Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 35

darkangel Level 210 Stories
July 2, 2015 4 Mins Read
24 Comments

 ޒާޔާއަށް ގެއަށް އާދެވުނީ 12 ޖަހަން އުޅެނިކޮށެވެ. ވަރުބަލިވެފައި ހުރުމާއިއެކު ބެލީ ގައިދޮވެލައިގެން ނިދޭތޯއެވެ. ޖެހިގެން އޮތީ ޗުއްޓީދުވަހެއްކަމުން ހަމަޖެހިގެން ނިދާލާށެވެ. ފޯނު ބަލައިލަން ހަނދާންވެސް އޭނަ ނެތެވެ. ފަހަކަށް އައިސް ފޯނަށް ދެވޭ ސަމާލުކަން ކުޑަވީމަކަމަށްވެސް ވެދާނެއެވެ. ހެނދުނު ހޭލައިގެން ފޯނު ބަލާލިއިރު މިސްވެފައި 25 މިސްކޯލް އޮތެވެ. ބޭރު ދެނަންބަރަކުން ގުޅާފައި އޮތްއިރު ޒަޔާންވެސް ގުޅާފައި އޮތެވެ. އަދި ސަނާވެސް ގުޅާފައި އޮތެވެ. ޒަޔާން އަށް ވައިބަރއިން މެސެޖު ކޮށްލުމަށްފަހު ދެން އިންނަންބަރަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ވިސްނާލުމަށްފަހު ގުޅާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުމުން އަޅާނުލައި ހުރީއެވެ. އެރޭގެ 10 ޖަހާއެހާކަށްހާއިރު ޒަޔާން އަނެއްކައިވެސް އޭނައަށް ގުޅިއެވެ. ނަމަވެސް ވާހަކަ ދެއްކީ ޒަޔާންއެއް ނޫނެވެ.

“ޒާ އެމް ގެޓިންގ މެރީޑް” ޒާޔާ އެއްޗެކޭ ނުބުނުމުން އެކޮޅުން ދެވަނަފަހަރަށް ބުނެލިއެވެ.

“ނޫރާ…” ޒާޔާއަށް މަޑުމަޑުން ކިޔާލެވުނެވެ.

“ޔެސް ފައިނަލީ އެމް ގެޓިންގ މެރީޑް އެހެންވެ އެހާވަރަށް ރޭގަވެސް ގުޅީ، އެކަމް ފޯނުނެގީކީ ނޫންވިއްޔަ، ގުޅާނުލާތާގައި ގުޅީމަވެސް ފޯނުނަގަނީކީ ނޫން” ނޫރާ ޝަކުވާ ކޮށްލިއެވެ.

“ސޮރީ، ސޮރީ، އެމް ސޯހެޕީ ފޯރ ޔޫ، ކޮންގްރެޓްސް” ޒާޔާކުޑަކޮށް ހީލަމުން ޖަވާބުދިނެވެ.

“އޯކޭ ނައު ލިސެން، އެވްރިވަން އާރ ކަމިން، ސޯ ޔޫ އާޓޫ، ނޯއެސްކިޔުޒް ނަތިންގް، ފައިނަލް އިނގޭ” ނޫރާ އޭނަ ގުޅި އަސްލު މަޤުސަދު ހާމަކޮށްލިއެވެ.

“ނޫރާ އައި ކޭންޓް، އަހަރެން މިހުރީ ވަޒީފާގަ، އެން އެމް ނޮޓް ލިވިންގް ވިތް އެވްރީވަން ނައު…..”

