Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަޤާމޭ މި ދެނީ 18

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 24, 2020 10 Mins Read
1 Comment

“ގުޑް ނައިޓް!” ޒިއާމް ބުންޏެވެ. މައިރާ ބޯ ޖަހާލާފައި ޒިއާމްއާ އެކު ދޮރާ ހަމައަށް ގޮސް ޒިއާމް ނިކުތުމުން ދޮރު ތަޅުލިއެވެ.

އެރޭ މައިރާއަށް ނިދުނީ ކުޑަ ވަގުތުކޮޅަކަށެވެ. ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރު ނިމުމުން ހިތަށް ލިބިފައިވި އުފާވެރިކަން ނުތަނަވަސްކަމަށް ބަދަލުވީ މައިރާއާ ޒިއާމްގެ ގުޅުން ރައިހާނާއާ ހާފިޒްއާ ރަޒާނާއަށް އެނގުމުން ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. އެ މީހުން ނުރުހުން ނުވާނެއޭ މައިރާގެ ހިތް ބުނެއެވެ. އެހެން ނަމަވެސް މައިރާއާ ޒިއާމް ގުޅެން ބޭނުން ވާކަން އެނގުމަށް ފަހު އެ މީހުން ބުނާ އެއްޗެއް ނޭނގެނީސް މައިރާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ފަތިސް ވަންދެން މައިރާއަށް އޮވެވުނީ އެފަދަ އެކިއެކި ޚިޔާލުގައެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އެހެން ދުވަސްތަކަށް ވުރެ އަވަހަށް ޒިއާމް ސައިބޯން އައުމުން ރައިހާނާއާ ރަޒާނާވެސް ހައިރާންވެފައި އެކަން ފާހަގަ ކުރިއެވެ. މައިރާވެސް އެ ދުވަހު އެންމެންނާ އެކު މަޑުކުރުމުން އެކަންވެސް ވީ ރަޒާނާއާ ރައިހާނާ ހައިރާންވީ ކަމަކަށެވެ. އެކަކު އަނެކަކަށް ފިލަން އުޅޭ ޒިއާމްއާ މައިރާ އެ ދުވަހު އެހެން ދުވަސްތަކާ ތަފާތު ކަން ފާހަގަވާކަށް އެ ދެ މީހުންނަށް ގިނަ އިރެއް ނުނެގިއެވެ. އެ ދެމެދުގައި އޮތް ގުޅުން ބަދަލުވެއްޖެ ކަން ދެނެގަންނާކަށްވެސް އެ ދެ މަންމައިންނަކަށް އުނދަގުލެއް ނުވިއެވެ. އެހެން ނަމަވެސް އެއްވެސް އެއްޗެއް ނުބުނެަށްވެސް އެ ދެ މަންމައިންނަކަށް އުނދަގުލެއް ނުވިއެވެ. ަށް ގިނަ އިރެއް ނުނެގިއެވެ. .  ތިބީއެވެ.

މުނާއާ ޝަފީއު އެ ގޭގައި ތިބުމުން އެ ދުވަހު މައިރާ އޮފީހަކަށް ނުދެއެވެ. އެރޭ ވަންދެން އެކި އެކި ވާހަކަ ދެއްކުމުގައި ތިބެފައި މުނާއާ ޝަފީއު މިޝްޔާ ގޮވައިގެން ދިޔައީ އެރޭގެ ކެއުމަށް ފަހުއެވެ.

ކޮންމެ ރެއަކު ކައި ނިމިގެން ރައިހާނާމެން ނިދަން ވަންނަން ދެން ޒިއާމް އެ ގޭގައި އިނދެއެވެ. ދެ މީހުން މާ ގިނަ ވާހަކަ ނުދެއްކި ނަމަވެސް އެ މީހުންނާއެކު މައިރާވެސް ސިޓިންގްރޫމްގައި އިނދެއެވެ. އެ ދެމެދުގައި ބަދަލު ކުރެވޭ ސިއްރު ބެލުންތަކާ، ކޮށްލާ އިޝާރާތްތައް ރައިހާނާއާ ރަޒާނާއަށް ސިއްރެއް ނުވެއެވެ. ނަމަވެސް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިގެން ތިބެނީއެވެ.

އެހެން ހަފްތާއެއް ދިޔަ ފަހުން، އެއްރޭ ދިހައެއް ޖެހި ފަހުން ޒިއާމް މައްޗަށް ގޮސްފައި، އެ ބަޔަށް އައުމަށް އެދި މައިރާއަށް މެސެޖްކޮށްލިއެވެ.

މައިރާ ރީތި ވެލައިގެން ކޮޓަރިން ނިކުތް އިރު ބޭރުގައި މީހަކު ހުރެދާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

“މައިރާ؟” އައިސް އަލަމާރި ކައިރީ ހުރި ރަޒާނާ ގޮވާލި އަޑަށް ސިހިފައި މައިރާ ބަލާލިއެވެ.

“ފެން ބޯން ވީތަ؟ ތިއްތަވެސް ފެންފޮދެއް ބޯލަން ނިކުތީ” މައިރާ ހުރި ގޮތުން މައިރާ އެ ނިކުތީ ފެންބޯން ނޫންކަން އެނގި ހުރެ ރަޒާނާ ބުންޏެވެ.

އަވަސް އަވަހަށް ބޯ ޖަހާލާފައި މައިރާ އައިސް ރަޒާނާ އަޅައިދިން ފެންތަށި ބޯލިއެވެ. ނިދަން ދަނީ ކަމަށް ބުނެފައި ރަޒާނާ ކޮޓަރިއަށް ވަނުމުން މައިރާ އިރުކޮޅަކު މަޑުކޮށްލީ ރަޒާނާ ދެން ނުނިކުންނާނެ ކަން ޔަގީން ކުރާށެވެ.

“ހާދަ ލަސްވީ؟” މައިރާ ވަނުމުން ޒިއާމް އަހާލިއެވެ.

“ޒިއާމްގެ މަންމަ ބޭރުގަ ހުރީމަ ލަސްވީ. ހީވީ ވަގަށް ފިލައިގެން ގޯސް ކަމެއް ކުރަން އުޅެނިކޮށް ބަސްޓް ވީހެން” ހިނި އައިސްފައި މައިރާ ބުންޏެވެ.

