Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

ޤާތިލް-9

Ali Shimhaz Level 110 Stories
March 22, 2021 4 Mins Read
3 Comments

ހަވީރުގެ ވަގުތެވެ. ޔުމާނާ އިނީ ފާތުންގެ ގޭގައެވެ. ފާތުންގެ ކޮޓަރީގައެވެ.   ޔުމާނާ އެ އައީ ޝައީމް އެދުނު އެދުމާއި އެގެޔަށް ދިޔުމުން ކަންވީގޮތާއި ޝަޔާމާ އަކީ ޔުމާނާ ވަލުތެރެއިން ދުށް އަންހެންކުއްޖާކަން ބުނެދޭށެވެ.

”ކީކޭ”

”ތިބުނީ ވަލުތެރެއިން ދުށް އަނަހެންކުއްޖާއަކީ ޝަޔާމާއޭތަ” ޔުމާނާގެ ވާހަކަތް އަހައިފައި ފާތުންނަށް އަހައިލެވުނެވެ.  ޔުމާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

”އެ މީހާ އެކަމު ކީއްވެ ޝަޔަމާ ދިރިހުރި ވާހަކަ ބުނުމުން ރުޅިއައިސް ޔުމާނާ އަތުގައި ހިފައި ދަމައިފައި ގެއިން ނެރެލީ” ފާތުން އެހިއެވެ.

”ޝަޔާމާ ބައްޕަ ހީކުރީ އަހަރެން ހަދަހަދައިގެން ދެއްކި ވާހަކައެއް ކަމަށް”

”އަހަރެން މިހިތަށް މި އަރަނީ އަހަރެން އޭނަޔާއި ފުރަގަސް ދިން ތަނާއި ކުއްލިއަކަށް އޭނަ ގެއްލުނީ ކީއްވެބާއޭ” ޔުމާނާ ކިޔައިދިނެވެ.

”ވެދާނެ އޭނަ އަސްލުވެސް މަރުވެފައި ކަމަށްވީ  ”

”ވެދާނެ ޔުމާނާއާއި ވާހަކަ ދެއްކީ ޝަޔާމާގެ ރޫޙްކަމަށް” ފާތުން ވިސްނާލަން އިނދެފައި ފާތުންނަށް ހީވާ ގޮތް ފާތުން ބުނެދިނެވެ.

”ފާތުން ކިޔައި އެއްޗިހި ތި ކަހަލަ ކަންތައް ވާނީ ފިލްމްތަކުގައި އަސްލު ދިރިއުޅުމަކުއެއްނޫން’ ޔުމާނާ ދެކޭ ގޮތް ޔުމާނާ ހާމަކުރިއެވެ.

ޔުމާނާ ފާތުން ގެއިން ނުކުމެގެން މިހަރު އެ ދަނީ ގެޔަށެވެ. އެހެން ހިނގަމުން ހިނގަމުން ދަނިކޮށް ޔުމާނާއަށް ކޮންމެވެސް ތާކުން ދުށް ހެން ހީވާ ބައެއް ލޮލުގައި އަޅައިގަނެއްޖެއެވެ. ޔުމާނާ އެމީހުން ފެނިފައި ހުއްޓުނެވެ. އެ މީހުންވެސް ހުއްޓުނެވެ. ފަހަރެއްގައި އެމީހުންނަށް ޔުމާނާ ކޮންމެވެސްތާކުން އެމީހުން ދުށް ހެން ހީވި ފަދައިން އެމީހުންނަށްވެސް  ޔުމާނާ ކޮންމެވެސްތާކުން ދުށް ހެން ހީވީއެވެ.

”ތިއީ ޔަޝްފާނަށް ޔަޝްއޭ ކިޔައިފައި ގޮވި މީހުންދޯ” ޔުމާނާ އެމީހުންގެ ކައިރިއަށް ގޮސް ހުއްޓީ ސުވާލުކުރިއެވެ.

” ތިއީ ޔަޝްގެ ކައިރީ އެރޭ ހުރި ކުއްޖާދޯ” އެ ތަނުން އެކަކު އެހިއެވެ.

