Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރަހީނު.. 05 ވަނަ ބައި…

Fantasy Level 310 Stories500 Comments100 Comments
June 25, 2015 7 Mins Read
11 Comments

 އަހަރެންނަށް ހޭވެރިކަން ވި އިރު އަހަރެން އޮތީ ވަރަށް އަދިރި ތަނެއްގައެވެ. ދެލޮލަށް އެއްވެސް އެއްޗެއް ފެންނަ ގޮތެއް ނުވިއެވެ. އަތުން މަޑުމަޑުން ތަންތަނުގައި ހާކާލީމެވެ. އެތަނުގެ ހުރި އަޑިގުޑަން ކަން އަހަރެންނަށް އިހްސާސްވިއެވެ. އެއީ ހިލައިގެ ތަނެއްކަން އަހަރެންނަށް އެގުނީ އެތަނުގައި އަތްޖަންސަން ފެށުމުންނެވެ. އޭރުވެސް މީހާގެ ބޮލުގައި ވަރަށް ރިއްސަމުން ދިޔައެވެ. ވާން އުޅެނީ ކީއްކަން އަހަރެންނަކަށް ނޭގެއެވެ. މަޑުމަޑުން އަދިރި ތެރެއަށް ލޯ ހޭނެމުން ދިޔަ ވަރަކަށް އެތަނުގެ ބޮޑުމިން އެގެމުން ދިޔައެވެ. އެއީ ބޮޑު ހޮހަޅައެއް ކަހަލަ ތަންގަނޑެކެވެ. އެއްވެސް އަލިކަމެއް ވަންނަން ނެތް އިރު އެތަނުގައި ވަނީ މަޑު ފިނިކަމެއް ހިފާފައެވެ. އަހަރެން މަޑުމަޑުން ބުރަކަށި އެއްފަރާތެއްގައި ޖައްސާލީމެވެ. އަހަރެންގެ ރައްޓެހިން އަހަރެން ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ވާހަކަ ފަރީޤް އޮތީ ބުނެފައެވެ. އަނެއްކާ އެމީހުންނަށް އަހަރެން ދޭން އުޅުނު މެސެޖް ލިބުނު ބާއެވެ. ކޮޓަރީގެ އެނދުގެ ފިލާގަނޑުގައި އެގި ގޮތްގޮތަށް ހަދާފައި ހުރި ޗާޓްގެ މާނަ ނަގައިގަނެވުނު ބާއެވެ. އެމީހުންނަށް އޭގެ މާނަ އެނގޭނަމަ އެމީހުން އަހަރެން ހޯދުމުގެ މަސައްކަތް ވަގުތުން ހުއްޓާލާނެއެވެ. އޭރުން އެމީހުންނަށް އަނިޔާއެއް ނުލިބި ސަލާމަތް ވާނެއެވެ. އެކަމަކު އޭގެ މާނަ ނޭނގޭނަމަ.. އެމީހުން އަހަރެންގެ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނަމަ.. އެމީހުން އެކި މީހުންނާއި ސުވާލު ކުރަމުން ދާނަމަ ފަރީޤް އަށް އެނގޭކަށް މާ ގިނަ އިރެއް ނުވާނެއެވެ. އަދި އަމުދުން ނާޝިދުއާއި ސުވާލު ކޮށްފިނަމަ.. އަހަރެންނަށް މައިނޭވާއެއް ލެވުނެވެ. ހެއްދެވި ފަރާތް މަތިން ހަނދާން ކޮށްލެވުނެވެ. އަހަރެންގެ ރައްޓެހިން ސަލާމަތް ކޮށްދެއްވުން އެދި ދުޢާ ކުރެވުނެވެ.