“މަންމަ ކީކޭ ބުނީ؟” މައިރާގެ ހުނުމުގައި ޒިއާމްވެސް ބައިވެރިވިއެވެ.

“ފެން ބޯން ވެގެން ތިއްތަ ނިކުތީ” ޒިއާމް ދިއްކޮށްލި އަތުގައި ހިފާލަމުން ދެ މީހުން އެކީ ސޯފާގައި އިށީނެވެ.

“މާދަން މަންމަމެންނާ ވާހަކަ ދައްކާނަން” ޒިއާމް ހީވީ މައިރާގެ ހިތުގައި ވީ އެއްޗެއް އެނގިގެން ބުނެލި ހެންނެވެ.

މައިރާ އުފަލުން ޒިއާމް ގައިގައި ބައްދާލިއެވެ.

“ޒިއާމް، އަހަރެން ބޭނުމެއް ނޫން ލަސް ކުރާކަށް. ވީހާވެސް އަވަހަކަށް މެރީ ކުރަން ބޭނުމީ” މައިރާގެ އުނގުގައި ބޯ އަޅައިގެން އޮތް ޒިއާމްގެ އިސްތަށިގަނޑާ ކުޅެން އިން މައިރާ ބުންޏެވެ.

“އަހަރެންވެސް” މައިރާގެ އަތްތިލައިގައި ހިފާ ގެނެސް ޒިއާމް ތުންފަތުގައި ޖައްސާލިއެވެ.

ޖެހިގެން އައި ދުވަހުގެ ރެއެވެ. ކައި ނިމިގެން އެންމެން ސޯފާގައި އިށީނެވެ. ހާފިޒް ޓީވީ ހުޅުވާލިއެވެ. ރައިހާނާ ދުފާ ތަބައް ހިފައިގެން އައިސް ހާފިޒްއަށް ދިއްކޮށްލިއެވެ. މައިރާއާ އެކު ތަށިތައް ނަގަން އުޅުނު ރަޒާނާވެސް އައިސް ދުފުމުގައި ބައިވެރިވިއެވެ.

“މަންމާ…” ރަޒާނާ ދިން ފޯއްފޮތީގައި ހިފާފައި ޒިއާމް ލަސްލަހުން ގޮވާލިއެވެ.

“ހްމްމް؟” ޓީވީއިން ދައްކަމުން ދިޔަ ޕްރޮގްރާމަށް ގެއްލިފައި އިނދެ ރަޒާނާ ހޫން ލައްވާލިއެވެ.

“ވާހަކައެއް ބުނަން ވެގެން…” ޒިއާމް ބުންޏެވެ.

ރަޒާނާއަށް ވުރެ ކުރިން ރައިހާނާ ޒިއާމް ބުނަން އުޅޭ އެއްޗަކަށް ސަމާލުވިއެވެ.

“ކީކޭ؟” ރަޒާނާ ޒިއާމްއާ ދިމާއަށް އެނބުރުނެވެ.

“އަޅުގަނޑު…” ޒިއާމް ބުނަން ފަށާފައިވެސް ފަސްޖެހުނެވެ.

ތަށިތައް ދޮވެ ނިންމާފައި މައިރާ ސިންކު ކައިރީ މަޑުކޮށްލައިގެން ހުރީ ޒިއާމްއަށް ފުރުސަތު ދީގެންނެވެ.

“ކިހިނެއް ވީ؟” ބުނަން ފަށާފައި ޒިއާމް މަޑުކުރުމުން ހާފިޒް އަހާލިއެވެ.

ޒިއާމް މައިރާއާ ދިމާއަށް ބަލާލިއެވެ. ހީލަމުން މައިރާ ބޯ ޖަހާލީ ޒިއާމްއަށް ހިތްވަރު ދެމުންނެވެ.

“އަޅުގަނޑު ކައިވެނި ކުރަން ވެގެން” ޒިއާމް އަވަސް އަވަހަށް ބުނެލިއެވެ.

އެ އަޑު އިވުމާއެކު ރައިހާނާއާ ރަޒާނާ އެކަކު އަނެކަކާ ދިމާއަށް ބަލާލާފައި ހީލިއެވެ.

“ހަމަ ރަނގަޅަށްތަ؟ ހީވެސް ނުކުރާ ކަހަލަ ހަބަރެއް ދަރިފުޅު ތި ދިނީ. މަރުހަބާ!” ހާފިޒް ތެދުވެގެން އައިސް ޒިއާމް ކައިރީ އިށީނދެ ބުރަކަށީގައި ޖަހާލީ އުފަލުންނެވެ.

“މި ދުވަހަށް އިންތިޒާރު ކޮށްގެން ތިބޭތާ ކޮން ދުވަހެއް މިހާރު؟ މަންމަގެ ދަރިފުޅު އެންމެ ފަހުން މަންމަގެ ހުވަފެން ތެދުކޮށްދޭންތަ ތި އުޅެނީ؟” ޒިއާމްގެ އަނެއް ފަރާތުން އިށީނދެ ރަޒާނާ ދަރިފުޅު ގައިގައި ބައްދާލިއެވެ.

“ދެން އަވަހަށް ބުނޭ، ކޮން އިރަކުން ކައިވެނި ކުރަނީ؟” އަތް ޖަހާލަމުން އެހެން ބުނެލި އިރު ރައިހާނާ އިނީ ހިނިއައިސްފައެވެ.

“ކައިވެނި ކުރާނެ ދުވަހުގެ ވާހަކަ ދައްކާނީ އަދި ފަހުންނެއްނު؟ ކޮން ކުއްޖަކާތަ އިންނަން ތި އުޅެނީ؟ ކޮން ނަމެއް ކިޔަނީ؟ ކޮން އިރަކުން ބޭބެމެންނާ ބައްދަލު ކޮށްދޭނީ؟” ހާފިޒް އެހިއެވެ.

ޒިއާމް އަނެއްކާވެސް ފަސްޖެހުނެވެ. ދެންވެސް ބަލާލީ މައިރާއަށެވެ. ރައިހާނާމެން ބުނާނެ އެއްޗެއް ނޭނގޭތީ އޭރު މައިރާގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވެއެވެ.

