“ޔަލޫ… ސޮރީ.. އަހަން ނުވާކަހަލަ ސުވާލެއްދޯ އެހުނީ؟” އަޒްލާން ވާހަކަ ދެއްކިއެވެ.
“ނޫން. އިޓްސް އޯކޭ. މަންމަ އާއި ބައްޕަ މަށަށް އެންމެ ހަތަރު އަހަރުގަ ނިޔާވީ! ކާރު އެކްސިޑެންޓެއްގަ. އޭގެ ފަހުން ބޮޑުދައިތަ މަ ގެންގުޅުނީ. ބޮޑުދައިތައަކީ ލައާލީގެ މަންމަ.” ޔަލީނާ ބުންޏެވެ.
ޔަލީނާއަކީ އެއިރު ޔަތީމެއްނުންހޭ އަޒްލާން ހިތަށް އެރިއެވެ. އަޒްލާން ޔަލީނާގެ ހާލަށްޓަކައި ހަމްދަރުދީވިއެވެ.
“މީ…. އީން އެބައިން ބުނެފަ ކުޑަކުދިންގެ ބަގީޗާއަށް ދާށޯ… ” އަޒްލާން ބުންޏެވެ.
“ލާން ދޭބަލަ ރީތިވާން. ތިހެން ހުރެގެންތަ ދަނީ؟ ނޫނީ މަ އެކަނި ބަހައްޓައިފަ ދާން ނުކެރެނީތަ؟” ޔަލީނާ އެއްސެވެ.
“އާނ! އެކަނި ބަހައްޓައިފަ ދާން ނުކެރެނީ. ދެން… މަ އެއްޗެހި ހިފައިގެން އަންނަންތަ މިތަނުގަ ލާން؟” އަޒްލާން ބޯ ކަހައިލަމުން ބުންޏެވެ. ޔަލީނާ ދެލޯ ބޮޑުކޮށްލުމުން އަޒްލާންއަށް ހެވުނެވެ.
“ހަހަހަ…. ޖޭކޭ. މަ އަންނަންވާއިރަށް ރެޑީވެގެން ހުންނާތި.” އަޒްލާން އެހެން ބުނުމަށްފަހު ދިޔައެވެ.
ޔަލީނާ ކޮޓަރިއަށްގޮސް ފެންވަރައިލައިގެން ޕެރިސްގެ އައިފުލް ޓަވަރ ކުރަހައިފައިހުރި އަތްދިގު ޓޮޕަކާއި ކަޅުކުލައިގެ ބެލްއެއް ލިއެވެ. އަދި މޫނުގައި ކުޑަ ފުށްކޮޅެއް ޖަހައިލުމަށްފަހު މަޑު ރަތްކުލައިގެ ލިޕްސްޓިކްއެއް ތުންފަތުގައި ޖެއްސިއެވެ. ދެން ކަޅުކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް އަޅައިލުމަށްފަހު ގަޔަށް ‘ފީލިންގްސް’ ބޮޑީ ސްޕްރޭ ފުޅި ބުރުވައިލިއެވެ. ޔަލީނާ ކޮޓަރިން ނިކުތްއިރު އަޒްލާން ސޯފާގައި އޭނާގެ އިންތިޒާރުގައިއިނެވެ. އަޒްލާން އިނީ ކަޅުކުލައިގެ ޓީޝާޓެއްގެ މަތިން ރަތްކުލައިގެ ޖެކެޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އޭނާގެ މުށިކުލައިގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައިވީއިރު ހޮލީވޫޑްގެ ތަރިއަކަށް ދޫނުކުރާނެކަން ޔަޤީނެވެ.
“ހިނގާ ދާން.” ޔަލީނާ ނުކުތުމުން އަޒްލާން ބުންޏެވެ.