********

“އައްސަލާމް އަލައިކުން” ހިލްމީ އާއި ފައިސަލް ގެ އިތުރަށް ދެ ޕޮލިހުން މަޑުކޮށްލީ ނާޝިދުގެ ގޭ ދޮރު މަތީގައެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. މެންދުރު ވަނިކޮށް ފެށި މަސައްކަތުން އަދި ކިރިޔާ އެމީހުންނަށް އާދެވުނު ހިސާބަކީ އެއީ އެވެ. ދެތިން ފަހަރަކު ސަލާމް ގޮވާލުމުން ގޭތެރެއިން ނިކުތީ މޫނު ބުރުގާ އަޅާފައިވާ މީހެކެވެ. ވާހަކަ ދެއްކީ މަޑުންނެވެ. ސަލާމް ބައިގަތުމަށްފަހު ކީއްކުރަންތޯ އެމީހާ އެހިއެވެ. “މިއައީ ނާޝިދުއާއި ބައްދަލު ކޮށްލުމަށް” ފައިސަލް ބުނެލިއެވެ. “އާދެ ދުރުވޭ..”އެތެރެއަށް ވަންނަން ޖާގަ ދެމުން އެ އަންހެން މީހާ ފަހަތަށް ޖެހިލިއެވެ. ފައިސަލް އާއި ހިލްމީ އަދި ދެން ތިބި ދެކުދިން އެތެރެއަށް ހިގއިގަތެވެ. ސިޓިން ރޫމްގައި ބަހައްޓާފައިވާ ސޯފާގައި އޭރު އިށީދެލައިގެން ނާޝިދު އިނެވެ. އަދި އޭނަ ކައިރީގައި މޫނު ބުރުގާ އަޅައިގެން އިން އެހެން މީހަކު އިނެވެ. އަދި ހަމަ އެމީހުންނާއި ދުރުގައި އެހެން ސޯފާއެއްގައި ދެ މީހަކު މޫނު ބުރުގާ އަޅައިގެން އިނެވެ. ފައިސަލްމެން ފެނުމާއި އެކު ނާޝިދު ކައިރީގައި އިން މީހާ ތެދުވެ ދުރުގައި ތިބި މީހުން ކައިރީގައި އިށީދެލިއެވެ.

ނާޝިދު ފައިސަލްމެން ފެންނަ އިރަށް ހިނިތުންވެލިއެވެ. ފައިސަލްވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުގައި އިށީދެލިއެވެ. “އަޅުގަނޑުމެން މިއައީ މައުލޫމާތެއް ހޯދާލުމުގެ ބޭނުމަގައި..” ހިލްމީ ވާހަކަ ދެއްކިއެވެ. ނާޝިދު އެއްވެސް އެއްޗެއް ނުބުނެ ހިލްމީއާއި ދިމާލަށް ބަލާލިއެވެ. ނާޝިދުގެ މި ބަލާލުމުގައި އެއްވެސް އެކުވެރި ކަމެއް ނުވެެއެވެ. “ޖައިލަމްއާއި ބެހޭ މައުލޫމާތު މައުލޫމާތު ކޮޅެއް ހޯދާލަން” ފައިސަލް ބުނެލިއެވެ. އެވަގުތު ފަރުވާ ކުޑަ ގޮތަކަށް ނާޝދު އިސްޖާލިއެވެ. އަދ އޭނަގެ ދިގު ބޯ ތުބުޅީގައި ފިރުމާލިއެވެ. އަދި ކައިރީގައި ހުރި މޭޒުމަތީގައި ހުރި ދުފާތަބަށް ނެގިއެވެ. “ޖައިލަމް އަކީ..” “އަހަރެންނަށް ޖައިލަމް ވީ އެއްވެސް ތަނެއް ނޭނގޭ… އޭނަ ނުފެންނަތާވެސް އެތަައް ދުވަހެއް ވެދާނެ…” ފައިސަލްގެ ޖުމްލަ މެދު ކަނޑާލަމުން ނާޝިދު ވާހަކަ ދެއްކިއެވެ. “އަހަރެން އަދި ނުބުނަމެއްނުން ޖައިލަމް ތަނެއްގައި ވީ ވާހަކައެއް” ފައިސަލް ބުނެލިއެވެ. މިހެން ބުނުމާއި އެކު ނާޝިދު ފައިސަލްގެ މޫނަށް ބަލާލިއެވެ. އެ މޫނު މަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވާކަން ފައސަލްއަށް ދެނެގަނެވުނެވެ. “އަހަރުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި ޖައިލަމް ވަރަށް ގިނައިން ނާޝިދުއާއި އެކު އުޅޭ.. އެއްވެސް ކަހަލަ..” “ކާކު ބުނީ އަހަރެންނާއި އެކު އޭނަ އުޅެއޭ.. ބުނެބަލަ.،. އެއުޅޭ މުހައްމަދު ދޯ.. ހާދަ އެއްޗެއް ނޭނގޭ މީހެކޭ އެއީ.. އަހަރެންނާއި އެކު އުޅޭ ވަރަށް ވުރެއް ގިނަ އިރު ތިބުނާ މުހައްމަދަކާއި އެކު ތި ޖައިލަމްއެއް އުޅޭ.. އެހެންނޫނަސް މިހާރު ވީތަނެއް ނޭގިފައި ވިޔަސް އަހަރެންނާއި ތި ސުވާލު ކުރާކަށް ނުޖެހޭ.. އަހަރެން މި ބުނަނީނުން ޖައިލަމްއާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގެއޭ.. “ބޮލުގައި އަޅާފައިވާ ފޮތިގަނޑު ރީތިކޮށްލަމުން ރުންކުރު ގޮތަކަށް ނާޝިދު ވާހަކަ ދެއްކިއެވެ. “ކިހިނެއްތަ އެނގެނީ ޖައިލަމްވަނީ ގެއްލިފަކަމެއް” ފައިސަލް ނާޝިދުގެ މޫނުގައި މޫނު ވިއްދައިގެން އިދެ އަހާލިއެވެ. “އަހަރެންގެ ކަންފަތެއް ނުހުންނާނެ ދޯ.. ބަލަ ރަށު ތެރޭ މީހުން ކިޔާ އެއްޗެހި އަޑުއިވެއޭ.. ހެނދުނު އެރި އިރާއި އެކު މިރަށަށް އައިސް ތިއުޅެނީ އެކަހަލަ ކަމެއްވެގެންކަން އެންމެންނަށްވެސް އެނގޭ..” ހަމަ ކުރިން ވާހަކަ ދެއްކި ރާގުގައި ނާޝިދު ވާހަކަ ދެއްކިއެވެ. ފައިސަލްގެ ދަތްކުޑި ވިކާލިއެވެ.

