Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (7)

zaisha Level 210 Stories
June 30, 2015 5 Mins Read
27 Comments

ދަންވަރުގެ ހަމަހިމޭން ކަންމަތީ މާކިންއަށް ނިދިފައި އޮތްއިރު އިނާރާގެ މަޑު ގިސްލުން އިވެމުންދިޔައެވެ. އޭނާގެ ބާކީއޮތް ދިރިއުޅުމުގެ ދުވަސްތަށް ވޭތުކުރަންވީ މި ގިސްލުމުގައި ބާއޭ އިނާރާ ހިތަށްއަރަމުން ދިޔައެވެ.

ނިދިފައި އޮތް އިނާރާ އެސްފިޔަތަށް ތަޅުވާލީ މޫނުމައްޗަށް އިރުގެ ދޮދިތަށް އެޅުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމުން ކުޑަދޮރުން ވަދެގެން އައި އަލިން ލޯމައްޗަށް އަލިވިއެވެ. ކުޑަކޮން ލޯ ހުޅުވައިލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު ރީތިވާ މޭޒުކައިރީގައި ހުރި މާކިން ލޮލުގައި އަޅައިގަތެވެ. އޭނާ ގަމީހާއި ފަޓުލޫނެއް ލައިގެން ހުރިއިރު ކަރުގައި ޓައީއެއް އަޅަމުންދިޔައެވެ.

“މޯރނިން ކްރައި ބޭބީ..” ލޯގަނޑުން އިނާރާ ހޭލައި އޮތްމަންޒަރު ފެނުމުން މާކިން ބުނެލިއެވެ. އިނާރާ އުއްމީދުކުރީ ރޭގައި ހިނގައިދިޔަ ހާދިސާއަކީ ހުވަފެނެއްކަމަށް ވާނެކަމަށެވެ. ނަމަވެސް އަތުގައި އަޅާފައި އޮތް ބޭސްގަނޑުފެނި އަދި މާކިން ބުނެލިއެއްޗަކުން އެވީ ހުރިހާކަމަކީ ހަޤީޤަތެއްކަން ޔަޤީންވިއެވެ.

“މާކިން.. ސޮރީ.” އިނާރާ އިސްޖެހިފައި އިނދެ މިހެން ބުނެވުނީ އަމިއްލަ ނަފްސު ކުއްވެރި ކުރެވުމުންނެވެ. ޓައީ އަޅައި ނިމިގެން އިނާރާގެ ކައިރީގައި އިށީދެލަމުން މާކިން އިސްޓާކީނަށް އަރަންފެށިއެވެ. “މިގަޑީގައި ތި ބޭކާރު ވާހަކަ އަޑުއަހާނެހައި ވަގުތެއް ނެތް. ދޭބަ ކޮފީތައްޓަކާއި ބިސްގަނޑެއް އަޅާލަން.” މާކިން މަޑުން މިހެން ބުނިނަމަވެސް އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. އިނާރާ އެނދުން ތެދުވެ ފާޚާނާއާއި ދިމާއަށް ދާން ހެދުމުން މާކިން އޭނާ ހުއްޓުވިއެވެ. “ބަލަ ކޮންތާކަށް؟؟” އޭނާ ސުވާލުކުރިއެވެ. “މޫނު ދޮވެލަންވެގެން…” އިނާރާ މިހެން ބުނުމުން މާކިން އައިސް އިނާރާ ކައިރިއަށް ހުއްޓުނެވެ.”ދޭބަލަ ސައި ހަދަން ފުރަތަމަ. ފަހުންވެސް ތިކަން ކުރެވިދާނުން. އަހަރެން ގަޑިޖެހެޔޭއެބަ.” މާކިން އަމުރުވެރި ގޮތަކަށް ބުނެލިއެވެ.

