Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (2)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 5, 2021 5 Mins Read
6 Comments

ސުކޫލަށް ދިޔުމަށްޓަކައި ތައްޔާރުވެގެން ގޭގެ ވަށާފާރުން ބޭރުގައި ހުރި އައިލީން އަށް އޭނާ އާއި ކައިރިވަމުން ދިޔަ ރައިހާ ފެނި ހިނިތުން ވެލިއެވެ. ރައިހާ އޭނާ އާއި އެތް ވަރުކުރުމާއެކު ދެ އެކުވެރިން ސުކޫލާ ދިމާލަށް ދާން މިސްރާބުޖެހިއެވެ. ” އައިލީ އިނގޭތަ މިއަދު ހެނދުނު ވަރަށް މަޖާ ކަމެތް ދިމާވިއެތް ނު ” މިއަދު ހެނދުނު ހިނގާދިޔަ ހާދިސާ މަތިން ހަނދާން ވުމުން ރައިހާ ބުނެލިއެވެ. އަބަދުހެން ހަޔާތުގައި ކުޑަމެށް ދިމާވިޔަސް ރައިހާ އަބަދުވެސް އައިލީން އަށް ހިއްސާކުރެއެވެ. އައިލީން ވެސް މެއެވެ. ދެމީހުން ދެމީހުން އެކަކު އަނެކަކުގެ ހިތާމަތަކުގައި ފުރިހަމައަށް ބައިވެރިވެއެވެ. އެކުވެރިންނަން ހުރި ފުރިހަމަ ނަމޫނާ އަކަށް މިދެމީހުން ވެއެވެ.

