Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

ޤާތިލް-10

Ali Shimhaz Level 110 Stories
March 23, 2021 4 Mins Read
2 Comments

މިއަދަކީ ޝަޔާމާގެ އިސްކޫލްގެ ފުރަތަމަ ދުވަހެވެ. ޝަޔާމާގެ އުމުރަކީ އިސްކޫލު އެހެންކުދިން ފަދައިން 18 އަހަރެވެ. ޓީޗަރު ޝަޔާމާ ހުރިހައި ކުދިންނަށް ތަޢާރަފްކޮށްދިނެވެ.

ޔަޝްފާން ޝަޔާމާއަށް ޝިކާރަވެރިޔަކު އޭނަގެ ޝިކާރަޔަށް ބަލައިހެން ބަލައިލިއެވެ. ޝަޔާމާ އިސްކޫލު ކުދިންނާއި  ސަލާން ކުރަންފެށިއެވެ.   ޔަޝްފާން ގާތަށް އައިސް ސަލާމްގެ އަތް ދިއްކޮށްލިއެވެ. ޔަޝްފާން އެ އަތުގައި ހިފިއެވެ. އަތުގައި ހިފަހައްޓައިގެން އެ ރީތީ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. އަތުން ދޫކޮށްލައިކަށް ނޫޅުނެވެ. ޝަޔާމާ ރަކިވިއެވެ.

”ޔަޝްފާން”ޓީޗަރު ނުރުހިފައި ގޮވައިލިއެވެ. ޔަޝްފާން ޝަޔާމާގެ އަތުން ދޫކޮށްލިއެވެ. ދެން ޔަޝްފާން ކައިރީގައި ތިބި ޔަޝްފާންގެ އެންމެ ގާތް އެކުވެރިން ޖާވިދު އާއި ރިފާޢު އަދި ސާމީއާއި ސަލާންކުރިއެވެ. ޔަޝްފާން އޭރު ހުންނަނީ އިސްކޮޅު ކުރުކޮށެވެ. އިސްތަށި ބުޅިކޮށެވެ. ކުޑަކޮށް މަތިމަހެއް ފަޅައިފައި އިނދެޔެވެ.ޔަޝްފާންގެ ކިލާހު ކުދިން ޔަޝްފާންއަށް ކިޔަނީ ޔަޝްއެވެ.

އިސްކޫލްގައި ޝަޔާމާ އިނީ ވަރަށް ބަސްއަހައިގެންނެވެ. ވަރަށް ފަރުވާތެރިކަމާއިއެކު ޓީޗަރުން ނަގައިދޭ ފިލާވަޅުތައް އަޑުއަހައެވެ.

އިސްކޫލްގެ ރަނގަބީލު ޖަހައިފިއެވެ. އެއީ އިސްކޫލު ނިންމައި ރަނގަބީލެވެ. ހުރިހައި ކުދިން އަވަހަށް ނުކުންނަންފެށިއެވެ. ހީވަނީ އިސްކޫލް ނިމޭނެ އިރަކަށް އެކުދިންތައް އިންތިޒާރުކޮށް ތިބިހެންނެވެ. ޝަޔާމާ އަވަސްއަރައިގަނެގެނެއް ނޫޅެއެވެ. މަޑުމަޑުން ފޮތްތައް ތަރުތީބުކޮށް ދަބަހަށް އަޅައި ކޮނޑުގައި ދަބަސް އަޅުވައިގެން ނިކުމެއްޖެއެވެ.

ޔަޝްފާން ޔަޝްފާންގެ އެކުވެރިންނާއިއެކު ދަނިކޮށް ޝަޔާމާ އެކަނި ދާތަން ފެނިގެން އެކުވެރިންނާއި ވަކިވެ ޝަޔާމާ ފަހަތުން އަޅުވައިލިއެވެ. ޝަޔާމާއަށް މީހަކު ފަހަތުން އަންނަހެން ހީވެގެން ފަހަތް ބަލައިލިއެވެ.

”ކީއްވެ އަހަރެން ފަހަތުން ތި އަންނަނީ” ޝަޔާމާ އެހިއެވެ.

