Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 2

Annora Level 610 Stories100 Login100 Comments100 Stories
December 24, 2020 4 Mins Read
3 Comments

އެވަގުތު ކުއްލިޔަކަށް ދޮރު ހުޅުވިގެން ދިޔަ އަޑަށް ބަލާލި އިރު ދޮރުމަތީގައިހުރި ކުލްސޫމާ ފެނުމުން ޒީވާގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ.

*****

ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވެސް އެންމެ ވިއްސާރަ ދުވަސްވަރަށް ވުމުން އާދުވަހަކަށް މަރުހަބާ ކީ ނަމަވެސް އިރުގެ ދޯދިތަކުގެ ހިލަމެއް ނުވެއެވެ. ބޯކޮން ވާރޭ ނުވެހުނު ނަމަވެސް މުޅި އުދަރެސް ވަނީ ކަޅު ވިލާތަކުން ބައްދާލައިފައެވެ.

ޖަހާލާ ގުގުރިތަކުންނާއި ވިދާލާ ވިދުވަރުގެ އަލިން ހިތްތަކުގެ ހަމަޖެހުން ގެއްލިގެންދެއެވެ. އެ ފިނި ހެނދުނު އަރާމުކޮން ނިދާލުމުގެ ބަދަލުގައި ޒީވާދިޔައީ އަތްމަތި އަވަސް ކަމާއެކު  ގޭތެރެ ފޮޅާ މޮޕް ކުރަމުންނެވެ. އެހެން ހުއްޓާ ރޭގައި ކުލްސޫމާ ދިން އިންޒާރުގެ މަތިން ހަނދާންވިއެވެ.

***

“ކަލޭގެ ބަފާ ކައިރީ މަށޭ ކިޔާގެން ކުޓުވާފިކަން މަށަށް އިނގިއްޖެޔާއި މަށައް ވުރެން ނުބާމީހެއް ނުހުންނާނެ..އޭރުން ކަލޭ ޖެހޭނީ މަ ދައްކާ މީހަކާއި އިންނަން..ކަލެއަށް ޖެހޭނީ އަހަރެންގެ ރަހުމަތްތެރި ކެމީލާ ގެ ދަރި އެލަން އާ އިންނަން.. ޒުހޫރު ހަދާނެ މަބުނާ ކޮންމެ ގޮތެއްވެސް..މިދުވާލަށް ވިއަސް މީ ރޭގަނޑޭ މަ ބުނެފިއްޔާ އޭނަ ގަބޫލު ކުރާނެ..މަށައް ނީނގި އެއްވެސް ކަމެއް ނުކުރެވޭނެ ހަނދާން ބަހައްޓާތި” ވަރުގަދަ އިންޒާރަކަށް ފަހު މަލާމާތުގެ ރާގަކަށް ފަހު ޖުމްލައިއްވާލުމަށް ފަހު ކުލްސޫމާ ދިޔަނަމަވެސް އެޖުމްލަތައް  ޒީވާ އަށް އިވުނީ ހޮނުގުގުރި އެއްފަދައިންނެވެ. އެތައް އިރަކު ގަނޑުވެފައި އޭނާ އިނެވެ. ކޮންމެ ދުވަހަކު  އެތައް ފަހަރަކު މިފަދަ އަނިޔާވެރިކަމެއް ކުލްސޫމާގެ ފަރާތުން ލިބި އިންޒާރުތައް ލިބުންކަމުގައި ވިޔަސް މިފަދަ ގޮތަކަށް އެލަން ލާފައި އޭނަ އާއި ދެވާނެކަމަށް ބުނެ އިންޒާރުދިން މިއީ ފުރަތަމަ ފަހަރެވެ. އިސާހިތަކު ޒީވާގެ ޅަހިތުގައިބިރުވެރި ކަމުގެ ގަދަ ރާޅުތައް އުތުރިއަރާގެންދާންފެށިއެވެ.

