Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންދީނީލޯބި

ތިޔަ ލޯތްބަށް އެދެމޭ – 6

Baby Devil Level 610 Stories100 Stories
March 10, 2021 4 Mins Read
2 Comments

” ނަން ވެސް އޮޅުވާލީ ދޯ.. ހޫ އިޒް ދިސް.. ބޯއި ފްރެންޑް؟؟ ” ޔާނީ ހީގަތެވެ.” ސޮރީ.. އައިމް ނޮޓް ހާރ ބޯއީ ފްރެންޑް.. ތީ ކޮން ބައެއް ކަމެއް ނޭންގުން… ” މަޔާން ވެސް ހައިރާން ވިއެވެ.” އޯކޭ އޯކޭ.. މިރޭ އަންނައްޗޭ ބާބަކިއު ހަދަން ބީޗަށް.. ވައިބާރ ގުރޫޕްގަ ވެސް ލިޔެލާނަން…. ” ޔާނީ އެހެން ބުނެފައި ދާން ހިނަގއިގަތެވެ. އައިހާ އާއި ދިއާ ވެސް ޔާނީ ފަހަތުން ދިޔައެވެ.” ކީކޯ އެ ކިޔަނީ؟؟ ” އިލްޔާ ހައިރާން ވެފައި މަޔާން ކައިރީގައި އެހިއެވެ.

 

**6 ވަނަ ޕާޓު**

 

” މަ ކައިރީ ނާހާ… މަށަށް ވަކި އެނގޭނެތަ؟؟ ” މަޔާން ބޯ ހޫރާލިއެވެ. އެވަގުތު ރާއިލް ވެސް ފޮށިތައް ހިފައިގެން އުޅެން ހަމަޖެހިފައި ހުރި ގެއަށް ދާން މިސްރާބު ޖެހިއެވެ.” ކޮބާ… ރަށަށް ފޭބި ތަނުން ވެސް މި ދިމާވީ އަންހެން ކުދިން ތަކަކާ ކިތަންމެ މޮޔަ ބަޔަކަސް.. އެތަނުން އިންނާނެ ކުއްޖަކު ހޯދި ނަމަ ކީއް.. ” މަޔާން ރާއިލް ކޮނޑުގައި ޖަހާލިއެވެ.” ނޫނޭ.. އަދި މަގޭ ވަރު ކުއްޖަކު ހޯދާފަ އިންނާނީ.. މިރަށުގަ ރީތި ކުދިން ވެސް އުޅެދާނެ..” ރާއިލް ދޫ ނެރެލިއެވެ. އެ ހުރިހާ އިރަކު ވެސް އިލްޔާ ހުރީ ވަރަށް މަޑުންނެވެ.

 

ހަތް ވަރަކަށް މިނެޓް ހިނގުމަށް ފަހު އެގެއާ ހިސާބަށް އާދެވުނެވެ. ނަސީބަކުން އެންމެ މީހަކު ފިޔަވާ އެ ގެއަކު ހަމަ އެކަކު ނޫޅެއެވެ.” އައީތަ… އާދޭ އިށީންނަން.. ސައިބޯން ވީނުން.. ދައްތަ އަށް ކިޔަނީ ޝަމާ..” އެމީހާ ހިތްހެޔޮ ކަމާއެކު ވާހަކަ ދެއްކިއެވެ.” މީ އިލްޔާ ދެން މީ މަޔާން ދެން ރާއިލް.. ” އިލްޔާ ބުންޏެވެ. އަދި ޝަމާ ފަހަތުން ސައިބޯން ދިޔައެވެ.

 

ސައިބޮއިގެން އިލްޔާ ވަނީ އޭނަ ނިދަން ހަމަޖެހިފައިވާ ކޮޓަރިއަށެވެ. ރާއިލް އާއި މަޔާން ވެސް ކޮޓަރިއަށް ވަދުނެވެ. މަޔާން އާއި ރާއިލް ނިދަން ޖެހެނީ އެއް ކޮޓަރިއެއްގައެވެ. ޝަމާ ކެއުމުގެ ތެރޭގައި ހުރިހާ ވާހަކަ އެއް ކިޔާދިނެވެ. އަދި ހިތްހަމަ ނުޖެހޭ ކަމެއް ވަންޏާ ބުނުމަށް ވެސް ބުޏްނެވެ.

