Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި.. (2)

zaisha Level 210 Stories
June 25, 2015 6 Mins Read
15 Comments

އިސްޖަހައިގެން ޓީޝާޓާއި ދިމާއަށް ބަލަހައްޓައިގެން ހުރި މާކިންގެ އަތް ގޮއްމުއްކެވި ދެބުމަ ގޮށްޖެހުނެވެ. އޭނާ އިސްނަގައި ކުރިމަތީގައި ހުރި މީހާއަށް ބަލައިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ.

ދެއަތް މޭގައި ޖައްސާލައިގެން ހުރި އިނާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނާވެސް ލިފްޓަށް އަރަން އެނބުރުނު ގަޑީގައި ރަނގަޅަށް ބަލައި ނުލެވުމުން ޖޫސްތަށި ބަންޑުންވީއެވެ. ކުރިމަތީގައި ހުރި ޒުވާނާ ރުޅިއައިސްފައި ހުރިއިރުވެސް އެ މޫނުމަތިން ރީތިކަން ފާޅުވެއެވެ. މާޢާފަށް އެދެން އަނގަ ހުޅުވާލިތަނާ އެ ޒުވާނާގެ ބަހުގެ ހަމަލާތަށް ރައްދުވާންފެށުމުން ދޫ ބަންދުވިއެވެ.

“ވަޓް ދަ ހެލް! ތަންކޮޅެއް ބަލައިގެން ހިނގާބަލަ. ޖޫސްތައްޓާއި އެއްޗެހި ހިފައިގެން ނިކުންނަންވީ ބޭރަށްތަ! އަދި ސޮރީއޭ ބުނެނުލައި އެބަހުއްޓެއްނުން!!” މާކިން އައިސްފައި ހުރި ރުޅީގައި ކުރިމަތީގައި ހުރި ކުއްޖާއަށް ރަނގަޅަށް ބަލައިވެސް ނުލައި ފަތިވަރެއް އަމުނާލިއެވެ. “ކާމް ޑައުން. އެއީ އިނާރާ ގަސްތުގައި ކުރި ކަމެއް ނޫނޭ ދޯ.” އިނާރާގެ ފަހަތުގައި ހުރި މަލަކް ބުނެލިއެވެ. މަލަކް ބުނެލި ނަމުން މާކިން ދާންނެގި ފިޔަވަޅު ހުއްޓި އެ ކުއްޖާއަށް ރަނގަޅަށް ބަލައިލިއެވެ.

ރީތިވަރަކަށް ފަލަކޮންހުރި ދޮން އަންހެންކުއްޖެކެވެ. ލައިގެން ހުރި މަޑު ފެހި ކުލައިގެ ހެދުމުގެ ތެރެއިން އޭނާގެ ރީތިކަން ފާޅުވާންހުއްޓެވެ. އިސްކޮޅުން ކުރު ނަމަވެސް އެ ބުޅި އިސްތަށިގަނޑު އޭނާގެ އުނަގަނޑާއި ހަމައަށްއަރައެވެ. ލޮލުގައި އަނދުނެއް ނެތްއިރުވެސް އެ ބޮޑު ދެލޮލޮގެ ރީތިކަން ފަނޑެއްނުވެއެވެ. “ބަމްބީ.” މާކިންއަށް މިހެން ބުނެވުނީ އިޚްތިޔާރަކާއި ނުލައެވެ.

މާކިން ކިޔާލި ނަމުން އިނާރާއަށް އެއީ މާކިންކަން އިނގުނެވެ. އޭނައަށް އައިސްފައިވާ ބޮޑު ބަދަލުފެނި އިނާރާ ހައިރާންވިއެވެ. އިނާރާ އަރަނީވެސް މާކިންގެ މެއާއި ހަމައަށްށެވެ. “ސޮރީ.” އިނާރާ މިހެން ބުނެލި އިސްޖެހިފައި ހުރެއެވެ. “އޯ. އި..އިޓްސް އޯކޭ. ހާއި. މިއީ މާކިން. ސޮރީ ފާޑަކަށް ހަޅޭލަވައި ގަނެވުނީމަ.” މާކިން ހުރީ އިނާރާއާއި ދިމާއަށް އެގޮތަށް ހަޅޭލެވުމުން ލަދުގަނެފައެވެ. އެހާއި ދުވަހައްފަހު ދިމާވި ފުރަތަމަ ފަހަރުވެސް މިޖެހުނީ ލަދުގަންނާށެވެ.

