Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވާތިފް… 3 ވަނަ ބައި

Hoody Level 310 Stories100 Comments
June 25, 2015 5 Mins Read
48 Comments

“ކޮބާ ކަލޭއާ ޖެހުނީ!!” އަބްރާސް އާ މުހާތަބު ކޮށް ދޮންއަހުމަދު ރުންކުރުކަމާއެކު ބުނެލިއެވެ. “ކަލޭ ހަދަން ޖެހޭނީ މަ ބުނާގޮތެއް! އެހެން ނޫނީ ވާނެ ގޮތް ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ! ހަނދާން ކުރާތި! ކޮންމެ ތާކު ހުއްޓަސް ކަލޭ ހަދާ ނުހަދާ މަށަށް އެނގޭނެ!! ގޯހެއް ހަދައިފިއްޔާ…..”

***

އިރުއޮއްސި އަނދިިރިވެގެން ދިޔައިރުވެސް މާހިލް އިނީ ހޮސްޕިޓަލުގައެވެ. މިއަދު ދައްކަން އައި ޕޭޝެންޓުންގެ އަދަދު ގިނަކަމުން އެ ހުރިހާ އެންމެންގެ ޑޮކިޔުމަންޓްސް ތަކާއި ޓެސްޓުތައް ހަމަޖައްސާ ނިންމާލެވުނުއިރު 7 ޖަހަނީއެވެ. މަސައްކަތްތައް ނިންމާލެވުމާއެކު އޭނާ އަވަސް އަވަހަށް ހޮސްޕިޓަލުން ނުކުމެ ސައިކަލަށް އަރައިގެން އައީ ގެއަށެވެ.

***

ލޯބިން ކަނބުލޯ ދޫންޏާ…. އަވަހަށް ބޮއްތާލަށޭ!!”

“ލޯބިން އުނގުގައި އޮވެގެން…. ދޮން ކަނބުލޮ ނިދާލާށޭ!!

ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެއިން އިވެމުންދިޔައީ ޝިއާނާގެ ރީތި ނާނާގެ އަޑެވެ. އެއިރު އޭނާގެ އުނގުމަތީގައި ކުޑަކުޑަ އިކާން ނިދާފައި އޮތެވެ. ރަނގަޅަށް ނިދައިފިތޯ ބަލައިލުމަށްފަހު ޝިއާނާ މަޑުމަޑުން އިކާން ގެނެސް ކުޑަ އެނދުގައި ބާއްވާލިއެވެ. އަދި ލޯބިން ފުރިގެންވީ ނަޒަރަކުން އެ މައުސޫމް މޫނަށް ބަލައިލުމަށްފަހު ތުވާލި ހިފައިގެން ވަނީ ފެންވަރާށެވެ.

މާހިލް އައިސް ކޮޓަރިއަށް ވަނީ އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ. އޭނާ އެ އައިގޮތަށް އައިސް ޖައްސާލީ އެނދުގައެވެ. ގަމީސް ވެސް ނުބާލަައެވެ. އެންމެ ކުޑަމިނުން ލޮލުގައި އަޅާފައި އިން ނަންބަރު އައިނުވެސް ނަގާކަށް އޭނާ ހަނދާނެއް ނެތެވެ. އެނދުގައި ބުރަކަށި ޖެހުމާއެކު ފުން ނިންޖެއްގެ ތެރެއަށް ދަމައިގަނެއްޖެއެވެ.

***

މީހެއްގެ ލޮލުގައި އަޅައި ނުގަތް ކަމުގައިވިއަސް، ނިދާފައި އޮތް މާހިލް އާއި ނުހަނު ގާތުގައި އަބްރާސް ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މެރިފައިވާ މާހިލްގެ ދެލޮލަށެވެ. ހިތް ކިތަންމެ ނުތަނަވަސް ވި ކަމުގައި ވިއަސް އޭނާއާ ހާވަލު ކުރެވުނު މަސައްކަތް ކުރަން އޭނާއަށް މަޖުބޫރެވެ.

