Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 18

BONDAY Level 210 Stories
June 18, 2015 3 Mins Read
28 Comments

ޕޭމެންޓް މަތިން ހިނގާފައި ދިޔަ މައިޝާގެ ހިނގުން މަޑު ޖެހިލީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. މިސްރާމެންނަށްވެސް ޕޭމެންޓް މަތީގައި ހުއްޓިލައިގެން ހުރި އާދިލް ފެނުނީ އެވަގުތުއެވެ. އާދިލްގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ މައިޝާގެ މޫނަށެވެ. އާދިލްގެ މޫނުފެނިފައި މިސްރާއަށްވެސް ބާރުކޮއްލެވުނީ މައިޝާގެ އަތަށެވެ. މިއިން ދުވަހަކުވެސް ފެންވަރާފައި ހުރިހެނެއް ހިޔެއް ނުވެއެވެ. ދެލޯވެސް ރަތްކަމުން ހީވަނީ އެހެންފަދަ ކަމެއް ހެނެވެ.

” އޭ.. ކިހިނެއްވެފަތަ ތިހިރީ..؟ ” ސައިކަލުމަތީގައި އިށިންދެލައިގެން އިން ފިރިހެނަކު އާދިލްއަށް ގޮވާލިއެވެ. އާދިލް އަތިގެ އިށާރާތުން މަޑުކޮއްލުމަށް ބުނަމުން ހިނގައިގަތީ މައިޝާމެންނާއި ދިމާލަށެވެ. މައިޝާއަށް ހުރެވުނީ ބިރުން ގުޑިލަންވެސް ނުކެރިފައެވެ.

” ކިހިނެއް ވެފަތި ތިބީ..؟ ” އާދިލްގެ ފުރަގަހުން އައިސް މައިޝާމެންގެ ކުރިމައްޗަށް ހުއްޓިލަމުން ފާޒިން އެހެން ބުނެލިއިރު ފާޒިންއަކަށް އެތަނުގައި ހުރި އާދިލްއެއް ފާހަގައެއް ނުކުރެވުނެވެ. މައިޝާއަށް ފާޒިން ފެނުނީ ކުރިމަތީގައި ހުއްޓިލުމުންނެވެ. ފާޒިން ފެނުމުން މައިޝާއަށް ފާޒިންގެ ގައިގައި ބައްދާލެވުނީ އެއްވެސް އިހްތިޔާރަކާ ނުލެއެވެ. މަގުމަތީގައި މައިޝާ އެކަހަލަ ކަމެއް ކުރުމުން ފާޒިންގެ ވިސްނުންތޫނު ސިކުނޑިއަށްވެސް ކަމެއް ގޯހެއް ވެއްޖެކަން އެނގުނެވެ. މައިޝާ ގަޔާ ދުރުކޮއްލަމުން ފާޒިން ފަހަތް ބަލައިލީ ފަހަތުގައި މީހަކު ހުއްޓިގެން ހުރިހެން ހީވުމުންނެވެ. ކުރިމަތީގައި ހުއްޓިލައިގެން ހުރި ޒުވާނާ ފެނުމުން ފާޒިންއަށް ކޮންމެވެސް ތަނަކުން ފެނުނު މީހެއް ވައްތަރު ޖެހިއެވެ.

” އޭ.. ބުރޯ ދެން އާދެބަލަ…! ” ސައިކަލު މަތީގައި އިން މީހާ އަނެއްކާވެސް އާދިލްއަށް ގޮވާލުމުން ސައިކަލާއި ދިމާލަށް ހިނގައިގަތީ ފާޒިންއާއި ދިމާލަށް ވަރަށް ރަނގަޅަށް ބަލާލަމުންނެވެ. އޭރު މައިޝާ ހުރީ ފާޒިންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. ހީވަނީ ފާޒިން ކަމެއް ކޮއްފާނެތީ ހިފަހައްޓައިގެން ހުރިހެންނެވެ.

” ކޮންތާކަށް ތިދަނީ…؟ ” އާދިލްމެން ދިއުމުން މައިޝާމެންނާއި ވީ ފަރާތަށް އެނބުރިފައި ފާޒިން އަހައިލިއެވެ.

” ބުނީމެއްނު ހަވީރު ހިނގާލަންދާ ވާހަކަ..! ” މައިޝާވެސް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރަމުން ބުނެލީ މީހާ ހަމައަކަށް އަޅުވަމުންނެވެ.