“ކިހިނެތްވީ؟” ކައިރީގައި ހުރި ދޮރު ހުޅުވާލާފައި އާޝިޔާ ބޯ ދިއްކޮއްލަމުން ބުނެލިއެވެ. މާކިންގެ ޓީޝާޓަށް ޖޫސްއެޅީފައި ހުރިތަނާއި ބިންމަތީގައި ތަޅައިގެން ގޮސްފައިއޮތް ތަށިފެނުމުން ވީގޮތް އޭނާއަށް ދެނެގަންނާކަން އުނދަގުލެއްނުވިއެވެ. “އަވަހަށް އެތެރެއަށްވަދޭ ތިއިން ފުޅިތޮށުކޮޅަކަށް މީހަކަށް ނޭރެނީސް. ލާރާ!..ލާރާ!. އާދެބަލަ ފިހިގަނޑު ހިފައިގެން މިތަން ސާފުކޮއްލަން.” އާޝިޔާ ގޭގައި އުޅޭ މަސައްކަތު މީހާއަށް ގޮވާލަމުން މާކިންމެން ގޭތެރެއަށް ވެއްދިއެވެ.

އޭރު ސިޓިން ރޫމުގައި ހުރި ބޮޑު ސޯފާއެއްގައި ޝީލާއާއި ޔާމިންގެ އިތުރުން ނާޒިމް އިނެވެ. މާކިން ފެނިފައި ޝީލާގެ ހިނިތުންވެލިލެއް ބޮޑުކަމުން ކޮލު ދަތްތަށްވެސް ފާޅުވިއެވެ. އޭނާ އަވަހަށް ތެދުވެގެން ގޮސް މާކިން ކައިރީގައި ހުއްޓެލިއެވެ. “މާކިން،މާކިން،މާކިން. ހާދަ ތަފާތޭ ދޯ މިހާރު. ކޮބާ ކިހިނެތް؟” ޝީލާގޮސް މާކިންގެ ކޮނޑުގައި އަތްލަމުން ވާހަކަ ދެއްކިއެވެ. “ހަމަ ބަރާބަރު. ޝީލާއްތަ ކިހިނެތް.؟” މާކިން ހިނިތުންވެލަމުން ބުނެލިއެވެ. “ދައްތަ ރަނގަޅޭ. އިނާރާއާއި ދިމާވެއްޖެދޯ. ދަރިފުޅު އާދެބަލަ.” ދުރުގައި ހުރި އިނާރާއަށް ޝީލާ ގޮވާލިއެވެ.

އިނާރާ އައުމުން މާކިން ކައިރީގައި އިނާރާ ބެހެއްޓުމަށްފަހު އެދެމީހުންނަށް ޝީލާ ބަލައިލިއެވެ. އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. “ޔަޕް. ވަރަށް ފާޑަކަށް ދިމާވީ. ދޯ.. އިނާރާ.” މާކިން މިހެން ބުނެލިއިރުވެސް އިނާރާ އޭނާއާއި ދިމާއަށް ރަނގަޅަށް ބަލައިވެސް ނުލިއެވެ.

 “އަސްލު އިނާރާއަށް މަތީބައި ދައްކާލަން ދާން އުޅެނިކޮން ދޮންބެ ނިކުތީ. ދެން ކުއްލިއަކަށް ޓަސް! އެޖެހުނީ. ދެން އެހެން ފަހަރަކުން މައްޗަށް ދާނީ. އެހެން ނޫނަސް އެބައިގައި ދިރިއުޅުއްވާނީ މިގޭގެ ޕްރިންސް.” މަލަކް ދެއްކި ވާހަކައިން އެންމެން ހޭންފެށިއެވެ. ނަމަވެސް މާކިން ބޭނުންވީ އިނާރާގެ އަޑު އަހާލާށެވެ. “ދެން ދޭ މައްޗަށް ގޮސް ޓީޝާޓު ބަދަލުކޮއްލައިގެން އަންނަން.” އާޝިޔާ މިހެން ބުނުމުން މާކިން އިނާރާއާއި ދިމާއަށް ބަލައިލުމަށްފަހު ހިނގައިގަތެވެ.