“އަހަރެން މިއީ ޒާޔާގެ ބެސްޓްފްރެންޑް، ދޮންބެއާއި ބްރޭކްއަޕްވީއޭ ކިޔާފަ އޭގެ މާނައެއްނޫންދޯ އަހަރެންނާވެސް ދުރުވާށެކޭ، އައި ނޯ އެވްރީތިންގ، ދޮންބެ ކިޔާދީފި ތިދެމީހުން ބްރޭކްއަޕްވިކަން، އެމް ނޮޓް ކޮމްޕްލެއިނިންގ އެކަން ކުރިން ނޭންގީމަ، ތިމީހުންގެ ޑިޝިޝަންއެއް އެއީ، ބަޓް ޒާ އަހަރެމެންގެ ފްރެންޑްޝިޕް ދޯ ކުރިން އައީ، އެކަމާހެދި އަހަރެން ބޭނުމެއްނޫން އަހަރެންގެ ބެސްޓްފްރެންޑް އަހަރެންގެ ވެޑިންގްގައި ބައިވެރި ނުވެހުންނާކަށް، ޔޫއާރ ކަމިންގ، ޕްލީޒް” ޒާޔާގެ ވާހަކަ މެދު ކަނޑާލަމުން ނޫރާ ވާހަކަ ދެއްކިއެވެ. ޒާޔާއަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ. އޭނަ އެޕާޓީއަށް ނުދާން އެއުޅެނީ ކޮންމެހެން އެހެންވެގެނެއް ނޫނެވެ. ރާއިންގެ ކުރިމައްޗަށް ނާރަންވެގެނެވެ. ސަލްމާއާއި ދެވަނަފަހަރަށް ކުރިމަތިލާނެހާ ހިތްވަރުނެތިގެނެވެ. ފަސްއަޅާ ނިންމިކަމަށްބެލި މާޒީއާ ދިމާއަށް އަލުން ނުބަލަންވެގެނެވެ.

“ޒާ ޕްލީޒް އިޓްސް ނޮޓް އަ ޕްރޮބްލެމް، ޓްރަސްޓްމީ، މޮމްވެސް އޯކޭ، އިންފެކްޓް މަމް އަމިއްލައަށްވެސް ބުނި ޒާނުގެންނާނަންހޭ، ޕްލީޒް ސޭޔެސް، ކަމްޓް ލަންޑަން” ޒާޔާވިސްނަން ހުއްޓާ ދެވަނަފަހަރަށްވެސް ނޫރާ އެދުނެވެ. އެންމެފަހުން ޒާޔާ އާއެކޭ ބުންޏެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ފޯނުބާއްވާފައި އެނދުގައި ވިސްނަން އިނެވެ. އޭނަހަމަ ދާންވީބާއޭ ވިސްނާލަ ވިސްނާލަ އިނެވެ. ނަމަވެސް ނޫރާގެ ވާހަކައިން އޭނަ އެތަނުގައި ހުރުމަށް ނޫރާ އެދޭވަރުވެސް އެނގުނެވެ. ދާން އާއެކޭވެސް ބުނީ އެހެންވެގެނެވެ.

“ވިލް ޝީކަމް…. އައި ސްޓިލް ޑައުޓް ދެޓް” ޒަޔާންއަށް ބަލާލަމުން ނޫރާބުނެލިއެވެ.

“ޔޫވާރ އޯސެމް، އޭނަ އަންނާނެ، އެން އޭނަ ގެނައުމުގެ ޒިންމާއޮތީ އޮން ޔުއަރ ހެޑް، ރިމެންބަރ ދެޓް” ނޫރާގެ އަތުންފޯނުނަގާ ހިނގައިގަންނަމުން ޒަޔާން ބުނެލިއެވެ.

“ދޮންބެ ކޭން އައި އާސްކް ޔޫއަ ކްއިޝަން، ފަހަތަށް އެނބުރިލަމުން ނޫރާ ޒަޔާންއަށް ބުނެލިއެވެ. ނޫރާއާއި ދިމާބަލާލަމުން ދެޖީބަށް އަތްޖަހައިލަމުން ޒަޔާން ހޫމް އަޅުވާލިއެވެ.

“ދޮންބެ ކީއްވެ ޒާއާ މެރީނުކުރީ، ޔޫނޯވ ޝީވުޑްހޭވް” ޒަޔާން ނޫރާއަށް އޭނައާއި ޒާޔާގެ ގުޅުންނިމުނު ވާހަކަ ކިޔައިދިނީއްސުރެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލިއެވެ. ޒަޔާންއަށް ޒާޔާ ހާސިލް ކުރެވެން އޮތްއިރުގައިވެސް ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ ރާއިން ދުވަހަކުވެސް ޒާޔާއާއި ގުޅޭނެކަން އެނގެނީކީ ނޫނެވެ.

“ބިކޯޒް އައި ލަވްހާރ،” ކުޑަކޮށްހީލަމުން އެހެންބުނެލާފައި ނޫރާއަށް އިތުރު އެއްޗެކޭބުނާނެ ފުރުސަތުނުދީ ޒަޔާން ހިނގައިގަތެވެ.