“އަދި ބައްދަލު ނުވިޔަސް ނަން ބުނެވިދާނެއެއްނު؟” ސަމާސާ ރާގަކަށް ހާފިޒް ބުނެލިއެވެ.

ޒިއާމް ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އެހެން ނަމަވެސް ދެންވެސް ފަސް ޖެހިފައި އިނީއެވެ.

ރައިހާނާ ތެދުވެގެން ގޮސް މައިރާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ.

“މައިރާ!” ރައިހާނާ ބުނެލިއެވެ.

ރައިހާނާގެ މޫނަށް މައިރާ ބަލާލިއެވެ. ހިނި އައިސްފައި އިން ރައިހާނާ ބުނަން އުޅޭ އެއްޗެއް ރަޒާނާ ނޫން މީހަކަށް ނުވިސްނެއެވެ.

“އެއީ މައިރާ” ރައިހާނާ އަނެއްކާވެސް ބުންޏެވެ.

“ރައިހާނާ ކީކޭތަ ތި ކިޔަނީ؟” ހާފިޒް އަހާލިއެވެ.

“ޒިއާމް އިންނަން އުޅޭ ކުއްޖާއަށް ކިޔަނީ މައިރާއޭ” ބާރަށް ހީލަމުން ރައިހާނާ ހާފިޒްއަށް ޖަވާބުދިނެވެ.

“ކީކޭ؟ ތެދެއްތަ ޒިއާމް؟” ހައިރާން ވީ ވަރުން ހާފިޒްއަށް އަހާލެވުނެވެ.

“އެހެން މައިރާއެއް ނޫނޭ ހާފިޒް، ޒިއާމް އިންނަން އުޅެނީ އަހަރުމެންގެ މައިރާއާއޭ” ރައިހާނާ ބުންޏެވެ.

އެއާއެކު ހާފިޒްގެ އިތުރުން މައިރާއާ ޒިއާމްވެސް ހައިރާންވެފައި ރައިހާނާގެ މޫނަށް ބަލަން ތިބީއެވެ.

“ތެދެއްތަ ޒިއާމް؟ މައިރާ، ބުނެބަލަ” އަދިވެސް ގަބޫލު ކުރަން ދަތިވެފައި ހާފިޒް ޒިއާމްއާ މައިރާއަށް ބަލާލީ އެކަން ޔަގީން ކޮށްދިނުމަށް އެދިއެވެ.

ޒިއާމް އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ. މައިރާވެސް ބޯ ޖަހާލިއެވެ.

“އެކަމަކު… ކިހިނެއް…؟” ހާފިޒްއަށް ބުނެވުނެވެ.

“ހާފިޒް…” ހާފިޒްއަށް ވީ ގޮތުން ރައިހާނާ ގޮވާލިއެވެ. އެ ގުޅުމާ ހާފިޒް ނުރުހިދާނެތީ ރައިހާނާ ކަންބޮޑުވިއެވެ.

“އެ ކުއްޖަކު އިންނާނީ އެ ކުއްޖަކު ބޭނުން މީހަކާ. ދެ ކުދިން ބޭނުމިއްޔާ ހަމަ އިންނަން ވީ. މައިރާ، ބައްޕަ ވަރަށް އުފާވެއްޖެ މައިރާ އަލުން ދިރިއުޅުމާ މެދު ވިސްނީތީ” ހާފިޒް ތެދުވެގެން ގޮސް މައިރާގެ ބޮލުގައި ފިރުމާލިއެވެ.

“މަންމައަށް އެނގޭތަ؟” ރަޒާނާ މައިރާ ކައިރީ އެހިއެވެ.

މައިރާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

ހިނި އައިސްފައި އިން ރަޒާނާ މައިރާގެ ނިތްކުރިއަށް ބޮސްދިނީ ލިބުނު އުފާ ބަސްތަކުން ބުނެދޭނެ ގޮތެއް ނުވިސްނިގެންނެވެ.

“ޒިއާމް، ހީވެސް ނުކުރާ ކަހަލަ ކަންތައްތަކާ ކުރިމަތި ލާން ޖެހުނު ކުއްޖެއް މައިރާއަކީ. ކަންތައް ވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެ. މައިރާ ދެރަވެ ރޯން ޖެހޭ ކަހަލަ ކަމެއް ޒިއާމް ނުކުރައްޗޭ” ޒިއާމްގެ ކޮނޑުގައި ފިރުމާލަމުން ހާފިޒް ބުނެލީ ކުރީގެ ހަނދާން އާވުމުންނެވެ.

ޒިއާމް ބޯޖަހާލުމުން މައިރާގެ ބޮލުގައިވެސް ފިރުމާލާފައި ހާފިޒް ކޮޓަރިއަށް ވަނެވެ.

“ދޮންތަ ވަރަށް އުފާވެއްޖެ. މި ދުވަސް އާދޭތޯ ދޮންތަ ވަރަށް ދުޢާ ކުރިން. އައިދަންގެ އުފަލަށް އެދުނު ހެން ދޮންތަ އަބަދުވެސް ޒިއާމްގެ އުފަލަށްވެސް އެދުނިން. ކިތަންމެ ހިތް އެދުނަސް ބައެއް ފަހަރު އެ ގޮތަށް ކަންތައް ނުވެދާނެ. އެކަމަކު ހީވެސް ނުކުރާ ކަހަލަ ގޮތްގޮތަށް ކަންތައް ބަދަލުވެސްވޭ. ކޮންމެ ކަމެއްވެސް ވާނީ ﷲ އިރާދަކުރެއްވި ގޮތަކަށް. ދެރަވެސް ވޭ، އެކަމަކު ހިތަށް އަރާ ދޮންތަގެ މި ދަރިފުޅުގެ ލޯބިވެސް ކާމިޔާބު ވާނެޔޭ. އެހެން އެވީ” ހާފިޒް ދިޔުމުން ޒިއާމް ކައިރީގައި އިށީނދެ ރައިހާނާ ޒިއާމްގެ ބުރަކަށީގައި ފިރުމާލިއެވެ.

ރައިހާނާ ދެއްކި ވާހަކައިން ޒިއާމް ހައިރާންވެފައި ރައިހާނާގެ މޫނަށް ބަލާލިއެވެ.

