Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުުގެ ހިޔަނި އެޅުމުން (1)

Dheem&Eekku Level 410 Stories100 Login500 Login
January 8, 2021 3 Mins Read
0 Comments

 

އިރު އުދަރެހުން ތިރިވުމާއެކު ބޯވިލާތަކުން ދުނިޔެ ވަށާލާފިއެވެ. ހެނދުނުން ފެށިގެން ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮއްލީ ތިޔަހެނެއް ބަލާފައެއް ނޫނެވެ. ވިދާލާ ކޮންމެ ވިދުވަރަކާ އެކު ޖަހާލާ ބާރުގަދަ ގުގުރިން ކަންފަތްތައް ބައްވެގެން ދެއެވެ. ތޫފާނެއް ފަދައިން ޖެހެމުން ދިޔަ ބާރު ވައިން ގެތަކުގެ ފުރާޅުތައްވެސް ނައްޓާގެން ހިނގާދާނެހެން ހީވާފަހަރުވެސް މަދެއް ނޫނެވެ. ކުއްލިއަކަށް ދުނިޔެ ވަށާލި ތޫފާނުން ސަލާމަތް ވުމަށް ރަށުގެ އެންމެންހެން އެމީހެއްގެ ގެތަކަށް ވަދެ ހިޔާ ހޯދާފިއެވެ. ގަޑިން އިރު އޮއްސި ހައެއް ޖެހީރު ދުނިޔެ މުޅިން އަނދިރި ވެފައި ވުމުން ހީވަނީ ދަންވެފައި ވާހެނެވެ.

ރަށުގެ މީހުން އުޅޭ ހިސާބަށްވުރެ ތަންކޮޅެއް އެކަހެރި ކޮށް ހުރި ގެޔެކެވެ. ގޭގެ އެންމެ ބިއްދަށަށް ހުރި ކޮޓަރީގައި ހައްވާދީ އިނީ ހާސްވެފައެވެ. އިރު އިރު ކޮޅާ ތުން ތަޅުވާލާފައި އެއްޗެއް ކިޔަވާލައެވެ. އަދި ކައިރީގައި ހުރި ކޮތަޅު ތަކުން ކުނޑި މުށެއް ނަގާ ކޮޓަރީގެ މެދުގައި ގަދަޔަށް އަނދަމުން ދިޔަ އަލިފާން ގަނޑަށް އުކާލައެވެ. އެ ކުނޑިތައް އަލިފާން ގަނޑަށް އުކާލާ ކޮންމެ ފަހަރަކު ކޮޓަރީގެ ހަތަރު ފާރަށް ލޮޅުމެއް އަރައިގެން ދެއެވެ. ކޮޓަރީގެ ކުޑަދޮރު ތަންޑު އަޅުވާފައި ވީނަމަވެސް އިރު އިރުކޮޅާ ބާރަށް ދޮރުފަތެއް ޖެހޭ ކަހަލަ އަޑެއް އިވެމުން ދެއެވެ. އެއަޑު އިވޭ ކޮންމެ ފަހަރަކު ހައްވާދީ ސިހިފައި ކިޔެވެލީގެ އަޑު ބާރު ކޮށްލައެވެ. ހައްވާދީގެ އަޑު ބާރުވާ ވަރަކަށް އެއްކޮށް ބަނދުކޮއްފައިވާ އެ ކޮޓަރީގައި އެނބުރެމުން ދިޔަ ބާރު ވައި ތޫފާނަށް ބަދަލުވަމުން ދެއެވެ.

“ކީއްވެތަ ފިލާ އޮވެގެން ތިޔަ ޖެއްސުން ކުރަނީ..؟ މޮޅިއްޔާ އަހަރެންގެ ކުރިމައްޗަށް އާދެބަލަ” ހައްވާދީ ބުނެލިއެވެ.