ޔަލީނާ ހިނިތުންވެލުމުންް އަޒްލާން އެޕާޓްމެންޓުން ނިކުންނަން ދިޔައެވެ. އަޒްލާންއަށާއި ޔަލީނާއަށް އެހިސާބަށް ދެވުނުއިރު ރައާމެން ބެންޗެއްގައި އިށީނދެ ތިއްބެެވެ. އަޒްލާންމެން އެހިސާބަށް ދިއުމުން އެމީހުން އެދައްކަނީ ކައިވެނީގެ ވާހަކަކަން އެނގުނެވެ. އެވާހަކައެއްގައި ތިބެފައި ފަސްގަޑި ބައިވި ތަނާ އެންމެން ދިޔައެވެ.
1މަސް ފަސް…..
“ލީނާ އަވަސް… ޕާޓީ ފެށެނީ!” ބަށިކުލައިގެ ވެޑިން ޑަރެސްލައި ރީތިވެގެން ލޯގަނޑުން ބަލަންހުރި ޔަލީނާއާއި ދިމާއަށް ރައާ އައިސް ބުންޏެވެ.
“އާދޭ!” ޔަލީނާ ނައިސްގެން އެންމެ ފަހުން ރައާ ޔަލީނާގެ އަތުގައި ހިފިއެވެ.
“ސުބުޙާނައްﷲ… ހާދަ ހާސްވެފަ؟ ކައިވެނި ކޮށްފިނުން މިރޭ ހަޔެއް ޖެހިއިރު؟ މިހާރު އެއޮތް އަށެއް ޖަހަނީ. މިދަނީ ޕާޓީއަށޭ!” ޔަލީނާއާއި ދިމާއަށް ދެލޯ ބޮޑުކޮށްލަމުން ރައާ ބުންޏެވެ.
“ހމމމމ… މިހާރު އެނގިއްޖެ ވާގޮތް. އަޒޭ ކައިރިއަށް ދާތީދޯ؟ ހަހަހަ..” ރައާ އެހެން ބުނުމުން ޔަލީނާ އިސްޖަހައިލައިފައި އޭނާގެ ތުންފަތުގައި ދަތްއަޅައިލިއެވެ.
ރައާ ޔަލީނާގެ އަތުގައި ހިފަހައްޓައިލައިގެންގޮސް ޔަލީނާމެން ތިބެންޖެހޭ ތާނގައި ބެހެއްޓިއެވެ. އިރުކޮޅެއްނުވެ އަޒްލާން އައެވެ. އޭނާހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނެއްގެ ދަށުން ބަށިކުލައިގެ ގަމީހެއް ލައިގެންނެވެ. އަޒްލާން ދިޔަގޮތަށްގޮސް ޔަލީނާގެ ކައިރީގައިހުއްޓި އޭނާގެ އުނަގަނޑުގައި އަތް ވަށައިލައި ގަޔާއި ކައިރިކޮށްލިއެވެ. އެވަގުތުކޮޅުވެސް ޔަލީނާހުރީ ލަދުގަނެ ރަކިވެފައެވެ.
“އޭތް! ހާދަ ލަދުން؟ ތިހެން ލަދުން އުޅެންޏާ ކިހިނެތް ދެން އަހަރެމެން ދެމީހުން އެއްކޮށް އުޅޭނީ؟” މީހުންތައް ވަންނަން ފެށުމުން އަޒްލާން ޔަލީނާގެ ކަންފަތް ކައިރީގައި ބުނެލިއެވެ.
“ދެން…އެއްކަލަ ލާން! އަންހެން ކުދިން ލަދުގަންނާނެދޯ ތިކަހަލަ ހޭންޑަސަމް ފިރިހެނެއްގެ ކައިރީގަ ހުންނަންޏާ؟” ޔަލީނާ ތުން އޫކޮށްލަމުން ބުނެލިއެވެ.
“ހުމމމ…. އީހަން އާއި އަކްމަލް އާއި މާލިކްގެ ކައިވެނިކުރިއިރު ވަރަށް ލަދުގަތްވިއްޔާ ރައާމެން.” އަޒްލާން ބުނެލިއެވެ.
“އެންޑް ތެންކިއު މަށާއި ދިމާއަށް ހޭންޑްސަމްއޭ ބުނީމަ.” އަޒްލާން ފޮނިވެލަމުން އެއްލޯ މަރައިލުމަށްފަހު އިތުރުކޮށްލިއެވެ.