އަބްރާސް މަޑުމަޑުން އޭނަގެ އަތް މާހިލްގެ މޫނާ ކައިރިކޮށްލިއެވެ. އެއާއެކު އަތުން ނުކުތް ކުޑަކުޑަ ދުން ކޮޅު މާހިލްގެ ނޭފަތުން އެތެރެއަށް ވަދެގެން ދިޔައެވެ. އެހާހިސާބުން އަބްރާސް ގެ މަސައްކަތް ނިމުނީއެވެ. ނަމަވެސް އަބްރާސް ގެ ހިތަށް ކޮއްފައިވަނީ ވަރަށްވެސް ފުން އަސަރު ތަކެކެވެ. މާދަމާ ހޭލާއިރު މާހިލްގެ ސިކުނޑި މަސައްކަތް ކުރާނީ މުޅިން ތަފާތުކޮށެވެ. ޝިއާނާގެ ދިރިއުޅުން މުޅިން ހަލާކު ވެގެން ދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮޓަރިން ނުކުންނަން އުޅެފައިވެސް އަބްރާސް ހުއްޓިލީ ފާހާނައިން ފެންވަރާ އަޑު އިވިގެންނެވެ. އޭނާ މަޑު މަޑުން އެ ދިމާއަށް ހިނގައިގަތެވެ. ދެ ނަމާދު ދޭތެރެއަކީ ހުރިހާ ޝައިޠާނުންވެސް ހިތް އުފާ ކުރާ ވަގުތެވެ. ޝިއާނާ އެކަން ހަނދާން ނެތީ ކީއްވެގެން ބާއެވެ؟

***

މާގަނޑުން އޮހެމުން ދިޔަ ފިނިފިނި ފެން، ޝިއާނާގެ ހަށިގަނޑުގައި ބީހިލުމަށްފަހު ފައިބައިގެން ދެއެވެ. ރޭގަނޑުގެ ވަގުތުގައި ފެންވެރިމަކީ ޝިއާނާގެ ސިކުނޑިއަށް ފިނިކަން ގެނުވައިދޭ ކަމެކެވެ. ހިތަށް ހަމަޖެހުން ލިބިދޭ ކަމެކެވެ. ނަމަވެސް އެ ވަގުތުގެ ނުރައްކާތެރިކަން އެނގޭނަމަ ޝިއާނާ އެކަން އެގޮތަށް ނުކުރީސް ކަން ކަށަވަރެވެ.

ޝިއާނާގެ ފިނިވެފައިވާ ހަށިގަނޑަށް މަޑުމަޑު ހޫނުކަމެއް ވެރިވެގެން ދިޔައެވެ. ކައިރީގައި ކޮންމެވެސް މީހެއް ހުރިކަމުގެ އިހުސާސް އޭނާއަށް ކުރެވެމުންދިޔައެވެ. ދެލޯ މަރައިގެން ހުރުމަށްފަހު އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެވަގުތު އޭނާގެ ކަނދުރާއަށް ހޫނު ނޭވާއެއް އެޅިގެން ދިޔައެވެ.

ޝިއާނާއަށް ސިހިފައި އެނބުރިލެވުނެވެ.  އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ. އަވަސް އަވަހަށް ފާހާނައިގެ އެކި ދިމަ ދިމާއަށް ނަޒަރު އުކެން ފެށިއިރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ލޮލަށް ނުފެނުނު ކަމުގައި ވިއަސް އޭނާއާ ނުހަނު ގާތުގައި އަބްރާސް ހުއްޓެވެ. އޭނާއަށް އިހުސާސް ވަމުން އެދާ ހޫނުކަމުގެ ސިއްރަކީ އެއީއެވެ.

އަބްރާސް ގެ ނަޒަރު ހުއްޓިފައި ހުރީ ޝިއާނާގެ ލޫޅާފަތި ހަށިގަނޑަށެވެ. “އިޝްޤް” އޭ މިކިޔާ ޖަޒްބާތު ﷲ ލައްވަވާފައިވަނީ އިންސާނުންގެ ކިބައިގާ އެކަންޏެއް ނޫނެވެ. އަބްރާސް ގެ ހިތުގައި ޝިއާނާއާ ދޭތެރޭ ޝައުގުވެރިކަން އުފެދިގެން ދިޔައީ އެހެންވެއެވެ. ދިވެހިން މިކިޔާ ‘ޖިންނި އަވަލުމަކީ’ މިއީއެވެ.

ޝިއާނާ އަވަސް އަވަހަށް ތުވާލިން ހަށިގަނޑު ނިވާކޮށްލަމުން ފާހާނައިން ނުކުމެގެން ދިޔައެވެ. މި މަންޒަރު ބަލަން އަބްރާސް ހުރީ ހިނިއައިސްފައެވެ.