“އެކަމަކު…” އިނާރާ އިތުރަށް ބަހެއް ބުނުމުގެ ކުރިން މާކިން އޭނާގެ މުލައްދަޑީގައި ހިފައި ބާރުކޮއްލިއެވެ. “ކޮން އެކަމެއް!! ބުނިން ދޯ ރޭގަވެސް އަހަރެން ބުނާ ގޮތަށް ހެދީމައޭ ރަނގަޅުވާނީ. އެހެންނޫނީ ތިއުޅެނީ މިހާ ހެނދުނާ އަހަރެންގެ އަތުން އަނިޔާއެއް ވާންވެގެން!” މާކިން ހަޅޭލަވައިގަތުމުން އިނާރާ ސިހި ދެލޮލުން ކަރުނަ ފާއްދާލިއެވެ. “ކޮބާ. އެހެންވެޔޭ މި ބުނީ ދާށޭ ބަސްއަހައިގެން. އަވަހަށް ހުއްޓާލައި. އެއީ އަދި އެވަރުގެ ކަމެއް ނޫނެއްނުން.” އިނާރާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަދެމުން މާކިން ވަރަށް ލޯބިން ބުނެލިއެވެ.

އިނާރާ ދެކޮޅަށް އެއްވެސް ބަހެއްނުބުނެ ބަސްއަހިގެން ސައި ހަދަން ނިކުތެވެ. އަތް ކަނޑައިންގެން ގޮސްފައި އޮތުމުން ބިސްގަނޑުއަޅަން އެއްޗެހި ކޮށަންވެސް އުނދަގޫވިއެވެ. ނަމަވެސް ކަރުނަތަށް ދިރުވާލަމުން އިނާރާ އެކަންވެސް ވޭތޯ މަސައްކަތް ކުރިއެވެ. އެހެންނޫނީ އަނެއްކާވެސް މާކިންގެ މޫޑު ޚަރާބުވެއްޖެއްޔާ ހުރިހާ އަނިޔާއެއްވާނީ ޚުދު އޭނާއަށްށެވެ. ވަރަށް އުނދަގުލުން ސައިހެދުނުއިރު އިނާރާގެ އަތުގައި އަޅާފައި އޮތް ބޭސްގަނޑުން ލޭ ފޭދެން ފެށިއެވެ.

މާކިން ސައިބުއިން ކުރިއަށް ގެންދިޔައިރު އިނާރާގެ އަތްފެނި ކެއުން ހުއްޓާލިއެވެ. “އަނެއްކާ ލޭ އަންނަނީއެ. ހަވީރުންވާނެ ޑޮކްޓަރަށް ގޮސް ތިތަނުގައި ބޭސްއަޅަން. އިންފެކްޓެއް ވެއްޖެއްޔާ މުޅިން ސަކަރާތްވާނުން. އެންޑް ޔެސް. ކޮންމެ މީހަކު އެހިޔަސް ބުނޭ ތަށިދޮންނަން އުޅެނިކޮން ތަށި ތަޅައިގެން ދިޔައިއްޔޭ. އެންމެ ބަހެއް އިތުރު ކުރިޔަސް އިނގެއެއްނުން ވާނެގޮތް.” މާކިން މަޑުމައިތިރި ކަމާއިއެކު ވާހަކަދެއްކިއިރު އިނާރާއިނީ ބުނާނެ އެއްޗެއްނޭނގިފައެވެ. މިހާރު މާކިން ކުރިމަތީގައި ބަހެއް ބުނަން ލާހިކު ކުޅަދާނެއެއްނޫނެވެ. އޭނާ ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވިއްޖެނަމަ ހުރިހާ ރޯޅިއެއް އަންނާނީ އޭނާއަށްށެވެ.

މާކިން އޮފީހަށް ދިޔުމުން އިނާރާއަށް ފެންވަރަށްވަދެ މާގަނޑު ދޮށުގައި ހުރެގެން އެތަށްއިރެއް ވަންދެން ރުޔެވެ. އޮހޮރެމުން ދިޔަ ކަރުނަތަށް ފެނާއި އެކުވެގެން ދިޔަފަދައިން އެ ކަރުނަތަށް އެންމެންނަށް ސިއްރުވެގެންދާނެއެވެ. އިނާރާ ބިނާކުރި ލޯބީގެ ގަނޑުވަރު ހަމަ ހިނދުކޮޅެއްގެ ތެރޭގައި މާކިން ބިމާއި ހަމަކުރުވައިފިއެވެ. ނަމަވެސް އެ ހިތުގައި މާކިންއަށްޓަކައި ޖަހަމުންއައި ވިންދަކަށް ބަދަލެއްނައެވެ. އޭނާ ކެތްކުރާނެއެވެ.

