Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (9)

zaisha Level 210 Stories
July 2, 2015 6 Mins Read
42 Comments

މާކިން އައިސް އިނާރާގެ މޫނުގައި ޖެހޭނުޖެހޭ ވަރުގައި މަޑުކޮއްލިއިރު އޭނާގެ ހޫނުނޭވާ އިނާރާގެ މޫނަށް އެޅެމުންދިޔައެވެ. އިނާރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާ ބިރުން ޖަހާފައި ހުރި ބުދެއްހެން ހުރެވުނީއެވެ.

“އެއީ މާކިން ވަރަށް ރަނގަޅު. އުފަލުން މި ރޮވެނީ.. މަންމަ މަތިންވެސް މާ ބޮޑަށް ހަދާންވީ..” އިނާރާ މިހެން ބުނެލިއިރު ކުރިމަތީގައި ހުރި މާކިން ވިހަގޮތަކަށް ހީލިއެވެ. “އެހެންތަ. މަންމަ ހީކުރީ އަނެއްކާ މާކިން ކަމެއް ކުރިއްޔޭ. ދެންވެސް އެކަހަލަ ކަންތަކާއި ނުރޯތި. މަންމަ ވަރަށް އުފާވެއްޖެ މާކިން ދަރިފުޅު އުފަލުގައި ގެންގުޅޭތީ.. ކޮބާ އޭނާ؟” ޝީލާގެ ހިތްހަމަޖެހިފައި ހުރެ އަހާލިއެވެ. “މިހިރީ…” އިނާރާ މިހެން ބުނެފައި ފޯނު މާކިންއަށް ދިއްކޮއްލިއެވެ. އޭރުވެސް އިނާރާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައެވެ.

“ހަލޯ.. މަންމާ ކިހިނެތް.. މަންމަ ހާސްނުވޭ އަޅުގަނޑު ވަރަށް ރަނގަޅަށް އިނާރާ ބަލައިދޭނަން… އާނ..މަންމަ ބުނިހެން ހަމަ ކިރިޔާ ކަމެއް ވެލާއިރަށް ރޯ ކުއްޖެއް މީ..” މާކިން ލޯކުޑަ ކޮއްލަމުން އިނާރާއާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ. “ޔާ.. ބައްޕައަށް ސަލާމް ބުނައްޗޭ.. ބައި.” މާކިން ވާހަކަ ދެއްކުމަށްފަހު ފޯނު އެނދުމައްޗަށް ހޫރާލިއެވެ.

“މާކިން… ނޫން.. ޕްލީސް ސޮރީ.” އިނާރާ ބިރުންހުރެ ވާހަކަދެއްކިއެވެ. ނަމަވެސް މާކިން އައިސްފައި ހުރި ރުޅީގައި އިނާރާގެ މުލަށްދަނޑީގައި ހިފައި ބާރަށް ގަޔާއިދިމައަށް ގެނެއެވެ. އޭރު އިނާރާއަށް ހުއްޓުމެއްނެތި ރޮވެމުންދެއެވެ. “ނުބުނަންތަ މަންމަމެން ކައިރި ބުނެގެން ނުވާނެޔެކޭ! ކީއްވެތަ އަޑު ނީވެނީ..” މާކިން ހަޅޭލަވައިގަތެވެ. އޭރު އިނާރާ އެ އަތުގެ ތެރެއިން ސަލާމަތް ވުމަށް ތެޅި ފޮޅެނީއެވެ. “ތިހެން ނަހަދާ ޕްލީސް. ތަދުވެޔޭ… އައި ލަވް ޔޫ.” އިނާރާ އާދޭސް ކުރަމުން ބުނެލިއެވެ.

މާކިން އިނާރާގެ ކޮލުގައި ހިފައި ބާރުކޮއްލުމަށްފަހު ގެންގޮސް އިނާރާގެ ފަހަތުގައި ހުރި ފާރުގައި ޖެއްސިއެވެ. މިހާރު އިނާރާއަށް ހިރިލަންވެސް އުނދަގޫވެއްޖެއެވެ. މާކިން އެއްއަތުން އޭނާގެ ކޮލުގައި ހިފަހައްޓައިގެން ހުރިއިރު އެ ބިޔަ ހަށިގަނޑުވަނީ އޭނައާއި ޖެހި ފިތިފައެވެ. “ބަޓް އައި ޑޯންޓް ލަވް ޔޫ! ދުވަހަކުވެސް ނުވާނަން. ތި މޫނު ފެނުނަސް އަހަރެން ރުޅިއާދޭ. ހިތަށް އަރާ ހަމަ…. އަދި މީހެއްކައިރި މިވާހަކަ ބުނާނަންތަ؟؟ ބުނާނަން ހޭ!!” މާކިންގެ ހަޅޭކުގެ އަޑަށް އިނާރާ އަވަހަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ. އޭރުވެސް މާކިން ހުރީ އޭނާގެ ކޮލުގައި ހިފަހައްޓައިގެންނެވެ. “ގުޑް. ދެން ހިނގާ ތިރިއަށް ކާންދާން.” މާކިން މިހެން ބުނުމަށްފަހު އިނާރާގެ ކޮލުން އަތް ދޫކޮއްލިއެވެ. އޭރު އޭނާ ހިފިތަން ކުޑަކޮން ރަތްވެފައި ހުރުމުން މާކިން ދުރަށްދަމުން ކޮލުގައި ބޮސްދިނެވެ.

