Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (1)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 4, 2021 4 Mins Read
3 Comments

އިރު އޮތްސެމުން ދިޔަ ހިތްގައިމު ވަގުތު މަޑު ހިނގުމެއް ގައި މަގުގެ އެތް ފަރާތުން ލާފައި ހިނގަމުން ދިޔަ އައިލީން ގެ މޫނުމަތީގައި ވަނީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. އަޅައިގެން ހުރި ވަޅު ފެހިކުލައިގެ ޝޯލް ގެ އެތެރެއިން ފެންނަ މުން ދިޔަ ހިތްގައިމު މޫނަށް ބަލާފޫހިނުވާނެއެވެ. ތުނި ކުޑަކުޑަ ތުންފަތަކާ ކަޅުކަން ގަދަ ކަޅި އެމޫނަށް ނުލާހިކު ގުޅެއެވެ.

މަޑުހިނގުމެތް ގައި ޖެހިގެން އޮތް ގޯޅިއަށް އަޅާލި ވަގުތު ފެނުނު ސޫރައެތް ގެ ސަބަބުން އައިލީން ގެ ދެފައި ބިމުގައި ތައްލިފަދައެވެ. އައިލިންގެ ކުރިމަތީގައި ހުރި އިވާން އަށް ވެސް ވީހަމަ އެވަރެވެ. ދެމީހުން ދެމީހުންގެ މޫނަށް ބަލަން ތިބެވުނުއިރު އެ މަންޒަރު ވަރަށް ވެސް ރީއްޗެވެ. މާގިނައިރެތް ނުވެ އެހެން ހުރެފައި އިވާން އައިލީން އަށް ހިނިތުންވުމެއް ދިނެވެ. އިވާން ހީލިގަނޑީގައި އެދެކޮލަށް އެޅުނު އަޑިކޮޅަށް ބަލަން ދީވާނާ ވެފައިވާ މީހެށް ފަދައިން އައިލީން އަށް ހުރެވުނެވެ. އައިލީން އަށް ހަމަހޭވެރިކަން ވީ އިވާން އެތްބުމަ އަރުވާލުމުންނެވެ. އެއާއެކު އެ ދޮންކޯތާފަތަށް ޖަންބުކުލަ ވެރިވެގަތެވެ. އެއާއެކު އިވާން ގެ ތުންފަތައް ލާނެތް ހިނިތުން ވުމެއް ވެރިވެގަތެވެ. މަޑުހިނގުމެތް ގައި އައިލީން އާއި ދިމާލަށް އިވާން މިސްރާބުޖެހިއެވެ. އައިލީން އާއި އެތްވަރު ކުރަމުން ކުޑަކޮށް އޭނާ އާއި އެތްވަރަށް އިވާން ގުދުވެލިއެވެ. ” އައިލީ ބްލަޝް ވާއިރު ވަރަށް ލޯބި މާޝާ ﷲ ” އައިލީން ކަންފަތް ދޮށުގައި އިވާން މިހެން ބުނުމާއެކު އައިލީން ގައިން ހީބިހިނެގިއެވެ. ރަކިވީވަރުން އައިލީން އަށް ދުއްވައިގަނެވުނެވެ.

އައިލީން ދިޔަ ދިމާލަށް ބަލަހަށްޓައިގެން ހުރެފައި އިވާން ވެސް ހިނިތުންވެލާފައި އޭނާ ގެ މަންޒިލާ ހަމައަށް ދާން ހިނގާގަތެވެ.

އައިލީން އަދި އިވާން އަކީ ދާދިފަހުން ލޯބިވެރިންގެ ލިސްޓަށް އިތުރުވި ދެބައި ވެރިންނެވެ. ރަށްޓެހި ވެގެން އުޅޭ ތާ އަދިމާގިނަ ދުވަސް ވެފައި ނުވީނަމަވެސް ދެމީހުން ގެ ދެމެދުގައި ވަނީ ފުން ލޮއިއްބެތް އުފެދިފައެވެ. އައިލީން އަކީ ގްރޭޑް ދިހައެތް ގައި ތަޢުލީމް ހާސިލް ކުރަމުންއަންނަ ދަރިވަރެކެވެ. ހަމައެފަދައިން އިވާން އަކީ ގްރޭޑް ބާރައި ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. ދެމީހުންގެ ގުޅުމަކީ މީ ދެފަރާތުގެ އެންމެ ގާތް އެކުވެރިން ފިޔަވާ އެހެން ހުރިހާ ފަރާތަކަށް ވަންހަނާވެފައި ވާ ގުޅުމެކެވެ. މިދެމީހުން ގެ ގުޅުން އިނގެނީ އިވާން ގެ ދެއެކުވެރިން ކަމުގައިވާ ލިޔާން އަދި ޔާނިއު އާއި އައިލީން ގެ އެކުވެރިއެތް ކަމުގައި ރައިހާ އެކަންޏަށެވެ.

