Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 18

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
January 30, 2021 5 Mins Read
3 Comments

އެންމެ ފަހުން ތާރާ ކުރު ނުކުރުމުން ކިޔާން ޗޮކްލެޓް އައިސް ކްރީމް ގަތެވެ. އެހެންކަމުން އަނބުރާ މޫންލައިޓް ގެއަށް ދެވެން ދެން ވެސް ކިޔާން ދިޔައީ ތާރާ އާއި ދިމާއަށް ކުދިކިޔަމުންނެވެ.

މޫންލައިޓް ގެއަށް ދެވުމާއެކު އެންމެން 3 ޕިއްޒާ އޯޑަރު ކޮށްގެން ކެއެވެ. އެއަށްފަހު އަވަސްވެގަތީ ރޭގަނޑަށް ކައްކާށެވެ. ހުދު ޕާސްތާ އާއި ނޫޑްލިހުގެ އިތުރުން ފޮނި އެއްޗަކަށް ޗޮކްލެޓް އައިސް ކްރީމް އާއި ބުއިމަކަށް ކޯކާއި ފެންޓާ ޗެރީ އެވެ.

ކައްކަމުން ދިޔައިރު ތާރާ އަލިފާނަކާއި ކައިރިއެއް ނުވެއެވެ. ނަމަވެސް ތަށިތައް ދޮވިމާއި، މިރުސް ފަދަ އެއްޗެހި ކޮށުމުގައި އަވަދިނެތި އުޅުނެވެ. ކެއްކުމުގައި ބައިވެރިވަމުން ދިޔައީކީ ހަމައެކަނި އަންހެން ކުދިންނެއް ނޫނެވެ. 3 ފިރިހެން ކުދިން ވެސް އެހީތެރިވަމުން ދިޔައިރު މޮޅެތި ކައްކާއިންނަކަށް ދުލެއް ނުކުރާނެއެވެ.

މިރުސް ތެއްލަން ފެށުމުން ތާރާ ކިނބިހި އަޅަންފެށިއެވެ. އެހެންކަމުން އޭނާ ވަގުތު ކޮޅަކަށް ބޭރަށް ނުކުތެވެ. ކައިލާންގެ ކުރީގެ ކޮޓަރިއަށް ގޮސް އޭނާ އިޝާ ނަމާދު ކޮށްލިއެވެ. އޭރު ފިރިހެން ކުދިން ވެސް ވީ ކައިރި މިސްކިތަކަށް ނަމާދަށް ގޮސް ފައެވެ.

 

ނަމާދުކޮށް ނިމިގެން ތާރާ ގުރުއާން ކިޔަވާލިއެވެ. އަދި އެއަށްފަހު ގޭތެރެ ކުނިކަހަން ފެށިއެވެ. މަޑުމަޑުން  ލަވައެއް ކިޔަމުން ދިޔައިރު ނަމާދުކޮށްގެން ގެއަށް އައި ކިޔާންއެއް ނުފެނެއެވެ.

ސޯފާ ކައިރިއަށް ކުނިކޮޅު އެއްކުރުމަށްފަހު އެނބުރެލި ވަގުތު ފަހަތުގައި ހުރި ކިޔާން ފެނުމުން ފިހިގަނޑުގައި ބައްދައިގަންނަމުން އަޑުގެނެތްކޮޅަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ފައި އެޅުނު ގޮތަކުން އަރިއަޅައިލައިގެން ފަހަތަށް އޭނާ ވެއްޓެން ދިޔައެވެ.

“އައްދައްޔޯއި!” ބިންމައްޗަށް ވެއްޓުމާއެކު ތާރާއަށް ބުނެވުނެވެ. އަދި ބިނދި ބިނދިފައި ހެމުން ދިޔަ ކިޔާން އާއި ދިމާއަށް ލޯ އަޅާލަމުން އޭނާގެ ފައިގައި ހިފާ ދަމައިގަތެވެ. ތާރާ އެކަހަލަ ކަމެއް ކުރާނެ ކަމަށް ނުވިސްނައި ހުރުމުން ކިޔާންވެސް ބަންލާފައި ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް ބިންމަތީގައި ޖެހުނު ކަމެއް ނޭނގެ ތެދުވެއްޖެއެވެ. އަދި ތާރާ އާއި ދިމާއަށް ލޯ އަޅާލިއެވެ. ތާރާ ވެސް ކިޔާނާއި ދިމާއަށް ލޯ އަޅާލިއެވެ.

