ފިޔަވަޅު 4ވަނަ ބައި
ސްމައިލީގެ ބައްޕަ އަހްމަދު ހަސަން އަދި އޭނާގެ އަންހެނުން އަފީފާއާއި ދެމީހުން ތިބީ ގޭގެ ޓެރަސްގައި ބަހައްޓައިފާވާ އުދޯލީގައެވެ. ހަނދުގެ އަލިން އެޅިފައިވާ ރިހިދޯދިތަކުން މުޅިތަންވަނީ އުޖާލާކޮށް ފައެވެ. އެތަނުގައި ހައްދާފައިވާ މީރުވަސްދުވާ މާގަސްތަކުގައި އަޅާފައިވާ މާމަލުގެ ފޮނިމީރުވަސްތައް މަޑުމަޑު ވައިރޯޅި ތަކުގެ އެހީގައި އެދެމަފިރިންގެ ހަށިގަނޑު ތާޒާކޮއްދެމުން ދިޔައެވެ. ނަމަވެސް އެހިތްގައިމު މާހައުލުން ވެސް ހަގީގީ އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އަހްމަދު ހަސަންގެ ހިތައް ލިބޭ ހެނެއް ހިއެއްނުވެއެވެ. އޭނާ މިހައިރުން މިހާރަށްވެސް ބޭނުންވަނީ ބޭކަރީގައި ހިނގި ކަންތަކުގެ ފުރިހަމަ ތަފްސީލެވެ. މިލިޔަނެއްހާ ރުފިޔައިގެ ގެއްލުގެ ބަދަލު ހޯދުމަށްވުރެ އޭނާގެ ދަރިފުޅަށް ލިބުނު އަނިޔާ އޭނާއަށްވީ ހަޖަމު ކުރެވޭ ވަރަށްވުރެ ބޮޑު ކަމަކަށެވެ. އޭނާގެ ވިޔަފާރި އެހާ ބަރާބަރަށް ހިނގަމުން ދަނިކޮށް މިހާދިސާ ހިނގުމުން އަލުން އޭނާއަށް ވިޔަފާރީގައި ހަރަކާތްތެރިވެ އުޅުން މަޖުބޫރު ވީއެވެ. އޭނާއަށް އަލުން ރާއްޖެ އަންނަން މަޖުބޫރުވީ އެމީހުންގެ ދަރިފުޅަށް ކުންފުނި ހިންގަން އުޅެވޭނީ އަދިވެސް ދެތިން އަހަރު ފަހުންކަން ޔަގީން ވާތީއެވެ. ސްމައިލީ ވެއްޓި އޭނާގެ މައިބަދައަށް ލިބިފައިވާ ގެއްލުން އެއްކޮއް ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުން ޔަގީން ކަންދެނީ އެންމެ މަދުވެގެންވެސް މިމުއްދަތަށެވެ.
“އެ އަންހެން ކުއްޖާއަށް ބަޔަކު ފައިސާ ދީގެން އަހަރެންގެ ވިޔަފާރި ހަލާކު ކޮށްލަން މަސައްކަތް ކުރީކަމަށް އަހަންނަށް ހީވަނީ.. އެކަމަކު އަހަންނާ ހަސަދަ ލައިގެން އުޅޭ މީހަކަށް އެގޭނެ ހަމަ ރަނގަޅަށްވެސް މަށަށް ގެއްލުމެއް ދީފިނަމަ އެމީހެއްގެ އަޖަލު ހަމަވުމުގެ ކުރިން ޖަލުގެ ތޭރިތަކުގެ ތެރޭ އަނިޔާތަކެއް ލިބޭނެކަން…އަދި މަރުވާނީވެސް…. ” އަހްމަދު ހަސަން ފުންކޮށް ވިސްނަމުން ވާހަކަ ދައްކަމުން ދިޔައެވެ. “އެކަމަކު މިކަމާ ގުޅޭ ތަހުގީގު ތަކުން ބަޔަކު ރާވައިގެން ކުރިކަމެއްކަން އަދިވެސް ނޭގޭ.. އަދިވެސް އެއަންހެން ކުއްޖާ ވާހަކަ ދެއްކުން ހުންނަގޮތުން މިކަމުގައި ކުރިއެރުން ނުލިބިގެން މިއުޅެނީ.. އަހަރެން ވަރަށް ކައިރިން ބަލަން އެބަ މިކަންތައްތައް..އޭނައަށް ކައުންސެލިންދޭ ކައުންސެލަރ އާއި އަހަރެން ކޮންމެ ދުވަހަކު ގުޅައިގެން ބަލަން އެބަ.. ” އަފީފާ އޭނާ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދެމުން އާފަލެއް ފަޅިކުރަމުން ދިޔައެވެ.
