Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ދޫކޮށްނުލާނަމޭ ކަލާ 2 – 1

Flame Gurl Level 210 Stories
May 22, 2021 4 Mins Read
1 Comment

މެންދުރުގެ އަވި ބާރު ވަގުތު ރަސްފަންނުގެ ރާޅުޖަހާ ހިސާބުގައި ހިނގަމުން ދިޔަ ދެކުދިން ވާހަކަ ދައްކަމުން ދިޔައީ ގާތް ދެ އެކުވެރިން ފަދައިންނެވެ. އެންމެ ފުރަތަމައަށް ހުރި ކުއްޖާހުރީ މަޑު ނޫ ކުލައިގެ ޓޮޕްކޮޅަކާއި ގަދަ ނޫ ކުލައިގެ ޖިންސެއް ލައިގެންނެވެ. އޭނާ ލައިގެންހުރި ޖިންސުގެ ފައިކުރިވަނީ އޮޅާލެވިފައެވެ. ދެންހުރި ކުއްޖާ ހުރީ ކަޅު ޓީޝާޓަކާއި ކަކުލާއި ހަމައަށް އަރާވަރުގެ ކަޅުކުލައިގެ ޓައިޓެއް ލައިގެންނެވެ. މިދެކުދިން މޭޒުތައް ކައިރިއަށްގޮސް ރުއްބުރިއެއްގައި އިށީނދެ ހަމަޖެހިލިއެވެ.

“އޭތް ޔަން! ކޮން އިރަކުންތަ އެއްކަލަ މީހުންތައް އަންނަނީ؟” ކިޔާރާ އޭނާ ލައިގެންހުރި ޓީޝާޓު ރަނގަޅުކޮށްލަމުން އެއްސެވެ.

“އާނ! އެމީހުންތައް ދޯ؟ މިއަދު ހަވީރު ފަސްގަޑި ބައިހާއިރު އަންނާނެ.” ޔަންހާ ކިޔާރާ އާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.

“އެހެންދޯ؟ އަހަރެން ދަންތަ ތިގެއަށް މިރޭ ފަސޭހަކޮށްދޭން. ކާއެއްޗެސް ހަދާދޭން؟ ލީނައްތަ އާ އަޒޭބެވެސް މިހާރު ނެތެއްނު މާލެއަކު؟” ކިޔާރާ އަނެއްކާވެސް އަހައިލިއެވެ.

“އާނ! އަހަރެންނަކަށް އެއްވެސް މައްސަލައެއް ނެތް. ބައި ދަ ވޭ ތެންކިއު ސޯ ސޯ މަޗް ކިޔާ.” ޔަންހާ ކިޔާރާގެ ދެއަތުގައި ހިފައިލަމުން ހިނިތުންވެލުމަށްފަހު ބުންޏެވެ.

“އެނީޓައިމް.. ޕިސް އެއޮތް ތިންގަޑި ބައިވަނީ. ހިނގާ ގެއަށް ދާން؟” ކިޔާރާ އަތުގައި އޮތް ފޯނުން ގަޑި ބަލައިލަމުން ބުންޏެވެ.

“އަހަރެން ދާނަން އިރުކޮޅަކުން. ކިޔާ ދޭ!” ޔަންހާ ބުންޏެވެ.