” އަހަރެންނެއް ނުގެންދާނަންތަ..؟ ” ފާޒިން އެހެން ބުނެލީ އަތުގައި އޮތް ގަޑިއަށް ބަލާލަމުންނެވެ. ގަޑިއަށް ބަލާލި ގޮތުން ހީވަނީ ތަނަކަށް ދާން ލަސްވެފައި ހުރިހެންނެވެ. މައިޝާގެ ފަރާތުން އެސުވާލު އައީވެސް ފާޒިން ގަޑިއަށް ބަލާލި ގޮތުންނެވެ. ފާޒިންވެސް ފައިހާ ގެއަށް ގެނެސްފައި މައިޝާމެން ކައިރިއަށް ދާނެ ވާހަކަ ބުނެފައި ކައިރީގައި ހުރި ސައިކަލަށް އަރައިގެން ގޮސް ކައިރީގައި އޮތް ގޯޅިން އަޅާލިއިރުވެސް މައިޝާ ހުރީ ބަލަހައްޓައިގެންނެވެ.

” ދޮންތާ… ކޮބާތަ ފާޒިންބެގެ ގެއަކީ..؟ ” މައިޝާ ވިސްނުމަކަށް ގެއްލިފައި ހުއްޓާ މިސްރާ އަހައިލިއެވެ. މައިޝާ އެހުރިހާ އިރު ވިސްނަމުން ދިޔައީވެސް އެކަމާއެވެ. މައިޝާއަށް ބަލާލެވުނީ ކައިރީގައި ހުރި ބޮޑު ރީތިގެއަށެވެ. އެހުރިހާ ދުވަސް ވިއިރުވެސް ފާޒިންމެންގެ ގެއަކީ ކޮބައިކަމެއް މައިޝާއަކަށް ނޭގެއެވެ. އެވަރަށް ފާޒިން ކައިރީގައި އާދޭސް ކުރުމުންވެސް ފާޒިންމެންގެ ގެއަކަށް މައިޝާއެއް ނުގެންދެއެވެ. މައިޝާވެސް މިސްރާމެން ކައިރީގައި ފާޒިންމެންގެ ގެއަކީ ކޮބައިކަން ނޭގޭ ވާހަކަ ބުނުމުން މިސްރާމެންނަކަށް ގަބޫލެއްވެސް ނުކުރެވުނެވެ. މިސްރާމެން ހީކުރީ މައިޝާ މިސްރާމެން ކައިރީގައި ބުނަން ބޭނުން ނުވީ ކަމަށެވެ. ފައިހާ ގެއަށް ލާފައި ފާޒިން ދިޔައީ މައިޝާމެން ކައިރިއަށެވެ. އެއްވެސް ވަރަކަށް ނުވިސްނާ ހުއްޓާ މައިޝާގެ ފަރާތުން ފާޒިންމެންގެ ގެއާ ބޭހޭގޮތުން ސުވާލް  ކުރިމަތިވުމުން ފާޒިންއަށް ބުނާނެ އެއްޗެއް ނޭގިފައި ހުރެވުނީއެވެ. ނަމަވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފާޒިން ވާހަކަ ބަދަލްކޮއްލީއެވެ.

 ދުވަސްތަށް ފާއިތުވަމުންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެންމެ ފަހުން ފާޒިންމެން ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެއެވެ. ހަވީރު ހަތެރެއް ޖެހިއިރު މައިޝާ ފެންވަރައިގެން ނިކުމެ ވަދީފާގެ އިންތިޒާރުގައި ގޭގެ ސިޓިންގް ރޫމްގައި މަޑުކޮއްލައިގެން އިނީ ވަދީފާ އެގަޑީގައި އަންނާނެ ވާހަކަ ބުނުމުންނެވެ. އޭރު މިސްރާއާއި މިސާވެސް މައިޝާގެ ކައިރީގައި ތިއްބެވެ. ހަތަރެއް ޖެހިތާ ކުޑައިރުކޮޅެއް ފަހުން ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. މައިޝާ ގޮސް ދޮރު ހުޅުވާލި އިރު ވަދީފާ ގޭގެ ދޮރުމަތީގައި މަޑުކޮއްލައިގެން ހުއްޓެވެ. މުނީރާމެން ރީތިކުރަން އަންނާނެ ވާހަކަ ބުނެފައި ވަދީފާ މައިޝާ ގޮވައިގެން ދިޔައީ ސެލޫންއަށެވެ. ސެލޫންއަށް ގޮސް މައިޝާ އެތާގައި ހުރި ގޮނޑިއެއްގައި ބައިންދާފައި ލޯމެރުމަށް މައިޝާ ކުރެން އެދުނެވެ. މައިޝާ ލޯމެރުމުން މޫނުގައި ކޮންމެވެސް އެއްޗެއް ހާކާފައި ދޮވުނެވެ. އަނެއްކާވެސް ކޮންމެވެސް އެއްޗެއް ހޭކިއެވެ. މާގިނަ އިރެއް ނުވެ ވަދީފާވެސް ފައިހާ ރީތިކުރަން ދާންޖެހޭ ވާހަކަ ބުނެ ގެއަށް ދިޔައީ އެމީހުން ރީތިކުރަން ސެލޫންގެ ފަރާތުން ގެއަށް ދާތީއެވެ. އިރުކޮޅަކުން މައިޝާގެ ބޯދޮއްވާފައި އިސްތަށިގަނޑުގައިވެސް ކޮންމެވެސް އެއްޗެއް ހޭކިއެވެ. މައިޝާގެ ވެޑިންގް ޑުރެސް ފެނިފައި މައިޝާއަށް ބަލަން ހުރެވުނީއެވެ.

