Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 16

Aashii
Aashii Level 310 Stories100 Login
January 16, 2021 2 Mins Read
0 Comments

.

ސާމިއުގެ ގެއާއިއަރާ ހަމަވީ އެގާރަ ޖަހަން އުޅެނިކޮށެވެ. ފުންނޭވާއެއްލާފައި ތިންމީހުންވެސް ގެއަށް ވަނީ ހުޅުވާފައިހުރި ކުޑަދޮރުންނެވެ. އެކުޑަދޮރު ހުޅުވީ ކާކުކަން ނޭނގުނު ނަމަވެސް ހުޅުވައިފައި ހުރުމުން ލިބުނު ފަސޭހަ ބޮޑެވެ. ” ބޭބޭ! .. ސާމިއު އޭތި ބާއްވާނީ ކޮންތާކު؟ ކަބަޑުގައިތަ؟ ..”

މިހާދު ތަންތަން ހޯދަންފެށިއެވެ. ” އަހަރެން ހިތަށްއަރާ ކިހިނެތްބާއޭ ސާމީ އޭތި ފުރޭތަގެ އަތުގައި އަޅުވާނީ! ހީވަނީ މަޅިފަތި ޖަހާފައިހެން ބާއްވާނީ ..” އަލަމް އެތަން ބަލާލީލޮލުން ސްކޭނެއް ކުރަންއުޅޭ ފަދައިންނެވެ. “އެއޮތީ ..” އެނދުގެ ވައަތުފައިގެ ބިތްދޮށުގައި ބާއްވައިފައި އޮތް ފަށް، އަލަމްގެ ލޮލުގައި އަޅައިގަތީ ދާދި އަވަހަށެވެ. “ކޯއްޗެއް؟ ފަތްތަ؟ ..”

މިހާދު މަޑުމަޑުން އަހާލިއެވެ. ގޭތެރޭގެ އަޑުގަދަވެ، މިތަނަށް ބަޔަކު އައިސްފިއްޔާ ކުށްވެރިވާނީވެސް އެމީހުންނެވެ. ވަގެކޭ ކިޔާފައި ނަންބޯޑު ހަރުކުރާނީ ވެސް އެމީހުންގެ ކޮޑުގައެވެ. ” ފަތޭ ފެނުނީ! ފަށެއް މިތަނަކު ނެތް ..” ހަމްދީބޭގެ އަތަށް އަލަމް ފަތް ލައިދިނެވެ. ” ނޫން! އެއޮތީ ފަށެއް؟؟ .” އަލަމްއަށް ހިވީ ރަނގަޅަށެވެ. މޭޒުމަތީގައި ވިދާ އެއްޗެއް އޮތުމުން، ބަލައިލިއިރު އޭތިއެވެ. ވިދާ، އަލި، ރިހުން ގަދަ އެއްޗަކަށް އެފަށް ވީތީ ނުލާހިކު   ފަސޭހައިން މީހަކަށް އޭތި ފެނިދާނެއެވެ.

**** **** ****

 

 

” ހަމްދީބޭ! މިތިބީ އެންމެ އެތެރޭގައި .. އަދިވެސް  ސާމިއު ނުފެނެއެއްނު؟؟ …” ތަންތަން ހާވަމުން މިހާދު ތެޅިފޮޅެނީއެވެ. އަލަމްވެސް އެހާލުގައި އުޅެއެވެ. “ކޮއްކޮމެންނޭ .. ހިތްވަރު ދޫނުކުރޭ! ހޯދާ! .. ހޯދިއްޔާ ފެންނާނެ! ހަމްދީބޭ ކިޔަމުން ދިޔައެވެ.” މިހިސާބަށް ވެސް ތިއައީ ހިތްވަރާއިއެކު .. މިތަނަށް އާދެވިފައި ހުއްޓާ ހިތްވަރު ދޫވުމުން ތިކުދިންނަށް ލިބޭނީ ސަތޭކައިން ސުމެއް ..”

“އެކަމަކު ބޭބޭ؟؟ .. މިއީ އަހަރެމެންނަށް ވާނޭ ކަމެއް ނޫނޭ! .. އަދި އަމުދުން އަހަރެމެންނަށް! ރަށުގެ ޒުވާނުން ޖެހިލުންވާ ކަމެއް އަހަރެމެންނަށް ވެދާނެހެން ހީވޭތަ؟ ” އަލަމް ވިސްނައިދޭން އުޅުނުއިރު މިއީ މީގެ އެއްގަޑިއިރު ކުރިން މިތަނަށް އަންނަން، މަޑުނުކުރެވިގެން އުޅުނު މީހާހެނެއް ވެސް ހިޔެއް ނުވެއެވެ.