***

މާހިލް އޮތީ ގަދައަށް ނިދާފައެވެ. ނަމަވެސް އޭނާގެ ސިކުނޑި ވަނީ އެހެން ދުނިޔެ އެއްގައެވެ. ފެންނަމުން ދަނީ އެއްވެސް މިލައެއް ނެތް ސާފު ހުދު މަންޒަރެކެވެ. މުޅި ސަރަހައްދުގައި ގުގުމާލާފައިވަނީ މަޑުމަޑު އިޝްޤީ މިއުޒިކެކެވެ. މާހިލް ހުރީ އެ ތަނުގެ މެދުގައެވެ. ބަލާލި ކޮންމެ ދިމައަކުން ފެންނަނީ ހުދު ކަމާއި ސާފު ކަމެވެ.

ކުއްލިއަކަށް އޭނާގެ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ އޮމާން އަޑެކެވެ. އިވެމުންދިޔަ މިއުޒިކާ އެއްވަރަށް ހިމޭން ލަވައެއް ކިޔާއަޑެވެ. މާހިލް ކޮޅު ކޮޅު މައްޗަށް ބަލަން ފެށިއެވެ. އޭނާގެ ފުރަގަހާ ދިމާލުން ތަންކޮޅެއް ދުރުގައި ފުރަގަސް ދީގެން ހުދު ހެދުމުގައި ހުރި އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. އެ ޖިއްސުއް ލަތީފުގެ ހެދުމުގެ ފަސްބައި ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިފައި ވެއެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު ކުދި ކުދި ހުވަނދުމާ ފަދަ މާތަކެއް އެ އިސްތަށިގަނޑުގައި ހަރުކޮއްފައި ހުއްޓެވެ.

މާހިލްގެ ހިތުގައި، އެކުއްޖާގެ މޫނު ދުށުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. އޭނާ މަޑުމަޑުން އެ ކުއްޖާ އާ ދިމާއަށް ހިނގައިގަތެވެ. އެ ކުއްޖާއާ ވަކި ވަރަކަށް ގާތްވާއިރަށް ވަރަށް މީރު ފޮނި ވަހެއް ދުވަން ފެށިއެވެ. މާހިލަށް ފުންކޮށް ނޭވައި ދަމާލެވުނީ އެ ވަހުގައި ހުރި މަސްތީ އަސަރެއްގެ ބޮޑުކަމުންނެވެ. އެކުއްޖާއާ ގާތަށް ދެވުނުވަރަކަށް އެ ވަސް ދިޔައީ ގަދަވަމުންނެވެ.

މާހިލް އައިސް އެ ކުއްޖާގެ ފުރަގަހުގައި ހުއްޓިލިއެވެ. އެއިރުވެސް އެ ކުއްޖާގެ ޖާދޫއެއްފަދަ އަޑުން ކިޔަމުންދިޔަ ހަމަ ހިމޭން ލަވަ އިވިއިވި ހުއްޓެވެ. މާހިލް މަޑުމަޑުން އޭނާގެ އަތް ގެނެސް އެ ކުއްޖާގެ ކޮނޑުގައި ބާއްވާލިއެވެ. އެވަގުތު އެއްކުޖާ ކިޔަމުން ދިޔަ ލަވަ ހުއްޓުނެވެ. މަޑުމަޑުން މޫނު އަނބުރާލިއެވެ.

ކަޅުކަން ގަދަ ފަން އިސްތަށިގަނޑުގެ ތެރެއިން، ރީތި ދޮން މޫނު ފެނުމާއެކު މާހިލްގެ ހިތުގެ ތެޅުން ދެ ގުނައަށް އިތުރު ވެގެން ދިޔައެވެ. ދިގު އެސްފިޔަ ތަކުގެ ނިވަލުގައިވާ ތޫނު ކަޅިރަވައިން އޭނާގެ ހިތް ކަތިލެވިގެން ދިޔައެވެ. ނަމަވެސް މި މަންޒަރު މާހިލް އަށް ފެނުނީ އެންމެ ދެތިން ސިކުންތަށެވެ. މުޅިތަނަށް އަނދިރިކަން ވެރިވެގެން ދިޔައެވެ. ހީވީ ކުއްލިއަކަށް ކަރަންޓު ދިޔަހެންނެވެ.

