Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-9

SomeOne Level 210 Stories
March 13, 2021 5 Mins Read
1 Comment

“ދަރިފުޅާ ލައިތް އެންމެން ބަލާތި” ފަހަރިގެ މަންމަ ލައިތްއަށް ނިސްބަތްކޮށް ބުނިލިއެވެ. އަހަރެމެން އެނބުރި ދިޔައިރު ފަހަރިއާއި އާލް އަދި އަހަރެންގެ ބޮޑުބެވެސް އަނބުރާ މާލެ ދިޔައެވެ.

ނިޔާމަ ދަތުރަކަށްފަހު އަހަރެމެންނަށް މާލެ އަދެވުނީ އެދުވަހުގެ 16:30 ގައެވެ. ގެއަށް ދެވުމާއިއެކު ވެފައިތިބި ވަރުބަލިން އެންމެންވެސް ބޭނުންވީ އަރާމުކޮށްލާށެވެ. އަހަރެންވެސް ދޮންދައްތަ އާއިއެކު ކޮޓަރިއަށް ވަދެ ނަމާދުކޮށްލައިގެން އެނދުގައި ޖައްސާލީމެވެ.

“ޔާ. ދޮންތަ އެބަ ވިސްނަން ޝާމް އާއި ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން. ޝާމްގެ މަންމަ ބަލަހައްޓާ ޝާމްގެ ބޮޑުދައިތަ ބަނޑުބޮޑޯ ބުނީ” ޝާމްބެ އަކީ ދ.ކުޑަހުވަދޫ މީހެކެވެ. ޝާމްބެގެ މަންމަ އާއި ބައްޕަ ގެ ތިބެނީ 2 ކުދިންނެވެ. ޝާމްބެ އަކީ އެގޭ ދޮށީ ކުއްޖާއެވެ. ދެން ހުންނަނީ ޝާއިމް އެވެ. ޝާއިމްގެ އުމުރުން އަދި ވާނީ 17 އަހަރެވެ.ޝާއިމް ކިޔަވަމުންދަނީ ކުޑަހުވަދޫގައި ގްރޭޑް 12 ގައެވެ. ޝާމްބެއަކީ ދޮންތަ މަސައްކަތްކުރާ އޮފީހުގެ ދޮންތަގެ ބޮސްއެވެ. މީގެ ދެއަހަރު ކުރިން ސްޓޯރެކެއްޖެހި ޕެރެލައިޒްވި ފަހުން ޝާމްބެ ގެ މަންމަ ބަލަމުން އެދަނީ ބޮޑުދައިތަ ހަލީމާއެވެ. ޝާމްބެ އާއި ދޮންދައްތަ ރަށްޓެހިވެގެން އުޅޭތާވެސް 3 އަހަރު ވަރުވެދާނެއެވެ.

“އޭރުން ދޮންއާއި ޝާމްބެ ބަދަލުވާނީތަ ކުޑަހުވަދޫއަށް؟” އަހަރެންއެހެން އަހާލީ ދޮންތަ އަހަރެމެންނާ ވަކިވެދާނޭހެން ހީވުމުންނެވެ. މިހާރުގެ އާދަކާދަތައް ހުންނަގޮތުން މީހަކާއި އިނުމަށްފަހު ފިރިހެން ކުއްޖާގެ އާއިލާގާތަށް އަންހެން ކުއްޖާ ބަދަލުވުމަށް ގިނަފަހަރު ޖެހެއެވެ.

“އުނހު. ދޮންމެން ގަސްތުކުރަނީ ކައިވެނިކޮށްގެން 2 ރޫމް އާއި މެއިޑް ރޫމްހުންނަ އެޕާޓްމަންޓެއް ހިފައިގެން ޝާމް މަންމަމެން މާލެ ބަދަލުކުރަން ކަމަށް. ޔާ ބޭނުމީއާ 3 ކޮޓަރިތަނެއް ހިފައިގެން ވެސް ދެވިދާނެ. ޝާމް މަންމަ އަށް އެންމެ ފުރިހަމައަށް ފަރުވާ ނުކުރެވެނީވެސް ރަށުގައި ހުރީމަ. ދެން މި ކިއަނީ ގޭގައި ހުންނާނެ ބޭރު ކުއްޖަކު ގެންނަން. އޭރުން ދޮން ނޫޅޭ ގަޑިތަކުގައި މަންމަގެ ކުދިކުދި ކަންކަން ކޮށްލައިދެވޭނެއެއްނު” ދޮންތަ ޕްލޭން އަހަރެންނަށް ކިޔާދިންއިރު ކަނުލާ އަޑުއަހަން އަހަރެން އިނީމެވެ.

