Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 62

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
March 1, 2021 4 Mins Read
4 Comments

އޭރުވެސް ފާއިދު ލަހުމާކައިރި އިށީންދެގެން އިނދެ ކަރުނަ އަޅަނީއެވެ. ކުޑަ ކަކޫ ޖަހައިގެން އިން ފާއިދުގެ މުށުތެރޭގައިވަނީ ލަހުމާގެ ދެއަތް ފޮރުވާލާފައެވެ. ފާއިދުގެ ފަހަތުގައިހުރެ މޫސަ އާރޓްފޮތް ދައްކަމުން ދާކަން ފާއިދަށް ރޭކާލީ ލަހުމާގެ ލޮލުގެ ނަޒަރު ހިންގަންފެށި ގޮތުންނެވެ. ކުއްލިޔަކަށް ފާއިދު ހައިރާން ވެފައި އިނދެ ފަހަތަށް ބަލައިލިއެވެ.

އެއީ ލަހުމާގެ ފަރާތުން ފާއިދަށް ލިބުނު ހިތްދަތި ދިރިއުޅުން އަންގައިދީފައިވާ ކުލަ ނޫން ތަސްވީރު ތަކެކެވެ.

“މަންމާ! އަހަރެންގެ ހިތް މަންމައަށް ގޯހެއް ނޫން. އެކަމަކު އަހަރެން… އެ ހަނދާންތައް އަހަރެންގެ ހިތުން ދުވަހަކުވެސް ފޮހެލާކަށް ބޭނުމެއް ނޫން. އެއީ މަންމަ އަހަރެންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރިޔަސް، މިއަދު އަހަރެން ބޭނުންވަނީ.. ބޭނުންވަނީ އެތައް ގޮތަކުން މަންމައަށް ނަމޫނާ ދައްކަން.. މަން.. މަންމާ! ؟ މަންމަ އެދުހު އަހަރެން ގެއިން ބޭރު ކޮށްލީ.. ބޭރުކޮށްލީ އަހަންނަށް ގަޔަށް ނަޖިސް ލެވޭތީ.. ކުޑަކަމު ދެވޭތީ.. މަންމައަށް އުނދަގޫވެގެން.. ޝާމްއާ ތޮޅޭތީ ޝާމްއާ އޮތް ލޯބިވެސް ދުރުކުރުވަން.. މާއޫއާވެސް އަހަރެން ދުރުކުރުވީ” ފާއިދު ރޯން ފެށިއެވެ.

“އެކަމަކު މަންމާ! އަހަރެން މާއޫ މަރުވި ދުވަހު ސަހަރާއަށް ގޮސް މޫނުބެލިން.. އަދިވެސް އަހަރެން ހަނދާންހުރޭ އެދުހު ކަންތައް ވީގޮތް.. ވީގޮތަކީ…”

“އެއީ ސަމީރުބެއަށް ހަމަ މާލެ އައިސް ގެއަށް ވަދެވުނު ވަގުތު، މޫސަބެ ހުރީ ވަރަށް ހާސްވެފަ. މާއޫގެ މޫނުބަލަން އަހަރެން ގެންދާނެ ގޮތެއް ނުވިސްނިގެން. އެކަމަކު އެވަގުތު ސަމީރުބެއަށް މާލެ އާދެވުންކަން އެއީ މޫސަބެއާ އަހަރެންގެ ނަސީބު. ދެން ސަމީރުބެ ކައިރި މޫސަބެ ބުނީ މޫސަބެއާއެކީ ތަނަކަށް ދާން ހިނގާށޭ.. ފާއިދު ގެންދަން ކޮންމެހެންވެސް ބޭނުމޭ. ސީމައްތަ ކައިރި ބުނި ގެއަށް ނާދެވި ލަސް ވިޔަސް ހާސް ނުވައްޗެއޭ..”

