ސައިރެން – 11
“ތަ….ތަދުވަނީތަ؟” ނޫރީން އިސް އުފުއްލައިލުމަށްފަހު ޒައިކާން އޭނާގެ ކަރުގައި އަތްއަޅައިފައިވާތަން ފެނުމުން އެއްސެވެ. އެވަގުތު ޒައިކާން ބޯހޫރުވައިލިއެވެ.
“ދޮން..ބެމެން.” ނޫރީން އެހެން ބުނުމާއިއެކު އެއްޗެއް ހަނދާންވި ފަދައިން ނޫރީންއަށް ބަލައިލިއެވެ.
“އާދެބަލަ! އެކަމަކު ނިކާންމެން ހޯދާކަށް ނޫން މިދަނީ.” ޒައިކާން އެހެން ބުނީ ނޫރީން އެއްބަސްވާނެ ކަމަށް ބަލައިފައެއް ނޫނެވެ. ނަމަވެސް ނޫރީން އެކަމަށް އެއްބަސްވިއެވެ.
ޒައިކާން ހަމަ ކުރިން ހެދި ގޮތަށް ހުރިހާ ދޮރެއް ލައްޕައި ނޫރީންގެ ދެއަތުގައި ހިފިއެވެ. އެވަގުތު ގަަދަ އައްޔެއް އަރައި ދެން އެމީހުން ފާޅުވީ ބީނިޝްގެ ގަނޑުވަރުގެ ކުރިމަތީގައެވެ.
“އަނެއްކާވެސް މިތަނަށް؟” ނޫރީން ހައިރާންކަމާއިއެކު ޒައިކާންއަށް ބަލައިލިއެވެ.
ޒައިކާން ވަކި ޖަވާބެއް ނުދީ ދޮރު ކައިރީގައި ފާރަވެރިއަކު ނެތްކަން ޔަޤީންކޮށްލުމަށްފަހު އަވަހަށް ނޫރީންގެ އުޅަބޮށީގައި ހިފައި ވަރަށް ބާރަށް އުދުހިފައި އެތެރެއަށްވަނެވެ. ނަސީބު ރަނގަޅުކަމުން ދޮރުން އެތެރޭގައިވެސް ފެންނަ ހިސާބެއްގައި އެއްވެސް ފާރަވެރިއަކުނެތެެވެ. ޒައިކާން ނޫރީންގެ ގާތުގައި އެއްވެސް އަޑެއްް ނުލެއްވުމަށް ބުނެފައި ނޫރީންގެ އަތުގައި ހިފަހައްޓައިގެން އެތެރެއަށް ވަންނަން ދިޔައެވެ. ފާރަވެރިންނަށް ފިލަފިލައިގެން އެންމެ ފުަރަތަމަވެސް ވަދެވުނީ ހަނީންއާއި ބީނިޝްއާއި އަވިއާނާގެ އިތުރުން ޒަފްރުލްމެން ތިބި ކޮޓަރިއަކަށެވެ. ޒައިކާންއާއި ނޫރީން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ބޮޑު ކަބަޑެއްގެ ނިވަލަށްވަދެ އެމީހުން ދައްކާ ވާހަކަ އަޑުއަހަން ހުއްޓެވެ.
“ކީއްވެ އެ އަންހެން ކުއްޖާ މިިނިވަން ކުރީ؟” ހަނީން ރުޅިވެރިކަމާއިއެކު ޒަފްރުލްގެ ކައިރީގައި އެއްސެވެ.
“ކޮން އަންހެން ކުއްޖެއް؟” ޒަފްރުލް ފަރުވާކުޑަ ގޮތަކަށް އެއްސެވެ.
“އޭތް! ނޭނގޭ ކަމެއް ހަދާނެކަމެއް ނެތް!” ބީނިޝް ދަތްކުނޑި ވިކައިލުމަށްފަހު ބުންޏެވެ.
“ކަމެއް ނުވެ. ހަމަ މިނިވަން ކުރީ.” ޒަފްރުލް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުންޏެވެ.