އިނާރާއަށް އެނާގެ ކޮލުގައި ފިރުމާލެވުނެވެ. އަމިއްލައަށް އަނިޔާކޮއްފައި ބޭސްވެސް އަޅައިދެނީ މާކިން އަމިއްލައަށްށެވެ. އިނާރާ އިތުރަށް ރޮއެފިއްޔާ ކަންތަން އިތުރަށް ގޯސްވާނެކަން އިނގޭތީ އޭނާ ތައްޔާރު ވުމަށް ފާޚާނާއަށްވަނެވެ. ސިންކު ކައިރީގައި ހުރެ މޫނަށް އެވަރަށް ފެންޖެހިއިރުވެސް އެ ލޮލުން ކަރުނައެއް ނުހިކުނެވެ. އޭނާ ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. ރޮއެރޮއެ މުޅި ދެލޯ ރަތްވެފައި ވާއިރު ކޮލުގައި ކުޑަ ރަތްކަމެއް ފާޅުވާންހުއްޓެވެ. އޭނާ ތިރިއަށް ދިޔުމުގެ ކުރިން މޫނުގައި ފައުންޑޭޝަން ހާކާލާ ކޮލުގައި ހުރި ރަތްކަން ފޮރުވާލިއެވެ. ޖިސްމަށް ލިބޭ އަނިޔާ ފޮރުވުނުކަމުގައި ވިޔަސް އޭނާގެ ހިތަށް މި ލިބޭ އަނިޔާގެ ލަކުނުތަށް އަބަދުމެ ވާނެއެވެ.

މަހެއް ވަރު ފާއިތުވެގެން ދިޔައިރުވެސް މާކިންގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ބޭނުން ވީމަ އަނިޔާކޮއްފައި ފަހުން ލޯބިން އުޅޭއިރު ކަމެއް ވީހެންވެސް ހީނުވާނެއެވެ. އިނާރާވެސް އޮފީހަށް ނުދެވޭނެ ވާހަކަ ޔާމިން ކައިރީގައި ބުނުމުން އޭނައަށް އެތަށް ސުވާލެއް ކުރިމަތިވިއެވެ. ނަމަވެސް ވާހަކަ އޮޅުވާލައިގެން ކިޔާދޭން ޖެހުމުން އިނާރާދެރަވިއެވެ. ބައްޕަގެ ކުރިމަތީގައި އެގޮތަށް ދޮގުހަދަން ބޭނުންނުވިޔަސް އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ.

އިނާރާ ގިނަ ވަގުތު ގޭގައި އުޅުނަސް މާކިން ގިނައިން އުޅޭނީ ބޭރުގައެވެ. އޭނާ އެދަނީ ކޮންތާކަށް ކަން އިނާރާއަށް ހަމަ ރަނގަޅަށް އިނގުނަސް އެކަމަކާއި ޝަކުވާއެއްނުކުރެއެވެ. ކިތަންމެ ރެއަކު މާކިން އޭނާގެ ކައިރީގައި އޮންނައިރު އެ ފޯނަށް ގުޅާ ކުދިން އުޅެއެވެ. އަދި ނުވިތާކުން މާކިން އެމީހުންނާއި ވާހަކަދައްކާނީ ވެސް އިނާރާގެ ކައިރީގައި އޮވެގެންނެވެ. އިނާރާއަށް ޖެހެނީ މިކަންތައް ތަހައްމަލު ކުރާށެވެ.

އާދައިގެ މަތިން ސީ ހައުސްގައި ކޮފީބޯންތިބީ މާކިންއާއި ރާހިލްއެވެ. “ކޮބާ.. މިހާރު މަލަކް ކިހިނެތް؟؟” މާކިން ސުވާލުކުރިއެވެ. “އޭނާ މަޑުމަޑުން ސިނގިރޭޓު ބުއިން ވަނީ މަދުކޮއްފަ. ދެން ޑްރަގްސް ހިޔެއްނުވޭ ނެގޭނެ ހެންނެއް. އޭނައަށް ގެޔަކުން ބޭރަކަށް ނުދެވެއެއްނުން. އެކަމަކު..” ރާހިލް މިހެން ބުނެފައި ވިސްނުމަކަށް ގެއްލުނެވެ.

