Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-37

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
December 24, 2020 4 Mins Read
8 Comments

މީހުންގެ އަތްތިލަބަޑީގެ އަޑުތަކާއެކު އައިވިން އަށް ހޭވެރިކަން ލިބިގެން ދޔައެވެ. ކުރިމައްޗަށް ބަލާލެވުނު ހިނދު ދެއްކުންތެރިކަމުގެ ލަދުވެތިކަމަކާއެކު ޖޫން އިސްޖަހާލިތަން ފެނުނެވެ. ވީނުވީއެއްނޭނގިގެން އެޅެނިކޮށް ޤާޒީ ތެދުވެލަމުން ހިނިތުންވުމެއް ރައްދުުކުރިއެވެ.

“ބާއްޖަވެރި ކައިވެންޏަކަށް އެދެން.”ޤާޒީ ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ގަބުކައިފާ އިން އައިވިން އަށް އަދިވެސް ވެގެން މިއުޅޭގޮތް އިޙްސާސްނުވާ ފަދައެވެ. އޭނާ ކައިވެނި ވެވުނީ ޒޯޔާއާއެވެ. އަނބި ޤަބޫލު ކޮށްފީމޭ ބުނީ ކައިރީގައި އިން ޒޯޔާއަށް ބަލަހައްޓައިގެންނެވެ. އެހެނަސް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މިވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އަންބަަކަށް ޖޫންވެ ނިމުނީހެއްޔެވެ؟ އެހިނދު އައިވިން އަށް ބޭއިޚްތިޔާރުގައި ދެފަރާތަށް ބޯހޫރުވާލެވުނެވެ. ފަޒްލާއައިސް އޭނާގެ ގައިގާ ބައްދާލީ އެހިނދުއެވެ.

“މިއަދު މަންމަ ވަރަށް އުފާވެއްޖެ.. ދެކުދިންނަށް އުފާވެރި ކައިވެންޏަކަށް އެދެން… “ އައިވިން އާއި ޖޫން އަށް ބަލާލަމުން ފަޒްލާ ބުނެލިއެވެ. މަންމަގެ ހިނިތުންވުން ފެނުމާއެކު އައިވިން އަށް ހިންދިރުވާލެވުނެވެ. ލޮލުން ކަރުނައިގެ ދިލަ އިޙްސާސްކުރެވިގެން ދިޔައެވެ. މި ކައިވެނިން އޭނާގެ ހިތަށް ލިބެމުންދާ ވޭން މަންމައަށް އިޙްސާސްކުރެވޭނެ ނަމައެވެ.

ހަމަޖެހިލާނެ ވަޤުތުކޮޅެއް ނުލިބިގެން އުޅެނިކޮށް ޖޫން އައިވިންގެ އަތުގައި ހިފާ ދަމާލިއެވެ. އޭނާ އިޝާރާތްކުރީ ކައިވެނީގެ ޖޯޑު ހުއްޓި ހުރުމަށް ޙާއްސަ ކުރެވިފައި ހުރި ބެކް ޑްރޮޕަށެވެ. ޖޫންގެ އެބީހިލުމުންވެސް އައިވިން އަށް އުނދަގޫ ވެގެން ދިޔައެވެ. އަތް ފޮޅުވާލަން ހިތް އެދުނު ނަމަވެސް ޗާބީ ދީފައިވާ ބުދެއްހެން ޖޫން އާއެކު ގޮސް ބެކް ޑްރޮޕްގެ ކުރިމަތީގައި ހުއްޓިލިއެވެ. އެހިނދު ކެމެރާތަކުގެ ލައިޓްތައް އެއްފަހަރާ އެދެމީހުންނަށް އަމާޒުވެގެން ދިޔައެވެ.

