Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 5

Aashii
Aashii Level 310 Stories100 Login
December 25, 2020 2 Mins Read
0 Comments

” އެހެންވިއްޔާ ކުރަން ތި އުޅެނީ ކޮންކަމެއްތޯ ބުނެބަ ..” ސާމިއު ބުނެލިއެވެ.

” މިހެން ހަދަން ޖެހޭނީ ….  އޭތީގެ ނާސްތާއަށް އަޅާނެ ދިޔައެއް އަހަރެން ދޭނަން .. އޭގެ އަސަރު ކުރުމުން އޭތި ކުޑަވާނެ ..ދެން އަހަރެމެން އޭތި ހުޅިއަކަށް އަޅާލާފަ އަންދާލާނީ .. އޭރުން އެ ނިމުނީ..” ހާޖީ ފާޑަކަށް މޫނަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ. މިއީ ހާޖީ އޭނައާއި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ކުރިން މުޅިން ވެސް ވާހަކަދައްކައި  އުޅުނީ އަތުންނާއި  އިށާރާތުންނެވެ.  ނޫނީ ލޮލުންނާއި ލިޔެގެން ނުވަތަ ކުރަހައިގެންނެވެ.

 

” ޔަގީންތަ ތި މަސައްކަތް ކުރާނެކަން ..” ސާމިއު ޔަގީންކޮށްލުމުގެ ގޮތުން އަހާލިއެވެ. ފަލްކަން އާއި ހާޖީ އަވަހަށް ބޯ ޖަހާލިއެވެ. އެރެއަށް އެރޭގެ މަސައްކަތް ނިންމާލުމަށްފަހު ފަލްކަން އާއި ހާޖީ ދިޔުމުން ސާމިއު އެނދުގައި ހަމަޖެހިލިއެވެ. އެދިޔަ އޭނަ އަތަށް ލިބުމުން ކުރާނެ ކަމަކާއި މެދު ވިސްނަމުން ފިކުރު ކުރަމުންނެވެ. މިހާދު އާއި އެކު މިހާދުގެ މަސައްކަތް ހަވާލުކުރުމަށްފަހު ބުނާނެ އެއްޗެއް ހިތަށް ގެންނަމުންނެވެ.

 

އިރު އެރީ، މުޅިން އައު ދުވަހަކަށެވެ. އެތަށް މީހުންނާއި އެތަކެއް ކަމެއް ދިމާވަމުންނެވެ. މުޅިން އާ ތަޖުރިބާތަކެއް ކުރެވޭ ދުވަހަކަށްވެސް އެދުވަސް ވެދާނެއެވެ. އަލަމްއަށްވެސް ވަނީ އާ ތަޖުރިބާ އަކާއިކުރިމަތި ލާން ޖެހިފައެވެ. އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެ ވަކިވުމާއި ގުޅިގެން ފުން ހިތާމައަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ ކާކު ކުރިކަމެއް ކަމެއް އޭނައަކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އޭނަގެ ބޭބެ މަރުވެފައިވަނީ ލޭ ހުސްވެގެން ކަމެވެ. މުޅި ގައިގައި ދަތްއަޅާ ވަކި އަޅައިފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިކަމެވެ. މިވަނީ ކީއްތޯ ބަލަން ހަމްދީބޭގެ ގާތުން އަހައިފައިވުމުން ލިބުނު މައުލޫމާތު ބަލައިލުމުގެ ނިޔަތުގައި މާޔޫސްވެފައިވި ހިތަކާއިގެން އަލަމް ހިނގައިގަތެވެ.

 

އެވަގުތު ހިނގަމުން އައި ސާމިއު އާއި ދިމާވިއެވެ. ސާމިއު ގޮވާލުމާއިއެކު އަލަމް ބަލައިލިއެވެ. ސާމިއު ފެނުމުން އަލަމް ވަރަށް އުފާވިއެވެ.

 

“އަލޫ .. ކޮންތާކަށް ތި ދަނީ ..” ސާމިއު އެއްސެވެ. ” ހަމްދީބޭގެ ގެއަށް ..” އަލަމް ބުނެލިއެވެ. ދިނީ ކުރު ޖަވާބެކެވެ.” އެއީ ކީއްކުރަން ..” ސާމިއު ވެސް ދަނީ އެގެއަށް ކަމުން އަހައިލިއެވެ. ” އަހަރެންގެ ބޭބެ މަރާލި މީހާ ހޯދިއްޖެތޯ ބަލަން ވެގެން ..” އަލަމް ޖަވާބުދިނެވެ. އަޑުއަހަން ހުރި ސާމިއުއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެއީ އޭނައަށް އަޑުއިވުނު ހަބަރަކަށް އެ ހަބަރު ވެފައި ނުވާތީއެވެ.