 މައިޝާ ނެގި ޑިޒައިނަރ މުޅިން ތަފާތުކޮއް ފަހާފައި އޮތް އެހެދުން ކިތަންމެހާވެސް ރީއްޗެވެ. މައިޝާއަށް އެހެދުން ލެވުނީވެސް ކައިރީގައި ހުރި އަންހެންކުއްޖާގެ އެހީތެރިކަމާއެކުއެވެ. ހެދުން ލުމުން މައިޝާ އަނެއްކާވެސް ގެންގޮސް ބެއިންދީ ގޮޑިއެއްގައެވެ. އަދި އިސްތަށިގަނޑު އަޔަން ކުރަންފެށިއިރު އިތުރު ދެމީހަކު އައިސް ނިޔަފަތިތައް އޮފްކުރަން ފެށިއެވެ. ރީތިކޮއް ނިމުމުން މައިޝާ ގެންދިޔައީ ބޮޑު ބިއްލޫރިގަނޑެއްގެ ކުރިމައްޗަށެވެ. މައިޝާއަށް ފުރަތަމަ އޭނަގެ ސިފައަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ބޮލުގެ އިސްތަށިގަނޑުވެސް ވަނީ މަޑު އަޅިކުލައެއް ޖައްސައި ރީތި ޑިޒައިނަކަށް މައްޗައް ހުޅިއެއް ޖަހާފައެވެ. އަދި ކަންހުޅިކައިރިން ދެއިސްތަށިކޮޅު ދެއަރިމައްޗައް ވައްޓާލާފައި އޮތްއިރު ވަރަށްވެސް ފުރިހަމައެވެ. މޫނުވެސް އޮމާންކޮއްލާފައި ހުރިއިރު ހީވަނީ ޕަރީއެއްހެނެވެ. އެތަނަށް ވަދެގެން އައި މުނީރާމެންނަށް މައިޝާ ފެނުމުން ބުނާނެ އެއްޗެއް ނޭގިފައި ތިބެވުނީއެވެ.

” ދޮންތާ..! ” މިޝާގޮސް މައިޝާގެ ކައިރީގައި ހުއްޓިލަމުން ފުރަތަމަވެސް ކުޅެލީ މައިޝާ ލައިގެން ހުރި ހެދުމާއެވެ. އެތެރެއަށް ވަދެގެން އައި ހާދީއަށްވެސް މައިޝާ ފެނިފައި ހުރެވުނީ ބުނާނެއެއްޗެއްވެސް ނޭގިފައެވެ.

” އެސްފީނާ ނުޖައްސަވާށި…! ” މުނީރާ މައިޝާގެ ގައިގައި ކުޑަކޮއް ބައްދައިލަމުން އެހެން ބުނެލިއިރު ލޮލުން ވަނީ ކަރުނަ ނިރާލާފައެވެ.

ހަތެއް ޖަހަން އުޅެނިކޮއް ވަދީފާ ގުޅާފައި ކާރު ފޮނުވި ވާޙަކަ ބުނެލިއެވެ. މައިޝާގެ ހެދުމުގެ ފަހަތުގައި ހިފަހައްޓައިގެން މުނީރާއާއި މިސްރާ ތިއްބެވެ. ދެކާރުގައި އެންމެން ދަރުބާރުގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދަރުބާރުގޭތެރެއަށް ކާރުވަދެގެންގޮސް މަޑުކޮއްލުމުން ފާޒިންގޮސް މައިޝާ އިން ކާރުގެ ދޮރު ހުޅުވާލިއެވެ. ކާރު ތެރޭގައި ފާޒިންއަށް ބަލަހައްޓައިގެން ހިނިތުންވެފައި އިން މައިޝާ ފެނިފައި ފާޒިންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ފަނާ 23

Next

ބަބުރު ސޮރު

Next
June 20, 2015

ބަބުރު ސޮރު

Previews
June 17, 2015

ފަނާ 23

28 Comments!

  1. ihthu says:
    June 18, 2015 at 4:40 pm

    hurihaa kiuntherin nah ves Ramazaan Mubaarik… mi part ves kamudhaane kamah hykuran

