Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރީމާ – 2

Aishath Hudha Level 1
February 16, 2021 3 Mins Read
3 Comments

ރީމާގެ ހިނގުމައް ހުއްޓުމެއްއައީ ފުއްޓަރު ފަރާތުގާ ހެދިފާވާ ބޮޑު ބިޔަ ނިކަގަހާ އަރާ ހަމަވުމުންނެވެ. ބިޔަކޮން ހެދހިފާވާ އެ ނިކަގަސް ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ބިރުވެރިކަން ވަންނާނެ ކަމާދޭތެރޭ އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ރީމާގެ ހިތަށް ވެރިނުވާ ކަހަލައެވެ. ގަހުގާ އެކި ދިމަދިމާލުން އެލިފާވާ ބޮޑެތި މޫތައް ވައިގެ އިޝާރާތަށް ނަށަމުންދިޔައިރު އެ މަންޒަރު އިތުރަށް ބިރުވެރިކަމަށް ދައްކައެވެ.

ރީމާއަށް ހޭވެރިކަންވީ ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ޖަހާލި ބާރު ގުގުރީގެ އަޑުންނެވެ. ވާނުވާ ނޭންގި ހުރި ރީމާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އަވަސްވެފާވާ ހިތަކާއެކު ކަނު އަދިރިކޮންއޮތް މާހައުލަށް ލޯ ހާނުވަން މަސައްކަތް ކުރީ ކުރިޔަށް ފިޔަވަޅެއް އަޅާލަމުންނެވެ. އަޅާލި ފިޔަވަޅާއެކު ބިންމަތީ ހިކިފާވާ ފަތްތައް މުގުރިގެން ދިޔަ އަޑު އިވުމުން ރީމާގެ ހިތުގާވާ ބިރުވެރިކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. އިތުރަށް ކުރިޔަށް ދިއުމަށް ރީމާ ފަސްޖެހުނެވެ. ޖެހުމުންދިޔަ ތެތްފިނި ވަޔަށް ކެތްކުރަން މަސައްކަތް ކުރަމުން ތެޅިތެޅި އޮތްހިތަކާ އެކު އަނެއްކާވެސް ކުރިޔަށް ފިޔަވަޅެއް އަޅާލީ ލޯ މަރާލަމުންނެވެ. ގަސްތަކުގެ ފަތްތަކުގާ ވައި އެޅިލާ އަޑާއެކު ތޮށިގަނޑު މައްޗައް ބިންދާލާ ބިޔަ ރާޅުތަކުގެ އަޑު ނޫން އިތުރު އަޑެއް ނީވެއެެވެ.

ވިދާލި ވިދުވަރާއެކު ރީމާގެ ފަހަތުން ހިޔަންޏެއް ވީކަމުގެ އިހުސާސެއް ކުރެވުނެވެ. ޖެހިލުންވެ ހުރެ ފަހަތަށް ބަލާލިއެވެ. ވެރިވެފާވާ އަދިރިކަމުން ތަނެއް ދޮރެއް ވަކިވާ ވަރެއް ނުވިއެވެ. އޭރު ހިސާބަކަށް ވާރޭކަނި ޖަހަންވެސް ފަށައިފިއެވެ. ފަޔަށް ބާރުލާ ރީމާ ގަސްތަކުގެ ތެރޭން ދުއްވައިގަތީ އަލިކަމެއްވާނޭ ހިސާބަކަށް ނިކުމެވޭނެ ކަމަށް އުންމީދު ކުރަމުންނެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭނގި ހުރެކުރިޔަށް ދިޔައިރު ތަންތަން ވަކިނުވާވަރަށް ބޯކޮން ވާރޭ އޮއްސައިގެންފިއެވެ. ލާފައިވާ ތުނި ހުދުކުލައިގެ ނިދާހެނދުންވަނީ ވާރޭގާޖެހި ގައިގާ ތަތްލާފައެވެ. ގައިގައި ތަތްވެފާވާ ހެނދުމުގެ ތެރޭން ރީމާގެ ހަށިގަނޑުގެ ވަނާތައް ރީތިކޮން ފާޅުވާން ހުއްޓެވެ.

