Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 19

Aashii
Aashii Level 210 Stories100 Login
January 20, 2021 2 Mins Read
0 Comments

“ނޭނގޭތަ؟ އެމީހުންވީ ތަނެއް؟ ..” އިރުގަނޑެއް ވީއިރުވެސް ހޯދާ ހޯދައި ނުފެނުމުން ސާމިއު އަހާލިއެވެ. “އާން! އަދި މަގޭ ގާތުގައި އެބަ އަހައޭ … މަށަށް ކިހިނެތް އެނގެނީ އެމީހުންވީ ތަނެއް؟ މަމީ އަދި ސައިންޓިސްޓެއް ނޫންވިއްޔަ! ..” މިހާދު ޖެއްސުމުގެ ރާގަށް ބުނެލިއެވެ.

ސާމިއު އޭނަގެ ފުރަގަހަށް ބަލައިލީ މިހާދު އެހެން ބުނެލިއިރު އަޑުފަތްގަޑެއް އިވުނީތީއެވެ. “އެއީ ކޮންއަޑެއް؟ ..” މިހާދު އެއްސެވެ. “މަމީ ސައިންޓިސްޓެއް ނޫނޭ ކިތައް ފަހަރު ބުނަންވީ؟ މަށަކަށް ނޭނގެއޭ އެއަޑެއް! ސާމި މޮޅުވިއްޔާ ހޯދަބަލަ އަވަހަށް! ..”.

މިހާދު އަދިވެސް ސަމާސާ ދުނިޔެއިން ނުނިކުމެއެވެ.*

“ދެން މިހާ! މިހާދަށް ނޭނގެނީތަ އެމީހުންނަށް ކަމެއްވީމަ އަހަރެމެން ކުރަންޖެހޭ ކަންތައް؟ އަހަރެމެންނޭ އޭގެ ޒިންމާ ނަގަންޖެހެނީ! ސަމާސާ ކުރިޔަކަސް ތިވަރުވާކަށް ނުޖެހޭ! …” ނުރުހިފައި އެހެނަސް އެކަން ނުދައްކާ، މިހާދަށް ވިސްނައިދެވޭތޯ ސާމިއު މަސައްކަތް ކުރިއެވެ. އޭނަ ބުނެގެން މިހާދު އެތަނަށް އައުމުން މާނަޔަކީ އޭނަގެ މަސައްކަތަށް ހުރަސްއެޅޭ ކަންތައްތައް ކުރުމެއް ނޫނެވެ. އޭނައަށް އެހީވެ  ކުރިއަޅާ ފަޅަމުން އައި މަގު ތަނަވަސް ކޮށްދިނުމެވެ.

“އެނގެޔޭ ސާމިއު .. ވަރިހަމަ ދެން! ނިމުނީ މިބަހުސް! އާދޭ ދާން! ..” މިހާދު ބުނެލީ ސާމިއުގެ ގާތަށް މަޑުކޮށްލަމުންނެވެ. “ވެދާނެ ފަހަރެއްގަ އަލަމްމެން ކަމަށްވެސް! ހިނގާ ބަލައިލަމާ! ..” ސާމިއުއަށް ދުއްވައިގަނެވުނީ ކޮންބާރެއް ލިބިގެން ކަމެއް ނޭނގުނެވެ.

މިހާދު އެއްބައިވުމުން އުފާވީ ވަރަކަށްނޫނެވެ. މިހާދުވެސް ދުއްވައިގަތީ ސާމިއުގެ ފަހަތުންނެވެ. އެ އަޑަކީ މީހެއްގެ ‘އާހް’ ތަކެކެވެ. އެއާހްތައް ހަމްދީބެމެން ލައްވަންޖެހެނީ ކީއްވެގެން ކަމެއް، މިހާދުގެ ޝައްކާއި ވަހުމުން ފުރިގެންވީ ހިތަކަށް ނުވިސްނުނެވެ. ފަހަރެއްގައި ކަމެއް ވީކަމަށްވެސް ވެދާނެއެއް ނޫންހެއްޔެވެ؟

“އޭތް! ..” ދޮރެއްގެ ކުރިމަތީގައި ހުއްޓެވުނު ތަނާހެން ސާމިއުގެ ލޮލުގައި އަލަމްމެން އަޅައިގަތެވެ. އެމީހުންވެސް ތިބީ ސާމިއު ފަދައިން ވެއްޔާއި ތެޅިތެޅި ކިލާ އުނގުޅިފައެވެ. ނަމަވެސް ތަފާތަކީ އެމީހުން ކުރަންހުރި މަސައްކަތާއި ސާމިއުމެން އުޅުނު ގޮތަށް އަނެއް ދެމީހުން ހޯދަން މަސައްކަތް ނުކުރުމެވެ.

“ކިހިނެތްވީ؟ ..” މިހާދަށް އައްސެވެ. ދޮރު ކުރިމަތީގައި ހުއްޓިލި ތަނާއިހެން މިހާދަށް ވެސް ‘އޭތް’ އޭ ބުނެލެވުނެވެ.” އެމީހުންއެ ކީއްކުރަނީ؟ ބިޔަ މީހާގަނޑަކަށް ފަރުވާދެނީ ޔޯލަ! “. މިހާދުގެ ސީރިޔަސްކަން މުޅިން ކެނޑުނެވެ.