”އަހަރެންނާއި އެކުވެރިވާނަންތަ”ޔަޝްފާން އެކުވެރިކަމުގެ އަތް ދިއްކޮށްލިއެވެ. ޝަޔާމާ އިރުކޮޅެއްވަންދެން ހުރެލައިފައި މަޑު މަޑުން އެ އަތުގައި ހިފައި ޔަޝްފާންގެ އެކުވެރިކަން ޤަބޫލްކުރިއެވެ.އޭގެ ފަހުން އެ ދެ ކުދިންނަކީ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށް ވެއްޖެއެވެ. ހީވަނީ މާކުރިންވެސް އެކަކު އަނެކަކު ދަންނަހެންނެވެ. އެކުގައި ކޮފީއަށް ދެއެވެ. އިސްކޫލަށް ދެއެވެ. އިސްކޫލަށް ދާއިރުވެސް އިސްކޫލުން އަންނައިރުވެސް އަދި އިސްކޫލްތެރޭގައިވެސް ވަރަށް ވާހަކަ ހުރެއެވެ. މިހާރު ޝަޔާމާއަކަށް އެހައި ކިޔެވުމަކަށް ސަމާލުކަމެއް ނުދެވެއެވެ.

މިއަދަކީ އޯގަސްޓުން މަހުން އެކެކެވެ. ޝަޔާމާ ފުރަތަމަ މި ރީތި ދުނީޔެ ދުށް ދުވަހެވެ.

ފުރަތަމަ ނޭވާ ދުނިޔެއަށް ދޫކުރި ދުވަހެވެ. ޝަޔާމާގެ އުފަންދުވަހެވެ.      އުފަންދުވަސްކަމުން

އިސްކޫލްގައި ކިޔަވައި ހުރިހައި ކުދިންނަށާއި އަދި ކިޔަވައިދޭ ޓީޗަރުންނަށް ޝަޔާމާ ޗޮކްލެޓް ބަހަނީއެވެ.  އިސްކޫލު އިސް ޓީޗަރު ގާތަށް ގޮސް ޝަޔާމާ ޗޮކްލެޓެއް ދިއްކޮށްލިއެވެ. ޓީޗަރު އެ ޗޮކުލެޓްގައި ހިފިއެވެ.

”ޝަޔާމާ  ޔަޝްފާން ކަހަލަ  ކުދީންނާއި އެކުވެރިކަން ބާއްވައިކަށް ނުވާނެ”

”ޔަޝްފާންއާއި އެކުވެރިވި ފަހުން މިހާރު ޝަޔާމާއަށް ޓީޗަރު ކިޔަވައިދޭ އެއްޗެއްގެ އަޑެއްވެސް

ނީވޭ”

”ޝަޔާމާ އޭނަޔާއި ރުޅިވޭ”  ޝަޔާމާގެ ކަންފަތްދޮށުގައި ޓީޗަރު އަޑު މަޑުކޮށް ނަސޭޙަތްދިނެވެ.

ކުރިއަށްދަނީ އިނގިރޭސި މާއްދާއެވެ. ބޯޑުގައި ޓީޗަރު ލިޔަމުންދެއެވެ. ޔަޝްފާން އިސްކޫލް ފޮތުން ގަނޑެއް ކަނޑައިލައި އެއްޗެއް ލިޔެލައި  ބޮނޑިކޮށްލައިފައި ޝަޔާމާ އިން މޭޒުދޮށަށް އެއްލިއެވެ.   ޝަޔާމާ ހީނލައި އެ ގަނޑުކޮޅު ނެގިއެވެ.   އޭގައި ލިޔެފައި އޮތީ  އިސްކޫލު ނިންމައިފައި ވަލަށް އައުމަށެވެ.އުފަންދުވަހުގެ ހަދިޔާއެއް ދިނުމަށެވެ.

ޝަޔާމާ ޔަޝްފާން އެދުނު ގޮތަށް ކަންތައް ކުރިއެވެ. އިސްކޫލް ނިންމައިފައި ވަލަށް ހިނގައްޖެއެވެ.

”ޔަޝް” ޝަޔާމާ ގޮވައިލިއެވެ. ޔަޝްފާން ހުރީ ފުރަގަހަށް އެނބުރިގެންނެވެ. ޝަޔާމާގެ އަޑަށް ޔަޝްފާން ޝަޔާމާއާއި ދިމައަށް އެނބުރުނެވެ.