ބާރު ބާރަށް ދުވަމުންދިޔަ ރީމާގެ ދުުވުމަށް ހުއްޓުމެއް އައީ ރަށުގެ ފުއްޓަރު ފަރާތު އަތިރިމައްޗައް ނުކުމެވުމުންނެވެ. އޭރުވެސް ވެހެމުން ދިޔަ ވާރޭއަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ފަނޑު އަލިކަމުގެ ތެރޭން މަންޒަރު ކޮންމެވެސް ވަރަކަށް ސާފުވާކަހަލައެވެ. ތެމިފޯވުމުގެ ސަބަބުން ރީމާގެ ހަށިގަނޑު ރޫ ރޫ އަޅަމުންދިޔައެވެ. އިތުރަށް ދުވެވޭނެ ހިތްވަރު ނެތުމުން ގައި ހުރި ބާރެއްލާފާ ކުރިޔަށް ހިނގައިގަންނަން އަޅާލި ފިޔަވަޅާއެކު ބަންލާފާ ރީމާ ވެއްޓި ޖެހުނީ ބަނޑުވަތަށެވެ. ވީ ތަދުން ހަޅޭއްލަވައި ގަނެވުނީ އަޑުގެ ކޮޅަށެވެ. ހިނދުކޮޅަކަށް ނުތެދުވެ އޮންނަން މަޖުބޫރުވީ ބަނޑުގާ އަޅަމުންދާ ވޭނުގެ ސަބަބުންނެވެ. ބަނޑުގާ އަތްއަޅާފައި ކޮޅަށްތެދުވީ ގައިގާ ތަތްލާފައިވާ ވެލިތައް ފޮހެން މަސައްކަތް ކުރަމުންނެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީ ލޮލުގެހިމަކޮޅަށް ނަމަވެސް މީހެއް ފެނޭތޯއެވެ. ކުރާނީ ވަކި ކޮން އުންމީދެއް ހެއްޔެވެ؟ މިފަދަ ވަގުތެއްގާ މިކަހަލަ މާހައުލަކުން މިހަކު ފެންނާނެ ހެއްޔެވެ؟

އާ ހިތްވަރެއްލާ ކުރިޔަށް އަޅާލި ފިޔަވަޅަށް ހުއްޓުމެއް ވެރިވީ ފަހަތުން ރީމާގެ ނަމުން މީހަކު ގޮވާލި އަޑު އިވުނުހެން ހީވުމުންނެވެ. ފަހަތް ބަލާލަން ފަސްޖެހުނެވެ. ހިތާހިތހުން ބުނެލެވުނީ އަދި އެއްފަހަރު އެ ގޮވާލުން ތަކުރާރު ވުމަށެވެ. އުންމީދު ކުރެވުނީވެސް އެގޮތަށެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެވެނުނީ ހަމަ އެންމެ ފަހަރަކު ގޮވާލާނެ ކަމަށެވެ.

“ރީމާ” އަނެއްކާވެސް ފަހަތުން ގޮވާލިއެވެ. ފިރިހެންވަންތަ އަޑެކެވެ. ޖެހިލުންވެ ހުރެނަމަވެސް ފަހަތް ބަލާލީ ތެޅި ފޮޅެމުންދާ ހިތަށް ލުޔެއް ލިބޭތޯއެވެ. އެއްވެސް މީހެއް ހިލަމެއް ނުވިތާ މީހެއް ދުރު ހިސާބަކުންވެސް ފެންނަން ނެތެވެ. އިތުރު ބިރުވެރިކަމެއް ހިތުތެރެއަށް ވަދެ މީހުން ދިރިއުޅޭނެހެން ހީވާ ދިމާލަށް ގައިގައި ނެތް ބާރުލާ ދުއްވައި ގަތެވެ. ދުވަމުންދިޔަ ރީމާގެ ހިތަށް އެތަށް ސުވާލުތަކެއް ވެރިވަމުން ދިޔައެވެ.
ދުވަމުން ދުވަމުންގޮސް ނިކުމެވުނީ ރަށުގެ ބޮޑުމަގު ކޮޅަށެވެ.

އެހިސާބަށް އާދެވުމުން ރީމާގެ ހިތަށް ހިތަހަމަޖެހުމެއް ލިބުނެވެ. މަގުގެ ދުރުދުރަށް ރީމާގެ ނަޒަރު ހިންގާލިއެވެ. މަގުގައިވަނީ އެއް ކޮޅުން އަނެއް ކޮޅަށް ދެ ފަރާތުގާ ދުރުދުން ހޮޅިބުރި ޖަހާފައެވެ. އެހެންކަމުން މަގުމަތީގެ މަންޒަރުތައް ސާފުކޮން ފެންނަން ހުއްޓެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ކުރިޔަށް ހިނގައިގަތްއިރު ވެހެމުންދިޔަ ވާރޭ ވެސް ތުނި ކޮއްލައިފިއެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުމަތީގެ ތަންތަން ކޮޅުގާ ވަނީ ހިސާބަކަށް ފެން ބޮޑުވެފައެވެ. ގެއާ ހަމައަށް ދެވުނުއިރު ވާރެ ވަނީ އެއްކޮންހެން ހުައްޓާލާފައެވެ.

