Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 7

Aashii
Aashii Level 310 Stories100 Login
January 1, 2021 2 Mins Read
0 Comments

 

” ކީކޭ .. ” އެ ޖުމްލަ އަލުން އަޑުނާހަން ބޭނުންވި ނަމަވެސް ސާމިއު ޔަގީން ކޮށްލަން ބޭނުންވިއެވެ. ” އާން .. ބޭބެ މި ބުނަނީ ރަނގަޅަށް .. ޖިންނިންގެ ރަސްގެފާނަށް ހެދިގެން އެއަންނަނީ އެ ނުބައި ފުރޭތަ … ކޮއްކޮމެން ސަމާލުވާތި .. ބޭބެ ރަނގަޅު އެތި ފަހަރެއް ހަދާލާނަން ..” ހަމްދީބޭ ބުނި ބަހުގެ ޔަގީންކަން ދޭހަ ކޮށްދިނެވެ. ” އެކަމަކު ބޭބޭ .. އެއީ ކިހިނެތްވީ ކަމެއް؟ ..” ސާމިއު އެއްސެވެ. އެއާއިއެކު ހަމްދީބޭ ކިޔައިދޭންފެށިއެވެ.*

************

އެއްދުވަސް ވަރެކެވެ. ޖިންނީން ދިރިއުޅޭ ކިއްލާއެކެވެ. މިތަނަކީ ބޮޑުތަނެކެވެ. އެތައް ހާސް ދަރިފަސްކޮޅުތަކެއް އުފަންވެ ތަރުބިއްޔަތު ކުރެވޭ ތަނެކެވެ. މިތަނަކީ މަގުބޫލު ތަނެކެވެ. އެތަށް ޖިންނިއެއް މަޑުކުރާތީ، އެކަމަށް އެތައްހާސް  ހާއްސަ ހާދިމް ޖިންނިތަކެއް ވަނީ ތައްޔާރު ކުރެވިފައެވެ.މިހެން ކަމުން ބަލާލަން ހިތްފަސޭހަ އަދި ހިތްގައިމު ތަނަކަށް މިތަންވެފައި ވެއެވެ. ޖިންނީންގެ ނަމުންނަމަ ، ‘އިސްރަށްވެހި ބަގީޗާއެވެ.’

އެއްދުވަހެވެ. އައީ ބާރުގަދަ ޖިންނިއެކެވެ. އައީ ޒިޔާރާތް ކުރުމަށް ކަމާއި އާދައިގެ ޖިންނިއެއް ކަމަށްބުނެ، ގާރޑު ކުރާ އެއްޗިހި ތަކަށް އޮޅުވާލިއެވެ. އަވަސް ފިޔަވަޅު ތަކެއްގައި އަވަހަށް ވަނީ ކޮޓަރިއަށެވެ. ނިދަން ކަމަށް ހިތާ ނިދަން އޮށޯތެވެ. އިރުކޮޅެއް ނުވެ އޭއްޗަށް ނިދުނެވެ.

ދަންވަރެވެ. ނާމާން ކަމަށް ބުނާ ގަޑި ފެށުނީއެވެ. މުޅި ކިއްލާ ތެރޭގައި ވަނީ ހަމަހިމޭންކަމެވެ. މުޅި ކިއްލާވެސް ނިދައިފައިވާ ފަދައެވެ. ކުއްލިޔަކަށެވެ. ބަރުއަޑަކުން މީހަކު ހަޅޭއް ލަވައިގަތް އަޑުއިވުނެވެ.އެވާނީ ރަސްގެފާނަށެވެ. ކޮންމެ ޖިންނިއަކަށްވެސް ތެދުވެވުނީ ފޫކޮޅުގައި ކައްޓެއް ޖެހީމާ ތެދުވެވޭ ގޮތަށެވެ. އެއްޗިހީގެ މިސްރާބު ހުރީ ރަސްގެފާނުގެ ކޮޓަރިކޮޅަށެވެ. ގަދަފަދަ އަޑުފަތްގަނޑު އިވުނީ އެތަނުން ކަމަށް ވާތީއެވެ.