ހެނދުނު ގަނޑީގައި ހިނގާދިޔަ ހާދިސާ އެތް ވެސް އަކުރެތް ވަށްޓައިނުލާ ރައިހާ އައިލީން އަށް ހިއްސާކުރިއެވެ. ” ހުވާ މިބުނީ އެ ޔާނިޔު އާ ހަދައިގެން އަހަރުމެން ދެމީހުން ރޮމެންޓިކް މޫމެންޓް ހަޑިވީ ، އޭނާ ވެސް ދާން ވީނު މިހާޜު އޭނާ ރައްޓެހިވެގެން އުޅޭ އަންހެން ކޮޔާ އެތްކޮށް ދޯ ހުވާ އަހަރެންނަށް ފެނިއްޖެއްޔާ ދިމާކޮށްލާނަން  ” ދެއަށް މުށްކަވާލައިގެން ހުރެފައި ރައިހާ ބުނެލިއެވެ. އެއިރު އައިލީން ހުރީ ހިންޏާގެން ހަލާކުވެފައެވެ. ” އޭއި އޭނާ މިހާރު ރައްޓެހިވެގެން އުޅެނީ އަހަރެމެން ކްލާސްގާ އުޅޭ އީނާލް އާ ދޯ ، އަހަރެން އަޑުއެހިން އޭނާ އެވާހަކަ ދައްކަނިކޮށް ” ސީރިއަސްވެލާފައި ރައިހާ ބުނެލިއެވެ. ” ހޫމް އެހެން ކަންނޭނގެ ، ވާން ވެސް އަހަރެން ކައިރީގައި ބުނި ތިކަހަލަ ވާހަކަ އެތް ” އައިލީން ބުނެލިއެވެ. ވާހަކައިގައި ތިބެގެން ދެމީހުން ސުކޫލު ހުންނަ ގޯޅިއަށް އަޅާލުމާއެކު ދެމީހުން ވެސް ސިއްސާގެން ދިޔައީ ކައިރީ ހުރެ މީހަކު ހަޅޭލަވާގަތުމުންނެވެ. ވާހަކައިގައި ތިބިވަރުން މީހަކު އައިކަންވެސް ދެމީހުންނަށް ނޭނގުނެވެ. ދެމީހުންނަށް ވެސް އެތްފަހަރާ ފަހަތް ބަލާލެވުނެވެ. އޭރު ބަނޑުގައި އަތްއަޅާގެން ހޭން އޮތް ލިޔާން ފެނި މީ އޭނާ ގެ ކަމެތްކަން ނަގާގަނެވުނެވެ. ލިޔާން ކައިރީ ހެވިފާ ޔާނިޔު އާއި އިވާން ހުއްޓެވެ. ” ސާބަސް ލިޔާން ކިރިޔާ އެޓޭކެށް ނައީ ، އަދި މިސޮރަށް ކުޅިއެތް ދައްކާލާންނަން މިހެން ހުރެފާ ” ދެ އުކުޅުގައި އަތްވިތްދާލަމުން އައިލީން ބުނެލިއެވެ. އައިލީން ގެ މި ހަރަކާތަށް ގެއްލިފާ އިވާން އަށް ހުރެވުނެވެ. ” މިއޮތް އަނެތް ސޮރު ދީވާނާ ވަނީ” ޔާނިޔު ބުނެލިއެވެ. އެއާއެކު ލަދުން ހުރެފައި އައިލީން އިސްޖަހާލިއެވެ. ” މީ ދެވާހަކަ އޮޑި ސަހާދެއް މިބުނީ ދުވަހަކު ވެސް ވާހަކަ އެތް ހުހެތް ނުވާނެ މިދެމީހުން އަތަކުންނެއް ، ރައިހާ މަސަލާމަތް ކުރާނެ އޭ އައިލީން ފަރާތުން ދޯ ރައިހާ ” އިސްޖަހާގެން ހުރި ރައިހާ އަށް އިޝާރާތް ކުރަމުން ލިޔާން އެންމެ ފަހު ޖުމްލަ ނިންމާލިއެވެ. ތެޅިގަނެފާ ރައިހާ އަށް އިސްއުފުލާލެވުނެވެ. އޭނާ އާއި ދިމާލަށް ލިޔާން ބަލަހަތްޓައިގެން ހުރި ގޮތުން ލަދުން އަނެތްކާ ވެސް ރައިހާ އިސްޖަހާލިއެވެ. އެހެން ތިއްބާ ރަނގަބީލް އެޅިއަޑަށް ފަސްމީހުން އެތެރެއަށް ވަންނަން ހިނގާގަތެވެ. ވަކިހިސާބަކުން އިވާން ވަކިވީ އޭނާ ގެ ކްލާސް ރޫމާ ޖެހުމުންނެވެ. ކަންދިމާކުރި ގޮތުން ލިޔާން މެންނާ ޔާނިޔު މެންގެ ކްލާސް އިންނަނީ ޖެހިފައެވެ. އެހެން ކަމުން ހަތަރު މީހުން އެތްކޮށް ދިޔައެވެ. ލިޔާން އަކީ އައިލީން އާއި ރައިހާ އާއި އެތް ކުލާހެތް ގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ވީއިރު ޔާނިޔު އަކީ ގްރޭޑް އެގާރައިގައި އުޅޭ ދަރިވަރެކެވެ.

