Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (11)

zaisha Level 210 Stories
July 4, 2015 7 Mins Read
50 Comments

ރަނގަޅަށް ހަމައަކަށް އެޅުމުން އޭނާ އަވަހަށް ކާރު ދުއްވާލީ ގެއަށް ދިއުމަށްށެވެ. ނާޒިމްގެ ސުވާލުތަކާއި ކުރިމަތި ލާނީ ކިހިނެތްކަން ނޭނގުނުއިރު ރޭގައި ޒެރީން އެހެދީ ކިހިނެތް ކަމެއްވެސް އޭނާއަކަށް އޮޅުމެއް ނުފިލިއެވެ.

ގޭގެ ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނާޒިމް ހުރީ މާކިން ގެޔަށް ނައިސްގެންނެވެ. ހެނދުނު އޮފީހަށް ދިޔުމުގެ ކުރިން އެކުދިން ދާން ތައްޔާރުވީތޯ ބަލައިލަން އައިރު މާކިންއެއް ގެޔަކުނެތެވެ. އިނާރާއާއި ސުވާލު ކުރުމުން ރޭ ހަދަރުދަމު އޭނަ ގެޔަށް ނާންނަކަން އިނގުމުން ނާޒިމް އިންތިހާއަށް ރުޅިގަދަވިއެވެ. އޭނާ ހީކުރީ މާކިން އިނުމަށްފަހު އޭނާގެ އެ އުޅުން ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް ކަންތަން މިދަނީ ގޯހުން ގޯހަށެވެ.

އިނާރާ ފޮށި ހިފަހިގެން ސޯފައިގައި އިންއިރު އާޝިޔާވެސް އެތަނަށް އައީ ނާޒިމް ގުޅާފައި މާކިން ގެޔަށް ނާންނަ ވާހަކަ ބުނުމުންނެވެ. އޭރު އިނާރާ އިނީ ހަދާނެގޮތް ހުސްވެފައެވެ. އޭނާ މާކިން އަންނަންދެން ކާން ހަދައިގެން ވެސް އިނެވެ. އެތަށްއިރެއް ވީއިރުވެސް ނައުމުން ގުޅަން ނުކުރިގެން އެނދަށް ނިދަން އެރީއެވެ. އެންމެފަހުން މެންދަމުން އަލިވިއިރުވެސް ނައުމުން އޭނާ އެތަށް ފަހަރަކު މާކިންގެ ފޯނަށް ގުޅިއެވެ. އަނެއްކާ މާކިންއަށް ކަމެއް ވިއްޔޭ ހީކޮށް ހިތަށް ބިރުވެރި ޚިޔާލުތަށް ވަންނަންފެށިއެވެ. އެފަކީރު ރޭ ހަތަރުދަމު ނުނިދި މާކިންގެ އިންތިޒާރުގައި އޮތް އިރު އެ ލޮލުން ކަރުނަ ނުހިކެއެވެ.

ކުއްލިއަކަށް އެންމެންގެ ނަޒަރު ހުއްޓުނީ ގޭގެ ދޮރު ހުޅުވުމުން އެދިމާއަށްށެވެ. އޭރު މާކިން ބޯ ރީތިކުރަމުން އެތެރެއަށް ވަންނަނީއެވެ. “މާކިން! ކޮންތާކު ރޭ ހަތަރުދަމު އުޅުނީ؟؟ ކޮބާ ފޯނު؟ ކިތަށް ފަހަރަށް ގުޅައިފިން. އިނގޭތަ އިނާރާ ކަންބޮޑުވެގެން އެހެރަ ހަލާކު ވަނީކަން.” ނާޒިމްގެ އަޑުގައި ހުރި ރުޅިވެރިކަން ހާމަވުމުން މާކިންއަށް އިސްޖަހައިލެވުނެވެ.

“އަޅުގަނޑު އޮފީހުގައި މަޑުކޮއްލީ. ދިއުމުގެ ކުރިން ބައެއް ކަންތަން ނިންމާލަން. ދެން އިންދަ ނިދުނީ. ފޯނުވެސް ސައިލެންޓުގައި އޮތީމަ ނުހޭލެވުނީ. ސޮރީ.” މާކިން ދެރަވެފައި ހުރެ ދޮގެއް ހަދާލިއެވެ. “އެކަމަކު ދެން ގުޅާފަ ބުނަންވާނު އެއްނުން ކޮންތާކަށްކަން ދިޔައީ” އާޝިޔާވެސް ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ.

“ދެން ދޭ ތައްޔާރުވާން. އެކޮޅުން އައިސްފައި ދެން މި ވާހަކަ ދައްކާނީ. އަވަސްކުރޭ. މިހާރު ހަތް ގަޑި ފަނަރަ ހިނގީއެ. ބައްޕަ ތި ކުދިން ގެންދަން އާ ލޯންޗެއް ހަމަޖައްސަން އެބަ. އެހެންނުންވާނީ. މާކިން އަންނަހާ އިރެއް ވަންދެން އެ ލޯންޗެއް ނޯންނާނެ.” ނާޒިމް ހިތްހަމަ ނުޖެހިފައިހުރެ އެތަނުން ނިކުންނަން ދިޔައެވެ. އޭނައާއި އެކީ އާޝިޔާވެސް ދާން ނިކުތެވެ. “މާކިން…” އިނާރާ ގޮވާލުމުންވެސް މާކިން އަޅާނުލައި ކޮޓަރިއަށް ވަނެވެ.