”ކޮބާ އަހަރެންގެ އުފަންދުވަހުގެ ހަދިޔާ” ޝަޔާމާ އަތް ދިއްކޮށްލިއެވެ.

ޔަޝްފާން ބުނީ އުފަންދުވަހުގެ ހަދިޔާ ލިބޭނީ ލޯމެރީ މައި ކަމަށެވެ. ޝަޔާމާ ދެލޯ މަރައިލިއެވެ. ޔަޝްފާން ޝަޔާމާގެ ފުރަގަހަށް ގޮސް ފުރަގަހުގައި ހުރެ ރަންފަށެއް ޝަޔާމާގެ ދޮން ކަރުގައި އެޅުވިއެވެ. ޝަޔާމާ ދެލޯ ހުޅުވައިލިއެވެ.

”ޝުކުރިއްޔާ” ޝަޔާމާ ޔަޝްފާންގެ ގައިގައި ބައްދައިލިއެވެ.

”ޝަޔާމާ  ކީކޭތަ ކިލާސް ޓީޗަރު ޝަޔާމާ ގާތު ކިއީ” ޔަޝްފާން އެހިއެވެ. ޝަޔާމާ ޔަޝްފާންގެ ގަޔާއި ދުރުވިއެވެ. އަދި ކިލާސް ޓީޗަރު ކިއީ ހުރިހާ އެއްޗެއް ކިޔައިދިނެވެ.

” ދެން އަހަންނާއި ރުޅިވާނީތަ”ޔަޝްފާން އެހިއެވެ.

”އަހަރެން ޔަޝްއާއި ރުޅިވާން އެދޭނަމަކަ އަހަރެން މިތާކު ނުހުރީސް”

”ކިލާސް ޓީޗަރަކަށް ނޭނގޭނެ އަހަރެން ކަން ކުރަންވީ ގޮތް ބުނެދޭކަށް”

”އެހެންނޫނަސް އަހަރެންނަށް ޔަޝް ވަރަށް ކަމުދޭ’

”ޔަޝްއާއިއެކު ގިނަ ވަގުތު ހޭދަކޮށް ކޮށް އަހަރެންނަށް ހީވަނީ މިހާރު އަހަރެންނަށް ޔަޝްދެކެ ލޯބިވެވިއްޖެހެން” ޝަޔާމާ އޭނަގެ ހިތުގައި ވާ އެއްޗެއް ކިޔައިދިނެވެ. ހިތުގެ ސިއްރު ބޭޒާރުކޮށްލިއެވެ. ޔަޝްފާންއަށް ވީގޮތެއް ނޭނގުނެވެ. އެހައި ފަސޭހައިން އެކަހަލަ ވާހަކައެއް ޝަޔާމާއަށް ބުނަން ކެރުނީތީވެސް އަޖައިބުވިއެވެ.

”ކީކޭ”ޔަޝްފާންއަށް އަހައިލެވުނެވެ.

”އައި ލަވް ޔޫ” ޝަޔާމާ ޔަޝްފާންގެ ގައިގައި ބައްދައިލިއެވެ.

”އައި ލަވް ޔޫ ޓޫ”ޔަޝްފާން ޝަޔާމާގެ ބޮލުގައި ފިރުމައިލިއެވެ.

ޝަޔާމާ ވަލުން ނިކުމެގެން މިހާރު އެދަނީ ގެޔަށެވެ. ޝަޔާމާ އެހެން ހިނގަމުން ދަނިކޮށް  މާފޮޅޭގެ އާދަމްމަނިކަށް ބައިސްކަލު ދުއްވަމުން އަންނަނިކޮށް ފެނިއްޖެއެވެ.  އާދަމްމަނިކު ބައިސްކަލު މަޑުކޮށްލިއެވެ.

”ކުރިން ނުދެކޭ ކުއްޖެއް”

”ކޮން ކުއްޖެއް ތިއީ” އާދަމްމަނިކު ޝަޔާމާ ގާތު އެހިއެވެ.   ޝަޔާމާ އޭނަގެ ނަން  ބުނެދިނެވެ.

”ކޮންތާކު އުޅެނީ”އާދަމްމަނިކު އެހިއެވެ. ޝަޔާމާ އޭނަ އުޅޭ ތަންވެސް ބުނެދިނެވެ.

