Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 56

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
February 8, 2021 3 Mins Read
4 Comments

ކަންތައް ކުރަންވީގޮތް ސަމީރަށް ބުނެދިނުމުން މަހޫމެން ފާއިދުގެ ކޮޓަރިއަށް ގެންގޮސްދިނީ ސަމީރެވެ. އެއަށްފަހު ސަމީރު ގޮސް އޭނާއަށް ހަމަޖެއްސި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

އެނދުމަތީގައި އިން މީހާ ފެނުމާއެކު ސަމީރުގެ މޫނު މަތީގެ ކުލަ ބަދަލުވިއެވެ. ސަމީރުގެ ހިތުގާ އެއްފަހަރާ އެތައް ސުވާލެއް އުފެދެން ފެށިއެވެ. ސަމީރު ފެނުމާއެކު ފަހުދުވެސް ސިއްސައިން ދިޔައެވެ. އަދި ކޮންމެސް އެއްޗެއް ވިސްނާލަން އިނުމަށްފަހު ވަގުތުން އިސްޖަހާލިއެވެ.

“”ސުބްޙާނަ ﷲ .! މަށަށް އޭރުވެސް ހީވީ ހަމަ ރަނގަޅަށްތާ.. އެމަންޖެގެ ނަން ފުރަތަމަ އަޑު އިވިފަ، އޭރު ޝައްކު ވިޔަސް މިހާރު ޔަޤީން ވެއްޖެ.. ހޫމމމމް… މިގޭގަ މިއުޅެނީ އެހެންވީމަ ސަމީރުގެ ދަރި ތުގާ..”

ފަހުދު ވިސްނާލީ އެކަމާއެވެ. އެޔާއެކު މުޅިމީހާ ފިނިވިއެވެ. ސަމީރުގެ ކުރިމަތީ ވަގުތުން ފިނޑިވިއެވެ.

“ފަހުދު! ކަލޭތަ؟ މިގޭ މީހުންނާ ކަލެޔާ އޮންނަނީ ކޮން ގާތްކަމެއް؟”

ނިތްކުރިއަށް އެއްފަރާ އެތައް ރުލެއް އަރުވާލަމުން ހައިރާން ވެފައިވާ ސަމީރު މުޚާތަބު ކުރީ ފަހުދާއެވެ. ސަމީރުގެ އަޑުގައި ވަނީ ސިއްރިއްޔާތު ކަމެވެ. ހީވާގޮތުން އެގޭ އެއްވެސް މީހަކަށް ފަހުދާއި ސަމީރު އަބަދުހެން ކުރަމުންދާ ހަނގުރާމަ އިޢުލާނު ކުރަން ބޭނުން ނުވަނީ ކަންނޭނގެއެވެ.

“އާނ.. އަހަރެން..”

ސަމީރަށް ބަލައިލުމަށްފަހު ކުރު ޖަވާބެއް އިއްވާލަމުން އަނެއްކާވެސް ފަހުދު އިސްދަށަށް ޖަހާލިއެވެ.

އެމަންޒަރުން ސަމީރަށް ލިބުނީ ރަނގަޅު ސިގުނަލެކެވެ. ފަހުދުގެ ކުރިމަތީ ކުއްލިޔަކަށް ސަމީރުގެ ހިތަށް ދިރުން ލިބިގެން ދިޔައެވެ. އެއީ ސަމީރުގެ ޙަޔާތުގަވެސް މުޅިން އަލަށް ވީކަމެކެވެ. މީގެ ކުރިން ސަމީރުގެ މައްޗަށް އަބަދުވެސް ކުރި ހޯދާފައިވާނީ ފަހުދެވެ.

“ކިހިނެއްވީ؟.. ތީހަމަ ކ.ހުރާ ނަޔާކުރިގޭ މުޙައްމަދު ފަހުދުތަ؟.. މުޅި މީހާއަށް ތިއިނީ ކިހިނެއްވެފަ؟”

ފަހުދުގެ ހަމަހިމޭންކަން ސަމީރަށް ނަގައިގަނެވުމާއެކު އަހާލިއެވެ.

“އާނ!” ފަހުދު ބުނެލީ ހަމައެކަނި ދެ އަކުރުގެ ކުރު ލަފްޒެކެވެ.