“ކަލޭ ހީކުރީ މަށަށް ކަލޭ ކުރިމައްށަށް އަންނަން ނުކެރޭނެ ކަމައްތަ.. އަހަރެން މިއީ ކަލޭކަހަލަ ފިނޑިއެއް ނޫނޭ” ހައްވާދީ އެހެން ބުނުމުން ކޮޓަރި ތެރޭ ގުގުމާލީ ބަރު ފިރިހެނެއްގެ އަޑެވެ. އަދި ބާރު ހުނުމުގެ އަޑެއް ކޮޓަރީގައި ގުގުމަން ފެށިއެވެ. އެ ހުނުމުގެ އަޑު ކެނޑިގެން ދިޔައިރު އޮލަ ދުންތަކަކުން މުޅިކޮޓަރިތެރެ ފުރާލިއެވެ. އެ ދުންތަ އައި ދިމާލެއްވެސް ހައްވާދީއަކަށް ނޭނގުނެވެ.

ހައްވާދީ ބަލަން ހުއްޓާ ދުންތަކު ތެރެއިން  ފާޅުވި އެތި ފެނިފައި ހައްވާދީ ބިރުން ތުރު ތުރު އަޅައިގަތެވެ. އާދައިގެ އިންސާނަކަށް ވުރެ ކުޑަކޮށް ހުރި އެއެތީގެ ކަށިތައް ވަނީ ގުދުވެފައެވެ. ކުރަކި ހަންގަޑުގައި ފިއްތަކެއް ފާޑު އެއްޗެހިތަކެއް ނަގާފައި ވާއިރު ހަށިގަނޑުގެ ބޮޑުބައެއް ވަނީ އަނދާފައެވެ. ބައެއް ތަންތަނުން ހަންގަނޑު ނެއްޓިފައި ހުރުމުން ލޮނދި މަސްގަނޑުވެސް ފެންނަން ހުއްޓެވެ. ހަތަރު މޮށްގަނޑު ޖަހައިގެން ހުރި އެއެތި ކަޅުކަމުން ލޮލެއް ނޭފަތެއް ވަކި ނުވެއެވެ.

“ކިހިނެއްވީ ހައްވާދީ؟.. އަހަރެން މިސިފައިގައި އައީމަ ބިރު ގަތީތަ؟” އޭތީގެ ބަރު އަޑުން ބުނެލިއެވެ.

“އަހަރެން ކަލޭ ދެކެ ބިރެއް ނުގަނޭ.. ފެންވަރު އޮޅިގެން ނޫޅޭ.. ބަލަ އަހަރެން މިއީ ކަލޭގެ ސާހިބާއޭ.. ކަލޭ ހަދަން ޖެހޭނީ އަހަރެން ބުނާ ގޮތް.. އެހެން ނޫނީ..” ހައްވާދީ މިހެން ބުނީރުވެސް ހުރީ ބިރުން ދާހިއްލާ ގަނެފައެވެ. އަދި ހުއްޓާނުލާ އެއްޗެއް ކިޔަވަމުން އައިސް ބިންމަތީ ފަތުރާފައި އޮތް ކުނާ މަތީ އިށީނެވެ.

“އެހެން ނޫނީ؟ އެހެން ނޫނީ ކަލެޔަށް ކުރެވޭނީ ކިޔެއް!!” ހައްވާދީ ކޮތަޅު ތަކުގައި ހުރި ކުނޑިތަށް ނަގަން ވާއިރަށް އޭތި އެ ކޮތަޅުތަށް ވައިގެ ތެރެއަށް ދަމައިގަތެވެ. ހައްވާދީގެ ރައްކަލަކަށް އަޅާފައި ހުރި ވަށްބުރުގެ އެތެރެއަށްވެސް އޭތީގެ ބާރު ފޯރުވަން ފެށުމުން ހައްވާދީ ހާސްވިއެވެ. އޭނާގެ މުށުތެރޭ ބަންދުކުރެވިފައި ވާއިރުވެސް މި ޖިންނީގެ ބާރު ގަދަވެފައި އޭނާއަށް ތަބާ ނުވާތީ ހައްވާދީ ރުޅި އަންނަ ގޮތް ވިއެވެ.