ގަނޑިތަށް ފާއިތުވަމުން ގޮސް އެންމެ ފަހުން ނިމޭގަނޑިޖެހުމާ އެކު އައިލީން އާއި ރައިހާ ދަބަހަށް ފޮތް އަޅަން ފެށްޓިއެވެ. ފޮތްތަށް ދަބަހަށް އަޅަމުން ދިޔަ ރައިހާ ގެ ހަރަކާތްތަކަށް މަޑު ޖެހުމެތް އައީ ލިޔާން ގެ އަޑުންނެވެ. ލިޔާން ގެ ޑެސްކާ ދިމާލަށް ރައިހާ އެބުރެލިއެވެ. އޭރު ލިޔާން އޭނާ ގެ ކުރިމަތީގައި އިން އަންހެން ކުއްޖާ އާއި ވާހަކަ ދައްކަން އިނެވެ. ދޭތެރެ ދޭތެރެ އިން ލިޔާން އެކުއްޖާ އާއި ދިމާލަށް ބޭބީ ކިޔާފާ ގޮވާލައެވެ. ރައިހާ ގެ ހިތަށް ތަދުވެލިއެވެ. ލިޔާން އަކީ މީ މީހުން ގެ އިޙްސާސް ތަކާ ކުޅެން ހަމަ އެއް ވަނަ ފިރިހެން ކުއްޖާއެވެ. އެތްފަހަރު އޭނާ އާއި ރީތިކޮށް ވާހަކަ ދައްކާފާނެއެވެ. އަނަތް ފަހަރު އޭނާ އާއި ދިމާލަށް ހިތަށް އައިހާ އާ އެއްޗެއް ކިޔާފާނެއެވެ. އަނެތް ފަހަރު އޭނާ ދެރަ ވެސް ކޮށްލަފާނެއެވެ. ރައިހާ ބަލަން އިންދިމާލަށް ބަލަން ހުރި އައިލީން ގެ ރުޅިގަނޑު ކެކި ގަތެވެ. ހުދު އޭނާ ވެސް ލިޔާން އެހެން އުޅޭތީ އޭނާ ދެކެ ރުޅިއާދެއެވެ. ހަމްދަރުދީގެ ނަޒަރަކުން ލިޔާން އާއި ދިމާލަށް ބަލަހައްޓައިގެން އިން ރައިހާ އާއި ދިމާލަށް އައިލީން ބަލާލިއެވެ. ހުއްޓުން އަރާފައި އިން ރައިހާ ފެނި އައިލީން ދެރަވިއެވެ. އެކުވެރިޔާ އަށްޓަކައި ކަންބޮޑުވިއެވެ. ” ރައީ ” މަޑުމަޑުން އައިލީން ގޮވާލިއެވެ. އައިލީން ގޮވާލުމާއެކު މަޑުމަޑުން އޭނާ ގެ ލޮލުން ފައިބަން ތައްޔާރުވެފައި އިން ކަރުނަތިކި ފޮހެލިއެވެ. މިތަން ކިތަންމެ ރަނގަޅަށް ވެސް އައިލީން އަށް ފެނުނެތްކަމަކު ފެނުނު މަންޒަރު ނުފެންނަ ކަމަށްހެދީ އިތުރަށް ރައިހާ ދެރަކުރަން ބޭނުން ނުވާތީއެވެ.

” ކިހިނެތް ވީ އައިލީ ” ހަމައަކަށް އެޅިލަމުން ރައިހާ ބުނެލިއެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ތުންފަތައް ހިނިތުންވުމެތް ގެނައުމަށެވެ. ” ރައީ ލިޔާން ދައްކާ ވާހަކަ އަށް މާބޮޑަށް އަޅާނުލާ ، ލިޔާން އަށް އަދި ވިސްނޭނެ، އިންޝާﷲ ހީވިލް ލަވްޔޫ ބެކް ” ރައިހާ ގެ ކޮނޑުގައި އަތް ބާއްވާލަމުން އައިލީން ބުނެލިއެވެ. ރައިހާ ހަމަ އެކަނި ބޯޖަހާލިއެވެ. އިވުނު ބެލް ގެ އަޑާއެކު ރައިހާ އާއި އައިލީން ވެސް މިސްރާބުޖެހީ އެހެން ކުދިންނެކޭ އެތްފަދައިން ކްލާސް އިން ނިކުތުމަށެވެ. އޭރު ލިޔާން އަނެތް ކުލާހުން ނިކުން ޔާނިޔު އާއެތްކޮށް އިވާން ހުރި ދިމާލަށް ދިޔައެވެ. ” އައިލީ ، އައިލީ ބޭނުމީ އާ އިވާން ހުރި ދިމާލަށް ދަގަ އަހަރެން މިދަނީ ގެއަތް ، ” އިވާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އައިލީން ފެނި ރައިހާ ބުނެލިއެވެ. ” ނޯވޭ ރައީ ރައީ ތިހާލުގައި ދޫކޮށްލާފައި އަހަރެންނެތް ނުދާނެ އެތް ނު ، އަހަރެން އިވާން ދެކެ ކިތަންމެ ވަރަކަށް ލޯބިވިއަސް ، އައިލަވް ޔޫ މޯދެން ހިމް ، އެއީ ޔޫކޭމްޓު މައި ލައިފް ފަސްޓް ” ރައިހާ ގައިގައި ބައްދާލަމުން އައިލީން ބުނެލިއެވެ. ރައިހާ ވެސް ހިނިތުންވެހުރެ އައިލީން ގައިގައި ދެއަތް ވަށާލިއެވެ. އެހެން ހިނދުކޮޅަކަށް ތިބުމަށް ފަހު އައިލީން ގެ އަތުގައު ހިފަމުން ރައިހާ ގޭޓުން ނިކުންނަށް މިސްރާބުޖެހިއެވެ.