ހުޅުވާލިއިރު ކަމަކު ދާކަށް ނެތެވެ. މުޅި ތަނުގައި ލޭގެ ކޯރެވެ. ކާކުގެ  ލެއެއް ކަން ވެސް ބުނެދޭން އެނގޭނީ  ތަންދޮރު ވަކިގެނެއް ނޫންހެއްޔެވެ.

ގާތްގަނޑަކަށް 2000 ޖިންނި ޒަޚަމްވެފައި އޮތެވެ. 157 ޖިންނީގެފުރާނަ، މަސްގަނޑަށް އަލްވަދާއު ކިޔައި ކިޔައި ނިމިފައެވެ. ހިތްހެޔޮ ރަސްގެފާނު ތަޚުތުގައި ވެޑުވިފައި އޮތެވެ. ބިޔަ މީހެއްކަމުން ފޭބިލެޔެއް ފޭބީ އޭތީގެ ހަށިގަނޑުންނެވެ.

ޖިންނީންތައް ހާސްވެ ތެޅިފޮޅި ގަތެވެ. ރަސްގެފާނަށް ފަރުވާކޮށް ނިންމާށެވެ. ނަމަވެސް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ހިތްހެޔޮ، ދީލަތި، ހީވާގި ވެރިޔާ އަވަހާރަވީއެވެ. މުޅި ކިއްލާ އަށް ހިތްދަތިކަން ގެނުވައިދީފައެވެ.

 

**************

 

” މިއީ ވީގޮތަކީ .. އޭގެ ފަހުން އެ ކިއްލާގައި ވޯޓުކޮށް އައު ވެރިޔެއް ހޮވީ .. އެއީ ތިބުނާ ފަލްކަން ރަސްކަލުން .. އޭތި ކުރީގެ ރަސްކަލުން މަރާލީ .. ވެރިކަމުގެ ދަހިވެތި ކަމުގައި ….” .

ހަމްދީބޭ ކިޔައިދީ ނިންމާލީ އޭނައަށް އެނގޭ އެއްޗެކެވެ.

” ދެން ކިހިނެތް އެ ރަސްގެފާނު އަވަހާރަވީ؟ ރަސްކަލުންނަކީ ވަރަށް ބާރުގަދަ އެއްޗެއްނު .. ދެން އެ ގާޑުންވެސް ހަމަ ފަރުވާ ކުޑައީ ..

ބާރުކުޑަ އެއްޗެއް، ބާރުކުޑަ އެއްޗެއް ބަލާކަށް ނުވޭވިއްޔަ ..” .އަލަމް ކުދިކިޔަން ފެއްޓިއެވެ. ހަމްދީ ހީލިއެވެ.

” ވެފައި އޮތް ކަމެއްވެ އެ ނިމުނީ .. ހިތްހެޔޮ ރަސްކަލުން މަރުވާން އޮތީ ކުރިންވެސް އެގޮތް މިންވަރު ކުރައްވައިފައި ވާތީ .. ތަގުދީރުގެ ނިޔާ އެކަކަށް ވެސް ނޭނގޭނެ .. އަހަރެމެން ކުރަންވީ ކަމަކީ އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބުން ..” . ހަމްދީ ބޮޑު ނަސޭހަތްގަޑެއް އަޑު އިއްވިއެވެ. އެއީވެސް ދޮގެއް ނޫނެވެ. ހަމަ ތެދު ހަގީގަތެވެ.

” އޯކޭ ބޭބޭ .. އެހެންވިއްޔާ އެ ފުރޭތަ މަރާލާނީ ކިހިނަކުން ..”ސާމިއު މައުޟޫ ބަދަލުކޮށްލިއެވެ. ” ބޭބެ ދޭނަން ފަތެއް .. އެއްޗެއް ލިޔެފަ އޮންނަ ..” ހަމްދީ އެހެން ބުނެލާފައި ނެގީ ފަތެކެވެ އޭގައި އެއްޗެއް ލިޔެލާފައި ދިއްކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

love is sour n sweet
Previous

ހުދާއްކޮ 14

Next

ހިރާސް -3

Next
January 1, 2021

ހިރާސް -3

Previews
January 1, 2021

ހުދާއްކޮ 14

love is sour n sweet


All Right Reserved!