“އެހެން ކިޔާފަ.. އެހެން ކިޔާފަ އަހަރެމެން ދިޔައީ. އަހަރެމެން ދިޔައީ ވަގުތުން ސެލޫންއަކަށް. އެދުވަހު އަލަށް އަހަރެންގެ ބޯވެސް ބޭލީ.. ބޯ ބާލާ ނިމުނުތަނާ މޫސަބެ އައީ ބެންޑޭޖްއާ ހުދު މަލަން ހިފައިގެން. އައިސް އެތާހުރި މޭކަޕް ކުރާ ކުއްޖަކު ލައްވާ އަހަރެންގެ ބޮލާއި މޫނުގެ އެއްފަޅިން ލޮލާއެކު ބެންޑޭޖް އެޅީ.. އެއީ އެދުވަހު މަންމަ މެނަށް އަހަރެން ފާހަގަ ކުރަން ނޭނގޭ ވަރު ކުރަން.”

“ސަމީރުބެއާ ހަވާލު ކޮއްފަ ދަމުން މޫސަބެ އަހަރެން ކައިރި ބުނި މަންމަ ފެންނާނެޔޭ.. އެކަމަކު ތިހެން ހުރީމަ މަންމަ އަކަށް ނޭނގޭނެޔޭ ފާއިދު ކަމެއް. މާއޫގެ މޫނު ބަލާލާފަ ލަސްނުކޮށް ގެއަށްދާށޭ. އަހަރެން އެތަނަށް ވަނީ ސަމީރުބެގެ ބެލެނިވެރިކަމުގަ ހުރެގެން. އަހަންނަށް މަންމަ ފެނުން. އެކަމަކު އަހަރެންގެ މާމަވެސް ނެތީސް ދެން އަމުދުން މަންމަގެ އެސްފިޔައިގެ ހިޔަލަށް ވަންނަންދާން އެދުހު ބޭނުން ނުވީ..”

“މަންމާ! މިއަދު އަހަރެން މީނީ އަހަންނަށް އަނިޔާކުރި “މަންމަ”ގެ ދެ އަތުގަ ވަރަށް ލޯބިން ހިފައްޓާލައިން. މިއަދު އަހަރެން މީނީ މަންމަގެ ގަޔަށް ނަޖިސް ލެވުނަސް އަހަރެންގެ ގޭގަ ލޯބި ދީގެން ބަލަން ތައްޔާރަށް. މަންމައަށް އަމިއްލައަށް ތާހިރު ނުވެވޭ ކިޔާފަ މަންމަ ނެރެ.. ނެރެލާ.. ނެރެ އެއްލާލާކަށް އަހަންނަކަށް ހަމަ ނުކެރޭނެ..”

ތެދެކެވެ. ފާއިދަކީ ނަމޫނާ ދަރިއެކެވެ. ފާއިދުގެ ހިތަށް މިއަދު ވަނީ ވަރަށް އަސަރު ކޮށްފައެވެ.

“ތެދެއް.. މިކުރެހުންތައް ސީމާއަށް ފެނިގެން އަހަރެން ކައިރި އެ ވާހަކަ ދެއްކި ދުވަހު އަހަރެން ބުނިން ސީމާއަށް ތިފެނުނީ ކުރެހުމަކުންނޭ.. އެހެން ބުނީވެސް އަހަންނަށް އެކަން ހަމަ ލޮލަށް ފެނިފަ އޮތީމަ..”

މޫސަ ބުނެލި ޖުމްލައިން އެޒާތުގެ ވާހަކައެއް ބުނެވުނުކަން ވަގުތުން ސީމާ ހަނދާން ވިއެވެ.

މޫސަގެ ވިސްނުމާއި ފިކުރަށް ކަންކަން ރާވާލާފައި ވާގޮތް ސީމާއަށް ނުހަނު ބަލައިގަނެވުނެވެ. މޫސަގެ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ވިސްނިކަމީ މިއަދު ސީމާ ފަޚުރުވެރިވާ ކަމެކެވެ. އަދި މޫސަގެ ހުށިޔާރުކަމާ ރޭވުންތެރިކަން އެންމެ ބޮޑަށް ބަލައިގަނެވޭނެ މީހަކީ ފާއިދެވެ.

“ޝާމް ކޮއްކޯ.. މިހާއިރު ވީއިރުވެސް ކީއްވެ އެެއްޗެއް ނުބުނީ؟”

ފާއިދު ޝާމް ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ.