ދުވަމުން ދުވަމުން ގޮސް ގެއާ ހިސާބަށް އެރި އިރު އައިލީން އަށް މާނޭވާލެވެއެވެ. އޭނާ ގެ އިސްކޮޅުހުންނަ ގޭގެ ވަށާފާރުގައި ލަތްގަނެލައިގެން ހުރެ އައިލީން ފުންކޮށް ނޭވާލަމުން ދިޔައިރު ދޭތެރެ ދޭތެރެ އިން ހިނިތުންވެސް ވެވެއެވެ. ” ދަރިފުޅާ ކިހިނެތްވީ ؟ ” ގޭގެ ވަށާފާރު އެތެރޭގައި ހުރި ޖޯލީގައި އިން ނުސްރާ އަށް އައިލީން ފެނުމާއެކު ހާސްވެފައި ހުރެ އެދިމާލައް އައިސް އަހާލިއެވެ. އައިލީން އަށް ނުސްރާ ފެނުމުން ފުރަތަމަ ދިޔައީ ސިއްސާގެންނެވެ. ނިތްކުރިމަތީގައި ދާތިކިތަށް ބަބުޅާގަތީ ދޭނެ ޖަވާބެތް ހިތަށް ނައުމުންނެވެ. ” އަނެތް.. އެއީ ދެންމެ ރައިހާ މެން ގެއިން އަންނަނިކޮށް ބުޅަލެތް ފަހަތު އެޅީމާ އެއާ ފިލަން ވެގެން ދުވެފައި އައީމާ ވަރުބަލިވީ ” އެގަނޑީ ހިތައް އެންމެ އަވަހަށް އައި ބަހަނާ އައިލީން ދައްކާލިއެވެ. އާއިލާ އަށް އޭނާ އާއި އިވާން ގެ ގުޅުން އެނގިދާނޭތީ އައިލީން ހުންނަނީ ޖެހިލުންވެފައެވެ. ކިޔަވާނިމުމުގެ ކުރިން ކުއްޖަކާ ރަށްޓެހިނުވުމަށް މަންމަ އަދި ބައްޕަ ވެސް ވަނީ އޭނާ ކައިރި ބުނެފައެވެ. ” ކަލޭނޭ ދަރިފުޅާ ސާބަސް ހިނގާ އެތެރެއަށް ފެންފޮދެއް ބޯލަން ” އައިލީން ގެ ބުރަކަށީގައި ފިރުމާލަމުން ނުސްރާބުނެލިއެވެ. އޭނާ ދެއްކި ބަހަނާ ނުސްރާ ގަބޫލުކުރުމުން އެކަމާ ހިތްހަމަ ޖެހިފައި ހުރެ އައިލީން ނުސްރާ އާއި އެތް ކޮށް އެތެރެއަށް ވަންނަން މިސްރާބުޖެހިއެވެ.

