
ސައިރެން – 10
“ޝުކުރުވެސް އަދާ ނުކުރާނަންތަ؟” އެމީހަކު ލައިގެންހުރި ސޯޓުގެ ޖީބަށް އަތް ޖަހައިލަމުން ނޫރީން ދާން ފެށުމުން ގޮވައިލިއެވެ.
ނޫރީން ހައިރާންކަމާއިއެކު ފަހަތް ބަލައިލީ އެއީ ދަންނަ އަޑެއްހެން ހީވުމުންްނެވެ. އަދިވެސް ނޫރީން އެއަނދި ގޯޅީގައި ހުރުމުންނާއި އެމީހާ ހުޑީއަކުން ބޯނިވާކޮށްގެން ހުރުމުގެ ސަަބަބުން އެއީ ކާކުކަމެއް އިނގޭވަރެއް ނުވިއެވެ. ނޫރީން އެމީހާއާއި ދިމާއަށް ބަލަންހުރިގޮތުން އެމީހާ ހިނިއައެވެ.
“މިއީ ކާކުކަން ހަމަ ނޭނގެނީތަ؟” އެމީހާ އެންމެ ފަހުން އެހެން ބުނުމުން ނޫރީން ހައިރާންވިއެވެ. “ނޭނގެ.” ނޫރީން ބުންޏެެވެ.
“އަހަރެންގެ މަތިން ހަނދާންވެސް ނެތުނީތަ އެހާ އަވަހަށް؟” އެމީހާ އަނެއްކާވެސް ބުންޏެވެ.
“އަހަރެންގެ އަޑުންވެސް ވަކިކުރާކަށް ނޭނގޭތަ؟” އެމީހާ އައިސް ނޫރީންގެ ކުރިމަތީގައި ހުއްޓިފައި އެއްސެވެ.
ދެން ކުއްލިއަކަށް އެމީހާ ނޫރީންގެ އަތުގައި ހިފައިގެން އެގޯޅީގެ އެތެރެއަށް ވެއްދިއެވެ. އަދި އޭނާ ހުޑީގެ ބޯނަގައި އޭނާގެ މޫނު ދައްކައިލިއެވެ.
“ޒައިކާން؟؟؟؟” ނޫރީންގެ ގައިން ހީބިހި ނަގައިގަތެވެ.
“ނޫން! ތިއީ ޒައިކާންއެއް ނޫން!” ނޫރީން އެހެން ބުނެފައި ދާން އުޅުނު ވަގުތު ޒައިކާން ނޫރީންގެ އަތުގައި ހިފެހެއްޓިއެވެ.
“ނޫރީން ޤަބޫލުނުކުރިއަކަސް އަހަރެންނަކީ ޒައިކާން. ނޫރީން އާއިއެކު ދިޔައީ އަހަރެންނެއް ނޫން. ޒަފްރުލް ދިޔައީ އަހަރެންގެ ސިފަ ޖެހިގެން. ދެން އަހަރެން އެހެން ޖަލު ކޮޓަރިއަކަށް ވައްދަން އުޅެނިކޮށް އަހަރެން ފާރަވެރިންތަކަށް ހަމަލާދީ ފިލީ. ދެން އަހަރެން މިމަގުން ދާން އުޅެނިކޮށް ފެނުނީ ނޫރީން މިދިމާއަށް އަންނަތަން. އެހެންވެ އަހަރެން ހުޑީއިން ބޯ ނިވާކޮށްގެން މިގޯޅީގަ ފިލައިގެންހުރެ ނޫރީންގެ އަތުގައި ހިފައިގެންހުރެ ނޫރީން ފޮރުވީ.” ޒައިކާންގެ ގާތަށް ރުޅިއަންނަގޮތްވިއެވެ.
“ހެތްކެއް ބޭނުން…. އައި ވޯންޓް ޕްރޫފް.” ނޫރީން ޒައިކާން ލޯ އަޅައިލަމުން ބުންޏެވެ. ކައިވަން ކުއްލިއަކަށް ސައިރެންގެ ސިފައަށް ބަދަލުވެ ނޫރީން ގާތަށް ޖެހެލިއެވެ.