އަހްމަދު ހަސަންއަށް ފޯނަށް ނުދަންނަ ނަންބަރަކުން ކޯލެއް އައީ އޭނާގެ އަނަހެނުންގެ އަތުގައިވާ އާފަލު ތަށިން އާފަލު ފޮއްޗެއް ނަގައި އަގަޔަށް ލަނިކޮށެވެ. “އައްސަލާމް އަލައިކުމް. އަހްމަދު ހަސަންތޯ؟ ” އޭނާ ފޯނު ނަގައި ބަހެއް ބުނުމުގެ ކުރިން އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ. “ވައަލައިކުމް ސަލާމް. ތިދެންނެވުނީ ރަނގަޅަށް. ކިހިނެއްވީތޯ؟” އޭނާވެސް ސުވާލަކުން ޖަވާބު ދިނެވެ. ” ތިބޭފުޅާގެ ބޭކަރީގައި ހިނގި ހާދިސާއާއި ގުޅޭ ކަމެއް ހިއްސާ ކޮއްލަން .. އެކަމަކު މީތިބޭފުޅާއައްވެސް ޗެލެންޖެއް..” ޑޮކްޓަރ އަޒްލަފް ވަރަށް ހަމަޖެހެމުން ބުންޏެވެ. ނަމަވެސް އެއީ ކާކު ކަމެއްވެސް ނުބުނެއެވެ. ކާކުކަން ބުނެފިނަމަ އޭނާ ބޭނުންވާ ފައިދާ ނުނެގޭނެކަން އެނގޭތީއެވެ. އޭނާގެ އަތުގައިވާ ހެކި ކޮނެމެވެސް ގޮތަކުން އޭނާއަށް ފައިދާއެއް ނުވާނެ ގޮތައް ގެއްލިދާނެ ކަމުގެ ބިރު އޮތީމައެވެ.
“އަހަރެން އަތުގައި އެބައޮތް އެރޭ ބޭކަރީގައި އަނިޔާވި އަންހެންކުއްޖާގެ ޖީންސް ޖީބުން ފެނުނު ލައިޓަރެއް..” ބެނުންނަމަ އަހަރެން ބުނާ އެކައުންޓް ތަކަކަށް 5މިލިޔަން ރުފިޔާ ޖަމާ ކޮއްދީ” އޭނާ ބޭނުންވާ ގޮތް އަޒްލަފް ހާމަކުރިއެވެ. ކިތަންމެ މުއްސަދި މީހަކުވެސް ސިއްސައިގެންދާހާ ވަރުގެ އަދަދެކެވެ. ނަމަވެސް އަހްމަދު ހަސަން ކޮންމެފަދަ އަގެއްދީގެންނަމަވެސް އެލައިޓަރ ބޭނުންވިއެވެ. އެކަމަކު އެއީ ކާކުކަން އެގެން އޭނާ ބޫނުންވިއެވެ. އޭނާއަށް ހަސަދަ ލައިގެން އުޅޭ މީހަކު އޭނާއަތުން ލާރިތަކެއް އަތުލަން އުޅެނީކަމަށް ވިސްނުނީއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ އެކޯލް ކަނޑާލިއެވެ.