“އައިދަންގެ ސަބަބުން ދަރިފުޅުގެ ހިތަށް ވަރަށް ތަދުވި. އައިދަންއަށް އެނގުނު ނަމަ އޭނަ އެހެން ވިޔަކަ ނުދޭނެ. ގަސްތުގައި ޒިއާމް ދެރަވާ ކަހަލަ ކަމެއް އޭނަ ނުކުރާނެ. ދަރިފުޅު އޭނައާ މެދު ހިތް ބުރަ ނުކުރައްޗޭ” އައިދަންއަށް ނޭނގި އައިދަންގެ ސަބަބުން ޒިއާމްގެ ހިތަށް ލިބުނު އަނިޔާއަށް ރައިހާނާ މާފަށް އެދެން ބޭނުންވިއެވެ.

“ދޮންތާ…” ޒިއާމްއަށް ގޮވާލެވުނީ ރައިހާނާއަށް އެ ހުރިހާ ދުވަހު ޒިއާމްގެ ހިތުގައި ވާ އެއްޗެއް ސިއްރު ނުވާކަން އެނގުމުން ހައިރާންވީ ވަރުންނެވެ.

“ދޮންތައަށް އެނގޭ… ދަރިފުޅު އައިދަންއަށް މާފުކޮށްދެއްޗޭ. ދޮންތައަށް އެނގޭ އައިދަންގެ އުފަލަށް ހުރަހަކަށް ނުވާން ވެގެން ކަން ޒިއާމް އޭރު ބޭރަށް ދިޔައީ. އެކަމަކު އެހެންވެސް ނުވީ. އޭގެ ފަހުން އާރިޒް… ޒިއާމް ތީ ދޮންތަގެ ހުރި ހަމައެކަނި ކޮއްކޮގެ ދަރިފުޅު. މި ހުރިހާ ދުވަހު ޒިއާމް ކައިވެނި ނުކޮށް ހުރި އިރު އެކަމާ ރަޒާނާ ދެރަވެގެން އުޅުނު ވަރު ދޮންތައަށް އެނގޭނީ. މިއަދު ދޮންތަ ވަރަށް އުފާވެއްޖެ” ރައިހާނާ ހުރީ ހަގީގަތުގައިވެސް ވަރަށް އުފަލުންނެވެ.

“އަޅުގަނޑު އައިދަންއަށް މާފުކުރަން ޖެހޭ ވަރުގެ ކަމެއް އައިދަން ނުކުރޭ. އަޅުގަނޑަށްވެސް ނޭނގުނީ، އޭނައަށްވެސް ނޭނގުނީ. އޭރަކު މައިރާއަކަށްވެސް ނޭނގޭ” ޒިއާމް ދެފަރާތަށް ބޯހަލުވާލަމުން ރައިހާނާގެ އަތުގައި ހިފާލިއެވެ.

“ދޮންތަގެ ޒިއާމް ތީ ވަރަށް ކެތްތެރި ކުއްޖެއް، ކެތްތެރިކަމުގެ މޭވާ އިރާދަ ކުރެއްވިއްޔާ ވަރަށް ފޮނިވާނެ. އިންޝާﷲ ދެން ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. އަވަހަށް ކައިވެނި ކޮށްގެން މައިރާ އަނެއްކާވެސް މިގޭ ކުއްޖަކަށް ހަދާ. ރަޒާނާ، އާދެބަލަ” ޒިއާމްގެ ބޮލުގައި ފިރުމާލަމުން ރައިހާނާ ތެދުވެ ރަޒާނާއަށް ގޮވާލިއެވެ. ޒިއާމް ކައިރިއަށް އައިސް ދަރިފުޅުގެ ނިތްކުރިއަށް ބޮސްދީފައި ރަޒާނާވެސް އަވަހަށް ރައިހާނާގެ ފަހަތުން ދިޔައީ ދެ ކުދިންނަށް އެކަނިވެލާނެ ފުރުޞަތެއް ދިނުމަށެވެ.

ރަޒާނާއާ ރައިހާނާ ވަދެ ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ޒިއާމް ތެދުވެގެން ގޮސް މައިރާގެ އަތުގައި ހިފާލަމުން މައިރާގެ ކޮޓަރިއަށް ވަނެވެ.

“ޒިއާމް…” މައިރާ އެއްޗެއް ބުނަން އުޅުނު ނަމަވެސް ޒިއާމް އެ ފުރުސަތު ނުދީ މައިރާގެ މޫނުގައި ދެ އަތުން ހިފާލުމާއެކު އެ ތުންފަތް ގައިދުކޮށްލިއެވެ.

“ޒިއާމް، ނޯ…” ލައިގެން ހުރި ޓީޝާޓު ގަޔާ ވަކިކޮށްލުމާއެކު ދެއަތް މައްޗަށް މައިރާ ނަގައިގެން ޒިއާމް އެނދާ ދިމާއަށް ދާން ފެށުމުން މައިރާއަށް ބުނެވުނެވެ.

“ޝްޝްޝް… ބިރު ނުގަނެބަލަ…” މައިރާ ކައިރީގައި އޮށޯންނަމުން ޒިއާމް މައިރާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

“ޒިއާމް، ނޫން… އަދި ނުވޭ…” މައިރާ ދެންވެސް ދެކޮޅު ހެދިއެވެ.

“ނޫޅެމޭ ކަމެއް ކުރާކަށް. އައި ޖަސްޓް ވޯންޓް ޓު ހޯލްޑް ޔޫ، އިރުކޮޅަކަށް” ތެދުވަން އުޅުނު މައިރާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން ޒިއާމް މައިރާ ގައިގައި ބައްދާލައިގެން އޮތެވެ.

ޒިއާމްގެ އަތްމަތީ ބޯ އަޅާލައިގެން މައިރާ ހަމަޖެހިލިއެވެ.