“ކޮއްކޯ؟؟ ކޮއްކޮ މިތަނަށް އައިސް ފުރޭތަ ބަލިކުރަން ތެޅިފޮޅުނު ހަނދާން ނުވަނީތަ؟؟ ކުރިން އާލާވި ހިތްވަރު ނެތިދިޔައީތަ؟؟ ބޭބެ ހައިރާންވެއްޖެ .. ކޮއްކޮމެންނާއި މެދު!! މިހާދާއި އަލަމް ދިޔައަކަސް ބޭބެ މިތާ ހުންނާނަން!! ހޯދޭތޯ އުޅޭނަން! ..” ހަމްދީބޭގެ ނިންމުން މިހާދުގެ ކަންފަތަށް އަޑުއިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. މިހާދަށް ހަމްދީބޭގެ އަތަށް ދަމައިގަނެވުނެވެ.

 

” ކޮއްކޯ؟؟ ކިހިނެތްވަނީ؟ ..” ހަމްދީބޭ އަންތަރީސްވެފައި އެއްސެވެ. “ބޭބޭ .. މިހާރު އެގިއްޖެ! ބޭބެ ދެރަކުރެވުނީ ކިހާވަރަކަށް ކަން ..އަލަމް ދިޔައަސް އަހަރެން ހުންނާނަން! ..” މިހާދު ބުނެލިއެވެ. ދެރަވެފައެވެ.

” އަލަމް! އަހަރެން ހަމްދީބެއާއި އެކު މަޑުކުރާންނަން! އަލަމް ބޭނުންނަމަ، މަޑުކުރޭ .. ނޫންނަމަ،އަވަހަށް ދޭ ..” މިހާދު އިޝާރާތްކުރީ ދާން ކަން އެނގުމުން އަލަމް މާޔޫސްވިއެވެ. “މިހާ! އަހަރެން ބޭނުމީ ދާކަށް ނޫނޭ .. އަހަރެން ޝަކުވާކުރީ ދާކަށް ނޫނޭ ..އަހަރެން ބޭނުމީ ހިންޓެއް، ފުރޭތަ ހޯދޭނެ ވަރުގެ ..” އަލަމް އަނެއްކާވެސް ވަށައި ހޯދައިލިއެވެ. މިހާދަށް މިކަން އެނގުން ކުޑަ ހިތްވަރެއް ލިބުނެވެ.

” އެހެންވިއްޔާ އަލަމް ނުދާނަން ދޯ؟؟ ..” މިހާދަށް ބުނެލެވުނެވެ. “ޔަގީނެއްނު!” އަލަމް ފެހި ސިގުނަލް ދިނެވެ. މިހާދު އުފާވެފައި އަތާއަތް ޖަހާލިއެވެ.

 

“ހިންޓެއް؟ ކޮން ހިންޓެއް؟ ހިންޓަކީ ކޯއްޗެއް؟ ..” ހަމްދީބެ އަށް އޮޅުމެއް ނުފިލިއެވެ. “އެއީ ހެއްކެއް؟ މިބުނީ ފުރޭތަ ހޯދޭނީ މިއެއްޗެއް ލިބިގެނެންނޭ! … ހިންޓަކީ އެހީވެދޭ އެއްޗެއް! ބޭބެއަތުގަ އެކަހަލަ އެއްޗެއް އެބައޮތްތަ؟ ..” އަލަމް ހިނިއައިސްފައި ބުނެލިއެވެ. ހަމްދީބޭ ހީލިއެވެ. ” ކޮއްކޮދީ އެ ފަތް! ..” ހަމްދީބޭ އިޝާރާތްކުރީ އެފަތަށް ކަން އެނގުމުން މިހާދު، އަވަސްއަވަހަށް އޮޅާލައިފައި އޮތް ފަތް ދީފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ސޫރަ

Next

ސައިރެން – 04

Next
January 16, 2021

ސައިރެން – 04

Previews
January 16, 2021

ސޫރަ



All Right Reserved!