“އުނހުން. ޔާ ހުންނާނީ މިގޭގަ. ދެން ރަށުން ރަނގަޅު ޖޮބެއް ލިބިއްޖެއްޔާ މައިޓް މޫވް ކަންނޭގެ. ވަރަށް އުފާވެއްޖެ ދޮން އެހާ ބޮޑު ޒިންމާއެއްނަގަން ތައްޔާރުވީމަ. ދެން މަންމަމެންނާއި ވާހަކަ ދައްކަބަ. ޔަގީން މަންމަ ދެބަހެއް ނުވާނެކަން”

ހަމަ އެރޭ ދޮންތް ބައްޕައަށް ގުޅާ ޝާމްބެ އާއި އިންނަން ގަސްތުކުރާ ވާޙަކަ ބުންޏެވެ. ބައްޕަމެން ހިތުން ރުހުމުން އެކަމާ އެއްބަސް ވިއެވެ. އަދި ކައިވެނީގެ ކަންކަން ތައްޔާރުކުރުމަށާއި ކައިވެންޏަށް މާލެ އަންނާނޭކަމުގައިވެސް ބުންޏެވެ. އެޚަބަރު ވެގެން ދިޔައީ ގޭ އެންމެންވެސް ނުހަނު އުފާވި  ޚަބަރަކަށެވެ.

މާލެއައުމަށް ފަހު 2 ދުވަސް ވީއރުވެސް އަހަރެންނާއި ލައިތް ބައްދަލުވެވޭ ގޮތެއް ނުވިއެވެ. މާލެ އައި ގޮތަށް އަނެއް ދުވަހު ލައިތްވެސް ޑިޔުޓީއަށް ނުކުތީއެވެ. ލައިތް މަސައްކަތްކުރަނީ އެމިރޭޓްސް ގައި ޕައިލެޓްއަކަށެވެ. އެހެންކަމުން ޑިޔުޓީއަށް ނުކުތް ގޮތަށް ކޮންމެވެސް ޤައުމަކަށް ފަސިންޖަރުން ގޮވައިގެން ގޮސް އެކޮޅުގައި ފްލައިޓް އޯވާ ނައިޓް ކުރީއެވެ. ނަމަވެސް އަހަރެންނާއި ބަރާބަރަށް ވައިބާ ކުރެއެވެ. ވައިބަރ އިން ގުޅައިގެން ހާލުބަލާ ހަދައެވެ. އަދި މާލެ އަންނަ ގޮތަށް 1 ދުވަސް އޮފް ލިބޭނެ ކަމާއި ދިމާވާންގުޅާނެ ކަމުގައި ބުންޏެވެ.