“މާހިލް!! މާހިލް!” ޝިއާނާ މަޑުމަޑުން މާހިލަށް ގޮވަމުންދިޔައެވެ. ބުރަހެލިކަމާއެކުވެސް މާހިލް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެނދު ކައިރީގައި ހުރި ޝިއާނާ އޭނާއަށް ފެނުނީ ފުސްގަނޑެއް ހެންނެވެ. ބޮލުގެ އެއްފަޅީގައިވެސް ގަދައަށް ރިއްސަމުންދިޔައެވެ.

“މާހިލް ނުވެސް ކައެއްނު ތިއޮތީ؟” މާހިލް މަޑުމަޑުން ތެދުވެ އެނދުގެ ފަޑީގައި ލައްވެލިއެވެ. އަދި އަތުން ނިތްކުރީގައި ފިރުމާލެވުނެވެ.

“ބޮލުގަ ރިއްސަނީތަ؟ އެހެންވާނީ ދެ ނަމާދު ދޭތެރޭގަ ނިދަންޏާ! ބުނަމެއްނު ދެ ނަމާދު ދޭތެރޭ ނިދަންޏާ ބޯ ސަކަރާތް ވާނޭ! ހިނގާ ކާންދާން! ހުންނާނެ ވަރައްމީރުކޮށް ނޫޑުލްސް ހަދާފަ!” ބޮލުގައި އޮޅާލާފައިވާ ތުވާލި ނައްޓުވާލަމުން ޝިއާނާ ގޮސް ހުއްޓިލީ ޑްރެސިން ޓޭބަލް ކައިރިއަށެވެ. މާހިލް މަޑުމަޑުން ތެދުވުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައީ ކާގެއާ ދިމާއަށެވެ.

ގޮނޑީގައި އިށީންއިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ އެ ‘އަންހެންކުއްޖާ’ އާ މެދުގައެވެ. އެއީ ކޮން ކުއްޖެއް ހެއްޔެވެ؟ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ކުއްޖެކެވެ. ނަމަވެސް ހާދަ ރީއްޗެވެ. ރީތި ކަމުން މޮޔަވާހާ ވެއެވެ. ސިކުނޑިއަށް މި ފަދަ ހިޔާލުތައް އައުމާއެކު މާހިލްގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.

“އެނގޭތަ؟ ދެންމެ ފާހާނާގައި ހުއްޓާ ވަރައް އެހެން ކަހަލަ ގޮތެއް ވީ!! ހީވީ މީހަކު ވަރަށް ކައިރީގައި ހުރިހެން!!” ތައްޓަށް ނޫޑުލިސް އަޅައިދެމުން ޝިއާނާ ވާހަކަ ދެއްކިއެވެ. ނަމަވެސް މާހިލްގެ ހިޔާލު ހުރީ އެހެން ދިމާއެއް ގައެވެ.

“މާހިލް!!” މާހިލް އަނގައިން ނުބުނުމުން ޝިއާނާ މާހިލްގެ މޫނަށް ބަލައިލިއެވެ. “ކިހިނެއްވީ އަނގައިން ނުބުނެ ތި އިންނަނީ؟؟”

“ކަމެއް ނުވޭ!!” މާހިލްގެ ރާގުގައިވާ ރުޅިވެރިކަމާއި ރުންކުރުކަން ނުހަނު ސާފުކޮށް ޝިއާނާއަށް ފާހަގަވިއެވެ. އޭނާގެ ހިތުގައި ޖެހުނެވެ. ސަބަބެއް ނެތި މާހިލް އޭނާ ދެކެ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟

މާހިލް ޝިއާނާއާ ދޭތެރޭ ފޫހިކަމެއް އުފެދެންވީ ސަބަބެއް ޙުދު މާހިލްއަށްވެސް ނޭނގުނެވެ. ނަމަވެސް މިހާރު އެ ހިތުގައި ޝިއާނާއަށްވުރެ އިސް މަގާމެއް، ގޮތް ނޭނގޭ ހުވަފެނީ ކުއްޖަކަށް ވަނީ ދެވިފައެވެ. އެއީ، ޝާލިނީގެ ނުބައި ރޭވުމެއް ކަމެއް މާހިލަށް އެނގޭނީ ފަހެ ކޮންގޮތަކުން ހެއްޔެވެ؟