ގޭގެ ދޮރޯށިން އެތެރެއަށް ވަންނަން ދޮރުގާ ހިފާލިތަނާހެން ރީމާގެ ނަމުން ގޮވާލި އަޑު އިވުނެވެ. ކުރިންވެސް އިވުނު ފިރިހެންވަންތަ އަޑެވެ. ހަމަ އެ ރާގެވެ. “ރީމާ” ތަކުރާރުކޮން ގޮވާލިއެވެ. ފަސްއެބުރި ބަލާލަން ބޭނުންވެފާހުރި ނަމަވެސް ބަލާލަން ޖެހިލުންވިއެވެ. ދޮރުގެ ތަޅުގާހިފާ ދޮރުހުޅުވާލުމައްފަހު އެތެރެއަށް ދެމިގަތީ ވައިރޯޅިއެއް ފަދައިންނެވެ. ފަހަތް ބަލާލުމެއް ނެތިއެވެ.

ގޭގެ މައި ދޮރުން އެތެރެއަށް ވަނުމުގެ ކުރިން ފަހަތް ބަލާލެވުނީ ރީމާގެ އިޙްތިޔާރުން ބޭރުގައެވެ. މަޑުމަޑުން ލެއްޕެމުން ދިޔަ ދޮރުގެ ދޭތެރެއަށް ބަލާލިއެވެ. މީހެއް ހުރި ކަމުގެ އިހުސާސެއް ވިއެވެ. ސިޓިންގްރޫމް ތެރެއަށް ނަޒަރު ހިންގާލެވުނީ މީހަކު ހޭލާއުޅެދާނެ ކަމަށެވެ. ހިވަނީ ގޭތެރޭ އެއްވެސް ދިރޭ ފުރާނައެއްވެސް ނުވާހެނެވެ. އެހާވެސް ހަމަހިމޭނެވެ. ތެމިފާ ހުރުމުގެ ސަބަބުން ހިނގާފާ ކޮޓަރިޔަށް ދިޔަ މަގު ރީތިކޮން އެނގެންހުރީ ގައިން ފައިބާފާ ހުރި ފެނުގެ ސަބަބުންނެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަހު ލައިގެން ހުރި ނިދާ ހެނދުން ބޭލުމައްފަހު ފާހާނާއަށް ވަދެ މާގަނޑު ދޫކޮއްލީ ފެން ވަރާލުމަށެވެ. މާގަނޑުން ވެހިގަތް ފެން ތިކިތައް ރީމާގެ ގައިގާ ޖެހިލި ވަގުތު ބޭއިޙްތިޔާރުގާ ދުރަށް ޖެހިލެވުނީ ވީ ފިންޏެއްގެ ބޮޑުކަމުންނެވެ. މާގަނޑު ބަންދު ކޮއްލުމައްފަހު މޫނު ބާލާ ލޮގަނޑު ކައިރީ އިން ސްވިޗް ޖައްސާލީ ހީޓަރު ޖައްސާލުމަށެވެ. ކުޑަ އިރުކޮޅަކަށް މަޑުކޮއްލީ ފެން ހޫނުވާން ވަގުތު ކޮޅެއްނަގާނެތީއެވެ. މާގަނޑު ޖައްސާލުމައްފަހު ފެންވަރާލަން މާގަނޑުގެ ދަށައް ވަނުމާއެކު ރީމާގެ ހަށިގަނޑަށް ބުނެދޭން ނޭންގޭކަހަލަ އަރާމެއް އިޙްސާސް ވެގެން ދިޔައެވެ.

—- ނުނިމޭ —

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishath Hudha

Level 1

Other Articles

Previous

ތީއޭ އުފަލަކީ…11

Next

ުއަގުބޮޑު ޖަވާހިރއް

Next
February 16, 2021

ުއަގުބޮޑު ޖަވާހިރއް

Previews
February 16, 2021

ތީއޭ އުފަލަކީ…11

3 Comments!

  1. redlailacrose says:
    February 16, 2021 at 8:05 pm

    Nice story ?? hey .hudha.could u please comment on my poems . It means a lot to me.hope u wont deny the request.anyways stay safe

    1. Aishath Hudha says:
      February 17, 2021 at 2:27 pm

      HI Redlailacrose,
      Thank you ! could you please send me the link of you poems ? 🙂

  2. redlailacrose says:
    February 17, 2021 at 7:25 pm

    Its in this site .u could comment when I post a new poem.because now the comment section of last poem is closed.???? thanks alot for a replying.and if u wanna find my poems then u can search “esfiya redlailacrose”thn u can find my songs and poems???? anyways stay Safe ❤️❤️ bye

Comments are closed.

Next Episodeރީމާ – 3←


All Right Reserved!