ގަޑިން ހަތްގަޑި ބައިވީއިރު މާކިންއާއި އިނާރާ ތިބީ ލޯންޗުގައެވެ. ބާރު ސްޕީޑެއްގައި ދުއްވާދިޔަ ލޯނޗު ލޮނުގަނޑު ކަފަމުން މިސްރާބުޖަހާފައި ހުރީ ހުޅުލެއަށްށެވެ. އަދިވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ހިތްގައިމު މޫދަށް ނަޒަރު ހުއްޓާލައިގެން އިން އިނާރާގެ ދެލޮލުގައި ރަތްކަން ފާޅުވާން ހުރިއިރު ލޯކައިރިވަނީ ކުޑަކޮން ދުޅަވެފައެވެ. ރޭ ހަތަރުދަމު ނުނިދަ ހުރުމާއި ރުއިމުގެ ސަބަބަން، ދެމުން ދިޔަ އަތްވަށް ލޯ ހުޅުވާލަން އުނދަގޫވިއެވެ.

ލޯންޗު ގޮސް ހުޅުލެ ފަޅުތެރެއަށް ވަދެގެން ދިޔުމުން މާކިން ނިދިފައި އިން އިނާރާއަށް ބަލައިލިއެވެ. އެ ބުޅި އިސްތަށިގަނޑު މައްޗަށްނަގައި ހުޅިއެއް ޖެހިފައިވާއިރު ލައިގެން ހުރި އަތްދިގު ދޫ ޓީޝާޓުގައި އޭނާ ވަރަށް ރީއްޗެވެ. އިނާރާގެ އަތުގައި ކޮއްޓާލުމުން އޭނާ ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭނާ އަވަހަށް މާކިންއާއި އެކީ ފައިބަން ތެދުވިއެވެ.

ދެމީހުން ގޮސް ޑޮމެސްޓިކް ފްލައިޓްގެ ބަޔަށް ވަދެގެން ދިޔައިރު އެތަނުގައި ގިނައީ ފަތުރުވެރިންނެވެ. ދެ މީހުން ޗެކިންވުމަށްފަހު ބޯޑިން އޭރިއާއަށް ވަންއިރުވެސް ވާހަކައެއް ނުދައްކައެވެ. އެތަނުގައި ހުރި ގޮނޑިތަކުގައި އިށީދެލުމަށްފަހު މާކިން ފޯނުނަގައިގެން އެއާއި ކުޅެންފެށިއެވެ. އޭނާ ލައިގެން ހުރި އަތްކުރު ޓީޝާޓުން އެ ބާރުގަދަ މުލައްދަނޑި ހާމަވާން ހުރިއިރު އިނާރާ އެ އަތުގައި ހިފާލާ ހިތްވިއެވެ. ކައިރީގައި އުޅޭ ފަތުރުވެރިން އެމީހުންގެ ލޯބިވެރިންގެ އަތުގައި ހިފައި ހީ ސަމަސާ ކުރަމުން ދިޔައިރު އެ ދެމެދުގައި ވަނީ ހަމަހިމޭންކަމެވެ.

“މާލެ އިން ދަރަވަންދޫއަށް ދަތުރު ކުރައްވާ ބޭފުޅުން ގޭޓް ނަމްބަރާ ބާރައިން ބޯޓަށް އަރައިވަޑައިގެން ނެއްވުމަށް ދަންނަވަން.” އެނައުންސާގެ އަޑުއިވުމުން މާކިން ކޮނޑުގައި ދަބަސް އަޅުވާލައިގެން ތެދުވެގެން ދިޔައިރު އިނާރާ ކޮބައިތޯ ބަލާވެސް ނުލިއެވެ. މާކިންގެ މި ޢަމަލުތަކުން އިނާރާގެ ހިތަށް އިތުރަށް ތަދުވިއެވެ.

ފްލައިޓަށް އެރުމާއިއެކީ އިނާރާ ފުން ނިންޖަކުން ގެނބުނެވެ. ނަމަވެސް މާކިންއިނީ ޚީޔާލުތަކަކަށް ގެއްލިފައެވެ. ރޭގައި ވީ ކިހިނެތްކަން އޮޅުންފިލުވަން އޭނާ ޒެރީންއަށް ގުޅަން އުޅެފައިވެސް އެކަން ފަސްކޮއްލިއެވެ. އެ ޚިޔާލުތަކުން ދުރުވުމަށް ދެ ކަންފަތަށް ހެޑްސެޓް ޖަހާލުމަށްފަހު ލަވަޖާހާލިއެވެ.

އޭނާ ކައިރީގައި އިން އިނާރާއަށް ބަލައިލީ ކުއްލިއަކަށް އިނާރާގެ ބޯ އޭނާގެ ކޮނޑުގައި ޖެހުމުންނެވެ. ނިދީގެ ތެރޭގައި އިނާރަގެ އަތް މާކިންގެ މުލައްދަނޑީގައި ހިފާބާރުކޮއްލަމުން ފުން ނިންޖަކުން ނިދުނެވެ. އިނާރާގެ އަތްފިނިވެފައި ވީކަން އިހުސާސުވުމުން އޭނާ އިނާރާއާއި ދިމާއަށް އިން ފިނިކުރާ އިތި ނިއްވާލިއެވެ. ނޭނގި ނަމަވެސް އޭނާއަށް އިނާރާއަށް އަޅާލެވެއެވެ.

“ދިޔައިއްޔޭ! އަހަރެން ބުނީ ކީކޭ. އޭނަ ހެނދުނު މި ގެއިން ނިކުނަ ނުދެއްޗޭ.” ޒެރީންގެ ގޭގެ ސޯފާގައި އިށީދެލައިގެން އިން ބައްސާމް ހިތްހަމަ ނުޖެހިފައި ވާހަކަދެއްކިއެވެ. އޭރު ކޮފީތައްތެއް ގިރަމުން އެ ދިމާއަށްއައި ޒެރީންހުރީ ބޮޑު ޓީޝާޓެއް ލައިގެންނެވެ. އެ ފަން އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލެވިފައި ވާއިރު އޭނާގެ ދޮންފައި އޮތީ ހާމައަށްށެވެ.