 

ކިޔާން ދާން ހިނގައި ގަތުމުން ތާރާ އޭނާގެ ފައިގެ ތަނބިކަށީގައި ހިފެހެއްޓިއެވެ. “އޭ! ބަލަ ކޮންތާކަށޭ ހިތާތަ ތި ދަނީ ހަހް؟” ކިޔާން ބަލާލުމުން ތާރާ ލޯ ހަނިކޮށްލަމުން އަހާލިއެވެ.

“ބަދިގެއަށް. ދެން ކޮންތާކަށް؟” ކިޔާން ބުނެލިއެވެ. އޭރު އޭނާ ދިޔައީ ނުހޭން މަސައްކަތް ކުރަމުންނެވެ.

“އޭ! އަހަރެން ވައްޓާލާފައި ތިހެނެއް ނުދެވޭނެ އިނގޭ! ނަގާދީ ހަމަ މިހާރު.” ތާރާ އަމުރުވެރި ރާގަކަށް ބުނެލިއެވެ.

“އެން ވައި ޝުޑް އައި؟” ކިޔާން އަހާލިއެވެ. “ބިކޯޒް އަހަރެން ވައްޓާލީމަ. އަހަންނާ ދިމާއަށް ހޭނުނީމަ. އެހެންމަ ނަގާދީ.” ކުޑަކުއްޖެއްހެން ތުންކޮޅު އޫކޮށްލަމުން ތާރާ ބުނެލިއެވެ.

 

“ގެޓް އަޕް އޮން ޔާ އޯން.” ކިޔާން ތާރާގެ އަތުން ފައި ދަމައިގަންނަން މަސައްކަތް ކުރަމުން ބުންޏެވެ. ނަމަވެސް ތާރާ ކިޔާންގެ ފައިގައި ކުރިއަށްވުރެ ބާރަށް ހިފެހެއްޓުމަށް ފަހު ވަރަށް ބާރަށް ވިކައިގަތެވެ. ކިޔާން ތަދުވުމުން ހަޅޭއްލަވައި ގަތެވެ.

“ތެންކިޔޫ ފޯ ރިމައިންޑިން މީ އޮފް ވަޓް އޭން އެބިއުޒިވް ޕާސަން ޔޫ އަރ. އައި ތިންކް އައި ނީޑެޑް ދެޓް.” ކިޔާން މޫނު މައްޗަށް ގޮތެއް ހަދާލުން ބުނެލިއެވެ.

“ޔޫ އާ ވެލްކަމް ކިޔާން ބޫ.” ތާރާ ދޫ ނެރެމުން ކިޔާނާއި ދިމާއަށް ބުންޏެވެ. “ހަހަހަހަހާ. ވެރީ ފަނީ. ނައު ސްޓޭންޑް އަޕް.” ކިޔާން ތާރާ އަށް ބުނެލިއެވެ. “ނަގާދީބަލަ އިޑިއަޓާ!” ތާރާ ގޮވާލިއެވެ. “އަމިއްލައަށް ތެދުވެބަލަ ބިޗް!” ކިޔާން ވެސް ގޮވާލިއެވެ.

 

“ސޯ އައިމް ދި ބިޗް ނައު؟” ތާރާ ރުޅިއަންނަ ކަމަށް ހަދާލިއެވެ. އަދި އަމިއްލައަށް ތެދުވެގެން ދާން ހިނގައިގަތެވެ. ނަމަވެސް އޭނާ އަށް ކުރިއަށް އެޅުނީ އެންމެ 3 ފިޔަވަޅެވެ. ކިޔާން އައިގޮތަށް އައިސް ތާރާ އޭނާގެ އަތްދަނޑި މައްޗަށް ނެގިއެވެ.

“ވަޓަ ދި އެކްޗުއަލް ހެލް އޮން އާތު؟!” ތާރާ ހަޅޭއްލަވައި ގަތެވެ. “ޕުޓް މީ ޑަައުން!”

“ނޯ .ޔޫ ސެއިޑް ނަގާށޭ ސޯ ނަގައެއްނު މިދިނީ، ޕްރިންސެސް.” ކިޔާން ލާނެތް ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

“ނަގާށޭ ބުނީ ތިގޮތަށް ނަގާށެކޭ ނޫނޭ ޑޮންކީ! ދެން ބަހައްޓަބަލަ ބިންމަތީ!” ތާރާ ލޯ ހަނިކޮށްލިއެވެ. “އޯކޭ.” އެހެން ބުނެފައި ކިޔާން ތާރާ ބިންމައްޗަށް ވައްޓާލިއެވެ. ތަދުވުން ތާރާ އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ.