”ކިޔަވާ ކުއްޖެއްދޯ”އާދަމްމަނިކު އެހިއެވެ. ޝަޔާމާ އާއެކޭ ބުނެ ޖަވާބު ދިނެވެ.

”ވަލުންތަ ތި އަންނަނީ”އަންނަ ދިމައަށް ބަލައިލައިފައި އާދަމްމަނިކަށް އަހައިލެވުނެވެ.

”ތި ހުރިހާ އެއްޗެއް ބަލަން ތިއީ ކާކުތަ” ޝަޔާމާ ގާތަށް ރުޅިއައެވެ.

ޝަޔާމާއަށް ގެޔަށް އާދެވިއްޖެއެވެ. ޝަޔާމާގެ މަންމަ ޝަކީލާ  ގޭ ދޮރުމަތީ އިންތިޒާރުގައި ހުއްޓެވެ.

”ކޮންތާކުން ތިއައީ”

”އިސްކޫލުން އައިސް  މާ އަވަސް ހިނގުމުގައި ކޮންތާކަށް ތި ދިޔައީ” ޝަކީލާ ޝަޔާމާގެ އަތުގައި ހިފައި ސުވާލުކުރިއެވެ.

”ހޫނ ދެން ހިނގާބަލަ ކާގެޔަށް” ޝަކީލާ  ޝަޔާމާގެ އަތުގައި ހިފައި ގޭތެރެޔަށް ވެއްދިއެވެ. އަދި ކާގެޔަށް ގެންދިޔައެވެ. ޝަޔާމާ ތަޅުގައި ހިފައި ކާގެ ދޮރުހުޅުވައިލިއެވެ.

”ސަޕްރައިޒް”ޝަޔާމާގެ ބޭބެ ޝައީމް އާއި ބައްޕަ ވަހީދު ހަޅޭއްލަވައިގަތެވެ.   ޝަޔާމާ ވަރަށް ސަޕްރައިޒްވިއެވެ. ކާގޭ އެތެރެއަށް ފިޔަވަޅުއެޅިއެވެ.   ޝަޔާމާ ކާގޭ މޭޒުމައްޗަށް ބަލައިލިއެވެ.

މޭޒުމަތީގައި ޝަޔާމާއަށް އެންމެ ކަމުދާކަހަލަ  ސްޓްރޯބެރީ ފުލޭވަރުގެ ހަތަރެސްކަން ކޭކެއް އޮތެވެ. ޝަޔާމާ ބޭބެ ޝައީމްއާއިއެކުގައި ކޭކު ފެޅިއެވެ. އެންމެ ފުރަތަމަ ކޭކުފޮތި ލެވީ ޝައީމަށެވެ. އެއަށްފަހު މަންމައާއި ބައްޕައަށެވެ.އެއަށްފަހު  ތަށްޓަށް ކޭކު އަޅައިގެން އެންމެން ކޭކު ކާންފެށިއެވެ.

”ކާކު ދިން ރަން ފަށެއް” ޝައީމްއަށް ޝަޔާމާގެ ކަރުގައި އޮތް ރަންފަށް ލޮލުގައި އަޅައިގަނެއްޖެއެވެ. ޝައީމް އެ ސުވާލު ކުރުމުން ޝަކީލާއާއި ވަހީދަށްވެސް ޝަޔާމާގެ ކަރަށް ބަލައިލެވުނެވެ.

”ތެދެއް ކާކު ދިން އެއްޗެއް”ވަހީދު އެހިއެވެ.

”އުފަންދުވަސް ވީމައި ހަދިޔާއަކަށް ކިލާހުކުއްޖެއް  ދިނީ”ޝަޔާމާ  ޖަވާބުދިނެވެ.

ޝަޔާމާ އިނީ ކޮޓަރީގައި ފިލާވަޅު ކިޔާށެވެ. ބޭބެ ޝައީމް އައިސް ކޮޓަރިތެރެއަށް ވަނެވެ.