މެންދުރުގެ އަވިގަދަ ވަގުތު ޓިއުޝަން ނިންމާގެން ގެއަށްދާން ވެގެން ރައިހާ އާއި އެތްކޮށް އައިލީން ނިކުން އިރު ތަންކޮޅެއް ދުރުގައި އެމީހުންނާ ދިމަލަށް ބަލަހައްޓައިގެން ހުރި އިވާން ފެނި މަގުގެ ދެފަރާތް ބަލާލަމުން އައިލީން އެދިމާލަށް މިސްރާބުޖެހިއެވެ. ފަހަތުން ރައިހާ ވެސް އައިސް އެމީހުންނާ ތަންކޮޅެށް ދުރުގައި މަޑުކޮށްލިއެވެ.

” އައިލީ މިއަދު ކީއްވެ ސްކޫލް ނިމުނު ގަނޑީގައި މަޑުނުކުރީ ، ” އައިލީން އައުމާއެކު އޭނާ ގެ ދެއަތުގައި ހިފާލަމުން އިވާން އަހާލިއެވެ.

” ސޮރީ ވާން ، އަސްލު ރައީ އަށް  ކަމެތް ދިމާވެގެން ، އެހެންވެ ވާން އަށް ވެސް އިނގޭނެ އަހަރެން ވާން އަށް ވުރެ ކުރިން ރައީ އަށް އިސްކަން ދެންކަން .” އިވާން ގެ މޫނަށް ބަލަހައްޓައިގެން ހުރެގެން އައިލީން ބުނެލިއެވެ. ” ހޫމް ، އައި ނޯ ” އިވާން ބުނެލިއެވެ. ” އެކަމަކު ވާން މިތާގާ ކީއްކުރަނީ ” އައިލީން އަހާލިއެވެ. ” ނަތިންގް ، އައިލީ ނިކުންނަން ދެން މިހުރީ ، ” ބޮލުގެ ފުށްކިބަ ކަހާލަމުން އިވާން ބުނެލިއެވެ. ” އޯވް ވާން ހާދަ ކިޔުޓޭ ، ” އިވާން ގެ ދެކޮލުގައި ހިފާލަމުން އައިލީން ބުނެލިއެވެ. އެއާއެކު އެމަންޒަރުބަލަން ހުރި ރައިހާ ގެ ހިނިގަނޑު ފަޅާގެން ދިޔައެވެ. އެދެމީހުންނަށް ނުފެންނާނެ ހެން އަނގަމަތީގައި އަތް އަޅާގެން ހުރެ ހެމުން ދިޔަ ރައިހާ އަށް ތެޅިގަނެވުނީ ކުރިމަތީގައި ހުރި މީހެތް ގެ ކޮނޑުގައި ނިތްކުރި ޖެހުމުންނެވެ. ބޯހިތްލާލައިފައި ކުރިމަތީ ހުރި މީހާއަށް ރައިހާ ބަލާލިއެވެ. އެއާއެކު ދެލޯ ބޮޑުވީ ކުރިމަތީގައި ހުރި ލިޔާން ފެނުމުންނެވެ. ” ކޮންކަމަކާ ތަ މާވަރަކަށް ތިހެނީ ، އަހަރެން ހީކުރީ ރައިހާ މޮޔަވީކަމަށް އެހެންވެ ފިހާރައަތް ނުވަދެ މިތަނަށް މިއައީ ވެސް ” ލިޔާން ބުނެލިއެވެ. ” ކަމެތް ނުވޭ އެތިބަ ދެމީހުން ކުރާކަންކަމުން އަހަރެން ކައިރިއަށް ހިނިއައީ ދެންމެ ވެސް އައިލީން މިހެން އިވާން ގެ ކޮލުގައި ހިފީ ” ހެމުންހެމުން ކުރެވޭ ނުކުރެވޭ އެތް ނޭނގޭ ހާލު ރައިހާ ލިޔާން ގެ ކޮލުގައި ހިފާލީ އައިލީން އަށް ޖޯކް ޖަހަމުންނެވެ. ރައިހާ ގެ މަޑުމަޑު އަތުގެ ބީހުން އޭނާގެ މޫނުގައި އިހްސާސްވުމުން ލިޔާން އަށް ހީވީ ކަރަންޓް ޖެހުނުހެންނެވެ. ހެމުން ހެމުން ދިޔަ ރައިހާ އަށް ކުރެވުނުކަންތަށް ރޭކާލުމާއެކު ލިޔާން ގެމޫނުން އަތް ވަކި ކޮށްލުމަށް ފަހު އިސްޖަހާލީ ލަދުގަން ވަރުންނެވެ. އޭރު އޭނާ ގެ މޫނަށް ރަތްކަމެތް އަރާފައި ހުއްޓެވެ. ރައިހާ ގެ މޫނަށް އެރި ކުލަވަރުބަލަން ދީވާނާ ވެފައިވާ މީހެތް ހެން ލިޔާން ހުއްޓެވެ. ފުރަތަމަ ފަހަރަށް ހިތާހިތުން ރައިހާ ގެ ރީތިކަމަށް ތަޢުރީފް ކުރެވުނެވެ. މަޑުމަޑު ފިޔާތޮށިކުލައެތް އަރާފައި ހުރި އެތުންފަތުގައި ރައިހާ ދަތްއަޅާގަނެގެން ހުރިއިރު ތުންފަތަށް ރަތް ކަމެތް އައިސްފައި ހުއްޓެވެ. ލިޔާން ގެ މޫނުގައުވާ ކުލަވަރު ނޭނގޭ ހާލު ރައިހާ ހުރީ ބިރުންނެވެ. ލިޔާން އޭނާ އާއި ދިމާލަށް އެއްޗެހި ކިޔާފާނޭތީ އޭނާ އިންތިހާއަށް ބިރުގަނެއެވެ. ” ކަލޭމެން ދެމީހުން ކޮންކަމެތް ” އެދެމީހުން ކައިރިއަށް ހުއްޓުނު އައިލީން އަދި އިވާން އަށް އެއްފަހަރާ ބުނެލެވުނެވެ. އެއާއެކު ސިހިފައި ކަހަލަ ގޮތަކަށް ލިޔާން އަށް ދުރަށް ނަޒަރު ހިނގާލެވުނެވެ. ލަދުގަންފައި ހުރި ރައިހާ ވެސް އެކި ދިމަދިމާލަށް ބަލަންފެއްޓިއެވެ. ” އޭއި ލިޔާނޫ ހިނގާ ބަލަ ޔާނިޔު ކާއިރި އަށް ދާން އޭނާ އުޅެނީ އީނާލް އާ ބްރޭކްއަޕްވެގެން ، ވަރަށް ކަޓާފާ އެސޮރު ހުރި ވެސް ހިނގާބަލަ އޭނާ ހިންހަމަޖައްސާދޭން ދާން” ތަނުގައިވާ ހަމަހިމޭންކަން ކަނޑުވާލަމުން އިވާން ބުނެލިއެވެ. ލިޔާން ވެސް ބޯޖަހާލަމުން ހިނގައިގަތެވެ. ” ބާއި އިނގޭ އައިލީ އަހަރެން ގުޅާލާނަން ފްރީވެލާފާ ، ލަވްޔޫ ” އައިލީން އާއި ދިމާލަށް ބަލާލުމަށް ފަހު މިހެން ބުނެފައި އިވާން ގޮސް ލިވާން އާއި އެތް ވަރުކުރިއެވެ. އެދިމާލަށް ބަލަން ހުރެފައި ލާނެތް ހިނިތުންވުމަކާއެކު އައިލީން ރައިހާ އާއި ކައިރިއަށް ޖެހިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 3