“އައިމް ގޮއިން ޓު ކިލް ޔޫ ކިޔާންގަނޑާ!” ތާރާ ތެދުވަމުން ކިޔާނާއި ދިމާއަށް ދުއްވައިގަތެވެ. ކިޔާން ވެސް ތާރާގެ އަތު ނުޖެހެން ދުއްވައިގަތެވެ. އެންމެފަހުން ކިޔާން ނުހިފެހެއްޓުމުން ތާރާ ގޮސް ވަނީ ބަދިގެއަށެވެ. އެކަމާ ދިމާކުރަމުން ކިޔާން ވެސް އައިސް ވަންނަން އުޅުނެވެ.

 

ނަމަވެސް ވަނުމުގެ ކުރިން ދޮރު އައިސް ޖެހުނީ އޭނާގެ މޫނުމައްޗަށެވެ. ނޭފަތަށް ތަދުވުމުން ނޭފަތުގައި ހިފަހައްޓާލަމުން ތާރާ އާއި ދިމާއަށް ކުދިކިޔަމުން އޭނާ އެތެރެއަށް ވަނެވެ. މިފަހަރު ވެސް ނަސީބު އޭނާގެ އަތުގައި ނުހިފިއެވެ. އޭނާ ކައްސާލައިގެން ބިންމައްޗަށް ވެއްޓުނެވެ. އޭރު ފެން ޓައްޕެއް ކައިރީ މޮޕު ހިފައިގެން ހެވިފައި ތާރާ ހުއްޓެވެ.

“ކަރްމާ އިޒް އެ ބިޗް. އިޒްންޓް އިޓް ލޯބިލޯބި ޑޮންކީ؟” ކިޔާން ތެދުވުމުން ތާރާ އަހާލިއެވެ.

“އިޓް ޝުއާ އިޒް، މަންކީ.” އެހެން ބުނެފައި ކިޔާން އައި ގޮތަށް އައިސް ތާރާގެ ބޮލަށް މޭޒުމަތީގައި ހުރި ފިނިފެން ޖަގު އޮއްސާލިއެވެ.

“އޫޕްސް.”

“ކިޔާންންންންން!!! ޔޫ އޭސްސްސް!!”

 

…………………………………

 

ނިދުމުގެ ކުރިން ފެންވަރާ ލައިގެން ފާހަނައިން ނުކުތް ތާރާ ލޯގަނޑު ދޮށުގައި ހުއްޓެލީ އޭނާގެ ދިގު ބުޅި އިސްތަށިގަނޑުގައި ފުނާ އަޅާލާށެވެ. އޭނާ ލައިގެން ހުރީ ގަދަ އަޅި ކުލައިގެ ޓޮޕަކާއި ފުއްޕި ހަރުވާޅެކެވެ. އިސްތަށިގަނޑުގައި ދޫ ހުޅިއެއް ޖަހާލައިފައި ލޯގަނޑަށް ބަލައިލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ވިދަވިދައި ހިނިތުންވުމެއް ވިއެވެ. އޭނާގެ ހިޔާލުގައި ވީ ކިޔާން އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މޫނުމައްޗަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ.

 

ނަމަވެސް އޭނާ އެހިޔާލުތަކުން ނުކުންނަން މަޖުބޫރުވީ އަޑުފަށްގަނޑެއް އިވިގެންނެވެ. އަވަސް އަވަހަށް ފުނާ މޭޒުމަތީ ބޭއްވުމަށްފަހު އޭނާ ސިޓިންރޫމަށް ދިޔައެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މުޅިތަން އަނދިރި ވެފައި އޮތުމުންނެވެ.

އެންމެން ހޭއަޑު އޭނާ ފާޚާނާގައި ހުއްޓާ އިވުނެވެ. އެހެން ވީއިރު މިހާރު އެމީހުން ކޮބާ ހެއްޔެވެ؟ ލައިޓްތައް ނިއްވާލީ ކާކު ހެއްޔެވެ؟

 

“ކިޔާން؟” ތާރާ ބިރުގަނެފައި ހުރެ ގޮވާލިއެވެ.

“ޖައި؟ އީކް؟ ސަމް؟ ޔުކް؟” އެއްވެސް އަޑެއް ނީވުމުން އޭނާ އިތުރަށް ބިރުގަތެވެ. އެހެންކަމުން އަވަސް އަވަހަށް ކޮޓަރިއަށް ވަނީ އަލިކަން ހުރީ އެތާ އެކަނި ވީމައެވެ. އަދި އަވަސްއަވަހަށް ކިޔާންގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް އެކޮޅުން ފޯނު ބިޒީ ކޮށްލިއެވެ. ދެން އޭނާ ގުޅީ ޔުކްތާ އަށެވެ. އެގޮތަށް ހުރިހާ އެންމެނަށް ގުޅުމުން ވެސް ފޯނެއް ނުނަގައެވެ. ތާރާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ގަތްފައިވާ ބިރުންނެވެ.