“ނޫރީންއަށް އިނގޭންނުން އަހަރެންނަށް ނޫރީންގެ ލޭ މީރުކަން?” ޒައިކާން ނޫރީންގެ އުޅަބޮށީގައި ހިފުމަށްފަހު އޭނާގެ ހަރުފަ ދޫ ނެރެލެމުން ބުންޏެވެ.
“ދެން އަހަރެންނުން ނޫރީންއަށް ތިބާރުތައް ދިނީ. ބޭނުމިއްޔާ މިހާރުވެސް އަހަރެންނަށް ތިބާރުތައް އަތުލެވިދާނެ.” ޒައިކާން ބުންޏެވެ.
ދެން ޒައިކާން އޭނާގެ ލޮލުން ކޮށްލި އިޝާރާތަކާއިއެކު ނޫރީންގެ ގައިން ރަތްކުލައިގެ ދުންތަކެއް ނިކުމެ ގެއްލުނެވެ. ހަމަ އެވަގުތު ނޫރީންއަށްށ ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. ނޫރީން ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެން ހީވެގެން ޒައިކާން ދެލޯ ދިއްލައިލައިލައި ނޫރީންގެ ލޮލަށް ބަލައިލިތަނާ އަނެއްކާވެސް ނޫރީންގެ ގައިން ނިކުތް ރަތްކުލައިގެ ދުންތައް އަލުންވަނެވެ. ނޫރީންއަށް ހަމަ ނޭވާލެވުނީދެނެވެ.
“އަދިވެސް ޤަބޫލެއް ނުކުރާނަންތަ?” ޒައިކާން ހަރަމްބަންނަމުން ދުރަށް ބަލައިލުމަށްފަހު އެއްސެވެ.
“އޯކޭ! ޤަބޫލުކޮށްފިން.” އަދިވެސް ނޫރީންއަށް މާނޭވާ ލެވެނީއެވެ.
“ދެންވެސް އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރައްޗޭ!” ޒައިކާން ނޫރީންގެ ކޮލުގައި މަޑުމަޑުން ހިފައިލުމަށްފަހު ބުންޏެވެ.
“ނޫރީއަށް ކިހިނެތް އިނގޭނީ ވަކިކުރަން? ތިދެމީހުން އެހާ ވައްތަރޭ.” ނޫރީން ހައިރާންކަމާއިއެކު ބުންޏެވެ.
“މިތަނުން އިނގޭނުން އަހަރެން ވަކިކުރަން? އެ ޒަފްރުލް ހުރިތަ މިތަން?” ކައިވަން އޭނާގެ ފިޔަގަނޑުން އެހާ ކުޑަަނޫނަސް ދުރުންވެސް އެނގޭނޭވަރުގެ ލޯވަޅެއް ދައްކައިލަމުން ބުންޏެވެ.
“ނޫން. ޒަފްރުލްގެ ނެތް ތިތަނެއް. އެހެންވީމާ ފަސޭހަވާނެ ދޯ ވަކިކުރަން? އެކަމަކު ކިހިނެތްވެފަ މިއީ? ޒައިކާންއަށް އުދުހެވޭތަ?” ނޫރީން އެތަނަށް ފަރުވާތެރިކަމާއިއެކު ބަލައިލުމަށްފަހު އެއްސެވެ.
“އަހަރެންނަށް އުދުހެވޭ. އެކެމަކު މިގަޑިއަކު މިއީ ކިހިނެތްވެފައިން ތަނެއްކަމެއް ނުކިޔައިދެވޭނެ. ފަހުން އިނގޭ. ދެން ހިނގާބަލަ ނިކާންމެން ހޯދަން.” ޒައިކާން ސީރިއަސްވެލަމުން ބުންޏެވެ.
“ކިހިނެތް ދޮޮންބެމެން ހޯދާނީ?” ނޫރީން އެ ހަނި ގޯޅިތެރެއިން ބޯ ނެރެލަމުން ބުންޏެވެ.