ކެއުން ކުރިޔަށް ދިޔައިރުވެސް އިނާރާ މާ ބޮޑަކަށް ވާހަކައެއް ނުދައްކައެވެ. މާކިން ވާހަކަދައްކަން މަސައްކަތް ކުރިނަމަވެސް މާ ގިނަ ވާހަކައެއް އިނާރާގެ ފަރާތަކުން ނުދެކެވުނެވެ. އިނާރާގެ މަޑުމައިތިރިކަމާއި އެނާގެ ސިފަތަށް މާކިންއަށް ވަރަށް ކަމުދިޔައެވެ. އެހެން އަންހެން ކުދިން އުޅޭހެން އޭނާގެ ކުރިމަތީގައި ތުއިވެފައި މާ ވާހަކަ ދައްކާކަށްވެސް ނޫޅުނެވެ. މިހާތަނަށް މާކިންއަށް މާ ބޮޑު ޝަޢުޤުވެރިކަމެއް ނުދިން ފުރަތަމަ އަންހެންކުއްޖަކީ މިއީއެވެ. މާކިންއަށް މިކަން އާކަމަކަށްވެ އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް އިނާރާވެސް ހާސިލް ކުރުމަށް އޭނާ ހިތުލިއެވެ. ނަމަވެސް އެއީ ފަސޭކަމަކަށް ނުވާނެކަން މާކިންއަށް އިނގުމުން އޭނާ އެކަން އަމުދުން ކުރާ ހިތްވީއެވެ. ދެ ޢާއިލާ ވަކިވެގެން ދިޔައީ އެދެމެދުގައި ވީ ގުޅުން ވަރުގަދަ ކުރަމުންނެވެ.

ކޮޓަރީގެ ކުޑަދޮރުން ބޭރުވަމުން ދިޔަ ދުންތަކުގެ ތެރޭގައި ލޯ މަރައިލައިގެން އިން މަލަކް އިނީ އެއްއަތުން ސިނގިރޭޓެއް ހިފައިގެންނެވެ. ކުޑަދޮރު މަތީގައ އިށީދެވެން އިން ތަނުގައި ދެފައި މައްޗަށް އަރުވައިގެން އިންއިރު މަލަކް ގެ ސިކުނޑީގައިވަނީ މުޅިން އެހެން ކަންތައްގަނޑެކެވެ. ލައިގެން އިން ޖިންސު ފޮތީގެ ކުރު ސޯޓުބުރިން އެ ދޮންފަޔަށް އިރުގެ ހޫނު އަލި އެޅެމުން ދިޔައެވެ. ކައިރީގައި ބޮއެފައި ހުރި ދެތިން ސިނގިރޭޓު އޮތްއިރު ސިނގިރޭޓު ފޮއްޓެއްވެސް އޮތެވެ.

“މަލަކް! ދަރިފުޅާ.” ދޮރުގައި ޓަކިޖެހުމާއިއެކު އިވުނު އަޑުން މަލަކް ފުންމައިގެން ތެދުވެ ސިނގިރޭޓު ބުރިތަށް ޓިޝޫއަކަށް ލައި ޑަސްޓްބިނަށް އަޅާލިއެވެ. އެއަށްފަހު ސިނގިރޭޓު ފޮށި އެނދުކޮޅު ހިއްލާލުމަށްފަހު އެތެރިއަށް ލިއެވެ. ކޮޓަރިތެރެއަށް އެއާ ފްރެޝްނާ ޖަހާލުމަށްފަހު ގަޔަށްށާއި އަތަށް ސެންޓު ބުރުވާލުމަށްފަހު އަނގަޔަށް ޗުވިންގަމެއް ލަމުން ދޮރު ހުޅުވަންދިޔައެވެ.

“މިހާރު އެހަރަ ބާރަ ޖެހީއެއްނުން އަދި ތިއުޅެނީ ސައި ނުބޮއެ. ބުނީމެއްނުން މިއަދު ވޮލެންޓިއަރ ވޯކް ކުރަން ދާވާހަކަ. ކޮން އިރަކުން ދަނީ؟” އާޝިޔާ ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ. ކޮޓަރި ތަރުތީބުކަމާއި އެނދު ތަންމަތި އަޅާފައި އޮތްތަން ފެނުމުން އޭނާ ހިތްހަމަޖެހުނެވެ. ” ދޭއް ޖަހާއިރަށް.” މަލަކް ދޮރުގައި ލެނގިލަމުން ބުނެލިއެވެ. “ކީއްވެ އޭސީ ނިއްވާފަ މިހިރީ؟” މިހާ ހޫނުއިރެއްގައި އޭސީ ނިއްވާލާފައި ހުރުމުން އާޝިޔާ ސުވާލުކުރިއެވެ. މަލަކް ދޭނެ ޖަވާބެއް ނޭނގިގެން ހާސްވިއެވެ. “އެއީ.. އެއީ ކުޑަދޮރު ހުޅުވަންވެގެން.” މަލަކް ހިތަށް އައި އެއްޗެއް އަވަހަށް ބުނެލިއެވެ. މަލަކް ސިނގިރޭޓު ބޯކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އޭނާގެ ޚަޔާތުގައި ފޮރުވިފައިވާ ސިއްރުވެރި ބާބުގެ ހިލަމެއްވެސް އެއިން މީހަކަށް ނުވެއެވެ. އަދި އެއީ އެނާ އެދޭ ގޮތެއްވެސް ނޫނެވެ. މިހާ ދުވަސްވަންދެން ސިއްރުކުރެވިފައިވާ އޭނާގެ އެފަރާތް އެކަކަށްވެސް އިނގުނަކަ ނުދޭނެއެވެ.