ޖެހިގެން އައިދުވަހުވެސް ޒާޔާއަށް ނޫރާގުޅިއެވެ. އޭނައަންނަކަން ޔަގީން ކުރިއެވެ. ޖެހިގެން އަންނަދުވަހު ކައިވެނި ކުރަން ހަމަޖެހިފައިވާތީ ޓިކެޓްވެސް ހަމަޖައްސާފައިވާނެކަންވެސް އެންގިއެވެ. އަދި ކައިވެނި ކުރެވޭދުވަހުގެ ހަފްތާއެއްވަރު ކުރިން އަންނަންވާނެކަންވެސް ނޫރާ ބުނެލިއެވެ. ޒާޔާވެސް ސްކޫލުން ޗުއްޓީހަމަޖެހޭތޯ އުޅުނެވެ. ދެހަފްތާގެ ޗުއްޓީއަކަށް އޭނައެދުނެވެ. އޭނައަށްވެގެންވާނަމަ ދާނީ ހަމައެކަނި ނޫރާގެ ކައިވެނި ދުވަހަށެވެ. ނަމަވެސް އޭނަގެ ޒާތީކަމަކުން އެކުވެރިޔާ ބުރަގޮތަކަށް އިހުސާސް ކުރަންބޭނުން ނުވާތީ އެގޮތަށް ނިންމީއެވެ. ނަމަވެސް ހިތަށް ފިނިވެގެންދަނީ ރާއިން މަތިން ހަނދާންވެފައެވެ. ރާއިން ކުރިމައްޗަށް އަރައިފައި އޭނައަށް އިހުސާސްތައް ކޮންޓްރޯލް ކުރެވޭނެބާއެވެ. ނުކުރެވިއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ ރާއިން ދެކޭވެސް ހިތްވެއެވެ. ގިނަދުވަސްތަކެއްފަހު ރާއިން ފެނުމުގެ ނަސީބުލިބެނީއޭވެސް ބައެއްފަހަރު އޭނަގެ ހިތް ބުނާކަހަލައެވެ.

     ހަފްތާއެއްހާދުވަސް ފަހުން ޔާސިރު އޭނައަށް ގުޅިއެވެ. އަދި ފުރުމުގެ ކަންތައް ހަމަޖެހިފައިވާ ކަމަށް ބުނެލިއެވެ. އޭނަނޫން އެހެން އެންމެން ކުރިން ހިނގައްޖެކަމަށްވެސް ބުނެލިއެވެ. ޒާޔާގެ ޗުއްޓީހަމަޖެހުނީ އަދި އެއްހަފްތާ ފަހުންކަމަށް ނޫރާގެ ފަރާތުން އެނގުމުން އޭނަ ޒާޔާގޮވައިގެން ދާން މަޑުކުރީކަމަށް ބުނުމުން އުފާވިއެވެ. އަދި ރާއިންގެ ކުރިމައްޗަށް އެހާ އަވަހަށް އަރަން ނުޖެހުމުން ނަސީބެކޭ ހިތަށްއެރިއެވެ. ނަމަވެސް އެގޮތުގައި ފިލައިގެން އުޅެވޭނީ ކިހާދުވަހެއް ވަންދެކަށްހެއްޔެވެ؟ ތަޤުދީރު ކުޅޭނީ ކޮންކަހަލަ ސަމާސާއެއް ކަމެއްވެސް ނޭނގެއެވެ.

     އެދެހަފްތާވެސް ޒާޔާހޭދަކުރީ ހާސްކަމެއްގެ ތެރޭގައެވެ. ހުރީ ދެހިޔާލެއްގައެވެ. އަދި ގޮސްފައި އެނބުރި އަންނާނެހާ ހިތްވަރު އޭނަގެ ނެތިދާނެތީ އެކަމާ ބިރުވެސް ގަނެއެވެ. އެހެންވެއްޖެނަމަ މިހުރިހާ ދުވަހު ކުރި މަސައްކަތް ފެނަށްވެގެންދާނެއެވެ. މާލެއަށްދާން ފުރަން އޮތް ދުވަހުއްސުރެ އޭނަ ހުރީ ހިތްބިރުގަނެފައެވެ. ކޮންމެވެސް ގޯސްކަމެއްވާން އުޅެނީއޭ ހިތްބުނާކަހަލައެވެ.

     އިބްރަހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްއިން ޒާޔާ ނުކުތްއިރު ޔާސިރު ހުރީ އޭނަ ނުކުންނާނެ އިރަކަށްބަލަބަލައެވެ. އަމިއްލަ ދަރިފުޅު ދުވަސްތަކެއް ފަހުން އަންނާތީ ކުރެވޭނެ އުފާވެރި އިހުސާސެއް އޭނަ ކުރަމުން ދިޔައެވެ. ނަމަވެސް ޒާޔާފެނުމުން އެމޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ކުރިއަށްވުރެވެސް ޒާޔާ ހިކިފައި ހުރުމުންނެވެ. މޫނުމަތިންވެސް ކިތަންމެ ރަނގަޅަކަށް އެކަން ފާޅުވެއެވެ. ލޮލުކައިރީގައި ކޮންމެވެސްވަރަކަށް ކަޅުކުލަ ވެރިވެފައި ހުއްޓެވެ. ހީވަނީ ބަލިވެފައި އުޅެފައި ހުރިހެނެވެ.

     “ދަރިފުޅުބަލީތަ، ނޫނީ ރަނގަޅަށް ނުކަނީތަ،” ޒާޔާ ކައިރިއަށް ޖެހެމުން އެންމެފުރަތަމަވެސް ޔާސިރުއަށް ކުރެވުނު ސުވާލަކީއެއީއެވެ. ހިނިތުންވެލަމުން ޒާޔާ ދެފަރާތަށް ބޯހޫރާލިއެވެ. ނަމަވެސް ޔާސިރު އެކަމެއް ގަބޫލެއް ނުކުރިއެވެ

     “ގިނަދުވަސްތަކަކަށްފަހު ފެނުނީމަ ބޭބެއަށް ހީވިގޮތެކޭ ތިއީ، އަޅުގަނޑު ހަމަ ވަރަށް ރަނގަޅު، ބޭބެހާސްނުވެބަ!” ފެރީއަށްއަރަމުން ޒާޔާބުނެލިއެވެ. ޔާސިރުވެސް އެންމެފަހުން ދޫކޮށްލިއެވެ. ފެރީގައި ތިބިއިރު ޔާސިރު ޒާޔާއާއި އެކިއެކި ސުވާލުކުރަމުން ދިޔައެވެ. މަސައްކަތާއި ބެހޭގޮތުންނެވެ. އޭނަ ހުންނަ ރަށާއި އަދި ގެއާއި ބެހޭގޮތުންނެވެ. ޒާޔާވެސް އެސުވާލުތަކަށް ޖަވާބުދެމުން ގޭގެ އެހެންމީހުންގެ ހާލުއަހަމުންދިޔައެވެ. ފެރީ ޓާމިނަލް އަށް ފޭބުމުންވެސް ޒާޔާއަށް ފުރަތަމަ ހަނދާންވެގެން ދިޔައީ ރާއިންމަތިންނެވެ. ދެލޯމަރާ ބާރުކޮށްލަމުން ހިތުން އެހިޔާލު ނެރެލިއެވެ. އަދި އަވަސްއަވަހަށް ކާރަށް އެރިއެވެ.

     “ދަރިފުޅު އަރާމު ކޮށްލަންވީނުން، ދެން ނެތް މާގިނަ އިރެއްވެސް، މިހާރު 5 ޖަހަނީ، 9 ޖަހާއިރު ޗެކިން އޮންނާނެ، ދަރިފުޅުގެ ކޮޓަރި ހުންނާނީ ފޮޅާ ސާފުވެސް ކޮށްފަ، ނޯކަރަކު ލައްވާ ކާނެ އެއްޗެއް ފޮނުވާނަން ކޮޓަރިއަށް” ގޭތެއަށް ވަދެވުމުން ޔާސިރު އޯގާތެރިކަމާއެކު ބުނެލިއެވެ. އާއެކޭ ބުނަމުން ޒާޔާ ސިޑިން މައްޗަށް އަރަން ފެށިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ފުރަތަމަވެސް ޒާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެތައް ހަނދާންތަކެއް އެއްފަހަރާ ހަނދާނަށްއައީމައެވެ. ހުރިހާއެއްޗެއްވެސް ހުރީ އޭނަ ދޫކޮށްދިޔަގޮތަށެވެ. ލޮލަށް ކަރުނަ ޖަމާވެގަތްހިނދު ފުންނޭވައެއްލަމުން ކޮޓަރިއަށްވަދެ ދޮރުޖަހާލުމަށްފަހު އެނދުގައި އިށިއިނެވެ. އަދި ހިތާހިތުން ނުރޯން ކިޔާލަކިޔާލައިނެވެ. އެނދުގައި އޮށުއޮވެލީ ބޮލަށް ބަރުވާންފެށުމުންނެވެ.