އިރުކޮޅަކުން އޭނާގެ ފޯނަށް އައީ ވައިބަރ މެސެޖެކެވެ. ކޮންމެވެސް ވަރަކަށް ލޭ އުގުޅިފައިވާ ލައިޓަރެއްގެ ފޮޓޯއެކެވެ. އެއަށްފަހު އައީ ވައިބަރ މެސެޖެކެވެ. ” އެއްވެސް ފަރާތަކާއި ޝެއަރ ކޮއްފިނަމަ މިވެސް ނުލިބޭނެ. ލާރި ޖަމާ ކުރޭ. ފުރަތަމަ 1މިލިޔަން އޭރުން ދެން ކުރިއަށް ދާނީ މިކަން. ” އަހްމަދު ހަސަން ވިސްނާ ލިއެވެ. ބޭކަރީއަށް ރެސްކިޔުއަށް ދިޔަ ޓީމުގެ މީހުންނަށްވެސް އެތަނުން ލައިޓަރެއް ނުފެންނަކަން އޭނާ ވަނީ ޔަގީންކޮއްފައެވެ. ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ އަތައް އެދާނެ ކަމެއް އޭނާއަށް އޮތީ ވިސްނާ ނުލެވިއެވެ. އޭނާ އަނެއްކާވެސް ފިރާގުއަށް ގުޅިއެވެ. އަދި ފިރާގުގެ ފިހާރައިން ލައިޓަރު ގަތީ ޝައިހާކަން ޔަގީން ކުރިއެވެ. ޓެރަސްގެ ދެކޮޅަށް ހިނގާލުމަށްފަހު އަނެއްކާވެސް އޭނާއައިސް އުދޯލީގައި އިށީނެވެ. އޭރު އަފީފާ ވާނުވާ ރަނގަޅަށް ނޭގި ސުވާލުތަކެއްގެ ތެރޭގައި އުދޯލިން ނުތެދުވެ އިނެވެ.
އެއްމިލިޔަން ރުފިޔާ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކޮއްލައިގެން އަޒްލަފް ބުނި އެކައުންޓަށް ޓްރާންސްފަރ ކުރިއެވެ. އަޒްލަފްވެސް ހީކުރިވަރަށް ވުރެ އަވަހަށް ލާރިލިބުމުން ހަމަޖެހިލުމުގެ ނޭވާއެއް ލިއެވެ. އަނެއްކާވެސް އަހްމަދު ހަސަންއަށް ގުޅިއެވެ. އަދި އޭނާ އަކީ އެދުވަހު ހޮސްޕިޓަލްގައި މަސައްކަތްކުރި ޑޮކްޓަރެއްކަން ކިޔައިދިނެވެ. ނަމަވެސް އޭނާގެ ނަމެއް އެތައްފަހަރަކު އެހުމުންވެސް ނުބުނެއެވެ. އަޒްލަފް މަސައްކަތް ކުރަމުން ދިޔައީ އަހްމަދު ހަސަނަށް ލައިޓަރު ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަދި އޭނާއަށް ލައިޓަރު ލިބުންގޮތް ކިޔައިދިނުމުން އަހްމަދު ހަސަނަށް ޔަގީންކުރީ އަޒްލަފް ހަދަމުންދަނީ ތެދުކަމެވެ. އޭނާ ބުނި އެކައުންޓަކަށް އިތުރު 3މިލިޔަން ރުފިޔާ ޖަމާކޮއްދޭން އެދުނެވެ. ފަނަރަ މިނެޓް ނުވަނީސް އަނެއްކާވެސް ލާރި ޖަމާކޮއްދިނެވެ.
“އަހަރެން ލައިޓަރުގެ ފިންގަރ ޕްރިންޓްވެސް ހެދިން. އޭތި މެޗްވޭ އެއަންހެން ކުއްޖާގެ ފިންގަރ ޕްރިންޓާ. އެންޑް ޑީ.އެން.އޭ ވެސް. މިއީ ޕޮލިސްއަށް ހުށަހެނޭނެ ވަރުގެ ހެއްކެތް. ދޭ ހޮސްޕިޓަލަށް. އެތަނުން ޑޮކްޓަރ ފިރްޝާން ކައިރީ ބުނޭ ލައިޓަރ ބަލައޭ. އޭރުން ހަމަޖެހޭނެ. އަނެއް މިލިޔަން ޖަމާކުރޭ ..” އަހްމަދު ހަސަން ވަގުތުން އަނެއްކާވެސް ލާރި ޖަމާކުރިއެވެ. އަދި އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ.
