Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 19

BONDAY Level 210 Stories
June 27, 2015 3 Mins Read
11 Comments

 ކާރު ތެރޭގައި ފާޒިންއަށް ބަލަހައްޓައިގެން ހިނިތުންވެފައި އިން މައިޝާ ފެނިފައި ފާޒިންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. އިރުކޮޅެއް ވަންދެން ފާޒިންއަށް މައިޝާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް މީހާ ހަމައަކަށް އަޅުވާލަމުން މައިޝާއާއި ދިމާލަށް އަތް ދިއްކޮއްލިއިރު އެލޮލުގައި ވަނީ އެހެންކަހަލަ ވިދުވަރެކެވެ. މުނީރާމެންގެ އެހީގައި މައިޝާއަށް ކާރުން ފޭބުނު އިރު އެތަނުގައި ތިބި އެންމެންގެ ލޯވެސް އަމާޒުވެފައިވަނީ މައިޝާއަށެވެ. ހުދުކުލައާއި ރަތްކުލައިގެ ހެދުމުގައި ހުރިއިރު މައިޝާ ހީވަނީ މަތިން ފައިބައިގެން އައިސްހުރި ޕަރީއެއްހެނެވެ. އެތަނުގައި ތިބި އެންމެންގެ ފަރާތުންވެސް ތައުރީފުގެ ބަސްތައް އޮހޮރެމުން ދިޔައެވެ. މުޅި ދަރުބާރުގެވެސް ވަނީ ހުދާއި ރަތުން ޒީނަތްތެރި ކޮއްފައެވެ. ކުލަކުލައިގެ ބޮކިތަކުން މުޅި ދަރުބާރުގެ ދިއްލާލާފައި އޮތްއިރު އިތުރު ފުރިހަމަކަމެއް ގެނެސް ދެނީ ބަހައްޓާފައި ހުރި ބޮޑެތި މާބޮނޑިތަކުންނެވެ. މިސްރާމެންގެ އިތުރުން މައިޝާއަށްވެސް ހުރެވުނީ އާޝޯހުވެފައެވެ. އޭނަގެ ކައިވެނި މިހާ ކުލަގަދަކޮއް ފާހަގަ ކުރެވިގެން ހިނގައިދާނެކަމަށް ހީވެސް ނުކުރެއެވެ. މައިޝާއަށް ހަމަހޭވެރިކަމެއް ވުމުން ބަލައިލެވުނީ ކައިރީގައި މައިޝާއަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި ފާޒިންއަށެވެ. ފާޒިންއާއި ހަތަރުކަޅި ހަމަވެގެން ދިޔަވަގުތު މައިޝާގެ ލޯ ފެންކަޅިވެގެން ދިޔައީ އުފަލުންނެވެ.

” ނުރޯތި… އެހެން ނޫނީ މޭކަޕް ހަޑިވާނެ..! ” މައިޝާ ފެންކަޅިވި މަންޒަރު ފެނިފައި މައިޝާއާއި ކައިރިވެލަމުން ފާޒިން އެހެން ބުނެލީ ހަމައެކަނި މައިޝާއަށް އަޑުއިވޭވަރަށެވެ. މައިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ލޮލަށް ޖަމާވި ކަރުނަތައް ހިންދާލިއެވެ.

އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ގާޒީ އަންނާނެ އިރަކަށެވެ. މައިޝާވެސް މޭޒުކައިރީގައި އިށީންދެލައިގެން އިންއިރު ފާޒިން ހުރީ ފާޒިލްކައިރީ ކޮޅަށެވެ. ފާޒިން ކިތަންމެ ހަމަ ޖެހިލައިގެން ހުރިނަމަވެސް މީހާ ހުރީ ހިސާބަކަށް ފިނިވެފައެވެ. އެކަހަލަ އެއްޗެއް އިހްސާސްވެގެން ފަޒީލްވެސް ދެފަހަރަކަށް ފާޒިންއާއި ދިމާކޮއްލުމުގެ ގޮތުން އެއްޗެކޭ ބުނެލިއެވެ. މާގިނައިރު ނުވަނީސް ގާޒީ އައިސް ވަނެވެ. ގާޒީ ވަނުމާއެކު ކައިވެނީގެ ކަންތައްތައް ކުރިއަށްދާނެ ފެށިއެވެ.

” އަނބި ގަބޫލް ކޮއްފިން… ” ފާޒިން އެހެން ބުނެލިއަޑަށް އެހުރިހާ އިރު އިސްޖަހާލައިގެން އިނދެފައި ފާޒިންގެ މޫނަށް މައިޝާ ބަލާލީ ހިތަށް ލިބުނު އުފަލަކުންނެވެ. އެހުރިހާ ދުވަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީއެވެ. ކައިވެނި ކޮއްނިމިގެން ގޮސް މެހެމާނުނާއި ސަލާމްކުރަން ހާއްސަ ކުރެވިފައިވާ ތަނުގައި މަޑުކޮއްލިއިރު މެހުމާނުންތައް އަންނަން ފަށައިފިއެވެ. އެކަނިވެނި ހަފްލާއަށް ނަންމައްޝޫރު އެތައްބަޔަކު އައެވެ.