”އަހަރެންގެ ނަމަކީ ޔުމާނާ” ޔުމާނާ އަމިއްލައަށް ތަޢާރަފްވިއެވެ. ދެން އެއަށްފަހު އެ ތިން މީހުންވެސް ނަންތައް ބުނެ އަމިއްލައަށް ތަޢާރަފްވެލިއެވެ. އެ މީހުންގެ ނަންތަކަކީ ޖާވިދު އާއި ރިފާޢު އަދި ސާމީއެވެ.   ޔުމާނާ ހިތަށް އެރިއެވެ.  މިއީ ހަމަ މިއަދު އިބްރާހިމްބޭބެ ބުނެދިން ނަންތަކެކެވެ. މިއީ މިރަށް ބަލައިލަން އައިސް އުޅޭ  އެ ތިން މީހުންނެވެ.

” ތި މީހުންނަށް އިބްރާހިމް ކިޔައި މީހަކާއި ބައްދަލުވިތަ” ޔުމާނާ އެހިއެވެ.  ޖާވިދު އާއެކޭ ބުނެ ޖަވާބު ދިނެވެ.

”ތިމީހުން ކީއްވެ ޔަޝްފާނަށް ޔަޝްއޭ ކިޔަނީ”ޔުމާނާ އެހެން ސުވާލެއް ކުރިއެވެ.

”އެއީ ކުރުކޮށްލައިފައި”ޖާވިދު ބުނެދިނެވެ.

” ތިއީ ޔަޝް ބިޓުތަ” ރިފާޢު ސުވާލު ކުރިއެވެ.

”އަހަރެން މިއުޅެނީ އޭނަޔާއި ކައިވެނިވާން” ޔުމާނާ ބުނެދިނެވެ.   ޔުމާނާ އެހެން ބުނުމާއިއެކު  އެ ތިން މީހުން އެކަކު އަނެކެއްގެ މޫނަށް  ބަލައިލިއެވެ. އެ އަށްފަހު ޔުމާނާއާއި ދިމައަށް ބަލައި އެ ތިންމީހުން އެއްފަހަރާއި ހޭންފެށިއެވެ.

ޔުމާނާ ގެޔަށް ގޮސް ފެންވަރައި ރީތި ހެދުމެއް ލިއެވެ. ފުނާ އަޅައިލައި ލޮލުގައި ކުލަޖައްސައި ތުންފަތުގައި ލިޕްސްޓިކު ޖައްސައި ކޮލުގައި ފުށްކޮޅެއް ޖަހައިލައި ގަޔަށް ސެންޓު ބުރުވައިލިއެވެ.  އޮފީހަށްދާން ތައްޔާރުވެލީއެވެ. އޮފީހަށް ދިޔައީ ފައިމަގުގައެވެ.

އައްމަޑޭމެން  ރަޙްމްކުޑަގޮތަކަށް މަރައިލެވިފައި ވަނިކޮށް ދުށް އަންހެން މީހާއާއި ސަކީނާއާއި އަދި ލަވް ޓްރައިންގަލްގެ ވެއިޓަރު އޮފީހަށް ގެނެވުނެވެ. އެ މީހުންނާއި ސުވާލު ޖަވާބު ކުރިއެވެ. އެކަމަކު އެދޭ ޖަވާބެއް ނުލިބުނެވެ. ޔުމާނާ އެމީހުން ފޮނުވައިލިއެވެ. އަދި އަލީއަށް ގޮވައި ފެންތަށްޓެއް ގެނުވިއެވެ. ޔުމާނާ ފެންފޮދެއް ބޮއެލިއެވެ.

”ހުސްނީ މިއަދު މިއީ ކޮންދުވަހެއްތަ” ޔުމާނާ އަހައިލިއެވެ.

”21 ސެޕްޓެމްބަރު” ހުސްނީ ޖަވާބުދިނެވެ.

”މާދަމާއަކީ 22 ސެޕްޓެމްބަރު  ޔަޝްފާންގެ އުފަންދުވަސް” ޔުމާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

”އެހެންތަ”

”އެހެންވިއްޔާ މިފަހަރުވެސް ކަތީބު ޔަޝްފާންގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރާނެ”

”އުފަންދުވަހުގެ ޕާރޓީއަށް ޔަޝްފާންގެ ގިނަ އެކުވެރިން  މުއްސަނދި މީސްމީހުންގެ ދަރިން ބޮޑެތި ޢިއްޒަތްތެރިން އަންނާނެ” ހުސްނީ ބުންޏެވެ.