“އަހަރެންނަށް އިނގޭތަ އޭނާ އެހާ އަވަހަށް ހޭލާނެކަމެއް. ބައްސާމް ދިންވަރޭ އެ ކޯކުތައްޓަށް އެޅި. އެވަރުން އެ ފިރިހެނާ ހިފަހައްޓާ ނުލެވުނީ އެއްނުން އެ.” ސޯފައިގައި އިށީދެލަމުން ޒެރީން ބުނެލިއެވެ. “ޑޭމް އިޓް! އެހެން ފަހަރަކުންދެން. ބަޓް އައި ވިލް ރުއިން ހިޒް ލައިފް. ވަރަށް ދުވަސްވެއްޖެ އެ އަރާމުގައި އޭނާ އުޅޭތާ. ދެން ނޫޅެވޭނެ.” ބައްސާމް ބުނެލިއެވެ. “އެ ކީއްވެތަ އެހާ ރުޅިއަންނަނީ އޭނަދެކެ.” ޒެރީން ކޮފީބޮމުން ސުވާލުކުރިއެވެ.

“ފަހުން ތި ވާހަކަދައްކަނީ. އަހަރެން ބޭނުންވި ގޮތަށް ރޭގައި ކަންތައްވީ. އޭނަ ހީކުރާނީ ރޭގައި ޒެރީންއާއި އެކީ ސްލީޕް ކުރެވުނިއްޔޭ. ތި ރީތި ކަމުގައި ޖެހިފައި އޭނާ މޮޔަވީއެއްނުން. އެކަމަކު ތިއީ އަހަރެންގެ މީހެއް. ލާހިކެއް ނޫން އެ މާކިން ޒެރީންއާއި އެކީ އެފަދަ ގުކޫމެއް ބާއްވާކަށް” ޒެރީންގެ ހާމައަށްއޮތް ފައި އޭނާގެ އުނގުގައި ބާއްވަލަމުން ބައްސާމް ބުނެލިއެވެ.

“ޔަޕް. އޭނަ ހޭލިއިރު އޮތް ގޮތުން ހިވާނީ ހަމަ އެހެން. ބަޓް އައި އެމް އޯލް ޔުއާރސް. ވަރަށް ލޯބިވޭ.” ޒެރީން ހީލަމުން ބުނެލިއެވެ. “އިނގެއެއްނުން މިކަން މިގޮތަށް ކުރުމުން ފައިދާވާނީ އަހަރެމެން ދެ މީހުންނަށްކަން. ސޯ ޗިލް. އައި ލަވް ޔޫ ޓޫ.. ދެން ދަނީ. އަށް ގަޑި ބައިވިއްޔެ. އޮފީހަށް ދާންޖެހޭނެ. ބައި.” ބައްސާމް ތެދުވެ ޒެރީންގެ ކޮލުގައި ބޮސްދީފައި ނިކުމެގެން ދިޔައެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފްލައިޓް ޖެއްސުމުން މާކިން އިނާރާއަށް ގޮވާލިއެވެ. ނިދިފައި އޮތް އިނާރާ އެސްފިޔަތަށް ތަޅުވާލުމަށްފަހު ހޭލިއިރު އިންގޮތް ފެނިފައި އަވަހަށް ތެޅިގެންފައި ތެދުވިއެވެ. އިނާރާއަށް ވީ ގޮތް ފެނިފައި މާކިން ގާތަށް ހިނިއައެވެ. “ކިހިނެތްވީ؟ އަލަށްތަ ނިދީގައި އޮވެގެން އަހަރެންގެ ގައިގައި އޮޅުލަނީ.” މާކިން ގަސްތުގައި އިނާރާ ލަދުގަންނަވާލަން ބުނެލިއެވެ. އިނާރާ ކުޑަކޮން ހީލުމަށްފަހު ހޭވިފައިއޮތް އިސްތަށިގަނޑު ރީތިކުރަންފެށިއެވެ.

ޕްލައިޓުން ފައިބަގެން ބޭރަށް ނިކުންއިރު އެ މީހުން ބަލާ އަނަންތަރާއިން މީހަކު އައިސްފައި ހުއްޓެވެ. އެމީހާއާއި އެކީ ބަހުގައި ބަނދަރަށް ގޮސް ރިސޯޓަށް ދިޔުމަށް ދަތުރުފެށިއެވެ. އެމީހުން ހުންނަން ހަމަޖެހިފައި އޮތީ ރިސޯޓުގައި ހުންނަ ވޯޓާވިލާއެއްގައެވެ. އެ ވޯޓާ ވިލާއަށް ވަންއިރު ކުރިމަތީގައި ބޮޑު އެނދެން ބަހައްޓާފައި ހުރިއިރު ދުރުގައި ފަރުދާތަށް ކަހާލާފައި ހުރި ބިއްލޫރި ދޮރުތަކުގެ ފަހަތުން ފެންނަން އޮތީ ނޫކުލައިގެ މާ ސިއްގާ ކަނޑެވެ. އެތަނުން ބޭރަށް ނިކުންނައިރު ދުރުގައި ޖަކޫޒީއެއް ހުރިއިރު އޭގެ ކުރިމަތީގައި ސްވިންމިން ޕޫލެއް އޮތެވެ. ސްވިން ޕޫލުގެ ވަކި ހިސާބަކުން ސިޑިތަށް ލަފައި ހުރިއިރު އެތަނުން ސިދާ މޫދަށް އެރެވޭގޮތަށް ހަދާފައި ހުއްޓެވެ. ވަށައިގެންވާ މޫދާއި ފަރު ފެންނަމުން ދިޔައިރު މި ތަނަކީ ހިތްގައިމު މަންޒިލެކެވެ.

