ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ހަވަނަބައި
“..އަހަރެންނަށް ހަމަޖެހިގެން އުޅެވޭނީ ކޮން ދުވަހަކުންތަ؟..” ނަޢުމާ ދެއަތުން ބޮލުގަ ހިފަހައްޓާހެންހުރެ އުޑުފައިން އިށީނެވެ. އަދި ފާރުގައި ލައްވިއެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. އޭނާ ގިސްލަމުން ދެކަކޫމަތީ ބޯ އަޅާލިއެވެ.
*************
ނިޝްވާ މޫނު ދޮވެލާގެން އައިސް އެނދުގައި އިށީނެވެ. ހަމަ އިށީނުމާއިއެކުހެން އިޝާން ގުޅިއެވެ. ކުޑައިރުކޮޅަކު ފޯނަށް ބަލަން އިނުމަށްފަހު ނިޝްވާ ފޯން ނެގިއެވެ.
“..ހަލޯ.. ކީކޭ އިޝާން..” ގިނައިރު ރުއިމުގެ ސަބަބުން ނިޝްވާގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ.
“..ލޯބި އަޑަށް ކިހިނެއްވެފަ…ނިދަނީތަ؟؟…” އިޝާންއަށް ނިޝްވާގެ އަޑަށް އައިސްފައިވާ ބަދަލް ފާހަގަކުރެވުނެވެ. ނަމަވެސް އޭނާ ހީކުރީ ނިދުމުގެ ސަބަބުން އަޑަށް އައިސްފައިވާ ބަދަލެއްކަމަށެވެ. ނިޝްވާ ދޭނެ ޖަވާބަކާމެދު ވިސްނާލިއެވެ. ވާހަކަތައް ކިޔާދީގެން ކަންތައް ގޯހުން ގޯހަށްވެސް ހިނގައި ދާނެއެވެ. އެކަހަލަ މީހުން ކުރަންޖެހިލުންވާ ވަރުގެ ކަމެއް ނޯންނާނެކަމަށް އޭނާ ދެކެއެވެ. އެވާހަކަ ބުނެގެން އިޝާން އަށް އެމީހުންގެ އުނދަގޫ ޖެހިދާނެކަމަށް އޭނާއަށް ވިސްނުނެވެ. އެހެންކަމުން އޭނަގެ ސަބަބުން އިޝާންއަށް އެއްވެސް ގެއްލުމެއް ލިބެން އޭނާ ބޭނުމެއްނުވިއެވެ.
“..އުހުން ނުނިދަން…ފިނީގެ އަސަރުކޮށްފަ ހުރީމަ އަޑު ޗޭންޖް ހެން ތި ހީވަނީ..” ނިޝްވާ ކަރުކެހިލަމުން ބުންޏެވެ.
“..ލޯބި މާ ގިނައިން ފިނި އެއްޗެހި ބޭނުން ނުކުރައްޗޭ…” އިޝާން ނިޝްވާ ބަލިވެދާނެތީ ކަންބޮޑުވިއެވެ. “..ދެން މިރޭ ފެންނުވަރާތި.. އޭސީގެ ފިނިވެސް ދައްކޮށްލާފަ ބަހައްޓާ ނޫނީ މާބޮޑަށް ބަލިވެދާނެ…”
“..ހޫމް ހޫމް.. އޯކޭ..އޯކޭ.. ކީއްކުރަންތަ އެހާވަރަށް ގުޅީ..” ނިޝްވާގެ ތުންފަތްމަތީ ލުއި ހިނިތުން ވުމެއް ހުއްޓެވެ. އެއީ އިޝާން އޭނަދެކެވާ ލޯތްބާ ކެއާކުރުން ހިތަށް އެރުމުން ވެވުނު ހިނިތުން ވުމެކެވެ. “..ރިޝް އާއެކީ ބޭރަށް ދާންވެގެން ރިންގް އޮފް ކޮށްފަ އޮތީމަ ގުޅިކަން ނޭގުނީ… ކޮންތާކު ތި އުޅެނީ—” ދުއްވާ އެއްޗެހީގެ އަޑު އިވޭތީ ނިޝްވާ އެހިއެވެ.