ހިލްމީ މަޑުމަޑުން ގޭތެރެއަށް ބަލާލިއެވެ. ސޯފާގައި ތިބި ތިންމީހުންވެސް ތިބީ މޫނު ބުރުގާ އަޅާފައެވެ. އޭގެ އިތުރަށް ގެއާއި ގުޅުވާފަ ހަދާފައި ހުރި ކުޑަ ކާގެ ތެރޭގައިވެސް މޫނު ބުރުގާ އަޅައިގެން ހުރި މީހަކު ހަރަކާތްތެރިވަމުން ދާތަން ފެނިގެން ދިޔައެވެ. ހިލްމީ މަޑުމަޑުން ހިނިތުންވުމެއް ރައްދު ކޮށްލަމުން ނާޝިދުއަށް ބަލާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ބަލާލީ ސޯފާގައި ތިބި ތިން މީހުންނަށެވެ. އަދި ނޭނގޭ ކަމަށް ހަނދާފައި ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “ހަލޯ.. އާ.. މަޑުކޮށްލާ..” ކަންފަތުގައި ޖަހައިގެން ތެދުވެ ބޭރަށް ހިގައިގަންނަމުން ހިލްމީ ބުނެލިއެވެ. ގެއިން ބޭރަށް ނިކުތުމަށްފަހު ދޮރާއި ނިވާ ވެލަމުން އަނެއްކާވެސް ގޭތެރެއަށް ބަލާލިއެވެ. ފެނުނު އެއްޗެއް ޔަގީން ކޮށްލުމުގެ ބޭނުމުގައެވެ. ސޯފާގައި އިށީދެގެން އިން ތިން މީހުންގެ ތެރެއިން މެދުގައި އިށީދެގެން އިން މީހާއަށެވެ. މޫނު ބުރުގާ އަޅައިގެން އިނެއް ކަމަކު އެމީހަކީ އަނެއް ދެމީހުންނަށް ވުރެއް ބޮޑު މީހެކެވެ. މޫނު ބުރުގާ އަޅާ ކަޅު ކުލައިގެ ދިގު ހެދުމެއް ލައިގެން އިން އިރު އެމީހާ އިށީދެގެން އިން ގޮތުން އެމީހާ އަރައިގެން އިން ކަޅު ކުލައިގެ ވަރުގަދަ ބޫޓް ފެންނަން އިން ކަމެއް އެމީހާއަކަށް ނޭނގެއެވެ. ހިލްމީ ހައިރާންކަން އިތުރުވިއެވެ. އެއީ އަންހެނެއް ނޫންކަން ޔަގީންވިއެވެ. ނަމަވެސް އެތަނުގައި ހިލްމީއަށް ކުރެވޭނެ ކަމެއް ނެތެވެ. އެހެންކަމުން ފޯނުން ނޭނގޭ ގޮތަށް ފޮޓޯއެއް ނެގިއެވެ. އަދި ފޮޓޯ ނެގުމަށް ފޯނު ކަންފަތުގައި ޖަހައިގެން އަނެއްކާވެސް ގޭތެރެއަށް ވަނެވެ. އަދި އާ އޯކޭ އޭ ބުނެ ފޯނު ނަގާ ޖީބަށް ލިއެވެ. ފައިސަލް ބަލާލީ ވަދެގެން އައި ހިލްމީއަށެވެ. އެވަގުތު ހިލްމީގެ މޫނުމަތިން ކޮންމެވެސް ކަމެއް ވެއްޖެކަން ފައސަލް އަށް އެގިގެން ދިޔައެވެ.