“ހޫނ! އެހެންވިއްޔާ ޔޫ އާރ އަގްލީ.” ޔަލީނާ ބުނެލިއެވެ.
މިކަހަލަ ވާހަކަތައް ދައްކަނިކޮށް ޕާޓީ ނިމުނީ އެގާރަޖަހައި ބޮޑުވި ފަހުންނެވެ. ޕާޓީ ނިމުމާއިއެކު އެންމެން އަޒްލާންގެ ގެއަށް ދިޔައެވެ. ކުޑަކޮށް ސަމާސާކޮށްލުމަށްފަހު އަޒްލާން އާއި ޔަލީނާ ފިޔަވައި އެންމެން ދިޔައީ ބާރަ ޖަހަނިކޮށެވެ. އަޒްލާން ގެނެސް ޔަލީނާ ކޮޓަރިއަށް ވެއްދިއެވެ.
“ވާއު! މިކަހަލަ ބޮޑު ކޮޓަރިއެއް އޮންނައިރު ކީތްވެ އެޕާޓްމެންޓްގަ އުޅުނީ؟” ޔަލީނާ އެ ބޮޑު ކޮޓަރިތެރެ ބަލަމުން ބުންޏެވެ.
“މިތާ ބައްޕަގެ ރައްޓެއްސެއް އުޅުނީ. އެހެންވެ ވަގުތީގޮތުން އެޕާޓްމެންޓަށް ދިޔައީ.” އަޒްލާން ބުންޏެވެ.
“އޯހް…” ޔަލީނާ ކުޑަކޮށް ފިނިވިއެވެ.
“ދޫކޮށްނުލާންމޭ ކަލާ. ދޫކޮށްނުލާނެމޭ ކަލާ.” އަޒްލާން އޭނާގެ ފިރިހެންވަންތަ އަޑުން ރާގެއް އަޅުވައިލަމުން ދެޖީބަށް އަތްޖެހުމަށްފަހު އެތަންކޮޅު ކިޔައިލިއެވެ.
“އައި ހޭވް ބީން ވެއިޓިން ފޯރ ދިސް މޮމެންޓް. ފައިނެލީ ޔޫ އާރ މައިން.. އައި ލަވް ޔޫ ޔަލޫ.. މަ ދުވަހަކުވެސް ޔަލޫ ދުލެއް ނުކުރާނަން. އިންޝާﷲ.” އަޒްލާން ޔަލީނާގެ ގައިގައި ލޯބިން ބައްދައިލަމުން ބުންޏެވެ.
“އަހަރެންވެސް ލާން ދޫކޮށްފަ އެއްވެސް ތާކަށް ނުދާނަން އިންޝާﷲ. ލަވް ޔޫ ޓޫ.” ޔަލީނާވެސް އުފަލުން ބުނެލިއެވެ.
:::::::::::::::::::::::::::::::::
“މަންމައާއި ބައްޕަގެ ލަވް ސްޓޯރީ ހާދަ ރީއްޗޭ.” އުމުރުން ފަނަރަ އަހަރުގެ އަމާލް ޔަލީނާއަށް ބުނެލިއެވެ. އަމާލްއަކީ ޔަލީނާއާއި އަޒްލާންގެ ‘ހަމަ އެކަނި’ ދަރިފުޅެވެ.
“ދަރިފުޅަށް ހަމަ ރީތިތަ؟” އަޒްލާން ޔަލީނާގެ ކޮނޑަށް އަތް ވައްޓައިލަމުން ބުންޏެވެ.
“ހުމމމ… ބުނެބަލަ. ކޮބާ މިހާރު އެ ލައާލީމެން؟” އަމާލް އެއްސެވެ.
“ދޭ އެސްކޭޕްޑް.” ޔަލީނާ އަޒްލާންއަށް ބަލައިލަމުން ބުންޏެވެ.
“މަންމާ! އައި ވިޝް ޓު ހޭވް އަ ބްރަދާރ.” އަމާލް ބުންލިއެވެ.