***

“އަހަ ޒީއްކޮ ހާދަ މާއިރަކާ ހޭލައިގެން ތިއުޅެނީ..ނިދާލިނަމަ..” ފުލުސް ޔުނީފޯމުގަ އެތެރެޔަށް ވަންނަން އައި ޒުހޫރު އަށް ޒީވާ ފެނިގެން ވާހަކަ ދެއްކި އަޑަށް ހިޔާލުތަކުގެ ދުނިޔެއިން ބޭރުވެވުނެވެ. އަވަސް އަވަހަށް ލޮލުން ފޭދިފައިވި ކަރުނަތައް ވައިރޯޅިއަށް ވެސް ސިއްރުން ފުހެލިއެވެ..އޭނާ ނިދަން އޮވެފިނަމަ އެވެއްޓުނީ މަރުގެ އަނދަވަޅަކަށް ކަން ބައްޕަ ކައިރީގައި ބުނާނީ ކިހިނެތް ހެއްޔެވެ.

މާލޭގައި ގެދޮރު ހުރެ ،މަސައްކަތެއް ނުކޮށް ހުއްޓަސް ޒުހޫރު ބޭނުން ވަރަކަށް ފައިސާ ލިބޭނެ ގޮތެއް ހުރިކަމުގައި ވީނަމެވެސް މީހުން ބަލާގަންނަ ފަދަ ވަޒީފާ އެއް އަދާ ނުކޮށް އުޅުމަކީ ޒުހޫރު ދެކޭގޮތުގައި ވަރަށް ނާތަހުޒީބު ކަމެކެވެ. “އާނ ބައްޕާ..ޑިއުޓީ އަށް ދާން ވާއިރަށް އަވަސް ކުރަން ވެގެން.” ހިނިތުން ވެލަމުން ޒީވާ ބުނެލިއެވެ. “އާނ ..ރަނގަޅަށް ސައިބޯތި.. މަންމަ ވެސް އަންނާނެ އިރު ކޮޅަކުން..  ..ދަރިފުޅާ ހަނދާންކޮށް ..” ޒުހޫރު  ޖުމްލައިގެ އެއްބައި ބުނެފައި  އޭނާގެ އަތްލައްޕާލަމުން ޝަހާދަތް އިނގިއްޔާ ކަށި އިނގިލި މައްޗަށް ހިއްލާލައިފައި އެކުރި އިޝާރާތުން އެނބުނީ ކީކޭކަން  ޒީވާއަށް އިނގިއްޖެޔެވެ. އެއީ އޭނާ ކޮންމެ ދުވަހަކުމެ ކުރާ ކަމެކެވެ. ހަނދާނުން ކައްސާލާނީ ކިހިނަކުން ހެއްޔެވެ.

ޒީވާ ހިނިތުންވެލާފައި ބޯ ޖަހާލި ނަމަވެސް އެހިތުގައި ޝަކުވާ ވިއެވެ.  “ބައްޕާ ކީއްވެތަ ހަމަ އެކަނި އަހަންނަށް ..އެކަން ކުރަންޖެހެނީ..މިހާރު ބާރަ އަހަރު ވީމި މިކަމެއް ކުރާތާ..އަހަރެން ކިހިނެތް އަބަދު ..” ޒީވާ ބުނަން ބޭނުންވި ބަސްތައްވީ ހިތުގައެވެ. އެކަމެއް ކުރާތާ މިވީ ބާރަ އަހަރު ތެރޭގައި އޭނާ އެތަކެއް ފަހަރު އެކަމާ  ބެހޭގޮތުން ސުވާލު ކުރަން އުޅުން ނަމަވެސް އެކަން ކާމިޔާބު ނުވަނީ ކޮންމެ ފަހަރަކު ވެސް އެކަމަށް ޒުހޫރު ހުރަސް އަޅާތީއެވެ. ކިތައްމެ ރަނގަޅު މޫޑެއްގަ ޒުހޫރު ހުންނަ ގަޑިއެއް ނަމަވެސް އެ ވާހަކަތައް އަހާފިނަމަ ރުޅި އަންނާތީ ފަހުންފަހުން އަހާކަށް ނުކެރެއެވެ. އޭނާ ވަނީ އިތުރު މީހެއްގެ ކައިރީ އެވާހަކަ ދެއްކުން ވެސް މަނާ ކޮށްފައެވެ.

ޒީވާ ކޮޓަރިއަށް މިސްރާބްޖެހީ  ބައްޕަ ބުނި ކަންތައްތައް ކުރުމަށެވެ. ކޮޓަރިއަށް ވަދެ  ދޮރުލައްޕާލަމުން ފައިދަށުގައިވާ މެރޫން ކުލައިގެ މަޑު ކާޕެޓް މަތިން ލަސްލަހުން ހިނގާލައިފައި ގޮސް   ވައިލެޓް ކުލާއިގެ ފާރުގައި ހަރުކޮށްފައިވާ ސުވިޗް ބޯޑާއި އެކަހެރިކޮން ހުރި ސުވިޗް އަކަށް އޭނާ އޮބާލީ ކޮޓަރީގެ ދޮރު ހުރީ ރަގަނޅަށް ތަޅުލެވިފަތޯ ޔަގީން ކޮށްފައެވެ. އެ އާކު މުޅި ކޮޓަރި “ސައުންޑް ޕްރޫފް” ވެގެން ދިޔައެވެ. ކޮޓަރީގެ އެއްކަނުގައި ހުރި ދޮރެއް ހުޅުވާލުމަށް ފަހު އެތެރެޔަށް ވަނެވެ. ވަންނަ އިރު އެތެރޭގައި އިތުރު ދެ ދޮރުވެޔެވެ. އެތަނުން ކަނާއަތް ފަރާތުގައި ހުރީ ފާހާނައެވެ. ފާހާނާގެ ބޭރުގައިވަނީ ފާހާނާއަށް ވަންނަ އިރު ކިޔާ ދުޢާގެ ގަނޑެއް ވަނީ ހިއްޕާފައެވެ.

ޒީވާ ހުޅުވާލީ ވައަތް ފަރާތު ދޮރެވެ. އެދޮރު ހުރީ ލޮކް ކޮށްފައެވެ. ދޮރު ހުޅުވުމަށްޓަކައި ޖަހަން ޖެހޭ ހާއްސަ ކޯޑް ޒީވާ ޖަހާލީ ފަސްވަރަކަށް ސިކުންތުނެވެ. އެތެރެއަށް ވަންނައިރު، ހަތަރެސްކަން ބައްޓަމަށްވާ ޖަލެއްފަދަ ކުޑަ އެކޮޓަރީގައި އެއްކޮޅުން އަނެއް ކޮޅަށް ވަނީ ފްރިޖެއްފާޑު ބޮޑު އެޗެއް ބަހައްޓާފައި އެވެ. އެކަމުގެ ސަބަބުން ހިނގަން އޮންނަނީ އެކަކަށް ހިނގޭވަރުގެ ހަނި ޖާގައެކެވެ.  ޒީވާ އެބޮޑު ފްރިޖް ހުޅުވާލި އެވެ. އޭގެ ތެރޭގައި ވާއެއްޗިހިނުން ޒީވާއަށް ޝޮކު ނުލިބުނަސް އެހެންމީހުންނަށް ލިބޭނީ ޝޮކެއްކަން ގައިމެވެ.