ސަލްޓަން ޕާކުގެ ބެންޗެއްގައި އިށީދެގެން ތިބި މަލަކްއާއި ރާހިލްގެ ދެމެދުގައި ވާހަކައެއްނުދެކެވެއެވެ. ރާހިލް މިތަނަށް މަލަކް ގޮވައިގެންއައީ މާހައުލް ބަދަލުކޮއްލުމުގެ ގޮތުންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ބަންދުކުރެވިފައިވާ ގެއެއްގައި ތިބިމުން މަލަކްގެ ކިބައިގައި ހުރި ރުޅިވެރިކަން ދިޔައީ އިތުރުވަމުންނެވެ. ޖެހެމުންދިޔަ ފިނިވައިރޯޅިއާއި ގަސްގަހާގެއްސަށް ގެއްލިފައި އިން މަލަކްއިނީ ލޯމެރިފައެވެ.

“މަލަކް.” ރާހިލް ވާހަކަ ފެށުމުގެ ގޮތުން ގޮވާލިއެވެ. ނަމަވެސް މަލަކްގެ ފަރާތުން ޖަވާބެއް ނުލިބުނު ތާނގައި އިންގޮތް ގުޑާވެސްނުލިއެވެ. އެތަނުގައި ތިބޭތަ ވިހި ވަރަކަށް މިނެޓު ފާއިތުވެގެން ދިޔައިރުވެސް ރާހިލްއަށް މަލަކްއާއި ވާހަކަދެކެވޭ ގޮތެއްނުވިއެވެ. “މަލަކް.. ވަރަށް ރީތިނަމެއް އޭގެ މާނައަކީ ކޮބަޔޯ..” ރާހިލް އާންމުކޮން ދައްކާ ވާހަކަތަށް ބަދަލުކޮއްލުމުގެ ގޮތުން ބުނެލިއެވެ.

“އޭންޖެލް.” މަލަކް މިހެން ބުނެލަމުން ހިނިތުންވެލިއެވެ. “ވާއޮ. ސަޅި. އިނގޭތަ މަލަކްއަށް ތިނަން ކިޔުނީ ކީއްވެގެންކަން؟؟” ރާހިލްގެ ސުވާލަށް މަލަކް ޝަޢުގުވެރިވިއެވެ. “އެ ކީއްވެޔޯ.” މަލަކް ބުނެލިއެވެ. “އެއީ ތިއީ މަލަކްގެ މައިންބަފައިންގެ އޭންޖަލްއަށް ވީތީ. އާޝިޔާއްތަ ބުނި އެއްފަހަރަކު މަލަކް ލިބުމުގެ ކުރިން އަންހެން ކުއްޖެއް ދެއްވާތޯ ވަރަށް ދުޢާކުރިކަމަށް. އެހެންވެ މަލަކް ލިބުމުން އެމީހުން ހުރި ހަމައެކަނި އަންހެންދަރިފުޅަކީ ނިޢުމަތެއްކަމުގައި ދެކި މަލަކް ކީ” ރާހިލް މިހެން ބުނުމުން މަލަކް ހިނިތުންވެލިއެވެ.

ރާހިލް އެ ސުވާލު ކުރީވެސް މަލަކްގެ ނަމުގެ މާނަ އެނގިހުރެއެވެ. އޭނާގެ މަޤްސަދަކަށްވީ މަލަކްއަށް އޭނާއަކީ ނާޒިމްމެންނަށް ކިހާ މުހިއްމު އަދި އެހާމަ ޚާއްސަ ކުއްޖެއްކަން އަންގައިދިނުމަށެވެ. “އިނގޭ މަންމަމެން ވަރަށް ލޯބިވާކަން. އަހަރެންވެސް ވަރަށް ލޯބިވޭ.. އެކަމަކު އައި އެމް އެޑިކްޓެޑް ޓު އިޓް. ކިހިނެތް ކުއްލިއަކަށް ހުއްޓާލާނީ.” މަލަކް ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ.