 “ދެންވެސް އާދެ ސައިބޯން. ހުކުރުން ފައިބަން ވާއިރަށް ކައްކަން ވެސް ޖެހޭނެ. އާ އަދި އިނާރާ އަންނާނެ އިރުކޮޅަކުން.” އާޝިޔާ ބުނެލިއެވެ. “އެ ކީއްކުރަން؟” މަލަކް ހިތްހަމަ ނުޖެހިފައި ހުރެ އެހިއެވެ. “އެއީ ދެން އޭނަ އެ ބޮޑު ގޭގައި ފޫހިވާނުން. އަނެއްކާ މިއުޅެނީ އޭނަކައިރިން އެއްޗެއް ކައްކަން ދަސްކުރަންވެގެން. އެހެން ނޫނަސް ދެން މިގެއަކަށްނުން އަންނަން އޮތީ.” އާޝިޔާ ބުނެލިއެވެ.

“ތި ބުނީ؟؟” މަލަކްއަށް އާޝިޔާ އެންމެ ފަހުން ބުނި ވާހަކަ ނަގައެއްނުގެނެވެނެވެ. “އެއްޗެކޭނޫން. ދެންވެސް އަވަސްކޮއްގެން އާދެ.” މިހެން ބުނެފައި އާޝިޔާ ކޮޓަރިން ނިކުމެގެން ދިއުމުން މަލަކް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާއަށް އިނާރާ އެހާ ކަމަކުނުދެއެވެ. އިނާރާގެ އެ ބުޅި އިސްތަށިގަނޑާއި ދޮންކަމަކީ މަލަކް ހަސަދަވެރިވި ކަންތަކެވެ. އޭނާއަށްވުރެ މާ ދޮންވެފައި ރީތިވުމުން އެންމެންގެ ސަމަލާކަން އޭނައަށް ދިޔުމުން މަލަކް ހުރީ ހިތްހަމަ ނުޖެހިފައެވެ. އަނެއްކާ މިހާރު އާޝިޔާ އިނާރާއާއި ހެދި އުޅޭވަރުންވެސް އޭނާ އިތުރަށް ފޫހިވިއެވެ.

ހުކުރު ޚުތުބާ ފެށިއިރުވެސް މާކިން ތިރިއަށް ނާންނާތީ އާޝިޔާ ހުރީ ހިތްހަމަނުޖެހިފައެވެ. ހުކުރަށް ދިއުމުގެ ކުރިން އަބަދުވެސް ޖޫސްބޯން ތިރިއަށް އަންނަ މީހާ މިއަދު ނައިސް ލަސްވުމުން އިނާރާއަތަށް ޖޫސްތަށި ދީފައި އޭނާ މައްޗަށް ފޮނުވިއެވެ. ލިފްޓުން ނިކުމެގެން ކައިރީގައި ހުރި ދޮރުގައި އިން ބެލްއަށް އިނާރާ ފިއްތާލިއެވެ.

ފާޚާނާއިން ނިކުމެ ފެންހިއްކަން ހުރި މާކިންއަށް ބެލްގެ އަޑުއިވުމުން އަވަސް ހިނގުމެއްގައި ބޭރަށް ނިކުމެ ބޮޑު ދޮރު ހުޅުވާލިއެވެ. އިނާރާފެނުމުން އެނާ ކުޑަކޮން ސިހުނެވެ. މާކިން ކަޅު ޖިންސެއްގައި ހުރިއިރު އެ ހަށިގަނޑު ފެން ތިކި ހަރުލަފައިހުއްޓެވެ. އެއްއަތުގައި ތުވާއްޔެއް އޮތްއިރު އެ ކުރު އިސްތަށިކޮޅުގައި ފެނުގެ އަސަރު ހުއްޓެވެ. އިނާރާ މާބޮޑަކަށް މާކިންއަކަށް ސަމާލުކަން ނުދީ ޖޫސްތަށި ދިއްކޮއްލުމުން މާކިން ހިތްހަމައެއްނުޖެހުނެވެ. އޭނާ މިގޮތަށް ހުއްޓަވެސް އިނާރާ އޭނާއާއި ދިމާއަށް ރަނަގަޅަށް ބަލައިވެސް ނުލިއެވެ.