“އޭތް! ތިހެން އުޅެނިކޮށް ފާރަވެރިއަކަށް ފެނިދާނެ.” ޒައިކާން އެހެން ބުނެ ނޫރީންގެ އަތުގައި ހިފައި ދަމައިގަތް ތަނާ ނޫރީންގޮސް ޖެހުނީ ކައިވަންގެ ގައިގައެެވެ.
“ސޮރީ އިނގޭ. ހަމަ ނޫރީންގެ ސޭފްޓީއަށް މިހެން މިހެދީ. އަހަރެންނަށް ހީވަނީ އެމީހުން ވާނެހެން މިތާ ކޮންމެވެސް ތާކު.” ޒައިކާން ބުންޏެވެ.
“ކޮންތާކު?” ނޫރީން ޒައިކާން އާއި ދުރަށް ޖެހިލުމަށްފަހު ލަދުން އިނދެގެން އެއްސެވެ.
“އަހަރެންގެ ފަހަތުން އާދޭ.” ޒައިކާން އެހެން ބުނަމުން ދެކޮޅު ބަލައިލުމަށްފަހު ހުރި ސީދަލަށް ނޫރީންގެ އަތުގައި ހިފައިގެން ވަރަށް ބާރަށް އުދުހިގަތެވެ.
ދެމީހުން އެހެންގޮސް މަޑުކޮށްލީ އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އިވެން ފެށުމުންނެވެ. ނޫރީން ހައިރާންކަމާއިއެކު ޒައިކާން އާއި ދިމާއަށް ބަލައިލީ އެއީ ކާކު ހެއްޔޭ އަހާަފަދަ ގޮތަކަށެވެ. ޒައިކާން ބޯ ހޫރުވައިލުމަށްފަހު އެ ގިސްލުމުގެ އަޑު އައި ދިމާއަށް މަޑުމަޑުން ދާން ފެށިއެވެ. އެއަޑު އައި ދިމާއަށް ދަނިކޮށް ފާރަވެރިއަކު ހިނގައިފައި އަންނަތަން ފެނުނެވެ. އެހެން ކަމުން ޒައިކާން އަނެއްކާވެސް ނޫރީންގެ އަތުގައި ހިފައި ދުރަށް އުދުހިގަތެވެ. ނަސީބު ރަނގަޅުކަމުން އެ ފާރަވެރިޔާއަކަށް ޒައިކާންއެއް ނުފެނުނެވެ.
“ކިރިޔާ މިސަލާމަތްވީ!” ޒައިކާން އެހެން ހަނި ގޯޅިއަކަށް ވަދުމަށްފަހު ބުންޏެވެ.
“ދެން ކިހިނެތް ހަދާނީ?” ނޫރީން ހާސްކަމާއިއެކު ކައިވަންގެ މޫނަށް ބަލައިލުމަށްފަހު އެއްސެވެ.
“އަހަރެންނަށް ހީވަނީ މިތަނުން ނިކުންނަންވީ ހެން.” ޒައިކާން އެހެން ބުނުމުން ނޫރީންގެ އަތް ޒައިކާންގެ އަތުން ނައްޓުވައިލިއެވެ.
“އެކަމަކު ނޫރީމެން މިތަނަށް އައީ ދޮންބެމެން ސަލާމަތްކުރަން. މިިތަނަށް ވަދެފަ ނިކުންނާކަށެއް ނޫން!” ޒައިކާން ސިހިފައި ނޫރީންއަށް ބަލައިލި ވަގުތު ނޫރީން ދެބުމަ ކައިރިކޮށްލުމަށްފަހު ބުންޏެވެ.
“ކީތްވެތަ އަބަދު އަހަރެން ބުނާގޮތް ނަހަދަން ތި އުޅެނީ? ނޫރީން ބުނެބަލަ! މިއީ އަހަރެން އުޅުނު ތަނެއްތަ ނޫނީ ނޫރީން އުޅުނު ތަނެއްތަ?” ޒައިކާން ހިތްހަމަނުޖެހިފައި ނޫރީން ގާތުގައި ބުންޏެވެ.