“އެކަމަކު ކިހިނެއްވީ؟” މާކިން ހާސްވެފައި އިނދެ އެހިއެވެ. “އެޑިކްޓުވެފައި ހުންނަ މީހަކަށް ޑްރަގްސް ނުލިބެންޏާ ވަރަށް ވަރުވާނެ. އެކަމަކު އޭނާއަށް އަދި އެވަރެއް ނުވޭ. ވެދާނެ އަހަރެން ހީކުރިވަރަށް އެޑިކްޓު ނުވެހުރީކަމަށް.. އެކަމަކު ވަރަށް ޝައްކުވޭ..” ކޮފީތަށި ބޮމުން ރާހިލް ބުނެލިއެވެ.

“ދެން ތިބުނަނީ އޭނާ ސިއްރުން އެކަން ކުރަނީއޭތަ.. ކިހިނެތް އެހެން ވާނީ. އޭނާއަށް ގޭތެރެއަކަށް އެއްވެސް އެއްޗެއް ނުވެއްދޭނެ. ގޭގައި އަބަދުވެސް މަސައްކަތު މީހެއް އުޅޭނެ. ބައްޕަވެސް އެ މީހުން ކައިރި ބުނެފަ އޮންނާނީ އިތުރު މީހަކު ގެއަށް ވައްދައިގެން ނުވާނެޔޭ. އަނެއްކާ މަލަކްއަށް ވެސް ބޭރަކަށް ނުދެވޭނެ އަހަރެމެން މީހަކާއިއެކީ ނޫނީ..” މާކިން މިހެން ބުނެލީ ވިސްނަން އިނދެފައެވެ.

“ނޭނގެދެން.. ކޮބާތަ އެ ބައްސާމް. މި އަންނަނީއްޔޭ ކިޔާފަ އަދިވެސް ދައްކާލީކީއެއް ނޫން.” ރާހިލް މަޢުލޫއު ބަދަލު ކޮއްލަމުން ބުނެލިއެވެ. އެވަގުތު އެތަނަށް ބައްސާމް ވަދެގެން އައިތަން ފެނުމުން މާކިން އިޝާރާތް ކޮއްލިއެވެ. “ތި ފެށީ ދޯ މިހާރު. ވެއިޓަރ.” ބައްސާމް ކައިރިން ދިޔަ ވޭޓަރަކަށް ގޮވާލިއެވެ. “ޔެސް. ކޮއްޗެއްތޯ ނަންގަވަނީ.” ރީތި ހިތްގައިމު އަޑެއް ކަންފަތުގައި ޖެހުމާއި އެކީ މާކިން ކައިރީގައި ހުރި އަންހެން ކުއްޖާއަށް ނަޒަރުހުއްޓާލިއެވެ.

އިސްކޮޅުންދިގު ހަމުގެ ކުލަ އެހާ ދޮންނޫނަސް ރީތިވަރަކަށް ހުރި މިކުއްޖާގެ ނަޒަރު މާކިންއަށް ހުއްޓުނެވެ. އޭނާގެ ފަން އިސްތަށިގަނޑު މައްޗަށްނަގައި އައްސާލެވިފައި ވާއިރު ލިބިފައިހުރި ކުޑަލޯ ބޮޑަށް ވައްތަރީ ޖަޕާނު ކުދިން ހުންނަކަހަލަ ލޮލަކާއެވެ. މާކިންއަށް މި އަންހެންކުއްޖާއަށް ސަމާލުކަންދެވުނެވެ. ލައިގެން ހުރި ވެއިޓާރ ޔުނީފޯރމް ގައިގައި ހިފާފައި ހުރިއިރު އެނާ އެހާ ފަލަނޫންކަން ހާމަކޮއްދެއެވެ.

ބައްސާމް އޯޑަރު ދިނުމުން އެކުއްޖާ ދަމުން މާކިންއަށް ހިނިތުންވެލިއެވެ. މާކިންއަކީ އަބަދުވެސް ރީތި އަންހެންކުއްޖެއް ފެނިއްޖެނަމަ އަޅައިގަންނަ މީހެކެވެ. އަނެއްކާ ދެންމެ މި ފެނުނުކުއްޖާގެ ހުރި ސިފަތަކަކީ އެހެންނޫނީ ދިވެއްސެއްގެ ކިބައިގައި ހުންނަ ސިފަތަކެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް މާކިން މި ކުއްޖާއާއި ވާހަކަދައްކާލަ ހިތްވިއެވެ.