އޭނާ ހޮސްޕިޓަލަށް ގޮސް އެތަނުގެ ކައުންޓރގައި އެހުމުން ޑޮކްޓަރ ފިރުޝާން ކިޔާ ޑޮކްޓަރެއް ނޫޅޭކަން އެނގުނެވެ. ވަގުތުން އަޒްލަފްއަށް ގުޅިއެވެ. އެއީ އަޒްލަފްގެ ޕްލޭނެވެ. އޭނާ ހުރީ ނަން އޮޅުވާލައިގެންނެވެ. އަދި އަހްމަދު ހަސަންއަށް އެކަން އޮޅުންފިލުވައިދިނެވެ. އަދި ލައިޓަރު ލިބޭނެކަން ޔަގީން ކޮއްދިނެވެ. އެހެންކަމުން އޭނާގެ ހިތައް ވަންނަމުން ދިޔަ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ފިލިއެވެ. އަޒްލަފް އޭނާގެ ޕްލޭންގައި ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ މީހަކު ބައިވެރިކުރިއެވެ. އެއީ އޭނާއަށްވެސް ލާރީގެ ބައެއް ދީގެންނެވެ. އަޒްލަފް އަހްމަދު ހަސަންއަށް ލަފާދިނީ ހޮސްޕިޓަލުގެ ފަރާތުން ފުލުހުންނާ ލައިޓަރ ހަވާލު ކުރުމަށެވެ. އޭރުން ފުލުހުންގެ ތަހުގީގަތް ލައިޓަރ ހަވާލު ކުރީ ހޮސްޕިޓަލުންކަމަށް ހަދައިފިނަމަ ޝަރީއަތުގައި އެމައްސަލަ ސާބިތު ކުރާއިރު ގާނޫނީގޮތުން ވަރުގަދަ ވާނެކަމަށް ވިސްނައިދީގެންނެވެ. އަހްމަދު ހަސަނަށްވެސް މިގޮތް ފަސޭހައިން ގަބޫލު ކުރެވުނެވެ. އަޒްލަފް އަހްމަދު ހަސަނަށް މިކަންކަން ކިޔައިދިނުމަށްފަހު ހޮސްޕިޓަލުން އޭނާ ޑީލްހެދި އެތާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއަށް އަހްމަދު ހަސަންއާއި ގުޅުވައިދިނެވެ.
ހޮސްޕިޓަލުން ލައިޓަރު ފުލުހުންނާއި ހަވާލު ކުރީވެސް އަޒްލަފް ޑީލްހަދައިގެން އުޅުނު ޖާބިރުއެވެ. ފުލުހުންގެ ތެރެއިން އެއާއި ހަވާލުވި އިންވެސްޓިގޭޓް އޮފިސަރއާވެސް އަޒްލަފް އޮތީ ކުޑަ ޑިލެއް ހަދާފައެވެ. އެހެންކަމުން އެހާލަހުން މިހާ މުހިއްމު ހެއްކެތް ހުށަހެޅުމުންވެސް މާބޮޑެތި ސުވާލުތަކެއް ހޮސްޕިޓަލާއި ނުކުރެއެވެ. މިކަން އެތަނަށް ދިޔަ ބައެއް ޕޮލިހުންނަށް ފާހަގަ ކުރެވި ސުވާލުކުރުންވެސް މާބޮޑުކަމަކަށް އިންވެސްޓިގޭޓް އޮފިސަރ ނެހެދިއެވެ. އަހްމަދު ހަސަންއަވެސްވެސް މިމަންޒަރުތައް ކުޅެވެމުންދާ ފިލްމެއްގެ ސިފައިގައި ފެންނަމުން ދިޔައެވެ. އެކަމަކު އޭނާ ހުރީ ބޭނުންވާ ހެކި ލިބުމުން ނުހަނު އުފާވެފައެވެ.