“..އާނ.. މިހާރު މިއުޅެނީ ފެރީޓާމިނަލް ކާރީ.. މިރޭ މިއުޅެނީ ފްރެންޑްސް ތަކަކާއެކީ ބާބަކިޔު އަކަށްދާންކަމަށް..ކުއްލިގޮތަކަށް ހަމަޖެހުނު އެއްޗެއް.. ފަހަރުގަ ވާގޮތަކުން ނުގުޅިދާނެ.. ބަޓް މެސެޖްކުރާނަން.. އެހެންވެ އެވާހަކަ ބުނަން އެހާވަރަކުން ލޯބިއަށް މިގުޅީ..” އިޝާން ގުޅި ބޭނުން އޮޅުންފިލުވައި ދިނެވެ. “..ދެން ބޭއްވީ ލަވް.. މިހާރުވެސް މާ ލަސްވެއްޖެ.. އޯކޭ.. ލަވް ޔޫ.. ޓޭކް ވެރީ ގްރޭޓް ކެއަރ އިނގޭ..”
“..ޔާ.. ލަވްޔޫ ޓޫ..”
*********
އެރޭގެ ދަންވަރުގެ ވަގުތެވެ. ގަޑިން އެއްގަޑި ބައިވެ ބޮޑުވެއްޖެއެވެ. އަދިވެސް ނަޢުމާ އެއޮތީ ނުނދިފައެވެ. އެނދުގައި ދެފަރާތަށް ފޮރޮޅިލަ ފޮރޮލިލައެވެ. ޝަހީން ހެނދުނު ދިޔަގޮތަށް ގެޔަށް ނާންނާތީ އެނދުގައި އޮތީ އޭނާ އެކަންޏެވެ. އޭނާ އެހެން އޮވެގެން ވިސްނަމުން އެދަނީ ދިރިއުމާ ދޭތެރޭގައެވެ. އޭނާގެ ހިތްބުނާ ކަހަލައެވެ. ޝަހީން އާ ވަކިވާ ދުވަސް ކައިރިވަނީއެވެ. ޝަހީން އަށް ހަޤީޤަތް އެނގުމުން އޭނާ އެގެއިން ނެރެއެއްލާ ލާނެއެވެ. ޝާން ބައްޕަގެ ލޯބިން މަޙުރޫމްވާނެއެވެ. ނިޝްވާ އޭނާ އެއީ ދޮންތަކަމަށް ހަނދާން ނައްތާލާނެއެވެ. މުޅި ދުނިޔެވެސް އޭނާ އެކަނި ކޮށްލާނެވެ. މިކަހަލަ ހިޔާލްތައް އަންނަން ފެށުމުން އިސާހިތަކު އޭނާ ފެންކަޅި ވެއްޖެއެވެ. އެހެންކަމުން އެނދުންތެދުވެ އަތުން ދެލޯ ފޮހެލިއެވެ. “..ކޮންމެ ކަމަކާވެސް ކުރިމަތިލާނީ ކެރިގެން.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ..”
ނަޢުމާ އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ހުޅުވާލާފައި ސިޓިންގ ރޫމްއަށް ނެކުތެވެ. ސިޓިންގ ރޫމްގައި ވަނީ ރަތްކުލާގެ ބޮކީގެ އަތްޔެކެވެ. ނިޝްވާ އަދި އަރީކާގެ ކޮޓަރީގެ ފެންލައިޓުން އޮރެންޖް ކުލާގެ އަލި ފާޅުވާން ހުއްޓެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް ފުރުޖް ކައިރީގައި ހުއްޓި ދޮރުފަތް ހުޅުވާލިއެވެ. އެއަށްފަހު އައިސް ފެންފުޅިއެއް ނަގައި އަލަމާރީ ދޮރުފަތް ލައްޕާލިއެވެ. އަދި ތަށި ނަގާ ފެންފޮދެއް ބޯލިއެވެ. ދެން އޭނާ މިސްރާބު ޖެހީ ކުޑަދޮރާ ދިމާލަށެވެ. ކުޑަދޮރު ހުޅުވާލުމާއެކު ވަން ފިނި ވައިރޯޅިން ހީބިހި ނަގާގެން ދިޔައެވެ. އޭނާ ލައިގެން ހުރީ އަތްކުރު ޓީޝާޓެކެވެ. އެއްކަމުން އޭނާ ފިނި ބޮޑުވާން ފެށުމުން ކުޑަދޮރު ލައްޕާލިއެވެ. އަދި ކޮޓަރިޔަށް ދިޔުމަށް ހިނގައިގަންނަމުން ގޭގެ މައިދޮރާ ދިމާލަށްބަލައިލިއެވެ. އެވަގުތު އޭނާގެ ނަޒަރު ދޮރުގެ ތަޅަށް ހުއްޓުނެވެ. ކުއްލި ސިހުމެއް ލިބުނީ ތަޅު އެނބުރުމުންނެވެ. ހަމަ އެޔާއެކު ދޮރުވެސް ހުޅުވިގެން ދިޔައެވެ. އަދި ދޮރުމަތީ ހުރި މީހާގެ ހިޔަނި ސިޓިންގ ރޫމްއަށް އެޅުނެވެ. މިގަޑިގައި ކާކު ހެއްޔެވެ؟ ޝަހީން ވީ ޑިއުޓީގައެވެ. އޭނާ ގުޅާފައި ނާދެވޭނެ ވާހަކަވެސް ބުންޏެވެ. އެހެންވީމާ އޭނާ ނާންނާނެކަން ޔަޤީނެވެ. ނަޢުމާ ހުރިތަނުގެ ގޮތުން އޭނާއަކަށް އެމީހެއްގެ މޫނެއް ނުފެނެއެވެ. އެހެންކަމުން ކާކުތޯ ބެލުމަށް ދޮރާދިމާލަށް މަޑުމަޑުން ހިނގައިގަތެވެ. ބިރުންހުރެއެވެ.