ކޮފީނިމިގެން ބިލް ޕޭކުރަން ގޮސްފައި އެ ކުއްޖާގެ ކައިރީގައި މާކިން ހުއްޓެލިއެވެ. އަދި އޭނާގެ އަތަށް ޓިޕްއެއް ދިނުމަށްފަހު އޭނާގެ ނަންއަހާލިއެވެ. “ޒެރީން.” އެ ކުއްޖާ ހިނިތުންވެލަމުން ނަން ބުނެލިއެވެ. “ހާއި ޒެރީން. އައި އެމް މާކިން. ދިވެއްސެއްތަ؟” މާކިން ސުވާލުކުރިއެވެ. އޭނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ހާދަ ތަފާތޭ އެކަމަކު. އެހެންވެ ހަމަ އަޅައިގަތީ. ކުޑަކޮން ވާހަކަދައްކާލެވި ދާނެތަ؟” މާކިން އޭނާގެ ރީތިކަން ހާމަކުރުމައްޓަކައި ދެ ޖީބަށް އަތްޖަހާލަމުން ބުނެލިއެވެ. މާކިންގެ ރީތިކަމަކީ އަންހެންކުދިންގެ ބަލިފައިކަން އޭނާއަށް ހަމަ ރަނގަޅަށް އިނގެއެވެ.

“އޯކޭ. އެކަމަކު މިހާރު ނުވާނެ.” ޒެރީން ހިނިތުންވެލަމުން ބުނެލިއެވެ. “ދެޓްސް އޯކޭ. ކިހާއިރަކު ނިމެނީ..” މާކިން އަހާލިއެވެ. “ރޭގަނޑު ސެވަންގަ.”ޒެރީން މިހެން ބުމުން މާކިން އެހާއިރަށް އެތަނަށް އަންނާނެކަމަށް ބުނެ ދުރުގައި ތިބި ރާހިލްއާއި ބައްސާމްއާއި ދިމާއަށް މިސްރާބުޖެހިއެވެ.

އެވަގުތު ޒެރީން ދުރުގައި ހުރި ބައްސާމްއަށް ނަޒަރު ހުއްޓާލިއެވެ. މާކިން އޭނާއާއި ދުރަށް ދިޔުމުން ބައްސާމް ބޮޑުވައި އިނގިލިން ރަނގަޅުހޭ ބުނާގޮތަކަށް އިޝާރާތްކޮއްލިއެވެ. އެއަށް ޒެރީން ޖަވާބުދިނީ ލާނެތް ހިނިތުން ވުމަކުންނެވެ. ބައްސާމް އެތަނުން ނިކުމެގެން ދިޔައީ އަމިއްލަ ކާމިޔާބީއަށް ހިނިތުންވަމުންނެވެ. ރާހިލްއާއި ހީ ވާހަކަދައްކަމުން ދިޔަ މާކިންއަށް ބައްސާމް ނަޒަރުހުއްޓާލިއެވެ. މިހާރު ހީ ސަމަސާ ކުރަމުންދާއިރު މާކިންގެ ދިރިއުޅުމަށް އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް އޭނާއަކަށް ނުވެއެވެ.

ސިޓިންރޫމަށް ނިކުން މަލަކް އިނީ މީހެއްގެ އިންތިޒާރުގައެވެ. ހަވީރު ފަހެއްޖެހިއިރު ގަޑިއަށް އިރުއިރު ކޮޅާއި ބަލަމުންދިޔައިރު އޭނާ އިނީ ކެތްމަދުވެފައެވެ. އިރުކޮޅަކުން ގޭގޭ ބެލްޖެހި އަޑަށް އޭނާ ފުންމައިގެން ތެދުވެ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ދޮރު ހުޅުވާލުމަށްފަހު ބޭރުގައި ހުރިމީހާ އެތެރެއަށް ވަނުމުން މަލަކް އަވަހަށް ދޮރު ތަޅުލިއެވެ. އެ މީހަކު ޖީބުން ކަޅުކުލައިގެ ކުޑަ ޕެކެޓެއް ނެގުމަށްފަހު މަލަކްއަށް ދިއްކޮއްލުމުން މަލަކް ބަލަން ނުހުރެ އެ ޕެކެޓުގައި އަވަހަށް ހިފިއެވެ.

“އަހަރެން މިކަން ކޮއްދޭކަން އެކަކަށްވެސް އިނގިގެން ނުވާނެ. އެހެން ނޫނީ މި ވަޒީފާ ގެއްލިދާނެ.” މަސްއޫދު ވާހަކަދެއްކިއެވެ. “ނޭނގޭނެއޭ. މަސްއޫދު މިކަން ކޮއްދޭތާ މަހެއްވީ.. މީހަކަށް އިނގުނުތަ. މަސްއޫދަށް ލާރިވެސް ލިބެއެއްނުން. ދެން ދޭ މަސައްކަތް ކުރަން.” މަލަކް މިހެން ބުނެފައި ދުވެލާފައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. މަސްއޫދަކީ އެ ގެޔަށް މަސައްކަތް ކުރަން ގެނެސްފައި ހުރި މީހެކެވެ. ގެއަށް ތިން މީހުން ގަޑިބަހައިގެން މަސައްކަތް ކުރަން އަންނައިރު މަސްއޫދު އަންނީ ހަވީރުއެވެ. ނާޒިމް މިކަން ހަމަޖެއްސީ ވެސް މަލަކް އެކަނި ގޭގައި ނުބެހެއްޓުމަށްށެވެ.

