Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 54

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
February 1, 2021 3 Mins Read
0 Comments

“އަހަރެން އޮވެދާނަން އެކަނި.” ލަހުމާ އަނެއްކާވެސް ރޯންފެށީ ކުރު ޖަވާބެއް ދެމުންނެވެ. ޝާމްގެ ވާހަކަ ދައްކަން ލަހުމާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ލަހުމާގެ އަގަލެއް ނެތް ފަތިފުށް ޝާމްއަށް ހާމަވުމުން ލަހުމާ ޖެހިލުންވީއެވެ. ލަދުގަތީއެވެ. ޝާމްގެ ކުރިމަތީގައި ލަހުމާއަކީ ދެން އެއްވެސް މަޤާމެއް ނެތް މީހަކަށް ލަހުމާއަށް އިޙްސާސް ކުރެވުނީއެވެ.

“ދަރިފުޅާ މާލިކް.. މަހޫ އަދިވެސް އޮފީސް ނިންމާފަ ގެއަށް ނާންނަނީތަ؟” ސަމީރު އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ.

“އާނ! އަހަރެން ހުންނާނެ ބަތް ކައްކާފަ މަސް ފިހެފަ. ބައްޕަ ވާނެ މީރު ލޮނުމިރުސް ގަނޑެއް ފުނޑާދޭން… ބައްޕާ! އަހަރެން އެބަ ވިސްނަން މިގޭ މަސައްކަތްތައް ކުރަން އަންހެން ކުއްޖެއް ގެންނަން. އެންމެ ރަނގަޅުތަ؟” މާލިކް ބުނެލި ވާހަކައިން ސަމީރު ޒާތަކަށް ލަދު ހިންޏެއް އައެވެ.

“އެންމެ ރަނގަޅު. މާ ލަސްވެސް ވެއްޖެ ތިކަމަށް.. އެކަމު ނުމޮހޭ ކަހަލަ ގޮށެއް ޖެހޭތޯ މަސައްކަތް ކުރާތި. ހެހެ..” ސަމީރު މަޖާކޮށްލިއެވެ. ސަމީރާ އެއްވަރަށް މާލިކަށްވެސް ހެވުނެވެ.

“އަފީފައްތަ ކީކޭ ބުނެފަ އޮތީ ސިޓީގަ؟” މާލިކް އަހާލިއެވެ.

“ބުނި މީހަކާ އިންނަން ތައްޔާރު ވަނިއްޔޯ އިއްދަ ހަމަވާއިރަށް. ދެން އޭނަގެ ފަރާތުން ކަމެއް ވެފަ އޮތިއްޔާ މާފް ކުރާށޭ. އެކަމަކު އެހީއެއް ބޭނުންވިއްޔާ އަބަދުވެސް އެހީ ވެދޭނަމޯ. އަދި ބުނެފަ އޮތް ހާއްސަކޮށް މާލިކްގެ ހާލު ކިހިނެއްހޭ؟.. އަހަރެން އަދި ޖަވާބު ސިޓީއެއް ނުލިޔަން.

“އެހެންތަ… ޖަވާބު ސިޓީ ލިޔާނީ އަހަރެން. ބައްޕާ! އަހަރެން ވަރަށް ބޭނުން މާފަށް އެދެން. ސިޓީއަކުން ނަމަވެސް އަހަރެން ބޭނުން ހުރިހާ އެއްޗެއް ކިޔައިދޭން.” މާލިކް ބުނެލި ވާހަކައިން ސަމީރު ވަރަށް ހިތްހަމަ ޖެހުނެވެ.

ޝާމްގެ އެއްވެސް ޚަބަރެއް ނުވާތާ ގާތްގަނޑަކަށް ބާރަ ގަޑި އިރަށްވުރެ ގިނައިރު ވީއެވެ. ފޫހިވެފައިވާ ތާނިޔާ އޭނާގެ މެދުހަށި ފަހަރަކު ގޮތަކަށް ހަމައަކަށް އަޅުވަމުން ދިޔައެވެ. ހީވާގޮތުން އަބަދުހެން ގޮނޑީގައި އިނދެ އިނދެ ތާނިޔާއަށް ވަރުބަލިކަން އިހްސާސްވީ ކަންނޭނގެއެވެ.

ފިކުރު ބޮޑުވެ ގޮތް ހުސްވެފައިވާ ލަހުމާއަށް އަމިއްލަ އިޚްތިޔާރުގައި ތެދުވެލާ ހަދަން ފަސޭހައެއް ނޫނެވެ. ކޮންމެ ފަހަރަކު ފާޚާނާއަށް ގެންދަން ތަކްލީފަކަށް ވާތީ ލަހުމާ ގެންގުނީ ނެޕީ ޖަހައިންނެވެ. ތާނިޔާއަށް ފަސޭހައަކަށެވެ. ނަމަވެސް މީގެ ކުރިން ޝާމް ހުރިއިރު އެގޮތަށް އެކަން ކުރީ ރައްކާތެރި ގޮތަކީ އެއީ ކަމުގައި ވާތީއެވެ.