  2. rose says:
    June 18, 2015 at 5:09 pm

    Yey I am 1 st Ramadan mubarik ihthoo vaahaka v salhi

  3. rose says:
    June 18, 2015 at 5:09 pm

    Yey I am 1 st Ramadan mubarik ihthoo vaahaka v salhi

  4. neem says:
    June 18, 2015 at 5:28 pm

    ??Vaahaka v v v reethi.. lap rangalhu v tha mihaar
    ..Lap rangalhu iyya, kurin gothah knme dhuvahaku avahah nup khdhehcheyy
    Waiti g 4 de nxt part

  5. ifaa says:
    June 18, 2015 at 5:33 pm

    Nice

  6. alisha says:
    June 18, 2015 at 5:44 pm

    Story vara reethi. Ummeedhu kuran next part vara avahah kiyan libeyne kamah. Ramadan mubarak ihthu ah adhi kiyun therin nah ves

  7. Me says:
    June 18, 2015 at 5:49 pm

    Ramadan Kareem…! Vaahaka varahvx furihama.. Ekamaku thi hunna speedeh dhw.,.. Hehehe … Hope you will upload soon… Me

  8. nishy says:
    June 18, 2015 at 5:52 pm

    ….Stry v reeethi

  9. shara says:
    June 18, 2015 at 5:56 pm

    Nice vrh.. .

  10. muxu says:
    June 18, 2015 at 7:04 pm

    V salhi maa kury genesdhey goi……..ekamves salhi….ramaxan mubarak hurihaa kudhinnah.

  11. neha says:
    June 18, 2015 at 7:13 pm

    Vaahakaige speed snail dhuveleega dhw hehe

  12. shaisha says:
    June 18, 2015 at 7:25 pm

    Ihthu ge vaahaka jeevany copy eh hen!u r trying to fool the readers I know it! But sorry u couldn’t fool me

  13. shaisha says:
    June 18, 2015 at 7:25 pm

    Ihthu ge vaahaka heevany copy eh hen!u r trying to fool the readers I know it! But sorry u couldn’t fool me

  14. Lali says:
    June 18, 2015 at 7:52 pm

    Ramadan mubaraku..mi part vx v nice.Up kohdhyba avahah

  15. naj says:
    June 18, 2015 at 8:22 pm

    Maasha Allah vara reethi

  16. Sheryn says:
    June 18, 2015 at 8:33 pm

    V salhi but neha bunaahen haadha slw kshey thi ulheny…u shld b but fster.

  17. Tigrious says:
    June 18, 2015 at 10:35 pm

    Please Update Soon … Vaahaka Kiyaa Hithun Kehmadhu Vefa Mi Iny … Haadha Kuru Koh Thi Genes Dhiny … Ekam Ves Rythi …

  18. Western says:
    June 19, 2015 at 1:06 am

    Nice Story… Love This Story.. Awesome… Next Part Avahah Up Kohdheythi Ingey. 🙂 Anyways Varah Kuru Mi Part.. Next Part Dhiguvaane Kamah Unmeedhu Kuran.. 🙂

  19. Kuhn Western says:
    June 19, 2015 at 1:06 am

    Nice Story… Love This Story.. Awesome… Next Part Avahah Up Kohdheythi Ingey. 🙂 Anyways Varah Kuru Mi Part.. Next Part Dhiguvaane Kamah Unmeedhu Kuran.. 🙂

  20. ihthu says:
    June 19, 2015 at 2:13 am

    Thanks all… thanks

  21. ihthu says:
    June 19, 2015 at 2:15 am

    Next part sunday ge kurin up kohdhevey thw balaan

  22. nish says:
    June 19, 2015 at 10:29 am

    V reethi next part thankolheh avahah up koh dhehchay mihaaru v las up kohla dheyleh
    ….

  23. ais says:
    June 19, 2015 at 5:21 pm

    Vahaka vrh reethi vrh furihama

  24. Rishmee says:
    June 20, 2015 at 9:01 pm

    V v nice… waiting 4 the next part

  25. mako says:
    June 20, 2015 at 10:12 pm

    haadha lasvany up kurun
    vaahaka v salhi
    ekam ginadhuvas vaathy kuryge part gai vefaa hunna goyy handhaan nethey
    please v avahah up kolladhyba next time

  26. Lidhoo says:
    June 21, 2015 at 7:45 pm

    Hurihaa parteh ves varahfurihama

  27. yaala says:
    June 24, 2015 at 10:21 am

    adhvix vaahaka up load nuvanytha

  28. ifa says:
    June 26, 2015 at 11:36 am

    .avahah aneh part upL kohbrr…woww.this part vr nice…bt itx too short

Comments are closed.

Next Episodeހިތަކުން ނުފިލާނެ 19←


All Right Reserved!