އަނެއްކާވެސް ގޭތެރެއިން އަޑެއް އިވުނެވެ. ހީވަނީ ބަރު އެއްޗެއް ވެއްޓުނު ހެންނެވެ. ބަޔަކު ހޭހެން ވެސް ހީވިއެވެ. ދެން އިވުނީ އަނެއްކާވެސް އެއްޗެއް ވެއްޓުނު އަޑެވެ.

 

މިފަހަރު އެ އަޑާއި އެކު ކޮޓަރިން ވެސް ހޮޅިބުރި ނިވިގެން ދިޔައެވެ. ތާރާ އަށް ހަޅައިލަވައިގެނެވުނެވެ. އަދި އަވަސްއަވަހަށް ފޯނުން ފްލޭޝް ލައިޓު ޖެއްސިއެވެ. ބިރުން ހުރެ ކޮޓަރިން ތާރާ ނިކުތީ އުށްބައްތިއެއް ފެނޭތޯއެވެ.

ތާރާ އަނެއްކާވެސް ކިޔާންގެ ނަންބަރަށް ގުޅިއެވެ. މިފަހަރު އަޑު އިވުނީ ގޭތެރެއިންނެވެ. އެހެންކަމުން ލިބުނު ކުޑަ އުއްމީދުގައި އުއްބައްތި މަތިން ހަނދާން ނައްތާލުމަށްފަހު އަވަސްވެގަތީ ކިޔާން ހޯދުމަށެވެ.

 

ސިޓިންރޫމަށް ދެވުނު ތަނާހެން އޭނާގެ ފައި ދަށުގައި މަޑު އެއްޗެހި ތަކެއް ޖެހޭހެން ހީވިއެވެ. ނަމަވެސް ކޯއްޗެއްތޯ ބެލުމަށް އެދިމާއަށް ފޯނު އަލި ކޮށްލެވުމުގެ ކުރިން މީހަކު ފަހަތުން އައިސް ތާރާގެ ފަހަތުގައި ހުއްޓުނުހެން ހީވުމުން ތާރާ ހުއްޓުން އެރިއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު އަނެއް ފަރާތަށް އެނބުރުނީ ލޯަ މަރާލަމުންނެވެ. އަދި ކުރިއަށް އަތް ގެންދިޔައީ ޙަޤީޤަތުގައި ވެސް މީހަކު ހުރިތޯ ބަލާލާށެވެ. އޭރު އޭނާގެ ކޯތާފަތް މަތީގައި ކަރުނައިގެ އާރެއް ހެދިއްޖެއެވެ.

ތާރާގެ އަތް އެއްޗެއްގައި ޖެހުމާއިއެކު ލޯ ހުޅުވާލެވުނެވެ. ބޭއިޚްތިޔާރުގައެވެ. އަދި އަވަސްއަވަހަށް ފޯނުގެ އަލި އެދިމާއަށް ދިއްކޮށްލިއެވެ. އެއަލީގެ ތެރެއިން މީހަކު ފެނުމާއިއެކު ކާކުތޯ ނުވެސް ބަލައި މޫނު މަތީގައި އަތް އަޅާލަމުން ބިރުން ހަޅޭއްލަވައިގަނެވުނެވެ.

 

މުޅި ތަން އަލިވީ އެވަގުތެވެ. “ހެޕީ ބާތުޑޭ ތާ!” ބަޔަކު އެއްފަހަރާ އެހެންކަޔައި ހަޅޭއްލަވައި ގަތުމުން ތާރާ މޫނުމަތިން އަތް ނަގައި ބަލާލިއެވެ. އެވަގުތު ކުރިމަތީ ހެޕީ 18ތު ބާތުޑޭ ޖަހާފައި އިން ޗޮކްލެޓް ކޭކެއް ހިފައިގެން ހުރި ޔުކްތާ ފެނުނެވެ. ޔުކްތާގެ ފަހަތުގައި ސަމާ އާއި، ޖައިލަމާއި އަދި އީކަން ހުއްޓެވެ.