”އަހަރެން ބޭނުން މާދަމާއަށް މި މައްސަލަ ނިންމައިލަން”

”ޔަޝްފާންގެ އުފަންދުވަހު އަހަރެން ބުނަން ބޭނުން އޭނަގެ ޔުމާނާއަށް މި މައްސަލަ ބަލައި  ނިންމައިލެވުނު ވާހަކަ” ޔުމާނާ އޭނަ ބޭނުންވާގޮތް ބުނެދިނެވެ.

”ޕާރޓީ އޮންނާނީ ރޭގަނޑު ”

”މާދަމާރޭ ޕާރޓީ ވަގުތާއި ހަމައަށް ﷲ އިރާދަކުރެއްވިއްޔާ މައްސަލައިގެ ތަޙްގީގް ނިމޭނެ”

”ޕާރޓީތެރޭ ޔަޝްފާންއާއި އެންމެހައި ޢިއްޒަތްތެރިންގެ ކުރިމަތީ ޔުމާނާ މިޙަބަރު ދޭނީ” ހުސްނީ ޙިޔާލެއްދިނެވެ. ޔުމާނާއަށް މިޙިޔާލް ވަރަށް ކަމުދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ.  އާދަމްމަނިކު އެ އިނީ ރޭގަނޑު 8 ގެ ޙަބަރު ބަލައިށެވެ. ކައިރީގައި ދަރިފުޅު ޔުމާނާވެސް އިނެވެ. ޔުމާނާގެ ދެލޯ އިނީ ޓީވީއާއި ދިމާލުގައެވެ. އެކަމު ސިކުނޑި އިނީ އެހެން ޙިޔާލެއްގައެވެ. ޔުމާނާގެ ޙިޔާލަށް އަންނަނީ މާދަންރޭ ޕާރޓީގައި މައްސަލަ ނިންމައިލައި ކާމިޔާބު ކުރެވުނު ވާހަކަ ޔަޝްފާންއާއި އެންމެހައި ޢިއްޒަތްތެރިންގެ ކުރިމަތީ ބުނުމުން  ލިބޭނެ ތަރުޙީބުތަކެވެ. ޔަޝްފާން ދޭނެ ސާބަހެވެ. މައްސަލަ ނިންމައިލެވުމުން އެއްވެސް ފިކުރެއް ނެތި ޔަޝްފާންއާއިއެކު ޔަޝްފާންގެ އުފަންދުވަސް ފާހަގަކުރެވޭނެއެވެ. އަދި މާދަމާރޭގެ ފަހުން ޔަޝްފާންއާއިއެކު ގިނަ ވަގުތު ހޭދަކުރެވޭނެއެވެ. މި މައްސަލައިގެ ތަޙްގީގްގެ ސަބަބުން ޔަޝްފާންއާއިއެކު ވަރަށް ވަގުތު ހޭދަ ނުކުރެވެއެވެ. މާދަންރެއަށްފަހު އެކަން ބަދަލުވާނެއެވެ.

ޔުމާނާގެ ޙިޔާލީ ދުނިޔެ ޢައިބްވެގެން ދިޔައީ ޔުމާނާގެ  ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ފޯނު ރިންގްވާންފެށީ ޔުމާނާގެ ހަރުވާޅު ޖީބު ތެރެއިންނެވެ. ޔުމާނާ ފޯނުނަގައި ހަލޯއޭ ކިޔައި ކަންފަތުގައި ޖެހިއެވެ.

”ކޮން ޙިޔާލެއްގައި” ޔަޝްފާން އެހިއެވެ.

”ކީކޭ”ޔަޝްފާން އެ ބުނި އެއްޗަކުން ޔުމާނާ ސިހުނެވެ.

”މާދަމާއަކީ ކޮން ދުވަހެއްކަން ހަނދާން އެބަހުރިތަ”ޔަޝްފާން އެހިއެވެ.

”އާނ ކޯންޗެއް ބާރތްޑޭ ޕްރެޒެންޓަކަށް ދޭންވީ” ޔުމާނާ އެހިއެވެ.