އެހެން ބުނުމުން ނޫރީން ހައިރާންކަމާއިއެކު ޒައިކާންއަށް ބަލައިލީ ނޫރީން ސަލާމަތްކޮށްދިނީ ކީތްވެ ހެއްޔޭ އަހާ ފަދަ ގޮތަކަށެވެ. ޒައިކާން ބޯ ހޫރުވައިލުމަށްފަހު އަނެއްކާވެސް އެހަތަރު މީހުންގެ ވާހަކަތަކަށް ސަމާލުކަންދިނެވެ.
“ކަލޭގެ ކަންތައް މާ މައްޗަށް މިހާރު ތިދަނީ.” އަވިއާނާ އެހެން ބުނިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައެވެ.
“އެހެންވީމާ….ހިނގާ ކަލެއަށް ދޭނެ އަދަބެއް ވިސްނަން. ނޫނޭ! މާކުރިންވެސް ވިސްނައިފިން. ކަލޭގެ އަދަބަކީ…..މަރު.” އަވިއާނާ މަކަރުވެރި ހިނިތުންވުމަކާއިއެކު އެހެން ބުންޏެވެ.
ދެން އޭނާ އިށީނދެއިން ގޮނޑި ކައިރީގައިއިން ކަނޑި ކަހަލަ ދިއްލޭ އެއްޗެއް ނެގުމަށްފަހު ޒަފްރުލް ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ޒަފްރުލް ހަމަ ގުޑިވެސްނުލައި އެހުރި ގޮތަށް ހުއްޓެވެ. ނޫީންއަށް މިމަންޒަރު ބަލަން ކެތްނުވެގެން އެންމެ ފަހުން އުދުހިފައިގޮސް ޒަފްރުލްގެ ކުރިމައްޗަށް އެރިއެވެ. އެހާ ކުއްލި ގޮތަކަށް ނޫރީން އެހެން ހެދުމުން ހުރިހާ އެންމެންނަށް ލިބުނީ ސިހުމެކެވެ.
“ޒަފްރުލް އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ. އަހަރެން އޭނާގެ ކުރިމައްޗަށް މިއެރީ އޭނާގެ ދިފާޢުގައި.” ނޫރީން އެހެން ބުނުމާއިއެކު އަވިއާނާ ހިނިގަނޑެއް ޖަހައިލިއެވެ.
“އެހެންވިއްޔާ އަހަރެންގެ އަތުން އެންމެ ފުރަތަމަ މަރުވާނީ ކަލޭ.” އަވިއާނާ ބުންޏެވެ.
“ނޫން! އަހަރެން މަރުވުމުގެ ކުރިން އޭނާގެ ގަޔަކު އިނގިލި ކުރިވެސް ޖެއްސިޔަކަ ނުދޭނަން.” ދެން ނޫރީންގެ ކުރިމައްޗަށް އެރީ ޒައިކާންއެވެ.
“ޒައިކާން….އަނެއްކާވެސް ކަލޭ؟ ކިތަށްފަހރު ބުނަން ޖެހޭނީ އަހަރެންގެ ކަންކަމަށް ހުރަސް ނާޅާށޭ؟” އަވިއާނާ ދެބުމަގޮށް ޖަހައިލުމަށްފަހު ބުންޏެވެ.
އަވިއާނާއަށް ކަމެއް ކުރެވުމުގެ ކުރިން ޒަފްރުލް އޭނާގެ ދެލޮލުން ކަޅުކުލައިގެ ދުންތަކެއް ނެރެލައި މުޅި ކޮޓަރިތެރެ ފުސްކޮށްލިއެވެ. އަދި ނޫރީންގެ އަތުގައި ހިފައިލިއެވެ. އެވަގުތު ނޫރީން ސިހިފައި ޒައިކާންގެ އަތުގައި ހިފުނެވެ. ޒަފްރުލް ނޫރީންގެ އަތުގައި ހިފައިގެން އެ ކޮޓަރިން ނިކުމެ ހަނި ގޯޅިއަކަށް ވެއްދިއެވެ. ނޫރީން ޒައިކާންގެ އަތުގައި ހިފައިގެން ހުރުމުން ޒައިކާންވެސް އެ ގޯޅިއަށްވަނެވެ. ނޫރީން އާއި ޒައިކާން ހަމަ ނޭވާ ލެވުމާއިއެކު ބަލައިލީ ކައިރީގައިހުރި ޒަފްރުލްއަށެވެ. ޒަފްރުލް އެއިރު ހުރީ ކުށްވެރިއަކު ފަދައިން އިސްޖަހައިގެންނެވެ.
