Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-36

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
December 20, 2020 4 Mins Read
3 Comments

 

ޒަފަރްގެ އުނދަގޫ ކުރިމަތިވާން ފެށީ ޒޯޔާ ވިހޭތާ އެއް ދުވަސް ފަހުންނެވެ. އެކި ކަހަލައިގެ ޕާރްސަލް ތަކާއި މާބޮނޑިތައް ފޮނުވާ ހަދައެވެ. އެއިން ކޮންމެ ކަމެއްވެސް ޒަފަރް ކުރަނީ އޭނާގެ އައުވާނުން ލައްވައެވެ. ޚުދު ޒަފަރް އަމިއްލަ އަށް ނާންނަ ކަމަށްޓަކައި ޒޯޔާ ޝުކުރުވެރިވިއެވެ. ޒަފަރް ދޭ ކޮންމެ އެއްޗެއް ޒޯޔާ އެއްލައިލަނީއެވެ. އެހެނަސް އޭނާގެ ހިތްބިރުގަތީ ޒަފަރް ދިން މާބޮނޑިއެއްގައި އޮތް ލިޔުން ކޮޅަކުންނެވެ.  މިނިމުނީކަމަށް ހީނުކޮށް އަދި މިފަށައިގަތީ ކަމަށް ހީކޮށްލުމަށް ލިޔެފައިވިއެވެ. އޭގެ މާނަ ދޭހަކުރަން ނޭނގުނު ނަމަވެސް އެއީ ޒަފަރްގެ އުނދަގޫ އެހެން ހަރުފަތަަކަށް އުފުލިގެން ދިޔަ ކަމުގެ އިންޒާރެއްގެ ގޮތުގައި ޒޯޔާ ދެކުނެވެ. ޒޯޔާ ހަމަޖެހޭ ގޮތްވީ އައިވިން އެތަކެއް ވާހަކައެއް ދައްކައި އެކި ގޮތްގޮތުން ވިސްނައިދިން ފަހުންނެވެ.

ދެތިން ދުވަހުގެ ތެރޭގައި ޒޯޔާއާއި ދަރިފުޅު ގެޔަށް ދޫކޮށްލެވުނެވެ. އައިވިން ދަރިފުޅު އަތުން ދޫކޮށްނުލައެވެ. ޒޯޔާއަށް ވުރެ ގިނައިން ދަރިފުޅު ގެންގުޅެނީ އައިވިން އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދަރިފުޅު ފެންވެރުވުމާއި އުރާ ހެދުމުގައި އެކަމުގެ ތަޖުރިބާކާރަކަށް އައިވިން ދޫނުދޭނެކަން ގައިމެވެ. އައިވިންގެ ޢަމަލުތަކުން ޒޯޔާ ބައެއް ފަހަރު ހައިރާންވެއެވެ. ލޭގެ ގުޅުމެއް ނެތް އިރުވެސް އައިވިން ހީވަނީ އޭނާގެ އަމިއްލަ ދަރިއެއް ގެންގުޅޭ ހެންނެވެ. އޭނާގެ ޢަމަލުތަކުން ޚުދު އައިވިން ދެކެނީ އެގޮތަށްކަން ދޭހަވާވަރު ވެއެވެ. އޭގެ ސަބަބުން ޒޯޔާގެ ހިތުގައި އައިވިން އަށް ޓަކައި އުފެދިފައިވާ ލޯބި އިތުރުންވުން ނޫންކަމެއް ނުވިއެވެ. އޭނާގެ ދަރިފުޅަށް ލޯބިދީ ރައްކާތެރިކޮށްދޭނެ ބައްޕަ އަކު ހޯދައިދެވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.
******

ހަތް ދުވަސް ވުމުން ޒޯޔާގެ ދަރިފުޅަށް ނަން ކިޔުން ކުރިއަށް ދިޔައެވެ. ޢަޤީޤާ ކަތިލެވި ފަޤީރުންނަށް އޭގެ މަސް ޞަދަޤާތް ކުރެވިގެންދިޔައެވެ. ދަރިފުޅުގެ ނަމަކަށްކީ މުޙައްމަދު ޒައިކް އެވެ. ބޯ ބޭލިގަޑީގައި ޒައިކް ރުއި ވަރުން ޒޯޔާވެސް ހުރީ ކަންބޮޑުވެފައެވެ. އެންމެ ފަހުން ރޮވިގެން ގޮސް ގިސްލަ ގިސްލާފައި ޒޯޔާގެ އަތު ތެރޭ އޮވެގެން ޒައިކް ނިދީއެވެ.
*******