މުނީރާމެން ކައިރީގައި މަޑުކޮއްލައިގެން އިން މިސްރާގެ ލޮލުގައި ތޮލާލް އަޅައިގަތީ ފާޒިން ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން ހުއްޓައެވެ. ތޮލާލް ފެނި ހިނިތުންވެވުނު ނަމަވެސް ދެވަނަ ސިކުންތުގައ ހިނިތުންވުން ފިލައިގެން ދިޔައީ ތޮލާލްގެ އަތުގައި އަންހެން ކުއްޖަކު ހިފާލުމުންނެވެ. ތޮލާލްވެސް ސާލީ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރެ ދިޔައީ ފަރީޝާމެން ކައިރިއަށެވެ. މުނީރާ ކައިރީގައި ބުނެލާފައި މިސްރާ ވޮޝް ރޫމަށް ދިޔައީ ކެއްނުވެގެންނެވެ. ވޮޝް ރޫމަށް ވަދެވުމާއެކު މިސްރާގެ ލޮލުން ކަރުނަ އޮހެން ފެށީ ހިތަށް ކޮއްފައިވާ އަސަރެއްގެ ސަބަބުންނެވެ. އެހުރިހާ ދުވަސް ވަންދެން ތޮލާލްގެ ހަބަރެއް ނުވެހުރިއިރުވެސް މިސްރާ ހުރީ ތޮލާލްގެ އިންތިޒާރުގައެވެ. ވަރަށް ގިނައިރު ވަންދެން ރޯން އިނދެފައި އެންމެ ފަހުން މޫނުދޮވެލައިގެން ނިކުތީ މިޝާ ހޯދަން އައިމައެވެ. ރުއިމުގެ ސަބަބުން މިސްރާގެ ދެލޯވަނީ ދުޅަވެ ރަތްވެފައެވެ. މިޝާގެ ފަރާތުން ސުވާލްތަށް ކުރިމަތިވި ނަމަވެސް ފަހުން ކިޔާދޭނެކަމަށް ބުނެ މޫނުރީތިކޮއްލައިގެން ދިޔައީއެވެ.

ހަފްލާއަށް އައި މެހުމާނުންތައް ދިއުމުން އޮތީ އާއިލާގެ މީހުން ފޮޓޯނެގުމެވެ. ފޮޓޯނަގާ ނިމުނުއިރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރު ތިބީ ހަމައެކަނި އެދެއާއިލާ މީހުން އިތުރުން ސިރާޖާއި އަދި އޮފީހުގެ ދެތިންމީހެކެވެ. ތިންކާރުގައި އެންމެން ދިޔައީ ފާޒިންމެންގެއަށެވެ. ފާޒިންމެންގޭގެ ދޮރުމަތީގައި މަޑުކޮއްލުމުން ފާޒިން އައިސް މައިޝާ އިންފަރާތުގެ ދޮރުހުޅުވާދިނެވެ. ކާރުން ފައިބައިފައި ގެއަށް ވަންނަން އެޅި ފުރަތަމަ ފިޅަވަޅާއެކު މައިޝާ މަޑުޖެހިލީ ފާޒިންމެންގެ ގެ ފެނިފައެވެ.

” އަދިވެސް ހުރީތަ…؟ ދެންވެސް އާދެބަލަ އެތެރެއަށް…! ” މައިޝާ ހުއްޓިގެން ހުރުމުން ވަދީފާ މައިޝާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. މައިޝާއަށް ބަލައިލެވުނީ އޭނައާއި އެއްވަރަށް ހިނގާފައި އައި ފާޒިންގެ މޫނަށެވެ. ފާޒިން ހުރީ މައިޝާގެ މޫނަށް ބަލަހައްޓައިގެން ހެވިފައެވެ. ވަދީފާގެ ފަހަތުން ގޮސް ހުޅުވާފައި ހުރި ބޮޑުދޮރުން ވަނުމާއެކު މައިޝާގެ ބޮލަށް ރޯސް ޕެޓަލްސްތަށް ފައިބަންފެށީ ކުއްލިއަކަށެވެ.

” ސަޕްރައިޒް ” ހިރިލަންވެސް ނޭގިފައި ހުރި މައިޝާ ގަޔާއި ކައިރިކޮއްލަމުން ފާޒިން އަހާލިއެވެ. އޭރު އެންމެންވެސް ތިބީ މައިޝާއަށް ބަލަހައްޓައިގެން ކަމުން މައިޝާއަށް އިސްޖަހާލެވުނީ ލަދުންނެވެ. ޕާޓީއެކޭ އެއްގޮތަށް މުޅި ގޭތެރެވެސް އޮތީ މަލުން ފުރިފައެވެ. މުނީރާމެންވެސް އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ގެއަށް ދިޔައީ ހެނދުނު އަންނާނެ ވާހަކަ ބުނެފައެވެ. މުނީރާމެން ދިއުމުން ވަދީފާ މައިޝާގެ އަތުގައި ހިފައިގެން ގޮސް ފާޒިންމެންގެ ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަދެ ކޮޓަރީގެ ބޮކި ޖައްސާލުމުން މައިޝާ ހަދާންވީ އޭނަޔަށް ފެނުނު ހުވަފެނުގެ މަތިންނެވެ. އޭނައަށް ފެނުނު ހުވަފެނާއި އެއްވެސް ތަފާތެއް ނެތެވެ. އޭނަގެ ހުވަފެންތަށް އެހާވަރަށް ސީދާ ވެދާނެކަމަށް މައިޝާ ހިއެއް ނުކެރެއެވެ. ފާޒިން އައުމުން ވަދީފާ ނިކުމެގެން ދިޔަކަމެއްވެސް މައިޝާއަކަށް ނޭގެއެވެ. ވަދީފާ ނިކުތުމުން ފާޒިން ދޮރުތަޅުލާފައި ބަލާލިއިރުވެސް މައިޝާ ހުރިގޮތަށް ހަރުވެފައި ހުއްޓެވެ.