ނަމަވެސް މަލަކް އެއަށްވުރެން ބޯބޮޑެވެ. ސިޑޭގެ އެހީގައި މަސްއޫދަށް ލާރިދީފައި ކޮންމެ ދުވަހަކު އޭނައަށް މަސްތުވާތަކެތި ސިޑޭ ހަވާލުކުރެއެވެ. އެގޮތުން މަލަކް މަސްތުވާތަކެތި ބޭނުން ކުރަމުން ދާތާ މަހެއް ވިއްޔެވެ. ކޮންމެ ދުވަހަކު ހަވީރު އެ ބޭނުންކޮއްގެން ކޮޓަރީގައި އޮންނަ މީހާ ރޭގަނޑު ލަސްވުމުން ނޫނީ ނުނިކުންނާނެއެވެ. އެހެން މީހަކަށް ޝައްކު ނުވަނީ ވެސް މިހެންވެއެވެ. ގޭގައި މަސައްކަތް ކުރަން އަންނަ މީހެއް ލައްވާ މަލަކް މިފަދަ ކަމެއް ކޮއްފާނެ ކަމަކަށް ހީކުރާނީ ވަކި ކާކުހެއްޔެވެ.

އެނދުގައި ބަންޑުން އޮތް އިނާރާއޮތީ ފޯނުން ފޭސްބުކަށް ވަދެގެންނެވެ. އޭނާ ދިޔައީ މާކިންގެ ޕްރޮފައިލްގައި ހުރި އޭނާގެ ފޮޓޯތަށް ބަލަމުންނެވެ. މިހެން އޮންނައިރު އެ ތުނަފަތަށް ކުޑަ ހިނިތުންވުމެއް ފާޅުވެއެވެ. މާކިންގެ ސޫރައަށް ބެލުމަކީ އޭނާ ހިތްހަމަޖެހޭ ކަމެކެވެ. މާކިން ނިދިފައި އޮންނައިރުވެސް އިނާރާ އެގޮތަށް އެ މޫނަށް ބަލަހައްޓައިގެން ކިތަންމެ އިރަކު އޮވެވެއެވެ. ނަމަވެސް އެ މޫނުގައި ބީހިލާކަށް ނުކެރެއެވެ. ހިތް ބިރުގަންނަނީއެވެ. މާކިން ނޭދޭ ގަޑިއެއްގައި އެ ގޮތަށް އަތްލުމުން ހިތްހަމަނުޖެހި ދާނެތީއެވެ. މާކިންގެ ފޮޓޯއަށް ގެއްލިފައި އޮތް އިނާރާ ސިހުނީ ކޮޓަރީގެ ދޮރުހުޅުވުނު އަޑަށެވެ.

 އޭރު މާކިން ލައިގެން ހުރި ގަމީސް ބާލަމުންދިޔައެވެ. “ޖޫސް ގިރަންވީތަ؟؟” މާކިން އާންމުކޮން އެގަޑީގައި ގެއަށް އައިސް ޖޫސް ބޯނެތީ އިނާރާ ސުވާލުކުރިއެވެ. “ނޫން. ދެންމެ ކޮފީއެއް ބޮއެގެން މިއައީ. ހިނގާބަ އަހަރެންނާއި އެކީ ފެންރާލަން.” މާކިން ތުވާލި ނަގައިގެން ގޮސް އިނާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަމަވެސް އިނާރާ ފެންވެރީ ދެންމެއެވެ. އޭނާ އަނެއްކާ ފެންވަރަށް ޖެހިލުންވީ ރޯގާޖެހި ހުން އަންނާނެތީއެވެ. އިރުއޮއްސޭ ގަޑިއަށްވެފައި އެހާ އަވަސް އަވަހަސް ފެންވެރުމުން އޭނާ ބަލިވާނެކަން އިނގެއެވެ. އިނާރާއަކީ އެހެންނޫނަސް ފިންޏަށް ބަލިމީހެކެވެ.

“މާކިން.. ދެންމެ ފެންވަރައިގެން މިއައީ. އަނެއްކާ ފެންވެރީމަ ރޯގާޖެހި ހުންއައިސް ދާނެ.” އިނާރާ ޖެހިލުންވި ނަމަވެސް ބުނެލިއެވެ. “ވަޓްއެވާ. މި ބުނީއެއްނުން ހިނގާށޭ.. އެހެންނޫނީ ނަގައިގަނެގެން ގެންދާނީ.” މާކިން މިހެން ބުނެފައި އިނާރާ އަތްދަނޑި މައްޗަށް ނަގައިގެން ފާޚާނާއާއި ދިމާއަށް މިސްރާބުޖެހިއެވެ.