ތިންހަފްތާ ފަހެވެ. ޑްރެސިންގްޓޭބަލް ކައިރީ އިން މައިރާ ތެދުވެގެން ގޮސް އަލަމާރީގެ ދޮރުފަތުގައި ހުރި އިސްކޮޅުގެ ލޯގަނޑު ކުރިމަތީ ހުއްޓި އަމިއްލަ ސޫރައަށް ބަލާލިއެވެ. އުނަގަނޑާ ހިސާބުން ވަށައިގެން ރަން ކުލައިގެ ރޭނދާކޮޅެއް ފިޔަވާ އެއްވެސް ގޮތެއް ހަދާފައި ނުވާ، ކްރީމް ކުލައިގެ ސާދާ ވެޑިންގް ޑްރެސްގައި ހުރި އިރު މައިރާގެ ދިގު އިސްތަށިގަނޑު ފަހަތަށް އެއްކޮށްލާފައި ޖަހާފައި އިން ހުޅީގެ ވަށައިގެން ރަން ކުލައިގެ ކުދިކުދި މިނާތަކެއް ހުއްޓެވެ. ލުއިމޭކްއަޕްއެއް ކޮށްފައި ހުރި އިރު ތުންފަތުގައި ހުރި ރަތްކުލައާ މެދު އަދިވެސް މައިރާ އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެން ނަމަވެސް އައިމަލް ކޮށްދީފައިވާ މޭކްއަޕްއާ މެދު ފަހުން މައިރާ އެއްވެސް އެއްޗެއް ނުބުނެއެވެ. ކަންފަތާ އަތުގައި ރަނުގެ ހިމަހިމަ ގަހަނާ ބޭނުން ކޮށްފައި ހުރި އިރު ކަރުގައި އެއްވެސް އެއްޗެއް ނެތެވެ. ކަރުގައި އެއްވެސް އެއްޗެއް ނޭޅުމަށް ޒިއާމް އެދުނީ ކީއްވެބާއޭ މައިރާ ހިތަށް އެރިއެވެ. ހުހަށް އޮތް ކަރުގައި ޖައްސާލި އަތަށް މައިރާ ބަލާލިއެވެ.

މައިރާގެ ވައަތުގެ ކަށި އިނގިލީގައި އަދިވެސް އިނީ އައިދަންއާ ކައިވެނިކުރި ރޭ އައިދަން އަޅުވައިދިން އަނގޮޓިއެވެ.

“ދުވަހަކުވެސް އައިދަންއާ އަހަރުމެންގެ ދަރިފުޅު މަތިން ހަނދާނެއް ނުނެތޭނެ…” އަތުގައި އިން އަނގޮޓި ނަގާ ތުންފަތުގައި ޖައްސާލި އިރު މައިރާގެ ހިތުގައި ވިއެވެ.

ޑްރެސިންގްޓޭބަލް މަތީ ގަހަނާ އަޅާފައި އިން ފޮށި ހުޅުވާ މައިރާ އަނގޮޓި އެއަށް ލިއެވެ. ދޮރު ހުޅުވުނު އަޑަށް މައިރާ އެނބުރި ބަލާލިއެވެ.

މައިރާއާ ދިމާއަށް ބަލަހައްޓައިގެން ޒިއާމް ހުރި ގޮތުން މައިރާ ލަދުގަތެވެ.

“ތިހެން ނުބަލަބަލަ!” ކައިރިއަށް އައިސް ޒިއާމްގެ މޫނުގައި މައިރާ އަތް ޖައްސާ ދުރަށް އަނބުރާލިއެވެ.

“މިހެން ބަލާނެ އެހެން މީހަކު ހުރީތަ؟” ޒިއާމް އަހާލިއެވެ.

މައިރާ ހީލަމުން ޒިއާމްއާ ދުރަށް ޖެހިލާ ޑްރެސިންގްޓޭބަލް ކައިރީ ހުއްޓުނެވެ.

ޒިއާމް ފަހަތުން އައިސް މައިރާގެ ކަރުގައި އަޅުވާލީ އެ ހުރިހާ ދުވަހު ޒިއާމްގެ ކަރުގައި އަޅައިގެން އުޅުނު ފަށެވެ. ލޯގަނޑުން ބަލަން ހުރެފައި މައިރާ ފަށުފުލުގައި އަތް ޖައްސާލިއެވެ.

“ވަރަށް ދުވަސް ވަންދެން އަހަރެންގެ ހިތާ އެންމެ ކައިރީގަ ތި ފަށް އޮތީ، ދެން އެހާ ކައިރީގަ މައި ހުންނާނެތީ މައިގެ ފަށް މި ދިނީ” ޒިއާމް ބުންޏެވެ.

މައިރާ އެނބުރި ޒިއާމްއާ ދިމާއަށް ބަލާލިއެވެ.

“އައިމް ސޮރީ… ޒިއާމްއަށް ހަރޓް ވާކަން އެނގޭ އިރުވެސް އަހަންނަށް އެ ޕެއިން ލުއިކޮށްނުދެވުނީ… ވަރަށް ދެރަވި ޒިއާމް ދެރަވާނެ ކަން އެނގޭތީ، އެކަމަކު އަހަންނަށް ކޮށްދެވޭނެ ކަމެއް ނޭނގުނީ” ޒިއާމްގެ މޭގައި މައިރާ އަތް ޖައްސާލިއެވެ.

“އޭރުވެސް އެއްވެސް ޝަކުވާއެއް ނުކުރަން، އެއްވެސް ކަމަކަށް ރިގްރެޓްއެއް ނުކުރަން. އޭރު ކޮންމެ ގޮތަކަށް ވިޔަސް މިހާރު ތީ އަހަރެންގެ” މައިރާގެ އަތްމަތީ އަތްޖައްސާލަމުން ޒިއާމް ބުންޏެވެ.

“މައި…” ޒިއާމް އެހެން ބުނި އިރު އައިދަންއާ ކައިވެނި ކުރަން ތައްޔާރު ވެގެން މައިރާ ހުރި ރޭގެ މަތިންވެސް ހަންދާންވިއެވެ. އެރޭވެސް މައިރާ ފެނުމުން ޒިއާމްގެ ހިތަށް ސިފަވި ފަދަ މަންޒަރުތަކެއް އެ ވަގުތުވެސް ސިފަވިއެވެ. އިޚްތިޔާރަކާ ނުލާ ޒިއާމްއަށް މައިރާގެ މޫނުގައި ހިފާލެވުނެވެ.

“ޒިއާމް…” ޒިއާމްގެ މޭގައި ޖައްސާލައިގެން ހުރި އަތްތިލައަށް ބާރުކޮށްލަމުން މައިރާ ގޮވާލީ ޒިއާމްގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ކަހަލައެވެ.