“ކީތްވެ އަހަރެމެން ސަލާމަތްކުރީ؟” ހުރި ތަނުގެ ގޮތުން ޒައިކާން ބެލީ ވީހާވެސް ހަމަޖެހިލައިގެން ވާހަކަ ދެއްކެވޭތޯއެވެ.
“ކަމެއްނުވެ.” ޒަފްރުލް ހަމަ އެހުރި ގޮތަށް އިސްޖަހައިލައިހެން ހުއްޓެވެ.
“ދެން ކީތްވެ އަހަރެން މަރައިލަން އުޅުނު ވަގުތު އަހަރެންގެ ކުރިމައްޗަށް އެރ؟” ޒަފްރުލް ނޫރީންއަށް ބަލައިލުމަށްފަހު އަހައިލިއެވެ.
“އެއީ ކުރިންފަހަރު އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީމަ.” ނޫރީން ހިނިތުންވެލަމުން އެހެން ބުނެލުމުން ޒައިކާން ހައިރާންވިއެވެ.
“އެމީހުންނާއި އެއްކޮށް އުޅުނު މީހަކާއި ދިމާއަށް ކީތްވެ އެހާ ރީތިކޮށް ވާހަކަ ދައްކަނީ؟” ޒައިކާން ނޫރީންއަށް ލޯ އަޅައިލުމަށްފަހު އެއްސެވެ.
“ނޫރީއަށް އެނގޭ މާކުރިންވެސް އެއީ އެމީހުންގެ މީހެެއް ނޫންކަން. އެއީ ނޫރީ ޖަލަށްލީ ތަނާ ނޫރީ އެސްކޭޕް ކުރަން ހެލްޕްވީ ޒަފްރުލް ވީމަ… އޭނާގެ މޫނަށް ބަލައިފަވެސް ނޫރީއަށް އިހުސާސްކުރެވޭ އެއީ އެމީހުންގެ މީހެއް ނޫންކަން. ނޫންތަ؟” ނޫރީން ވާހަކަ ދައްކައި ނިމުނުއިރު ދެމީހުންވެސް ތިބީ ހަމަ އެހާ ހައިރާންވެފައެވެ.
“އާނ! އަހަންނަކީ އެމީހުންގެ މީހެއް ނޫން. އަހަންނަކީ އެމީހުންގެ ދަރިއެއްވެސް ނޫން. އަހަރެންގެ މަންމަ, ވަޝްމާއަކީ ރަސްގެފާނުގެ އެންމެ ގާތް މަސައްކަތް ކުރާ މީހާ. އަހަރެންގެ ބައްޕަ, ހިޔާމްއަކީ ހަނގުރާމަކުރާ މީހެއް. އެހެންވެ އެމީހުން ރަސްގެފާނާއި ހިސާބަށް ފޯރުމަށްޓަކައި އަހަންނަށް ބިރު ދައްކައިގެން އެމީހުންގެ މީހަކަށް ހެދީ. މިއީ ޙަޤީޤަތަކީ!” ޒަފްރުލް ބުންޏެވެ.
“އަހަރެމެން ކިހިނެތް ޤަބޫލުކުރާނީ؟ ތިއީ ދޮގަކަށް ވެއްޖެޔާ؟” ޒައިކާން ޒަފްރުލް ކުރިމައްޗަށް އަރަމުން އެއްސެވެ.
“އިތުބާރު ކުރޭ.. މިއީ ދޮގެއް ނޫން.” ޒަފްރުލް ބުންޏެވެ.
ޒައިކާންއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަނެއްކާވެސް އެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. ޒައިކާން ފަރުވާތެރިކަމާއިއެކު އެއަޑު އަހަމުން ދިޔައިރު ނޫރީން އެގޯޅިން ބޯދިގުކޮށްގެން އެއަޑު އަންނަ ދިމަ ބަލަމުން ދިޔައެވެ. އެއިރު ޒަފްރުލް އިސްޖަހައިލައިގެން ދެބުމަކައިރިކޮށްލައިގެން ހުއްޓެވެ. ޒަފްރުލް އިސްނަގައި އެއްޗެއް ބުނަން އުޅުނުހެން ހީވެގެން ނޫރީންއާއި ޒައިކާންގެ ނަޒަރު ޒަފްރުލްއަށް ހުއްޓުނެވެ.
“އަ…އަހަރެން ބޭނުން އެއްޗެއް ދައްކަން ޒައިކާން…” ޒަފްރުލް އެހިސާބަށް ހުއްޓައިލީ ނޫރީންގެ ނަން ނޭނގުމުންނެވެ.
“ނޫރީން.” ނޫރީން މީހަކު ހިތްދަމައިގަންނަ ކަހަލަ ރީތި ހިނިތުންވުމަކާއިއެކު އެހެން ބުނެލި ގަޑީގައި ޒައިކާން އާއި ޒަފްރުލް ތިބީ ކަޅި ޖަހައިނުލައި ނޫރީންއަށް ބަލާށެވެ.
“ނޫރީން.” ޒަފްރުލް އަނެއްކާވެސް އިސްޖަހައިލުމަށްފަހު ތުންފަތަށް ލުއި ހިނިތުންވުމެއް ގެންނަމުން ވައިއަޑުން އެ ނަން ކިޔައިލިއެވެ.
“އާދޭ!” ޒަފްރުލް އެހެން ބުނުމަށްފަހު އެއްވެސް މީހަކަށް އެއްވެސް އެއްޗެކޭ ބުނަން ފުރުސަތު ނުދީ އެގޯޅިން ނިކުމެ އުދުއްސައިގަތެވެ.
ޒައިކާން ތުން އަނބުރައިލުމަށްފަހު ޒަފްރުލްގެ ފަހަތުން އުދުއްސައިލި ވަގުތަކީ ނޫރީންވެސް ޒަފްރުލްގެ ފަހަތުން އުދުއްސައިގަތް ވަގުތެވެ. ޒަފްރުލް ފަރިތަކަމާއިއެކު ހަނިގޯޅި ގޯޅިން ފާރަވރިންނަށް ނުފެންނާނެހެން ދަމުން ދިޔައިރު ޒައިކާންއާއިޮ ނޫރީންވެސް ޒަފްރުލްގެ ފަހަތުންދެއެވެ. މިހެން ދަނިކޮށް ޒަފްރުލް ކުއްލިއަކަށް ހުއްޓުނީ ޖަލު ކޮޓަރިއެެއްގެ ކައިރީގައި ހުރި ގޯޅީގައެވެ. އެހާ ކުއްލިއަކަށް ހުއްޓުމުން ނޫރީން ކޮންޓްރޯލުން ނެއްޓި ޒަފްރުލް ގައިގައި ޖެހި އަރިއަޅައިލިއވެ. ޒަފްރުލް ސިހުނު ގަޑީގައި ހިފުނީ ނޫރީންގެ އަތުގައެވެ. މިމަންޒަރު ބަލަން ހުރި ޒައިކާން ދެބުމަ ކައިރިކޮށްލުމަށްފަހު އަނެއް ފަރާތަށް އެނބުރުނީ އެމަންޒަރު ބަލަން ކެތްނުވުމުންނެވެ.