ޒޯޔާ ވިހާ ގަދަވެ އިހު އުޅުނު ގޮތަށް ހެލިފެލިވެވޭ ވަރު ވެއްޖެއެވެ. އައިވިން އާއި ޒޯޔާ ރާވާފައިވާ ގޮތަށް ކައިވެނީގެ ކަންކަން އަވަސްކުރުމައިގެން އައިވިން އުޅުނެވެ. ދެމީހުންވެސް ބޭނުންވީ ކުޑަ ގޮތަކަށް ކައިވެނީގެ ޙަފްލާ ބޭއްވުމަށެވެ. ދެމީހުންގެ ފަރާތުންވެސް ޙަފްލާއަށް އަންނާނެ މާގިނަ ބަޔަކު ނެތުމާއެކުއެވެ. އައިވިން އޭނާގެ މަންމަ ނުރުހޭނެކަން އިނގެޔެވެ. އަނެއްކޮޅުން މީޑިއާގެ ލޯތައް އޭނާގެ ކައިވެންޏަށް އަމާޒު ވާކަށް އައިވިން ނޭދެއެވެ. އޭނާ މަސައްމަތް ކުރަމުން ދިޔައީ ދެތިން ދުވަހެއްގެ ތެރޭގައި ކައިވެނީގެ ކަންކަން ނިންމާލުމަށެވެ.

******

ނުހަނު ބުރަކޮށް އުޅުމަށްފަހު އައިވިން އަށް ގެޔަށް އާދެވޭ ވަރުވީ ގަޑިން ދަންވަރު ބާރަ ޖެހިފަހުންނެވެ. ގޭތެރެއަށް ވެރިވެފައިވާ ފަޅު ކަމާއެކު އެންމެން ވާނީ ނިދަން ވަދެފައިކަން އައިވިން އަށް އެނގުނެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އައިވިން އައިސް ހުއްޓުނީ ޒޯޔާގެ ކޮޓަރީގެ ދޮރުމަތީގައެވެ. މަޑު މަޑުން ދޮރުގެ ތަޅު އަނބުރާލި އިރު ތަޅު ހުރީ ހުޅުވާފައެވެ. ކުޑަކޮށް ދޮރު ފޭކޮށްލަމުން އެތެރެ ބަލައިލީ ދެމައިން ނިދާފައި ތިބެދާނެތީއެވެ.

އައިވިން އަށް ހީވީ ރަނގަޅަށެވެ. އެއްފަރާތަކަށް ނިދިފައި އޮތް ޒޯޔާގެ އަތްމަތީގައި ލޯބިކޮށް ޒައިކް ނިދާލާފައި އޮތެވެ. އެމަންޒަރަށް ގެއްލި ހުރެވުނު އައިވިންގެ ތުންފަތުގައި ދުވެލީ އުފާވެރި ހިނިތުންވުމެކެވެ. އޭނާއަށްވެސް އަމިއްލަ އާއިލާއެއް ލިބިއްޖެ ކަމުގައި އިޙްސާސްކުރެވެން ފެށުނެވެ.

މަޑު މަޑުން އެނދާ ކައިރިވެލުމަށްފަހު ވަރަށް ބަލައިގެން އައިވިން ޒައިކް ނަގާ އުރާލިއެވެ. އަދި ކޮޓަރީގެ އެއްފަރާތުގައި ހުރި ކުޑަ އެނދުގައި ޒައިކް ރީއްޗަށް ބާއްވާލިއެވެ. ދަރިފުޅަށް ވަކިން ކޮޓަރިއެއް ހެދުމުގެ ބަދަލުގައި ޒޯޔާ ބޭނުންވީ ކޮޓަރީގައި ޒައިކް ގެންގުޅެވޭނެހެން ހެދުމަށެވެ. ދަރިފުޅު ނުފެންނަ ހިސާބުގައި ބާއްވަން ޒޯޔާގެ ހިތަށް ނުތަނަވަސްކަން ލިބެނީއެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ކަންފަތުގައި ގުގުމާލަނީ ޒަފަރް ދިން އިންޒާރު ތަކެވެ.