“އިނގޭ އުނދަގޫވާނެކަން. އެކަމަކު މަސައްކަތް ކޮއްފިއްޔާ ވާނެ.. ފުރަތަމަ ސިނގިރޭޓު ބުއިން މަދު ކުރަންވީ. އެކަން ވާނެ.” ރާހިލް ހިތްވަރުދެމުން ވާހަކަދެއްކިއެވެ. “ޔާ.. ޓަރައި ކުރާނީ..” މަލަކް ހިނިތުންވެލަމުން މިހެން ބުނެލިއިރު ރާހިލް އެކަން ޤަބޫލުކުރިއެވެ. އެވަގުތު ރާހިލްއަށް ހޮސްޕިޓަލުން ފޯނެއް އައުމުން ކުއްލިގޮތަކަށް އެތަނަށް ދާންޖެހުނެވެ. “އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ. ހިޔެއް ނުވޭ މަލަކް ގެއަށް ލާން ދެވޭނެ ހެންނެއް. މާކިންއަށް ގުޅާފައި އެބަބުނަން މަލަކް ބަލައި އަންނާށޭ އޯކޭ. ސޯ ބުނި ކަންތަން ކުރައްޗޭ.” ރާހިލް ތެދުވަމުން ބުނެލިއެވެ. “ޔެސް ޑޮކްޓަރ ރާހިލް.” މަލަކް ހިނިތުންވެލާފައި މިހެން ބުނުމުން ރާހިލް އެތަނުން ދާން ހިނގައިގަތެވެ.

ރާހިލް ދާތަން ބަލަންއިން މަލަކް އޭނާ ދިޔަކަން ޔަޤީންވުމުން ކޮނޑުގައި އޮތް ދަބަސް ހުޅުވާލުމަށްފަހު ސިނގިރޭޓު ފޮއްޓެއް ނެގިއެވެ. ސިނގިރޭޓު ރޯކޮއްލުމަށްފަހު އެ ބޯލަމުން މަލަކް ދުންތައް ބޭރު ކޮއްލުމަށްފަހު ފުންނޭވާއެއް ދޫކޮއްލިއެވެ. “ޑޮކްޓަރ އިޑިއަޓް..” މަލަކް ހެމުން މިހެން ބުނެފައި ސިނގިރޭޓު ބުއިން ކުރިއަށްގެންދިޔައެވެ.

މެންދެރު ތިންގަޑި ބައިވިއިރު އިނާރާ ހުރީ އޭނާގެ އޮފީސްބޭރުގައި މާކިންގެ އިންތިޒާރުގައެވެ. މާކިން ބަލައިނައިސް ލަސްވުމުން ގުޅުމުން އޭނާގެ އަޑުގައި ހުރި ރުޅިވެރިކަން ފާހަގަވީންސުރެ އިނާރާގެ ހިތް މަޑުންނެއް ނޮއޮތެވެ. އިރުކޮޅަކާއި އަތުގައި އޮތް ގަޑިއަށް ބެލެމުންދިޔައިރު ކޮންމެ ސިކުންތަކާއި އެކީ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

އިރުކޮޅެއްގެ ތެރޭގައި އެތަނަށް މަޑުކޮއްލި ކާރާއި ދިމާއަށް އިނާރާ މިސްރާބުޖެހިއެވެ. ކާރުގެ ކުރީ ސީޓުގައި އިށީދެލިއިރު އޭނާއަށް މާކިންއާއި ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ. އިސްޖަހައިގެން އިންއިރު އޭނާގެ ނޭވާވަނީ ކުރުވެފައެވެ. “އިސްޖަހިގެން އިންނާނެ ކަމެއްނެތް! ކީއްކުރަން އޮފީހަށްއައީ؟؟ އަހަރެން ބުނިންތަ ނިކުންނަނާށޭ..” މާކިން ހަރުކަށިކަމާއި އެކީ ސުވާލުކުރިއެވެ.