”ބާރތްޑޭ ކިސްއެއް” ޔަޝްފާން ލާނެތްވެލިއެވެ.

”ހޫނ ލާނެތް ނުވޭ” ޔުމާނާ ހީނލިއެވެ. ޔުމާނާ އެހެން ބުނާއިރަށް  އާދަމްމަނިކަށް ބަލައިލެވުނެވެ. ޔުމާނާ ފޯނު ބޭއްވިއެވެ.

”ކީކޭ ބުނީތަ އޭނަ” އާދަމްމަނިކު ސުވާލުކުރިއެވެ.

ް”އެއީ އޭނަ ސަމާސާއެއްކޮށްލީ” ޔުމާނާ ޖަވާބުދިނެވެ.

”މާދަމާ އޭނަ އުފަންދުވަސްތަ” އާދަމްމަނިކު އެހިއެވެ. ޔުމާނާ އާއެކޭ ބުނެ ޖަވާބުދިނެވެ.

ގަޑިން ބާރަޖަހައިފިއެވެ. ޔުމާނާ ހެދުން ބަދަލުކޮށްލައިގެން ނިދަން އޮށޯވެއްޖެއެވެ. ފޮނި     ޙިޔާލްތަކުގައި ދެލޯ މަރައިލިއެވެ. ނިދީގައި ހުވަފެނުގެ ޢާލަމަށް ސިކުނޑި ދަތުރުކޮށްލިއެވެ. ޔުމާނާއަށް  އަނެއްކާވެސް ފެނުނީ ޔުމާނާ ވަލަށް ގޮސް އުޅެނިކޮށް ޝަޔާމާ ޔުމާނާގެ ގާތަށް ގޮސް ޝަޔާމާ ވާހަކަދެއްކި މަންޒަރެވެ. އިވެނީ ރައްޓެހިވެ ތި އުޅެނީ ރަނގަޅު މީހަކާއެއް ނޫނޭ  އޭނަ ލަނޑުދޭނެޔޭ ބުނާ އަޑެވެ. ޝަޔާމާގެ އެ ބަސްތައް ތަކުރާރުވަމުން ދިޔައެވެ. އަޑު ގަދަވަމުން ދިޔައެވެ. ޔުމާނާއަށް އުދަނގުވެގެން ދެ ކަންފަތުގައި އަތް އެޅުނެވެ. އަދި ހަޅޭއްލަވައިގަނެވުނެވެ.   ހޭލެވިއްޖެއެވެ.    ޔުމާނާއަށް މިފެނުނު ހުވަފެނާއިމެދު ވިސްނައިލެވުނެވެ. މި ހުވަފެން އިރު އިރުކޮޅާއި މި ފެންނަނީ ކީއްވެބާއެވެ. ޝަޔާމާ އެހެން އެބުނަނީ ކީއްވެބާއެވެ. ޝަޔާމާއަށް ޔަޝްފާން އެނގުނީ ކިހިނެތްބާވައެވެ. އަދި އޭނަ ލަނޑުދޭނެކަމެއް އެނގުނީ ކިހިނެތްބާވައެވެ.  ޔުމާނާ އެނދު ކައިރީގައި އިން ފެންފުޅި ނަގައި ފެންފޮދެއް ބޮއެލިއެވެ. ޔުމާނާގެ ޙިޔާލަށް އައީ އިއްޔެ ޝައީމް ގެޔަށް ގޮސް އުޅެނިކޮށް ޝައީމްގެ ބައްޕަ ބުނި ވާހަކައެވެ. ޝައީމްއާއި ދިމާލަށް ކަލޭގެ ކޮއްކޮ އަމިއްލައަށް މަރުވީއްޔޭ ކަލެޔަށް އެއީ  ކީއްވެގެންކަން އެނގޭނޭ ބުނި ތަނެވެ.  ޝައީމްގެ ގެޔަށް ދެން ދުވަހަކުން ދާން ހިތަށް އެރިއެވެ. އެކަމަކު ޝައީމްގެ ބައްޕަ ކަންތައް ކުރި ގޮތުން އަލުން އެ ގެޔަކަށް ދާކަށް ނުކެރޭނެއެވެ. ބައްޕަ ކައިރީގައި އެ ގެޔަށް ނުދާންވެސް ވާނީ ބުނެވިފައެވެ. ޔުމާނާ ފުން ނޭވާއެއް ދޫކުރިއެވެ.އެއަށްފަހު އަލުން ނިދަން އޮށޯތެވެ.

