Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާ

އޭލިޔަން ސިލްސިލާ – ދެވަނަ ވާހަކަ – (04) – (މޮޑިފައިޑް)

Aashii
Aashii Level 310 Stories100 Login
January 18, 2021 2 Mins Read
0 Comments

ދޮރުގައި ތަކިޖަހާ މީހެއް ހުއްޓުމެއް ނެތި ޓަކިޖަހާތީ ޝިޒުނީގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އަވަސް އަވަހަށް އެއްޗިހި އަޅަން ހުރި ފޮށީގެ މަތި ޖަހާފައި ދޮރު ހުޅުވަން ޝިޒުނީ ދިޔައެވެ. ހުޅުވާލިއިރު ދޮރު ކުރިމަތީގައި ހުރީ މާލެއިން އޭނައަށް ލިބުނު އެކުވެރިއެކެވެ. ނަމަކީ މާލީންއެވެ.

“ހެއި މާލް! ވަޓްސ ދަ މެޓަރ؟ ..” ޝިޒުނީ ވަރަށް ހަމަޖެހި ލާފައި ސުވާލުކޮށްލީ އާދައިގެ މަތިންވެސް އިނގިރޭސި ބަހުންނެވެ. “ނަތިންގ .. ޖަސްޓް ކޭމް ޓު ގިވްޔޫ އަ ގްރޭޓް ނިއުސް ..” ..” މާލީން އުފާވެފައި ހުރިކަން މޫނުމަތިން ވެސް އަންގައިދިނެވެ. “ސޯ! ވަޓްސް ދި ގްރޭޓް ނިއުސް ޔޫއާރ ޓެލިންގ އެބައުޓް؟ ..” ޝިޒުނީ ދޮރުގައި ލެގިލިއެވެ. “ޝިޒް! ޔޫއަރ ނޮޓް ގޮއިންގ ޓު ބިލީވް ދިސް! ބަލް ހުރީ ރަށުގައޭ ..” މާލީން ދިނީ ޝިޒުނީ އުންމީދުވެސް ނުކުރާ ފަދަ ހަބަރެކެވެ.

*************

ރަށުގެ ބޮޑު ހޮސްޕިޓަލުން ބޮލުގައި ބޭސްއަޅައިގެން މައިނާއާއި މަންޝާ މިސްރާބުޖެހީ މަންޝާގެ ގެއަށެވެ. ގެއަށްވަދެ އެންމެ ފުރަތަމަ ވެސް މަންޝާ ބަލްގިސްއޭ ކިޔާފައި ބާރަށް ގޮވާލިއެވެ. އެއަޑު ގޭތެރޭގައި ގުގުމައިގަތެވެ. މައިނާ ހައިރާންވެފައި މަންޝާ އަށް ބަލައިލިއެވެ. އެއަށްފަހު ގޭތެރެއަށް ބަލައިލުމާއިއެކު މައިނާގެ އަނގަ ހުޅުވައިލެވޭ ވަރުވިއެވެ.

ގޭތެރެއިން ނުކުމެގެން އެއަންނަނީ ހަމުގެ ކުލަ ކަޅު ކުއްޖެކެވެ. މުށި ކުލައިގެ އިސްތަށި ގަނޑަކާއިއެކު ކަލުކުލައިގެ ރީތި ކަޅިއެއްގެ ވެރި ކުއްޖެކެވެ. ހެއްވަރުގެ އިސްކޮޅަކާއިއެކު ހިމަތޮޅި ކުއްޖެކެވެ. ބަލާލަން ވަރަށް ރީއްޗެވެ. މިއީ ކޮންތާކުން މަންޝާ ހޯދި ކުއްޖެއް ބާއޭ މަންޒަރު ބަލަން ހުރި މައިނާގެ ހިތަށް އެރިއެވެ.

” ކަމޯން މަން! މިއީ ކޮންކުއްޖެއް؟ ..” މައިނާ އަކަށް ނުހުރެވުނެވެ. އަވަހަށް އެކުއްޖާގެ ގާތަށް ދިޔައެވެ. “ތިއީ ބަލްގިސް .. ޝިޒްގެ ކޮއްކޮއެއް! ..” މަންޝާ ޖަވާބުދިނެވެ.  “ދެން ކީއްވެ އަހަންނަށް ނުފެންނަންވީ؟ ..” މި އެކުވެރިކަމަށް އެތަކެއް އަހަރެއް ވެފައިވީ އިރުވެސް ޝިޒުނީ މި ބަލްގިސްއެއްގެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެހެން ބުނެލާފައި އޭނަ ސަލާމަށް އަތް ދިއްކޮށްލިއެވެ.

ބަލްގިސް ވެސް އިތުރަށް މަޑުނުކޮށް މައިނާ ދިއްކޮށްލި އަތުގައި ހިއްޕެވެ. ސަލާމް ކޮށްލަމުން ސޯފަގައި އިށީންނަން އެދުނެވެ. ވަރަށްވެސް ހިތްހެޔޮ ކުއްޖެކަން އަޑުން ވެސް މައިނާއަށް ފާޅު ވިއެވެ.

“އިނާ އަށް ނުފެނުނީ ބަލް މިހުރިހާ ދުވަހު ކެނެޑާގައި އުޅުނީމަ .. ޝިޒްއަށް ލިބޭނެ އެންމެ ބޮޑު ސަޕްރައިޒަކީ ބަލް! އެހެންވެ ބަލްއަށް ކޯލް ކޮށްގެން އެހީ ބަލްގާތުގަ އައިސް ދެވިދާނެހޭ؟ ބަލް ބުނީ ވަރަށް އަންނަ ހިއްވެފަޔޯ މިހިރީ .. ބަލްގެ ބޮޑު ދައިތަގެ ހުއްދަ ހޯދައިގެން، އަހަރެންގެ މަންމަ ގާތުގަ ބުނެގެން މަންމަ އޯކޭ ވީމަ ޓިކެޓް ނަގައިގެން ބަލް މިރަށަށް ގެނައީ ..” މަންޝާ ވީގޮތް ކިޔައިދިނެވެ.

މައިނާ އަޖާއިބުވީ މިހުރިހާ ކަމެއް ހިނގި އިރުވެސް އެނައަށް އޭގެން އެއްވެސް ކަމެއް ނޭނގުނިތީއެވެ.

” އަހަރެން ގާތުގަ ނުބުނީ ކީއްވެ؟ ރިމެމްބަރ! ވީއަރ ބެސްޓް ފްރެންޑްސ ..” މައިނާ ސަމާސާ ކޮށްލިއެވެ.

“އައިނޯ ދެޓް ވީ އަރ ބެސްޓް ފްރެންޑްސ … ބަޓް އައިތޯޓް ދެޓް އައިކުޑް ސަޕްރައިޒް ޔޫ ގައިސް ވިތް ފިއަރ ..” މަންޝާ ހިތްހެޔޮ ކަމާއިއެކު ބަލްގިސްއަށް ބަލައިލިއެވެ. ބަލްގިސްއަށް މަންޝާ އޭނައާއި ދިމާލަށް ބަލާކަން އެނގުމުން މަންޝާއަށް ބަލްގިސް އޭނަގެ ނަޒަރު ވަކިކޮށްލިއެވެ. އެވަގުތު ބަލްގިސްގެ ލޮލުގައި މަންޝާގެ ބޮލުގައި އަޅާފައި އޮތް ބޮޑު ބޭސްގަނޑު އަޅައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ސައިރެން – 06

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (3)

Next
January 18, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (3)

Previews
January 18, 2021

ސައިރެން – 06



All Right Reserved!