Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އޭލިޔަން ސިލްސިލާ – ދެވަނަ ވާހަކަ (3) ތިންވަނަ ބައި

Aashii
Aashii Level 310 Stories100 Login
January 16, 2021 2 Mins Read
0 Comments

“ދެންވެސް ހިނގާ! އިނާ އަށް އެނގެއެއްނު އިނާގެ ކުށެއް ނޫން ކަން! ..” މަންޝާ އަނެއްކާވެސް ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. އެއާއިއެކު މައިނާ ހިނިތުން ވެލިއެވެ. ދެން ފެނިގެން ދިޔައީ ދެ އެކުވެރިން އަތުގުޅުވާލި ތަނެވެ. އެއީ ދުވަހަކުވެސް ވަކިވުމެއް ނެތް ދެއެކުވެރިންނެވެ. މާދަމާ، އޭގެ އަނެއް ބައިވެރިޔާ މިރަށަށް އަންނާނެއެވެ. އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅުމަށް ފަހުއެވެ.

***********

ޝިޒުނީ އިނީ ފޮއްޓަށް އެއްޗިހި އަޅާށެވެ. މާދަން އެންމެ ހެންދުނު ހެނދުނާ ދަތުރު ކުރަން ޖެހެނީ ފްލައިޓުން ކަމަށް ވާތީ އަވަސްކުރަން ޖެހޭނެކަން އޭނަގެ ޒަމީރު އަބަދުވެސް ދަނެއެވެ.

އެހެން އިންނަ އިރުވެސް ޝިޒުނީއަށް ވިސްނެމުން ދިޔައީ ރޭގައި އެފެނުނު ހުވަފެނާއި މެދުގައެވެ. ބަލްގިސް އަކީ އޭނަގެ ދެބެން ދެދަރި ކުއްޖެކެވެ. ބަލްގިސް މިހާރު ދިރިއުޅެނީ ކެނެޑާގައެވެ. ބަލްގިސްގެ މައިންބަފައިން އެންމެ ތުއްތު އިރުގައި މަރުވެފައި ވާތީ ބަލްގިސްއަށް މަޖުބޫރު ވެފައިވަނީ ބޮޑު ދައިތަގެ ގާތުގައި މަޑު ކުރާށެވެ. ދިއުމުގެ ކުރިންވެސް ޝިޒުނީ ގާތުގައި އެތަކެއް އާދޭހެއް ބަލްގިސް ކުރިއެވެ. އޭނަ މިރަށުގައި ބަހައްޓައި ދޭށެވެ. ނަމަވެސް އޭރު ޝިޒުނީއަކީ ލާރީގެ ތަނަވަސް ކަމެއް ހުރި މީހެއް ނޫނެވެ. އެހެންކަމުން ބަލްގިސް ފަނުވާލީއެވެ.

ބަލްގިސް ދިޔުމާއި އެކުވެސް ޝިޒުނީއަށް ބަލްގިސް ނޫން މީހެއް ދެކެ ނުވިސްނުނެވެ. ޝިޒުނީ ވަރަށް މަސައްކަތުން ބަލްގިސްއަށް ގުޅާލުމުން ރޮއެރޮއެފައި ބަލްގިސް  އެތަނުގެ ހާލަތު ބަޔާން ކޮށްދިނެވެ.

ބޮޑުދައިތައަކީ ރަނގަޅު މީހެއް ނަމަވެސް ވަރަށް ހަރުކަށި މިޒާޖެއްގެ ވެރިއެކެވެ. އޭނަ ބުނާ ކަމެއް ނުކޮށް ހުއްޓާ ހަނދާން ނެތިއްޖެއްޔާ އެވަރުގެ ނުބައި މީހަކު ނުހުންނާނެއެވެ. ދެން އެނިމުނީ އެވެ. ނަމަވެސް އެދޭ ކަމެއް ވެއްޖެއްޔާ އެވަރުގެ ހިތްހެޔޮ މީހަކުވެސް ނުހުންނާނެއެވެ. އެވަރުގެ އަންހެނެކެވެ.