ތާރާއަށް ވީނުވީ އެނގުމުން މޫނުކުނިކޮށްލިއެވެ. “ހުންންންން. މަށަށް ހާޓް އެޓޭކެއް ނުދިނަސް ރަނގަޅު ވާނޭ.” ތުން އަނބުރާލަމުން ތާރާ ޝަކުވާ ކޮށްލިއެވެ. “ވެއަރ އިޒް ދި ފަން އިން ދެޓް؟” އީކަން ޗޮކެއް ކަނޑާލަމުން ބުނެލިއެވެ.

އެވަގުތު އޭނާއަށް ހުރެވުނީ ހިތެއްގެ ބައްޓަމަށް އަތުރާފައިވާ ފިނިފެންމާ ފިޔަތަކެއްގެ މަތީގައި ކަން އެނގުނެވެ. ތާރާ އިސް އުފުލައި އެންމެނާއި ދިމާއަށް ބަލާލި އިރު އެއްޗެއް ފާހަގަވިއެވެ.

 

“ކޮބާ ކިޔާން؟” ކިޔާން ނުފެނުމުން ތާރާ މާޔޫސްވާ ގޮތްވިއެވެ.

 

“ފަހަތް ބަލާލަބަ، ޕްރިންސެސް.” ފަހަތުން އައި ކިޔާންގެ އަޑެވެ. ތާރާ އަނެއް ފަރާތަށް މަޑުމަޑުން އެނބުރުނެވެ. އެވަގުތު އޭނާއަށް ފެނުނު މަންޒަރަކުން ދެލޯ ބޮޑުކޮށް ލާފައި އާގަމައަރާފައި ބަލަހައްޓައިގެން ހުރެވުނީއެވެ. ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

ކިޔާން ތާރާގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީނދެލައިގެން އިނެވެ. އޭނާގެ އަތް ތާރާ އާއި ދިމާއަށް ދިއްކޮށްލެވިފައި ވާއިރީ އަތުގައި އިނީ މަހުމާ ފޮއްޓެކެވެ. އެ ފޮށީގެ މެދުގައި އިނީ ހިތެއްގެ ބައްޓަމަށް އިން އަލިމަސް އަނގޮޓިއެކެވެ.

 

“ތާރާ. އައި ނޯ އަހަރެމެންގެ ދެމެދުގައި ވަރަށް ބައިވަރު މައްސަލަތައް ޖެހުނުކަން. ވީ ހޭޑް އެ ރޮކީ ސްޓާޓް. އެން އައި ވޯޒް ސަޗް އޭން އޭސް ޓު ޔޫ. ބަޓް އައި ހޭވް ޗޭންޖްޑް ނައު. އައި ޗޭންޖްޑް ފޯ ޔޫ. ޔޫ އާ ދި މޮސްޓް ބިއުޓިފުލް ގާލް އައި ހޭވް އެވާ ލެއިޑް މައި އައިޒް އޮން. ދި މޮސްޓް އެނޯއިން އެން އިރިޓޭޓިން ގާލް، ބަޓް އައި މަސްޓް އެޑްމިޓް ދެޓް އައި ޑޫ އެންޖޯއި އިޓް. ސޯ ތާރާ، ވިލް ޔޫ ބީ މައި ގާލްފްރެންޑް؟” ކިޔާން އަހާލިއެވެ.

 

ދެލޯ ބޮޑު ކޮށްލާފައި ތާރާއަށް ކުރެވުނު ކަމަކީ ހަމައެކަނި ބަލަހައްޓައިގެން ހުރުމެވެ.

❤️❤️❤️❤️❤️❤️

އުންމީދު ކުރަން ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް.

?ޝައިމާ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ނޭދެމެ ވަކިވުމެއް-41

Next

ހިރާސް 9

Next
January 31, 2021

ހިރާސް 9

Previews
January 29, 2021

ނޭދެމެ ވަކިވުމެއް-41

3 Comments!

  1. Begirl says:
    January 30, 2021 at 11:39 am

    Varah reethi mi part ves ? ? wait for the next part??good luck ? stay safe, stay happy ? ? ?

  2. shark_shaya says:
    January 30, 2021 at 2:20 pm

    Wow this part was also really good
    And keyaan good luck ❤️
    Waiting for the next part

  3. StoryyQuyyn says:
    January 30, 2021 at 3:08 pm

    Hahahah.. Miyoh kiyaan and thaaraa ey.. ???????.. Hy hy bandah thadhuvey eba mihaaru.. By the way mi part vx v rythi maasha allah.. Thaaraa yes buneba plx plx… Waiting for next oart curioslyyy…

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 19←


All Right Reserved!