“ނޫރީއަށް އެނގޭ މިއީ ނޫރީ އުޅުނު ތަނެއް ނޫންކަން. އެކަމަކު މިވަގުތު މުހިންމީ ނޫރީގެ ދޮންބެ. ޒައިކާން ނޫރީއާއިއެކު މަސައްކަތްކުރަން ބޭނުން ނޫނިއްޔާ މިތާ ހުރޭ! ނޫރީ މިދަނީ.” ނޫރީން އެހެން ބުނުމަށްފަހު ގޯޅިން ނިކުމެ ކޮންމެވެސް ދިމާއަކަށް އުދުއްސައިގަތެވެ. ނޫރީންއަށް ނޭނގި ނަމަވެސް ދެވުނީ އެގަނޑުވަރުގެ މައި ދޮރާއި ދިމާއަށެވެ.
ޒައިކާންް ބޯ ހޫރުވައިލުމަށްފަހު ނޫރީންގެ ފަހަތުން ދިޔައެވެ. ނޫރީންއަކަށް ޒައިކާން ނޫރީންގެ ފަހަތުން އަންނަ ތަނެއް ނުފެނެއެވެ. އެހެންކަމުން ނޫރީން ހީކުރީ ޒައިކާން ނޫރީންގެ ފަހަތުން ނާންނަ ކަމަށެވެ. ނޫރީން ފިލަފިލައިގެން ފާރަވެރިންނަށް ނުފެންނަ ގޮތަށް ގޯޅިގޯޅިއަށް އަޅަމުން ދިޔައިރު ހީވަނީ މާކުރިންވެސް މިކަމަކީ ނޫރީން ދަސްކޮށްފަ އޮތް ކަމެއް ހެންނެވެެ. އެހެން ދަނިކޮށް ނޫރީންއަށް ގައިން ވަރުދޫވުމުގެ އިހްސާސެއް ކުރެވުނެވެ. އަދި ގައިގެ ތަންތަނުގައި ރިއްސަން ފެށިއެވެ. ނަމަވެސް ހިތްވަރު އެލުވައިނުލައި ތަންތަނުގައި ހިފަހައްޓައިގެންކަމަކު އުދުހެމުން ދިޔައެވެ. އެހެން ދަނިކޮށް ފިޔަގަނޑުގެ ވަރު ދޫވެގެން ތިރިއަށް ވެއްޓެން ދިޔަތަނާ ނޫރީންއަށް ހަޅޭލަވައިގަނެވުނެވެ. ނޫރީންގެ ފަހަތުގައިހުރި ޒައިކާން އަވަހަށް ފާރަވެރިއަކަށް ފެންނަންވާއިރަށް ނޫރީންގެ ގައިގައި ހިފެހެއްޓިއެވެ. އަދި ނޫރީން އޭނާގެ އަތްދަނޑި މައްޗަށް އުފުއްލައިގެން ކުރިމަތީގައިހުރި މައިދޮރާއި ދިމާއަށް ބާރަށް ފިޔަޖަހައި އުދުހިގަތެވެ. އެވަގުތަކީ ފާރަވެރިއަކު ދޮރު ކުރިމަތިން ހުރަސްކޮށްލި ވަގުތުކަމުން ޒައިކާން އަވަހަށް ދޮރުގެ ބިތްދޮށަށް ވަދެ ފިއްޔެވެ. ދެން ޒައިކާންއަށް ފެނުނީ ނޫރީން ހަޅޭލަވައިގަތް ދިމާ ކައިރީގައި ފާރަވެރިންތަކެއް އުޅޭތަނެވެ. އެތަން ބަލަން ނަހަދައި ދޮރު ކައިރީގައި ފާރަވެރިއަކު ނެތްކަން ޔަޤީންކޮށްފައި ދޮރުން ބޭރަށް ނިކުތެވެ. އަދި ބޮޑު ގަލެއްގެ ނިވަލަށްވަދެ ފިއްޔެވެ. އެއިރު ނޫރީން އޮތީ
