Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 18

Aashii
Aashii Level 310 Stories100 Login
January 18, 2021 2 Mins Read
0 Comments

ހައިރާނެވެ. “ކީކޭ؟ ފުރޭތައާއި ކުރިމަތިލާށޭ؟ ..”އަލަމަކަށް ނުވިސްނުނެވެ.

“ސާމިއު އާއި އެކީގައޭ؟ ކޮންއިރަކު؟ ..” މިހާދަށް އަހައިލެވުނެވެ.

” އަޅޭ! ދެން ހަވާލުވެސް ނުވާނެއޭ! ކަލޭމެން ދެމީހުންނެއް ނޫންތަ އަހަންނާއި އެކީ ދުވެފައި އައީ؟ މިއީ ކޮންތަނެއްތަ؟ ..” ސާމިއު ބުނެލިއެވެ. ވަގުތުން ހަމްދީބޭ ޖަވާބުދިނެވެ. ހަމްދީބޭއަށް ސާމިއުއަށް ވެފައިވަނީ ކިހިނެތްކަން ނަގައިގަނެވުމުން ވީގޮތް ކިޔައިދިނެވެ.

މިހާދާއި އަލަމަށް ރުޅިމޫނު ހަދައިލެވުނެވެ. ” އެދޭތި ޖެހެނީ މަގޭ ސިފައަށް ވާންތަ؟ ” ދެމީހްނަށްވެސް ބުނެވުނީ އެއްފަހަރަކު ކަހަލަ ގޮތަކަށެވެ. ސާމިއު ހީނގަތެވެ.

“މިއީ ކޮންތަނެއް؟ މިތަން ބަލާލަން ހިނގާ!” މިހާދު ހިޔާލެއްދިނެވެ. “ނުބައެއް ނޫން! ..” ހަމްދީބޭ އެތެރެއަށް ދާންއޮތް ހަނިމަގުން ހިނގަމުން ދިޔައެވެ. ” އާން! ވަރަށް ރަނގަޅު!” އަލަމް ލާނެތްގޮތަކަށް ހީލިއެވެ. ސާމިއުއަށް އަލަމްގެ މިސިފަ އަދި މިފެނުނީ އަލަށެވެ.

“އޭތް އަލޫއަށް ކޮން އެއްޗެއް އަވަލައިގެން އުޅޭ ދުވަހެއް؟ ..” ހިތާހިތުން ސާމިއު އަހާލިއެވެ. “ކޮއްކޮމެންނޭ .. މިތަނުގައި އެއްވެސް ނުބައެއް ނެތް! ހިނގާ އަބުރައި ދާން! ..” އިރުގަނޑެއްފަހުން ހިނގަމުން ދިޔަ ހަމްދިބޭ ކުއްލިޔަކަށް ހުއްޓުނީ ކީއްވެގެން ކަމެއް ނޭނގެއެވެ މިހާދާއި އަލަމް އަދި ސާމިއުއަށް ތަފާތު ކަމެއް ފާހަގަވިއެވެ.

“ބޭބޭ! ކުއްލިޔަކަށް ހުއްޓުނީޔޯ؟ “..” މިހާދު އެއްސެވެ. “ތެދެއް! ބިރެއް ފެނުނީތަ؟ ..” ސުވާލު ކުރީ ސާމިއުއެވެ. އަލަމް އެއްވެސް އެއްޗެކޭ ނުބުނެ ކުރިޔަށް ހިނގައިގަތެވެ. ” ނޫން! ބިރެއް ނޫން! އެކަމަކު ވަހުމެއް؟؟ ..” ހަމްދީބޭގެ ބަދަލުގައި ޖަވާބުދިން އަލަމަށް ސާމިއު ބަލައިލިއިރު އޭނަ ތަންކޮޅެއް ދުރުގައި ދެއަތް އުރައިލައިގެން ހުއްޓެވެ.

” އަލަމް! ކިހިނެތްވީ؟؟” ސާމިއުއަށް އަހައިލެވުނެވެ. ހަމްދީބޭއާއި މިހާދުވެސް އެދިމާއަށް ބަލައިލިއެވެ. “ކޮން ވަހުމެއް؟ އެއްޗެއް ފެނުނީތަ؟ …” ހަމްދީބޭ ހިތްއަވަސްވެފައި  އެދިމާލަށް ދާން ފިޔަވަޅެއް ނެގިއެވެ. “އަޅޭ! މިމުސީބާތުން ސަލާމަތްކޮށްދެއްވާށި ..” އަލަމް ބާރުބާރަށް ހަޅޭއްލަވައިގަތެވެ.

އެއާއިއެކު ކިއްލާއަށް ގުޑުން އަރައިގެން ދިޔައެވެ. ބޮޑުފަރުދާއެއް ކަހަލަ އެއްޗެއް ފޭވުމަށްފަހު ފެންނަން އޮތީކުރީގެ ޖިންނި ރަސްކަލުން ކަމަށްވެސް ވެދާނެއެވެ.