ފުންނިދީގައި ޔުމާނާ އޮއްވައި ޔުމާނާއަށް ހޭލެވުނެވެ.ޔުމާނަ އެނދުން ތެދުވެ ކޮޓަރި ދޮރުކައިރިއަށް ދިޔައެވެ. އެ ދޮރު އަމިއްލައަށް ހުޅުވުނެވެ. ޔުމާނާ ކޮޓަރިން ނިކުތެވެ. ގޭދޮރާއި ހަމައަށް ގޮސް ހުއްޓޭއިރަށް އެ ދޮރުވެސް އަމިއްލައަކަށް ހުޅުވުނެވެ. ޗާބީދީފައިވާ ބުދެއްހެން އެއްވެސް ކޮޅަކަށް ބަލައިލުމެއްނެތި ޔުމާނާ ގެއިން ނިކުމެގެން އެދަނީއެވެ. އެދިޔަގޮތަށް ގޮސް ވަނީ ވަލަށެވެ.ވައިގަދަވާން ފެށިއެވެ. ރުއްގަސްތައް ހެލެންފެށިއެވެ. ކާޅުގޮވަންފެށިއެވެ. ޔުމާނާ ވަލުތެރޭގައި ހިނގަމުންދެއެވެ. ކުއްލިއަކަށް ރުކަކުން ބޮޑު ކާށްޓެއް ވެއްޓޭއިރަށް ޔުމާނާއަށް ހޭވެރިކަން ވިއެވެ. ޔުމާނާ ބިރުން ހޭރިގަތެވެ. ހުރިތަނަށް ބަލައިލެވުނެވެ. ބިރު އިތުރުވެއްޖެއެވެ.

ޔުމާނާ ހިތަށް އެރިއެވެ. އަހަރެން އޮތީ ނިދީގައެވެ. އަހަރެން މިތަނަށް އައީ ކިހިނެތްހެއްޔެވެ.

‘ޔުމާނާ އަވަހަށް ވަލުން ނިކުމެވޭތޯ އުޅުނެވެ. އެކަމަކު އެ މަސައްކަތެއް ކާމިޔާބެއްނުވިއެވެ. ޔުމާނާއަށް ރޮވެން ފެށިއެވެ.  ޔުމާނާ ނިކަގަހެއްދޮށުގައި އިށީނދެ ގިސްލައި ރޯންފެށިއެވެ.

”ޔުމާނާ” މީހަކު އައިސް ޔުމާނާގެ ކޮނޑުގައި ހިފިއެވެ.   ޔުމާނާ އިސްއުފުލައި ބަލައިލިއެވެ.

އެއީ ޝަޔާމާއެވެ. ޝަޔާމާ ޔުމާނާ ގާތު އިށިނދެއްޖެއެވެ. ޔުމާނާ އިނީ ބިރުންނެވެ.

”ތިއީ ޝަޔާމާތަ” ޔުމާނާ ބިރުން އިނދެ އެހިއެވެ.

”އާނ އަހަރެންނަށް މާފުކުރޭ ޔުމާނާ”

”އަހަރެން ޔުމާނާ މިތަނަށް މިގެނައީ ޔުމާނާ ރޮއްވައިކަށް ނޫން”

”އަހަރެން ޔުމާނާ މިގެނައީ ހުރިހާ ވާހަކައެއް ކިޔައިދެން”

”ޔުމާނާ ދެރަވެ ރޯތަން ފެނުނީމައި އަހަރެންވެސް ވަރަށް ދެރަވެއްޖެ” ޝަޔާމާ ކިޔައިދިނެވެ.

”ކި..ކި ..ކީކޭ  މިތަނާށް ގެނައީއްޔޭ”

”ކިހިނެތް މިތަނަށް ގެންނާނީ”

”އަހަރެން އޮތީނިދައިފައި”ޔުމާނާއަކަށް ނުވިސްނުނެވެ.