މާކިން މަޑު ހިނގުމެއްގަ ގޮސް ބޭރުގައި އިށީދެވޭ ގޮތަށް ބަހައްޓާފައި ހުރި ގޮނޑިއެއްގައި ހަށިގަނޑު ދަމާލިއެވެ. އޭރު އިނާރާ އުފަލުން ގޮސް މުޅިތަން ބަލަނީއެވެ. އެނާއަށް އެންމެ ކަމުދިޔައީ ޕޫލްއެވެ. ހަމަ އެވަގުތު ޕޫލްއަށް އެރެން އޭނާ ބޭނުންވިއެވެ. އިނާރާ ދަބަސް ގެނެސް އެނދުގައި ބޭއްވުމަށްފަހު އޭގެން ޓީޝާޓަކާއި ކުރު ސޯޓުކޮޅެއް ހިފައިގެން ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ.

ގޮނޑީގައި ލޯ މަރާލައިގެން އޮތް މާކިން ސިއްސައިގެން ދިޔައީ އިނާރާ ހަޅޭލަވައިގެން އަޑަށެވެ. މާކިން ތެދުވެ އެތެރެއަށް ވަންނަން ދުއްވައިގަތެވެ. އޭރު އެތެރޭގައި އިނާރާ ނެތްއިރު ހުޅުވިފައި ހުރި ފާޚާނާ ދޮރާއި ދިމާއަށް އޭނާ އަވަހަށް ދިޔައެވެ. ފާޚާނާގެ ފާރުކައިރީގައި ބުރަކަށި ޖައްސައިގެން ދެފައި ކައިރިކޮއްގެން ހުރި އިނާރާފެނި މާކިންގެ ގާތަށް ކުޑަކޮން ހިނިއައެވެ.

“ކިހިނެތްވީ؟؟” މާކިން ސުވާލު ކުރުމުން އިނާރާ އިނގިލި ދިއްކުރީ ފާޚާނާގެ މެދަށެވެ. މާކިން އެ ދިމާއަށް ނަޒަރު ހިންގާލަމުން ދެ ފަރާތަށް ބޯ ހޫރުވާލިއެވެ. އެހާ ބޮޑުނޫން މި ފަޚާނާގެ މެދުގައި ހަތަރެސްކަން ގޮތަށް ޖަހާފައި ހުރި ބިއްލޫރި ގަނޑުގެ ސަބަބުން ފެންނަމުން ދިޔައީ އަޑީގައި އޮތް ވިލު ނޫކުލައިގެ މޫދު ތެރެއެވެ.

“ސާބަހޭ. މިއީ ބިއްލޫރި ޖަހާފައޭ. މިތަނަކުންނެއް ނުވެއްޓޭނެ މޫދަކަށް.” މާކިން މިހެން ބުނެފައި ތިރިވެލާފައި އެ ބިއްލޫރިގަނޑުގައި ކުޑަކޮން ޖާހާލިއެވެ. މި މަންޒަރު ފެނި އިނާރާ ވެސް ތިރިވެ އަތަނުގައި އަތްލިއެވެ. ތެދެކެވެ. އެއީ ބިއްލޫރިގަނޑެކެވެ. ފާޚާނާއަށް ވައިންތަނުން މޫދު އަޑި ފެންނަން އޮތުމުން އޭނާ ސިހުނީއެވެ. އެތަނުން ލާފައިދާ ކުދި މަސްތައް ފެންނަމުން ދިޔައިރު ސާފު ހުދު ދޮންވެލިވެސް ފެންނަމުން ދިޔައެވެ.

“ވާއޯ. ހާދަ ރީއްޗޭ މިތަން.” އިނާރާ އެތަން ބަލަން އިނދެ ބުނެލިއެވެ. “އަހަރެން މި އުޅެނީ އެއްޗެއް ކާން އޯޑާރ ކުރަން. ކޯއްޗެއް ކާނީ؟” މާކިން ތެދުވަމުން ބުނެލިއެވެ. “މާކިން ކާ އެއްޗެއް ކާނީ.” އިނާރާ ހިނިތުން ވެލަމުން މިހެން ބުނެލިއިރު އޭނާ އުއްމީދުކުރީ މި ދަތުރުގެ ސަބަބުން އެ ދެމެދުގައި ވާ ގުޅުން ރަނގަޅުވާނެ ކަމަށެވެ. “އޯކޭ..” މާކިން މިހެން ބުނެފައި ފާޚާނާއިން ނިކުތެވެ.

ކެބިންއިން ބޭރު ބަލަން ހުރި ނާޒިމް ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އޭނާއަށް މާކިންއައި ދޭތެރޭ ޝައްކުވަނީއެވެ. މާކިން އަކީ އެހެން ނޫނިއްޔާ ރޭގަނޑު އޮފީހުގައި އިންނާނެ މީހެއްނޫންކަން އޭނާއަށް ހަމަރަނގަޅަށް އިނގެއެވެ. ނަމަވެސް ފުރުމުގެ ކުރިން ބައެއް ކަންތަން ކޮއްލަން މަޑުކޮއްފާނެ އޭވެސް އެނާގެ ހިތް ބުނަމުންދިޔައެވެ.

ނަމަވެސް އޭނާ ކުރިން އުޅުނު ގޮތަށް މިހާރު އުޅޭކަން އިނގިއްޖެނަމަ އޭނާ ޔާމިންއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ. އިނާރާއާއި ދޭތެރޭ މާކިން އެގޮތަށް ކަންތައް ކުރާކަން އިނގިއްޖެނަމަ ދެ ޢާއިލާގެ ގުޅުން ކެނޑިދާނެއެވެ. ނަމަވެސް ނާޒިމްއަށް ނޭގޭ ކަމަކީ މާކިން އިނާރައާއި ދެތެރޭ ހަޤީޤަތުގައި ކަންތައްކުރާ ގޮތެވެ.