ހޭނެތިފައި ކަމުން ޒައިކާން އަވަހަށް އެފުރުސަތުގެ ބޭނުން ހިފައި އޭނާގެ ލޮލުން އަލިގަނޑެއް ނެރުނެވެ. ދެން އެއަލިގަނޑު ދެމީހުން ވަށައިލައި ދެމީހުންނާއިއެކު އެއަލިގަނޑު ގެއްލުނެވެ. އަލިގަނޑު ނިވުނުއިރު ޒައިކާންއަށް ހުރެވުނީ އޭނާގެ ކޮޓަރީގައެވެ. ޒައިކާން ނޫރީންއަށް ބަލައިލުމަށްފަހު އުދުހިފައިގޮސް އެނދު މަތީގައި ބޭންދިއެވެ. އަދި ނޫރީންގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ޒައިކާންގެ ހިތް އެދެމުން ދިޔައީ އެލޯބި މޫނުގައި އޭނާގެ ދެއަތުން ފިރުމައިލައި ނޫރީންގެ ނިތުގައި ބޮސްދިނުމަށެވެ. ނޫރީން ފެނުނީއްސުރެ އޭނާގެ ހިތުގައި ނޫރީންއަށްޓަކައި ޚާއްސަ މަޤާމެއް ދެވުނެވެ. އޭނާގެ މުޅި ހަޔާތުގައިވެސް އެންމެ ފުރަތަމަ ލޯބިވި މީހާއަކީ ނޫރީންއޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ނަމަވެސް އޭނާގެ ސިކުނޑި އެކަމަށް އެއްބަސްވާކަށް ބޭނުމެއް ނުވެއެވެ. އެހެން އިންދައި ނޫރީން ކުޑަކޮށް ލޮލުގެ އެސްފިޔަތައް ތަޅުވައިލި ތަން ފެނުމުން ޒައިކާން އަވަހަށް ނޭނގޭކަމަށް ހަދައިފައި ތިރިއަށް ދިޔައެވެ. އެވަގުތު ނޫރީން ދެލޯ ހުޅުވައިލިތަނާ ހަނދާންވީ ފާރަވެރިން މަތިންނެވެ. ނޫރީން އެމީހުން މަތިންނ ހަނދާންވުމުން ކުއްލިއަކަށް ފުންމައިލުމުން އަނެއްކާވެސް ވެއްޓެން ފިޔައެވެ. މިފަހަރުވެސް ވެއްޓުނީ ޒައިކާންގެ އަތްދަނޑި މައްޗަށެވެ. ޒައިކާންގެ އަތްދަނޑި މައްޗަށް ވެއްޓުމުން ދެން އެނގުނީ ނޫރީން އެހުރީ ގަނޑުވަރުގައި ނޫންކަމެވެ. ޒައިކާން ނޫރީން ހަމަ ތިރީގައި ބެހެއްޓުމާއިއެކު ނޫރީން ކުޑަދޮރާއި ދިމާއަށް އުދުއްސައިގަތެވެ. ނަމަވެސް އޭގެ ކުރިން ޒައިކާން ނޫރީންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ދޫކޮށްލާ!” ނޫރީން ރުޅިއައިއްސަ ހުރިގޮތުން ހީވަނީ އޭނާއަށްވުރެ އެހާ ރުޅިގަދަ މީހަކު ނުހުންނާނެ ހެންނެވެ.
“އަހަރެން ނޫރީންގެ އަތުން ދޫކޮށްލިއަކަސް ނޫރީންއަކަށް ނުއުދުހެވޭނެ.” އެެހެން ބުނުމަށްފަހު ޒައިކާން ނޫރީންގެ އަތުން ދޫކޮށްލައި ހަރަމްބަނެވެ.