“ދޮންބޭ.. އަހަރެން މިތަނަށް މިއައީ މޫސާ ލަޠީފް ބުނެގެން. އެއީ ވަރަށް ރަނގަޅު އިންސާނެއް. މަންމަ ހޮސްޕިޓަލަށް ދޫކޮށް ލާފަ ނުކުމެގެން ގޮސް އަހަރެން އިނީ ހޮސްޕިޓާ ކުރިމަތީ ހުރި ސައިކަލެއް މަތީ.. އަހަރެން އިނީ އޭރު އިވުނު ވާހަކަ ތަކުން ބޯ ހާސްވެފަ. އެހެން އިންދަ މޫސާ ލަތީފް އާ ޠާރިޤަށް އަހަރެން ފެނިގެން އައީ.. އައިސް ބުނި އެމީހުންނާއެކު ވާހަކަ ދައްކާލަން ދިއުމަށް.”

“ހޮސްޕިޓާ ތެރޭ ކެންޓީންގަ ސައިބޯން އިންއިރު އެ ދެމީހުން އަހަންނަށް ވަރަށް ގިނަ ވާހަކަތައް ކިޔައިދިން. ދޮންބެގެ ހަޤީގަތާ. ދޮންބެ ކައިވެނި ވަރަށް އަވަހަށް އޮތް ވާހަކަވެސް ބުނި. އޭގެފަހުން މޫސާ ލަތީފާއެކު މިހޭދަ ކޮށްލި ކުޑަ ދުވަސްކޮޅު އަހަރެމެން ވަރަށް ގުޅުން ރަނގަޅުވި. އެއީ ވަރަށް ހެޔޮ މީހެއް. އަހަންނަށް ވަރަށް ހިތްވަރު ދިން. އެހެންވެ، އަހަރެން އޭނަ ބުނާގޮތަށް ހަދައިން މަންމައާ ދޭތެރޭ އޮތް ރުޅި ކޮންޓްރޯލް ކޮށްފިން.”

މޫސަގެ ހިތް އުފަލުން ފޮޅުނެވެ. އަމިއްލަ ދަރިޔަކު ނެތަސް އެހެން މީހެއްގެ ދަރިޔަކަށް ލޯބި ދިނުމަކީ ދަރި ކުލުނު އޮތުން ނޫން ހެއްޔެވެ؟

“އަހަރެން ދަނީ.” ހުރިހާ ވާހަކައެއް އަޑުއަހަން ހުރުމަށްފަހު ތާނިޔާ ބުނެލިއެވެ.

“ނޫން ކުޑާ… ކީއްވެތި ދަނީ؟” ފާއިދު އައިސް ތާނިޔާގެ އަތުގައި ހިފާލިއެވެ.

“މިތާ ހުންނަން އަހަރެން ވަރަށް ލަދުގަނޭ. އަހަރެންގެ އުޅުމާ ގުޅުން ކަލޭމެން އެންމެންނާ ހާސްބައި ތަފާތުވާނެ. ކަލޭމެން ކަހަލަ މާތް ބައެއް ކައިރި އަހަންނަށް އުޅެންވާ ގޮތްވެސް ނޭނގޭނެ. އަހަރެންގެ ހުންނަގޮތެއް އަހަރެން ގައިގަ ހުންނާނެ. ދެން އަނެއްކޮޅުން އަހަރެން ބޭނުންވީ ދޮންތައާ ދުރުވާން. އެކަން މިއޮތީ ނިމިފަ. ކަލޭމެން އެންމެން މިގޭގަ ފޯރިނަގަން ތިބޭ. އަހަންނަށް ވަރަށް ފަސޭހަ ކަމެއް ނޫން ތީ ތިހާ ބަސްއަހައިން އުޅޭކަށް. ދެން.. ދެން އަހަރެން މިތާ ހުރުމުގެ ބޭނުމެއް ނެތް. އެހެންވެ އަހަރެން ދަނީ.”