ސާމިއު ހާސްވެފައި ދުއްވައިގަތީ އަލަމްގެ ފަހަތުންނެވެ. އޭރު  ބޮޑު ކޮޓަރިގަނޑެއްގެ ފަރުދާއިން އަލަމް ނިވާވަނީއެވެ. މިހާދުވެސް ދުއްވައިގަތްއިރު ހަމްދީބޭގެ މަތިން ހަނދާނެއްވެސް ނެތް ފަދައެވެ. މިފަދަ ވަގުތެއްގައި ހަމްދީބޭގެ ހިތަށްއަރާނެ ލޮޅުންވެސް ބަޔާންކުރަން ވެސް ދައްޗެވެ. އެފަކީރު، ނިކަމެތި އަސާގަނޑު ހިފައިގެން ގުންފައިޖަހަމުން ދުއްވައިގަތީވެސް މިހާދުގެ ފަހަތުންނެވެ.

“އާތް! މާތް! އާތް! އޭތް! ..” ހަތަރުމީހުން އެކުއެކީގައި ހަޅޭއްލަވައިގަތެވެ. ކެހެމުން އައި ފަރުދާއިން ނިވާވި ވަގުތުގައެވެ. ނަމަވެސް ސަލާމަތެއް ނުވެވުނެވެ. ދެންކުރާނީ ވަކި ކޮންކަމެއް ހެއްޔެވެ؟

” މީހެކޭ! އޭތް! މީހެކޭ .. މިއީ ކޮންތަނެއް؟ ..” ކެއްސަމުން ކޮށިއަރަމުން، ނިކަމެތި ހާލުގައި ސާމިއު ތެދުވެގެން އައެވެ. އެހެންމީހުން ތިބި ހާލުވެސް ފެނިދެނިވެ، އަހައިލެވޭނީ މީހަކު ފެނިގެނެއް ނޫންހެއްޔެވެ. “ސާމިއު! އޭތް؟؟ ކަލޯ .. ކަލޯ ސާމިއު؟ ..”

މިހާދަށް ބަލައިލެވުނީ ކުރިމައްޗަށެވެ. ސާމިއު ފެނުމުން އުފަލުން ގޮވައިލެވުނުއިރު ސާމިއުގެ ބޮލުން ފައިބަމުން އައި ލޭގަނޑު މިހާދަށް ފެނުނީ ދެނެވެ. އަވަސްއަވަހަށް ސާމިއުގެ އަތަށް ފޮތިގަނޑެއް މިހާދު ދިއްކޮށްލިއެވެ. ނަސީބަކުން ސާމިއުވެސް އަވަހަށް ފޮތިގަނޑުން ބޯނިވާކޮށްލީއެވެ.

“މިހާ! ކޮބާ އަލަމް؟ ހަމްދީބޭ؟ ޔޫއޯކޭ؟..”ސާމިއު މިހާދާއި ސުވާލުކޮށްލިއެވެ. މިހާދަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހާލައި އިދިކޮޅަށް ބޯހުރާލައި، ކޮނޑު އަރުވާލުމެވެ.

“ނޭނގޭތަ؟ އެމީހުންވީ ތަނެއް؟ ..” އިރުގަނޑެއް ވީއިރުވެސް ހޯދާ ހޯދައި ނުފެނުމުން ސާމިއު އަހާލިއެވެ. “އާން! އަދި މަގޭ ގާތުގައި އެބަ އަހައޭ … މަށަށް ކިހިނެތް އެނގެނީ އެމީހުންވީ ތަނެއް؟ މަމީ އަދި ސައިންޓިސްޓެއް ނޫންވިއްޔަ! ..” މިހާދު ޖެއްސުމުގެ ރާގަށް ބުނެލިއެވެ. ސާމިއު އޭނަގެ ފުރަގަހަށް ބަލައިލީ މިހާދު އެހެން ބުނެލިއިރު އަޑުފަތްގަޑެއް އިވުނީތީއެވެ.

“އެއީ ކޮންއަޑެއް؟ ..” ސާމިއު އެއްސެވެ. “މަމީ ސައިންޓިސްޓެއް ނޫނޭ ކިތައް ފަހަރު ބުނަންވީ؟ މަށަކަށް ނޭނގެއޭ އެއަޑެއް! ސާމި މޮޅުވިއްޔާ ހޯދަބަލަ އަވަހަށް! ..”. މިހާދު އަދިވެސް ސަމާސާ ދުނިޔެއިން ނުނިކުމެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

މަންޒިލް 25

Next

ސައިރެން – 06

Next
January 18, 2021

ސައިރެން – 06

Previews
January 18, 2021

މަންޒިލް 25



All Right Reserved!