ޔަލީނާގެ މޫނު ވަގުތުން ބަނަވިއެވެ. ޔަލީނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަޒްލާންއަށް ބަލައިލިއެވެ. އަޒްލާންހުރީ މޫނު އަނބުރައިލައިގެންކަމުން އޭނާގެ މޫނެއް ނުފެނެއެވެ.
“މަންމާ! އަޅުގަނޑަށް ހީވަނީ މަންމަ އަޅުގަނޑަށް ކަމެއް އެބަ ސިއްރުކުރޭހެން.” އަމާލް ބުންޏެެވެ.
“ކީތްވެ ތިހެން ތި އެހީ؟” ޔަލީނާ ހިނިތުންވެލަން މަސައްކަތްކުރަމުން އެއްސެވެ.
“އެއީ ހަމަ ބްރަދާރއެކޭ ބުނާއިރަށް އެބަ ދެރަވޭ ނޫނީ އުނދަގޫވޭ!” އަމާލް ބުންޏެވެ.
“އަޅުގަނޑުގެ ބްރަދާރއެއް ހުންނަނީތަ؟؟؟” އަމާލް އެހި ސުވާލުން ޔަލީނާއާއި އަޒްލާން ދެލޯ ބޮޑުކޮށްލަމުން އަމާލްއަށް ބަލައިލިއެވެ.
“މާލް ދައްކާ ވާހަކަ! ނުހުންނާތީނުން ނުފެންނާނީ؟ ހަހަހަ…” އަޒްލާން ބުންޏެވެ.
“އޯކޭ! އެހެންވިއްޔާ މަންމައަށް ކަލްއޭ ކިޔައިފަ ނިދަންއޮއްވަ ހަޅޭލަވައިގަނެވުނު ނުން ދޯ؟ އެގަޑީގައި ކޮން ހުވަފެނެއްތަ ފެނުނީ؟” އަމާލް އެއްސެވެ.
“އާއެކޭ! މަވެސް ހަނދާނެއްނެތް ޔަލޫ ކައިރީގައި އެ ހުަވަފެނުގަ ފެނުނީ ކޯއްޗެއްތޯ އަހާކަށް.” އަޒްލާން ޔަލީނާއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.
“ކިޔައިދެންވީތަ؟” ޔަލީނާ އެއްސެވެ.
“ހުމމމމމ…” އަމާލްއަށާއި އަޒްލާންއަށް އެހެން ބުނެވުނީ އެކުއެކީގައެވެ.
“ހަަހަހަ… އަޑުއަހާ!” ޔަލީނާ ވާހަކަ ފެށިއެވެ.
___________
އަނދިރި ރެއެކެވެ. އެކަނި މާއެކަނި ވަަލު ތެރޭގައި ޔަލީނާ ހިނގަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އެެހެން ދަނިކޮށް ޔަލީނާއަށް ޔުމްނާ އާއި ދިމާވިއެވެ. ޔަލީނާ ހައިރާންވީ މަރުވެފައި އޮތް މީހަކު އަލުން ފެނުނީމައެވެ.
“ދަރިފުޅާ!” ޔުމްނާ ދަތްތައް ފެންނަވަރަށް ހީލަމުން ދެއަތް ފުޅާކޮށްލިއެވެ.
“މަންމާ!” ޔަލީނާގޮސް ޔުމްނާގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ.
“ދަރިފުޅު ވަރަށް ގިނަ ކަންކަމާއި ކުރިމަތިލައިފި ދޯ މަންމަ ނެތްއިރު؟” ޔުމްނާ ޔަލީނާގެ ބޮލުގައި ފިރުމައިލަމުން ލޯބިން ބުނެލިއެވެ.
“ލައްބަ މަންމާ! މަންމަ ކީތްވެތަ އަޅުގަނޑު ދޫކޮށްލައިފަ ދިޔައީ؟ ރޫން އަޅުގަނޑު ދޫކޮށްލައިފި. ލައާލީ އަޅުގަނޑަށް ބްލެކްމެއިލް ކުރީ…” އެންމެ ފުރަތަމަވެސް ޔަލީނާ ޝަކުވާބޮނޑި އޮއްސައިލިއެވެ.