     ޒާޔާއަށް ހޭލެވުނީ ކޮޓަރީގެދޮރުގައި މީހަކު ޓަކިޖަހާއަޑަށެވެ. ކުރިން އޭނައަށްހުރީ ދޮރުތަޅުލެވިފައެވެ. މޫނުރީތިކޮށްލަމުން ދޮރުހުޅުވާލިއިރު ހުރީ ޔާސިރުއެވެ. ނިދުނީއޭބުނަމުން ޒާޔާމާފަށް އެދުނެވެ. ޔާސިރު ހިތްހަމަނުޖެހުނީ އައިގޮތަށް އެއްވެސް އެއްޗެއް ނުވެސްކައި ހުރީމައެވެ. ތައްޔާރުވެލައިގެން އަވަހަށް އެއްޗެއް ކެއުމަށް އޭނައެދުނީ 8 ޖަހަންކައިރިވެފައި ވުމާއިއެކުއެވެ. ޔާސިރުދިއުމުން ޒާޔާވެސް އަވަހަށް ރެޑީވާންފެށިއެވެ. އަދިވެސް ބޮލުގައި މަޑުރިހުމެއް އެކުލެވިގެންވިއެވެ. ވިސްނަންނުވާވަރަށް ވިސްނޭތީކަން އޭނައަށްވެސް އެނގެއެވެ.

     ޒާޔާމެންނަށްދެވުނުއިރު ޗެކިންގް ފެށިއްޖެއެވެ. ސަލްމާމެންނަށް ގުޅާލުމަށްފަހު ޗެކިންނަށް އައިސްތިބިވާހަކަ ބުނުމުން ޒާޔާގެ ހާސްކަން ވީއިތުރެވެ. ކުރިއަށްއަޅާކޮންމެ ފިޔަވަޅަކީ ރާއިންގެ ގާތަށް އެޅޭފިޔަވަޅެކެވެ. ފަހަތަށް އެފިޔަވަޅު ނަގާނެހާ ހިތްވްރު ނެތިއްޖެނަމަ ވާނީ ކިހިނެތްހެއްޔެވެ؟ އެރެވެން މިއުޅެނީ ކިހާފުން ވަޅުގަނޑަކަށްބާއެވެ.

“ޝީއިޒް ކަމިންގް….” ޒަޔާންގެ ކޮޓަރިދޮރު ހުޅުވާލަމުން ނޫރާ ބުނެލިއެވެ.

“ޓޯލްޑް ޔޫ……” ޑްރެސިންގް ޓޭބަލްކައިރީގައި ތައްޔާރުވާންހުރި ޒަޔާން ކުޑަހިނިތުންވުމަކާއިއެކު ބުނެލިއެވެ.

“ޔާނާވެސް މިއަދު އަންނާނެ….ދޮންބެ ޔަގީންތަ ޕްލޭން ވޯރކްކުރާނެކަން…އިފް މިހުރިހާކަމެއް ފްލޮޕްވެއްޖިއްޔާ…” ޒަޔާންކައިރިއަށް އައިސް ނޫރާ އިތުރުކޮށްލިއެވެ.