“ވަދެވޭތޯ؟” ލަހުމާއޮތް އެނދު ކައިރިއަށް ވަންނަމުން ނުވެސް ދަންނަ ފިރެހެނަކު އަހާލިއެވެ.

“ކީއްކުރަން؟ ތީ އަދި ކާކުތަ؟” ފާޑަކަށް ނިތްކުރިއަށް ރޫ ޖައްސާލަމުން ތާނިޔާ ސުވާލު ކުރިއެވެ.

“އަހަރެން މިއައީ މީހަކު ފޮނުވައިން.. ބަލިމީހާއާ ބެހޭގޮތުން އަހާލީމަ ކައުންޓަރުގަ ހުރި ނަރުސް ކުއްޖާ ބުނީ މިރޭ ކަލޭމެން ގެއަށް ދޫކޮށްލަމޭ.”

އެމީހާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމުން ތާނިޔާ ރުންކުރު ގޮތަކަށް ސުވާލު ކޮށްލިއެވެ.

“ކޮންކަމެއް ދެން ކަލޭ ބޭނުންވަނީ؟” ލަހުމާއަށް ބަލައިލަމުން ތާނިޔާ އެމީހާއާ ސުވާލު ކުރިއެވެ.

“ބަލިމީހާ ގަބޫލިއްޔާ އޭނަ ގެންދަން އަހަރެން މިއައީ. އަހަންނަކީ ކާކުކަން އެނގުމަށްވުރެ ބޮޑަށް، މިކަމަށް ގޮތެއް ނިންމުން މިވަގުތު މުހިއްމީ.. ގައިމުވެސް މަރު ދުވަހާ ހަމައަށް ބަލައިދޭނަން. މާނައަކީ އޭނަ ގެންދަން ބޭނުމީ އުމުރު ދުވަހަށޭ.”

ތާނިޔާއަށް ގޮތެއް ނިންމަން ހަވާލު ކުރަމުން އެމީހާ މަޑުކޮށްލިއެވެ. ތާނިޔާއާ ލަހުމާގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.

“ދޮންތާ! މީހަކު ހަމަ އައިސް އެހެން ބުނާއިރަށް ކިިހިނެއް އެކަހަލަ ކަންކަން ނިންމާނީ؟ އަސްލު މަށަށް ހެޔޮ ދޮންތަ ކޮންމެ ތާކަށް ގެންދިޔަސް. އެކަމަކު އުޅޭ ތަނުގެ މަޢުލޫމާތު އަހަންނަށް އެނގެންވާނެ. އަހަންނަށް ވަނީ ދޮންތަ ބަލަން ބޮޑު އުނދަގުލަކަށް. އެކަމަކު މަ އަދި މިހެން ބުންޏަސް ޝާމް ބޭނުންވާގޮތްވެސް ބަލަން ޖެހޭނު.”

ތާނިޔާ އަކީ ކޮންކަހަލަ ކޮއްކޮއެއް ހެއްޔެވެ؟ ރަޙުމެއް ނެތް ބަސްތަކަކުން ލަހުމާގެ ހިތް ހީވަނީ މިޔަ ތޫނު ލޮންސިޔަކުން އެއްފަހަރާ އެތައް ތަނެއް ފޮތި ފޮތި ކުރާހެންނެވެ.

“ޝާމް އެދިޔައީ އަހަރެން ދޫކޮށްލާފަ.. ތާނިޔާވެސް ދެން ތިއުޅެނީ އަހަންނާހެދި ކަންތައް ބޮޑުވެގެން. އެހެންވީމަ އެމީހަކީ ކޮންމެ މީހަކަށް ވިޔަސް އަހަރެން އެމީހާއާއެކު ފޮނުވާ.. ފަހަރެއްގަ ކަލޭމެނަށް ވުރެ ރަނގަޅަށް އެމީހުން އަހަރެން ބަލާފާނެ. ނޫނީ އަހަންނަކީ އެމީހުންގެ ޝިކާރައަކަށް ވިޔަސް ދެން އެގޮތްވެސް އަހަންނަށް ސަޒާއަކަށް ފުދޭނެ.” ލަހުމާގެ ހިތަށް ކުރަމުންދިޔަ އަސަރާއެކު ވާހަކަ ދެއްކިއެވެ.

“ހޫމްމމ. ކުރިންވެސް ދޮންތަ ތީ މީހުންގެ ޝިކާރައަކަށް ވެފަހުރި މީހެއް. ތިކަހަލަ އަނިޔާތަކެއްގަ އޭރުވެސް އުޅުނީމެއްނު. މަރުނުވަންޏާ ތިހާލުގަވެސް އެމީހުން ދިނިއްޔާ ކައިގެން ނޫނީ ހެދިހާ ގޮތެއް ހެދިގެން އޮވޭ.”