އެންމެންގެ ކުރިމަތީގައި ލޯބިން އުޅުނު ކަމުގައި ވިޔަސް އިނާރާ އުފުލާ ތަކުލީފް ނާޒިމްއަށް އަންދާޒާވެސް ނުކޮއްލެވޭނެއެވެ. ނާޒިމްއަށް ހަޤީޤަތް އިނގޭނެނަމަ އޭނާ އިނާރާ މާކިންގެ ގާތުގައި ނުވެސް ބެހެއްޓީހެވެ. ދެ މީހުން ވަކިން ރިސޯޓަށް ފޮނުވާލެވުމުން މި ކުރެވުނީ ކޮންފަދަ ކުށެއް ކަމެއް އަދި އޭނާއަކަށް ނޭގެއެވެ. އެކަމުގެ ސަބަބުން އިނާރާގެ ދިރިއުޅުން މުޅިން ބަދަލު ވެދާނެކަމުގެ ހިލަމެއްވެސް ނުވެއެވެ.

ކެބިންގެ ދޮރު ހުޅުވުއަޑަށް ނާޒިމް ފަސްއެނބުރި ބަލައިލިއެވެ. އިމާރާތުގެ ސެކުއިރިޓީ ބަލަހައްޓާ މީހާ ފެނުމުން އޭނާ އެދިމާއަށް ދިޔައެވެ. “ޝާރިޤު ތަ ރޭގައި ޑިއުޓީގައި ހުރީ.” ނާޒިމް ސުވާލުކުރިއެވެ. “ލައްބަ.” ނާޒިމްގެ ސުވާލަށް އޭނާ ޖަވާބުދިނެވެ. “އެހެން ވިއްޔާ ރޭގައި އެއްވެސް އިރެއްގައި މާކިން އޮފީހަށް އައިތަ؟” ނާޒިމް އުއްމީދު ކުރީ މާކިން ބުނި ވާހަކަ ހަޤީޤަތަކަށް ވާނަކަށެވެ.

“ނޫން. ރޭގައި އެއްވެސް މުއައްޒަފަކު ނާދެ.” ޝާރިޤު ދިން ޖަވާބު ނާޒިމް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. “ޔަޤީންތަ ހަމަ؟؟ ހެނދުނުވެސް މާކިން އޮފީހުން ނިކުމެގެން ދިޔަތަނެއް ނުދެކެން.” ނާޒިމް ނުތަނަވަސް ވެފައިހުރެ ސުވާލުކުރިއެވެ. “ލައްބަ. އަޅުގަނޑު ހެނދުނު ޑިއުޓީ ނިމުނީ ނުވައެއް ޖެހިއިރު. މާކިން އޮފީހުން ނިކުމެގެން ދިޔަތަނެއް ނުދެކެން.” ޝާރިޤު ޔަޤީން ކަމާއިއެކީ މިހެން ބުނުމުން ނާޒިމް އޭނާ ފޮނުވާލިއެވެ.

ނާޒިމް ގޮސް އޭނާގެ ގޮނޑީގައި އިށީދެލިއިރު މާކިން އޭނާއަށް ދޮގުހެދީކަން މި ވަނީ ފަޅާއަރާފައެވެ. މާކިންއަށް އޭނާގެ ކުރިމަތީގައި ދޮގު ހަދަން ކެރުނީތީވެސް އޭނާ މިއަދު ލަދުގަތެވެ. މާކިން އެ ގޮތަށް ކަންތަން އެ ކުރީ ކީއްވެގެން ކަންވެސް ނާޒިމްއަށް ރަނގަޅަށް އިނގެއެވެ. މާކިންގެ އެ އުޅުން ބަދަލު ނުވީތީ އޭނާ ހިތާމަ ކުރިއިރު މާކިން އެނބުރި އައުމުން ހުރިހާ ހަޤީޤަތެއް އޭނާގެ ކިބައިން ހޯދަން ނާޒިމް ނިންމިއެވެ. މިފަހަރު މާކިން ހިތު ހުރިހާ ގޮތަކަށް އުޅެން އޭނާ ދުލެއް ނުކުރާނެއެވެ.

ސުވިމިން ޕޫލްގައި އުޅެމުންދިޔަ އިނާރާއަށް ނަޒަރު ހުއްޓާލައިގެން އިން މާކިން އިނީ ޗިޕްސް ކާށެވެ. އިނާރާ ފެންތަށް މައްޗަށް އުކަލާފައި ހިނިތުން ވެލާއިރު އެ ފެންތައް އޭނާގެ މޫނުގައި ބޮސް ދީފައި ފައިބައެވެ. އިރުކޮޅަކު ޕޫލްގައި އުޅެފައި އިނާރާ އެތަނުން އަރައިގެން އައިސް މާކިންގެ ކައިރީގައި އިށީދެލަމުން އެނާގެ އޮރެންޖް ޖޫސްތަށި ބޯންފެށިއެވެ. “ވަރަށް ރީތި ދޯ މިތަން.” އިނާރާ ބެލީ މާކިންއާއި ވާހަކަދެއްކޭތޯއެވެ. “ހޫމް.” ނަމަވެސް މާކިން ހަމައެކަނި ބުނެލީ މިހެންނެވެ.

“ކީއްވެ ޕޫލްއަށް ނޭރި ތިއިނީ.. ހިނގާބަ.” އިނާރާ ތެދުވެ މާކިންގެ އަތަށް ދަމަން ފެށިއެވެ. މާކިން ހުރީ އެވަގުތު ޕޫލަށް އެރޭ ހިތަކުން ނޫނެވެ. ނަމަވެސް އިނާރާ ގޮތްދޫ ނުކުރުމުން ތެދުވެ ލައިގެން ހުރި ޓީޝާތުބޭލިއެވެ. ދެމުން ދިޔަ ހޫނު އަވި އެ ހަށިގަނޑަށް އެޅިފައިވާއިރު ދާހިއްލާފައި ހުރުމުގެ ސަބަބުން އެ މޭމަތި ދަޅައަޅައެވެ. އިނާރާއަށް މި މަންޒަރު ބަލަން ހުރެވުނީއެވެ. އިނާރާ މާ ހެވިފައި އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރުމުން މާކިން ހިތްހަމަނުޖެހުނެވެ. އިނާރާ ހިތްހަމަޖެހިފައި ހުންނަތަން ދެކެން އޭނާ ބޭނުމެއް ނުވެއެވެ. އޭނާ އިނާރާއާއި އިނީވެސް ބަދަލު ހިފުމަށްށެވެ. އިނާރާއަށް އޭނާގެ ފެންވަރު އަންގައިދިނުމަށްށެވެ.