ތާނިޔާގެ ގޮތް ދޫނުކުރާ މިޒާޖު އެއްވެސް މީހަކަށް ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް އެއްވެސް މީހަކު ތާނިޔާ ހުއްޓުވާކަށް ބޭނުމެއް ނުވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ތާނިޔާގެ އަމިއްލަ ނަފްސު ރަނގަޅުކުރަން ތާނިޔާ ބޭނުން ނުވާނަމަ އެހެން މީހުންނަށް ދެން ކުރެވޭނީ ވަކި ކޮން ކަމެއް ހެއްޔެވެ؟

ފާއިދު އޭނާގެ މަންމަ އުރާލައިން ގެންގޮސް ކުރިންވެސް އޮތް ކޮޓަރިއަށް ވެއްދިއެވެ. އަދި ވަރަށް އޯގާތެރި ކަމާއެކު ބާލީހެއްގައި ބާއްވާލަމުން ލަހުމާގެ ނިތްކުރިޔަށް ބޮސް ދިނެވެ.
ވަގުތުން ލަހުމާއަށް ދެލޯމަރާލެވުނެވެ. ހަމަ އެވަގުތު އެ ދެލޮލުގެ ތެރެއިން ފޭބި ކަރުނަތިކިތައް އެއްވެސް ހުރަހެއްނެތި ބާލީހުގެ ތެރެއަށް ފޭދިގެން ދިޔައެވެ.

“މަންމާ.. ދެން ނުރޮއޭ..” ލަހުފާ ފުރަތަމަ ފަހަރަށް ލަހުމާއަށް މަންމައެއްގެ މަޤާމް ދެމުން ވާހަކަ ދެއްކިއެވެ.

“އަހަރެން މިއަދު ވަރަށް ލަދުގަނޭ.. އަހަރެން ދުވަހަކުވެސް ފާއިދު ކުޑައިރު އޭނަގެ ނިތްކުރިޔަށް ކީއްކުރަން ކޯތާފަތަށްވެސް އެފަދައިން ލޯބިން ބޮސް ދީފައެއް ނޯންނާނެ. އެއީ އޭރު އަހަރެން ފާއިދަށް ނަފްރަތު ކުރާތީ.. އެދުހު އަހަންނަށް ފާއިދު ބަލަންވީ ބޮޑު.. ބޮޑު އުނދަގުލަކަށް. އެކަމު މިއަދު މިއޮތީ ކުޑަކުއްޖަކަށް ދޭ ލޯބި ދޭހެން ފާއިދުގެ އަތްމަތީ އަހަރެން ގެންގުޅެން ޖެހިފަ.. އަހަންނަށް މާފްކުރޭ ފާއިދު.. އަހަރެންގެ މަންމައަށް ޖެހުނު ހާލާ އެ މަންމަ އުފުލި ހިތާމައާ ކެކުޅުން އަހަންނަށް މިހާރު އިޙްސާސްވޭ. އަހަރެންގެ ހަށިގަނޑު މިހާރު މި އުފުލަނީ އެފަދަ ހިތްދަތި ވޭނެއް.”

“މީ ޢިމްތިހާނެއް.. އަހަންނަށް ކުރިން ވިސްނުނުނަމަ.. އަހަންނަށް އެހާ އިހާނަތިކޮށް އެ މަންމައަށް ނުހިތުނު ނަމަ.. މިއަދު އަހަރެންގެ ކަރުނައިގަ އެއްވެސް ބާރެއް ނެތް. އޮތީ ހުސް ޝަކުވާ.. ވަނީ އެތައް އާދޭސްތަކެއް.” އެ ބަސްތައް ލަހުމާ ބުނަމުން ދިޔައިރު ރޮވުނެވެ.

“ފާއިދު!.. ލަހުމާ!… ދެން ހުއްޓާލާ. މީ ރޯންވީ ވަގުތެއް ނޫން. މިހާރު ދެންވީ ކުރީގެ ހަނދާންތައް ފޮހެލާފަ މުސްތަޤްބަލް އުޖާލާ ކުރެވޭތޯ ބަލަން. ސީމައްތަ މިއަދު މާ އުފާވެއްޖެ ފާއިދަށް އާ ޙަޔާތެއް ލިބުނީތީ.. ފާއިދުގެ މަންމައަށް ޤަދަރު ދީގެން، ތި ޙަޔާތުގަ މަންމަގެ ޢިއްޒަތް އުފުލާދެވޭތޯ ބަލާ.. ފާއިދު!… “މަންމަ”ގެ ލަފްޒަކީ ދުވަހަކުވެސް މިދުނިޔެ ހިނގާހާ ހިނދަކު ނެތިދާނެ ލަފްޒެއް ނޫން. އެއީ ވަރަށް ޤަދަރު ދޭންޖެހޭ ފަރާތެއް. ސީމައްތަދެކެ ވީ ލޯތްބަށްވުރެ ބޮޑަށް ލޯބި ދީގެން މަންމަ ގެންގުޅޭ..”