ކައިވެނި ހަފްލާ ކުރިއަށް ދިޔައީ ރާއްޖޭގެ ނަން މަޝްޙޫރު ރިސޯޓެއްގައެވެ. އެ އަގުބޮޑު ޙަފްލާއަށް އައިސްތިބީ ރާއްޖޭގެ ސިޔާސީ ނުފޫޒު ގަދަ ފަރާތްތަކާއި ބޮޑެތި ވިޔަފާރިވެރިންނެވެ. ފަޒްލާގެ ފަރާތުން ދަޢުވަތު ލިބި އައިސް ތިބި ނަން މަޝްޙޫރު ޤާނޫނީ ވަކީލުންވެސް އެ ޙަފްލާގައި ހިމެނެއެވެ. މީޑިއާގެ ޙޫނު ޚަބަރުތަކުގެ ފަލަ ސުރުހީތަކުގައި ފެވެމުން ދަނީ ގަލޮޅު ދެކުނުދާއިރާގެ މެންބަރު އައިވިން އާއި މަޝްހޫރު ވިޔަފާރި ވެރިޔާ ޖަވާދުގެ ހުރި ހަމައެކަނި ދަރިފުޅު ޖޫންގެ ޚާއްސަ ކައިވެނީގެ ޙަފްލާގެ ވާހަކައެވެ.

ޙަފްލާއަށް އައިސް ތިބި ޙާއްސަ މެޙެމާނުންނާއި ކައިވެނީގެ ދެ ބައިވެރިން ސަލާމް ކުރަމުން ދިޔައެވެ. އައިވިންވެސް ގަދަ ކަމުން ހިނިތުންވެލައިގެން ހުރެ މެޙެމާނުންނާއެކު ފޮޓޯ ނަގަމުންދިޔައެވެ. އެހެނަސް އައިވިން މަސައްކަތް ކުރަމުން ދިޔައީ ޖޫން އާ ވީހާވެސް ދުރުގައި ހުރުމަށެވެ. އެއީ މިހާރު އޭނާގެ އަނބިމީހާ ނަމަވެސް ހިތް އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނާއަށް އަންބެއްގެ ދަރަޖަ ދެވުނީ ހަމައެކަނި ޒޯޔާއަށެވެ. ދިރިހުރިހާ ދުވަހަކު އެކަން އޮންނާނީ އެގޮތުގެ މަތީގައެވެ.

ހަވީރު ފެށުނު ޕާޓީ ނިމުނި ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. ޕާޓީ ނިންމާލުމަށް ހަވާ އެރުވިގެން ދިޔައެވެ. އެރީތި މަންޒަރުން އެންމެން އާޝޯޚު ވެގެން ދިޔަ ނަމަވެސް އައިވިންގެ ހިތް އެތެރެއިން ފުނޑު ފުނޑު ވަމުން ދިޔައެވެ. ހިތުގައިވާ ހުސްކަން ބަރުދާސްތު ކުރަން އޭނާއަށް އުނދަގޫ ވަމުން ދިޔައެވެ. ރީތި ކުލަ ކުލައިގެ ހަވައިންނާއި އަގުބޮޑު ޙަފްލާއެއް ބާއްވައިގެން އޭނާގެ ހިތުގައިވީ ޒަޚަމްތަކަށް ލުޔެއް ނުލިބުނެވެ.
********

ރޭގަނޑުގެ ހުރުމަށްޓަކައި ރިސޯޓުގައި ހުރި ކެބިން އެއް އައިވިންމެން ދެމަފިރިންނަށް ހަމަޖެހިފައި ހުއްޓެވެ. ކޮޓަރި ތެރެއަށް ވަދެވުމާއެކު އައިވިން އޭނާ އަޅައިގެން ހުރި ޓައީ އަށް ދޫކޮށްލިއެވެ. ލައިގެން ހުރި ކޯޓުވެސް ބާލަމުން ގަމީހުގެ އަތުކުރީ ގޮށްތައް ނައްޓުވާލިއެވެ. ލިބެމުން ދިޔަ އުދާސްކަން އެގޮތުންވެސް ކުޑަކުރެވޭތޯ އައިވިން ބަލަމުން ދިޔައެވެ. އެހެނަސް އެކަންވެސް އައިވިން އަށް ކާމިޔާބުވީހެނެއް ހިޔެއްނުވެއެވެ. ލައިގެން ހުރި ބޮޑު ވެޑިންގް ޑްރެސް އާއެކު ކޮޓަރި ތެރެއަށް ވަދެގެން އައި ޖޫން ފެނުމާއެކު އައިވިންގެ ބޮލުގެ ރިހުން އިތުރުވެގެން ދިޔައެވެ.