“ތެންކްސް.” ނޫރީން ޒަފްރުލް އާއި ދުރުވެލުމަށްފަހު ހީލަމުން ނޫރީން ބުނެލިއެވެ. ޒަފްރުލް ދެން ގޯޅިގަނޑުން ބޯ ދިގުކޮށްލުމަށްފަހު ޖަލު ކޮޓަރިއާއި ދިމާއަށް ބަލައިލިއެވެ.
“ޒައިކް….” އެޖަލުކޮޓަރިން ގިސްލުމަކާއިއެކު ކީ ނަމުން ޒައިކާން ދެލޯ ބޮޑުކޮށްލުމަށްފަހު ގޯޅިގަނޑުން ބޯދިގުކޮށްލިއެވެ.
ފާރަވެރިއެއް ނެތް ގަޑިއެއް ބަލައިފައި ޒައިކާން އެކޮޓަރި ކުރިމައްޗަށް އެރިއެވެ. ނޫރީންއާއި ޒަފްރުލްވެސް ޒައިކާން ފަހަތުން ދިޔައީ އޭނާ ކުރަން އެއުޅެނީ ކޮންކަމެއް ކަމެއް ނޭނގޭތީއެވެ. ޒައިކާން އެތެރެ ބަލައިލުމަށްފަހު ދެލޯ ދިއްލައިލިއެވެ. އަދި ދެކޮޅު ބަލައިލުމަށްފަހު ދެލޮލުން އަލިތަކެއް ފޮނުވައި ދޮރު ހަލާކުކޮށްލިއެވެ.
“ޒައިކް…” ހަމަ އެވަގުތު ޖަލުކޮޓަރިން ނިކުތް އަންހެން ކުއްޖަކު ގޮސް ޒައިކާންގެ ގައިގައި ބައްދައިލިއެވެ. މިމަންޒަރު ފެނުނު ނޫރީންގެ ހިތުގައި ވަގުތުން ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ.
“ޒައި!” ޒައިކާން އެހެން ބުނެލައި އެއަންހެން ކުއްޖާ ދުރުކޮށްލިއެވެ. ދެން އެއަންހެން ކުއްޖާ ބީރައްޓެހި ނަޒަރަކުން ޒަފްރުލްއަށާއި ނޫރީންއަށް ބަލައިލިއެވެ.
“އޯހް.. ސޮރީ. ޒައި… މިއީ އަހަރެންނާއި ދިމާވި ކުއްޖެއް. ނޫރީން. ދެން މިއީ ޒަފްރުލް. ޒަފްރުލް… ނޫރީން… މިއީ އަހަރެންގެ މަންމަ އާއި ބައްޕަ ފިޔަވައި ދެން އެންމެ ލޯބިވާ ފަރާތް… ޒައިނީ….” ޒައިކާން ބުންޏެވެ.
“ތިބުނީ ޒައިނީއަކީ ޒައިކާންގެ ލޯބިވެރިޔާއޭތަ؟” ނޫރީންއަށް އެސުވާލު އެހުނީ ފާޑަކަށެވެ. ޒައިކާންއަށް މިކަން ވަރަށް ރަނގަޅަށް ދޭހަވިއެވެ. ނޫރީން އެހެން ބުނުމާއިއެކު ޒައިކާން އާއި ޒައިނީ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
“ނޫން ނޫރީން. އަހަރެންނަކީ ޒައިކްގެ ދައްތަ. އެއް އަހަރު ބޮޑު.” ޒައިނީ ހެމުން ބުނެލިއެވެ.
“އޯހް…. ސޮރީ… ސޮރީ…” ނޫރީން ލަދުން ހުރެފައި ބުންޏެވެ.
“ޒަފް… ނައިސް ޓު މީޓް ޔޫ އެގެއިން.” ޒައިނީ ހިނިތުންވެލައިފައި އެހެން ބުނެލި ގޮތުން ޒައިކާން ކޮށިއެރިއެވެ.
“ޒަފްއޭ؟” ޒައިކާންއަށާއި ނޫރީންއަށް އެހެން ބުނެވުނީ އެއްފަހަރާއެވެ.
“އާނ! ސްކޫލްގަ އުޅެނިކޮށް ގްރޭޑް އެގާރައިގައި ދިމާވީ ޒަފް އާއި…” ޒައިނީ ބުންޏެވެ.