ފުރިޖް ހުޅުވުމުން އޭގެން ނިކުތީ އާދައިގެ ފުރިޖުންއަރާ ކަހަލަ އާދައިގެ ފިނި ދުމެއް ނޫނެވެ. ގަދަ ހޫނެއް އެކުލެވޭ ދުމެކެވެ. ފްރިޖު ބަރާވެފައިވަނީ އެތައް ބައިވަރު ކުދި ކުދި ފުޅިތަކަކުންނެވެ. ކޮންމެ ފުޅިއެއްގައިވެސް ވަނީ މެދަށް ވުރެން ކުޑަ ތަންކޮޅެއް މައްޗަށް ހުންނަ ތެޔޮ ފާޑު ފެނެކެވެ. އަދި އޭގެ ތެރޭގައި ދިރިދިރި އޮތް ވަށްވަށްގުޅަވަރެއް ކަހަލަ އެއްޗެއްވެއެވެ. “ކަލާރ ބޮމްބްސް” ފަދައިން އެގުޅަ ވަނީ ވިލުނޫކުލާއިގެ ފަށަލައަކުން ވަށައިގެން ފޭޑްވެފައެވެ. އެގެން ކޮންމެ ފުޅި  އެއް ވެސް އެންމެ ވައްތަރީ ހޮސްޕިޓަލް ތަކުން ޔޫރިން ޓެސްޓް ހެދުމަށް ދޭ ޒާތުގެ ފުޅިއަކާއެވެ. އޭގެން ފުޅިއެއް ޒީވާ  ނެގިއެވެ. ނުތަނަވަސް ކަމުން ފުރިގެންވާ ނަޒަރެއް އަތުގައިވާ ފުޅިއަށް ދެމުން އެތަނަށް ވަންނަ ދޮރުގަ ހަރުކޮށްފައިން ލޯގަނޑު ކައިރީގައި ޒީވާ ހުއްޓުނެވެ.

ލޯގަނޑުން ފެންނަ އަމިއްލަ ސޫރަ އަށް ބަލާލަމުން އިސްތަށިގަނޑު މަޑުމަޑުން ވައަތްފަރާތަށް އެއްކައިރިކޮށްލިއެވެ. ލޯގަނޑު މަތީގައިވާ ކަޓަރެއް ނަގާ ކަނާއަތްފަރާތު ކަންފަތާއި ދިމާލުން ތިރިން ހަންގަނޑެއް “ކާރވް” ބައްޓަމަށް ކަފާލިއެވެ. އެތަނުން ލެއެއް ނާދެއެވެ. އާންމުކޮށް ކުރާކަމަކަށް ވާތީ ކަމަށް ވެދާނެއެވެ. އަތުގައި އޮތް ފުޅީގައިވާ ގުޅަ ނެގިއިރުވެސް އޭގައިވާ ވިލުނޫ ފަށަލަ އެހުރިގޮތައް ދުން އަރައަރަ ހުއްޓެވެ.  ޒީވާ، އޭނާގެ ގައިން ކަފާލި ތަނަށް އެގުޅަލުމަށްފަހު ހަންގަނޑުންކަފާލި ބައި ލައްޕާލައިފިއެވެ. އެހިނދު މުޅި ހަށިގަނޑަށް ދިލަ އަރާލީ އެޔެއް މިޔެއް ބަލާފަކަ ނޫނެވެ.  ދެން އިވުން ވޭނީ ހަޅޭކުން ބިންގަނޑަށް ލޮޅުން އެރިކަން ގައިމެވެ. އެޔޮށް ބިޔަ ފުރިޖް ވެސް ހެލިގެން ދިޔައެވެ. އެވަގުތު ޒީވާގެ މުޅި ގައިގާ ވާހާ ނާރު ތަކެއް ފުއްޕާލާ ނޫކުލައިން އެނާރުތައް ދިއްލިގެން ދިޔައެވެ. އެތަންތަނުން ނަގާދިލައަށް ކެތްނުކުރެވިގެން އޭނާ ތެޅެނީއެވެ. އިސާހިތަކު މަޑު “އެސްތެޓިކް” ފެހި ކުލާގެ ކަޅީގެ ކުލަ ގަދަ ވެގެންގޮސް ގަދަ ނޫކުލަވެރިވެގެން ދިޔައެވެ. އެ ދިލަ އަށް ކެންނުވެގެން މަޑުމަޑުން ބިންމައްޗަށް ދެމުނެވެ. އެގޮތުގައި ހަތްވަރަކަށް މިނެޓް ވޭތުވުމަށް ފަހު އޭނާ ހޭވެރިކަންވިއެވެ.