އަހަރެން އާދައިގެ މަތީން އޮފީހަށް ނުކުންނަން ފެށީމެވެ. އޮފީހަން ދިޔުމާއި ކަސްރަތުކޮށްލަން ދިޔުން ފިޔަވާ މާ ބޮޑުކަމެއް ނޯވެއެވެ. ނަމަވެސް ދޮންދައްތަ ކައިވެނީގެ ކަންކަން އަހަރެން ފޯރީގައި އިންތިޒާމްކުރަމުން ދިޔައީމެވެ. “ހަނިމާދު މުހައްމަދު ފައިސަލްގެ” އާދެ ބައްޕަގެ ދޮށީ ދަރީގެ ކައިވެނީގެ ކަންކަމުގައި ކުޑަވެސް ތާއްޓެއް ވުމަށް ބައްޕަ ނޭދެއެވެ.  ދުވަސްތައް ހޭދަވަމުން ދިޔަ އިރު ، ލައިތް އޮފް ދުވަސް ދުވަހު އަހަރެމެން ދެމީހުންގެ ބަގީޗާގައި އިތުރު މާތަށް ފޮޅުވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. މާލޭގެ އެކިއެކި ރެސްޓޯރަންޓްތަކާއި  ވިލިނގިލީ ގެ ހިތްގައިމު އަތިރިމައްޗަކީ އަހަރެމެން ލޯބީގެ ގުޅުން ބަދަހިކުރާ މައިޒާން ތަކެވެ. ބައެއް ފަހަރު ލައިތް ފަހަރި ހޯދަންކަމަށް ގެއަށްވެސް އާދެއެވެ. މިހެން އަންނަ ކޮންމެ ފަހަރަކު އަހަރެންނަށް ކޮންމެވެސް ގޯނާއެއް ކޮށްލާނެއެވެ. މިގޮތުގެމަތިން އެއްރެއަކު ލައިތް އަހަރެމެންގެއަށްއައިކަން އަހަރެންނަށްވެސް ނޭނގެއެވެ. ގަޔަށް ބާރު ޓައިޓްއަކާއި އަތްކުރު ޓީޝާޓްއެއް ލައިގެން އަހަރެންގެ ކަޅު ދިގު އިސްތަށިގަނޑު ނިޔުޅާލައިގެން ބުރުގާވެސް ނާޅައި ސިޓިން ރޫމަށް އަހަރެން ނުކުތީ ފުޅިއަށް ފެންއަޅަންވެގެންނެވެ. ބަދިގެބައި އިންނަނީ ޕާޓިޝަން ޖަހާ ދޮރުލާ ވަކިކޮށްފައެވެ. އަހަރެންގޮސް ފުޅިއަށް ފެން އަޅައިގެން ބޭރަށް ނުކުންނަން ހިނގައިގަތްވަގުތު މީހެއްގެގައިގައި ޖެހި ސިއްސައިގެން ދިޔައެވެ. އެވަސް އަހަރެންނަށް އޮޅޭނޭ ހެއްޔެވެ. އަވަސް ހަރަކާތަކާއި އެކު ލައިތް އަހަރެން އަނެއް ފަރާތަށް އަނބުރާލިއެވެ. އަދި މަޑުމަޑުން  ފަހަތުން އަހަރެންގެ ގައިގައި ބައްދާލާ އަހަރެންގެ ކަރުދޮށުގައި ލައިތް ގެ މޫނު ހާކާލިއެވެ.

“މާޝާ ﷲ. އހަރެންގެ އާޔާ!” ލައިތް އެހެން މަޑުމަޑުން ބުނެލުމާއިއެކު އަވަސް އަވަހަށް އަހަރެން އޭނާގެ އަތްދަށުން ދެމިގަތީމެވެ. އަދި ކޮޓަރި އާދިމާއަށް ދުއްވައިގަތީމެވެ. އެވަގުތު ސިޓިންރޫމްގައި މީހަކު ނެތްކަން ނަސީބެކެވެ.

އެއީ އަހަރެން ބުރުގާ ނާޅާ ހުއްޓާ ލައިތް އަށް ފެނުނު ހަމައެކަނި ފަހަރެވެ. އަހަރެން ކޮޓަރިއަށްވަދެ ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލ ނަފްސަށް ނަޒަރު ހިންގާލީމެވެ. އަހަރެންގެ ދޮން މޫނު ޖަންބެއްހާ ރަތެވެ. އަހަރެން ސިއްސައިގެން ދިޔައީ ފޯނަށް މެސެޖްއެއް އައުމުންނެވެ.

“ހަމަ ހަގީގަތުގައިވެސް އާޔާ ހާދަ ރީއްޗޭ. ހަމްދުކުރަން އެހެން ކޮކާލަކަށްވުރެ ކުރިން ތިމާ އަހަރެންނަށް ލިބުންކަމުން. ކައިވެނި އަވަސް ކުރަންވީއޭވެސް އެބަ ހިތަށް އަރާ! އެކަމް….” ލައިތް އެބުނި އެކަމް އެއް އަހަރެންނަކަށް ނުވިސްނުނެވެ.

ކޮންމެއަކަސް އަހަރެމެން ޢީދު ދަތުރު ނިންމާފައިމާލެއައިތާ ދެވަނަ ހަފްތާގައި ދޮންދައްތަ ކައިވެނީގެ ކަންކަން ހަމަޖެހިގެން ދިޔައެވެ.ބައްޕަ އާއި މަންމަވެސް ކައިވެނީގެ ވަލީމާގައި ބައިވެރިވުމަށް މާލެއައެވެ. ޝާމްބެވެސް މާލެއިން އާ އެޕާޓްމަންޓެއް ހޯދާޝާމްބެގެ އާއިލާ މާލެ ބަދަލުކުރިއެވެ.