އައިވިން ޒޯޔާގެ ގައިގާ ރަޖާ އަޅާލަ ދިނުމަށްފަހު އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެއަށްފަހު އޭނާ މިސްރާބު ޖެހީ ކޮޓަރިން ނިކުތުމަށެވެ.
*******

ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔައެވެ. ގޭގެ ޓެރަސް ގައި ބާއްވަން ހަމަޖެހިފައިވާ ކައިވެނީގެ ހަފްލާ ތައްޔާރު ކުރުމަށް އައިވިން ވަނީ ބަޔަކާ ހަވާލު ކޮށްފައެވެ. ވަޤުތު ކުޑަތަން ވަމުން އައި ހެން ޒޯޔާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަތްފައި ފިނިވެ ނޭވާލާން ދަތިވާހެން ހީވިއެވެ.

“އާހް.. ޒޯ.. މިއަދު. ވަރަށް ލޯބި..!!” ރީތިވާ މޭޒު ކުރިމަތީ އިށީނދެގެން އިން ޒޯޔާއަށް ބަލައިލަމުން ޝަބާ ބުނެލިއެވެ. އޭނާ ހުރީ ޒައިކް އުރާލައިގެންނެވެ. ޒޯޔާ ރީތި ކޮށްދެން އައި ދެކުދިން އެމީހުންގެ މަސައްކަތް ނިއްމާލުމަށްފަހު ދިޔުމުން ޝަބާގެ ތަޢުރީފުގެ ބަސްތައް އޮއްސާލިއެވެ.

ޒޯޔާއަށް ނުތަނަވަސް ހިނިތުންވުމަކާއެކު ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލެވުނެވެ. ކޮށްފައިވާ ލުއި މޭކަޕާއެކު އޭނާގެ މޫނަށް އާ ދިރުމެއް ވެރިވެފައިހެން ހީވަމުން ދިޔައެވެ. ޑްރެސިންގެ ޓޭބަލްގައި އޮތް ހުދު ފިނިފެންމަލުގެ ގުލްދަސްތާ އަތަށް ހެޔޮވަރު ކޮށްލަމުން ޒޯޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ސިޑިން މައްޗަށް އަރައިގެން އައި ޒޯޔާގެ ނޭވާ ހިފެހެއްޓުމަކަށް އައެވެ. ހަފްލާއަށް އައިސް ތިބި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އިސްޖަހައިގެން ހުރި އިރުވެސް އޭނާއަށް އިޙްސާސްވަމުން ދިޔައެވެ.

ޒޯޔާގެ އިންތިޒާރުގައި އިން އައިވިން އަށް އެދިމާއަށް ބަލައިލެވުނެވެ. ހުދުކުލައިގެ ފައި ފޮރުވޭ ވެޑިންގް ޑްރެސްގައި ހުރި ޒޯޔާ ފެނުމާއެކު އައިވިންގެ ވުޖޫދުވެސް ހުއްޓުމަކަށް އައިފަދައެވެ. ޒޯޔާގެ ކޮންމެ ހަރަކާތެއް ފެންނަމުން ދިޔައީ ލަސްކޮށްފައިވާ ފިލްމުގެ މަންޒަރެއް ފަދައިންނެވެ.

ޒޯޔާ ލައިގެން ހުރި ހުދު ކުލައިގެ ހެދުން ހީވަނީ އޭނާއަށްޓަކައި ހާއްސަކޮށް ފަރުމާ ކުރެވިފައިވާ ހެދުމެއް ހެންނެވެ. ސެޓިންގް ފޮތިން ތައްޔާރު ކުރެވިފައިވާ އެހެދުުމުގެ ވާއަތުގެ ކޮނޑުން ފެށިގެން ކަނާއަތު އުނަގަނޑާ ހަމައަށް ކައްޗަކަށް ވާގޮތަށް “ޑްރޭޕްޑް” ކުރެވިފައި ވެއެވެ. އޮފް ޝޯލްޑަރ އެހެދުމުގެ އުނަގަނޑުން މަތި ގަޔަށް ހިފާލާފައިވާއިރު ތިރި ވަނީ ރޫޖެހި ޑިޒައިން އަކަށް ފަރުމާކުރެވި ކުޑަކޮށް ފުފިފައި ހުންނަގޮތަށް ދޫކޮށްލެވިފައެވެ.