ޖެހިގެންއައި ދުވަހު ނޫސްތަކުގައި އަނެއްކާވެސް ބޭކަރީގައި ހިނގި ހާދިސާއާއި ގުޅޭގޮތުން އެރޭ ހިނގި ހާދިސާތައް ހާމަކުރަމުން ދިޔައެވެ. ބޭކަރީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޝައިހާގެ ސަބަބުންކަމަށް ދޭހަވާ ގޮތަށް ހުރިހައި ނޫސްތަކެއް ގައިވެސް އޮތީ ލިޔެފައެވެ. ފުލުހުންވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަންފަށއިފިކަމަށް އެތަނުގެ ފަރާތުން ބުނެފައި އޮތެވެ. އަދި ހޮސްޕިޓަލުގެ ފަރާތުން ބުނެފައިވާ ގޮތުން ލައިޓަރުގައި ޝައިހާގެ ފިންގަރ ޕްރިންޓްވެސް ހުއްޓެވެ. ޝައިހާގެ ކޮއްކޮ ހައްމާދުއަށް މިކަން ހަމަ އެގުމާއިއެކު ލިބުނީ ހައިރާންކަމެކެވެ. އޭނާއަށް މިކަންކަން ގަބޫލެއް ނުކުރެވުނެވެ. އޭނަގެ ދައްތައެއް މިކަހަލަ ކަމެއް ކުރަންޖެހުނީ ކީއްވެކަން އޭނާއަކަށް ނުވިސް ނުނެވެ.
އަވަހަށް ޝައިހާ އުޅޭގެއަށް ދިޔައެވެ. އޭރު އެގޭގައި ހުޅުވާފައިވާ ޓީޥީން ކިޔަމުންދިޔައީ އެހަބަރެވެ. ސިޓިންރޫމްގައި ހުރި ގޮނޑިއެއްގައި ޝައިހާއަށްވެސް އިނީ ޓީވީ ބަލާށެވެ. އޭނާ ވަގުތުން ދެރަވެގެން ރޯންފެއްޓިއެވެ. ހައްމާދު ޝައިހާ ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޝައިހާގެ ރުއިން ހުއްޓައެއް ނުލިއެވެ. ގޭތެރެ ވަގުތުން ހަލަބޮލިވެފައެވެ.
ހައްމާދު އެތައްވަރަކުން ވާހަކަ ދައްކަން އުޅުމުންވެސް ޝައިހާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ހައްމާދު ޝައިހާގެ ކައުންސެލަރ ނާޒިމާއާއި ގުޅިއެވެ. އޭރު ނާޒިމާއަށްވެސް ވަނީ ނޫހުން މިހަބަރު ފެނިފައެވެ. ނާޒިމާވެސް ލިބުނު ހިތާމައާއިއެކު އަވަހަށް އުޅެގަތީ ޝައިހާ ކައިރިއަށް ދާށެވެ. އޭނާއަށް ކުރެވުނު މަސައްކަތުން ޝައިހާ ކޮންމެވެސް ވަރަކަށް އޭރު ހުރީ ނަފްސާނީ ގޮތުން ރަނގަޅު ވެފައެވެ. އެކަމަކު އަނެއްކާވެސް ކުރިމަސައްކަތް ބޭކާރު ވެދާނެތީ އަވަހަށް އެގެއަށް ދިޔައެވެ. ނާޒިމާ ކުރިމަސައްކަތުންވެސް ޝައިހާ ވާހަކައެއް ނުދެއްކިއެވެ.
އަހްމަދު ހަސަން ތަހުގީގު އަވަސް ކުރަން ބާރުއަޅަމުން ދިޔަޔަސް އެކަމަށް ޝައިހާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނެވެ. ޕޮލިހުންނަށްވެސް މައްސަލަ ތަހުގީގު އިތުރަށް ކުރެވޭނީ ޝައިހާގެ ޑޮކްޓަރުންގެ ލަފާގެ މަތިންކަން އަހްމަދު ހަސަންއަށްވެސް ވަނީ ޕޮލިހުގެ ފަރާތުން އަންގާފައެވެ. ޝައިހާގެ ނަފްސާނީ ޑޮކްޓަރ އަޒްމީލާއާއިވެސް އޭނާ ވާހަކަ ދެއްކިއެވެ. އަދި އޭނާ ޑޮކްޓަރަށް ޕްރެޝަރ ކުރަމުން ދިޔައީ ޝައިހާ މޮޔައެއްކަމަށް ހަދާ މޮޔައިންގެ މަރުކަޒަށް ފޮނުވާލުމަށްޓަކައި ލިޔުމެއް ހޯދުމަށެވެ. އަހްމަދު ހަސަން އޭރު ބޭނުންވަމުން ދިޔައީ ޝައިހާގެ ދިރިއުޅުން އެއްކޮށް ނިންމާލާށެވެ. ނަމަވެސް ޑޮކްޓަރަށް ޕްރެޝަރކޮށް ފައިސާގެ ބޮޑު އަދަދެއް ދޭން އުޅޭކަން ކައުންސެލަރ ނާޒިމާއަށް އެގުމުން ޑޮކްޓަރާއި ބައްދަލުކޮށް އެހެން ނެހެދުމަށް ކުރި އާދޭސް ޑޮކްޓަރ ގަބޫލު ކުރިއެވެ. ނާޒިމާއަށް އޭރު ވަނީ ސްމައިލީގެ ފަރާތުން ކުރިމަތިވި ފުރައްސާރައިގެ ސުރިހީ ޝައިހާއާއި އެކު ކުރިން އޮތް ކައުންސެލިން ސެޝަނެއްގައި އަޅައިދެވިފައެވެ. ޑޮކްޓަރ އަޒްމީލާއަށް މިކަން އެނގުމުން ޝައިހާއާއި މެދު ހަމްދަރުދީ ވެވުނެވެ.