*****************************************

ރޭނގަޑުގެ ހަމަހިމޭން ވަގުތެވެ. މާދަން ސުކޫލަށް ދާންޖެހޭތީ އަވަހަށް ނިދަންވެގެން އައިލީން ކޮޓަރިއަށް ވަތެވެ. ފެންވަރާ ތާޒާވެލާގެން އައިސް އެނދުމަތީގައި އޮށޯވެލިތަނާ އޭނާ ގެ ފޯނު ރިންގްވާއަޑަށް އައިލީން ތެދުވެލިއެވެ. ފޯނަށް އަރާފައި އިން އިވާން ގެ ނަން ފެނި ލަދުރަކި ކަމާއެކު އައިލީން ފޯނުނަގާލިއެވެ. ” އައިލީ މިރޭ އަހަންނާ ވާހަކަ ނުދައްކަންތަ ތިހުންނަނީ ” ފޯނުނެގިތާ އިރުކޮޅެތް ފަހުން އައިލީން ގެ ފަރާތުން އިޝާރާތެއް ނުވުމުން އިވާން ބުނެލިއެވެ. ” ނޫން” މަޑުމަޑުން އައިލީން ބުނެލިއެވެ. ” އައިލީ ކައިފިންތަ ؟ ” އިވާން އަހާލިއެވެ. ” ހޫމްމް ، ވާން ކައިފިން ” އައިލީން އަހާލިއެވެ. ” ނޫން އަހަރެން ނެތް ނުކަން ” ބުނަން ނުބުނަން ހުރެފައި އިވާން ބުނެލިއެވެ. ” ޕިސް ވާން ކާން ޖެހޭނެއެތް ނު އެތް ރެއަކުވެސް ނުކަން ދޯ މިހާރަކު ، ދެން ކޮންމެ ރެއަކު ވެސް ކާން ޖެހޭނެ ދުވާލު ވެސް ރަނގަޅަށް ކަނީކީ ނޫން ވާން އަށް ކަމެއް ވެއްޖެއްޔާ އަހަރެން ކިހިނެތް އުޅޭނީ ” ކުރަކިވެފައި ވާ އަޑަކުން އައިލީން ބުނެލިއެވެ. އައިލީން ގެ ލޮލަށް ބޮޑިވި ކަރުނަތިކި އައިލީން ގެ ދޮންކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފައިބާ ގަތެވެ. ” އައިލީ އައިއެމް ސޮރީ ދޫނީ ، ނުރޮއެބަލަ ޕްލީސް ، ދެން ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ކާނަމޭ ، އައިލީ އަހަރެން ދެކެ ހަމަތިހާވަރަށް ލޯބިވޭތަ ” އިވާން އަހާލިއެވެ. ” ހޫމްމް ، ކާތި ދެން އެހެންނޫނީ އަދަބު ދޭނަން އިނގޭ ، އަހަރެން ވާން ދެކެ ވަރަށް ބޮޑަށް ލޯބިވޭ ، ” ލޮލުން އައި ކަރުނަތިކި ފޮހެލަމުން އައިލީން ބުނެލިއެވެ. ” އައިލަވް ޔޫ މޯ އައިލީ ، ދެން ނިދަން ދޭ އިނގޭ މާދަމާ ސްކޫލް އިން މީޓް ވާނެ އިންޝާﷲ”  އިވާން ބުނެލިއެވެ. ” އާން ، ގުޑްނައިޓް ވާން ، ވާން ވެސް ނިދަން އުޅޭ އިނގޭ ސީޔޫ ” ހިނިތުންވެލަމުން އައިލީން ބުނެލިއެވެ. ” ލައްބަ މެޑަމް ” ހިނިގަނޑަކާ އެކު އިވާން ބުނެލިއެވެ.

ކަންފަތުން ފޯނު ދުރުކޮށްލަމުން އައިލީން ހިނިތުންވެލާފައި ފޯން ސައިޑް ކަބަޑް މަތީ ބާއްވާލަމުން އޮށޯންހެންނެން ހީނުވެ ނިދުނެވެ.