ބިންގަނޑުގައި ކޭއްތެމުން ދިޔަ އެހެދުމުގެ އެއްފަރާތުގައި އެއް އަތުން ހިފަހައްޓާލަމުން އަނެއް އަތުން މާބޮނޑި ހިފައިގެން އައިސް ޒޯޔާ އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އެހުރިހާ އިރު އިސްޖަހާލައިގެން އިން ޒޯޔާއަށް ސިހުން ގެނުވީ މީހަކު އޭނާގެ އަތުގައި ހިފާލަމުންނެވެ. އިސްއުފުލާލެވުނު ޒޯޔާއަށް ފެނިގެން ދިޔައީ އައިވިންގެ ފުރިހަމަ މޫނެވެ. އެކަޅުކަން ގަދަ ބޮމައިގެ ދަށުގައި ވިދަމުން ދިޔަ ތޫނު ދެލޮލެވެ. އައިވިން ހުދު ކުލައިގެ ގަމީހާއެކު ލައިގެން ހުރީ ކަޅު ކޯޓު ފަޓުލޫނެވެ. ކޯޓުގެ ޖީބުގައި ހަފްލާއާ ގުޅޭނެހެން ހުދު ފިނިފެންމަލެއް ހަރުުކުރެވިފައިވެއެވެ. މުޅި ހާމަ ފެންޑާވެސް ޒީނަތްތެރި ކުރެވިފައިވަނީ ހުދު ކުލައިގެ ތަފާތު ބޮކިތަކުންނާއި ހުދު ފިނިފެންމަލުންނެވެ.

އައިވިން ޒޯޔާގެ އަތުގައި ހިފާލީ ޒޯޔާ އިނީ ހާސްވެފައިކަން އެނގުމުންނެވެ. ޚުދު އޭނާގެ ހާލަކީވެސް އެއީއެވެ. މިއީ އޭނާގެ ޢަލަތު ކައިވެންޏެވެ. ދިރިއުޅުމުގެ މުޅިން އާ ބާބެއް ފެށިގެން ދާނެ ވަޤުތުކޮޅެކެވެ. އެހެންކަމުން ހިތުގައި އެތަކެއް ޝުޢޫރު ތަކެއް އެއްފަހަރާ އެނބުރެމުން ދިޔައެވެ. ހިތަށް ލިބެމުން ދިޔަ ހަމައެކަނި ވޭނަކީ އޭނާގެ މަންމަ އެތަނުގައި ފެންނަން ނެތުމުގެ ފަޅުކަމެވެ. އެމަންމަގެ ހިތް ޚަލާސް ހޯދަން އައިވިން ބޭނުންވިއެވެ. އެހެނަސް ފަޒްލާގެ ބޯހަރުކަމާއެކު އެއީ ކުރަން ފަސޭހަ ވާނެ ކަމެއް ނޫންކަން އައިވިން އަށް އެނގެޔެވެ. އެހެނަސް އޭނާގެ އުންމީދަކީ ވަޤުތާއެކު ފަޒްލާގެ ނަޒަރިއްޔާތުވެސް ބަދަލުވެގެން ދިޔުމެވެ.

ދެމީހުންގެ ނަޒަރު ބައްދަލު ވުމާއެކު އައިވިން ޒޯޔާގެ އަތަށް ބާރުކޮށްލިއެވެ. ހާސްނުވުމަށް އައިވިން ބުނެލި ފަދައެވެ. އެހިނދު ގާޒީ ކައިވެނީގެ ޚުތުބާ ކުރިއަށް ގެންދަން ފެށިއެވެ. ޚުތުބާ ކަނުލާ އަޑު އަހަމުން ދިޔަ އައިވިން އިންތިޒާރު ކުރަމުން ދިޔައީ ޒޯޔާ އޭނާގެ ޙައްޤަކަށް ވެގެން ދާނެ ވަޤުތުކޮށެވެ.

“އަނބި ޤަބޫލު ކޮށްފިން..” އައިވިން ބުނެލުމާއެކު ބަލައިލީ ޒޯޔާ އާ ދިމާއަށެވެ. އިސް އިފުލާ އައިވިން އަށް ބަަލައިލި ޒޯޔާގެ ދެލޮލޮގައިވީ ކަރުނައިގެ ތެރެއިން ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ނިމުމެއްނުވާނެ ކަމަށް ދެކެވުނު ވޭންތަކާއި އަނިޔާތަކުން މިންޖުވެ ހިތް އެދޭ ބައިވެރިޔާގެ ހައްޤަކަށް ވީތީ އެހިތް ޝުކުރުވެރިކަމާއި އުފާވެރިކަމުން ފުރިފައިވިއެވެ.
*******