”އަހަރެން ޔުމާނާ ނިދީގައި އޮއްވައި ގެނައީ”

”އަހަރެންނަކީ ރޫޙެއް”  ޝަޔާމާ އެހެން ބުނުމުން ޔުމާނާ ބިރުގަތެވެ. އެކަމު ބިރުގަންނަން ކަމަކަށް ނުހެދިއެވެ.

” ޝަޔާމަ އަހަރެން ބިރުގަންދުވަން ނޫޅޭ ”

”ތެދަށް ބުނޭ ޝަޔާމާ މަރެއްނުވެޔެއްނު”

”ތިއިނީނު އަހަރެން ކައިރީގައި”ޔުމާނާ ޝަޔާމާ ބުނިވާހަކަ ޤަބޫލެއްނުކުރިއެވެ. ޝަޔާމާ އިންތަނުންތެދުވިއެވެ.

”އަހަރެން މަރުނުވާނަމަ ވަލުތެރޭގައި އުޅެންވީ ކީއްވެ”

”އެހެރީ އަހަރެންގެ މަހާނަ”ޝަޔާމާ ބޮޑުގަލަކާއި ދިމާލާސް އިނގިލި ދިއްކުރިއެވެ. އެ އިގިލިން ޝަޔާމާ ވިދުވަރެއްދޫކޮށްލިއެވެ. އެޔާއިއެކު ގާފުޑުވިއެވެ ވަލުތރޭގައި ވެރިފައިވާ ފަތްތައް ވަޔާއެކު ކެހެންފެށިއެވެ. ވެލި ބުރައިގެންދިޔައެވެ. އެ މަހާނަ ކޮނެވުނެވެ.

އެތެރޭގައި އޮތީ ގަބުރުކަށިގަނޑެކެވެ. ޔުމާނާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ.

”ނޫން..ނޫން…ނޫން ތިއީ ޝަޔާމާގެ ގަބުރެއްނޫން” ޔުމާނާ ވަރަށް ބިރުގަތެވެ.ތުރުތުރުއެޅިއެވެ.

”އެއީ އަހަރެން” ޝަޔާމާ ޔުމާނާ ކުރިމައްޗަށް އެރިއެވެ.  ޝަޔާމާގެ ދެލޯހުދުވިއެވެ.އަދި ބިމަށް ވުރެ މާމައްޗަށް އެރިއެވެ.

ޔުމާނާ ބިރުން ހޭރެނީއެވެ .   ޝަޔާމާގެ ރޫޙްތިރިވިއެވެ.

”ބިރުނުގަނޭ އަހަރެން ޔުމާނާއަކަށް ގޯނާއެއްނުކުރާނަން”

”އަހަރެން މިއައީ ޔުމާނާއަށް ހުރިހާ ވާހަކައެއް ކިޔައިދެން”ޝަޔާމާގެރޫޙް ވިސްނައިދިނެވެ.

”ކޮން ހުރިހާ ވާހަކެއް”ޔުމާނާއަށް ބާރަށް ބުނެވުނެވެ.

”މިކިޔައިދެނީ..”ޝަޔާމާގެ ރޫޙް ޔުމާނާއަށް އޭނަގެ ވާހަކަ ކިޔައިދޭންފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ނިގޫބުރި ހިޔަޅު

Next

ހިރާސް 19

Next
March 22, 2021

ހިރާސް 19

Previews
March 22, 2021

ނިގޫބުރި ހިޔަޅު

3 Comments!

  1. kujjaa says:
    March 22, 2021 at 3:49 pm

    Haadha gina dhuvahakah fahu ey thi vaahaka upload kurevunee, anekkaa 1 month nagaanetha part 10 upload kuran. By the way nice story.??

    1. Ali Shimhaz says:
      March 23, 2021 at 9:13 am

      Sorry vahaka upload kureveyleh las v ma. Mihaar vahaka iny ehkoh nimifa. Iraadha kurehviya dn avas avahah upload kuraanan. Thanks for the comment?

  2. Lailac Baby says:
    March 22, 2021 at 7:21 pm

    Nice????stry??? waiting for next part ??? stay safe ???

Comments are closed.

Next Episodeޤާތިލް-10←


All Right Reserved!