”ހެޕީ ބާތްޑޭ” ޝައީމް  ޝަޔާމާ އިސްކޫލު ފޮތްމަތީ ކޮތަޅެއް ބޭއްވިއެވެ.އެ ކޮތަޅުގައި ވަނީ ޝަޔާމާއަށްވީ ހަދިޔާއެކެވެ.ޝަޔާމާ އެ ކޮތަޅުގައިވާ އެއްޗެއް ނަގައި ބެލިއެވެ. އެ ކޮތަޅުގައި އޮތީ ރީތި ރަތް ހެދުމެކެވެ. ރަތްކުލައަކީ ޝަޔާމާއަށް އެންމެ ކަމުދާ ކުލައެވެ.

”ވަރަށް ރީތި”

”ޝުކުރިއްޔާ ބޭބޭ” ޝަޔާމާ ޝުކުރުއަދާކުރިއެވެ.

”ދޭބަލަ ގިފިއްޔަށް ވަދެލައި ތި ހެދުން ލައިގެން އަންނަން” ޝައީމް އެދުނެވެ. ޝަޔާމާ ބޭބެ ބުނިގޮތަށް ކަންތައް ކުރިއެވެ. ގިފިއްޔަށް ވަދެލައި އެ ރީތި ހެދުން ލައިގެން އައިސް ބޭބެ ކުރިމައްޗަށް އަރައި ހުއްޓުނެވެ.

”ވަރަށް ފުރިހަމަ”

”ކޮއްކޮއާއި ވަރަށް ގުޅޭ”

”އިށީނދޭ”ޝައީމް އެދުނެވެ. ޝަޔާމަ އެނދުމަތީ އިށީނދެއްޖެއެވެ. ކައިރީގައި ޝައީމް އިށީންނެވެ.

”ދެން ބުނެބަލަ ”

”ކާކު ތި ފަށް ދިނީ” ޝައީމް އެހިއެވެ.

” ބޭބޭ އަހަރެން ހުރިހާ ބޭބެއަށް ވާހަކައެއްވެސް ކިޔައިދެމެއްނު ”

”މި ވާހަކަ އެއްވެސް ސިއްރެއް ނުކުރާނަން’

”އަހަރެން ހެދީ މުޅިއަކުން ދޮގެއްނޫން”

”އެއީ ކިލާސް ކުއްޖެއް ”

”ކިޔަނީ ޔަޝް”

”އަހަރެން ބުނިފަދައިން އުފަންދުވަހުގެ ހަދިޔާއަކަށް ދިނީ”

” ބޭބޭ”

”އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވަން” ޝަޔާމާ ހުރިހާ ވާހަކައެއް ތަފްސީލްކޮށް ކިޔައިދިނެވެ.

”ކޮއްކޯ”

”އިސްކޫލު ދައުރު ކުއްޖަކު ދެކެ ލޯބިވުން ހިއެއްނުވޭ ރަނގަޅުވާނެހެންނެއް” ޝައީމްއަށް ފެންނަ ގޮތް އޭނަ ބުނެދިނެވެ.

”ބޭބޭ”

”ލޯތްބަކީ ވާ  އެއްޗެއް ނޫން  ވެވޭ އެއްޗެއް” ޝަޔާމާ ބުނެދިނެވެ.

”ހޫނ ތި ފިލްމީ ޑައިލޮގްތައް ހުއްޓާލާ”

”ކޮއްކޮ ލޯބިވާ މީހަކާއި ލޯބިވެ ހުރޭ”

”އެކަމު ގިނައިން ބޭރަށް ގޮސް ލޯބީގެ ބައްދަލުވުންތައް ނުބާއްވާތި”

”ކިޔެވުމަށް ސަމާލުކަން ދޭންވާނެ” ޝައީމް ނަސޭޙަތްތެރިވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ކޮމެޑީ ލޭންޑް * އިޢުލާން

Next

ތިޔަ ލޯތްބަށް އެދެމޭ – 11 & 12

Next
March 23, 2021

ތިޔަ ލޯތްބަށް އެދެމޭ – 11 & 12

Previews
March 23, 2021

ކޮމެޑީ ލޭންޑް * އިޢުލާން

2 Comments!

  1. Lailac Baby says:
    March 24, 2021 at 1:32 pm

    Nice ??

    1. Ali Shimhaz says:
      March 25, 2021 at 12:04 am

      Thank you lailac baby. Stay safe?

Comments are closed.

Next Episodeޤާތިލް-11←


All Right Reserved!