މާކިން އޭނާ ކީއެއްވެސް އެއްޗަކަށް އަޅާނުލުމުން އިނާރާ ހިތުގައި ޖެހުނެވެ. މާކިންއަށް އޭނާގެ ބޭނުންތައް ފުއްދުމުން އެ ނިމުނީއެވެ. އެކަމުން އިނާރާއަށް ލިބޭނެ ހިތާމައާއި އުނދަގުލަކަށް މާކިން ނުވިސްނައެވެ. އިނާރާއަށް ފިނިވާތީ ހީޓަރުޖައްސަން އެދުމުންވެސް މާކިން އޭނައަށް ދިނީ ބީރު ކަންފަތެކެވެ.

ރީތިވާ މޭޒުކައިރީގައި އިނދެ ބޯ ފުނާއަޅަމުންދިޔަ އިނަރާ ކިނބިއްސެއް އަޅާލިއެވެ. އޭނާ އަތުން ނޭފަތް އުނގުޅާލިއިރު ނޭފަތަށް ވަނީ ޖަންބުކުލަ އަރައި ރަތްވެފައެވެ. ގައިގައި ކުޑަކޮން ހުމުގެ އަސަރު ހުރިނަމަވެސް އެހާ ވަރެއްނުވެއެވެ. މާކިން އޭނާގެ ސެންޓުފުޅިނަގައި ގަޔަށް ޖަހާލުމުން މުޅި ކޮޓަރީގައި ހިފައިގެން ދިޔައީ ބޮސް ސެންޓުގެ ހިތްގައިމު ވަހެވެ. ނަމަވެސް މި ވަސްދުވައި އިނާރާއަށް އަނެއްކާވެސް ކިނބިހިއެޅުނެވެ. އޭރު އޭނާވަނީ ހަމަ ރަނގަޅަށްވެސް ރޯގާޖެހިފައެވެ. އެނާ ދެރަވެފައި އިނދެ މާކިން އާއި ދިމާއަށް ބަލައިލިއެވެ.

“ކިހިނެތްވި މާ ފާޑަކަށް ތި ބަލަނީ.” ޓީޝާޓު ގަޔަށް މަހާލަމުން މާކިން ބުނެލިއެވެ. ނަމަވެސް އިނާރާ އެއްޗެކޭ ނުބުންޏެވެ. އެނާ އެއްޗެކޭ ބުންޏަސް ވާހަކަ ދައްކާނީ ޖެއްސުމަށް ކަން ހަމަރަނގަޅަށް އިނގޭތީއެވެ. މާކިން ބޭރަށް ދާންހެދުމުން އެ ދަނީ ކޮންތާކަށްތޯ އަހަލާން ބޭނުންވި ނަމަވެސް އޭނާ ފަސްޖެހުނެވެ. މާކިން ދިޔުމުން އޭނާގެ ލޮލުގައި ބޮނޑިވެގެން ކަރުނައިން ލޯ ފުސްވިއެވެ. ދިލަ ކަރުނަތަށް ރޮނގެންހެން ކޮތާފަށް ފޭބިއިރު އޭނާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ.

ސީ ހައުސްގެ ބޭރުގައި މަޑުކޮއްލައިގެން ހުރި މާކިން ދިޔައީ ޒެރީން ނިކުންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ގަޑިން ހަތް ގަޑި ފަނަރަ ވީތަނާ ޒެރީން ނިކުމެގެން އައިސް މާކިންގެ ކައިރީގައި މަޑުކޮއްލިއެވެ. “ހާއި.” ޒެރީންގެ އަޑަށް ރެއިލިންގައި އަތް އަޅުވާލައިގެން ހުރި މާކިން ބަލާލިއެވެ. “ހާއި.. ހިނގާ އަހަރެންގެ ކާރަށް ގޮސް ވާހަކަ ދައްކާލަން. އިފް ޔޫ އާ އޯކޭ ވިތް ދެޓް.” މާކިން މިހެން ބުނުމުން ޒެރީން ދެކޮޅު ހެދުމެއްނެތި އޭނައާއިއެކީ ސިޑިން ފޭބިއެވެ.