“އަޅުގަނޑުމެންގެ ސުވާލު ތަކަށް ޖަވާބު ދެއްވާ.. މިކަމަކީ އެހާ އުދަގޫ ކަމެއްނޫން.. ބޭނުންވަނީ ޖައިލަމް އާއި ބެހޭގޮތުން މައުލޫމާތު ކޮޅެއް.. މީހުންނަށް ނާޝިދުއާއި ޖައިލަމް..” “އަހަރެންނާއި ޖައިލަމް ފެނުނަސް ނުފެނުނަސް އަހަރެން ނެތިން ކަލޭމެން ބުނާ އެއްވެސް އެއްޗަކަށް ޖަވާބު ދޭކަން.. މިއީ އަހަރެންގެ ގެ.. ކަލޭމެންނަށް މިތަނުގައި އަހަރެންނަށް އަމުރެއް ނުކުރެވޭނެ.. ކަލޭމެން ދޭ  ތަނެއް ދޮރެއް ނޭނގޭ މީހުންނަށް ހިދުމަތް ކޮށްދޭން.. މިހާރު ވާ ވަރު ވެއްޖެ.. އަހަރެންނަށް ރަނގަޅީ މިގެއިން ކަލޭމެން މިވަގުތަށް ނިކުތިއްޔާ..”ނާޝިދު ތެދުވަމުން ބުނެލިއެވެ. “އަޅުގަނޑުމެން މި މަސައްކަތް ކުރީ ރީތި ގޮތުގައި ޖަވާބު ލިބޭތޯ.. އެކަމަކު.. މާފު ކުރޭ.. މިކަހަލަ ދަޑިވަޅެއްގައި އުދަގޫ ކުރެވުނީތީ” ރުޅި އައި ނަމަވެސް އެކަން ފޮރުވަމުން އަތް މުއްކަވާ ބާރު ކުރަމުން ފައސަލް ބޭރަށް ނިކުތެވެ. ހިލްމީއާއި ދެން ތިބި ދެ ކުދިންވެސް ބޭރަށް ނިކުތެވެ.

“ސަރ” އާދެވިފައިވާ ރުޅީގައި ފައިސަލްއަށް ދެވުނީ ކިހާ ބާރަކަށް ކަމެއްވެސް ނޭނގުނެވެ. ހިލްމީގެ އަޑަށް ފައިސަލް ސިހިފައި ބަލާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ. “އޭނަ ބޭނުންވަނީ އަޅުގަނޑުމެން ރުޅި އަރުވަން” ހިލްމީ ފައިސަލް ކައިރިއަށް ހުއްޓެލަމުން ވާހަކަ ދެއްކިއެވެ. “އޭނައަށް އެކަން ކުރެވިއްޖެ ރަނގަޅަށްވެސް..” ފައިސަލް ހިލްމީއާއި އެއްވަރަށް ހިގައިގަންނަމުން ވާހަކަ ދެއްކިއެވެ. “އަދި އަޅުގަނޑަށް ހީވަނީ އޭނަ ބުނި އެއްޗެއްސަށް ވުރެއް ގިނަ އެއްޗެހި އޭނައަށް އެނގޭހެން..” ހިލްމީ ބުނެލިއެވެ. ފައިސަލް ބޯޖަހާލިއެވެ. “އެކަމަކު ކިހިނެއް ދެން ހަދާނީ” ހިލްމީ ބުނެލިއެވެ. “ހަނދާނެ ގޮތެއް ހުހެއް ނުވާނެ… ” ފައިސަލް ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. “އަދި އެއްވާހަކަ ސަރ.. ” ކުއްލިއަކަށް ކަމެއް ހަދާންވެގެން ހުއްޓިލަމުން ހިލްމީ ފޯނު ނަގާ ފައިސަލްއަށް ދައްކާލއެވެ. “ތިއީ އެގޭގައި އިން މީހެއް.. މޫނު ބުރުގާ އަޅައިގެން.. ސަރ.. ތިއީ ފިރިހެނެއް” ހިލްމީ ޔަގީން ކމާއ އެކު ބުނެލިއެވެ. ފައިސަލް ބަލާލިއެވެ. އާއެކެވެ. އަރައިގެން އިނީ ފިރިގެން ބޫޓަކަށެވެ. ހިލްމީ ތެދިން ފޮޓޯއެއް ނަގާފައި އިނެވެ. އޭނަގެ ޖިންސުގެ ބައެއްވެސް އެއްފޮޓޯއިން ފެންނަން ހުއްޓެވެ. “ތިއީ ކާކުކަން ވަރަށް ބަލަން ޖެހޭނެ.. ތިއީ ޖަނާން ހޯދުމަށް އަހރުމެންނަށް އޮތް ތަޅުދަނޑިއަކީ..” އެހެން ބުނުމަށްފަހު ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. ފަސްވަރަކަށް މިނެޓް ތެރޭގައި އެތަނަށް އައިސް ހުއްޓުނީ ޕޮލިހެކެވެ. ނަމަވެސް އޭނަ ހުރީ ކުލަ ހެދުމުގައެވެ. އޭނަ ހުއްޓުމުން ނާޝިދު މެންގެ ދެއްކުމަށްފަހު އެގެއަށް ފާރަލުމަށް ބުންޏެވެ. މީހަކު ނިކުތަސް އެމީހަކަށްވެސް ފާރަލުމަށް ބުންޏެވެ. އަދި ހިލްމީއާއި ދެން ތިބި ދެމީހުން ގޮވައގެން ފައިސަލް ހިގައިގަތެވެ.