“ބަލަ! ފަހުދު ތި އިނީ ކީއްވެފަތަ؟ ހަމަ ގައިމުވެސް ފަހުދުގެ ސިފަޔާ، ކުލަޔާ ބައްޓަމަކަށް މާ ބޮޑު އުނިކަމެއް ނާދޭ. އެކަމަކު މަށަށް އެނގޭ އެއްޗަކީ ފަހުދުގެ މަޑުމައިތިރިކަން ފެނިފަ ދެން އަހަންނަށް ދެފައި އެއްތާ ޖަހަން އުނދަގޫ ވާނެކަން… ހެހެ… ކުރިން އަހަރެން މަޑުން ހުންނާތީ ފަހުދަށް ހިމޭނަކުން ނުހުރެވުނު.”

ސަމީރުގެ ތުންފަތަށް ވެރި ވެފައިވަނީ ރަކި ހިނިތުންވުމެކެވެ. އެހެން ނަމަވެސް ފަހުދަށް އެކަން އެނގޭނީވެސް އިސް އުފުލާލި ނަމަތާއެވެ.

“މިއަދު ކަލެޔާ ވާހަކަ ދައްކަން އަހަރެން ލަދުގަނޭ. އަދި މިހާރު މާލިކްގެ ކުރިމައްޗަށް އަރަން އަހަރެން ވަރަށް ޖެހިލުންވޭ.”

ފަހުދުގެ މާނަ ފުން ބަސްތައް އަޑު އިވުމާއިއެކު ސަމީރު ހީނލިއެވެ. އެއީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. ހަމަ ގައިމުވެސް އެ ހިނިތުން ވުމުގައި ހަސަދަވެރިކަން ނެތް އުފާވެރިކަމެއް ވިއެވެ. އެހެން ނަމަވެސް ފަހުދަށް އެކަމެއް ނޭނގޭނެއެވެ. އަދިވެސް އިސް ޖަހާލިގޮތަށް ސަމީރަށް ބަލަންވެސް ފަހުދު ބޭނުމެއް ނޫނެވެ.

ތާނިޔާ މަޑުމަޑުން ސިޑިން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ލަހުމާ އޮތް ފަންގިފިލާގެ ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލިއެވެ. އެއްވެސް ޚަބަރެއް ނުވުމުން ތާނިޔާ އޭނާ ލައިގެންހުރި ޖިންސްގެ ޖީބުން ކުޑަ ކަރުދާސް ކޮޅެއް ނަގާ ބަލައިލިއެވެ. އަނެއްކާވެސް އެ ގަނޑުކޮޅު ފަތްޖެހުމަށްފަހު އޭނާގެ ޖީބަށް ލިއެވެ.

“އެމީހަ ދިން ގަނޑުކޮޅުގަ އޮތް ގޮތުންނަމަ، މީ ހަމަ އެ އެޑްރެސް. ހަމަ ގައިމުވެސް އަހަންނަށް މި ހުރެވުނީ މިގޭގެ ހަތަރުވަނަ ފްލޯރގަ..”

ތާނިޔާ ސިޑިން ފައިބަން ހިނގައިގަތީ އެއްވެސް ކުރިމަގެއް ނުފެނުމުންނެވެ. ސިޑީގެ ފުރަތަމަ ހަރުފަތުގައި ފައި އަޅާލުމާއިއެކު ދޮރު ހުޅުވާލި އަޑަށް ތާނިޔާ ބަލައިލިއެވެ.

“ޓަކި ޖެހިންތަ؟”

އަންހެން ކުއްޖަކު އެހެން އަހާލުމާއެކު ތާނިޔާ އާނއެކޭ ބުނާގޮތަށް ބޯ ޖަހާލަމުން އެދިމާލަށް ހިނގައިގަތެވެ.

“ލަހުމާ އޮންނަނީ މިތާތަ؟. މީހަކު އަހަންނަށް ދިން އެޑްރެސްއެއްމީ..”

ތާނިޔާ އިތުރަށް ޔަޤީންކުރުމުގެ ނިޔަތުގައި އަހާލިއެވެ.

“ހޫމް. އާދޭ ވަންނަން. ތީ ކާކު؟”

ދެމީހުން އެއްކޮށް ކޮޓަރިއަށް ވަންނަމުން ދިޔަވަގުތު އެ ކުއްޖާ ވާހަކަ ދެއްކިއެވެ.

“އަހަންނަކީ ލަހުމާގެ ކޮއްކޮ.. ތާނިޔާ.”

އަމިއްލަ ތަޢާރަފް ދެމުން ތާނިޔާ ހިނގައިގަތީ އެ އަންހެން ކުއްޖާ ދެއްކި ކޮޓަރިއާ ދިމާލަށެވެ.