ދޮންދައްތައަކީ ކުރިންވެސް ބުނިހެން ވަރަށް ސާދާ މިޒާޖެއްގެ މަޑުމައިތިރި ކުއްޖެއްކަމުން ކައިވެނި ޕާޓީވެސް މާ ބޮޑުކޮށް ބާއްވާކަން ދޮންދައްތަ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޝާމްބެ އާއި ބައްޕަ މަޝްވަރާކޮށް ނިންމީ މާލޭގެ ރެސްޓޯރެންޓެއްގެ ޓެރަސްގައި އާއިލާއާއި ގާތް ރަށްޓެހިންގެ އިތުރުން  އޮފީސް މީހުންނަށް ކެއުމެއްދޭށެވެ. ކައިވެނީގެ ހެދުމަކަށްވެސް ދޮންދައްތަ އިޚްތިޔާރުކުރީ ހުދު ދިގުހެދުމެކެވެ. ހެދުމުގެ ގައި ރަންކުލައި ކޮންމެވެސް ވަރެއްގެ ޖަރީގެ މަސައްކަތްތަކެއް ފެންނަންހުރިއިރު ބޯވަޅުގައި ދިވެހި ފިނިފެންމަލެއް ޖަހާލާފައި ވެއެވެ. ޕާޓީއަށް ޓެރެސްމަތި ތައްޔާރުކޮށްފައިވަނީވެއް އުނދޯލި އެލުވާ ، ކުރީ ޒަމާނުގެ ގޮތަށް ފަންގެއަކާއި އިހުޒަމާނުގެ ތަކެތި ބޭނުންކޮށްގެންނެވެ.

ޕާޓީއަށް އަހަރެން ހިޔާރުކުރީ ރަތްދިވެހި ލިބާހެކެވެ. ޕާޓީގެ ކަންކަން ކުރިއަށް ދިޔައިރު އަހަރެންވެސް ގޭ މީހުންނާއި އެކީ އެކި ވާހަކަތަކުގައި ވަގުތު ހޭދަކުރީމެވެ. ފަހަރިމެންނާއި އެކީ ލައިތްވެސް އެޕާޓީއަށްއައެވެ. އަހަރެން ބެލީވީހާވެސް ދުރުދުރުން އުޅެވޭތޯއެވެ. އާއިލާގެ އެންމެންނާއި އެކީ ފޮޓޯ ނަގާނިންމުމަށްފަހު އަހަރެން ގޮސް މޭޒެއްކައިރީ އެކަނި އިށީނެމެވެ. ލައިތް ހުރީ އެކަހަލަ ދަނޑިވަޅަކަށް ފާރައަށްހެން އަހަރެންނަށް ހީވިއެވެ. އެކަނިވި ވަގުތު ބަލާފައި ލައިތް އައިސް އަހަރެން އިން މޭޒުގައި އިށީނެވެ. އަހަރެންނަށް ލައިތް ކައިރިން ފެނުނު ވަގުތު ލައިތްގެ މޫނުމަތިން ނުތަނަވަސްކަމެއް ފާޙަގަކުރެވުނެވެ.

“ލައިތް އޯކޭތަ؟ ބަލި ވައްތަރެއް ޖަހާ އެބަ؟ އަހަރެން އަހާލީމެވެ.

“އުނހު. ވަރުބަލިވީމަ އެއީ. އޭޒް ޔޫޝުއަލް ޔާ ހާދަ ރީއްޗޭ! ހަމަ ރެހެންދިއެއް އެނގޭ” ލައިތް މަސައްކަތްކުރަމުން ދިޔައީ މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަންކަން އަހަރެންނަށް އިނގުނެވެ.

“ހިނގާބަ ވާހަކަ ދައްކާލަން ކޮންމެސް ތާކަށް. އަހަރެންގެ ހިތް ވަރަށް ނުތަނަވަސްވޭ އެބަ” އަހަރެން އެހެންބުނިލީމެވެ.