 

ކޮޓަރިއަށް ވަދެ އިލްޔާ އެންމެ ފުރަތަމަވެސް ސަނާއަށް ގުޅިއެވެ.” ހަލޯ.. މަންމާ.. ރަށަށް އާދެވިއްޖެ.. ” އިލްޔާ ވާހަކަ ދެއްކިއެވެ.” އެހެންތަ.. ރަނގަޅުތަ ހުރިހާ ކަމެއް.. މަޔާން މެން ކޮބާ.. ” ސަނާ އެހިއެވެ.” އަނެއް ކޮޓަރީގަ އެބަ އުޅޭ.. މިއަދު ވަރަށް އެހެން ކަހަލަ ކަމެއްވީ.. ” އިލްޔާ މިއަދު ވީ ކަންތައް ކިޔައިދިނެވެ. ސަނާ ނުތަނަވަސް ވިއެވެ.” އެހެންތަ.. ދެން ގޭގަ އުޅޭ މީހުން އެއްޗެކޭ ނުބުނޭތަ އެކުދިން ބުނިހެނެއް؟؟ ” ސަނާ އެހިއެވެ.

” ނުބުނޭ… ޝަމާއްތަ މި ރަށަށް އެ އައީ އިއްޔެ އޯ.. މިގޭގާ އުޅޭ މީހުން ދިޔައީމަ.. ” އިލްޔާ ބުންޏެވެ. ސަނާ އަށް ފުން ނޭވާއެއް ލެވުނެވެ.” ދެން ދަރިފުޅު އެކަން މަތިން ހަނދާން ނައްތާލާ.. މަގު މައްޗަށް ނިކުންނައިރު މަޔާން ނޫނީ ރާއިލްބެ ގޮވައިގެން ނިކުންނަން ވާނީ.. ”

 

” އެންމެ ރަނގަޅޭ.. ކޮބާ ބައްޕަ.. ” އިލްޔާ ހިނިތުންވެލިއެވެ.” އެބައިން.. މި ދެނީ ބައްޕަ އަތަށް ފޯނު.. ” ސަނާ އެހެން ބުނެފައި ފޯނު ދިނީ އަަޒާމް އަތަށެވެ. ވަރަށް ގިނައިރު އެހެން ވާހަކަ ދެއްކުމަށްފަހު އަޒާމް ފޯނު ބޭއްވީ އިލްޔާ ކައިރީގައި އަރާމް ކޮށްލަން ބުނެފައެވެ. އިލްޔާ ވެސް ނިދި އައިސްފައި ހުރުމާއެކު ލޯ މަރާލިތަނާ ނިދުނެވެ.

 

” އަޒާމް… އޭނައާ އެ ދިމާވީ މިހާރު އެމަންޖެގެ އެކުވެރިންނަާ ވެސް.. ” ސަނާ އެ ހުރިހާ ވާހަކަ އެއް އަޒާމް އަށް ކިޔައިދިނެވެ.” ދެން އަހަރެމެން ކީއް ކުރާނީ… އަނެއް ކޮޅުން އޭނަ ކިހާ އުފާ ވާނެ އިނގުނީމަ.. ” އަޒާމް ކަންބޮޑުވާކަން ފޮރުވަމުން ވާހަކަ ދެއްކިއެވެ.” ހަމަ ރުޅި ވެސް އައިސްދާނެ ދޯ ކުރިން ނުބުނީމަ.. ” ސަނާ ދެރަ ވިއެވެ.

 

” އިލޫ !!.. ” މަޔާން ދޮރުގައި ޓަކި ޖަހަމުން ގޮވިއެވެ. ނަމަވެސް އިލްޔާއަކަށް ނުހޭލެވުނެވެ. އެންމެ ފަހުން މަޔާން ތަޅުގައި ހިފާފައި ހުޅުވިއެވެ.” ސާބަސް އަދި ވެސް ނިދަނީ ދޯ.. ” މަޔާން އިލްޔާ އަށް ގޮވަން ފެށިއެވެ. ވަރަށް ވަރުން ގޮވައިގެން އިލްޔާ ހޭލިއެވެ.” އަދި ކިރިޔާދޯ ހޭލަން އިނގުނީ.. ” މަޔާން މޫނަށް ވައްތަރެއް ޖައްސާލާފައި ބުންޏެވެ. އިލްޔާ ގަޑި ބަލާލާފައި ފުންމައިގެން ތެދުވިއެވެ. ގަޑިން ތިން ގަޑި ބައިވީއެވެ. މިއަދު ހިނގައިލަން ދާން ރާވާފައި އޮތުމުން މަޔާން ނެރެފައި އިލްޔާ ފާހަނައަށް ވަނެވެ.