“އެއީ.. ނުބުނަމެއްނުން ނުދާށޭ.. އެހެންވެ..” ޖެހިލުންވެ އިނދެ އިނާރާ ބުނެލިއެވެ. “ނުބުނަމެއްނުން ދާށެކޭވޭސް. ކިތަށް ފަހަރު ބުނަންވީ އަހަރެން ބުނާގޮތޭ އިނާރާ ހަދަން ޖެހޭނީ. ނުވާނެ ދެން މީގެފަހުން އޮފީހަށް ނިކުމެގެންނެއް. އަހަރެން ބޭނުމެއްނޫން އަހަރެންގެ ވައިފް ވޯކް ކުރާކަށް.” މާކިން މިހެން ބުނުމުން އިނާރާ ދިޔައީ ސިހިގެންނެވެ. އޭނާގެ ހުރިހާ ހުވަފެންތަކެއް ވެއްޔާ މޮޑެވެނީއެވެ. މަސައްކަތް ކޮއްގެން ކަމިޔާބުވަމަށް އެވަރަށް ކިޔެވި ކިޔެވުމުގެ ބޭނުންވެސް ނެތުނީއެވެ. ނޫނެކެވެ. އޭނާއަށް މި ވަޒީފައި ދޫކޮށެއް ނުލެވޭނެއެވެ.

“މާކިން ޕްލީސް.. އަހަރެން މިކަން ކުރަންދީ. މިނޫން އެއްވެސް ކަމަކަށް މާކިންގެ ފަރާތުންނެއް ނޭދޭނަން.” އިނާރާއަށް ރޮވެންފެށުނެވެ. “ދެން އަވަހަށް ފެންއަރުވަ! ކަމެއް ވާއިރަށް ރޯންފަށަން ޖެހޭތަ. ގެއަށް ގޮއްސަ ވާހަކަދައްކަނީ. އަން ޓިޝޫ. ދެން ރޮއެރޮއެ މިތަނަށް މީހުން އެއްކުރުވަން އުޅޭނެ ކަމެއްނެތް. އަދިވެސް އަހަރެން ލަދުގަންނަވާ ލެވުނުލެއް މަދުވީ ދޯ.” ކުޑަ ޓިޝޫ ފޮއްޓެއް ދެމުން މާކިން ބުނެލިއެވެ.

އިނާރާ ގަދަކަމުން ރުއިން ހުއްޓުވިއެވެ. ޓިޝޫއިން މޫނުފޮހެމުން ދިޔައިރު އެ ލޯވަނީ ރަތްވެފައެވެ. މާކިން ކިޔާލި އެއްޗެހިން އޭނާ ވަރަށް ހިތުގައި ޖެހުނެވެ. ކާރު ދަތުރުކުރަމުން ދިޔައިރު އެދެމެދުގައި ވާހަކައެއްނުދެކެވުނެވެ. ގެއަށް އާދެވުމާއިއެކީ ހީވީ އިނާރާގެ ބޮލަށް ބޮމެއް ވައްޓާލިހެންނެވެ.

 “ހެވޭ! މި ބުނީއެއްނުން ގޮސްގެން ނުވާނެއޭ. އަޑެއްނީވޭތަ ކަންފަތަކަށް.” އިނާރަ އާދޭސް ކުރަމުން ދިޔަވަރަކަށް މާކިންގެ ރުޅިގަނޑު ދިޔައީ އިތުރު ވަމުންނެވެ. “އޯކޭ. އޮފީހަކަށް ނުދާނަން. އެކަމަކު ގޭގައި.. ގޭގައި ހުރެގެން މަސައްކަތް ކުރިޔަދީ.. މާކިން.. މާ” އިނާރާއަށް ގިސްލެވޭވަރުން ވާހަކަވެސް ނުދެއްކުނެވެ.

ސިޓިން ރޫމުގައި ހުރި ސޯފާގައި އިށީދެ އިނދެ ކަރުގައި އޮތް ޓައީ ދޫކުރަމުން ދިޔަ މާކިން ވިސްނަމުން ދިޔައެވެ. އޭރު އިނާރާ ހުއްޓމެއްނެތި ގިސްލަމުން ދެއެވެ. “ހޫމް. ގޭގައި ހުރެވޭނީ. އޮފީހަށް ގޮސްގެން ނުވާނެ. ދެން ހުއްޓާލައި. އާދެ އަހަރެން ކައިރިއަށް.” ތަންކޮޅެއް ދުރުގައި އިން އިނާރާގެ އަތުގައި ހިފައިގެނެސް މާކިންގެ މޭމަތީގައި އޭނާގެ ބޯ ބޭއްވިއެވެ. ގިސްލެވެމުން ދިޔަ އިނާރާގެ ހިތަށް ފިނިކަމެއް ލިބުނީ މާކިން އެކަމަށް އެއްބަސް ވުމުންނެވެ. އެހެން އޮންނައިރު މާކިންގެ ހިތުގެ ވިންދު އަޑުއިވެމުންދިޔަ ނަމަވެސް އިނާރާއަށްޓަކައި އެ ހިތުގައި އެންމެ ވިންދެންވެސް ޖަހާނުލާނެކަން އޭނާއަށް އިނގެއެވެ.