ޒޯޔާއަށް ބަލަހައްޓައިގެން އިން އައިވިންގެ ދެލޯ ފުސްވަމުން ދިޔައެވެ. ފެންނަމުން ދިޔަ މަންޒަރު އެނބުރޭހެންވެެސް ހީވާން ފެށިއެވެ. މީހުންގެ އަޑުތައް މަސްހުނިވާން ފެށިއެވެ. ބޮލަށް ލިބިގެން ދިޔަ ބަރާއެކު އައިވިން އަށް އަވަސް އަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ. ބޮލަށް ބާރުލަމުން ދެލޯ ހުޅުވާ ބަލައިލިއެވެ. އެހިނދު ލޮލަށް ސާފުވެގެން މަންޒަރުތައް ފެނިގެން ދިޔައެވެ. އެހެނަސް ފެނުނީ އެހިތް އެދެމުން ދިޔަ އުފާވެރި މަންޒަރެއް ނޫނެވެ. އޭނާއަށް އިނދެވުނީ ކައިވެނި ޙަފްލާގައެވެ. ކައިވެނިކުރެވޭ ފިރިހެނާގެ ޙައިސިއްޔަތުންނެވެ. އެހެނަސް އެއީ ހާމަފެންޑާއެއް ނޫނެވެ. ކައިރީގައި އިނީ އޭނާގެ ދެލޯ ބޭޤަރާރުވެ ހޯދަން އެދޭ ޒޯޔާއެއްވެސް ނޫނެވެ. ކެމެރާގެ ފްލޭޝްތަކުގެ އައްޔާއެކު އައިވިން އަށް އަނެއްކާވެސް ދެލޯ މަރާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދެލޯ ހުޅުވާލާ ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި ކައިވެނީގެ ހެދުމުގައި ފަރިވެ ފޮޅިފައި އިން މަލެއްހެން އެއިނީ ޖޫންއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހިރާސް 1

Next

ދޫކޮށްނުލާނަމޭ ކަލާ – 11

Next
December 21, 2020

ދޫކޮށްނުލާނަމޭ ކަލާ – 11

Previews
December 20, 2020

ހިރާސް 1

3 Comments!

  1. Wonder says:
    December 20, 2020 at 11:03 pm

    Salaam readers. Vaahaka up koh dhinun lasvaa kamahtakai kiyuntheringe kibain ma’aafah edhen. Wonder mi dhuvaskolhu bxy koh ukheythy vaguthu nuvaathy lasvany. In sha Allah kuriyah oihthaa rangalhuvaane kamah mibalany. storyga v bodu plot twist eh himanaalaafa vaane mibaiga. Hurihaa kiyuntherinnah ves mibai kamudhaane kamah unmeedhu kuran. Baahjaveri reugandakah edhen☺️❤️

  2. ?Ril? says:
    December 21, 2020 at 5:52 pm

    Heii sisoo????❤️❤️
    Wow vrh Sali mi part vxxx❤️❤️❤️❤️
    Masha Allah❤️❤️❤️❤️❤️
    Aleyy sis issoke no need of swry , apart from stry writing u also have things to do sis so I completely understand ❤️❤️❤️❤️❤️
    What , what just happen Joon eyyy ?????????????
    Evy kihineh kinda shocked Ingeyy sis seriously??????????
    I thought first Zoya and aivin kama??
    This is making tha stry interesting ingey sis❤️❤️❤️❤️❤️❤️❤️???
    U are so talented sisooo I love it ???❤️❤️❤️❤️❤️❤️❤️
    Sis sis schl gaa tha adhi uleny are u a student tha pls don’t mind me ingeyy sisoo❤️❤️❤️????
    Btw vrh vrh curious kamaaeku next part ah mi wait kohlany❤️❤️❤️❤️
    Love u bigu koh❤️❤️❤️❤️❤️
    Stay safe and take gudd care sisoo❤️❤️❤️

    1. Wonder says:
      December 21, 2020 at 10:32 pm

      Aww thank u so much Ril for understanding. Ahaha. Yess! Storyga v bodu plot twisteh aissa dhw miothy. Glad u find it interesting. Thank u so much for the compliment dear. U dnt need to apologize Ril. I honestly really love reading ur comments. It makes my day. I finished my A levels last year. Im 18 years old?. Next part dear avahah up kohla dheveythoa balaanan ingey. Luv u morrrree dear. U too tvgc?❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-37←


All Right Reserved!