“ދޮންތާ! ހާދަހާ ރީތި ކޮޓަރިއެކޭދޯ؟. މިތަނުން ދުވަނީވެސް ވަރަށް މީރު ވަހެއް.”

ތާނިޔާ އެކި ފަހަރު އެކި ދިމާލަށް ބޯ އަނބުރަމުން މުޅި ކޮޓަރިއަށް ބަލަމުން ދިޔައެވެ.

“އާނ! ދެންމެ ފެންވަރުވާލާފަ އެއޮތީ. ހެހެ” އެކުއްޖާ ވާހަކަ ދެއްކިއެވެ.

“ދޮންތާ! ޝާމްގެ ޚަބަރެއް އަހަންނަކަށް ނުވެ. ހީވަނީ ދަންވަރުހެން ގެއަށްވެސް ވަދެލަނީ.. އަހަންނަށްވެސް ފެނިދާނެތީ އޭނަ އުޅެނީ.. ރޭ ދަންވަރު އަހަންނަށް ހީވި ސިޑިން އަރައިން މައްޗަށް ދިޔައީ ޝާމްހެން.”

ތާނިޔާ ޝައްކުގެ ނަޒަރަކުން ބުނެލިއެވެ. އެޔާއެކު ލަހުމާ ބޯޖަހާލީ އެވާހަކައަށް އެއްބަސްވާފަދަ ގޮތަކަށެވެ.

“ހިއެއްނުވެ މާގިނަގިނައިން މިތަނަށް އާދެވިދާނެހެން. އެހެންނޫނަސް ދޮންތައަށް މިހާރު ރީތި އެއްޗެއްސާ މީރު ކާނާވެސް ލިބެއެއްނު.”

ތާނިޔާ އެއްފައި މައްޗަށް އަނެއްފައ އަރުވަމުން ތުއި ގޮތަކަށް އެނދުގައި އިށީންދެލިއެވެ. އެއިރުވެސް އެއަންހެން ކުއްޖާ ހައިރާން ކަމާއެކު ބަލަމުން ދިޔައީ ތާނިޔާގެ ތުއި ޚަރަކާތްތަކަށެވެ.

ސަމީރުމެނަށް ކާން ދިނުމަށްފަހު ސީމާ އައިސް ކޮޓަރިއަށް ވަނީ މޫސަގެ އެދުމަކަށެވެ. އެދެމީހުންގެ އޮލަ ވާހަކަތަކުގެ ތެރެއިން މޫސަ ވާހަކައެއް ބުނެލިއެވެ..

“ސީމާ! އަހަރެން އެބަ ވިސްނަން މިތާ މަތީބައި ފާއިދަށް ދޭން. އެކަމަކު މިވާހަކަ ނުބުނާތި އެސޮރު ކައިރި. ކައިވެނީގެ ހަދިޔާއަކަށް ރަނގަޅުވާނެއްނުދޯ؟ މިބުނީ ދެން އޭނަވެސް ކައިވެނި ކުރީމަ ވަކިންތާ އުޅޭނީ.. މި ދެން ހަމަ އެއް ގެއެއްނު.. ސީމާގެ ޚިޔާލަކީ ކޮބާ؟” މޫސަ އަހާލިއެވެ.

“ތިގޮތްވެސް އެންމެ ރަނގަޅު.. އެކަމަކު އަހަރެންގެ ވިސްނުންހުރީ މުޅިން އެހެން ގޮތަކަށް.. އަހަންނަށް ހީވަނީ މޫސަވެސް މިކަމާ ދެބަހެއް ނުވާނެހެން.”

ސީމާކުޑަކޮށް ވިސްނާލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އަހަރުމެން މިހާރު މިތިބީ ވަރަށް ދުވަސްވެފަ. ދެން ހިއެއް ނުވެ ދަރިޔަކުވެސް ލިބިދާނެހެން. އަމިއްލަ ދަރިޔަކު ނެތި… މި ދުނިޔެ ދޫކޮށް ދާންޖެހުނަސް މިހާރު އެހިތާމަތަކުން އަހަރެންގެ ސިކުނޑިއަށް ތުރާލެއް ނުދޭނަން. އަދި އަހަރެންގެ ލޮލުން ވޭނީ ކަރުނަ އޮހޮރުނަވެސް ނުދޭނަން… އެކަމަކު އަހަރެން.. އަހަރެން ދެން ބަލާނީ އަބަދުވެސް އަހަރެންގެ ތުންފަތުން ހިތް ހަލާލު ކަމާއެކު އުފާވެރި ހިނިތުންވުމެއް ދައްކައިން އުޅެވޭތޯ..”