“ދަރިފުޅާ ބުނަންތަ ވާހަކައެއް؟ ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހެއްގެ ފުރާނަ ގެންދަވާނީ އެމީހަކު ބޭނުންއިރަކު ނޫން. އެމީހެއްގެ އަޖަލު ހަމަވީމަ މަރުގެ މަލާއިކަތާ އައިސް އެމީހެއްގެ ފުރާނަ ގެންދަވާނެ. އެހެންވީމާ ދުނިޔޭގަ ރަނގަޅަށް އުޅުމާއި ނޫޅުމަކީ އެމީހެއްގެ އަމިއްލަ ކަމެއް. ދަރިފުޅު ރަނގަޅަށް މި ފަނާވެނިވި ދުނިޔޭގަ އުޅެފިއްޔާ އިންޝާﷲ ސުވަރުގެއަށް ވަންނާނެ. ދަރިފުޅު ތިއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް. މަންމަ ނެތްއިރު ވަރަށް ބަސްއަހައިގެންދޯ ތިއުޅުނީ. މީހަކު މަޢާފަށް އެދުނީމަވެސް އެމީހަކަށް މަޢާފުކޮށް… ވަރަށް ރަނގަޅު ކަމެކޭ އެއީ… މަންމަ ވަރަށް ފަޚުރުވެރިވަން ތިކަހަލަ ހިތްވަރުގަދަ ކުއްޖަކު މާތް ﷲ މަންމައަށް ދެއްވީތީ. އަލްޙަމްދުލިﷲ… ދަރިފުޅު ވަރަށް ރަނގަޅަށް އުޅެއްޗޭ…” ޔުމްނާ ބުންޏެވެ.
“ކޮބާ ބައްޕަަ؟” ޔަލީނާ އެއްސެވެ. “މިހިރީ ބައްޕަ…” ޔަލީނާގެ ފަހަތުން ޒުލައިމްގެ އަޑުއިވުމުން އެދިމާއަށް ބަލައިލިއިރު ޒުލައިމް ހުރީ ހިނިތުންވެލައިގެންނެވެ.
“ބައްޕާ!” ޔަލީނާގޮސް ޒުލައިމްގެ ގައިގައި ބައްދައިލިއެވެ.
“މަންމަ ބުނި ފަދައިން ބައްޕަވެސް ބުނަން އޮތީ ތިއީ ހަމަ ވަރަށް ހިތްވަރުގަދަ ކުއްޖެކޭ. ބައްޕަވެސް މަންމަ ފަދައިން ވަރަށް ފަޚުރުވެރިވަން އެކަމަށް….” ޒުލައިމް އުފަލުން ބުނަމުން ޔުމްނާގެ ގާތަށް ދިޔައެވެ.
“މަންމާ! ކިނާން ކަލް މަރައިލައިފި.” ޔަލީނާ އިސްޖަހައިލަމުން ބުންޏެވެ.
ޔުމަނާއާއި ޒުލައިމްގެ ހިލަމެއް ނުވުމުން ޔަލީނާ އިސްއުފުއްލައިލިއިރު ފެނުނީ ކިނާން ކަލްޘޫމްގެ ކަރުގައި ވަޅި ހަރައިލާތަނެވެ. ޔަލީނާ ‘ކަލް’ އޭ ކިޔައިފައި ވަރަށް ބާރަށް ހަޅޭލަވައިގަތެވެ.
______________
“ވާއު މަންމާ! މަންމަގެ ޕޭރެންޓްސްއާއި ބައްދަލުވީތަ? އެންޑެ ދޭ ސެޑް ދެެޓް ދޭ ވާރ ޕްރައުޑް އޮފް ޔޫ… އަސްލު ވެސް މަންމަ ވަރަށް ބްރޭވް އެންޑް ކަލްޘޫމް މަރައިލި ތަންކޮޅު ތަންކޮޅެއް ސްޕޫކީ.” އަމާލް ބުނެލިއެވެ.