އިރުކޮޅަކު ކާރު ދުއްވަމަށްފަހު ގޮސް މަޑުކޮއްލީ މީހުން ނޫޅޭ އަނދިރި މަގަކަށްށެވެ. އޭރު ކާރު ތެރޭގައި ދިއްލާފައި ހުރި ފަނޑުއަލިން ޒެރީންގެ މޫނު ރީއްޗަށް ހާމަވަމުން ދިޔައެވެ. “ހަމަ ސީރިއެސްކޮން. ތިއީ ބޭރު ކުއްޖެއްނޫން.” މާކިން ހެމުން ބުނެލިއެވެ. “އާއެކޭ. ބުނީމެއްނުން. އެހެން ނޫނަސް އަހަރެން އެހާ ދޮނެއްވެސް ނޫނެއްނުން. ޖަޕާނުކުދިން ހުންނާނީ ހުދު ކުލައިގަ..” ޒެރީން ހެމުން ބުނެލިއެވެ. “ކޮންތާކު އުޅެނީ.” މާކިން ކާރުގެ ސީޓުގައި ހަމަޖެހިލަމުން އަހާލިއެވެ. “މާފަންނުގައި. އެކަނި އެޕާރޓްމެންޓެއްގައި. ކޯސް ހަދަމުން ޕާޓް ޓައިމް ވަޒީފާއަކަށް އެތަނަށްވަނީ. ދެން ކޯސް ނިމޭކަށް މާގިނަ ދުވަހެއް ނެތް. އޭރުން ރަނގަޅު ޖޮބަކަށް އެޕްލައި ކުރާނީ.” ޒެރީން ހިނިތުންވެ އިނދެ ވާހަކަދެއްކިއެވެ.

މާކިން އެހެން އިނދެފައި މަޑުމަޑުން ޒެރީންގެ އަތުގައި ހިފާލިއެވެ. ޒެރީން އޭނައާއި ގާތްވަމުން ދިޔައިރު މާކިން އެކަން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. “އައި އެމް މެރީޑް.” މާކިން މިހެން ބުނެލީ ޒެރީންގެ މަޤްސަދު ދެނެގަތުމައްޓަކައެވެ. އޭނާ އާންމުކޮން އުޅެނީ އިނާރާއާއި އިނުމުގެ ކުރިން އުޅުނު ކުދިންތަކާއި އެކީއެވެ. އެމީހުންނަށް މާކިންގެ ގޮތް އިނގޭތީ މާކިން މީހަކާއި އިނަސް އެކަން ބަދަލު ނުވާނެކަން އެމީހުންނަށް އިނގެއެވެ.

“ދެޓްސް އޯކޭ. އަހަރެން މިއީ ކުޑަކުއްޖެއް ނޫނޭ. ކޮންމެހެން މިކަން މީހަކަށް އިނގޭކަށް ނުޖެހެއެއްނުން.” ޒެރީން އިތުރަށް މާކިންއާއި ކައިރިވެލަމުން ބުނެލިއެވެ. އިރުކޮޅަކަށްފަހު ޒެރީން ގެއަށްދާން ބޭނުންވިއެވެ. ފަހުން ގުޅާނެކަމަށް ބުނެ މާކިން ކާރު ދުއްވާލީ ޒެރީން އޭނާގެ ގެއަށް ލާދިނުމަށްށެވެ.

ދިޔަ މަގުމަތީގައި ޒެރީންގެ ފޯނަށް މެސެޖެއް އައެވެ. ޒެރީން އެ މެސެޖް ހުޅުވާލިއެވެ. “ކިހިނެތް ކަންތަން؟” މެސެޖް ފޮނުވާފައި އޮތީ ބައްސާމްއެވެ. ޒެރީން އޭގެ ޖަވާބުގައި ‘ތަމްބްސް އަޕް’ އެއް ފޮނުވާލުމަށްފަހު ކައިރީގައި އިން މާކިންއަށް ބަލައިލައިރު އޭނާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހަވާތިފް….. 9 ވަނަ ބައި

Next

އިންތިޒާރު 35

Next
July 2, 2015

އިންތިޒާރު 35

Previews
July 1, 2015

ހަވާތިފް….. 9 ވަނަ ބައި

42 Comments!

  1. zaisha says:
    July 2, 2015 at 2:53 pm

    here is the new part. hope u guyz like it 🙂 🙂

  2. elyshaa says:
    July 2, 2015 at 3:07 pm

    kihinehbaa vaa miulheny

  3. elyshaa says:
    July 2, 2015 at 3:08 pm

    am 1st

  4. elysha says:
    July 2, 2015 at 3:08 pm

    me 1st

  5. Nuzzath says:
    July 2, 2015 at 3:09 pm

    i love it

  6. iraa says:
    July 2, 2015 at 3:14 pm

    vvvvv nice.. keep it uppp..