ބަހެއް ބުނުމެއްނެތި އައިވިން ޖޫން އާ ފުރަގަހަށް އެނބުރުނެވެ. އެހެނަސް ޖޫން އޭނާގެ ފުރަގަހުން ހުއްޓި އައިވިންގެ މެދު ހަށީގައި ބައްދާލިއެވެ. ކަރަންޓު ޝޮކެއް ޖެހުނު މީހެއް ފަދައިން އައިވިން ޖޫން ދުރަށް ޖައްސާލިއެވެ.

“އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ…؟” އައިވިންގެ ދުރުކަން ޖޫންގެ ހިތް ފުނޑު ފުނޑު ކޮށްލި ފަދައެވެ.

“ޖޫން ޕްލީސް.. އަހަރެން މިހުރީ ވަރަށް ހޫނުވެފަ.. ފެން ވަރާލަން ބޭނުމީ.. ވާހަކަ ދައްކާނީ އޭގެ ފަހުން… “ އައިވިން ބެލީ ކޮންމެވެސް އުޒުރެއް ދައްކައިގެން ޖޫން އާ ދުރަށް ދާށެވެ. ނަސީބަކުން ޖޫން އިތުރަށް އައިވިން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. މަޑު މަޑުން ގޮސް އޭނާ އިށީނީ ކޮޓަރީގައި ހުރި ކައުޗް ގައެވެ. އެމަންޒަރު ބަލަން ހުރި އައިވިން އަވަސް އަވަހަށް ކޮޓަރީގައި ހުރި ޗޭންޖިންގް ރޫމަށް ވަދެ ދޮރުޖެހިއެވެ.

ފެންވަރާލައިގެން އެއްޗެހި ބަދަލުކޮށްގެން އައިވިން ނިކުތެވެ. ޖޫންގެ ކުރިމައްޗަށް ނިކުންނަން ބޭނުންނުވިޔަސް އޭނާއަށް އިތުރު ގޮތެއް ނެތެވެ. ކޮޓަރި ތެރެއަށް ނިކުން އިރު، ކުރިންވެސް އިންހެން ކައުޗްގައި އިށީނދެލައިގެން ޖޫން އިނެވެ. އައިވިން ފެނުމާއެކު ޖޫން ބަލަައިލިއެވެ. އެބެލުމުގައިވަނީ ކަމެއް ދެނެގަންނަން އުޅޭކަމުގެ އަސަރުތަކެވެ. މަޑު މަޑުން ޖޫން ތެދުވެގެން އައިވިން އާ ދިމާއަށް އަންނަން ފެށިއެވެ. އައިވިންގެ ދެފައި ބިންގަނޑުގައި ހަރުލާފައިވާ ފަދައެވެ. ކޮޅަކުން ކޮޅަކަށް ހަރަކާތް ކޮށްލުމުގެ ބާރުވެސް އެހަށިގަނޑުގައި ނެތްފަދައެވެ. އޭނާއާ ކައިރިވަމުން އަންނަ ޖޫން އަށް ބަލައިލަމުން ނޭވާހިފަހައްޓާލައިގެން އައިވިން އަށް ހުރެވުނެވެ.

އައިވިން ހީކުރި ގޮތާ ޚިލާފަށް ޖޫން އޭނާގެ ކުރިމަތިން އަޅާފައި ގޮސް ވަނީ ޗޭންޖިންގް ރޫމަށެވެ. އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ނޭވާ އައިވިން އަށް ދޫކޮށްލެވުނީ އެހިނދުއެވެ. ބޮލުގައި އަތް ފުނާ އަޅާލަމުން މަޑު މަޑުން އައިސް އެނދުގައި އައިވިން އިށީނެވެ. ލޮލުގައި ނިދީގެ އަސަރެއް ނެތް ނަމަވެސް އައިވިން އޮށޯވެލިއެވެ. ސީލިންގަށް ބަލަހައްޓައިގެން އުއްޑުން އޮތް އިރު އެމޫނުނަތީގައި އެއްވެސް ދިރުމެއްނުވެއެވެ. ދެލޯ މަރާލުމަށްފަހު ވާއަތް ގެނެސް ލޯ މަތީގައި ބާއްވާލިއެވެ.