“އެންމެ އިރުކޮޅަކުވެސް ދެން ދުރުގަ ހުންނަ ހިތެއް ނުވޭ…” ލަސް ލަހުން، މަޑުމަޑުން ޒިއާމް ބުނެލިއެވެ.

“ދެން ނުވާނެ މާ ގިނަ އިރެއް” މައިރާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ވިއެވެ.

“އެނގޭތަ އަހަންނަށް ތި ހަދާ ގޮތް؟ ޔޫ ލުކް ސޯ ބިޔުޓިފުލް، ވަރަށް ރީތި މިރޭ. ކިހިނެއް އަހަރެން ދުރުގަ ހުންނާނީ؟” މައިރާގެ އުނަގަނޑުގައި ހިފާ ގެނެސް ގައިގައި ޖައްސާލަމުން މައިރާގެ ނިތްކުރީގައި ޒިއާމް ނިތްކުރި ޖައްސާލިއެވެ.

“ޒިއާމްވެސް ވަރަށް ރީތި… ވެރީ ސްމާޓް އެންޑް ހޭންޑްސަމް” ދެ އަތުން ޒިއާމްގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން މައިރާ ޒިއާމްއާ ދިމާއަށް ބަލަން ހުރެ ބުނެލިއެވެ.

ހުދު ކުލައިގެ ގަމީހާ އެކު ޒިއާމް ލާފައި ހުރީ ގަދަ ކްރީމް ކުލައިގެ ވެސްޓްއާ ފަޓްލޫނެވެ. އޭގެ ބޭރުން ކޯޓެއް ލާކަށް ޒިއާމް ބޭނުމެއް ނުވިއެވެ. އަދި ޓައީއެއް އަޅަންވެސް ޒިއާމް ދެކޮޅު ހެދިއެވެ. ގަމީހުގެ މަތީގޮށް ނާޅުވާ ހުރި އިރު ވެސްޓްގެ ގޮށްތައްވެސް ހުޜީ ނާޅުވައެވެ. ކަނދުރާގައި ޖެހޭ ވަރަށް ދިގުކޮށް އޮންނަ އިސްތަށިގަނޑު އޮތީ އަބަދުވެސް އޮންނަހެން ކޮންމެވެސް ވަރަކަށް ހޭވިފައެވެ. މައިރާ ބަލަން ހުއްޓާ ޒިއާމް އެ ވަގުތުވެސް އިސްތަށިގަނޑުގައި ކުރިމަތިން ފެށިގެން ފަހަތަށް ވާ ގޮތަށް އަތުން ފުނާ އަޅާހެން އިނގިލިތައް ހިންގާލިއެވެ. ތުނބުޅިއާ މަތިމަސް ހުރީ އާންމުކޮށް ބަހައްޓާ ވަރަށް ދިގުކޮށެވެ.

“ޔޫ ލައިކް ދިސް؟” ޒިއާމް އަހާލީ ހިނި އައިސްފައި ހުރެއެވެ.

“އައި ލަވް ދިސް” ކައިރިއަށް އައިސް މައިރާ ޒިއާމްގެ ވެސްޓްގެ ގޮށްތައް އަޅުވަން ފެށިއެވެ. . ދާލަމުން މައިރާ ބުންޏެވެ.  ޒިއާމް މައިރާގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. ގައި އޮތް އެއްޗެއް އެނގިގެ

“އައި ލަވް ޔޫ، ސޯ މަޗް. ވަރަށް ލޯބިވޭ. ކިހާ ދުވަހެއް، އައި ކާންޓް ވެއިޓް… ހިތަށް އަރާ ކައިވެނިކޮށް ނިމޭ އިރަށް މައި ގޮވައިގެން ހިނގައިދާނަމޭ… ބޭނުމެއް ނޫން އަހަރެންގެ އަނތްބަކަށް ވުމަށް ފަހު ދެން އެންމެ އިރުކޮޅަކުވެސް ދުރުގަ ހުންނާކަށް…” މައިރާގެ ދެ އަތްތިލައިގައި ހިފާލަމުން ޒިއާމް ގެނެސް ތުންފަތުގައި ޖައްސާލިއެވެ. ވެ. ް އަޅުވަން ފެށިއެވެ.  ަށް  އެވެ. ވާތީއެވެ.  ދުރުގަ ހުންނާކަށް…”އްލާލާފައި މައިރާ ބުންޏެވެ. އިރ

“އައި ލަވް ޔޫ!” ލަސް ލަހުން މައިރާ ބުނެލިއެވެ.

ދުރުގައި ހުންނަން ނިންމައިގެން އެ ކޮޓަރިއަށް ވަން ނަމަވެސް ޒިއާމްއަކަށް ނުހުރެވުނެވެ. މައިރާ އެހެން ބުނުމާއެކު ދެ އަތުން މައިރާގެ މޫނުގައި ހިފާލަމުން އެ ތުންފަތުގައި ބޮސްދިނެވެ.

“ދާންވީ ދޯ މިތަނަށް މީހަކު ނާންނަނީސް؟” ދުރަށް ޖެހިލާފައި ޒިއާމް ބުންޏެވެ.

އެ ވަގުތު މައިރާއަށް ހީލެވުނެވެ. ސުވާލު ކުރާ ފަދަ ގޮތަކަށް ޒިއާމް ބުމަ ހިއްލާލިއެވެ. މައިރާ ޒިއާމްގެ މޫނުގައި ހިފާލަމުން ލޯގަނޑާ ދިމާއަށް އަނބުރާލިއެވެ.

“ވާޓް…!” ތުންފަތުގައި ހުރި ރަތްކުލަ އަތުން ފޮހެލަން ޒިއާމް އުޅުނެވެ.

ހީލަ ހީލާ ހުރި މައިރާ ޓިޝޫއަކުން ޒިއާމްގެ ތުންފަތުގައި ހޭކިފައި ހުރި ކުލަ ފިލުވައިދޭން ފެށިއެވެ.

ދޮރު ހުޅުވާލުމާއެކު ވާހަކަ ދައްކަމުން ވަން ހަމްނާއާ އާރާއާ ޒައިނާއާ އައިމަލް ކުއްލިއަކަށް ހުއްޓުނެވެ.