” މިގަޑީ ކިހިނެއް؟ ދެން މާދަން ދޯ ވާހަކަ ދައްކާލާނީ. އައިއެމް އޯކޭއޭ” ލައިތް އަދިވެސް މަސައްކަތް ކުރަމުންއެދަނީ އަހަރެން ހަމަޖައްސައިދެވޭތޯއެވެ.

“ދޭބަ ފަހަރިމެން ތިބި މޭޒަށް. އައިވިލް މެނޭޖް ރެސްޓް” އަހަރެން އެހެން ބުނެލީ ދުރުގައި ފަހަރިއާއި ލައިބާ އަދި އާލް ތިބި މޭޒު ދައްކާލަމުންނެވެ. އެއަށްފަހު ދެކޮޅު ހޯދާލާފައި އަހަރެން ތެދުވެ މަންމަ މެންނާއި ދިމާއަށް ހިނގައިގަތީމެވެ.

” މަންމާ އަންނާނަން ދޮން ހަނީމޫނަށް ހަމަޖެއްސި ހޮޓެލް ބަލާލާފަ” އަހަރެން އެތަނުން ނިކުންނަން ބަހަނާއެއް ހޯދީމެވެ.

” ކިރުޕެކެޓަކާ ނަމާދު ކުރާ އެއްޗެއްސާލާތި. އެކަމަކު ކާކާއެކީ ދާނީ؟” މަންމަ އަހެންބުނެލީ އަހަރެން އެކަނި ފޮނުވަން ހިތްހަމަ ނުޖެހޭތީކަން އެނގެއެވެ.

“ބޮޑުބެމެން މީހަކާއެކީއޭ ދާނީ. މިކޮޅުން ދޮން ނައްޓާލަން ޓެކްސީއަށް އެރީމަ މަންމަ ގުޅައްޗޭ” އަހަރެން އެހެން ބުނެލަމުން ފަހަރިމެންތިބި މޭޒާދިމާއަށް ހިނގައިގަތީމެވެ.

 

“ފަހަރީ. ކޮބާ ބޮޑުބެ؟ ތަނަކަށް ގޮސްލަން ޖެހިއްޖެ”  އަހަރެން އެހެން އެހިއިރުވެސް ބޮޑުބެ އެތާ ނެތްކަން އަހަރެންނަށް އެނގެއެވެ.

“އެދިޔައީ އާލް ނިދާތީ ގެއަށް ދާން ކާރު ނަގަން. ކޮންތާކަށް ދާން؟ އަހަރެމެން ގެއަށް ދާއިރު ދާން ލަސްވާނެތަ؟ ފަހަރި އަހާލިއެވެ.

“އާނ ލަސްވާނެ. ގެއަށް ގޮސް ނަމާދުކުރާ އެއްޗެހި ނަގައިގެން މިލްކް ޕެކެޓަކާއި އެއްޗެހި ހިފައިން ދޮންމެން މިރޭ ތިބޭ ގެސްޓްހައުސްއަށް ދާންކަމަށް” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

“ލައިތް ސައިކުގަތަ؟ ދާންވީނު އާޔާ ގޮވައިން؟” އަހަރެން ހިތުލިގޮތަށްކަންވަމުންދާތީ އަހަރެންހުރީ ހިތްހަމަޖެހިގެންނެވެ.

“އާޔާ އަހަރެން ސައިކަށް އަރަން އޯކޭއީ އާ ހިނގާދާން” ލައިތް އަހަރެންނާ ދިމާއަށް ބަލާލިއެވެ.

” ހިނގާ. ފުރަތަމަ ގެއަށް ދާނީ އެނގޭ.” އަހަރެމެން ދެމީހުން އެކީ ބޭރަށް ނުކުތީމެވެ. އަވަސް އަވަހަށް ގެއަށްވަދެ ނަމާދު ކުރާ އެއްޗެއްސާއި، އެރެއަށް އަހަރެން ދޮން އަށް ތައްޔާރުކުރި ނައިޓީ ހިފައިން ނުކުމެ ހުޅުލޭ ފެރީއަށް އެރީމެވެ. އެވަގުތުތަކުގައި މާބައިވަރު ވާޙަކައެއް އަހަރެމެން ނުދައްކަމުއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި ދޮންދައްތައަށް ބައްޕަ ނަގައިދިން ސޫޓްގެ ނަންބަރު ރިސެޕްޝަނުގައި ބުނުމާއިއެކު އަހަރެމެން ގޮވައިން އެ ކޮޓަރިއަށް މީހަކު ދިޔައެވެ. ފިނިފެންމަލުން އެނދާއި ޖަކޫޒީ ވަނީ ޒީނަތްތެރިކޮށްފައެވެ. މުޅި ކޮޓަރީގައިވެސް ލެވެންޑަރ ގޭ މީރުވަސް ހިފާލަފައި ހުރީ އެތަނުގައި ރޯކޮށްފައިވާ ކުދި އުއްބަތިތަކުންނެވެ.