“ޒޯޔާ…” އައިވިންގެ ދެތުންފަތް ފޫއަޅުވާލަމުން މަޑު މަޑުން ގޮވާލީ ޒޯޔާއަށެވެ. އެ އަޑުގައި ރިހުން އެކުލެވިގެން ދިޔައިރު މަރާލެވިފައިވާ އެސްފިޔަތަކުގެ ދޭތެރެއިން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އޭނާގެ ހިތް ޒޯޔާއަށް އެދި ގިސްލަމުން ދަނީއެވެ. އެހެނަސް އޭނާ ޒޯޔާއަށް އެންމެ ބޭނުންވި ވަޤުތު ޒޯޔާ ކޮބާހެއްޔެވެ؟
*********

ކައިވެނި ވެވި ނިމުމާއެކު އައިވިން ޒޯޔާއާއެކު ގޮނޑިން ތެދުވިއެވެ. ޤާޒީއާ ސަލާމް ކުރުމަށްފަހު އެތަނަށް އައިސް ތިބި ދެމީހުންގެ ގާތް ރަޙުމަތްތެރިން ކައިވެނީގެ ޖޯޑަށް މަރުޙަބާ ކިޔެވެ. ޝަބާ ވެސް ޒޯޔާގެ ގައިގާ ބައްދާލަމުން އުފާވެރި ކައިވެންޏަކަށް އެދުނެވެ.

“އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ..” އައިވިން ޒޯޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ޒޯޔާއަށް ބަލައިލެވުނީ ހައިރާންވެ ހުރެއެވެ. އެ އެއްޗަކީ ކޮބާކަން ހޯދުުމުގެ ޝައުޤުވެެރިކަން މޫނުމަތިން ފެނިގެން ދިޔައެވެ.

“ބަލާބަލަ ސިޑިއާ ދިމާ..” ލޯބިވާ އަނބިމީހާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އައިވިން ހިނިތުންވެ ހުރެ ބުނެލިއެވެ. އެހިނދު ޒޯޔާ ހާމަފެންޑާއަށް ނިކުމެވެން ހުރި ސިޑިއާ ދިމާއަށް ބަލައިލިއެވެ. އެތަނުން އެކައްޗެއްވެސް ފެންނަން ނެތުމުން ޒޯޔާއަށް އަނެއްކާވެސް އައިވިންގެ މޫނަށް ބަލައިލެވުނެވެ. އައިވިންގެ ލޮލުން އިޝާރާތް ކޮށްލީ އަދި މަޑު ކުރުމަށެވެ. ކެތްތެރިކަން ކުޑަވެފައިވާ ޒޯޔާ އެސްފިޔަ ޖަހާލުމެއްނެތި ސިޑިއާ ދިމާ ބަލަމުން ދިޔައެވެ. އެވަޤުތު ސިޑިން އަރައިގެން އައި މީހާ ފެނުމުން ޒޯޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ނަޔޫ!!” ޒޯޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ނަޔާއާ ދިމާއަށް އަތްދިއްކޮށްލަމުން އެދިމާއަށް ދުއްވައިގަނެވުނެވެ. ނަޔާއަށްވެސް ވީ އެވަރެވެ. އެކުވެެރިޔާ ފެނުމާއެކު ދުއްވައިގަނެވުނީއެވެ. ޝަބާވެސް ހަޅޭއްލަވައިގަންނަމުން ދުވެފައި އައިގޮތުން އޭނާއަށްވެސް ނަޔާ އަންނަ ކަމުގެ އިޝާރާތެއް ވެފައި ނުވާކަން ޔަޤީންވިއެވެ. ތިން އެކުވެެރިން އެކަކު އަނެކެއްގައިގާ އޮޅުލައިގެން އިރު ކޮންމެ މީހަކަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ.

“ކޮން އިރަކު މާލެ އައީ..؟” ލިބިފައިވާ އުފަލާއެކު ޒޯޔާ ސުވާލު ކޮށްލިއެވެ.