***

ހެނދުނު ހޭލުމަށްފަހު މާހިލް ޑިއުޓީއަށް ދިޔައީ ސައިވެސް ނުބޮއެވެ. އެންމެ ކުޑަމިނުން ޝިއާނާ އާ އަނގައިންވެސް ނުބުންޏެވެ. އެހެން ދުވަސް ދުވަހު ހޮސްޕިޓަލަށް ދިއުމުގެ ކުރިން އިކާން އާ ލޯބިކޮއްލައެވެ. ނަމަވެސް މިއަދު އިކާން މަތިންވެސް ހަނދާން ނެތް ފަދައެވެ.

“ބައްޕި..!!” މާހިލް ގެއިން ނުކުމެގެން ދިއަތަން ބަލަން އިން ކުޑަކުޑަ އިކާން ތުން ދަމާލުމަށްފަހު ރޯންފެށިއެވެ. މިއަދު އެހެން ދުވަސް ދުވަހާ ތަފާތުކަން އިކާން އަށްވެސް އިހުސާސް ވީ ތާއެވެ. ރޯން ފެށިގޮތަށް އެތައް އިރެއް ވީއިރުވެސް އިކާން ހުއްޓައެއް ނުލިއެވެ. އެހެން ކަމުން ޝިއާނާއަށް މަޖުބޫރު ވީ އިކާން ގޮވައިގެން ބޭރަށް ނުކުންނާށެވެ.

އިކާން އުރައިގެން ހުރެ މަޑު ހިނގުމެއްގައި ޝިއާނާ މިސްރާބު ޖަހާފައިވަނީ ރަށުގެ ތުނޑިއާ ދިމާއަށެވެ. ދެފަޅީގައި ބޯކޮށް ގަސްހެދިފައިވާ ހިމަ މަގަކުން ހިނގަމުންދިޔައިރު ޝިއާނާ އަށް ވިސްނެމުންދިޔައީ އޭނާގެ ބަދަލުވަމުން އަންނަ ޙަޔާތާ މެދުގައެވެ. ކުއްލިއަކަށް މާހިލްއަށް މިއައީ ކޮން ބަދަލެއް ހެއްޔެވެ؟ ޝިއާނާއަށް ނޭނގި ކުރެވުނީ ކޮންފަދަ ކުށެއް ބާއެވެ؟ މާހިލްއާ ކައިވެނި ކުރިފަހުން މިހާރު  3 އަހަރެއްހާ ދުވަސް ވެދާނެއެވެ. ނަމަވެސް ދުވަހަކުވެސް މާހިލް އެގޮތަކަށް އަމަލުކޮށްފައެއް ނެތެވެ.

މީގެ ތިން އަހަރެއްކުރިން އީދެއްގައި މާހިލް ވަނީ ޝިއާނާމެން ރަށަށް ޒިޔާރާތް ކޮށްފައެވެ. މާހިލަށް ޝިއާނާ ފެނުނީ އެ ދަތުރުގައެވެ. ޝިއާނާ ދެކޮޅުހަދަމުން ދިޔައިރުވެސް މާހިލް އެންމެ ތަންކޮޅެއްވެސް ދޫ ނުކުރިއެވެ. އެންމެ ފަހުން ޝިއާނާ ގަބޫލު ނުވުމުން މާހިލް ވަނީ ޝިއާނާގެ މަންމަ އާ ވެސް ވާހަކަ ދައްކާފައެވެ. މާހިލްއާ ކައިވެނިކުރުމަށް ޝިއާނާ އަށް މަޖުބޫރު ވީ އެހިސާބުންނެވެ. އޭނާ އެއް އިރެއްގައިވެސް މާހިލް ދެކެ ލޯތްބެއް ނުވެއެވެ. ނަމަވެސް އެކަން މާހިލްއަށް އިހުސާސްވިއަ ދޭކަށް ޝިއާނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މާހިލްއާއެކު ހަމަ ޖެހޭ އަބުރުވެރި ދިރިއުޅުމެކެވެ.

ހިމުން ދޮންވެލީގެ ތުނޑިއަށް ނުކުމެވުމާއެކު ޝިއާނާގެ ބުރުގާ ވަޔާ ވިހުރެން ފެށިއެވެ. ވަރުބަލިކަން ފެންނަމުންދިޔަ މޫނުމަތިން ތާޒާކަން ވިދައިގަތެވެ. އެއިރު އިކާންގެ ރުއިންވެސް ވަނީ ހުއްޓިފައެވެ.

