ބުންޏެވެ. “އަހަރެން އެބޮތް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން ވެފަ!!”…………..
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
87 Comments!
Comments are closed.



Mi part vex kamudhaane kamah ummeedhu kuran!! 🙂
Vrh salhi.. Waiting for the nxt prt…
Varah varah salhi..regularly update kuraaathy thanks…mi vaahaka ah komme reyakuves inthizaaru kurevey…
kyvvetha alhe ikaan thi maraaly…. v asarugadha hithaamaveri baeh….. v salhi………bala bala indha up thi kuryves…
u are the best hoody
Its awsme hoods
Alhe babies tha numarabala, heart break vey, thnx 4 awsm story
V v v salhi ingey hoody… Mirey v v kei madhu vefa indha kiyey varu mi v.. V v rythi… V v molhu hoody
Thnkx all!! 🙂
Rythi … Ekm Haadha KuRey …
hmm , haadha inthixaareh koh fymey mi prt ah , vvvv rythi mi prt ves, dhen plx shiaa ithurah nuroh vachey igea , , kon supraise eh tha , ? hehe
Wow vrh salhi mi part vx…nxt part avas ingey hoody…
V v v nice
Wow nice mi partvex..
hoody kamakah othy mi story ga ulhey rythi , madumaithiri girls rovvumaa , hurihaa baby’s merun ,. alhe ehen nahadhachey then , shiaa varah dhera way babys maraathy , specially ikaan
V reethi story eh
Mi part vex v salhi… thnx Hoody….
Haadha kurey mi part hoody… :'(
V reethi part eh mi. Bt v dhera ikan maruveema. 🙁
Varah hithugajehihje Varahreethi Keep it Up
Hehe thnkx all…. Sorry guys Ikaan maraalevuneema… but fahun shiaanaa ah maa ufaaveri dhiriulhumeh libeyne In Sha Allah, Ummeedhu kuran edhuvahakun all reader ufaa kuraane kamah….
Hoody varah goas.. kuda kuda Ikaan kolhu hama maraaly ey… dhn jeheyne yaish and shiaana ah baby eh hoadha dheynn… ;p
Ofcourse sam…. 😀
this is y i lyk this story, coz everythin is unpredictable – keep it up hoody
ikaan maruvyytha??? hoody kihineh thi hedhyy?? .. dhen kyyve tha ikaan maraalyy hoody ? v dheravi mi part kiyaafa … anyways , mi part vess v v v v reethi … but thankolheh kuryy .. ekam v v salhi ingey .. dhen next part kon irakun update koh dheynyy??? looking forward for the next part .. hyykuran maadhama rey upload kuraane kamah .. keep up the good work and best of luck hoody ..☺ 🙂 🙂 🙂
hehehe shiaana ah ekani eh nun ingey yaeesh ah ves vvvv hppy lyf eh libenvaane
hmm edhuvahakun vvv happy vaane shiaa ves . n hoody jeheyne shiaana n yaish marry kuruvan , eyyrun forgive kuraany
Thnkx all!! yeah sure demon bro and shiaa! dhn yaeesh ah dhera dheefa mi story eh nimma eh nuleveyne ehnu…..
shiaa who knows maybe ur wish may cum true at the end
n loabi loabi , baby eh ves dheyn jeheyne , dhen e shaaliny gandah landeh ves dheyn jeheyne , eheneh nuhure vay ne shiaa ge life spoil koh laafa eh, e shaaliny gandakah , v foohi way
V salhi vaahaka. Mi vaahaka v inthizaar kirevee than kolheh lahee uplod vaaleh
Thnx… adhivex las tha? knme dhuvahaku part eh eba up koh dhemennu… :/
I was waiting for this part..vara reethi..hood u r the best
V salhi.thankolheh dhigu kohalaa.adhi
when next part , vv kiyaa hiy way eba
maadhan rey dhw ,
Thnkx….. yeah Shiaa, Next episode maadhan rey In Sha Allah…
Vvvvvvvvv habeyss ingey mi story. Hoody ur best. Hama rovvaalaafa dhany. Vaahaka kiyamun dhaairu. Vvvv inthixaaru kuran next partah
Hama ragalhaves rovijeh mifaharu…unmeedh kuranee ah dhives vrh reethi vaaney kamah
Dhn shiaana ay yaish merry kurany so maahil shihuru salaamai vany dhn shailini eyna ge kusuge sazaa libeyny dhn maahil ahvisneyne but maa las vany so ikaan ves dhuniye dhookofa dhiyaee dhn maahil baakyvany
Dhw hoody… mi hen tha vany?