Next

އަންނަންދެން ހުންނާނަން ލޯބިން 24

Next
March 5, 2021

އަންނަންދެން ހުންނާނަން ލޯބިން 24

Previews
March 5, 2021

ތިޔަ ލޯތްބަށް އެދެމޭ – 3

6 Comments!

  1. YEOJA says:
    March 5, 2021 at 9:19 pm

    Heiii readers♥️♥️
    Hope u like the 2nd part too♥️♥️
    ISA next part soon♥️♥️
    Stay safe all ♥️♥️

  2. redlailacrose says:
    March 6, 2021 at 12:08 pm

    ލިޔާން ގެ ޑެސްކާ ދިމާލަށް ރައިހާ އެބުރެލިއެވެ. އޭރު ލިޔާން އޭނާ ގެ ކުރިމަތީގައި އިން އަންހެން ކުއްޖާ އާއި ވާހަކަ ދައްކަން އިނެވެ.
    Mi sentence mi gothah liyefi nama maa furihama vaaane ???ފަސް އެނބުރި ލިޔާންގެ ޑެސްކާއި ދިމާލަށް ބަލައިލި ރައިހާ ގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި ހުރި އަންހެން ކުއްޖަކާއި ވާހަކަ ދައްކަމުން ދިޔަ ލިޔާން އަށެވެ.
    Anyways stry hama habeys waiting for next part ?? liyaan aa raihaa ge bai kiyaafa hama hevuneee. I think liyaan will fall for raihaa. Aileen nd eevaan.and thanks for commenting on my stry. Nd could u please comment on my stry loibahtakai aharen huva maru vs vedhaanamey
    lysm ??
    Stay safe ??
    Stay home ???

  3. YEOJA says:
    March 6, 2021 at 4:11 pm

    Thank you redlailacross for pointing out the mistakes ♥️♥️
    Galde u liked this part ♥️♥️
    ISA next part tonight gaa submit kohleveythoo balaalaana ♥️♥️
    Lets see dhw ♥️♥️
    Anytimess ISA♥️♥️ regular koh cmnt kureveythoo ♥️♥️vrh balaanan ingey♥️♥️
    Lym♥️♥️♥️
    Stay safe and take care♥️♥️♥️

  4. redlailacrose says:
    March 6, 2021 at 6:11 pm

    Yess learn from ur mistake and improve writing skills .my best wishes are with u. And im really happy that you took the comment positively ??? nd thihaa avaha stry ge next ep up kohdhey thee thnks. Anyways stay Safe ❤️❤️? stay home ???

  5. redlailacrose says:
    March 6, 2021 at 8:51 pm

    And one more thing.?? dialogue vaki paragraph eh ge gothuga liyuneema kiyaalan faseyha vaane.?? Mee hama hiyaaleh. Author beynun gothakah write kuriyas ok vaane. Anyways good luck writing other episodes ??? stay safe

  6. YEOJA says:
    March 7, 2021 at 9:41 am

    Yhhh thankss I am trying to improve it ♥️♥️
    Awwwwnnn thank uuu and my wishes are with u . ♥️♥️♥️Mee alugadu ehkoh liyefaa oi vaahaka eh veemaa Ava’s avaha up kohladeny♥️♥️ I don’t want readers to wait heehhe♥️♥️♥️
    Thanks thi hiyaalah ISA dhn liyaa ehn stry eh gaa thigotha kuri ah gendeveythoo balaaan♥️♥️♥️ ISA mee kurin liyefaa in vaahaka eh veemaa change kuran undagoo vaane ehn ve♥️♥️
    Thanks good luck to u too
    Stay safe and take care♥️♥️

Comments are closed.

Next Episodeވާން އެދެމޭ ގާތުގާ (3)←


All Right Reserved!