****************

އަހަރެންގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ވަރަށް ބޮޑަށް ވަނީ ކެނޑިފައެވެ. އެއީ ރީޝާ އުގުޅި ބޭހުގެ ސަބަބުންނާއި ލިބުނު ކުޑަ އަރާމުގެ ސަބަބުންނެވެ. އެ އަދިރި ތަނުގައި އަހަރެން އިންނަތާ މިހާރު އެތައް އިރެއް ވެއްޖެއެވެ. އެތަނަށް ރަނގަޅަށް ލޯ ހޭނިއްޖެއެވެ. އެމީހުން އަހަރެން ބަހައްޓާފައިވަނީ ހިލައިން ހަދާފައިވާ ހޮހަޅައެއްގައި ކަން އަހަރެންނަށް އެގުނެވެ. ދެތިން ފަަހަރަކު އެތާ އެތެރޭގައި ހިނގާލާ އެތަނުން ސަލާމަތް ވުމަށް އަހަރެންނަށް އެއްވެސް މަގެއް ފެނޭތޯ އަހަރެން ބަލާލީމެވެ. ނަމަވެސް އެތަނުގެ ގޮތުން އެތަނުން ސަލާމަތްވާނެ ތަނެއް ކީއްކުރަން އަލިކަމެއް ވަންނާނެ ކުޑަކުޑަ ހޮއިވަޅެއް ކަހަލަ ތަނެއްވެސް ނެތެވެ. އެހެންކަމުން އަނެއްކާވެސް އަހަރެން އިށީދެލީމެވެ. ކިތައްމެ ނޫން ކަމަށް ހެދުނަސް އަހަރެން އިނީ ސިހި ސިހިއެވެ. އެތައް އިރެއް ވީނަމަވެސް އަހަރެން ސަލާމަތްވާނެ ކަމުގެ އުއްމީދެއް އަހަރެންނަކަށް ނުލިބުނެވެ. އަނެއްކާ އިތުރަަށް އެމީހުން އަހަރެންނަށް އަނިޔާ ކުރާނެކަންވެސް އެގެއެވެ. ނަމަވެސް މިހާރުވެސް މީހަކު އަންނަން ލަސްވެއްޖެއެވެ. އަހަރެންގެ އަތުގައި ގަޑިއެއްނެތަސް އެމީހުންނަކީ އަހަރެންނަށް އަރާމުގައި ނޭވާއެއް ލެވޭނެ ވަރު ކުރާނެ ބައެއް ނޫންކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން އެމީހުން މަޑުކޮށްގެްނ އެތިބީ ކޮންކަމަކާއި ބާއެވެ.

