Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ފަތްގަނޑު ފުރޭތަ 23

Aashii
Aashii Level 310 Stories100 Login
January 25, 2021 2 Mins Read
0 Comments

” އެހެންވީމަ އޭތި ނަމްރަންގެ ބާރުތައް އަތުލަން ކީއްކުރީ؟ ..”. ހަމްދިބޭ އެހިއެވެ.

” އޭއްޗަށް އެނގިއްޖެ މަގޭ ބާރުތައް މަގޭ އަތުގަ ނެތްކަން! އެހެންވެ އޭތި ރުޅިއައިސްގެން މަށަށް އަނިޔާ ކުރީ! މިތާ މިވަރުގައި މަ އޮތީ އެހެންވެފައި .. ދުވާލު ދެދަޅަށް މަގޭ ގާތުގައި ސުވާލު ކުރަން އޭތި އަންނާނެ! މަގޭ ބާރުތައް ކޮބައި ހެއްޔޯ ކިޔާފަ! މައޭރު ވަރަށް ރުޅިއައިސްފަ އޮތީ! މަގޭ ފުރާނަ ހަށިގަނޑާއި ވަކި ކޮށްލީމަ! ..” ނަމްރަން ހިތްވަރުގަދަ ކަމާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ. ވަކި ހިސާބަކުން ނަމްރަން ބުނި އެއްޗަކުން ސާމިއު ހުއްޓުން އެރިއެވެ.

” ނަމްރަންގެ ފުރާނައޭ! ހަށިގަނޑާއި ވައްކޭ؟؟ ..” އޭނައަށް ބުނެވުނެވެ. ނަމަވެސް ދުރުގައި ހުރި ހަމްދީބޭ ތޫނުފިލި ޖަވާބެއް ދިނެވެ.

“ނަމްރަންގެ ދެ ކޮއްކޮމެން! ..”. ހަމްދީބޭ ބުނެލިއެވެ. އަލަމް މޫނު  ހަދާލިއެވެ. އެއްކަލަ ވަގުތުކޮޅަށް ފަހު ހަމްދީބޭ މަސައްކަތް ކުރަމުން ދަނީ އޭނައާއި މިހާދާއި ވާދަކުރެވޭތޯއެވެ. އޭނައަށް އެހެން ބުނެވުމުގެ މޮޔަ އެވަގުތު އަލަމަށް ހީވިއެވެ.

“އާން! ވިސްނުންވެސް ވަރަށް ތޫނޭ ދޯ” ..” ނަމްރަން ބުނެލިއެވެ. ގާތުގައި ތިބި މީހުން އެއްފަހަރާ ހީލިއެވެ. އަލަމް ފިޔަވައެވެ. ނަމަވެސް އެކަކަށްވެސް އެކަން ރެއަކާ ނުލައެވެ. “އެހެންވީމަ އަދި ތިއެއް ނޫނޭ! އޭތި ކިހިނެތް އެހެން ޖިންނިތަކަށް އޮޅުވާލީ؟ ..” ސާމިއު އިތުރު ކޮށްލީ މުހިއްމު ޕޮއިންޓެކެވެ. “މިބުނީ ނަމްރަން އޮތީ އެކިއްލާ ގައި މަރު ވެފައެއްނު! އެއީ ނަމްރަންއެއް ނޫން ނަމަވެސް އެޖިންނިތަކަށް އޮޅުވާލަން އެފުރޭތަ ހާދަ ކުޅަދާނައޭ! ..” އެބުނި އެއްޗެއްގެ މާނަ ސާމިއު ސާފު ކޮށްދިނެވެ. ނަމްރަންގެ ހިތް އޮޅުން ބޮޅުންވިއެވެ.

“ކީކޭ ތިބުނަނީ؟ އެޖިންނިތަކަށް އެނގޭނޭ ހަމައެކަނި އެއްޗަކީ އަހަރެން އޮތީ ގެއްލިފަކަން! އެއްޗެހި އަހަރެން ހޯދަން އަތްފުނާ ނާޅާކަން އަހަންނަށް އެނގޭ! އެކަމަކު އަދި އަދާއި ހަމައަށްވެސް އެއީ ކީއްވެގެން ކަމެއް އެނގިފައެއް ނެތް! ..” ނަމްރަންއަށް އެއްވެސް އެއްޗެއް ނޭނގޭކަން މިއެނގުނީ އަދި ކިރިޔާއެވެ.

” ނަމްރަން! އަޑުއަހާ! އެކިއްލާގެ ރަސްގެފާނަކީ ފަތްގަނޑު ފުރޭތަ! އެއެއްޗިސްއަށް ނަމްރަން ހޯދާކަށް ނޭނގޭނެ! މިހެން މިބުނީ އެއީ އެ އެއްޗިއްސަށް އެނގިފައި ވަނީ ނަމްރަން މަރުވެފައި ވާކަން! ..” ހަމްދީބޭ އޮޅުންފިލުވައި ދިނެވެ. އަދި އޭގެ އިތުރަށްވެސް ހުރިހާ ކަމެއް ހަމްދީބޭ  ނަމްރަންއަށް ކިޔާލަ ދިނެވެ. އޭނައަށް އެނގޭ ހުރިހާ މައުލޫމާތު ތަކެކެވެ.

” ދެޓް ސްލޭކް! އައި ޝުޑް ހޭވް ކިލްޑް ހިމް ..”. ނަމްރަންއަށް ދަތްތަކަށް ބާރުކޮށްލީނުން އަތް މުއްކަވާލިއެވެ. ހީވީ މިމުޅި ތަން ހަފުސްކުރަން ތައްޔާރުވީ ހެންނެވެ.