” ސަޕްރައިޒް ކަމުދިޔަތަ..؟ ” ފާޒިން އައިސް މައިޝާގެ ފުރަގަހުން ބައްދާލުމުން މައިޝާ ދިޔައީ ސިއްސައިގެންނެވެ. މައިޝާ އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލީއެވެ. ފާޒިން މައިޝާ އޭނައާއި ވީފަރާތަށް އަނބުރާލިއިރު މައިޝާ ހުރީ އިސްޖަލާލައިގެން ދެއަތް ދެއަތާލައި މޮޑޭށެވެ. ފާޒިން މައިޝާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވާލައި މޫނުކައިރިކޮއްލުމުން މައިޝާއަށް ލޯމަރާލެވުނީ ބޭއިހްތިޔާރުގައެވެ. ފާޒިން ހިނިތުންވެލަމުން މައިޝާގެ ތުނިތުންފަތުގައި ބޮސްދީފައި ބަލާލިއިރު މައިޝާގެ މޫނުމަތިން ފެންނަން ހުރި ލަދުވެތިކަން ފިލައި ލޮލުގައިވި ވިދުން ބަދަލްވެއްޖެއެވެ. ލުލުއިލުއި ފަތްކޮޅެއްހެން މައިޝާގެ ހަށިގަނޑު އުފުލާލައިގެން ފާޒިން ގޮސް މައިޝާ އެނދުގައި ބޭއްވިއިރު ދެޖިސްމުގައިވެސް ހުޅުރޯވެ އަނދަމުން ދިޔައީ އިންތިހާއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހަވާތިފް… 4 ވަނަ ބައި

Next

ހަވާތިފް… 5 ވަނަ ބައި

Next
June 27, 2015

ހަވާތިފް… 5 ވަނަ ބައި

Previews
June 26, 2015

ހަވާތިފް… 4 ވަނަ ބައި

11 Comments!

  1. Naya says:
    June 27, 2015 at 5:55 pm

    Yeyyyyyy!!!! I’m the first 😉
    Interesting story.. !!! ^_^

  2. aaku says:
    June 27, 2015 at 6:00 pm

    Haadha lahakun thi up kuree v v v nice mi part ves

  3. alisha says:
    June 27, 2015 at 6:14 pm

    Haadha lehey up kuraaleh… thankolheh avas kohdheeba…ehen noony kiyun therin foohi vaane kiyan.. bt the story is very nice… ummeedhu kuran vara avaha up kohdheyne kamah.. 🙂

  4. suma says:
    June 27, 2015 at 6:16 pm

    Story v v v nice … but haadha kurey… next toime thankolhe dhigu kohlahchey ingry… kon iraku next part up kohdheny??? 🙂

  5. suma says:
    June 27, 2015 at 6:16 pm

    Story v v v nice … but haadha kurey… next toime thankolhe dhigu kohlahchey ingey… kon iraku next part up kohdheny??? 🙂

  6. saasha says:
    June 27, 2015 at 7:00 pm

    garuneh fahun two lines upload vejje

  7. makko says:
    June 27, 2015 at 7:13 pm

    Hithaamayaa eky bunelan othy v lahey story up kuraaleh…… hagygathah bunanyyaa handhaan nethihje kurin vefa huri goyyy..vaahakayajy v rythi vaahaka eh….. ekam vaahaka rythi vaany kiyuntherin foohi nuvaavarah up kurevi vaahaka hifahattaalevigen. Unmeedhukuran vahaka v avas kohdheyne kamah

  8. nish says:
    June 27, 2015 at 7:23 pm

    Mi vaahaka kiyan foohivehje …maalahy up vaaleh vaahaka up thikohlaneeves garuneh fahun vihya eves ehaakurukoh thihaalahun up kuranya kuyuntherin foohi ves vaane ehnu …….

  9. butterfly says:
    June 28, 2015 at 8:48 am

    Nice lahun up vaathyve dheraeyyy

  10. rasha says:
    June 29, 2015 at 4:53 pm

    Wow..nice.

  11. xaaxaa says:
    June 29, 2015 at 9:43 pm

    Nyce ingeyy

Comments are closed.

Next Episodeހިތަކުން ނުފިލާނެ 20←


All Right Reserved!