“އަދި މާގިނަ އިރެއް ނުވޭ… ތިހުރީނު އަހަރެން ގެނައިމީހާ.. ކޮންގްރެޓްސް ދެކުދިންނަށްވެސް… އައިމް ސޯ ހެޕީ ފޯ ޔޫ ބޯތު..” އައިވިން އާ ދިމާއަށް ނިތް އެއްލަމުން ނަޔާ ބުނެލިއެވެ. އެވަޤުތު ޒައިކް ކުޑަކޮށް ރޮވޭގޮތްވިއެވެ. މާ އަޑު ގަދަވީމަ ކަމަށްބުނެ ޒޯޔާ ޒައިކް އުރާލިއެވެ. އެހެނަސް ސިކުންތެއްނުވެ ނަޔާ ޒައިކް އަތުލަމުން އެކުއްޖާއާ ލޯބި ކުރަން ފެށިއެވެ. ޝަބާ އާއި ނަޔާ ޒައިކް ގޮވަައިގެން އުޅޭ މަންޒަރު ބަލަން ހުރެފައި ޒޯޔާ ޖެހިލީ އައިވިންގެ ގާތަށެވެ.

“ތެންކިޔު.. ނަޔޫ ގެނެސްދިނީތީ.. އައިވިން އަހަރެން އުފާވާނެ ހުރިހާ ކަމެއް ތިކޮށްދެނީ.. އެކަމަކު އަހަރެންގެ އަތުގަ އައިވިން އަށް ދޭނެ އެކައްޗެއްވެސް ނެތް..” ޒޯޔާގެ ހިތް އައިވިންގެ ޢަމަލުތަކުން އުފާވި ނަމަވެސް އެހިތަށް އުނދަގޫވަނީއެވެ. އޭނާއަކީ އައިވިން ފަދަ ފުރިހަމަ އިންސާނަކަށް އެކަށީގެންވާ މީހެއް ނޫންކަމުގައި އިޙްސާސްކުރެވެނީއެވެ.

“ތިހެން ނުބުނެބަލަ ޒޯ.. އަހަންނަށް ފުދޭ ޒޯ ތިހެން އަހަރެންގެ ކައިރީ ހުރީމަ.. އިތުރު އެއްޗެއް އަހަރެން ބޭނުމެއް ނޫން… ދެން ތި ތެންކިޔު ކިޔުންވެސް ހުއްޓާލަން ވެއްޖެ އެންނު.. ކޮންމެ ކަމަކަށް ޝުކުރު އަދާކުރަންޏާ ދުރު މީހެއްގެ ގޮތުގަ އަހަންނަށް އިޙްސާސް ކުރެވެނީ.. އަހަރެންގެ އަނބިމީހާ އުފާވާނެ ކަމެއްވެއްޖިއްޔާ އެކަން ކޮށްދެވޭތޯ އަހަރެން ބަލަންޖެހޭނެ އެންނު..” އައިވިން ސަމާސާ ވެލާފައި ޒޯޔާގެ ނޭފަތުގައި ހިފާލިއެވެ.
*******

ކައިވެނީގެ ޙަފްލާ ނިންމާލުމަށްފަހު ހާމަފެންޑާ ހުސްވެއްޖެއެވެ. ޒޯޔާވެސް ޒައިކް ގޮވަައިގެން ތިރިއަށް އައީ ޒައިކް ނިދިއައިސްގެން ރޯންފެށުުމުންނެވެ. ނަޔާވެސް ޝަބާއާއެކު އޭނާ ހުންނަން ހަމަޖެހުނު ގެސްޓް ހައުސް އަށް ދާން ނިކުތެވެ. އޭރު އައިވިން ސިޓިންގް ރޫމުގައި ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ކައިވެނީގެ ކަންކަމުގައި ވޭތުވެ ދިޔަ ދެތިން ދުވަހު އައިވިން އުޅުނީ ނުހަނު ބުރަކޮށްކަން ޒޯޔާއަށް އެނގެޔެވެ. ގިނަ ވަޤުތު ފޯނުގައި ހޭދަކުރަމުން ދިޔައީވެސް ކަންކަން ހަމަޖެއްސުމުގައެވެ.