“ޕްލީޒް ޕްރޮވައިޑް ދެމް ވިތް އަ ކޯލްޑް މިލްކް ގްލާސް” (އެމީހުންނަށް ފިނި ރޯކިރުތަށްޓެއް ގެނެސްދެއްޗޭ) އަހަރެން ބުނެލީމެވެ.

“އާދެ” އޭ ކުއްޖާ ބުނެލުމުން އަހަރެންވެސް ހިނިތުންވެލާފައި އެކޮޓަރިން ނުކުތީމެވެ.

“ޕޫލް ސައިޑް ކެފޭ އޯޕަންތޯ” ނުކުންނަމުން އެކުއްޖާ ކައިރީ އަހަރެން އަހާލީމެވެ.

“އާދެ. ބާރަ ޖަހަންދެން ހުޅުވާފަ ހުންނާނީ”

އަހަރެމެންދެ މީހުން ކެފޭއަށް ވަތްއިރުވެސް އެތަނުގައި ތިބި ފަތުރުވެރިންގެ ނަޒަރު ހުރީ އަހަރެންނަށް ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އަހަރެން އޭރުވެސްހުރީ ޕާޓިއަށްދާން ލީ ރަތް ލިބާހުގައެވެ.

އަހަރެމެން ގޮސް އެތަނުން މޭޒެއްގައި އިށީނުމާއިއެކު ވައިޓަރު އައިސް ގެންނަންވީއެއްޗެއް އެހިއެވެ.

‘ޓޫ ލަވާޒާ މިލްކް ޕްލީސް” އަހަރެން އެހެން ބުނެލީ ކޮފީއަށްދާ ހުރިހާ ރެއަކުވެސް ލައިތް އޯޑަރު ކުރަނީ ލަވާޒާއަށްވީމައެވެ.

“ދެން ބުނެބަ. އައިނޯ ޔޫ އާ ނޮޓް އޯކޭ” ( އަހަރެންނަށް އެގޭ ކޮންމެވެސްކަމެއް ވެއްޖެކަން) އަހަރެން ޔަޤީން ކަމާއިއެކު ބުނީމެވެ.

ލައިތް މޭޒުމަތީގައި އޮތް އަހަރެންގެ އަތުގައި ހިފާ އޭނަގެ އަތުތެރެއަށް ލިއެވެ.

” އާޔާ! އަހަރެންދެކެ ލޯބިވޭތަ” ލައިތް އެހެން އަހާލީ އަހަރެންގެ މޫނަށް ބަލަން އިނދެއެވެ.

“ނިކަން ލޯބިވޭ” އަހަރެން ދިނީ ވަރަށް ސާދާ ކުރު ޖަވާބެކެވެ.

“އަހަރެންނަށް އިންތިޒާރު ކުރާނަން ދޯ” ލައިތް އެހެން ބުނެލުމާއިއެކު ސިހިފައި އަހަރެން ލައިތްގެ މޫނަށް ބަލާލީ ސުވާލުތަކުން ފުރިގެންވާ ނަޒަރަކުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ޑައިރީ

Next

އެސްފިޔަ ?ފްރެންޑްސް ?

Next
March 13, 2021

އެސްފިޔަ ?ފްރެންޑްސް ?

Previews
March 13, 2021

ޑައިރީ

One Comment

  1. Boaganvilla says:
    March 14, 2021 at 7:22 pm

    މީ މިވާހަކައިގެ އެއްކުންނު ދެންހަމަވާނެގޮތަކާ މެދު އިންތިޒާރީގަ
    ކޮންމެ ދުވަހަކު އެޕިސޯޑެއްތަ ނެރެނީ ނޫނީ ދެވަހުން އެއްދުވަހު ތަ؟

Comments are closed.

Next Episodeނިކަން ލޯބިން-10←


All Right Reserved!