“އަދި ދެތިން ގަޑިއިރު ވަންދެން ކެތްނުވީ ދޯ ޒިއާމް؟” ސަކަރާތުގައި އަރާ ހުންނަ އައިމަލް ދިމާކޮށްލީ ޒިއާމްގެ މޫނު ފެނުމުންނެވެ.

“އައިމަލްގެ ކަންތަކޭ މީ” އައިމަލްއަށް ބަލާލަމުން ޒިއާމް ބުނެލިއެވެ. ކުލަ ފިލައިފިކަން ޔަގީން ވުމުން ޒިއާމް އަވަހަށް އެ ކޮޓަރިން ނިކުތެވެ.

“އެހެންވެ ދޯ ރަތް ކުލަ ނުޖައްސަން އެހާ ވަރުން އުޅުނީ؟” ޒިއާމް ދިޔުމުން އައިމަލް މައިރާއާ ދިމާކޮށްލިއެވެ.

“އެހެން ވޭތޯއެއްނު އައިމަލް އެކުލަ ޖައްސަން އެހާ ވަރު ދެއްކީ؟” ރަކިވެފައި ހުރެވެސް މައިރާ ބުނެލީ ދެރަނުވާން ވެގެންނެވެ.

“ޒިއާމްގެ ހާދަ ދިގު އިންތިޒާރެކޭ މިރޭ މި ނިމެނީ. އޭނަ ވާ ރަނގަޅެއްނު އެހާ ވަރުން ހުއްޓާލާފަ ދިޔަކަންވެސް؟” އާރާވެސް ދިމާކޮށްލިއެވެ.

“އާރާ!” އަކުރުތަކަށް ދަމާލަމުން މައިރާ ގޮވާލިއެވެ.

“މައި ވަރަށް ލަކީ އިނގޭ، ޒިއާމް ކަހަލަ މީހަކު އެހާ ލޯބި ވާތީ” މައިރާގެ އަތުގައި ހިފާލަމުން ހަމްނާ ބުނެލީ މައިރާގެ އުފަލުގައި ހިތުގެ އަޑިން ބައިވެރިވަމުންނެވެ.

“އާނ، ޒިއާމް ލޯބި ވާހެން ލޯބި ވާން ކޮންމެ ކޮންމެ މީހަކަށް ނޭނގޭނެ. އެހާ ދުވަހު ކެތްކޮށްފަ ޑޭމް ހުޅުވާލާ ދުވަހުން ވަރަށް ކަންތައް ހުންނާނެއެއްނު ދޯ؟” އައިމަލް އައިސް މައިރާގެ ކޮނޑުގައި ޖެހިގަންނަމުން ބުނެލިއެވެ.

“އަހަންނަށް ހީވަނީ ދެން މީނަ އިންނާނެ މީހަކު ހޯދަންވީ ހެން. އެ ދުވަހަކުން ލޯ ހުޅުވާލަން ނުކެރޭ ވަރު ކޮށްލަން ވާނެ ދޯ މައި؟” އާރާ އައިސް އައިމަލްގެ ކޮނޑުގައި އަތް އަޅުވާލިއެވެ.

“އާނ، އަސްލުވެސް މީނައަށް މީހަކު ނުހޯދައެއް ދެން ނެތް ވާކަށް” އައިމަލްގެ އަނެއް ފަރާތުން އައިސް ކޮނޑުގައި ހިފާލަމުން ހަމްނާވެސް އާރާއާ އެއްބައިވިއެވެ.

“އަހަރެންގެ ދުވަސް އައީމަ އަހަންނާ ދިމާ ކުރަން މަޑު ކުރޭ. މީ މައިގެ ދުވަސް، މިއަދު މައިއާ ދިމާ ނުކޮށެއް ނުހުރެވޭނެ. އަދި ޒިއާމްއާ ދިމާ ކުރުންވެސް އޮންނާނެ. އެހެން ފިލައިގެނެއް ނޫޅެވޭނެ” ބާރަށް ހީގަނެފައި އައިމަލް ބުންޏެވެ.

“އާނ، އޭނައަށް ވާ ގޮތް ވަރަށް ބަލާލާ ހިތްވޭ. އެކަމަކު ނުފެންނާނެ ދޯ؟” ހަމްނާ ބުނެލިއެވެ.

“ހަމް! ސާބަސް ދެން!” ރަކިވެފައި ހުރެ ހަމްނާގެ އަތުގައި މައިރާ ޖަހާލިއެވެ.

“ދެން މައިއަށް ސަލާމަތެއް ނުވެވޭނެ. މިރޭ ޒިއާމްއަށް ވާ ގޮތް ކިޔާދޭން ވާނެ އިނގޭ” ޒައިނާ އައިސް މައިރާގެ ތުންފަތުގައި އަލުން ލިޕްސްޓިކް ޖައްސައިދޭން ހުރެފައި ބުނެލިއެވެ.

“ޒައިވެސް މި މީހުންނާ ބައިވެރި ވީތަ؟” މައިރާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“އޯކޭ އޯކޭ. ދެން ނިމުނީ. ލޯގަނޑުން ބަލާލަބަލަ. ކޮންމެ މީހަކުވެސް މޮޔަވާހާ މައިރާ މިރޭ ރީތި. ޒިއާމްގެ ސެލްފް ކޮންޓްރޯލް އަސްލު ވަރަށް ވަރުގަދަ” މައިރާގެ ކޮނޑުގައި ހިފާ ލޯގަނޑާ ކުރިމަތި ވާނެހެން އަނބުރާލަމުން ޒައިނާ ބުންޏެވެ.