“..ކާ…ކާކު؟..” ނަޢުމާ އެހިއެވެ. އަދި މަޑުމަޑުން ގޮސް ދޮރު ކުރިމައްޗަށް އެރިއެވެ. ނަޢުމާ ދެލޯ ތަންމިނަށް ހުޅިވި ފަހަތަށް ޖެހިލެވުނެވެ. ލިބުނު ސިހުމާ ހައިރާންކަމެއްގެ ސަބަބުންނެވެ. އަދި ކޮޓަރިއާ ދިމާލަށް ދުއްވާގަންނަން އުޅުނެވެ. ގަތް ބިރެއްގެ ސަބަބުންނެވެ. ނަމަވެސް އެމީހާ މާހުޝިޔާރެވެ. ގެޔަށްދެމިގަނެ ނަޢުމާ މުލައްދަނޑީގައި ހިފާގެންގޮސް ފާރުގައި ޖެއްސިއެވެ. އެއްއަތުން ނަޢުމާ ގައިގައި ހިފަހަށްޓައިގެން ހުރެ ދޮރު ލައްޕާ ބޮކި ނިވާލިއެވެ. އެމީހާ މިހުރިހާ ކަމެއްކުރީ ކުޑަހިނދުކޮޅެއް ތެރޭގައެވެ. މިހާރު އެ ތަނުގައި ވަނީ އަރީކާ އާއި ނިޝްވާ ކޮޓަރި ފެންލައިޓުން ވާ އަލިކަމެކެވެ.
“..ކަ ކަލޭ ކިހިނެއް މިތަނަށް..” ނަޢުމާ ބިރުން ހުރިވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
“.ސޫސްސްސް…..މަށައް ނުހުޅުވޭނެ ތަޅެއް ނުހުންނާނެ…ކަލޭ ހީކުރީ ތިހެން ފިލާގެން ދެވޭނެކަމަށްތަ؟..” އެމީހާގެ އަތުގައި އޮތް ތަޅު ދަނޑި ޖީބަށްލަމުން ބުންޏެވެ. އެމީހާ ވާހަކަ ދެއްކީ ބާރަށެވެ. ނަމަވެސް އެހެން މީހަކަށް ނީވޭ ވަރަށެވެ. “..ތިހެން އަބަދު މަށަށް ފިލާގެން ނޫޅެވޭނެ.. ލައްކަ ދުވަސް ވެއްޖެ އަންނާނެކަމަށް ހުންނަތާ.. އެކަމް ކައެ ނައީމެއްނުން.. މިރޭ އެހެންވެ މަމިއައީ.. މިރޭ މަ ބޭނުން ހުރިހާކަމެއް ކޮއްފަ ދާނީ..” ތެދެކެވެ. ނައުމާއަށް މީގެ ކުރިންވެސް އެކިތަންތަނަށް ދިޔުމަށް ދަޢުވަތުދިނެވެ. ނަމަވެސް އެއިން އެއްފަހަރުވެސް އޭނާ ގޮސްފައެއްނުވެއެވެ. ކޮންމެފަހަރަކުވެސް ކޮންމެސް ބަހަނާއެއްދައްކާފައި ނުދަނީއެވެ. ނަޢުމާ ހީކުރީ އެގޮތަށް ކަންތައްކުރުމުން އެމީހާ އެޚިޔާލް ދޫކޮށްލާނެކަމަށެވެ. ނަޢުމާ ދެއަތުގަ ހިފާ އެމީހާއާ ކައިރިކޮށްލިއެވެ. އަދި ނައުމާގެ މެދު ހަށީގައި ބައްދާ ކަނދުރާގައި ބޮސްދޭން އުޅުނެވެ. ނަމަވެސް ނަޢުމާ އެމީހާ މޭ މަތީ ދެއަތް އަޅާ ކޮށްޕާލިއެވެ.
