Skip to content
އެސްފިޔަ

ފަތްގަނޑު ފުރޭތަ 22

 

 

“ކަލޭތީ ހާދަހާވާ ނުބައި މީހެކޭ! މަގޭ ކޮއްކޮއޭ އެއީ! އެހެން ހަނދާކަށް ނުވާނެއްނު؟”. ނަމްރަންގެ އަޑު ކުރެހުނެވެ. މިތަން ބަލަން ހުރި ފުރޭތަ ބަރު ހިނިގަނޑެއް ޖަހައިލިއެވެ. ންމަރަންގެ ގާތަށް އިތުރަށް ރުޅިއައެވެ. ” މިބުނަ ..” ބުނަން އުޅުނު އެތި ހުއްޓައިލުވައި އެފުރޭތަ ނަމްރަންއަށް އަތުން އިށާރާތެއް ކުރިއެވެ. ދޮރާއި ދިމާލަށް ބެލުމަށެވެ. ތަންބަލަން ހުރި ނަމްރަން ދޮރާއި ދިމާލަށް ބަލައިލީ ދެން ވާނޭ ގޮތް އަންދާޒާ ވެސް ނުކުރެވޭ ހާލުގައެވެ. އޭނަގެ ކޮއްކޮ މިފާނާވެނިވި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. ހަމަ އޭނަގެ ސަބަބުންނެވެ. ދެން ހަމަ އެގޮތަށް އޭނަގެ ސަބަބުން މި ދުނިޔެއާއި ވަކި ވާނީ ކިތައް ފުރާނަކަމެއް ނަމްރަން އަކަށް ކަލްކިޔުލޭޓަރަކުން ވެސް ކަލްކިޔުލޭޓެއް ނުކުރެވޭނެއެވެ. މިއީ އެއަށްވުރެ ބާރުގަދަ އެއްޗެކެވެ. މިއީ ފަތްގަނޑު ފުރޭތައެވެ.

“އޭނަ ދުކޮށްލާ! ..”.

ނަމްރަންގެ އަޑު ބާރުވިއެވެ. ވާފަށަކުން އަތް އައްސާ ދެފައި ވެސް ބަދެފައި އެބޮޑު ހޯލަށް ނެރެވުނީ އޭނަގެ ދެބެން ދަރި ކުއްޖެއް ކަމުގައިވާ ނިކްޔާލް އެވެ. އެކުއްޖާ ފަކީރު އޮތީ ނިމްޔަން އޮތް ހާލުގައި ނޫންނަމަވެސް ވަރަށް ހާލުދެރަކޮށެވެ. މުޅި އަނގަމެތި އެއްކޮށް ފަޅައިގެން ގޮސް ލޭ ވަށައިގެން ފައިބަމުން ދިޔައިރު ހީވަނީ ހަމަ ދެންމެ ދެންމެ ލޭގެ ކޯރެއް މިތަނުގައި ހެދިދާނެ ހެންނެވެ. ނަމްރަންގެ ހިތަށް ވަރަށް ބޮޑުކޮށް ތަދުވިއެވެ. ހުރި ހަމައެކަނި ދެކޮއްކޮމެންގެ މަރު އޭނަގެ ލޮލު ކުރިމަތީގައި ފެނުނު ފަދައެވެ.

ނަމްރަން ކިތަންމެ އާދޭހެއް ކުރިޔަސް، އެދެކުދިން އެދެކުދިންގެ އަމިއްލަ ހާލަށް ދޫކޮށްދޭން ބޭނުން ނުވާނެކަން ނަމްރަންއަށް އެނގުނެވެ. އެހެންކަމުން އޭނަ ހަނު ހުއްޓެވެ. ހިތް ކަރުނަ އަޅާ ހާލުގައި ވެސް ނަމްރަން ކެތްތެރިވިއެވެ. ހަމަ އެދުވަހު އަށެއް ޖެހިއިރުގައި އޭނަގެ ދެކޮއްކޮ، މި ކެހިވެރި ދުނިޔެއާއި އަލްވަދާއުކީ އޭނަގެ ދެލޮލު ކުރިމަތީގައެވެ.

 

**********

” އެހެންވީމަ ކީއްވެ އޭތި ނަމްރަން މަރައި ނުލީ؟ ހަމަ އެކަނި ނިމްޔަން އާއި ނިކްޔާލް މަރައިލީ؟ ކޮންމެވެސް ސަބަބެއް އޮންނަން ވާނެއެއްނު؟” . ދެލޯ ފުހެމުން އެނދުމަތީގައި އޮށޯވެގެން އޮތް ނަމްރަން އަށް ބަލައިލަމުން އަލަމް ސުވާލު ކުރިއެވެ. “އޭތީގެ މޮޔަކަން އެއީ އަހަރެން މަރައި ނުލިކަން! .. އަހަރެން އޭއްޗަށް ވުރެ ބަރުގަދަ ވާނެކަން އޭއްޗަށް ނޭނގުނީ ކަންނޭނގެ! ..” ކަރުނައިގެ ތެރެއިން ވެސް ނަމްރަން ހީލިއެވެ. އެއަށްވުރެ ކެތްތެރިމީހަކު މިދުނިޔޭގައި ނޫޅޭނެޔޭ މިހާދުގެ ހިތަށް އެރިއެވެ.

” އެހެންވީމަ އޭތި ނަމްރަންގެ ބާރުތައް އަތުލަން ކީއްކުރީ؟ ..”. ހަމްދިބޭ އެހިއެވެ.

” އޭއްޗަށް އެނގިއްޖެ މަގޭ ބާރުތައް މަގޭ އަތުގަ ނެތްކަން! އެހެންވެ އޭތި ރުޅިއައިސްގެން މަށަށް އަނިޔާ ކުރީ! މިތާ މިވަރުގައި މަ އޮތީ އެހެންވެފައި .. ދުވާލު ދެދަޅަށް މަގޭ ގާތުގައި ސުވާލު ކުރަން އޭތި އަންނާނެ! މަގޭ ބާރުތައް ކޮބައި ހެއްޔޯ ކިޔާފަ! މައޭރު ވަރަށް ރުޅިއައިސްފަ އޮތީ! މަގޭ ފުރާނަ ހަށިގަނޑާއި ވަކި ކޮށްލީމަ! ..” ނަމްރަން ހިތްވަރުގަދަ ކަމާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ. ވަކި ހިސާބަކުން ނަމްރަން ބުނި އެއްޗަކުން ސާމިއު ހުއްޓުން އެރިއެވެ.

ނޯޓް: (މިބައި ކުރުވީތީ އަޅުގަނޑު މައާފަށް އެެދެމެވެ. ދެން އަންނަ ބައި މިއަށް ވުރެން ދިގު ކޮށްލާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަމެވެ.)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.