ޝިއާނާ އައިސް އިށީނދެލީ ވެލިގަނޑުމަތީގައެވެ. އިކާން ވަގުތުން ވެލިގަނޑުގެ ތެރެއަށް އަތްބާނައި ކުޅެން ފެށިއެވެ. ޝިއާނާގެ ނަޒަރު ގޮސް ހުއްޓުނީ ބީއްސަމުން ދިޔަ ރާޅު ތަކާ ދިމާއަށެވެ. އެއިރު، އަރައިގެން އައި އިރުގެ ރަން ދޯދިތަކުން މުޅި އުޑުމަތި އަލިކުރަމުން ދިޔައެވެ.

***

ޖަޒްލާގެ މަރަށްފަހު ޔައީޝް އުޅެމުންދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. ލޯބިވާ ޝައިމާ މަތިން އިންތިހާއަށް ހަނދާން ކުރަމުންނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެ ނިކަމެތި އަންހެން ކުއްޖާ ވަނީ ނުބައި ޝައިޠާނެއްގެ ޝިކާރައަކަށްވެ މި ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފައެވެ. ޖަޒްލާގެ އެ ނުބައި ރޭވުން ދުވަހަކުވެސް ޔައީޝްގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ. އެ ދުވަސްތައް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ޔައީޝްގެ ދެލޯ ފެންކަޅިވެއެވެ. ހިތުގައި ވާ ހުސްކަން އިތުރަށް އިހުސާސް ކުރުވައެވެ. އެއީ ކޮންފަދަ ބަދުނަސީބު މާޒީ އެއް ހެއްޔެެވެ؟

އޮފީހަށް ދިއުމުގެ ބަދަލުގައި ޔައީޝް ނުކުތީ ހިތްހަމަ ޖައްސާލުމަށްޓަކައި ރަށުގެ ތުނޑިއަށް ގޮސްލުމަށެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރެ ލަސް ހިނގުމެއް އައިސް ތުނޑީގެ ދޮން ވެލިގަނޑުމަތީ އޭނާ އިށީނދެލިއެވެ. އެއިރުވެސް އޭނާގެ ވިސްނުން ގޮސް ހުސްވެފައިވަނީ އޭނާގެ މާޒީގެ ޟަފްހާތަކަށެވެ….

***

ޝިއާނާ މަޑުމަޑުން ވަށައިގެން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުތަކަށް ނަޒަރު ހިންގާލިއެވެ. 15 ވަރަކަށް ފޫޓު ދުރުގައި އިށީނދެލައިގެން އިން ޔައީޝް، އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ފިރިހެނެއް ފެނުމުން ޝިއާނާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔަ ފަރަތަމަ ފަހަރަކީ އެއީއެވެ. ޝައުގުވެރިކަމާއެކު ބަލާލެވުނު ފިރިހެނެއްގެ ފުރަތަމަ މޫނަކީ އެއީއެވެ. ޔައީޝްގެ މޮޅިވެރިކަމުގެ ތަސްވީރެއް ފަދަ މޫނުގެ އަސަރުތައް ދެނެގަންނާކަށް ޝިއާނާއަކަށް އުނދަގުލެއް ނުވިއެވެ. ޝިއާނާގެ ހިތުގައި އެ ރީތި ޒުވާނާއާ މެދު ސުވާލު އުފެދުނީ އެހެންވެއެވެ.

ޝިއާނާ މަޑުމަޑުން ތެދުވިއެވެ. އިކާން ވެއްޔާ ކުޅެން ބޭނދުމަށްފަހު އޭނާ މަޑުމަޑުން މިސްރާބު ޖެހީ ޔައީޝް އާ ދިމާއަށެވެ. ހިމުން ދޮންވެލިގަނޑުމައްޗަށް ފިޔަވަޅުތައް ދޫކުރަމުން ގޮސް އޭނާ ޔައީޝް ކައިރިއަށް ހުއްޓިލިއެވެ.

ވިސްނުމަކަށް ގެއްލިފައި އިން ޔައީޝް އިސްއުފުލައި ބަލައިލީ ކައިރީގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވިގެންނެވެ. އެއާއެކު އޭނާގެ ކަޅި ގޮސް ހުއްޓުނީ ޝިއާނާގެ މުށި ކުލައިގެ ފުން ދެލޮލަށެވެ….