“އާދެ އެތެރެއަށް. އަނެއްކާ ތި ޖޫސްތަށިވެސް ގަޔަށް ބަންޑުން ކޮއްލާނީ ކީއެއްނޫން.” މާކިން މިހެން ބުނުމުން އިނާރާ ހިނިތުންވެލާފައި އެތެރެއަށްވަނެވެ. ގޭގެ ފަރުނީޗަރު ހުރީ ހުސް ކަޅުކުލައިގައެވެ. ބޮޑު ސިޓިންރޫމުގެ މެދުގައި ސޯފާއެއްހުރިއިރު ފްލެޓް ޓިވީއެއްވެސް ހުއްޓެވެ. ބަދިގެ ކައިރީގައި ކުޑަމޭޒަކާއި އައިސް އަލަމަރިއެއް ހުރިއިރު ބޭރު ބެލްކަނީގައި ހެއްލާ އުނދޯއްޔެއް ހުއްޓެވެ. ބެލްކަނީގެ ދޮރުގައި ފަރުދާއެއް ނެތުމުން މެންދުރުގެ އަލި މުޅި ގޭތެރެއަށް އެޅިފައިވެއެވެ.

“މާކިން އެކަނިތަ މިތާނގައި އުޅެނީ.” ތަނުގެ ބޮޑުކަމާއި އެކު ހުސްކަން ފާހަގަވި ނަމަވެސް އިނަރާއަށް ސުވާލުކޮއްލެވުނެވެ. “ޔާ. ބަމްބީ މިގޭގައި ކީއްކުރަނީ.” މާކިން ބަމްބީއޭ ބުނުމުން އިނާރާ ކުޑަކޮން ހިތްހަމަ ނުޖެހުނެވެ. އޭނަގެ ލޯ ބޮޑުވިޔަކަސް އެހެން ކިޔައި ދިމާކުރުމަކީ އޭނާއަށް ކަމުދިޔަ ގޮތެއް ނޫނެވެ. ނަމަވެސް އެކަމާއި ހިތްހަމަ ނުޖެހުނުކަން އިނާރާ ހާމަކުރާކަށް ނޫޅޫނެވެ. “އާޝިޔާއްތަ ބުނެގެން.” އިނަރާ ގޭތެރއަށް ނަޒަރު ހިންގަމުން ބުނެލިއެވެ.

އެދެމެދުގައި ހިނދުކޮޅަކަށް ވާހަކަ ނުދެކެވި ހަމަހިމޭން ވިއެވެ. އިނާރާ ޖޫސްތަށި ދިއްކޮއްލުމުން މާކިން ގަސްތުގައި ތައްޓާއިއެކީ އިނާރާގެ އަތުގައި އަތްލިއެވެ. ނަމަވެސް އިނާރާއަށް އެއީ މާކިން ގަސްތުގައި ކުރިކަމެއް ކަމެއް ނޭގުނެވެ. މާކިންގެ މަޤްސަދު ނޭނގި އެނާ ހީލުމުން މާކިންއަށް އެކަން ނަގައި ގަނެވުނީ ލިބުނު ދަޢުވަތެއް ކަމުގައެވެ. ވާނިވެސް އެހެންތާއެވެ. އޭނާގެ ދިރިއުޅުމުގައި އެހެން ކޮއްލާ ކަންކަމަކީވެސް އިޝާރާތެއް ގޮތުގައި ނަގައިގަނެވޭ ކަންތައްތަކެވެ.

ދުވަސްތަށް ފާއިތު ވަމުންދިޔައިރު އިނާރާ އެގޭގައި ހޭދަކުރާ ވަގުތުތަށް ދިޔައީ ގިނަވަމުންނެވެ. ހަމަ އެއާއި އެކު މާކިން އާއި އޮތް ބީރައްޓެހިކަމުގެ ފަރުދާކެހި ރަހުމަތްތެރިންނަށް ވެއްޖެއެވެ. ނަމަވެސް މިކަމާއި ހިތްހަމަ ނުޖެހިފައިހުރި ހަމައެކިނި މީހަކީ މަލަކްއެވެ. އޭނާ އިނާރާއަށް ކުރާ ނަފްރަތު ދުވަހަކަށްފަހު ދުވަހެއް ދިޔައީ އިތުރު ވަމުންނެވެ. މިހާރު އިނާރާ އޭނާގެ ވަޒީފާއަށް ނުކުއިންތާ މަހެއްހައި ވަރު ވީއިރު އެތަނުގެ ގިނަ މީހުންނަށް އިނާރާގެ އުޅުމާއި އަޚުލާޤު ކަމުދިޔައިރު ގިނަބަޔަކަށް އޭނާ ވަނީ މަޤުބޫލުވެފައެވެ. ކޮންމެ ދުވަހަކުވެސް އޮފީސް ނިމުމުން އޭނާ ބަލާއަންނަނީ މާކިންއެވެ. އެއީ ނާޒިމްގެ އެދުމުގެ ގޮތުންކަމުން އެކަމަށް ދެކޮޅު ހެދުމެއްނެތި މާކިން އޭނާގެ މަޤްސަދު ކާމިޔާބު ކުރުމައްޓަކައި އިތުރު ފިޔަވަޅެއް ކުރިއަށްއެޅިއެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއްނެތި މާކިންއަށް އިތުބާރު ކުރެވުނީ އިނާރާއަށްށެވެ.