ހިތްހަމަޖެހުމުގެ ދެތިން ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލަމުން ސީމާ ވާހަކަ ދެއްކީ ހިތާ ހަނގުރާމަކޮށް ހިތްވަރު ކުރަމުންނެވެ.

“މޫސަ އެއްދުވަހު ބުނީމެއްނު އެކުދިން ކުޑައިރު.. ސީމާ މިކުދިންގެ ފަރާތުން ބަދަލުގަ ބޭނުންވަނީ ކޮން ކަމެއްހޭ؟.. އަހަރެން ހަޤީގަތުގަ ބޭނުންވަނީ ހަމަ އެންމެ އެއްޗެއް.. އެއީ އެކުދިން އަހަރުމެން ދެމީހުންނަށް އަބަދުވެސް ކޮށްދޭނެ ހެޔޮ ދުޢާ.. އަހަރެން ވަރަށް އުފާވޭ މިދުވަސް އައިއިރު އެކަހަލަ ކުދިންކޮޅެއް ތަރުބިއްޔަތު ކުރެވުނީމަ.. އަހަރުމެންގެ އަސްލު ދަރިންނޫނަސް ވަރަށް އުފާވޭ އެކުދިން އަހަރުމެންގެ ހަޔާތުގަ ލެއްވީމަ. އެހެންވެ އަހަރެން ބޭނުންވަނީ މުޅި މިގެ.. މުޅިމި ޑްރީމްސް ގެ ތުގާއަށާ ފާއިދަށް ރަޖިސްޓްރީ ކޮށްދޭން.”

ސީމާގެ ލޮލުން ފައިބަމުން ދަނީ އުފާވެރިކަމުގެ ކަރުނައެވެ.

މާލިކްގެ މިސްރާބު ހުރީ ސަމީރު އުޅޭ ކޮޓަރިއާ ދިމާލަށެވެ. ސަމީރު ކޮބައިތޯ ބަލައިލުމުގެ ނިޔަތުގައި، ތަޅުގައި ހިފައި އަނބުރާލުމާއެކު ދޮރު ހުޅުވިގެން ދިޔައީ ނުހަނު ހަލުވި މިނުގައެވެ. ފުރަތަމަ ނަޒަރުން ފަހުދު ފެނުމާއެކު މާލިކް ހައިރާންވިއެވެ. ފަހުދު މިގޭގައި ކުރަނީ ކޮން ރަސްކަމެއް ބާއޭ މާލިކްގެ ހިތަށް އެރިއެވެ.

“ފަހުދު! ކަލޭތަ؟ ކަލޭ މިތާ ކީއްތަ ތި ކުރަނީ؟ އަނެއްކާވެސް މިގޭން ކޮންމެސް ކުއްޖަކު ވާވައްދާލަންވީ ދޯ؟”

ރުޅިއައިސްފާވާ މާލިކް ސިއްރު ސިއްރުން ވާހަކަ ދެއްކި އިރު ފަހުދު އިސް އުފުލާވެސް ނުލައެވެ.

“ކަމެއްނު! ވާހަކަ ދައްކަބަލަ! ތީ ތިދަރަޖައަށް ވެއްޓެންވީ މީހެއް ނޫނޭ.” އަނެއްކާވެސް މާލިކް ވާހަކަ ދެއްކިއެވެ.

( ނުނިމެ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބީވެދިޔަ އެކުވެރިން

Next

ހިރާސް 12

Next
February 8, 2021

ހިރާސް 12

Previews
February 8, 2021

ބީވެދިޔަ އެކުވެރިން

4 Comments!

  1. redlailacrose says:
    February 8, 2021 at 1:58 pm

    Nice???

    1. Shaleen says:
      February 9, 2021 at 4:46 pm

      Thank you . It means a lot dear ❣️❣️
      V ufaavejje comment libuneema
      V Gina dhuvasthakah fahu libunu comment eh mee.
      Thanks again

    2. redlailacrose says:
      February 9, 2021 at 5:20 pm

      Moosa adhi seema ge talk varah asarugadha. Love the stry. And smeera ah victory libenee dhw

    3. redlailacrose says:
      February 9, 2021 at 5:22 pm

      Ur welcome dear ???yess. Its areal inspiration to get comment from readers???. I know it because im also a writer.??? Im really glade that i made someone happy with my comment????any ways stay safe ?? bye

Comments are closed.

Next Episodeއިމްތިޙާން 57←


All Right Reserved!