ރުޅި ވެރި ނަޒަރަކުން އޭއްޗާ ދިމާއަށް ބަލާލާފައި ހައްވާދީ އިށީނދެއިން ކުނާ މަތީއޮތް ކުޑަ ހިލަ ކޮޅު ނެގިއެވެ. ތިންފަހަރަށް ފުމެއްލާފައި އެ ހިލަ ކޮޅު އަލިފާންގަނޑު ތެރެއަށް ހޫރާލިއެވެ. އެއާއެކު އަލިފާންގަނޑު ދެގުނައަށް ބޮޑުވެގެން ދިޔައެވެ.

ދެވަނަ ސިކުންތު މުޅި ކޮޓަރި ތެރޭ ގުގުމަން ފެށީ ކުޑަ ކުއްޖަކާ އަންހެނެއްގެ ރުއިމުގެ އަޑެވެ. ރޮމުން ހޭރެމުން ދިޔަ އަޑުންވެސް އެމީހުންނަށް އަޅަމުންދާ ވޭން ހައްވާދީއަށް އިހްސާސްވިއެވެ. އެހެން ނަމަވެސް ހައްވާދީގެ މޫނުމަތީވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އެއަޑު އިވުމާއެކު ކޮޓަރިތެރޭ އެނބުރެމުން ދިޔަ ވައި ކުއްލިއަކަށް މަޑުވިއެވެ.

“ކިހިނެއްވީ؟ އެމީހުންގެ އަޑު އިވުނީމަ ހިތަށް ތަދުވީ ދޯ.. ކަލޭގެ އަނބިމީހާއާ ދަރިފުޅުގެ  ގާތިލަކީ ކަލޭ!!” ހައްވާދީ އަޑުގެ ނެއްތަނަށް ހަޅޭލަވައި ގަތެވެ.

ހައްވާދީ އެހެން ބުނުމުން ހަތަރު މޮށްގަނޑު ޖަހައިގެން ހުރި އެތި މަޑު މަޑުން ފަހަތައް ޖެހެން ފެށިއެވެ. ކުޑަ މަކުނެއްހެން ފާރުގައި ތަތްކޮއްލައިގެން  އޮވެ މައްޗަށް އަރަން ފެށިއެވެ. މި މަންޒަރު ފެނި ހައްވާދިގެ ހިތުގައިވާ ބިރުވެރިކަން އިތުރު ވާން ފެށިއެވެ. ކުރެވުނު ކުށް އިހްސާސްވީ ދެނެވެ. މިވަގުތު އެ ޖިންނި ރުޅި އެރުވުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަން ހައްވާދީ އަށް ދެނެ ގަނެވުނެވެ.

އެންމެ ސިކުންތަކަށްވެސް އެ ޖިންނިން ނަޒަރު ދުރު ކޮށްނުލާ ހައްވާދީ ކިޔަވަމުން ދިޔައެވެ. އެހެން އިންދާ ކުއްލިއަކަށް އޭތި ފުންމައިގެން އައިސް ހައްވާދީ އަޅާފައިވާ ބުރުގެ ތެރެއަށް ވަދެގަތެވެ. ހައްވާދީ ވިސްނާލަން އެންމެ ފުރުސަތެއްވެސް ނުދީ އޭތި އައިސް ހިފީ އޭނާގެ ކަރުގައެވެ.

(ނުނިމޭ)

ދެވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ !!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ޤާތިލް-3

Next

މާމައާއި ކަރަންޓު

Next
January 8, 2021

މާމައާއި ކަރަންޓު

Previews
January 8, 2021

ޤާތިލް-3



All Right Reserved!