“މަންމާ.. ކޮބާ މިރޭ މިބައިގައި ދޯ ކެއުން.” މާކިން ތިރީބަޔަށް ވަދެ ބުނެލިއެވެ. އޭރު އޭނާގެ ކައިރީގައި ހުރި އިނާރާ ހުރީ ޑޮކްޓަރަށް ދާން ތައްޔާރުވެގެންނެވެ. މާކިން ގޭތެރެއަށް ވަންތަން ފެނި އާޝިޔާ ސިޓިންރޫމަށް ނިކުތެވެ. “ދެކުދިން ހަވީރު ދުއްވާލަން ދަނީތަ؟؟ އަހާ.. އިނާރާ އަތަށް ކިހިނެތް ހަދާފައި؟” އާޝިޔާއަށް އިނާރާގެ އަތުގައި ބޭސް އަޅާފައި އޮތްތަން ފެނުމުން ހާސްވެފައި ސުވާލުކުރިއެވެ.

އިނާރާއަށް ބޭއިޚްތިޔާރުގައި މާކިންއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު މާކިންގެ ތޫނު ދެލޯ އޭނައަށް ހުއްޓިފައި ހުރިއިރު އެ ދެލޮލުން ހާމަވެގެން ދިޔަމާނަ އިނާރާއަށް ނަގައިގަނެވުނެވެ. “އެއީ މިއަދު ބިއްލޫރި ތައްޓެއް ދޮންނަށް އުޅެނިކޮން ތަޅައިގެން ގޮސް ކެނޑުނީ. އެހެންވެ އިންފެކްޓު ވެދާނެތީ ރަނގަޅަށް ބޭސްއަޅަން ދާން މިދަނީ. ދޯ މާކިން.” އިނާރާ ހިނިތުންވެލަމުން ވާހަކަދެއްކިއިރު އެ މޫނުމަތިން އެންމެ ފަހަރަކުވެސް ކަމެއް ގޯސްހެންނެއް ޝައްކެއް ނުވެއެވެ.

“ޔެސް ދޫނީ.. ހިނގާ ދާން އަވަހަށް. މަންމަ އަންނާނަން އިނގޭ މިރޭ.” މާކިން އައިސް އިނާރާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. “އާން. ދެންވެސް ދަރިފުޅު ބަލައިގެން އުޅެއްޗޭ. ދަރިފުޅަށް ކަމެއް ވެއްޖެއްޔާ މަންމަ ވަރަށް ދެރަވާނެ.” އާޝިޔާ އިނާރާގެ ކޮނޑުގައި ފިރުމަމުން ބުނެލިއެވެ. އޭރު މި މަންޒަރު ބަލަން ދުރުގައި ހުރި މަލަކް ހުރީ އިނާރާއާއި ދިމާއަށް ލޯ އަޅައިގެންނެވެ.

އޭ.ޑީ.ކޭއަށް ވަންނަންދިޔަ އިނާރާގެ އަތުގައި މާކިން ހިފާލައިގެން ހުރިއިރު އެ ދެމީހުނަށް ބަލައިލާފައި ކޮންމެ މީހަކަށް ވެސް ހީވާނީ މިއީ ވަރަށް އުފަލުންއުޅޭ ދެމީހުން ހެންނެވެ. ނަމަވެސް މި ކަންދެއްކުމުގެ ފަހަތުގައިވާ ހަޤީޤަތް އިނގޭނެނަމައެވެ. މާކިންގޮސް ނަމްބަރެއް ނަގައިގެން އައިސް އިނާރާއާއި އެކީ އިށީދެލިއެވެ. މިހެން އިންނައިރު މާކިން މަޑުމަޑުން އިނާރާގެ އަތުގައި ބޮސްދޭއިރު އޭނާއަށް ޖެހެނީ ގަދަކަމުން ހީލަހީލަ އިންނާށެވެ. ނަމަވެސް އެތެރެއިން އޭނާ ރޮއެ ހަޅޭލަވަމުންދިޔަ ނަމަވެސް މިމަންޒަރުވަނީ ލޯތަކަށް ފޮރުވިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހަވާތިފް… 7 ވަނަ ބައި