ސީމާ ރޮމުން ދުއްވައިގަތެވެ. އެ މާޙައުލުން ނުކުމެގެން ތިރިޔަށް ދިޔައިރު ސީމާގެ ފަހަތުން މޫސައާއި ސަމީރުގެ އިތުރުން މާލިކްއާއި މަހޫވެސް ދިޔައެވެ.

(ނުނިމެެ)

——******—-

ސީމާއަށް ދެން ވާނީ ކިހިނެއްބާ؟

ލަހުމާއާ ފަހުދުގެ ދުވަސްވީ ލޯތްބަށް މަރުޙަބާކިޔަން ފަހުދު ބޭނުންވާނެބާ؟

ލަހުމާ, ފަހުދު, ސީމާ އަދި މޫސަ މި ހަތަރު މީހުންގެ ތެރެއިން ފާއިދު ޚިޔާރުކުރާނީ ކޮންބައެއްބާ؟

ދިރިއުޅުމުގެ ޙަޔާތްް ދަސްކޮށްދިން އެތައް ފިލާވަޅުުތަކެއްގެ އިމްތިޙާން ތަކުން ހާސިލްވާނީ ކޮން ޢިބްރަތެއްބާ؟؟؟

ފަހު ޕާރޓަށް އިންތިޒާރު ކޮށްލައްވާ!!!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 1

Next

ތިޔަ ލޯތްބަށް އެދެމޭ – 1

Next
March 1, 2021

ތިޔަ ލޯތްބަށް އެދެމޭ – 1

Previews
February 28, 2021

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 1

4 Comments!

  1. redlailacrose says:
    March 1, 2021 at 2:33 pm

    Alhe mioh reethi stry nemenee dhw?? hope to see another beautiful stry real soon?? waiting for the past episode ?? and shaleen alhugandu ge stry ah kohlafa huri comments fenuneyma vrh ufaavi.thanks a lot for commenting ??
    Lysm??
    stay safe ?? stay home ??

    1. Shaleen says:
      March 1, 2021 at 2:42 pm

      Redlailacrose thidhevvaa comments ah v bodah shukuru dhannavan.
      Mi fahakah aiss Alhuganduge komme part akah comment eh koh comment section falhufiluvaaladheythee heskiyaafa ufaa ?
      V Barukoh shukuru dhannavan thibaa ah .
      Shaleenge red red rose ? ah dhen emme fun minun shukuru mi dhannavaalee..
      Yeah vaahaka nimeny
      Dhen shaleen mihaaru ehen masakkathei kuran fashaigen ulheytheeve v time nudheveyne story liyan.
      Ekam kommes sifaehga mi site thakuga ulhelaanan.
      In sha Allah
      Your most welcome

  2. redlailacrose says:
    March 1, 2021 at 8:57 pm

    Okay thanks for replying.shaleen ur like my elder sister who give me advice on writing and point out my mistakes ??? and also help me in my writing joyrney?? shaleen ah thanks From the bottom of my heart??? shaleen lailac ge stry thakah juriyah oi dhuvas thakuga vs comment kuraane kamah ummmeedhu kuran
    lysm?
    Stay Safe ❤️
    Stay home ?

  3. Shaleen says:
    March 1, 2021 at 11:07 pm

    Thanks dear. I am your sister n you r mine. ❤️
    Happy to hear ? that I am like your elder sister…
    Don’t worry dear…
    I will miss you ? ingey bodukoh
    Dhen shaleen aslu vaahaka eh ehaa avahah nufenunas Hama fenilaanan.
    V ufaavejje lailac alhugandu gellen neydheythee..
    So ehenveema shaleen balaanan Hama lailac ah comment kollaafa opinions share kureveytho..
    Shaleen dheke thihaa lwbivaa kujjei / author eh libuneema v vesss … Dhen nenge bunaakah Hama v happy ???

Comments are closed.

Next Episodeއިމްތިޙާން 63 (ފަހުބައި)←


All Right Reserved!