*************

ޖަނާން ސިހިފައި ބަލާލީ ސެލްގެ ދޮރު ހުޅުވުނު އަޑަށެވެ. ފައިސަލް އިތުރު މީހަކާއި އެކު އޭރު އެތެރެއަށް ވަންނަނީއެވެ. ފައިސަލް ފެނުމާއި އެކު އޮށޯވެ އޮތް އެނދުމަތިން ކުއްލިއަކަށް ކަހަލަ ގޮތަކަށް ޖަނާން ތެދުވިއެވެ. “ކޮބާ ރޭގައި ރަނގަޅަށް ނިދުނުތަ” ފައިސަލް ޖަނާންއަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން އަހާލިއެވެ. ޖަނާން އެއްވެސް އެއްޗެއް ނުބުންޏެވެ. ވާނީވެސް އެހެންތާއެވެ. ފައިސަލް އޭގެ ކުރިން ދުވަހަކު އައިސް ދެއްކި ވާހަކަ ތަކުގެ ސަބަބުން ޖަނާންއަށް ރަނގަޅަށް ލޮލު ފިޔައެއްވެސް ނުޖެއެވެ. ފައިސަލް ދެއްކި ވާހަކަ ތަކާއި މެދު ވަރަށް ފުންކޮށް ޖަނާން ވިސްނާ ހެދިއެވެ. “ނުނިދަންދޯ..” ޖަނާންގެ ވަރުބަލި ވެފައިވާ ދެލޮލަށް ބަލާލަމުން ފައިސަލް ބުނެލިއެވެ. މިފަހަރު ޖަނާން ހިނިތުންވެލިއެވެ. “އަހަރުމެންވެސް ނުނިދަން ރޭގައެއް.. ޖަނާންގެ ކަންތަކާއި އަހަރުމެން މަޝްވަރާކުރީ.. ހިލްމީ އާއި ދެމީހުން ވެގެން.. އަދ ތި ދެމީހުން ތަޢާރަފްއެއް ނުކޮށްދެން ދޯ.. މިއީ ހިލްމީ.. ޖަނާން ބޭރަށް ނިކުންނަ ނަމަ ޖަނާންގެ ކަންތަކާއި ހަވާލު ވެގެން ހުންނާނެ މީހާ.” ފައިސަލް ވާހަކަ ދައްކަމުން ހިލްމީއާއި ޖަނާން ތަޢާރަފް ކޮށްދިނެވެ. “ކިހިނެއް ނިއްމީ” ޖަނާންގެ މޫނަށް ބަލާލަމުން ފައިސަލް އަހާލިއެވެ. “މިއީ އުދަގޫ ކަމެއް އިނގޭ.. އެހެންވީމަ އަހަރެން އެއްވެސް މައްސަލައެއް ނުޖައްސާނަން ޖަނާން ނޫނެކޭ ބުންޏަސް.. އަނެއްކޮޅުން މިކަމަށް އަދި ވެރިންވެސް އެއްބަހެއްނުވޭ.. އެކަމަކު ޖަނާން އާއެކޭ ބުނެފިނަމަ އަހަރެން އެމީހުންގެ އާބަސްވެސް ހޯދާނަން.. އެކަމަކު އަދި ވެސް އެއްފަހަރު އަހަރެން ބުނަން ބޭނުން.. މިއީ ނުރައްކާތެރި މަސައްކަތެއް” ފައިސަލް މި މަސައްކަތުގެ ހުރި ނުރައްކާތެރިކަން އަނެއްކާވެސް ޖަނާންއަށް ހަނދާންކޮށްދިނެވެ.

“އަޅުގަނޑު ކުރަން ޖެހޭނީ ކޮންކަމެއްތޯ” ޖަނާން ތެދުވެ ފައިސަލް ކުރި މައްޗަށް ހުއްޓެލަމުން އަހާލިއެވެ. “އެއްބަސްތަ..” ޖަނާން އެގޮތަށް އެކަމަށް އެއްބަސް ވުމުން އަނެއްކާވެސް ފައިސަލް އަހާލިއެވެ. “މިކަމުގެ ހުރި ނުރައްކާތެރި ކަމުގެ ސަބަބުން އަހަރެން ބޭނުންވަނީ ޖަނާން އެހެން ބުނަން.. އެއްބަސްތަ.. އެއްބަހިއްޔާ އެހެން ބުނޭ” ފައިސަލް ވާހަކަ ދެއްކިއެވެ. “އާދެ އަޅުގަނޑު އެއްބަސް” ޖަނާން ބުނެލިއެވެ. “އެހެންވީމަ މިވަގުތުން ފެށިގެން އަހަރެން މި ހަވާލް ކުރަނީ ހިލްމީއާ.. ހިލްމީ ޖަނާން ތައްޔާރު ކުރޭ.. ހުރިހާ ގޮތަކުން.. އަދި އެއްބަސް ވުމުގައި ސޮއި ކުރުވާތި” ހިލްމީ އާއި ދިމާލަށް ބަލާލަމުން އެހެން ބުނުމަށްފަހު ޖަނާންއަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން ކޮޑުގައި ޖަހާލަމުން ބޭރަށް ނިކުތެވެ.