Next

ހަވާތިފް… 8 ވަނަ ބައި

Next
July 1, 2015

ހަވާތިފް… 8 ވަނަ ބައި

Previews
June 29, 2015

ހަވާތިފް… 7 ވަނަ ބައި

27 Comments!

  1. nukko says:
    June 30, 2015 at 1:52 am

    Me first.. Hahahaha…

  2. butterfly says:
    June 30, 2015 at 2:22 am

    Wow nice I love it u are the best

  3. nihaa says:
    June 30, 2015 at 4:22 am

    Nice

  4. Meesh says:
    June 30, 2015 at 5:33 am

    V reethi… keep itup! Waiting for next update

  5. finni says:
    June 30, 2015 at 8:21 am

    Vvvvv nice..

  6. shara says:
    June 30, 2015 at 10:50 am

    v v v v reethi..
    next part ves avahah up kohdhehchey

  7. iris says:
    June 30, 2015 at 10:57 am

    now this is a different concept… nyc varah… ehenuny abadhu vx fennaany reethi boy aka reethi girl aka … parenta ok nuvegen ulheythan..
    ekaku rich vefa anekaku poor v ma…

  8. Rishmee says:
    June 30, 2015 at 11:58 am

    Nice

  9. Maree says:
    June 30, 2015 at 12:08 pm

    wow v v v v v reethi..kep it up

  10. nishy says:
    June 30, 2015 at 12:47 pm

    Vvvvv reeethi

  11. jui says:
    June 30, 2015 at 12:59 pm

    HAHAHAHHAAHHAHAHAHAHAHAHAHAHHAHAHAHAHA MAAKIN DHW.. PIS PIS. BT STORY V RYTHI 🙂

  12. Zuu says:
    June 30, 2015 at 2:11 pm

    Nice

  13. shiaa says:
    June 30, 2015 at 2:33 pm

    varah reethi mi part ves

  14. cute says:
    June 30, 2015 at 2:50 pm

    too short

  15. naj says:
    June 30, 2015 at 4:14 pm

    Vvvvv reeethi

  16. shihaa says:
    June 30, 2015 at 4:24 pm

    varah reethi mi part ves… kuriah oii part part ves avahah up kohdhehchey

  17. Fayaz says:
    June 30, 2015 at 7:19 pm

    Vvvvvvvvvvv salhi keep it up l I love u story

  18. shafu says:
    June 30, 2015 at 8:43 pm

    ALHEYYYYY…………
    V SALHI
    KN IRAKUN NEXT PART………??
    V AVAHAH UP KOHLADEHCHEY…………………….!!
    🙂

  19. zaisha says:
    June 30, 2015 at 8:52 pm

    thank you ppl. but i won’t be able to update a new episode tonight. so it will be up tomorrow insha allah. thanks a lot for ur support. u guyz are awsome <3 xoxo

  20. cute says:
    June 30, 2015 at 9:56 pm

    when is the next…

  21. shifa says:
    June 30, 2015 at 10:06 pm

    Its Amazing.. super..

  22. cute says:
    June 30, 2015 at 10:07 pm

    thanks zaishaa……………..

  23. cute says:
    July 1, 2015 at 10:44 am

    miadhu 3 ge kurin up kurevidhaanethr?

  24. cute says:
    July 1, 2015 at 10:45 am

    i love this story..

  25. flower says:
    July 1, 2015 at 11:07 am

    thankolheh avaheee maakin ehn react kuranfeshileh ekm ves story hama v salhi

  26. zaisha says:
    July 1, 2015 at 1:19 pm

    cute miadhu haveerah insha allah up kuraanan ige. 🙂

  27. wooly says:
    July 1, 2015 at 2:21 pm

    so we will wait for evening hope …. hop u wil keep your promise and will update… love this story 🙂

Comments are closed.

Next Episodeހިތް ވިންދާނުލައި… (8)←


All Right Reserved!