“ތި ފާޑަށް ބަލާނެ ކަމެއް ނެތް!” މާކިން މިހެން ބުނުމުން އިނާރާ ހީކުރީ އެއީ ސަމާސާއަކަށް ބުނިއެއްޗެއް ކަމަށެވެ. އެހެންވެ އޭނާވެސް ފެށިއެވެ. “ބަލާނަން. އަތްވެސް ލާނަން. ކީއްކުރެވޭނީ” އިނާރާ ސަމަސާ ކުރަމުން ގޮސް މާކިންގެ މޭމަތިގައި އަތް ބީއްސާލިއެވެ. އިނާރާ ދެއްކި ވާހަކައިން މާކިންގެ އައިސްފަހުރި ރުޅީގައި ހުޅުހިފިއެވެ. އެނާ މިއަދު ވީކަންތަކާއި ބޯ ހާސްވެފައި ހުއްޓައި އިނާރާއަށް އޭނާގެ ކުރިމަތީގައި ބަސްބުނަން ކެރުނީތީ އެނާ ހަމައިން ނެއްޓިއެވެ.

“ކީކޭ ތިބުނީ!! އަދި އެއްފަހަރު ބުނެބަލަ ނިކަން. ތި އަނގަމަތި ފަޅާލާނަން.” އިނާރާގެ ދެއަތުގައި ހިފައި ތަޅުވައިގަންނަމުން މާކިން ހަޅޭލަވައިގަތެވެ. މި ހިސާބަށް ދިޔުމުން އިނާރާއަށް މި ބުނެވުނީ ކީކޭކަން ރޭކާލިއެވެ. މާކިންގެ ރުޅިވެރިކަންފެނި އެނާ ބިރުން ރޫރޫ އަޅާލިއެވެ. “ސޮރީ. އެހެން ބުނިއެއްޗެއް ނޫން.” އިނާރާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ.

“އަދި ބުނެފި އެއްނުން ކީއްހޭ ކުރެވޭނީ! ދައްކާނަމޭ ނިކަން ކުރެވޭނެކަންތައް.” މާކިން މިހެން ބުނެފައި އިނާރާ ލުއި ފިޔައެއްހެން ނަގައި ކޮނޑުމައްޗަށް ލައިގެން މޫދާއި ދިމާއަށް ހިނގައިގަތެވެ. އޭރު އިނާރާ ފައިބަން ތެޅި ފޮޅެނީއެވެ. “ނޫން. މާކިން.. ނޭނގެ ފަތާކަށް.” އިނާރާ ބިރުގަތީ މާކިން އޭނާ މޫދަށް އެއްލަލަފާނެތީއެވެ. އެނާއަކީ އެއްވެސް ވަރަކަށް ފަތަން އިނގޭ ކުއްޖެއްނޫނެވެ. އަނެއްކާއި އެތަން އެހާ ފުންވުމުން އިނާރާ ދާނީ ސީދާ އަޑިއައްކަން އިނގުނެވެ.

ނަމަވެސް މާކިން މިއިން އެއްވެސް ކަމަކާއި މެދު ވިސްނައެއްނުލިއެވެ. “މާ ތުއި ދެއްކޭނެ ކަމެއްނެތް.” މާކިން މިހެން ބުނިއިރު އެނާ ހީކުރީ އެއީ އިނާރާ ޖެއްސުމަށް ބުނި އެއްޗެއް ކަމަށްށެވެ. އޭރުން މާކިންއަށް އޭނާ މޫދަށް ލާން ނުކެރޭނެތީ ބުނި އެއްޗެއް ކަމަށް ހީކޮއް އޭނާއަށް ކެރޭކަން އަންގާލަން ބޭނުންވިއެވެ.

މާކިން އެދިޔަ ގޮތަށް ގޮސް އިނާރާ އަތުގެ ކޮޅަށް މޫދަށް ހޫރާލިއިރު އޭނާ ވެއްޓުނީ ކުޑަކޮން ދުރަށްށެވެ. އޭނާއަށް އިނާރާ އެ ގޮތަށް ހޫރާލަން އެހާ ފަސޭހަވީ އިނާރާ ގެންގުޅެން ލުއި ކަމުންނެވެ. “ދެން އާދެ އަމިއްލައަށް ފަތާފަ!” މާކިން މިހެން ބުނެފައި ގޮސް ކުރިން އިން ގޮނޑީގައި އިށީދެލިއެވެ.

މޫދުގެ އަޑިއަށް ދަމައިގެން އިނާރާ މައްޗަށް އެރޭތޯ ތެޅިފޮޅެމުން ދިޔައެވެ. މާކިން މިހާ ރަޚުމު ކުޑަވެދާނެކަމަކަށް އެނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އަޑިއަށް ގެނބެމުން ދިޔައިރު އޭނައަށް ދިޔައީ ލޮނު ބޮވެމުންނެވެ. މައްޗަށް އެރޭ ކޮންމެ ފަހަރަކު އަޑުގެ ނެއްތަނަށް މާކިންއަށް ގޮވަން އަނގަ ހުޅުވާލިއަސް ލޮނު އެޅުމުގެ ސަބަބުން އޭނާގެ އަޑު ބޭރެއް ނުވެއެވެ. މަޑުމަޑުން އިނާރާގެ ހަރަކާތްތައް މަދުވަމުން ދިޔައިރު އެ ލޯ މެރެމުން ދިޔައެވެ. މައްޗަށް އެރުމުން ދުރުގައި އިން މާކިން ފެންނައިރަށް އަނެއްކާވެސް ލޮނުގަނޑުގެ އަޑިއަށް ދަމައިގަނެއެވެ. އިނާރާގެ ގައިން މަޑުމަޑުން ހަކަތަ ހުސްވަމުން ދިޔައެވެ.