“އަހަރެން މިއީ ހިލްމީ… ސަރ ބުނި ގޮތަށް.. ކޮންމެހެން އަހަރެންނާއި މާ އޮފިޝިއަލްކޮއް ވާހަކަ ދައްކާނެ ކަމެއްނެތް އިނގޭ.. ހަމަ އާދައިގެ ގޮތަށް ވާހަކަ ދެއްކީމަ އެނިމުނީ.. އަހަރެންނަށް އެނގޭ އިއްޔެގަވެސް ސަރ ވަރަށް ރަނގަޅަށް މިކަމުގެ ހުރި ނުރައްކާތެރިކަމުގެ ވާހަކަ ކިޔައިދފަކަން އޮންނާނީ.. އެކަމަކު..” “އިތުރަށް މިކަމުގެ ހުރި ނުރައްކާތެރި ކަމުގެ ވާހަކަ ނުދައްކަމާދޯ.. އަހަރެން ބޭނުންވަނީ އަހަރެން ކުރަން ޖެހޭ ކަންތައް އެނގެން” ހިލްމީގެ ވާހަކަ މެދު ކަނޑާލަމުން ޖަނާން ވާހަކަ ދެއްކިއެވެ. “ގުޑް.. ތިއީ ވާން ޖެހޭނެ ގޮތަކީ” ހިލްމީ ހިފައިގެން އައި ފައިލް ބޮޑިއެއް ހުޅުވާލަމުން އެގްރީމެންޓް އެއް ނެގިއެވެ. “މީގައި ސޮއި ކުރާ ހިސާބުން ފެށިގެން ޖަނާން އަހަރުމެންނާއި ހަވާލު ވާނެ.. މިތަނުން ބޭރަށް.. އެކަމަކު އަނެއްކާ އަނެއްޖަލަށް ކަމަށް ވިސްނާ.. މި ބުނީ އެއްވެސް ރައްޓެއްސަކާ އަދި އާއިލާ މީހަކާވެސް ޖަނާންއަކަށް ބައދަލެއް ނުވާނެ.. ހަމައެކަނި ޖަނާންގެ ކަމަކަށް އޮންނާނީ ތައްޔާރުވުން… މި ބޮޑު ކަންތަކަށް..” އެގްރީމެންޓް ހިލްމީ އޭގައިވާ އެއްޗެއް ކުޑަކޮށް ކިޔައިދިނެވެ. ޖަނާން އެ ލިޔުން ކިޔާލިއެވެ.

އަދި ގަލަން ނަގާ ސޮއިކުރުމަށް ތައްޔާރުވެލިއެވެ. “އަދި އެއްވާހަކަ..” ޖަނާން ނެގި އަތުގައި ހިފަހައްޓާލަމުން ހިލްމީ ވާހަކަ ދެއްކިއެވެ. “އަހަރެންނަށް އެނގޭ ޖަނާން މިކަމަށް އެއްބަސް ތިވަނީ ކީއްވެ ކަން.. އެއްވެސް މީހަކު މިހާރު ޖަނާން ދެކެ ލޯބިއެއް ނުވެއޭ.. ޖަނާންއަށް އެއްވެސް އަޅާލުމެއް ނެތޭ.. މިކަހަލަ އެއްޗެހި ތަކެއްނުން ހިތަށް ތި އަރަނީ.. އެކަމަކު އެއީ އެއްވެސް ތެދެއް ނޫން.. ޖަނާން ދެކެ އަބަދުވެސް ޖަނާންގެ އާއިލާ ލޯބި ވާނެ.. ކޮއްކޮ ލޯބި ވާނެ.. ޖަނާންއަށް ކުރެވުނު ކަމެއްގެ ސަބަބުން ވަޒީފާ ގެއްލުނު ކަމުގައިވިޔަސް އާއިލާ ވާނީ އާއިލާއަށް… އަހަރެން އަދިވެސް އެއްފަހަރު ޖަނާން މިކަމަށް ވިސްނުން އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް” ހިލްމީ ޖަނާންއަށް ވިސްނާ ދެވޭތޯ ބެލިއެވެ. “އަޅުގަނޑު ހިތަށް ތިކަހަލަ އެއްވެސް އެއްޗެއް ނާރާ.. ” ހިނިތުން ވުމެއް ރައްދު ކޮށްލަމުން ގަލަން ނަގާ އެލިޔުމުގައި ޖަނާން ސޮއިކޮށްލިއެވެ.