****

“ޒޭން..ޒޭން..ރުޅިމަޑުކޮށްލަބަލަ.. އިނގޭނު ރުޅި އަންނައިރުވެސް އެއީ އޭނަގެ ވައްތަރުކަން…ތިހާވަރަށް ރުޅިގަދަވެގެން ހުރެގެން ނުދިޔަކަސް ވެދާނެ.. ތި ރުޅިގަނޑު ހިފާގެން ބައްޕަ ކައިރިޔަށް  ގޮސް ކީކޭތަ ބުނަނީ”  ރުޅިއައިސްގެން ގޮސް ދަތްތައް ބިންދައިގެންދާވަރަށް ދަތްކުނޑި ވިކާލައިގެން ބާރުބާރަށް ހިނގާލައިފާ އިޒާން ދިޔައިރު އޭނާގެދެލޯ ސިފަވަނީ އަގުރު އަލިފާންކޮޅެއް ފަދައިންނެވެ. އޭނާގެ ދެލޮލުން ނުރައްކާތެރި ވިދުވަރެއްފާޅުވޭވޭ ހުއްޓެވެ. ބާމަތި ފުޅާ  ދިގުއިސްކޮޅެއްގެ ވެރިއެކެވެ. އޭނާގެ ގަދަ އަޅިކުލައިގެ ދެލޯ އެއީ ކޮންމެ އަންހެނެއްގެ ވެސް ބަލިފައެވެ. އެ “ވެމަޕަޔަރިޝް ލުކް” ފެނި ދީވާނާ ނުވާނެ ހިތެއް ނުހުންނާނެވެ. ކޮނޑުގައި ނުޖެހި ދިހަވަރަކަށް އިންޗި ހުރި އިސްތަށިގަނޑުގައި މަޑު ރާޅުބާނިކަމެއް ހުރި ނަމަވެސް ފަންއިސްތަށިގަނޑެކެވެ. ވެހެމުންދިޔަ ބޯ ސްނޯގެ ގަދަ ފިނީގެ އިހްސާސެއް އިޒާން އަށް ނުވާކަހަލައެވެ. ހަމަ އެކަނި ކަޅު ގަމީހަކާއި ފައިކުރި ކުޑަކޮން ހިމަކޮން ހުރި ކަޅުކުލައިގެ ފަޓުލޫނެއް ލައިގެން ހުރިއިރު ނުހަނު ހިތްގައިމެވެ. ސްނޯގެ ގެ ކިތައްމެ ބާރު ހަމަލައެއް އައިނަމަވެސް ކުޑަނަމަވެސް ފިނީގެ އުދަގުލެއްއޭނާ އަކަށް ނުފޯރައެވެ. އޭނަގެ ފަހަތުން އައި ނިޔަލް އަށް ޖެހުނީ އިޒާން އާއި އެވަރުކުރަން ދުވާށެވެ. އޭނަހުރީ އިޒާން ދެކެ ނުހަނުބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ފަހަތުގަ ހުރެގެން ބަނޑަށް އިވޭވަރަށް ލައްކަ ކުދި ކިޔަމުން އައެވެ. ލައިގެން ހުރި އަޅި ސޯޓާއި ކަޅުކުލައިގެ ޓީޝާޓުގައި ހަރުލާފައިވާ ސްނޯތައް ފޮޅާލަމުން މީހަކު އަދި އެއްޗެއް ބުންޔަސް އެވަރުވާކަށް ނުވާނެ ނޫން ހޭ ވެސް އަމިއްލަ ނަފްސައް އިވޭވަރަށް ބުނެލައިފިއެވެ.