“އޯހް… އޯކޭ.. ޤަބޫލުކޮށްފިން.” ޒައިކާން ބޯޖަހައިލަމުން ބުންޏެވެ.
“ކޮން ކަމެއް ޤަބޫލުކުރީ؟” ޒައިނީ އެއްސެވެ. ޒައިކާން މަނާލްއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
“އަހަރެންގެ އަތުގައި އެ އަވިއާނާމެން އަންދައި އަޅިއަށް ހަދައިލާނެ ބާރުއޮތްނަމަ އެކަންވެސް ކުރީމުސް.” ޒައިނީ ދެބުމަގޮއް ޖަހައިލުމަށްފަހު ދަތްކުނޑި ވިކައިލަމުން ރުޅިވެރިކަމާއިއެކު ބުންޏެވެ.
“ޒައިނީ….” ނޫރީން އެއްޗެކޭ ބުނަން އުޅުނު ތަނާ ހުއްޓައިލަން ޖެހުނީ ޒައިނީ ވާހަކަ ދައްކަން ފެށުމުންނެވެ.
“ޒައި ކިޔަކަސް އޯކޭޔޭ!” ޒައިނީ ބުންޏެވ.
“އޯކޭ ދެން…. ޒައިމެންވެސް ސްކޫލަށް ދާން ޖެހޭތަ؟” ނޫރީން އެއްސެވެ.
“އާނ! އަހަރެމެން އުޅޭ ތަނާއި އިންސާނުން އުޅޭ ތަނާއި ދޭތެރޭގައި މާކަ ގިނަ ތަފާތުތަކެއް ނުހުރޭ. އަހަރުވެސް ހަަމަ އެއްވަރަކަށް ހުންނާނީ.” ޒައިނީގެ ސުވާލަށް ޖަވާބު ދިނީ ޒައިކާންއެވެ.
“ނޫރީ އަދި ނުދެނެހުރިން މިތާ ދެ ޒައި އުޅޭކަމެއް.” ނޫރީން އެހެން ބުނުމާއިއެކު އެންމެން ހޭން ފެށިއެވެ.
“ނޫރީދޯ ނޫރީންގެ ނިކްނޭމްއަކީ؟ އަހަރެން ދެން ކިޔާނީ ނޫރީ. އޯކޭތަ؟” ޒައިނީ އަހައިލިއެވެ.
“އޭޒް ޔޫ ވިޝް ޒައި.” ނޫރީން ބުންޏެވެ.
“ފާރަވެރިއަކަށް ފެންނަންވާއިރަށް ހިނގާ ދާން!” ޒައިނީ ނޫރީންގެ އަތުގައި ހިފައިލަމުން ބުންޏެވެ.
“ހިނގާ!” އެހަތަރު މީހުން ޒަފްރުލްގެ ފަހަތުން ހރި ސީދަލަށް ދިޔައެވެ.
ޒައިނީއަކީ އޭނާގެ މަންމަ ފަދައިން އޮރެންޖް ކުލައިގެ ސައިރެންއެކެވެ. ޒައިނީއަކީ ދޮން ރީިތި ކުއްޖެކެވެ. އޭނާގެ އޮރެންޖު ކުލައިން ހައިލައިޓްކުރެވިފައިވާ ކަޅުކުލައިގެ ރާޅުބާނީ ދިގު އިސްތަށިގަނޑާއި ބޮޑު އޮރެންޖުކުލައިގެ ދެލޮލަކީ އޭނާ ރީތިކޮށްދޭ ކަންކަަމެވެ. އަދި އޭނާގެ ދިގު އިސްކޮޅާއި ހިމަތޮޅި ހަށިގަނޑުންވެސް އެއީ 20 އަހަރުގެ ކުއްޖެކޭވެސް ނުބުނާނެއެވެ.
– ނުނިމޭ –
‘ސައިރެން’ ގެ 12ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wowww very nice waiting for the next part of the story.
Great part??????