So sad……. V touching story eh…. Hoody u can do this….. Dhiriulhumuga usgadakahfahu adi gaduves ahnaane ekan jeheyne gabool kuran…. story kiyamun dhaairu heevany loa mathin sifavaahen…. V habeys story eh…..
Wow vvvv reethi mi story hoody ur best
nice…. ure grt hoody……
Vvv nice hama rovaali keep it up avaha up kolati
Nalla… parayxx… :).. #waitingfornextpart
Wow vara reethi hyvany real hen…..vara ufaavey kome dhuvahaku up kohdheythy.hoody ur best.I love this story…..
V salhi. Rovijje
varah reethi…aslu ikaan maraaleema reethi vaaneee dho hooody…dhen shiaans n yaeesh gulheyneee…anyways hoody ge story hama habeys…kyp going 🙂
V v salhi waiting 4next part keep it 🙂
Wow varah furihama mibaives waiting for next part ♥♥♥♥♥
Hoody huriha ba eh ehfahara up kolla Las vey Kiya kudhinnah he he hehe and story varah salhi hama rovijje
Thnkx all!… 🙂
V v v v v salhi.
Hoody thankx…v ufaa vey komme dhu ahaku up kuraatheeve… 🙂 … n story v v salhi.. 😀
Hoody magey lolun vx karuna aissi.varah reethi mi story 😉
Story vvvv reethi… bt keehve tha ikaan baby maraaly?? Bt im sure kuriah oiy bai vara reethi vaane dhw hoody??
dhen keehve ikaan thi maraaly? ma heekury yaeesh shiaa aa marry kohgen yaeesh ge dharieh fadhain ikaan gengulheyny kamah.. keehve kamaa nuves behey meehaku thi maraaly? haadha asaru gadha ey e thankolhu.. fahun maahil ah ehcheh visnigen eyna dharifulhu balaa annaaneekamah ma heekury shiaa aa alun marry nukurias.. magey hiy rohvaalaifi hoodhu..
Heenukuraa ethah kameh vaane adhivex lovely!! Ikaan maruviyas adhi shiaanaa ah happy life eh libeyne In Sha Allah!! 🙂 Aslu Heee nukuraa gothah story gendhiyaamaehnu kiyaa hiyy vaanee… dhw??Umeedhu kuran kuriah huri baithakah inthizaaru kuraane kamah….
Naaz lolun nehnoontha karuna annany… hehehe naaz buni gothun heevany angainaa neyfathun vexx karuna aadhey hen…hehehe…Hoody plxx today evening ga genesdheyn v nun prt 13… eyrun readers vexx v v v happy vaane…nd vaahaka mihaaru kudakh shery ah eba hadi vey aslu negative kh nunagahchey….emeehehge hiyaalu dhw husha alhaany…egothah bunyma baeh meehun bunaane hadiyya nukiyaashey nooney shery j vaniyyey hoody story liyan molhu v ma…nooooon…shery j eh nuvey…but mihaaru mivaahakaigaa abadhu hithaama… furathama jazla…dhen yaeesh ah…dhen anekka shiyaanaa ah…ehenve ehvexx meehakah happily life eh nulibey anehkolhun abadhu sihuru hadhan… plxx hoody negative kh nuvisnahchey….i mihushaelhy i ge hiyaalu… so i hop hoody negative kh nuvisnaa shery buni ehchah visnaigen kuriah dhaane kamah….bst of luck…. <3
Hehe… I know sheryn… sorry but this story is based on black magic dhw… and adhi happy life libeyney shiaanaa ahvex yaeesh ahvex…. story nimey iruvex happy life eh nulibuniyyaa ok thihen bunan…. but adhivex episode thah eba hutteh nu kuriah dhw… So hope yu’ll wait….