“އަދި އިހަށް މަޑުކޮށްލާ! އަހަންނަށް އަޑުއިވުނޭ ކޮންމެވެސް އަސައެއްގެ ވާހަކަ! ނަމްރަންގެ ބާރުތައް ރައްކާކުރެވުނު އަސާގެ ވާހަކަ! ކޮބައި މިހާރު އޭތި! ..” އަލަމްގެ ހަނދާނަށް އެކަން އައުމުން ނަމްރަންގެ ގާތުގައި ސުވާލުކުރިއިރު މިއީ ދެންމެ މޫނުހަދާލައިގެން ހުރި މީހާހެނެއް ހިޔެއް ނުވެއެވެ.

“އާން ދޯ! ކޮބައިބާ އޭތި؟ މަޑުކުރޭ! މިބަލަނީ! ..” ނަމްރަން ދެލޯ މަރައިލުމަށް ފަހު އެއްޗެއް ކިޔަވައިލިއެވެ. އޭނަގެ ހަނދާނަށް އެއަސާ އައީވެސް އަދި ކިރިޔާއެވެ. އެ އަސާއަކީ އެއް އިރެއްގައި އޭނަ ނުހަނު ލޯބިން ގެންގުޅުނު އެއްޗެއް ނަމަވެސް އޭގެ މަތިން އޭނަ ހަނދާން ނެތުނީ އެނުލަފާ ފުރޭތައިގެ ސަބަބުންނެވެ.

އަޑެއް ކިޔުމަށްފަހު މުޅި ތަންތެރެ އަލިވީ ދެވަނަ އެހެން އެއްޗެއްގެ ސަބަބުންނެއް ނޫނެވެ. ހަމްދީބޭގެ އަތުގައި އޮތް އަސާގެ ސަބަބުންނެވެ.

” މިއީ އޭތި؟ ..” ހަމްދީބެއަށް ބުނެވުނެވެ. އެއާއިއެކު ނަމްރަންގެ ލޮލުގައި އެއަސާ ރަނގަޅަށް އަޅައިގަތެވެ. އެއީ އޭއްޗެވެ. އޭނަގެ ދަނޑިކޮޅެވެ.

“އާން ތިއީ! އަވަހަށް ގެނޭ! ..” ނަމްރަންއަށް އުފާ ވީވަރުން ރީއްޗަށް ވާހަކަ ނުދެއްކެއެވެ. ހަމްދީބޭ އަވަހަށް އެދަނޑިކޮޅު ދެމުން މާފަށް އެދުނީ އޭނަގެ އަސާކޮޅާއި ވަކިވާންޖެހޭތީ ދެރަވާ ހާލުގައެވެ.

ނަމްރަން ކޮންމެވެސް ކަމެއް ކޮށްލުމުން އޭގެން އަލިތަކެއް އޭނަގެ ގައިގެ އެތަން މިތަނަށް ހެރުނެވެ. އެއަށްފަހު އެއްވެސް އެއްޗެއް ނެތް ހުސް ދަނޑިކޮޅު ހަމްދީބޭގެ އަތަށް ދިނެވެ.

“އެނގޭ ދެރަވެފަ ކަން ހުންނާނީ ! އެހެންވެ މިދެނީ ހަދިޔަލެއް! މިއީ އެދަނޑިކޮޅު! އަހަރެން މީގެ ބޭނުމެއް ދެން ނުކުރާނަން! އަހަރެންގެ ބާރުތައް އަބަދުވެސް އަހަރެންގެ ގައިގަ ހުންނާނީ! އެހެން ތަނެއްގަ އެއް ނޫން! އަހަރެން ސަލާމަތް ކޮށްދިން ކަމަށްޓަކައި ތި އެންމެންނަށް ވެސް ޝުކުރު އަދާކުރަން! ..”

ނަމްރަން މިހެން ބުނުމާއިއެކު ހަމްދީބޭ އުފަލާއިއެކު އެ ހަދިޔާ ބަލައިގަތެވެ. ” މިއީ ނަމްރަންގެ ހަނދާނެއް! އަބަދުވެސް މިއަށް ބަލައިގެން އަހަރެން އުޅޭނީ! ..” ހަމްދީބޭ އެދަނޑިކޮޅު ގައި ފިރުމާލިއެވެ.

އިރުކޮޅެއް ނުވަނީސް ހޮހޮޅައިގެ ބިތަކުން ގާކޮޅެއް ވެއްޓުނެވެ. މިހާދު އެނަގައި ޝައްކުގެ ނަޒަރަކުން އެ ހޮހޮޅައިގެ ހަތަރު ފާރަށް ބަލައިލިއެވެ.

“ދެން މިތަނުން ދާން ހިނގާ! އެއައީ އެއްޗިހިތައް! ..” މިހާދަށް ހަޅޭއް ލަވައިގަނެވުނެވެ. އެވަގުތު އެހޮހޮޅަ އަށް ދިޔައީ ގުޑުން އަރައިގެންނެވެ. އެއީ އެޖިންނިތައް ކަން ނަމްރަންއަށް އެނގުނެވެ. އެމީހުންގެ ދެ ރަސްގެފާނު ގަތުލުކޮށްލި ގާތިލް ހޯދުމަށް ތައްޔާރުވީއޭ އެންމެންގެ ހިތަށް އެރިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އިމްތިޙާން 52

Next

ކޮކާ ކުއްޖާ – 2

Next
January 25, 2021

ކޮކާ ކުއްޖާ – 2

Previews
January 25, 2021

އިމްތިޙާން 52



All Right Reserved!