 

ފެންވަރައި ނިމިގެން ފަލަމަސްގަނޑާ ހަމައަށް އަންނަ ކަޅު ކުލައިގެ ކުރުތާ އަކާއި ހަމަ އެކުލައިގެ ޖީންސް އެއް ލިއެވެ. އަދި ބަށި ކުލައިގެ ޝޯލް އެއް އަޅައިގެން ކޮޓަރިން ނިކުތެވެ. އޭރު މަޔާން އާއި ރާއިލް އިލްޔާގެ އިންތިޒާރުގައި އިނެވެ.” ތަތް މީހާ.. އަދި ކިރިޔާ ރީތި ވެވުނީ.. ހަތަރެއް ޖަހާ ބޮޑުވީ އެއޮއް.. ” މަޔާން ތެދުވަމުން ބުންޏެވެ.” ހަމަ ގައިމުވެސް ޔާން އަށް ވުރެ އަވަސް ވާނެ މިއަދު ފިޔަވާ.. ” އިލްޔާ ލޯ އަޅާލިއެވެ. އަދި މަޔާން އާއި ރާއިލް އާ އެއްކޮށް ގެއިން ނުކުމެގެން ހިނގައިގަތެވެ.

 

ދިޔަ މަގުމަތީގައި ރާއިލް ފިނި އެއްޗެއް ގަނެގެން އައެވެ. ތިން މީހުން ވާހަކަ ދައްކަމުން ގޮސް ހުއްޓުނީ ޕާކު ކައިރީގައެވެ. އޭރު ކުޑަ ކުދިންތައް ފޯރި އަރުވާލާފައި ކުޅެން އުޅެއެވެ. ތިން މީހުން ސަކަރާތް ޖަހަން ޕާކު ކައިރީގައި މަޑު ކުރިއެވެ. އަދި ބަންގި ގޮވަން ކައިރިވުމުން ގެއަށް ދިއައެވެ. ގެ ހުންނަނީ މިސްކިތާ ފުދޭވަރަކަށް ކައިރީގައެެވެ. ރާއިލް އާއި މަޔާން އިލްޔާ ގެއަށް ލާފައި މިސްކިތަށް ދާން ނިކުތެވެ.

 

ކޮޓަރިއަށް ވަތް ގޮތަށް އިލްޔާ ނަމާދު ކޮށްގެން އެނދުގައި އިށީންދެލިއެވެ. އެހެން އިންދައި ލޮލަށް ނިދިސަވާރުވެ ލޯ މެރުނެވެ. މިފަހަރު ނަސީބަކުން އިޝާ ނަމާދަށް ގޮވަނިކޮށް ހޭލެވުނެވެ. އަވަހަށް ވުޟޫކޮށްލައިގެން ނަމާދު ކޮށްލައިގެން ކާން ނިކުތެވެ. ޝަމާ އޭރު އެމީހުންގެ އިންތިޒާރުގައި އިނެވެ. އިލްޔާ މޫނު މަތީގައި ވަރުބަލިކަން ހުރުމުން ޝަމާ އެދުނީ ކައިގެން ނިދަން ދިއުމަށެވެ. ނަމަވެސް މަޔާން އާއި ރާއިލް ކޮޓަރީގައި ތިބެގެން ސަކަރާތް ޖެހަން ނިންމިއެވެ.

 

ކޮޓަރިއަށް ވަތް ގޮތަށް ސަނާއަށް ގުޅާފައި އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި އިލްޔާ ނިދަން އޮށޯތެވެ. މިރޭ ބޭރަށް ދާން ނުކެރުނީ މީ އެހެން ރަށެއް ވީމަ އެވެ. ލަސްތަކެއް ނުކޮށް އިލްޔާ އަށް ނިދުނެވެ.

 

” އިލޫ އުފަންދުވަސް އަންނަން ވީކް އަކަށް ވެއްޖެ… ކޮންމެސް ކަމެއް ރާވަބެ.. ” މަޔާން ރާއިލް ކައިރީގައި ބުންޏެވެ.” ކޮން ކަމެއް… ކަލޭ އަހަންނަށް ވީނު ރައްޓެހިވާން އޭނަ ކައިރީގަ.. ” ރާއިލް ހަމަ ޖެހިލާފައި ބުންޏެވެ.” ތި ނޫން ކަމެއް.. ” މަޔާން ވަގުތުން ދެކޮޅުހެދިއެވެ.” ދެން އޯކޭއޭ.. ހަމަ އެކަނި ކޭކެއް އަޅާނީ.. ” ރާއިލް އެންމެ ފަސޭހަ ގޮތް ބުނެދިނެވެ.