“ކަލޭ ކޮންމެހެނެއް އަންހެނެއްގެ ލަގަބް ލިބޭތޯ ޗުކުޗުކު ތަޅުވާނެ ކަމެއް ނެތް..އަންހެނުން ބަނޑަށް އިވޭވަރަށް ވާހަކަ ދައްކާނީ.. ” ހުރި ގޮތަށް ހުރެ ބުނެލިއިރު އިޒާންގެ ގާތަށް ހުރީ ހިނި އައިސްފައެވެ.. ކިތަންމެ ރުޅިއައިސްފަ ހުއްޓަސް ނިއަލް އުޅޭގޮތުން ބައެއްފަހަރު އޭނަ އަށް ހޭން މަޖުބޫރުވެއެވެ.  “މަހިތައް އަރާ ކަލެއަށްހަމަ އެކަނި އިވެނީ ކަލެޔާ ދިމާއަށް އެޗެއް ބުނީމަ އެ އަޑު އެކަނިބާއޭ…އާނ އެހެންޏަ.. މި ދޭނަސޭހަތުގެ ކަންފުޅެއް ވެސް ނީވޭ ވިއްޔަ.. މަގޭ ބޮލުގަ އެންމެ އިސްތައްޓެއް ވެސް ނީންނާނެ މީނަ ދުނިޔޭގަ ހުއްޓަ ..އެހެންނުވާނީ ދަބަރުޖަހާފަހުރި ވަތުއޮޑިއެއް ވިއްޔަ އިނީ ކަންފަތުގެ ބަދަލުގަ”  ހަޅޭއްލަވަމުން ހުރި ދިމާލު ތިރީގައި ނިޔަލް އިށީނީ ވަރުބަލިވެގެނެވެ. “ކޮބާ ނިމުނީތަ… ދަބަރު ޖަހާފަ އޮތް ވަތުއޮޑިއެއް ވިއްޔާ އިވޭނީ ދަބަރުގެ އަޑެއްނު “ކަންފަތައް އިނގިލި ހަރާގެން  އިޒާން ހެވިފައި ހުރެ ނިޔަލް އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައި ބުންޏެވެ. ކަންވީ އޭނަހިތައްއެރި ގޮތަށެވެ..ނިޔަލްގެ ސިންގުރުޅި އައީއެވެ. ވަރެއްގެ ފިރިހެން ކުއްޖެއްތާއޭ ހިތައް އެރިއެވެ. އޭނާ އެހެން ބުނީވެސް މަޖަލަކަށް ހަދާފަވިއްޔާއޭއެވެ. އޭނާގެ ރުޅިގަދަވާހަކަ ދައްކާއިރު ނިޔަލް ވަކި ސަހަލު ހެއްޔެވެ. ޕިސްޕިސް ކިޔާ ބޯހަލުވާލި ނަމަވެސް ނުހަނު ހަމަޖެހިފައި އިޒާން ހުއްޓެވެ.

ރުޅި އައިސްގެން ފަޅައިގެން ދާވަރު ވެފައި ހުރި ނިޔަލްގެ ކުރިމަތިން އިސާހިތަކު ދުންގަނޑެއް ފާޅުވިއެވެ. ސިކުންތު ކޮޅެއް ފަހުން ދުންތައް ސާފުވި އިރު ނިޔަލް ފެންނާކަށް ނެތެވެ. އިޒާން ބަލަބަލާ ހުއްޓައި މިވީގޮތުން އޭނާއަށް ތެޅިގަނެވުނެވެ. އިޒާންގެ ލޮލުން ފެނިލީ ބިރުވެރިކަމެވެ.  ނިޔަލް އަށް ގޮވަމުން ވަށައިގެން އެނބުރެން ފެށިއެވެ.

 

******

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ތީއޭ އުފަލަކީ…4

Next

އިމްތިޙާން 43

Next
December 25, 2020

އިމްތިޙާން 43

Previews
December 24, 2020

ތީއޭ އުފަލަކީ…4

3 Comments!

  1. Annora says:
    December 25, 2020 at 9:19 am

    salaam…. here is the 2nd part of hiraas.. i hope u guys will like this part too.. next part dec 30 insha allah. ❤

  2. Dheem&Eekku says:
    December 25, 2020 at 7:39 pm

    varah reethi mi story.. sifa kurunves hama salhi .. varah interesting
    waiting for next part

    1. Annora says:
      December 26, 2020 at 3:33 pm

      Awnn thanks alot dear dheem&Eekku ? v happy vehje kamu dhiyaeema ?❤️ next part 30 dec ga fenigendhaane insha allah..??❤️❤️❤️❤️

Comments are closed.

Next Episodeހިރާސް -3←


All Right Reserved!