“ޒިއާމްއަކީ ކެތްކުރަން އެނގޭ މީހެކޭ” މައިރާ ބުނެލީ އަށް އަހަރު ވަންދެން މައިރާ ދެކެ ލޯބި ވީ އިރުވެސް އެކަން ސިއްރު ކޮށްގެން ޒިއާމް ކެތް ކުރިކަން ހަނދާން ކުރަމުންނެވެ. އެހެން ނަމަވެސް ޒިއާމްގެ އިންތިޒާރުގެ ނިމުން އައީއެވެ. ޒިއާމް ހުރީ ދުވަހަކުވެސް ޒިއާމްގެ ޙަޔާތަށް މައިރާ ނާންނާނެ ކަމަށް ނިންމައިގެންނެވެ. މައިރާ ޒިއާމް ދެކެ ލޯބި ވެދާނެ ކަމަކަށް ޒިއާމް ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

އެ ހިތަށް މައިރާގެ ސަބަބުން ކިހާ ވަރަކަށް ތަދުވި ހެއްޔެވެ؟ ދިރިއުޅުމާ މެދު ފޫހިވެފައި ކިހާ ދުވަހަކު ޒިއާމް ހޭދަ ކުރި ހެއްޔެވެ؟ އެ ހިތަށް ހަމަޖެހުމެއް ނުލިބި ކިތައް އަހަރު ޒިއާމް އުޅުނު ހެއްޔެވެ؟ ހިތުގައި އޮތް ލޯބި ސިއްރު ކުރަން ކިހާ މަސައްކަތެއް ޒިއާމް ކުރި ހެއްޔެވެ؟

ނަމަވެސް ދެން ނިމުނީއެވެ. އެ ހުރިހާ ދުވަހު ޒިއާމްގެ ހިތުގައި ވި ޒަޚަމްތައް ފަސޭހަ ކޮށްދޭނީ މައިރާގެ ލޯބިންނެވެ. ދެން ދުވަހަކުވެސް އެ ފަދަ ވޭނަކަށް ކެތްކުރަން ޒިއާމްއަކަށް ނުޖެހޭނެއެވެ. އެ ހުރިހާ ހިތްދަތިކަމެއް ޒިއާމްގެ ހަނދާނުން ފޮހެދޭނީ ޒިއާމް ހީވެސް ނުކުރާ ވަރަށް މައިރާގެ ފަރާތުން ލޯބި ދީގެންނެވެ.

ކައިވެނި ކުރެވުމުން އެންމެން އެއްފަހަރާ އަތްޖަހަން ފެށުމާއެކު މައިރާއާ ޒިއާމްއަށް އާ ޙަޔާތަކަށް މަރުޙަބާ ކިޔެވެ. ދަރިފުޅަށް ދިމާވި ހިތާމަތަކަށް ފަހު، ދެވަނަ ފަހަރަށް އެ ދަރިފުޅުގެ ޙަޔާތަށް ކުރިން އައި ފަދަ އުފާވެރި ދުވަސްތަކެއް އަންނާތީ މުނާއާ ޝަފީއު ތިބީ އުފަލުންނެވެ. އެތައް ދުވަހެއް ވަންދެން ޒިއާމްގެ ކައިވެންޏާމެދު ހުވަފެން ދެކެމުން އައި ރަޒާނާގެ ތުންފަތުން އިރުކޮޅަކަށްވެސް ހިނިތުންވުން ނުފިލައެވެ. ރައިހާނާއާ ހާފިޒްގެ މޫނުމަތީގައިވި ހިނިތުންވުން ފެނިފައި އެއީ އަމިއްލަ ދަރިއެއްގެ ކައިވެންޏެއް ނޫނޭ ހީވެސް ނުވާނެއެވެ. އެދެމީހުން ތިބީ އެ ކައިވެންޏާމެދު އެހާވެސް ހިތްހަމަ ޖެހިފައެވެ.

މައިރާއާ ޒިއާމް ބޭނުންވި ގޮތަށް ހަމައެކަނި އާއިލާއާ ގާތް އެކުވެރިންނަށް ބޭއްވި ޕާޓީއަކަށް ވުމުން މީހުން އެހާ ގިނަ ނުވި ނަމަވެސް އަށެއް ޖެހި އިރު ފެށުނު ޕާޓީ ދިހައެއް ޖެހި އިރުވެސް ނުނިމެއެވެ. އެހެން ނަމަވެސް ދިހައެއް ޖެހުމުން ޒިއާމްއާ މައިރާ، އާލިޔާއާ ހަމްދޫންއާ އެކު ގެއަށް ދިޔައީ އެރޭ ފުރަން ހަމަޖެހިފައި ވާތީއެވެ. ހަފްތާއެއްގެ ހަނީމޫންއަށް ދާން ފުރާ ގަޑި ކައިރި ވާތީއެވެ.

ރިސޯޓުގައި މައިރާއާ ޒިއާމް ތިބުމަށް ހަމަޖެހިފައިވާ ރޫމްއަށް ދެވުމުން މައިރާ ވަދެ ސޯފާގައި އިށީނދެ އަރައިގެން ހުރި އުސް ފައިވާން ބާލާފައި ފައިތިލަ މޮޑެލިއެވެ. ފޮށި ހިފައިގެން ޒިއާމް ވަން އިރު މައިރާ އިން ގޮތް ފެނުމުން އައިސް މައިރާގެ ފައިތިލަ ޒިއާމްގެ އުނގަށް ލާ މަސާޖް ކޮށްދޭން ފެށިއެވެ. ރިއްސަން ފަށާފައި ހުރި ފަޔަށް ލުއި ވުމުން މައިރާ ސޯފާގެ އަތްގަނޑުގައި ބޯ ޖައްސާލާ ލޯ މަރާލިއެވެ. ޒިއާމްގެ ދެ އަތުގެ މަސާޖް ލުއި ފިރުމުންތަކަކަށް ބަދަލުވެ އެ އިނގިލިތައް މައިރާގެ ހަށިގަނޑުގެ މައްޗަށް ދަތުރުކުރަން ފެށިއެވެ. އެ ފިރުމުންތަކަށް މައިރާއަށް މަރުޙަބާ ކިޔުނީ ކެތްތެރިކަމެއް ނެތިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 15

Next

ދޫކޮށްނުލާނަމޭ ކަލާ – 16

Next
December 24, 2020

ދޫކޮށްނުލާނަމޭ ކަލާ – 16

Previews
December 24, 2020

ދޫކޮށްނުލާނަމޭ ކަލާ – 15

One Comment

  1. Mar Sha Marsha says:
    December 24, 2020 at 10:07 am

    Hi, hope everyone is OK, here’s part 18, like vaane kamah hykuran. Happy weekend!
    ❤️❤️❤️

Comments are closed.

Next Episodeމި ހިތުން މަޤާމޭ މި ދެނީ 19←


All Right Reserved!