“މާލްގެ ލޯބިވާ ބައްޕިއަށްވުރެ ބްރޭވްތަ؟” އަޒްލާން އަހައިލިއެވެ.
“ޔެސް… މަންމި މާ ބްރޭވް ބައްޕިއަށްވުރެ.” އަމާލް ބުނެލިއެވެ.
“އެކަމަކު މަންމި ބައްޕިގެ މި ހިތް ކުދިކުދިކޮށްލީ.” އަޒްލާން އޭނާގެ އަމިއްލަ މޭގައި އަތްލަމުން ދެރަވާކަމަށް ހަދައިފައި ބުނެލިއެވެ.
“އެކަމުވެސް މަންމިއޭ ބްރޭވްއީ…” ޔަލީނާ އަމާލްގެ ވާހަކައިގައި ބައިވެރިވެލިއެވެ.
“މިހާރު އެއޮތް އެގާރަ ޖެހީ… ހިނގާ ނިދަން ދާން؟ މާ ބޮޑަށްވެސް ލަސްވެއްޖެ މިހާރު…” އަޒްލާން ފާރުގައި ހަރުކޮށްފައި އޮތް ގަޑިއަށް ބަލައިލަމުން ބުނެލިއެވެ.
“ހުމމމ… ހިނގާ! ގުޑް ނައިޓް ސްވީޓީ!” ޔަލީނާ އަމާލްގެ ނިތްކުރިއަށް ދޮނެއް ދިނުމަށްފަހު އަޒްލާންއާއިއެކު ކޮޓަރިއަށްވަނެވެ.
“މަންމަމެން މަށަށް އެބަ ސިއްރުކުރޭ އެއްޗެއް!” އަމާލް ހިތާއިހިތުން އެހެން ބުނެލުމަށްފަހު އޭނާގެ ކޮޓަރިއަށް ނިދަން ދިޔައެވެ.
– ނުނިމޭ –
* މި ވާހަކައަކީ އަޅުގަނޑު މިސައިޓުގައި ލިޔާ ފުރަތަމަ ލޯބީގެ ވާހަކައެވެ. އަދި މިވާހަކައިގެ ފުރަތަމަ ސީޒަން ތިޔަ ލޮބުވެތި ކިޔުންތެރިންނަށް އަޅުގަނޑު ފޯރުކޮށްދެއްވުމަށް ދެވަނަ ހިއްވަރެއް ލިބުނީ ތިޔަ ކިޔުންތެރިންގެ އެއްބާރުލުމާއި ޕޮޒިޓިވް ކޮމެންޓްތަކުގެ ސަބަބުން ކަމަށްވުމާއިއެކު ތިޔަ އެންމެހާ ކިޔުންތެރިންނަށް ހިތުގެ އެންމެ އަޑިން އަޅުގަނޑު ޝުކުރު ދަންނަވަމެވެ. އަދި އަޅުގަނޑަށް މިސީޒަން ލިޔުމަށް އެއްބާރުލުންދިން އަޅުގަނޑުގެ ލޯބިވާ އާއިލާއަށްވެސް އަޅުގަނޑުގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. ދެން އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވަނީ މިވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤްދެއްވި އެއްކައުވަންތަ ﷲ ޞުބްޙާނަހޫ ވަތަޢާލާއަށެވެ. އަލްޙަމްދުލިﷲ! މިވާހަކައިގެ ދެވަނަ ސީޒަންއެއް އިންޝާﷲ ތިޔަ އެންމެހާ ކިޔުންތެރިންނަށް ވަރަށް އަވަހަށް ގެނެސްދެވޭނެ ވާހަކަ ދަންނަވަމެވެ. އަދިވެސް އެއްފަހަރު ތިޔަ ކިޔުންތެރިން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ..
ޝުކުރިއްޔާ ❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


woah varah varah reethi hama habeys ?? mi story enme reethee mihaa hisaabah ai iru kee hurihaa story thaku thereyn ves