ގޮނޑީގައި އިން މާކިން ފޯނަށް ގެއްލިފައި އިންއިރު އަނެއްއަތުން ޖޫސް ބޮމުންދިޔައެވެ. އޭނާ މިހެން އިނދެފައި އިނާރާ ކޮބައިތޯ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ކުރިން އެނާ ހީކުރީ އިނާރާ އެކްޓު ކުރަނީ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހަރަކާތްތަށް މަދުވަމުން ދިޔަކަން ފާހަގަވުމުން މާކިން ފުއްމައިގެން ކޮޅަށް ތެދުވެ އެ ދިމާއަށް ދުއްވައިގަތެވެ. މާކިން ގޮސް މޫދަށް ފުއްމާލުމުން މުޅިތަނަށް ލޮނުތަށް ބުރައިގެން ދިޔައެވެ.

މާކިން އޭނާގެ ގައިގައި ހުރި ބާރެއް ލާފައި އިނާރާއާއި ދިމާއަށް ފަތަމުން ދިޔައެވެ. އިނާރާގެ ކައިރިއަށް ދެވުނުއިރު އެނާގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. މާކިން އަވަހަށް އިނާރާ އޭނާގެ ގަޔާއި ކައިރި ކޮއްލަމުން މޫދުން އެރެން މިސްރާބުޖެހިއެވެ. އިނާރާ އަތްދަނޑިމައްޗަށް ނަގައިގެން ގެނެސް އެތަނުގައި ބޭއްވިއިރު އެ ދެލޯވަނީ މެރިފައެވެ. ތުންފަތް ހުދުވެފައިވާއިރު މުޅި މީހާއޮތީ ފިނވެފައެވެ. މާކިން ބަލަން ނުހުރެ އިނާރާގެ މެޔަށް ފިއްތަން ފެށިއެވެ. ފަސް ވަރަކަށް ފަހަރު މިހެން ހެދުމަށްފަހު އިނާރާގެ އަނގަޔަށް ނޭވާ ލާއިދޭންފެށިއެވެ.

“ބަމްބީ.. އޭތް.. ހޭ އަރާބަ.. ޕްލީސް..” މާކިން ހާސްވެފައި ހުރެ އިނާރާގެ މެޔަށް ފިއްތަމުން ބުނެލިއެވެ. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ. މާކިންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު އެ ލޮލަށް ބޮނޑިވެގެން ކަރުނައިން ލޯ ފުސްވިއެވެ. ނަމަވެސް އެނާއަށް އަދި މިކުމުގެ ހިލަމެއްނުވެއެވެ. މާކިން ހުއްޓުމެއްނެތި އިނާރާގެ މެޔަށް ފިއްތަމުން ދިޔައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހިތަކުން ނުފިލާނެ 21

Next

ހަވާތިފް…. 12 ވަނަ ބައި

Next
July 4, 2015

ހަވާތިފް…. 12 ވަނަ ބައި

Previews
July 4, 2015

ހިތަކުން ނުފިލާނެ 21

50 Comments!

  1. shyn says:
    July 4, 2015 at 4:50 pm

    Vrh reethi.. Next prt kon irakun… N me 1 first… Heheh..

  2. zaisha says:
    July 4, 2015 at 4:51 pm

    hope its long this time. next part insha allah tmrw. hope u guys like it, enjoy.. 🙂

  3. Stwry lover says:
    July 4, 2015 at 4:55 pm

    Vvvv nice.. next prt avas kohlacheyyyy

  4. Nuxu says:
    July 4, 2015 at 4:56 pm

    Perfect

  5. elyshaa says:
    July 4, 2015 at 4:59 pm

    yeay me 1 st , vvv rythi mi part ves ,yes maakin ah inaa dheke loabi vevuny dhw , yeay

  6. shaff says:
    July 4, 2015 at 5:00 pm

    Haadha reehchey mivaahaka. Umeedhukuran konme dhuvahakuves vaahaka genesdheyne kamah.

  7. iba says:
    July 4, 2015 at 5:00 pm

    Wow..v v v 8nice..keep it up..when next part is going to upload

    1. zaisha says:
      July 4, 2015 at 5:06 pm

      thanks. next part tmrw eveing ga as usual 🙂

  8. elyshaa says:
    July 4, 2015 at 5:01 pm

    me 4th dw , so sad

  9. maai says:
    July 4, 2015 at 5:05 pm

    Zai pls don’t kill inaara.v rh reethi mi part

  10. Stwry lover says:
    July 4, 2015 at 5:05 pm

    Anehkaa inara maraa leetha.. hehe

  11. Woooww says:
    July 4, 2015 at 5:08 pm

    alhe next part mihaaru vs kuyaalaa hiyyvey

  12. Lwvispink says:
    July 4, 2015 at 5:10 pm

    Next part avas kohlahcheyy.. mi haaru ves inthizaaru kureveniiiiii…. zai drls plz plzz plzzzz

  13. Raa e says:
    July 4, 2015 at 5:12 pm

    Wow v nice storyei.Konirakun dhn upvaany.:-)Plx avahah upkohdhybala anehbaivs kiyaa hiyvanny

  14. finni says:
    July 4, 2015 at 5:15 pm

    wooooooow vvvvvvvv nice….hama buneveynee vvvv tanx komme dhuvahaku up kohdheythee….