🙂 🙂 🙂 😀 😀 😀 😛 😛 😛
But ikaan baby maraaleema v v dheravejje….roven vex rovijjje… 🙁 🙁 🙁
Ofcourse hoody…I’ll wait for the nxt episodes… 😀
dhen hoody , buneba , mirey tha , next part, plx 11 ge kurin genes dhe way thw balaadhehchey , ingey , im so curious to see the suprise
Yeah In Sha Allah, Mirey upkohdheynan!!!
hoody , maahil ah kihineh vaany ny , sihurun salaamaiy vaa fahun , eyna baaky vaany dhw , earu shiaa ves marry kohfa dhw innaany yaish aa , dhen maahil baaky veema foohi , eyna ahves kommes , gotheh vaan vaane eh nun story nimey iru, dhw
lets see
Yeah hoody.. shiaa buni hen 11 ge kurin genesdheveytho balahchey.. 11 ge fahun Juma ah phone a aii lun manaa.. thats why aneh dhuvahu kiyan libeny.. 🙁
Yeah I’ll try ingey…. reyga vex varah try kurin up kuran…. but internet slow kamun nuvee….. 11 ge fahun internet rangalhuvee….. and Shiaa, yeah maahil ah rangalhu landeh libeyne…. lets see dhw… 😉
varah varah rythi vaane dhw next part ves , hoody ge stories kiyaa hiy vany mihen ve eyy , nimmaalaany vvv kiyaa hithun indhaa . dhen jeheyny , next part kiyaa hithun moyavefa namaves innan , dhw hoody
aa , varu gadha landeh dheythi e 2 meehunah
maahil ves nujeheyne shiaa , shiaa ge manma ah buni ageh dhyfa gannaakah , neygeytha eyy ves insaaneh kameh , kulhey kulhey toy eh nooney eyyky ,., dhw hoody, n thnks shaaliny , shaaliny fanditha nuhedhinama yaish ah shiaa eh nuli beyne dhw , hehehe
Yeah dhw Shiaa!! ehn vgnney bunanee komme kameh vex vaanee rangalhashey!! 🙂
aa dhw .
balsham ge pic eh tha dhahkan thiulheny shaaliny , or maahil maraalanytha ? good , eyna maraala , dhen shaaliny ves maru way , i hate 2 of u . varah varah hate way
good baai 2 meehunn ah
V salhi mi part vs….bt ikaan maruvivaahaka yaish ah naangaathy kamaku nudhey….n yaish ah geyah aadhevey iru onnaany hudhu fothigandeh alhaafa..aslu aadheveny hurihaa kameh ninmaafa valhulan gendhan ulhenikoh dhw…alhugandakah hiyehnuvey geyga ehaa bodu kameh hingaign ulhey iru naangaa hunnaane heneh…dhw
Ekanthah aslu faahaga kurevey…enoony hama story v v v salhi ingey hoody…keep it up
btw y a cat in the pic
Thts Abraas…. furathama episode thakuga ulhe ehnu cat!!!
Aleena buni thankolhu shiaa ahves faahaga kohle vijje , e thanuga seemaa dhahtha maa bodah dhera vefa huryma hadhaan nethuny kamah hadhaaly ma OK vaanehen hy way,
mi prt vvvvvv salhi
Hoody vvvv nice mi part ves..hoody I love your storys..gud luck!!
how many episodes left??
Dhen upload kohla bala avahah
Hoody kobaa Adhivexx nxt prt upp nuvey…10 ah vure laskhfiyyaa shery akah mirey nukiyeyne….mihaa kiyaahithun hunnairu dhen avahah up khdheebala hoody…. plxx mak it a bit faster… 🙂
hoody. roveny ey. vvvvv.salhi.
hoody why? you could’ve left the poor baby alive atleast.
Hoody haadha gohey kiyvetha ikaan maraaliy hama hiy vaniy amihla hashi gandhun eh bai dhiya hen,???
Hoodygandhun hama thahplaleh alhaa hiyvaniy,??