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ހިތް ވިންދާނުލައި.. (3)

Next

ހިތް ވިންދާނުލައި.. (4)

Next
June 26, 2015

ހިތް ވިންދާނުލައި.. (4)

Previews
June 25, 2015

ހިތް ވިންދާނުލައި.. (3)

48 Comments!

  1. Hoody says:
    June 25, 2015 at 11:05 pm

    Huhh…. mi part vex Up kurevijje…. But kudakoh las vejje dhw… sorry for that…. ummeedhu kuran kamudhaane kamah….

  2. ziu says:
    June 25, 2015 at 11:13 pm

    V reethi story eh.. hoody, ur r a perfect writer .

  3. Thoo says:
    June 25, 2015 at 11:14 pm

    V salhi balabal indha upvee 🙂

  4. Nabhaan says:
    June 25, 2015 at 11:21 pm

    wow mi part vx vrh salhi…nxt part vrh avas kiyan beynun bro..if u can avas up kohdehchey…. 🙂

  5. Hoody says:
    June 25, 2015 at 11:26 pm

    ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ!!
    4 ވަނަ ބައި ލިޔެވުނުހާ އަވަހަކަށް އަޕްކޮށް ދޭނަން، އިންޝާﷲ…

  6. Hoody says:
    June 25, 2015 at 11:28 pm

    kalhu finifemmaa season 1 nimunu hisaabah aadhevifa ingey mihaaru e inee…. season 1 nimunu thaanga yaeesh and shiaanaa meet ve ehnu…… hope you all understand… 😀

  7. dhonthi says:
    June 25, 2015 at 11:44 pm

    varah reethi mi part vex…waitin for next part 🙂

  8. hajja says:
    June 25, 2015 at 11:47 pm

    Mahil n shiyana kaivenyah ahareh vee iru vaahaka dhehkey umuru kuhjje?? How?? Btw story is awesome 🙂

  9. yash says:
    June 26, 2015 at 12:03 am

    Wow v v v v v salhi

  10. Fayaz says:
    June 26, 2015 at 12:07 am

    Kiyaa hithun huhtaa mibaaves thinihmaalee maa avahah bt varahreethi uhmeedhukuran dhen anabaa dhigukoh laanekamah habeys ingey hood

  11. niyasa says:
    June 26, 2015 at 1:08 am

    Ma shaa allah vvvv reethi mibaives

  12. naxaa says:
    June 26, 2015 at 1:33 am

    Nice story….

  13. mal says:
    June 26, 2015 at 1:34 am

    Wow… Awesome.. Mivaruge vaahaka eh adhi nukiye

  14. aisha says:
    June 26, 2015 at 2:14 am

    ………..wowwww …this part vx vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice… next part avahah up kohdheahcheyyy… keep it up hoodh.. 🙂

  15. Crazi says:
    June 26, 2015 at 3:01 am

    Yah vrh shalhi ehgey…inthizaaru kuri yaisha ves mi part gah arymah vakin furihama vehje..madama kurin update koh dheaxhey

  16. hoody's fan says:
    June 26, 2015 at 4:22 am

    alhey.. haadha goahey hoody.. enme reethi hidaabun nimuny.. hoody vareh neh hama..

  17. faai says:
    June 26, 2015 at 5:10 am

    Wow,, its jux awesome hoody.. Waiting for next part

  18. Shally says:
    June 26, 2015 at 5:16 am

    Varah salhi

  19. nishy says:
    June 26, 2015 at 5:39 am

    Vvvvvv reeethi… hoodhy ur the best

  20. nihaa says:
    June 26, 2015 at 8:34 am

    Wow…vth reethi…avahah upkohdhehchey.aneh part….

  21. Hoody says:
    June 26, 2015 at 8:44 am

    Thnkx all… 🙂
    Thedhekey dhw hajja…. thnkx bunedhineema…. avahah liyaairu ekahala mistakes hurun ekasheegen vey…. But mihaaru innaanee rangalhu koffa…..
    Dear readers, like hajja said, mistakes huriyya bunedhechey… eyrun rangalhu kureveynee….. 🙂

  22. sul says:
    June 26, 2015 at 9:27 am

    Perfect story. 🙂
    Next partge waitinga.