“..އާދޭސް ކޮށްފަ މިބުނީ އަހަރެންނާ ކައިރިނުވޭ..” ނަޢުމާ އަށް ރޮވެން ފެށުނެވެ. އަދި ދޫކޮށްލުމަށްއެދި އާދޭސް ކުރަންފެށިއެވެ. ނަމަވެސް އެމީހާގެ ހިތަކަށް އެއްވެސް ރަހުމެއް ނުވަނެވެ. އެއަށްވުރެ ބޮޑަށް އެމީހާހުރީ ނަޢުމާގެ ހަށިގަނޑަށް ދަހިވެތިވެފައެވެ. ނަޢުމާގެ ގައިގައި ބައްދާގަނެ ސޯފާ މައްޗަށް ވައްޓާލިއެވެ. އަދި އެމީހާ ނަޢުމާ ގައިމައްޗަށް ޖެހިގަތެވެ. ނަޢުމާ އަށް ރުއިން ފިޔަވާ އިތުރު ކަމެއް ނުކުރެވެއެވެ. ހަޅޭ ލަވައި އެހީއަށް އެދެން ހިތަށް އެރިއަސް އެކަން ނުކުރީ އޭނާ ބޭޒާރުވެދާނެތީއެވެ. އެހެނީ އެމީހަކީ ނަޢުމާގެ ސިއްރު އިނގޭ ދެވަނަ މީހާއެވެ. ދެން އެކަން އިނގޭނެ މީހަކަށްހުރީ ލައިލާއެވެ. އެމީހާގެ ބޭނުން ނުފުއްދިއްޖެނަމަ ނަޢުމާ ބޭޒާރުކޮށްލާނެކަމަށް ވަނީ ބުނެފައެވެ.
“..އާދެސްކޮށްފަ މިބުނަނީ އަހަރެން ދޫކޮށްލާ..” ނަޢުމާ ގިސްލަމުން ވާހަކަދެއްކިއެވެ. “..މިގޭ މީހަކަށް ހޭލެވިދާނެ.. ދޭ މިރޭ.. އަހަރެން ކަލޭ ބުނި ތާކަށް ދާނަން..” އޭރުވެސް އެމީހާ ދިޔައީ އޭނާގެ ތުންފަތުން ނަޢުމާގެ މޫނާ ކަނދުރާގައި ބޮސްދެމުންނެވެ. އެމީހާގެ ހޫނުވައި އެޅެމުން ދެޔެވެ. ނައުމާ އެމީހާ ގައިމަތިން ނެގޭތޯ މަސައްކަތް ކުރިއެވެ.
“..ކަލޭ ކައިރީ ކިތަށް ދުވަހު ބުނެވުނު އަންނަން..” ނަޢުމާގެ ގައިމަތިން ތެދުވަމުން ބުންޏެވެ. “..ކަލޭ މާދަން މާދަން ކިޔާ ކިޔާ ހުންނަނީ.. މިރޭ ދާނީ މަބޭނުން ކަން ކޮށްގެން..” ނަޢުމާގެ ދެއަތުގަ ހިފާ ކޮޅަށް ނެގިއެވެ.
“ކަލޭ ފިރިމީހާވެސް ގެޔަކު ނެތެއްނުން..ހިނގާ ކޮޓަރިއަށް..” އެމީހާވެސް އެކަންތައް އެހެން މީހަކަށް އެނގެން ބޭނުން ނުވީ ކަހަލައެވެ. ނައުމާ އަތު ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައި ގަތެވެ. ނަޢުމާ އެމީހާ އަތުން އަތް ދަމާގަނެވޭތޯ މަސައްކަތް ކުރިއެވެ. ހިފަހަށްޓާފައިވާލެއް ބާރުކަމުން އެކަން ނުވީއެވެ. ޓައިލް މަތީ ފައި ވިއްދާ ކުރިޔަށް ނުދާން މަސައްކަތް ކުރިއެވެ.