ނޫރީން ޒައިކާންއަށް ރުޅިވެރި ނަޒަރަކުން ބަލައިލުމަށްފަހު ފިޔަގަނޑު ހުޅުވައިިލިއެވެ. އަދި އުދުއްސައިގަންނަން ތައްޔާރުވެލި ތަނާ ހީވީ ފިޔަގަނޑު ބިންދައިގެން ދިޔަ ހެންނެވެ. ނޫރީންއަށް ‘އައުޗް’ އޭ ކިޔައި ހަޅޭލަވައިގަނެވުނެވެ. އެވަގުތު ޒައިކާން ހޭން ފެށުމުން ނޫރީން ޒައިކާންގެ ނަމުން ގޮވައިލީ އަޑަށް ރުޅިވެރިކަން ގެންނަމުންނެވެ.
“ބުނީމެއްނުން ނުއުދުހެވޭނެއޭ.” ޒައިކާން ނޫރީންގެ ކުރިމަތީގައި މަޑުކޮށްލަމުން ބުންޏެވެ.
“ކީތްވެ?” ނޫރީން ޒައިކާންއަށް ލޯ އަޅައިލަމުން އެހެން ބުނީ އެހެން ހެދީ ޒައިކާންހެން ހީވުމުންނެވެ.
“އަހަރެން ކޮންމެހެން ޖެހޭތަ ބުނަން? ނޫރީން އަހަރެން އެތާ އެކަނި ބަހައްޓައިފައި އަހަރެންގެ ބުނާގޮތް ނަހަދައި ދިޔައީނުން?” ޒައިކާން ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލުމަށްފަހު ބުންޏެވެ.
ނޫރީން އަނެއްކާވެސް ޒައިކާންއަށް ލޯ އަޅައިލުމަށްފަހު ދުރަށް ދާން އުޅެނިކޮށް ފައި ވާޅުވެގެން ވެއްޓެން ދިޔަތަނާ ހިފުނީ ޒައިކާންގެ ދެކޮނޑުގައެވެ. އެވަގުތު ޒައިކާން ސިހިފައި ހިފެހެއްޓުނީ ނޫރީންގެ އުނަގަނޑުގައެވެ. ނޫރީންއަަށް ހިފުނީ ޒައިކާންގެ ކޮނޑުގައިކަން އެނގުމުން އަވަހަށް ކޮނޑުން އަތް ދޫކޮށްލައި އިސްޖަހައިލީ ޒައިކާން މާ ވަރަކަށް ނޫރީންއަށް ބަލާތީއެވެ. އެވަގުތު ނޫރީންގެ ދެކޯ ރަތްވެގެން ދިޔަ ތަން ފެނުމުނ ޒައިކާން ލާނެތް ގޮތަކަށް ހީލިއެވެ.
“ތިހެން ތިވަނީ ލޭ ނުބޯތީ.” ޒައިކާން ބުނި ވާހަކައިން ސިއްސައިގެންގޮސް ނޫރީންއަށް ޒައިކާންއަށް ބަލައިލެވުނެވެ.
“ވަޓް? ނޫރީ ބޭނުމެއް ނޫން ލޭ ބޯކަށް.” ނޫރީން ތުންނ ހަދައިލުމަށްފަހު ޒައިކާންއާއި ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ދުރަަށް ނުޖެހެވުނީ ޒައިކާންގެ ވަރުގަދަ ދެއަތުން ނޫރީންގެ އުނަގަނޑުގައި އަތް ވަށައިލައިފައި ވުމުންނެވެ.
“ބޯން ބޭނުން ނުވިއަކަށް ޖެހޭނީ ލޭ ބޯން. އެހެން ނޫނީ ނިކާންމެން ސަލާމަތްކުރާނެ ވަރެއް ނުހުނާނެ ހަށިގަނޑަކު. ނިކާންމެން ސަލާމަތްކުރަން ބޭނުމިއްޔާ ޖެހޭނީ ލޭ ބޯން.” ޒައިކާން އެހެން ބުނުމަށްފަހު ނޫރީންގެ އުނަގަނޑުން އަތް ދޫކޮށްލިއެވެ.