  23. juma says:
    June 26, 2015 at 11:31 am

    wow..vvv reethi story.. hoody vara molhu ingey…wen is the nxt part?? waiting fr nxt part…gudluck hoody… 🙂

  24. shiaa says:
    June 26, 2015 at 11:38 am

    oh my gosh … !!! haadha rychey mi part . vvv rythi . avahah next part up koh dhechchey ingey hoody . 🙂 🙂 🙂

  25. shiaa says:
    June 26, 2015 at 11:47 am

    hoody haadha molhey
    . shiaa ge ves innany mushi kulaige eyes eh . he he he

  26. shiaa says:
    June 26, 2015 at 12:10 pm

    season 1 ga iny shiaana fenna fenumah hyvany gaygadakay 19 years eyy. dhen shiaana ge aslu age aky kobaa?

  27. blue says:
    June 26, 2015 at 1:23 pm

    mivaahaka varahhhhh reeethi….i love it…next part avahah up kohdhehchey

  28. sarah says:
    June 26, 2015 at 1:27 pm

    ??when next part

  29. Hoody says:
    June 26, 2015 at 1:44 pm

    Thnkx all…
    Enhtha Shiaa… Aslu vex mushi kulaige kalhi eh tha innanee…?? hehe
    Next part vex varah avahah UP kohdheynan In Sha Allah….

  30. aroosha says:
    June 26, 2015 at 1:54 pm

    Waiting for the next part..thankolheh avahah up kodhdhechchey

  31. shiaa says:
    June 26, 2015 at 1:56 pm

    yep hoody

  32. sif says:
    June 26, 2015 at 2:07 pm

    wooww. hoodhy. . vvvvvvvvvvvvvv.salhi. hood is da best

  33. shiaa says:
    June 26, 2015 at 2:48 pm

    🙂 🙂 🙂

  34. mal says:
    June 26, 2015 at 2:58 pm

    Good story kon irakun annebai

  35. shiaa says:
    June 26, 2015 at 3:13 pm

    kon irakun next part ?

  36. shiaa says:
    June 26, 2015 at 3:17 pm

    abraas eyy shaithaan eh tha

  37. naj says:
    June 26, 2015 at 3:29 pm

    Vvv reethi…u r the best hoody

  38. shiaa says:
    June 26, 2015 at 3:39 pm

    hoody ge birth day anany eh dho advance koh wish u a very very happy birth day ingey . july 3 dhw

  39. shiaa says:
    June 26, 2015 at 3:52 pm

    hoody ge birth day annany eyy dhw.. advance koh wish u a very very happy birth day !!!!!!!! ingey . july 3rd dhw 🙂 🙂 🙂

  40. layaa says:
    June 26, 2015 at 4:39 pm

    v reethi

  41. zeeshy says:
    June 26, 2015 at 4:46 pm

    Wow awsome
    Hoody can u tryto wrte sme wat long
    Cox abadhu ves emme kiyaa hiy vaa hisaabun nimeni
    Uhuhuh so sad

  42. Fary says:
    June 26, 2015 at 5:18 pm

    Vvv nice vara furihama . Keep it up

  43. neem says:
    June 26, 2015 at 5:27 pm

    Maasha allah.. vaahaka v v v v reeethiiii.. v v vv kiyaa hiyyy vehjje nxt part.. kn irakun up kuraany, hama aslu eba halaaku ve kiyaa hithun..
    N thy anehkka ma bodah sihuru engey kujjeh tham hooody, ei sihuruge baavathehkan inguny.. biru ganehjjee

  44. shiaa says:
    June 26, 2015 at 9:02 pm

    hoody , kobaa next part ? haadha lahey . aneh kaa hoody ah kameh vytha 🙁 🙁 🙁

  45. shiaa says:
    June 26, 2015 at 9:11 pm

    maadhan dhw

  46. sif says:
    June 26, 2015 at 9:12 pm

    abraas is a devill??? no. ehn nahadhaa.

  47. kiaraa says:
    June 27, 2015 at 2:24 pm

    good

  48. sul says:
    June 27, 2015 at 5:13 pm

    mi part ves best, hoodh thy my most favryt unique writer 🙂

Comments are closed.

Next Episodeހަވާތިފް… 4 ވަނަ ބައި←


All Right Reserved!