“..ކަލޭ ގަދަ ހަދަންތަ ބޭނުންވަނީ.. ނޫނީ ބޭޒާރުވާންތަ؟..” އެމީހާ އެދިނީ އިންޒާރެއްކަން ނަޢުމާ އަށް އެނގުނެވެ. ނަޢުމާ ކުޑަކޮށް މަޑު ޖެހެވުނެވެ. އޭނާއަށް އޮތީ ދެގޮތެވެ. ބޭޒާރުވެގެން ޝަހީން އާ ވަކިވުމެވެ. ނޫނީ އެމީހާ ބުނާކަންތައް ކޮށްދީގެން ޝަހީން އާ އެކީ އުޅުމެވެ. އެމީހާ އެދިން އިންޒާރަކީއެއީއެވެ. އޭރުވެސް ނަޢުމާ ދިޔައީ ގިސްލަމުންނެވެ.
“..ހަ ހަ.ހާ.” އެމީހާ ހިނި ގަނޑެއް ޖަހާލިއެވެ. “..މަށަށް އެނގޭ ކަލެޔަށް އޭނާއާ ވަކިން ނޫޅެވޭނެކަން.. ކަލޭގެ ހަޤީގަތް އެނގުނީމަ އޭނާ ކަލޭ ދޫކޮށްލާނެ.. ކަލޭ ހަޤީގަތް ހާމަކުރަން މާބޮޑު މަސައްކަތެއް މަށަކަށް ކުރާކަން ނުޖެހޭނެ.. އެކަން އިނގޭނުން ދޯ؟ އެހެންވީމާ ކަލެޔަށް އެންމެ ރަނގަޅު ގޮތަކީ މަ ބޭނުންތައް ފުއްދާ ދިނުން..” ނަޢުމާގެ މޫނުގައި ފިރުމާލަމުން ގަޔާ ކައިރިކޮށްލިއެވެ. ނަޢުމާގެ ބަލިފަޔަކީ އެމީހާއަށް އެނގިފައިވާ އެސިއްރެވެ. އެސިއްރު ޝަހީންއަށް އެނގިއްޖެނަމަ އޭނާ އެގެއިން ނެރެ އެއްލާލާނެކަން އޭނާއަށް ޔަޤީންވެއެވެ. އެހެންކަމުން އޭނާ ކޮންމެ ހާލެއްގައި އުޅެގެން ނަމަވެސް ޝަހީން އާއެކު އުޅެން ބޭނުންވާތީ ރޯލަ ރޯލާ ހުރީއެވެ.
“..އޭތް… ހަމަ މިހާރު ދޮންތަ ގައިން ދޫކޮށްލާ..” އެމީހާގެ ޚަރަކާތް ހުއްޓުމަކަށް އައީ ފަހަތުން މީހަކު ހަޅޭ ލަވާގަތް އަޑަށެވެ. ނަޢުމާއަށް އަޑުން އެއީ ކާކުކަން އެނގުނެވެ. އޭނާ އަޑުއައި ދިމާލަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް އެމީހާއާ ދުރައްޖެހިލިއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.





ވަރައް ރީތި މިވާހަކަ
ޝުކުރިއްޔާ ނަޒާ..
ވ ވ ވ ވ ރީތި.. ވެއިޓިން ފޯދަ ނެކްސްޓް ޕާރޓް…
ތޭންކް ޔޫ ރޯޒް 🙂
If you’re reading this, you’re all set, parrned!
ކޮބާ 7ވަނަ ބައިގެ ތަންކޮޅު
ހަނދާން ނެތިގެން އެތަންކޮޅު ނުލެވުނީ.. މިސައިޓް ގަ ލިޔާ އެއްޗަކަށް އެޑިޓް އެއް ނުކުރެވެ. އެހެންވެ އަލުން ދެން ޕޯސްޓްް ނުކުރީ
ނިޝާން ލިޔުންތައް އެޑިޓް ކުރެވޭނެ. އެޑިޓް ކުރެއްވުމަށް އަހަރެންގެ ޑޭޝްބޯރޑް ބޭނުން ކުރައްވާ…!! 🙂
ޝުކުރިއްޔާ އެޑްމިން 🙂
ވ. އަވަހަށް އަނެއްބައި އަޕްކޮއްދޭނެކަނަށް އުއްމީދު ކުރަން
ޒާރާ ޗެކް އިޓް ނައު..