 

” ހިލްޔާ މިއަދު އަހަރެމެން ފެނުނީމަ ދަންނަ ކަމަށް ވެސް ނުހެދިއޭ.. ” ބާބަކިއު އަށް ގޮސް ޔާނީ ވާހަކަ ދެއްކިއެވެ.” މިއަދޭ؟؟ އަހަރެންނަކަށް ނުފެނޭ މިއަދު ޔާނީ މެންނެއް.. ” ހިލްޔާ އުނަ ގަނޑުގައި އަތް ވިއްދާލިއެވެ. ނިހާ ފާޑަކަށް ބަލާލިއެވެ.” ނުފެނެއޭ..؟؟ ހިލޫ ހުރި ފާޑެއްގެ ފިރިހެން ކުއްޖެއް ކައިރީގަ.. އެ މީހާ ބުނި އަހަރުން ނުދަންނަމޯ.. ހިލޫ ވެސް ބުނީ ހަމަ އެހެންނު .. ” ނިހާ ސުވާލު ކޮށްލިއެވެ.” ތެދެއް.. ” އައިހާ ވެސް ނިހާ އާއި އެއްބައި ވިއެވެ.” އަހަރެންނޭ؟؟ ކޮން އިރަކު..؟ އަހަރެން ފިރިހެން ކުދިންނާ އެއްކޮށް ނޫޅޭނެ ކަން އެންމެ ބޮޑަށް އިނގޭނެ ބަޔަކީ ތީ ނުން ” ހިލްޔާ ހައިރާން ވިއެވެ.” އެކަން އިނގެއޭ.. އެކަމު މިއަދު ގާމު އެ ފެނުނީނު… ” އައިހާ ބުންޏެވެ.” ދެން ހެޔޮ.. ހަމަ ޖެހޭ ވާހަކަ ދައްކަބަލަ.. ތި ވާހަކަ ދެން ނިންމާ.. ތާކުން ތާކު ނުޖެހޭ ވާހަކަ ދެއްކީމަ ބޭކާރު ވަގުތު ތަކެއް ދޯ އެ ދަނީ.. ” ހިލްޔާ ހިތުގައި އުފެދިފައި ހުރި ސުވާލުތައް ބަހައްޓާފައި ބުންޏެވެ.

 

ހެނދުނު ހޭލައިގެން އިލްޔާ ރީތިވެގެން ކޮޓަރިން ނިކުތެވެ. އޭރު ޝަމާ ސައި ހެދުމުގައި އުޅުނެވެ. އިލްޔާ ވެސް ޝަމާ އަށް އެހީތެރި ވުމަށް ބަދިގެއަށް ދިޔައެވެ. އޭރު މަޔާން އާއި ރާއިލް ވެސް ނުކުމެގެން އާދެއެވެ. ސައި ހަދާ ނިންމާލާފައި މަޔާން މެންނަށް ކާން ގޮވިއެވެ.” މިިރަށް ފޫހިތަ؟؟ ” ކެއުމުގެ ތެރޭގައި ޝަމާ އެހިއެވެ.” ނޫނޭ.. ހަމަ ބަރާބަރު.. ” ރާއިލް ހިނިތުންވެލާފައި ބުންޏެވެ. އެކި ވާހަކަ ތަކުގައި ކެއުން ނިންމާލާފައި އިކްޔާ މެން ރަށުތެރެއަށް ނިކުތެވެ.

 

” ބިޓެއް ފެނޭތޯ ބަލާބަލަ ކަލޭ.. ނުލާހިކު ސަޅި ކުދިން އެބަ އުޅޭ.. ” މަޔާން ރާއިލް ކޮނޑުގައި ޖަހާލިއެވެ.” އަމިއްލަ އަށް ހޯދަބެ… ” ރާއިލް މަޔާން ބޮލުގައި ޖަހާލިއެވެ.” ނޫނޭ.. އިލޫ މިހުރީނު މަ ކައިރީ.. ދެން އިތުުރު ކާކު ހުންނާނީ.. ” މަޔާން އިލްޔާ ކޮނޑަށް އަތް ވައްޓާލަމުން ހިނިގަނޑެއް ޖަހާލިއެވެ.” ޕިސް ޕިސް ޕިސް… ދެރަ ކަމެކޭދޯ.. ” އިލްޔާ ބޯ ހޫރާލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ވާރޭ ޕަރީ

Next

ސައިރެން – 15

Next
March 10, 2021

ސައިރެން – 15

Previews
March 10, 2021

ވާރޭ ޕަރީ

2 Comments!

  1. redlailacrose says:
    March 10, 2021 at 8:32 pm

    Nice???ilya ey hilya ge twins tha nooney hilya mother ge twin eh tha ilya mother akee??? curious to know ?? waiting for next part ?? stay safe ?

    1. UNKNOWN GIRLL says:
      March 11, 2021 at 1:47 pm

      Awww thanks…. Hingaa balamaa dhw… U too stay safe dear???

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ – 7←


All Right Reserved!