ޒައިކް ނިންދެވުމަށްފަހު ދަރިފުޅު ކުޑަ އެނދުގައި ޒޯޔާ ބާއްވާލިއެވެ. ހިންދެމިލަމުން ޒޯޔާއަށް އައިވިންގެ ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ކައިވެންޏާ ދިމާކޮށް ޒައިކްގެ ހުރިހާ އެއްޗެއްވެސް ވަނީ އައިވިންގެ ކޮޓަރިއަށް ބަދަލު ކުރެވިފައެވެ. ފިރިހެން ވަންތަކަން އެކުލެވޭ އެކޮޓަރީގައި ހަރުލާފައިވަނީ އައިވިން ބޭނުންކުރާ ސެންޓުގެ ވަހެވެ. ކުރިއަށް އޮތްތާ އޭނާ ދިރިއުޅޭނީ އައިވިން އާއެކު އެކޮޓަރީގައިކަން ވިސްނުމާއެކު ޒޯޔާއަށް ހިނިތުންވެލެވުނެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުމާއެކު ޒޯޔާއަށް ސިހިފައި ފަހަތް ބަލާލެވުނެވެ. ދޮރުމަތީގައި ހުއްޓުނު އައިވިން ފެނުމާއެކު ޒޯޔާގެ އަތްފައި ފިނިވެގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ޤާތިލް-2

Next

ދޫކޮށްނުލާނަމޭ ކަލާ – 15

Next
December 24, 2020

ދޫކޮށްނުލާނަމޭ ކަލާ – 15

Previews
December 24, 2020

ޤާތިލް-2

8 Comments!

  1. Cherrychoppers says:
    December 24, 2020 at 2:39 am

    This is going well but tbh I’m kinda confused…
    Looking forward to next part dear ❤️

    1. Wonder says:
      December 24, 2020 at 10:06 am

      Thank u Cherrychoppers. In sha Allah ur confusions will b over after reading next parts. I’ll try my best to upload it soon?❤️

  2. shark_shaya says:
    December 24, 2020 at 4:11 am

    what is happening in the story I am really confused. I don’t know what is happening now in the story ???
    But this part is allso really nice
    When would you Post the next part
    Can’t wait to read the next part
    ????

    1. Wonder says:
      December 24, 2020 at 10:02 am

      shark_shaya ge confusions Kuriyah huri baithakuga filaigen dhaane In sha Allah. V ufaavejje dear ah mi part ves kamudhiyaeema. Next part In sha Allah dhe dhuvahehgw thereyga up kohla dheveythoa balaanan. Let’s see what happened dhw?❤️

  3. MariyamSaula says:
    December 24, 2020 at 7:30 am

    wait whaaat? sau mi inee ehkoh olhu bolhun gadehge thereyga, actually kaakaa tha marry kuree? june or zoya? i’m so curious,,,, why june aee ? and yeah hope you upload next episode sooon…. cant wait to see what happened…

    1. Wonder says:
      December 24, 2020 at 9:59 am

      Hehe. Wonder ah ves ingey aslu mi bai kiyaafa confuse vedhaane kan. Kuriyah oih baithakuga olhun filaane vegen dhiya goih. Yes. In sha Allah v masahkaih kuraanan avahah up kohla dheyn.. let’s see what happened dhw?❤️

  4. ?Ril? says:
    December 24, 2020 at 8:31 am

    Wow vrh Sali mi part vxx❤️❤️❤️
    Masha Allah ❤️❤️❤️❤️❤️
    Vrh interesting koh dhw mihaaru mivany❤️❤️
    Aivin as Joon as vxx kaaveni kohfin Zoya aa ❤️vxxx mithanun true ehche adhi neyge dhw sis❤️❤️❤️❤️??????
    Hope Zoya aa kuri kaivenikama❤️❤️❤️❤️❤️
    They both look great while being with each other Masha Allah❤️❤️❤️❤️❤️❤️???
    Aley dhn vaane gothakaa medhu vrh Curious?????☺️☺️??????
    No kuri ah oi baathakah vrh Curious mihaaru miothy Ril vrh curiouse vaa hisaabehgaa hhehehheheh???❤️❤️❤️
    Waiting for the next part sisoo❤️❤️❤️?
    Stay safe and take care❤️❤️❤️❤️❤️
    Love uuuuuu soo sooo much sis❤️❤️❤️❤️

    1. Wonder says:
      December 24, 2020 at 9:57 am

      Thank u so much Ril. V ufaavejne mi bai ves kamudhiyaeema. Ahaha. Yeah dhw. Hingaaba kihineh thoa vegen miulheny balamaa. Kuriyah huri baithakuga Dear ge hurihaa shuvaalakah javaabu libigen dhaane. Nezt part avahah up kohla dheveythoa balaanan ingey. Lymmm. U roo b safe?❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-38←


All Right Reserved!