  7. shafu says:
    July 2, 2015 at 3:18 pm

    V NICE..
    WHEN NEXT PART…? 😛
    MIGADY ANEH BAI VES KIYAA HIH VANYYY….. 🙂

    1. zaisha says:
      July 2, 2015 at 3:23 pm

      hehehe. next part insha allah tmrw. 🙂 🙂

  8. aaku says:
    July 2, 2015 at 3:24 pm

    V v v nice

  9. xee says:
    July 2, 2015 at 3:24 pm

    Heevany rangalhu malhiyehiyeh maakin karuga beden ulheyhen…. Inaa love you

  10. elyshaa says:
    July 2, 2015 at 3:26 pm

    vvvv reethi mi part ves

  11. yaan lahu says:
    July 2, 2015 at 3:32 pm

    V salhi. Keep it up.

  12. kiyaalaa kuhjaa says:
    July 2, 2015 at 3:39 pm

    V reethi mi partvx… Waiting for the next part….

  13. iris says:
    July 2, 2015 at 4:11 pm

    alhe tmrw ma las… mirey up kohdhyba… zai pls… v kiyaalaa hie vey aneh bai… v reethi mi part ves

  14. zee says:
    July 2, 2015 at 4:15 pm

    wow zaisha ahves ingey dho vaahaka liyan vaahaka liyumuge vahtafaalhi ebahuri

  15. Nau says:
    July 2, 2015 at 4:17 pm

    Vrh ves reethi…☺✌waiting waiting waiting.. hope u will upload the stwry sòooon… ina lwbi ah gotheh nuhadah cheyyy.. teach some manners to that maakin…

  16. Nau says:
    July 2, 2015 at 4:19 pm

    Yrh im with iris tmrw maa las .. tnight plz plz plz zaish lwbyyyyyyy

  17. finni says:
    July 2, 2015 at 4:23 pm

    Vvvvvv nice…..

  18. naj says:
    July 2, 2015 at 4:32 pm

    Nice vara ves

  19. azki says:
    July 2, 2015 at 4:38 pm

    maakin ah adhi visneyne iraadha kurehviyya,
    and mi part ves varah reethi 🙂

  20. shaai says:
    July 2, 2015 at 5:08 pm

    make ina preg

  21. Meee says:
    July 2, 2015 at 5:11 pm

    Its kwl avahah up kuraathy.. hope saayaa story ah vygoih nuvaanekamah.. e story v avas avahah up kuri up to 14 then vynuvy neyge adhiadhahvx..
    btt thi story nice ekam dhn markin ah kommes landehlibi inaaraa dheke inthihaayah lobivaavarukohba.. n markin dad menah inaaraa gaiga thalhaa kahala sene eh dhakkaa bust kohlaa.. dhn eyna fageeru kohlaanii eyna dad properties athulaa gein nerelaafa.. stupid markin..
    😀

  22. shyn says:
    July 2, 2015 at 5:14 pm

    Vrh..vrh..reeethi….when nxt prt….

  23. Anonymous says:
    July 2, 2015 at 6:06 pm

    Nice

  24. Anonymous says:
    July 2, 2015 at 6:07 pm

    Wow

  25. lilly says:
    July 2, 2015 at 6:08 pm

    Wow

  26. ash says:
    July 2, 2015 at 6:08 pm

    Nice

  27. kainy says:
    July 2, 2015 at 7:20 pm

    Vvvv salhi

  28. Meesh says:
    July 2, 2015 at 7:37 pm

    Owsem…. waiting 4 tmrw

  29. maai says:
    July 2, 2015 at 7:46 pm

    Me2 waiting 4 tomorrow

  30. Rishmee says:
    July 2, 2015 at 8:02 pm

    Nice story

  31. Aishaa says:
    July 2, 2015 at 9:32 pm

    Good work…. keep it up

  32. aishaa says:
    July 2, 2015 at 9:56 pm

    waitinggggggggggggggggg………………..

  33. cute says:
    July 2, 2015 at 10:13 pm

    thanks zaishaa……

  34. seen says:
    July 2, 2015 at 10:20 pm

    Vvvvreeyh vaahakaeh

  35. shaupha says:
    July 2, 2015 at 10:25 pm

    v reethi mi part..

  36. iraa says:
    July 2, 2015 at 10:27 pm

    V v v v Salhi. .

  37. zaisha says:
    July 2, 2015 at 10:39 pm

    thank you guyz. 🙂

  38. muxu says:
    July 2, 2015 at 10:42 pm

    Vv salhi…ma lahun gennathy v dheravey vahaka kiyeyleh las vyma..ekam v rythi

  39. Thoo says:
    July 2, 2015 at 11:54 pm

    V salhi

  40. wooly says:
    July 3, 2015 at 12:18 am

    Waiting… Waiting… love this story… tmrrw when update kuraaniii Zai..??

  41. Ingeyne says:
    July 3, 2015 at 12:37 am

    V salhi dhen annan oyy bai adhi maasalhivaane kan yageen

Comments are closed.

Next Episodeހިތް ވިންދާނުލައި… (10)←


All Right Reserved!