ޖޫންމަހުގެ ވިއްސާރާގައި މުޅި ރާއްޖެއަށް ބޯކޮން ވިއްސާރަކުރަމުން ދިޔައިރު މާލެއަށް ހެނދުނު ވެހެންފެށި ވާރޭ މެންދުރު ވީއިރުވެސް ހުއްޓުމަކަށް ނާދެއެވެ. ކަޅު ބޯވިލާތަކުން ޖައްވު ފޮރުވިފައިވާއިރު މާހައުލު ވަނީ އަނދިރިވެފައެވެ. އާދައިގެ މަތިން މާކިން އޭނާގެ ކާރުގައި އިނާރާ ބަލައި އައެވެ. ކާރު ދުއްވަމުންދިޔައިރު ކާރުގެ އޭސީގެ ފިނިކަމުން އިނާރާ މަޑުމަޑުން ތުރުތުރު އަޅަންފެށިއެވެ. “ހީކަރުވަނީ ދޯ. ހިނގާ އަހަރެންގެ އޮފީހަށްގޮސް ކޮފީއެއްބޯލަން” މާކިން އުއްމީދުން ފުރިގެންވާ ރާގަކަށް ބުނެލިއެވެ. އިނާރާވެސް ހީކަރުވައިގެންފައި ހުރިލެއް ބޮޑުކަމުން ދިއުމަށް އެއްބަސްވިއެވެ.

މާކިންގެ ކެބިންހުންނަ ބަޔަށް ދެވުމުން ގިނަ ބަޔަކު އެ ދެމީހުންނަށް ބަލަންފެށިއެވެ. އެހެން ނޫނިއްޔާ ނުފެންނަ ކުއްޖަކު މާކިންގެ އާއިއެކީ އެ އޮފީހަށް އައުމުން އެންމެގެވެސް ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ދެ މީހުން މަޑު ހިނގުމެއްގައިގޮސް މާކިންގެ ކެބިންއަށް ވަނެވެ. އަދި ވެދެވުމާއިއެކީ މާކިން މަޑުން ދޮރު ތަޅުލިއެވެ.

ކުރިމަތީގައި ހުރި ބޮޑު މޭޒު ކައިރީގައި ދެއަތް ބާއްވާލައިގެން ބޭރު ބަލަންހުރި އިނާރާ ލައިގެން ހުރި ރަތް ގަމީހުގެ ބައެއްވަނީ ތެމިފައެވެ. ކަކުލާއި ހަމައަށްއަރައި ޕެންސިލް ސްކާޓްގެ ސަބަބުން އޭނާގެ ދޮންފައި ހާމައަށް އޮތްއިރު އަރައިގެން ހުރި އުސް ފައިވާނުން އޭނާގެ ރީތިކަން އިންތިހާއެވެ. އިނާރާއާއި ދިމާއަށް ބަލަންހުރި މާކިންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. މާކިން ގޮސް ކޮފީ ހަދައި މެޝިން ކައިރީގައި ހުއްޓުމަށްފަހު ކޮފީ ހަދަންފެށިއެވެ. “މިލްކް އަޅާތަ؟” މާކިންގެ ސުވާލަށް އިނާރާ ބޯޖަހާލިއެވެ. ދެ ކޮފީތަށި ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓުމަށްފަހު މާކިން އިނާރާ ކައިރީގައި މަޑުކޮއްލިއެވެ.