ޝިޒުނީ މިއަދު އެހެރީ ބަލްގިސް އަށްޓަކައި ކިޔަވައިގެންނެވެ. ރަށުއޮފީހުން ވަޒީފާއެއް ހޯދައިގެން ދެމަސް ތެރޭގައި ބަލްގިސް އެރަށަށް ގެނެވިދާނެއެވެ. އޭރުން ރުފިޔާއިން ދައްޗެއް ނުވާނެއެވެ. އޭނައަށް މޮޅަށް ކިޔެވުނީވެސް އެންމެ ގާތް އެކުވެރި މަންޝާގެ ހިތްހެޔޮ މައިންބަފައިންގެ ސަބަބުންނެވެ. އެމީހުންނަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ޝިޒުނީއަކަށް ނޭނގެއެވެ.

ހިޔާލުތަކުން ޝިޒުނީއަށް ބޭރުވެވުނީ ބޯކޮށް ވެހެމުން ދިޔަ ވާރޭ، އިހުނަށްވުރެން ބޯކޮށްލުމުންނެވެ. ދޭތެރެ ދޭރެއިން ވިދާ ގުގުރާލާތީ ސިހިގެން ދާވަގުތުތައް ވެސް މަދެއް ނޫނެވެ.

ދޮރުގައި ޓަކިޖަހާ އަޑުއިވެންފެށީ ޝިޒުނީ ވެހެމުން ދިޔަ ވާރޭއަށް ނަޒަރު ހުސްކޮށްލައިގެން އިންދައެވެ. އެވާރޭ، އޭނައަށް ހަނދާން އާކޮށްލަދިނީ މާޒީއެކެވެ. ބަލްގިސް އާއި އެކުވެރިންނާއި އެކީގައި އުޅުމު އުފާވެރި ގޮތްތައް ބަލްހިސް އަށް އަލުން ރިޕްރެސެންޓް ކޮށްލެވުނެވެ. ބަލްގިސް ގާތުގައި ނެތަސް އޭނއަށް ހީވަނީ ބަލްގިސް ގާތުގައި ހުރިހެންނެވެ.

ވާރޭއަކީ ބަލްގިސް އެންމެ ލޯބިކުރާ އެއްޗެވެ. ބަލްގިސްގެ އާދޭސްތައް ބޮލާލައި ޖަހަން ނުކެރިގެން ޝިޒުނީ ވާރޭވެހޭ ކޮންމެ ދުވަހަކު ބަލްގިސް އާއި އެކީ ކުޅެލަން ދެއެވެ. އެއީވެސް ހަމަ އެންމެ ޝަރުތެއްގެ މަތިންނެވެ.

ޝިޒުނީއަށް އެންމެ ކަމުދާ ބުއިމަކަށް ވެފައި ވަނީ ރެޑްބުލް އެވެ. ފިޒީ ޑްރިންކެއް ކަމުން ނުބޯން ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެކަން ހުއްޓުވޭނެ ގޮތެއް ނެތްކަން ޝިޒުނީ އަށް ޔަގީނާ ގާތަށް ކަށަވަރު ކުރެވި އެކަން ބަލްގިސް އަށް އެނގިފައި ވާތީ، ބަލްގިސް އެއިރު ވާރޭވެހޭ ކޮންމެ ދުވަހަކު ރެޑްބުލް ދަޅެއް ގަނެފައި ދެއެވެ.

ދޮރުގައި ތަކިޖަހާ މީހެއް ހުއްޓުމެއް ނެތި ޓަކިޖަހާތީ ބަލްގިސްގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ސައިރެން – 04

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (2 ވަނަ ބައި މޮޑިފައިޑް)

Next
January 16, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (2 ވަނަ ބައި މޮޑިފައިޑް)

Previews
January 16, 2021

ސައިރެން – 04



All Right Reserved!