************

“ހިލްމީ ރެޑީތަ..” ބޭރަށް ނިކުންނަމުން ފައިސަލް ގޮވާލިއެވެ. ހިލްމީ ކޯޓް ޗިޓާއި އެކު ބޭރަށް ނިކުތެވެ. އަދި ބޮލުން އާއެކޭ ބުނެލިއެވެ. ދަންވަރުން އަލިވެ ތިނެއް ޖަހަނީއެވެ. މުޅި ރަށު ތެރެ ނިދާފައިވާ ކަހަލައެވެ. ސްޓޭޝަންއިން ބޭރަށް ނިކުމެ އޭރު ސްޕެޝިއަލް ފޯސްގެ ޓީމްއެއް ރެޑީގައި ތިއްބެވެ. ކަޅު ޖެކެޓްލައި އަތުން ކަރަންޓް މުގުރި ހިފައިގެންނެވެ. ފައިސަލް އެމީހުންނާއި ދިމާލަށް ބަލާލިއެވެ. “އަހަރުމެންގެ މަސައްކަތަކީ ނާޝިދު ހައްޔަރު ކުރުން.. އެކަމަކު ހައްޔަރު ކުރާއިރު އެއްވެސް ކަހަލަ ގެއްލުމެއް އޭނައަށް ވެގެން ނުވާނެ.. “ފައިސަލް ބޮޑަކަށްވެ ހުރެ އެހެން މީހުން އޭނަގެ ފަހަތުން ހިގައިގަތެވެ. ފައިސަލް މެން ޓީމް އެހާ ހިސާބަށް ދިޔަތަނުން އެތަނުގައި ފާރައަށް ހުރި ޕޮލިސް ކުއްޖާ އެމީހުންނާއި ދިމާލަށް އައެވެ. “އަޅުގަނޑު ވަރަށް މަސައްކަތް ކުރިން.. އެކަމަކު.. އަޅުގަނޑަށް އެމީހަކު ގެއްލުނީ.. އަދިރި ގަނޑަކަށް ވަދެ..” މާޔޫސްކަމާއި އެކު ޕޮލިސް މީހާ ކިޔައިދިނެވެ. ފައިސަލް އެމީހާގެ ކޮނޑުގައި ހިފަހައްޓާލަމުން ހިނިތުންވެލިއެވެ. އަތުން ޓީމްގެ މެންބަރުންނަށް އިޝާރަތެއް ދިނުމުން ދެގޫރުޕަކަށް ބެހިލާ އެގެ ވަށައިގެން ޓީމް އެތުރެލއެވެ. ފައިސަލް ހިލްމީއާއި އެކު ގޭ ދޮރު ކައިރިއަށް ހުއްޓެލިއެވ

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް ވިންދާނުލައި.. (2)

Next

ނޯޓުފޮތް

Next
June 25, 2015

ނޯޓުފޮތް

Previews
June 25, 2015

ހިތް ވިންދާނުލައި.. (2)

11 Comments!

  1. Tigrious says:
    June 25, 2015 at 10:15 am

    Miah Vure Awahah Update Koh Dhiniyya Varah Ragalhu …

  2. faai says:
    June 25, 2015 at 10:41 am

    Wow,, mi part vx hama awesome,, alhe fantasy thankolheh awahah up kohdhyba,, plxx… Faai kiyaahithun moya waan kairi v ma fantasy thi up kohdheny… Btw,, u r the best… M waiting for the next part,, hope u will up soon… Luv it

  3. Fantasy says:
    June 25, 2015 at 10:52 am

    ތެންކްސް ފައި.. 🙂
    ސޮރީ ލަސްވީމަ… ދެން އަންނަ ބައި އާދިއްތަ ދުވަހު ގެނެސްދޭނަން އިރާދަކުރެއްވިޔާ.. 🙂

  4. faai says:
    June 25, 2015 at 10:55 am

    Thankx fantasy 🙂

  5. princess says:
    June 25, 2015 at 2:43 pm

    Story is nice and it’s become interesting. But the problem is uploading is very slow. Sure you can do better.

  6. only fantasy girl.. says:
    June 25, 2015 at 5:44 pm

    vvvvv ruethi….. kiyaahithun marvaavaru vey….aslu ves vvvvvv reethi….lowbiyge baeh ves lahchy eyrun maakiyaahih vaany mibuny girl ge vaahaka ……dhen vaane gotheh hama visnaalan ves neyge…. y

  7. Zaahee says:
    June 27, 2015 at 3:18 pm

    ooh… kiyaahi vaanethaa dw….. haasakoh fantcy girl…. jahaafa othee vex only fantacy girl viyya

  8. only fantacy girl.. says:
    June 27, 2015 at 3:19 pm

    you idiet

  9. Zaahee says:
    June 27, 2015 at 3:21 pm

    annekka rulhi isnukuraathi…. Zaa v laanei vaane…. kujjaku fenuniyya v dhimaa kuramey…. ehen veema ehen bunevunee

  10. joe says:
    June 27, 2015 at 4:56 pm

    Salhi mibaives..

  11. Fantasy says:
    June 28, 2015 at 11:04 am

    ޝުކުރިއްޔާ ހުރިހާ ކުދިން 🙂

Comments are closed.

Next Episodeރަހީނު .. 06 ވަނަ ބައި←


All Right Reserved!