“ތޭންކްސް.” އިނާރާ ކޮފީތަށިނަގައިގެން ބޮމުން ދިޔައިރު މާކިންގެ ތޫނު ދެލޯވަނީ އެ ނާޒުކު މޫނަށް ހުއްޓިފައެވެ. ތެމިފައިހުރި އިސްތަށިތަށް އެ މޫނަށް އެޅިފައިވުމުން ރަނގަޅު ކޮއްލުމައްޓަކައި މާކިން އެ ދޮން މޫނުގައި އަތް ބީއްސާލުމުން އިނާރާ ސިހުނެވެ. މާކިންގެ އެ ބީހުލުމުން އިނާރާ ހިތްހަމަ ނުޖެހުނެވެ. އިނާރާއަށް މާކިން ކަމުދިޔަކަމުގައިވިޔަސް އެ ހިތުގައި ލޯބިއޭ މިކިޔާ ލަފްޒުގެ އެއްވެސް އަސަރެއްނުވެއެވެ. އޭނާ އަދި މާކިންއާއި ދޭތެރޭ ދެކެނީ ހަމައެކަނި ގާތް ރަޚުމަތްތެރިއެއްގެ ގޮތުގައެވެ. އެހެންކަމުން ދުރަށްޖެހިލަން އުޅުމުގެ ތެރޭގައި މާކިންގެ ގަމީހަށް ކޮފީފޮދެއް އެޅުމުން އިނާރާ އަވަހަށް ޓިޝޫއެއްނަގައި ފެންކޮޅެއް ހާކާލުމަށްފަހު ގަމީސް ފޮހެން ފެށިއެވެ. އޭނާ މިއަމަލު ކުރީކީ ކޮންމެހެން ހިތުގައި ނުބައި ނިޔަތެއް ބާއްވައިގެންނެއް ނޫނެވެ. ނަމަވެސް އިނަރާގެ މި ހަރަކާތުން މާކިންއަށް އެހެން މާނައެއްނެގި އޭނާގެ ހަރަކާތްތަށް ބަދަލުކޮއްލިއެވެ.

ނުވިސްނާއި ހުރި އިނާރާއަށް މާކިން ކުރިކަމަކުން ނޭވާ ހޮޅިތެރޭގައި ތާށިވިކަހަލައެވެ. ދުރަށްދާން މާކިންގެ މޭމަތީގައި އަތްއަޅާ ކޮއްޕާލަން  މަސައްކަތް ކުރިއެވެ. މާކިންގެ އަމަލުތަކުން އިނާރާ ހާސްވަމުން ދިޔައިރު މާކިން އުޅުނީ ގަދަބާރުންނެވެ. ނަމަވެސް އިނާރާ މިކަމާއި ނުރުހޭ ކަމެއް އަދިވެސް މާކިންއަކަށް ރޭކާއެއް ނުލައެވެ. ކުއްލިއަކަށް އިނާރާ މާކިން ކޮއްޕާލުމަށްފަހު ބާރު ހިނގުމެއްގައި ދަބަސް ހިފައިގެން ކެބިންއިން ނިކުމެގެން ދިޔުމުން މާކިންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.

“އިނާރާ މަޑުކޮއްބަލަ.” މާކިން ގޮސް ފަހަތުން އިނާރާގެ އަތުގައި ހިފައި އަނބުރާލަމުން ބުންޏެވެ. އޭރު އެމީހުން ތިބީ ކެބިންއިން ބޭރުގައި އެންމެންގެ ކުރިމަތީގައެވެ. ހަމަ އެ ސިކުންތުގައި މާކިންގެ ކޮލަށް ހޫނުއެތިފަހަރެއް އަރައިގެން ދިޔައެވެ. މޫނުމަތިން ނަގައިގެން ދިޔަ ދިލައިން ބޭއިޚްތިޔާރުގައި މާކިންއަށް އޭނާގެ ކޮލުގައި އަތްލެވުނެވެ.

“އަތް ނުލާތި އަހަރެންގެ ގައިގަ.” އިނާރާއަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. މި ތިބެވުނީކީ އެންމެންގެ ކުރިމަތީގައި ކަމެއްވެސް އޭނާގެ ވިސްނުމަކަށްނައެވެ. އެއަށް ވުރެން ބޮޑަށް އޭނާ ހުރީ ރުޅިއައިސް ހާސްވެފައެވެ. އެ ދެލޯ ކަރުނުން ފުސްވިއިރު އޭނާއަށް ވަނުވާވެސް ނޭގެއެވެ. އިނާރާ އެންމެ ހިނދުކޮޅަކަށްވެސް އެތަނުގައި މަޑުނުކޮށް އެދިޔަގޮތަށްގޮސް ނިކުމެގެން ދިޔައެވެ. އޭނާއަށް ކުރެވުނު ކަންތަކުން މި ކުޅެވުނީކީ އަލިފާނާއި ކަމެއް ނޭނގުނެވެ.

މާކިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާ ހީކުރީ އިނާރާވެސް ބޭނުންވީ އެގޮތްކަމަށްށެވެ. އޭނާގެ އަމަލުތަށް ހުރި ގޮތުން މާކިންއަށް ނުބައި މާނައެއްނެގުނީ ކަމެއްވެސް ވިސްނައެއްނުގަނެވުނެވެ. އޭނައަށް އިނގުނުހާވެސް އެއްޗަކީ އޭނާގެ އަމިއްލަ އޮފީހުގައި އެ އެންމެންގެ ތެރޭގައި އޭނާ ފަޞީހަތްވެގެން ދިޔަކަމެވެ. އޭރު ތަނުގައި ތިބިއެންމެންވެސް ތިބީ ފެނިގެން ދިޔަ މަންޒަރުން ސިހި މާކިންއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މާކިން ލަދުން މަރުނުވީ ކިރިޔާއެވެ. ” ކޯއްޗެއް ތި ބަލާނީ! އަމިއްލަ މަސައްކަތް ކުރަން ދާންވީ!” މާކިން އަޑުގެ ކޮޅަށް ހަޅޭލަވައި ގަތުމަށްފަހު ކެބިންއަށްވަދެ ދޮރިޖެހި އަޑު ގުގުމައިގެން ދިޔައެވެ.

މޭޒުކައިރީގައި ހުއްޓެލިއރު މާކިން ވަނީ ރުޅިއައިސް ރަތްވެފައެވެ. ދެއަތުން މޭޒުގައި ޖަހާލަމުން ދަތްކުނޑި ވިކާލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ މޭޒުމަތީގައި ހުރި އިނާރާ ބޮއެފައިހުރި ކޮފީތައްޓަށްށެވެ. އޭނާ އެ ކޮފީތަށިނަގައި ތަށީގެ ތުމުގައި ހޭކިފައިހުރި ލިޕްސްޓިކްގެ ނިޝާނުގައި އިނގިލި ހާކާލުމާއިއެކީ އެ ރަތްކުލަ ތަށީގައި ފޭދުނެވެ. އޭރު މާކިންގެ ތުންފަތަށް ވެރިވެފައިވަނީ ވިހަ ހިނިތުންވުމެކެވެ. މާކިން ބަލަން ނުހުރެ އެ ތަށި އަތުގެ ކޮޅަށް ހޫރާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

އިޙްސާސް

Next

ރަހީނު.. 05 ވަނަ ބައި…

Next
June 25, 2015

ރަހީނު.. 05 ވަނަ ބައި…

Previews
June 24, 2015

އިޙްސާސް

15 Comments!

  1. Tigrious says:
    June 25, 2015 at 12:26 am

    Yayyy … I Am The First To Comment … Keeo Updating … Varah Rythi …

  2. Crazi says:
    June 25, 2015 at 2:20 am

    Vrh shalhi keep it up..hama kuri ah gendhwy..but maa las vanee up date kure veyle

  3. butterfly says:
    June 25, 2015 at 3:10 am

    V nice keep it up

  4. Story reader says:
    June 25, 2015 at 8:16 am

    Reehcheh noon… ehvex reehcheh noon…
    Kobaa ma buni heneh noon tha mivanee…. Rulhi ayays jeheyne emeehegge reethi kan sifa kuran… fen nuvaraa huttas gain dhuvaanee meeru vas…. girl eh viyyaa bodu dheloa….. boy eh viyyaa fulhaa baa mahchaa, 6 foot ge iskolhaa… dimple aa…..

  5. naxaa says:
    June 25, 2015 at 10:41 am

    vaahaka vara reeethi

  6. nihaa says:
    June 25, 2015 at 11:01 am

    Nice…

  7. naj says:
    June 25, 2015 at 12:05 pm

    Story reader adhimkiriyaa enun mi vaahaka fetey ves…so don’t write negative comments…..this story hama v v v nice

  8. princess says:
    June 25, 2015 at 2:30 pm

    Nice beginning

  9. Meesh says:
    June 25, 2015 at 7:21 pm

    V reethi vaahaka kuriyah dha goy… foohi vaa kudhin keekuran comment kuranee..

  10. Nabhaan says:
    June 25, 2015 at 8:43 pm

    Vrh salhi vahaka….nxt part ah avahah up kohdhehchey…yaa i agree wth meesh foohi vanya commnt kuraane kameh nethennu nd vahaka kiyan v vx kikuran…dhw meesh

  11. finni says:
    June 25, 2015 at 8:52 pm

    Vvvvv nice

  12. my says:
    June 27, 2015 at 11:17 pm

    thasheega thunbeh nuhunnaanenu… vahaka v reethi

  13. HabeyzZ says:
    September 15, 2015 at 1:49 pm

    Ssalhi ehh ? ?

  14. shau says:
    May 27, 2017 at 9:49 am

    Dhaaa reehcheh nuuuun. V foohi. I hope next time it will b
    ?

  15. Hanaan says:
    December 24, 2018 at 9:45 am

    Story v reethi. And to those who are saying this story is boring, Not every story has the same story line. Every story is different. There are other stories too which you are free to read. Konmehen negative comment dhen liyaane kamehves nethennu

Comments are closed.

Next Episodeހިތް ވިންދާނުލައި.. (3)←


All Right Reserved!