ނިކާންމެން ސަލާމަތްކުރަން ބޭނުންވާތީ އާއި އިތުރު ގޮތެއް ނެތުމުން އެކަމަށް އެއްބަސްވިއެވެ. ނަމަވެސް ލޭ ހޯދާނީ ކޮންތާކުންކަމާއި ވިސްނަން ހުއްޓައި ޒައިކާން ނޫރީންގެ އުނަގަނޑުގައި އަތް ވަށައިލައި އޭނާ އާއި ކައިރިކޮށްލިއެވެ. ނޫރީންއަށް ޒައިކާން ކުރަން އެއުޅެނީ ކޮންކަމެއްކަން އެނގުމުން ދެލޯ ބޮޑުކޮށްލައި ޒައިކާންއާއި ދިމާއަށް ބަލައިލީ ތިކަން ކުރަން ބޭނުމެއް ނޫނޭ ބުނާ ފަދަ ގޮތަކަށެވެ. ނަމަވެސް ޒައިކާން އަނެއްކާވެސް ނިކާންމެން މަތިން ހަނދާންކޮށްދިނުމާއިއެކު ނޫރީންއަށް އެކަން ކުރަން މަޖުބޫރުވިއެވެ. ނޫރީން އޭނާގެ ފޮރުވެފައިވި ދެފޭރާ ދަތް ފުރަތަމަ ފަހަރަށް ނެރެލައި ޒައިކާންއާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ޒައިކާން ދިގުކަމުން ކަރާއި ހިސާބަށް ނުފޯރާތީ ޒައިކާން ކުޑަކޮށް ގުދުވެލިއެވެ. ނޫރީން ދަތްއަޅަން ނާޅަން ހުރެފައިވެސް އެންމެ ފަހުން ދަތް އެޅީއެވެ. އެވަގުތު ނޫރީންގެ ދެލޯ ބަށިކުލައިިން ދިއްލުނެވެ. އަދި އޭނާއަށް އިހުސާސްވީ މީރު އެއްޗެއް ކައިލުމުން ލިބޭ ކަހަލަ އިހުސާސެކެވެ. އޭނާއަށް ލޭ މީރުވީއެވެ. އެހެން ހުރެފައި އެއް މިނެޓުވީތަނާ ނޫރީން ދެފޭރާ ދަތް ނަގައި ހަމަ ޖެހިލުމަށްފަހު ދެފޭރާ ދަތް ފޮރުވައިލިއެވެ. އެގަޑީގައި ޒައިކާން ކަރު ތެދުކޮށްލައި ނޫރީންއަށް ބަލައިލިއިރު ފެނުނީ ނޫރީން އިސް ޖަހައިގެން އިންތަނެވެ. ޒައިކާން އެއްމިޔަނަކުން ހިނިތުންވެލުމަށްފަހު ނޫރީން ދަތް އެޅި ތާނގައި އަތް އަޅައިލިއެވެ.
“ތަ….ތަދުވަނީތަ?” ނޫރީން އިސް އުފުއްލައިލުމަށްފަހު ޒައިކާން އޭނާގެ ކަރުގައި އަތްއަޅައިފައިވާތަން ފެނުމުން އެއްސެވެ. އެވަގުތު ޒައިކާން ބޯހޫރުވައިލިއެވެ.
“ދޮން..ބެމެން.” ނޫރީން އެހެން ބުނުމާއިއެކު އެއްޗެއް ހަނދާންވި ފަދައިން ނޫރީންއަށް ބަލައިލިއެވެ.
“އާދެބަލަ! އެކަމަކު ނިކާންމެން ހޯދާކަށް ނޫން މިދަނީ.” ޒައިކާން އެހެން ބުނީ ނޫރީން އެއްބަސްވާނެ ކަމަށް ބަލައިފައެއް ނޫނެވެ. ނަމަވެސް ނޫރީން އެކަމަށް އެއްބަސްވިއެވެ.
– ނުނިމޭ –
‘ސައިރެން’ ގެ 11ވަނަ ބަޔަށް އިންތިޒާރު ކުރައްވާ!
One Comment
Comments are closed.
Wowwwww very nice waiting for the next part of the story.