 

” އަލޫގެ ބޭބެއޭ … އަލްވާން .. މަރުވީ؟ …” ސާމިއުއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ކޮންމެ ދުވަހަކުވެސް ބައްދަލުވާންޖެހެނީ އައު ހަބަރަކާއިތާއެވެ. އެ ފުރޭތަ އާއި ހެދި އުޅެވޭ ވަރެއްވެސް ނޫނެވެ.” އާން .. މީހަކު މަރާލީ .. ހަމްދީބޭ ބުނީ ހޯދޭތޯ ބަލާނަމޭ .. ނޭނގެ އެއްޗެއް ބުނާކަށެއް އަދި ..” އަލަމް ކިޔައިދިނެވެ. ” ސާމީ ތިދަނީ ކޮންތާކަށް؟ މިހާދުގެ ގެއަށްތަ ..” ކުރިމަތީގައި ހުރި މިހާދުގެ ގެއަށް ބަލައިލަމުން އަލަމް އަހާލިއެވެ.

 

” ހަމަ އަލޫ ގޮތަށް ހަމްދީބޭ ގެއަށް .. އަހަރެންގެ ބައްޕަ މަރާލި ފުރޭތަ މަރާލަން ވެގެން .. އަލޫގެ ބޭބެ މަރާލީވެސް އެ ފުރޭތަ ..”

 

ސާމިއު ފުރަތަމަ ފަހަރަށް ހަގީގަތް ކިޔައިދޭން ފެށިއެވެ.

” އެއީ ފުރޭތައެއް .. އަލޫ އަޑުއެހިންތަ ފަތްގަނޑު ފުރޭތަ ވާހަކަ ..މި ދައްކަނީ އެ ފުރޭތަ ވާހަކަ ..” ” އެއްރެޔަކު އަހަރެން ނިދާފަ އޮތްވާ ކޮންމެވެސް މީހަކު ކޮޓަރިތެރޭ އުޅޭހެން ހީވެގެން ތެދުވީ .. އެތާ ޖިންނީންގެ ރަސްގެފާނު ހުރި .. އޭތީގެ ވަޒީރާއިއެކު މިތަނަށް އައީ .. ބުނީ މިރަށަށް ފުރޭތައެއް އަރައިފިޔޭ .. އެމީހުންނަށް ވެސް އޭގެ އުނދަގޫ ކުރިމަތި ވެއްޖެޔޭ ….. އަހަރެން ކުރަންވީ ކަމަކީ އޭތި މަރައިލަންވީޔޭ .. ބުނީމަ އަހަރެން ބުނިން އަހަރެން އެކަން ކުރާކަށް ނުޖެހެޔޭ .. އަހަރެންމީ އެއްޗިހި މަރާ ޝައިތޯނެއް ނޫނޭ .. ބުނީމަ ބުނީ މިރަށުން ޖެހިޖެހިގެން އަންނަ ކޮންމެ ދުވަހަކު މީހަކު މަދު ވާނެޔޭ .. އެއީ އެ ފުރޭތަ ކުރާ ކަމެކޭ .. އަހަރެން އޭތި މަރައިލީމަ މިރަށު އެންމެން ސަލާމަތް ވީޔޭ .. އެއީ ކީއްވެހޭ ބުނީމަ ބުނީ އޭތީގެ ނާސްތާއަކީ އިންސާނުންގެ ލެޔޭ ..”

 

” ޖިންނިންގެ ރަސްގެފާނުގެ ނަމަކީ ފަލްކަން އަދި ވަޒީރުގެ ނަމަކީ ހާޖީ .. އަލޫ އަހަންނަށް އެފުރޭތަ ފެނުނު .. މުޅި ގައިގަ ރެދަނުންފުރާލާފަ ބިރުވެރި ސިފަޔަކަށް ހުރީ ..” މިހެން ގޮސް ހުރިހާ ވާހަކަ އެއް ސާމިއު އަލަމް އަށް ކިޔައިދިނެވެ އެރޭގަ ވީ ކަންކަމާއި ޖިންނީންނާއި، ފުރޭތައަށް ފާރަލައިގެން އެނގުނު ކަންތައްތަކާއި، އެފުރޭތަ ހުންނަ ގޮތާއި، ދިރިއުޅޭ ތަނެވެ. އަލަމް ހުރީ ހައިރާންވެ ސޮނިވެއްޓޭ ވަރު ވެފައެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 18

Next

މިއީ ހުރިގޮތެވެ.

Next
December 25, 2020

މިއީ ހުރިގޮތެވެ.

Previews
December 25, 2020

ދޫކޮށްނުލާނަމޭ ކަލާ – 18



All Right Reserved!