  15. Sheryn says:
    July 4, 2015 at 5:24 pm

    Zaisha alhe plxx mirey nxt prt up khdheebaa…plxx… shery v beynun…dhen emme fahun maakin lyk vaanee dhw inaaraa aa..

  16. naj says:
    July 4, 2015 at 5:29 pm

    wow.salhi…zaisha u r a really d writer..i read all ur esfiya stories..hama best..luv this story too 🙂

  17. love says:
    July 4, 2015 at 5:32 pm

    Wow… mi part vx vvvv salhi.. zai avahah next part up kohba..

  18. Shaa says:
    July 4, 2015 at 5:51 pm

    Varah salhi

  19. ihthu says:
    July 4, 2015 at 6:07 pm

    V nice… keep it up

  20. lovely says:
    July 4, 2015 at 6:16 pm

    Nice I love it♡♡♡♡♡

  21. Naajy Mohamed says:
    July 4, 2015 at 6:17 pm

    Alhe v salhi…. Next part knirakun??

  22. zaisha says:
    July 4, 2015 at 6:45 pm

    thanks ppl. 🙂

  23. naaz says:
    July 4, 2015 at 6:54 pm

    Varah reethi mibaivx.aslu maakin loabivey dhw!

  24. Fayaz says:
    July 4, 2015 at 7:24 pm

    Hamarovihje v reethi keep it up

  25. Crazi says:
    July 4, 2015 at 7:28 pm

    Next part ahvaha…dhen yageen maakin loabi vaa iru..ehnaaraannuvaane

  26. ash says:
    July 4, 2015 at 7:40 pm

    V salhiey

  27. kivi says:
    July 4, 2015 at 7:46 pm

    Alhe haadha reehchey mi vaahaka….can’t wait for the next part. .love you n your story zaisha..keep it up. .♡♡♡

  28. miu says:
    July 4, 2015 at 9:05 pm

    Woooow.. this is my frst cmmnt ingey.. vaahaka reethi kamun.. lov it.. waitng fr nxt prt.. 🙂

  29. Sam says:
    July 4, 2015 at 9:11 pm

    Wow v nice mi part vx..

  30. Munee says:
    July 4, 2015 at 9:17 pm

    vvvv nice

  31. IMEE says:
    July 4, 2015 at 10:11 pm

    vvvvvv nice

  32. dark princess says:
    July 4, 2015 at 10:18 pm

    wow!!!! vvv rythi story eh…. this is my first comment ingey…. but konme dhuvahakuves story kiyan…. keep it up zai… konme dhuvahaku up kohdheythy v happy…

  33. Naila Hassan says:
    July 4, 2015 at 10:18 pm

    Part one in feshigen kiyavan beynun vanee kihine hadhanee

    1. zaisha says:
      July 4, 2015 at 10:27 pm

      you can click on my name which is on top or bottom of the story name. and all of my stories will be available there. enjoy 🙂

  34. Mary says:
    July 4, 2015 at 10:24 pm

    Alhey haadha reethi vaahak ekey.adhi mirey ebbai genesdheebela.

  35. arsy says:
    July 4, 2015 at 10:35 pm

    very nice…

  36. Lali says:
    July 4, 2015 at 10:46 pm

    Vv salhi story….

  37. cute says:
    July 4, 2015 at 11:24 pm

    perfect…………

  38. marsha says:
    July 5, 2015 at 1:03 am

    Mi vaahaka kiyaafa ehen faharu comnent nukuriyas mifaharu comnent nukoh dhookoh nulevunu.. meah gothrh vsny..very very nice story. Fahakah ais kiyaalevey enme rythi vaahaka… inthizaaring for hext ep.., keep it up zaisha, u r amazing!!. vsrah heart touching

  39. naxhaa says:
    July 5, 2015 at 2:10 am

    Wow.salhi mi part ves

  40. aroooo says:
    July 5, 2015 at 5:22 am

    V v v v nice mi partves

  41. Serizawa says:
    July 5, 2015 at 6:26 am

    Reethi… ekam maa haasaru ginaee

  42. flower says:
    July 5, 2015 at 11:02 am

    alheyyy avas kurey anehbai avahah nerey

  43. Shiu says:
    July 5, 2015 at 1:16 pm

    Vv Vv nice

  44. Jam says:
    July 5, 2015 at 3:38 pm

    woooow This is my first cmmnt ingey.mi story reethikamun hama v v v reethi.adhi konmedhuvahaku up kuraathy vakin salhi ingey..keep it up

  45. Zo says:
    July 5, 2015 at 4:23 pm

    It’s good that you are keeping your word and uploading the story daily.. Nice Story!

  46. Sheryn says:
    July 5, 2015 at 4:49 pm

    Alhey zai miadhu evening ga kon irakutha?? Mihaaru shery nxt part kiyaahithun miyoh Moya vanee…haadha reehchey… zai viyyehnun komme dhuvahaku 2 gadeega vaahaka genesdheyn…hendhunu liyefa haveeru…haveeru liyefa reygandu…eyrun readers haadha ufaavaaney….mihaaruvex zai thaureefu ohi ohi dhw…hehehe…masha allah ur a gud writer…. 🙂 wish u bst of luck .. 😀

  47. elyshaa says:
    July 5, 2015 at 5:04 pm

    alhe zai , haadha reechey mi story , zai aa hoody aa mee hama 1 hama ehga ulhey 2 kudhin , shery bunaa hen mihaaru eoh evening vee , alhe egotha dhuvaalaku 2 part genes dhe way tho try kurachey ,. vv reethi , cant wait any more , avas plzz ingey zaiiii

  48. zaisha says:
    July 5, 2015 at 5:59 pm

    hehehe. thank you. but one part per day genesdheveyni. i can’t write 2 parts in oneday. hope u guyz understand. enjoy 🙂

Comments are closed.

Next Episodeހިތް ވިންދާނުލައި… (12)←


All Right Reserved!