މަޖާވެލާފައި ބުނެލިއިރު ދެވަނަ ސިކުންތުގައި ހުރީ އެނދުގެ ފަޑީގައި ބޯއަޅާލައިގެން އޮތް ބިޔަ މީހާގަނޑުގެ ކައިރީގައެވެ. ހަމްދީބެއަށް މިތަން ފެނުމުން މިހާދަށް ގޮވައިލިއެވެ. އަލަމްވެސް އެތަން ބަލައިލީ އެވަގުތުއެވެ. ” އަލޫ އަލު ރަނގަޅުތަ؟ އެއްވެސް ތަނަކަށް އަނިޔާއެއް ވެފައިތަ؟ މިއީ ކާކުތަ؟ ..” ސާމިއުއަށް ދުވެފައި ދެވުނެވެ.

‘އާން! އަހަރެން ރަނގަޅު!  ސާމީ ކިހިނެތް؟ ރަނގަޅުދޯ؟ ..” އަލަމްގެ ހިތަށްވެސް ކުޑަކުޑަ އުފަލެއް ލިއްބައިދިނެވެ. މުޅިންހެން، އޭނަގެ ހާސްވެފައިވި ހިތަށް ހިތްހަމަޖެހުމެއް ނުލިބުނަކަސް ކުޑަކުޑަ މިންވަރަކީވެސް ބޮޑު ތަންކޮޅެއް ކަމަށް އޭނަ ދެކެއެވެ.

“ކީއްވެ އަހަރެން ރަނގަޅު ނުވާންވީ؟ .. އަމިއްލަ މީހާގަނޑަށް ފުރަތަމަ ބަލައިގެން އުޅެބަލަ! ކިލާގަނޑަކާއި އެއްވަރެއް ވިއްޔަ! ..” ސާމިއު ބުނެލިއެވެ. އޭނަވެސް ސިކުންތު ކޮޅަކަށް މަޖާވިއެވެ. އަލަމްއާއި މިހާދުގެ ސަބަބުން އޭނަގެ މިޝަން ފުރިހަމަވީއެވެ. ދެން އޮތީ އަލަމަށް ޖެހިފައިވާ މުސީބާތް ރަނގަޅު ކުރާށެވެ.

“އޯކޭ ސާމީ .. މިއުޅެނީ ބޮޑު ކަންތައްގަނޑެއް ކުރިމަތި ވެގެން! މިއީ ކުރީގެ ކުރީގެ ޖިންނީންގެ ރަސްގެފާނު! މި ރަސްގެފާނުގެ ނަމަކީ ނަމްރަން! މީތި މަރުވެއްޖެއްޔާ ޖިންނީންގެ މުސީބާތް ބޯމަތިވާނެ! ..” އަލަމްގެ ނޭވާވަނީ ކުރުވެފައެވެ. “ކީކޭ؟؟ ނަމްރަންއޭ؟؟ މިއީތަ އޭތި؟.. ކިހިނެއް މިތަނަށް އޭތި އައީ؟؟ ..” ސާމިއުގެ ހިތަށް ގޮތެއްވެލިއެވެ.

” އާން! މިއީ އޭތި! މިތަނަށް ނަމްރަން ގެނައީ ފަލްކަން! އޭތި ނަމްރަންގެ ބަރުތައް އަތުލައި ބާރުތައް އޭނަ އަމިއްލައަށް ބޭނުންކުރީ! އޭގެ މާނައަކީ ޖިންނިންނަށް އަދި ނޭނގެއޭ ފަލްކަންގެ މަރު! އޭއްޗިއްސަށް އެނގިއްޖެއްޔާ ލާހިކައެއް ނޫން އަހަރެމެންނާއި ދިމާ ކުރަން ނާންނަން! އެހެންވެ ފުރަތަމަ ނަމްރަން ރަނގަޅުކުރަން ޖެހެނީ! އެއީ ނަމްރަންއަށް މިހާރު، އެޖިންނިތަކުގެ ސިކުނޑި ބަދަލުކުރުމުގެ ބާރު، ލިބިފައިވާތީ!”.

އަލަމަށް ނުކިޔައިދެވުމުން ހަމްދީބެއަށް ޖެހުނީ ކިޔައިދޭށެވެ. އޭނަގެ ހިތްވެސްވީ ދެރަވެފައެވެ. ފުރަތަމަކޮޅު މިރަށް ސަލާމަތް ކޮށްދެވުނީކަމަށް ހީކުރެވުނަސް ފަހުން މިލިބުނީ އަންދާޒާވެސް ނުކުރެވުނު ބޮޑު ދެރައެކެވެ. އެކަމަކު މިރަށު މީހުން އޭނަ ބަލައިނުގަތަސް، އޭނަ މިރަށުމީހުން ސަލާމަތް ކޮށްދޭން ކޮންމެކަމެއް ވެސް ކޮށްދޭނެއެވެ.

“އެހެންވީމަ ކިހިނެއް މިކަން ހުއްޓުވާނީ؟ ..”

 

Share Article

Aashii
Follow Me Written By

Aashii

Level 210 Stories100 Login

:))

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (3)

Next

ސައިރެން – 07

Next
January 20, 2021

ސައިރެން – 07

Previews
January 18, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (3)


All Right Reserved!