ތާނިޔާގެ ރަޙުމް ކުޑަ ބަސްތައް އަޑު އަހަން އޮތް ލަހުމާ އެއްފަހަރާ ދެލޯ މަރާލިއެވެ. އެޔާއެކު އެ ނިކަމެތި ދެ ލޮލުން ހޯސް ލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އެހެނަސް މިއަދު އެ ދެލޮލުން ފައިބާ ކަރުނަތަކުގައި ފިރުމާލަމުން އެ ފެންފޮދު ފޮހެލަދޭނެ އަތެއް ނެތެވެ.

“އެހެންވީމަ މިރޭ އަށެއް ޖަހާއިރު އާދޭ. އަހަރެން ދޮންތަ ރެޑީ ކޮށްލާނަން.” އެގޮތަށް އެއްބަސްވަމުން ތާނިޔާ އެމީހާ ފޮނުވާލިއެވެ.

ޢިޝާ ނަމާދު ކޮށްލައިގެން ފަހުދު ދިޔައީ ފާއިދުގެ ކޮޓަރި ކައިރިއަށެވެ. މަޑުމަޑުން ދޮރުގައި ޓަކި ޖަހާލުމާއެކު ފާއިދު ދޮރު ހުޅުވާލިއެވެ. ފަހުދުގެ މޫނު މަތީގައިވަނީ ހަމަހިމޭން ކަމެވެ. އުފާވެރިކަމެއް ނެތް އެ މޫނު މަތިން ފެންނަމުންދަނީ ނުތަނަވަސް ކަމެވެ.

“ބޭބޭ! އަވަހަށް ވަދޭ.. އާދޭ.. އިށީންދެލާ މިތާ އެނދުގަ.” ފާއިދު ހިނިތުންވެލިއެވެ.

“ކީއްކުރަނީ؟ ހާދަހާ ކުލަ ފަންސޫރަކާ އެއްޗެއްސޭ މިތާ މިއޮތީ..”

އެނދުމަތީގައި ތަރުތީބެއް ނެތި އުކާލާފައިވާ ތަކެއްޗަށް ބަލައިލަމުން ފަހުދު އަހާލިއެވެ.

“ކުރިންވެސް ކުރަހަން. ވަރަށް ކުޑައިރު އެއީ. ކުރީގެ ހިތްދަތިކަން މަންޒަރުތަކެއްގެ ސިފައިގަ ފޮރުވާފަ ހުންނާނީ. އެތަކެތި ކުރެހީ ހުދާއި ކަޅުގެ ފަންސޫރު ތުނޑުން. އެކަމަކު މިހާރު ބޭނުންވަނީ އަހަންނަށް ލިބެމުން މިދާ އުފާވެރިކަން ރީތި ކުލަތަކުން ކުރަހާލަން. ބަލާބަލަ މިފޮތް.. މީ މިހާރު އަހަރެން ކުރަހާ ފޮތް. ބަލާބަލަ.. ދަންނަ އެއްވެސް ކަމެއް ފާހަގަ ވޭތޯ؟ ދަންނަ އެއްވެސް މީހަކު ހުރިތޯ؟ ގައިމުވެސް ކޮންމެސް ކަމެއް ފާހަގަ ވާނެ.”

ހިނިތުން ވެލަމުން ފާއިދު އޭނާ ކުރަހަން އިން ފޮތް ފަހުދަށް ދިއްކޮށްލިއެވެ.

ފަހަރަކު ގަނޑެއް ބަލަމުން ގޮސް ފަހުދު ކުއްލިޔަކަށް ބަލައިލީ ފާއިދުގެ ލޮލަށެވެ.

( ނުނިމެ )
—————-*****——————-
އަންނަ ހަފްތާގެ ބައިގައި!!

ހިތް ނުތަނަވަސް ވެފައިވާ ލަހުމާ ކޮޓަރީގެ އެކި ދިމާލަށް ބަލަމުން ދިޔައެވެ. އެއީ ވަރަށް ރީތި ކޮޓަރިއެކެވެ. ސާފުތާހިރު ކަމުގައި އިތުރަށް އުފެދޭނެ ސުވާލެއް ނެތެވެ. ފަރުނީޗަރު ތަކުގެ ރީތިކަމުން މުޅި ކޮޓަރި އިތުރަށް ތަނަވަސް ކޮށްދެއެވެ. ދެތިން މިނެޓަށް ފަހު ލަހުމާ ސިއްސައިން ދިޔައީ މީހަކު ދޮރު ހުޅުވާލި އަޑަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އިރަމް

Next

ނޭދެމޭ ވަކިވުމެއް-42

Next
February 1, 2021

ނޭދެމޭ ވަކިވުމެއް-42

Previews
January 31, 2021

އިރަމް



All Right Reserved!