ކައުންސެލަ ނާޒިމާއާއި ޑޮކްޓަރ އަޒްމީލާ ބައްދަލު ކުރިކަން އަހްމަދު ހަސަންއަށް އެގުނެވެ. އޭގެ ސަބަބުން އޭނާއަށް ޝައިހާ މޮޔައިންގެ މަރުކަޒަށް ފޮނުވަން ކުރިމަސައްކަތް ހުއްޓުނީއެވެ. އަހްމަދު ހަސަންއަށް ޔަގީންވީ އެކަން ހުއްޓުވީ ކައުމްސެލަރ ނާޒިމާކަމެވެ. އޭނާ ވިސްނަމުން ދިޔައީ ނާޒިމާ ގަނެލާށެވެ. ނަމަވެސް ފައިސާއަށް ގުޑާވަރަށްވުރެ ނާޒިމާވީ ވަރުގަދަ މީހަކަށެވެ. އަހްމަދު ހަސަން އޭނާގެ ދަރިފުލަށް ލިބުނު އަނިޔާގެ ބަދަލު އަތުލަން ކޮންމެ ކަމެއްވެސް ކުރަން އަޒުމު ކަނޑައެޅިއެވެ. އޭނާގެ ދިރިއުޅުމަށް ހިޔަންޔެއް އެޅޫމަކީ އޭނާ ގަބޫލު ކުރަން ބޭނުން ވާކަމެއް ނޫނެވެ. އެކަމުގައި އޭނާއަށް އެޅޭ ކޮންމެ ހުރަހެއް އޭނާ އެއްފަރާތް ކުރާނެއެވެ. މީހެއްގެ ފުރާނަ ދުއްވާލައިގެން ވިއަސް އޭނާ އެކަން ކުރަން ނިންމިއެވެ.
10 Comments!
Comments are closed.


no offence but this is utter rubbish… evves ottareh neiy. beykaaru vaahaka gandeh evves ihusaaseh sifakurumeh nethi liyelaafa miothy…. grade 1 ge kudhinvs liyaane kanneynge mifenvarah
Its nice.. keep ot up.. nxt part avahah up khllachey
my elhe vaahaka e th. vaahaka akavvure haadhisaa e kiyaadhey hen hyvany.
Gud. Luk. Kyp it up.. !!
Waiting for the next part up it soon as u can 😀
Magey bappa kairy bunebala shaihaa everah kada nukruraasheyy
Maa las anehbas nerey goi…part shalhi ehgey
Mi vaahaka v reethi.ehn kiyun therin comment kollavvaa iru ragalhu noon kameh hunnanyya reethikoh bunelun emme ragalhy.ekaku liya vaahaka ahvure anekaku liya vaahaka reethi vedhane. Bt emmennah eh fenvarakah nuliyeveyne kan egen vaane. Vaahaka aky seedha mauloo ah dhaane ehcheh noon… aneh part avahah up vaane kamah ummeedh kuran.
Koba aneh part. Varah reethi miAAHAKA
Iyn mivaahaka nimmaaleetha vvv dhera vvvv ves reethi mivaahaka