*****************************************

ފަތިހުގެ މުނާޖާ އާއި އެކު ފާހަނާގައި ވުޟޫކުރަން ހުރި ރައިހާ ހަރަކާތް ތައް އަވަސް ކޮށްލިއެވެ. ނަމާދުކޮށް އަވަދިވެގެން ރައިހާ ބޭރަށް ނިކުތީ ސުކޫލަށް ދިޔުމުގެ ކުރިން މަންމަ އަށް ފަސޭހަކޮށްދިނުމަށް ކުނިކަހައިދޭށެވެ. ގެއިން ބޭރަށް އިލޮށިފަތި ހިފައިގެން ރައިހާ ނިކުން އިރު ގެ ކައިރީ ހުރި މިސްކިތުގައި ނަމާދުކުރަނީ އެވެ. ފަތިހުގެ ވަގުތުކަމުން މާހައުލުގައި ހުރި ތެއްފިނިކަމުގެ ސަބަބުން ރައިހާ ގައިން ހީބިހި ނަގާލިއެވެ. ލަސްނުކޮށް ކުނިކެހުމަށް ރައިހާ އަވަދިވެގަތެވެ. ގޭގެ ވަށާފާރުން ބޭރުގެ ބޮޑުބައި ކަހާލައިފައި ރައިހާ ތެދުވެލީ ބުރަކަށްޓައް ތަދުވާތިއެވެ. ” ހާދަ މުރާއްޔޭ ދޯ ، އަހަރުން ގޭދޮށް ވެސް ކުނިކަހާދޭން އަންނަން ވީނު ” ފަހަތުން އިވުނު އަޑެށްގެ ސަބަބުން ރައިހާ ގެ ހަރަކާތް ތައް ގަނޑުވިއެވެ. ލަސްލަހުން ފަހަތަށް ރައިހާ އެނބުރެލީ އެއީ ކާކުކަން އިނގިހުރެއެވެ. ލާނެތް ހިނިތުންވުމަކާ އެކު އޭނާ އާއި ދިމާލަށް ބަލަހަށްޓައިގެން ހުރި ލިޔާން ފެނި ރައިހަ ލަދުގަތެވެ. އެފަދަ ސަމާސާ ލިޔާން އޭނާ އަށް ކުރާ ގަނޑިގަނޑީގައި އޭނާ ގެ ހިތް އުފަލުން ނަށާލައެވެ. ލިޔާން ކުރި ސަމާސާގެ ރައްދުގައި އެއްޗެއް ބުނަން ރައިހާ އަކަށް ނުކެރުނެވެ. މާގިނައިރު އެތާ މަޑުނުކޮށް ލިޔާން އެތަނުން ދާން ހިނގާގަންނަށް ދިޔައެވެ. ލިޔާން ދާން ވެގެން ތަންދެއްކުމަށް އެތްފަރާތަށް ޖެހިލި ރައިހާ ފައި އަރިއަޅާލީ ކައިރީ އޮތް ގަލުގައި އަޅާފައެވެ. އެއާއެކު މަޑު ހަޅޭކެތް އޭނާ ގެ އަނގައިން ބޭރުވިއެވެ. ސިއްސާގެން ގޮސް ލިޔާން އަށް އެދިމާއަށް ބަލާލަމުން ރައިހާ ގެ އަތުގައި ހިފާ އޭނާ އާއި ދިމާލަށް ދަމާލިއެވެ. އެއާއެކު ރައިހާ ލަތް ވީ ލިޔާން ގެ މޭމަތީގައެވެ. ދެލޯ ފިތްތާލައިގެން އޮތް ރައިހާ މަޑުމަޑުން ދެލޯ ހުޅުވާލަމާއެކު ފުރަތަމަ ވެސް ނަޒަރު ހުއްޓުނީ އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލިޔާން އަށެވެ. ދެމީހުން ދެމީހުން ގެ ލޮލަށް ގެއްލިފައު ތިއްބާ ސިއްސާގެން ދިޔައީ ގާތުން މީހެތް ކަރުކެހެލި އަޑަށެވެ. ތެޅިގަނެފައި ދެމީހުން ދެމީހުންނަށް އެކަކު އަނެކަކާ ދުރުވެވުނެވެ. އެދެމީހުންގެ ފަހަތުގައި ހުރި ޔާނިޔުއަށް ބަލާލަމުން ލިޔާން ލޯއަޅާލިއެވެ. ” ސާބަހޭ ދެމީހުންނަށް މިއޮތް ފަތިސް ގަނޑީގައި ކޮން ރޮމާންސްއެތް ކުރާކަށްތަ އެ އެ ވެސް މަގުމަތީގައި ” ލާނެތް ހިނިގަނޑަކާއެކު ޔާނިޔު މިހެން ބުނެލުމާއެކު ރައިހާ ގެ މޫނު ލަދުން ރަތް ވިއިރު ލިޔާން ޔާނިޔު ގައިގައި ވިކާގަތެވެ. ރައިހާ އަށް ބަލާލަމުން ލިޔާން އެތަނުން ޔާނިޔު އާއި އެކު ދާން ހިނގާގަތެވެ.

ލިޔާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ރައިހާ އަށް ހިނިތުންވެވުނެވެ. ލިޔާން އަކީ މިހާޜުގެ ކުދިންގެ ނަމުންނަމަ ރައިހާ ގެ ” ކްރަޝް ” އެވެ. ކުޑައިރު ދެމީހުން ދެމީހުން އެކަކު އަނެކަކަށް ނަފްރަތު ކުރިއިރު ބޮޑުވަމުން އައި ވަރަކަށް ރައިހާ ގެ ހިތުން ލިޔާން އަށް ޙާއްސަ މަޤާމެތް ދެވުނީ ނޭނގިހުރެފައެވެ. ރައިހާ ލިޔާން އާއި ދޭތެރޭ ދެކެމުންއަންނަ ގޮތް ލިޔާން އަށް އިނގެން މާގިނަ ދުވަހެތް ވެސް ނުނަގައެވެ. ލިޔާން ރައިހާ އާއި ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭކަން އިނގުނު ދުވަހު ރައިހާ އިންތިހާ އަށް ދެރަވިއެވެ. އޭނާ އަށް ހީވެފައި ވާގޮތުގައި ލިޔާން ވެސް އޭނާ ދެކެ ގަޔާވާކަމެވެ. ކްލާސް ގައި އެހެން ކުދިން ތިބޭއިރު ވެސް ލިޔާން ކަމެތް ބޭނުން ވީމާ އަބަދުވެސް އަންނަނީ ރައިހާ ކައިރިއަށެވެ. ރައިހާ އަށް ޖެއްސުން ކުރުމުގައި ވެސް ލިޔާން އަކީ އަރާ ހުރި މީހެކެވެ. ލިޔާން ގެ މިކަހަލަ އާދަތަކުން ރައިހާ ގެ ހިތުގައި އޭނާ އަށްޓަކައިވާ ދަރަޖަ އުފުލިގެން ދެއެވެ. ލިޔާން އާއި ރައިހާ ގެ ގުޅުން ވަނީ މިހާރު ނާޒުކު ފަތްތަރެއް ގައެވެ. ލިޔާން ރައިހާ އަށް ބަހައްޓާ ދުރުކަން ފެނި ރައިހާ ވެސް މިހާރު ހުންނަނީ ދެރަވެފައެވެ. ލިޔާން އުޅޭގޮތުން ރައިހާ ހުންނަނީ މާނަ ނަގަންވީ ކޮންގޮތަކަށް ކަމެތް ނުވިސްނިފައެވެ.

(ނުނިމޭ)

އަޅުގަނޑުގެ މި ވާހަކަ ވެސް ތިޔަ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަތް އުންމީދުކުރަން

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ހިރާސް 16

Next

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 3

Next
March 4, 2021

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 3

Previews
March 4, 2021

ހިރާސް 16

3 Comments!

  1. YEOJA says:
    March 4, 2021 at 5:59 am

    Hiiii readers♥️♥️
    Alugadu ge mi vaahaka kiyunterinah ♥️♥️kamudhaane kama unmeedu kuran ♥️♥️
    ISA next part today or tmrow gaa ♥️♥️
    Stay safe ♥️♥️♥️

  2. redlailacrose says:
    March 4, 2021 at 7:04 am

    Stry vrh reethi and vrh intresting ?? evaaan keevebaa rangalhah nukanee??lol?? and could u please comment on my story loabiveriyeh thi nooney masheh neydhemey and loibahtakai aharen huva maru vs vedhaanamey
    Lysm ??
    Stay safe ??
    Stay home ??

    1. YEOJA says:
      March 5, 2021 at 9:42 pm

      Awwwwnnn thank uuu redlailacross♥️♥️
      Glade u liked it ♥️♥️
      Maybe eyna kaahie nuvany kaneyge dhw ♥️hehhehehe♥️♥️
      Yhh I have cmnted on lwbi Veri eh thi noony ♥️♥️♥️mashe neyde Mey ah I guess adhi publish eh ♥️♥️nuvey kaneyge♥️♥️
      Lym♥️♥️♥️
      Stay safe and take care♥️♥️

Comments are closed.

Next Episodeވާން އެދެމޭ ގާތުގާ (2)←


All Right Reserved!