“ޑޯންޓް ޓޯކްއެބައުޓްއިޓް، އެވްރީތިންގ ވިލްބީފައިން، ހުރިހާ ކަމެއް ރަނގަޅު ކުރާކަންނު މިއުޅެނީ،…ޕްލޭން ވޯރކްވެސް ކުރާނެ، އެން އައިތިންކް ޔޫގޮޓް މޯތިންގްސް ޓް ތިންކް….” ޒަޔާން ނޫރާއާއި ދިމާކޮށްލިއެވެ. އިތުރަށް އެވާހަކަތަށް ދައްކަންބޭނުން ނުވުމާއިއެކު ވާހަކަ ބަދަލުކޮށްލުމަށެވެ. އަދި ނޫރާ އެންމެ ފަސޭހައިން އެތަނުން ދާނީވެސް އޭރުންކަން އެނގޭތީއެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ހިތް ވިންދާނުލައި… (9)

Next

ހަވާތިފް…. 10 ވަނަ ބައި

Next
July 2, 2015

ހަވާތިފް…. 10 ވަނަ ބައި

Previews
July 2, 2015

ހިތް ވިންދާނުލައި… (9)

24 Comments!

  1. iba says:
    July 2, 2015 at 10:26 pm

    Story v v reethi..bt v kuru..kon irakun next part up vanee

  2. darkangle says:
    July 2, 2015 at 10:31 pm

    next part is on sunday.

  3. shaisha says:
    July 2, 2015 at 10:40 pm

    Darkangle.dhen nxt part avahah upp kohnudheefiyya roveyne !! Love u

  4. elysha says:
    July 2, 2015 at 10:40 pm

    mihaa gina dhuvas kohfaves , ehaalahun, but vvvv reethi mi part ves

  5. xee says:
    July 2, 2015 at 10:42 pm

    Wow varah salhi

  6. Fazoo says:
    July 2, 2015 at 10:44 pm

    Darkangle haadalahey vaahaka upvaaleh…vv salhi vaahaka..so kineh vaantha miulhenee mihaaru…

  7. shahidha says:
    July 2, 2015 at 10:53 pm

    Hushaasarru v foohi mi part

  8. MINNU says:
    July 2, 2015 at 11:02 pm

    MASHA ALLAH V REETHI VAAHAKA EH

  9. nazi says:
    July 2, 2015 at 11:06 pm

    vaahaka vvvvv reethi midhigu inthizaaru vara foni plz plz plz thankolhey dhigu kolladheebala

  10. yaan says:
    July 2, 2015 at 11:25 pm

    Haada kurey.enme kiyaahiy vaahisaabun thi ninmaalany.v bad

  11. shyn says:
    July 2, 2015 at 11:30 pm

    Haadha. Kury…ekam vrh reethi..

  12. Thoo says:
    July 2, 2015 at 11:55 pm

    Varah reethi!!! Looking forward for next part!! Thank You mikahala reethi vaahaka eh genesdheythy ❤️

  13. dimple says:
    July 2, 2015 at 11:58 pm

    Alhey haadha kurey….

  14. aisha says:
    July 3, 2015 at 1:06 am

    Beykaaru baithah maa ginaee. Ehves intrestim eh noon

  15. pinky says:
    July 3, 2015 at 4:13 am

    V salhi vaahaka..obinessss

  16. Hee hee halaaku says:
    July 3, 2015 at 10:45 am

    vaahakaiga english bas thah maa ginaee…. ehnve varah foohi kiyan…. ehvex dhivehi vantha kameh neh…. darkangle english vaahaka liyan veenu dhw…. >.<

  17. naj says:
    July 3, 2015 at 11:09 am

    Vv reethi..hama habeys

  18. me says:
    July 3, 2015 at 12:55 pm

    next partge inthixaaruga

  19. Aishaa says:
    July 3, 2015 at 1:02 pm

    waittin for sunday… love this part also…

  20. rishu says:
    July 4, 2015 at 2:10 pm

    v nice…waitn 4 next part

  21. rishu says:
    July 4, 2015 at 2:10 pm

    nice

  22. IMEE says:
    July 4, 2015 at 10:20 pm

    story vvvvv reethi…watin 4 next part..

  23. swyty girl.. says:
    July 5, 2015 at 3:14 pm

    Story hama vvvv habeyx.. Luv this story.. Kba miadhu Sunday ey .. Hadhaan khdhyny mi ingey..

  24. shiyaa says:
    July 5, 2015 at 3:58 pm

    heskiyaafa reethi vaahaka eh.. avahah up kurey.. keep it up darkangle…

Comments are closed.

Next Episodeއިންތިޒާރު 36←


All Right Reserved!