ކިޔާރާ ބޯޖަހައިލުމަށްފަހު ރަސްފަންނުން ނިކުތުމަށް ދިޔައެވެ. ކިޔާރާ ދިޔަތާ އިރުކޮޅެއް ނުވަނީސް ބަންގިގޮވަން ފަށައިފިއެވެ. ނަމަވެސް ޔަންހާ އެއިންތާ ހިރުވައިވެސްނުލައި ވިސްނުމަކަށް ގެއްލިފައި އިނީއެވެ. ޔަންހާއަކީ އާދައިގެ ދިވެހީންނާއި ޚިލާފަށް ދޮން ދިގު އިސްކޮޅެއް ލިބިފައިވާ ހިމްތޮޅި ކުއްޖެކެވެ. އޭނާގެ ރަތްކުލައިގެ ކޮނޑަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް ފައިބާ ރަތްކުލައިގެ އިސްތަށިގަނޑުގެ ސަބަބުން ބޮޑަށް ވައްތަރީ ޔޫރަޕް ހިސާބެއްގެ ކުއްޖަކާއެވެ. ނަމަވެސް އެ އިސްތަށިގަނޑުވަނީ ކަޅުކުލައިގެ އެހެން އިސްތަށިގަނޑެއް އެހީގައި ފަރުދާކޮށްލެވިފައެވެ. މިއީ ޔަލީނާ އާއި އަޒްލާންގެ ‘ހަމައެކަނިހުރި ދަރިފުޅެވެ.’ ކިޔާރާއަކީ ޔަންހާ އާއި ޚިލާފަށް އެހާ ދޮންނޫން ހިމަތޮޅި ހަށިގަނޑެއްގެވެރި ކުއްޖެކެވެ. އެހާ ދޮންނޫން ނަމަވެސް ކިޔާާރާ ރީތިކޮށްދެނީ އޭނާގެ ރާޅުބާނީ އުނަގަނޑާއި ހަމައަށް އަރާ ކަޅުކަންގަދަ އިސްތަށިގަނޑުންނާއި ދިގު އެސްފިޔަތަކެއްގެ ދަށުގައިވާ މަޑު މުށިކުލައިގެ ބޮޑު ދެލޮލުންނެވެ. ކިޔާރާއަކީ ކިނާން އާއި ޒާނާގެ ހަމައެކަނިހުރި ދަރިފުޅެވެ. ޔަންހާއަށް އެހެން އިންދައި ހޭވެރިކަމެއްވީ އޭނާގެ ފޯނު އެލާންވާން ފެށި އަޑަށެވެ. އޭނާއަށް ފޯނަށް ބަލައިލުމާއިއެކު ދެލޯ ބޮޑުކޮށްލެވުނީ 4:15 ވެފައިވާތަން ފެނުމުންނެވެ. ޔަންހާ އަވަހަށް ތެދުވެ އިސްތަށިގަނޑު ރީތިކޮށްލަމުން އަވަހަށް ހިނގައިލައިފައި ނިކުންނަން ދިޔައެވެ. އޭނާ މިހެންގޮސް ހަމަ ރަސްފަންނުން ނިކުތްތަނާހެން މީހަކު ގައިގައި ޖެހުނެވެ. އޭނާ ރަނގަޅަށް ބަލައިލިއިރު ޙައިރާންވީ މާއިޝް އާއި ދާއިން އޭނާގެ ކުރިމަތީގައިހުރި ތަން ފެނުމުންނެވެ.

“މާއިޝް.. ދާއިން.. ކޮން އިރަކު އައީ؟ ބުނެވެސް ނުލާ!” ޔަންހާ އުނަގަނޑުގައި އަތް ވިއްދައިލަމުން ބުނެލިއެވެ.

“ހެހެހެ… މިއަދު ހެނދުނޭ އައީ. ހަނދާންނެތުނީ ޔަން ކައިރީ ބުނަން. ދެން އަހަރެމެންނާއި އެކު އެހެން ދެ ފްރެންޑްސްވެސް އައި.” މާއިޝް އޭނާގެ އިސްތަށިގަނޑަށް އަތް މަހައިލަމުން ބުންޏެވެ. މާއިޝްއަކީ މާލިކް އާއި ފަރްޒީންގެ ދަރިފުޅެވެ.

“އާނ! ވަރަށް ވަރުބަލިވެފަ ހުރީ އާދެވުނުއިރު. އެހެންެ އެނދުގަ ޖައްސައިލި ތަނާ ނިދުނީ. ހޭލެވުނުއިރު ތިންގަޑި ބައިވެފަ ހުރީ. ދެން ހަމަ ހިތަށް އެރީ ރަސްފަންނަށް ޖައްސައިލާނިއްޔޭ.” ދާއިން ބުނެލިއެވެ. ދާއިންއަކީ ދަހްލާ އާއި އަކްމަލްގެ ދަރިފުޅެވެ.

“އެހެންދޯ؟ ދެން ކޮބާތަ ރުކައިން؟ އޭނަ ގޮވައިގެނެއް ނޫންތަ ތި އައީ؟” ޔަންހާ ހިނިތުންވެލަމުން އަހައިލިއެވެ.

“އަޅޭ! އަހަރެންނަށް މަޑުކުރެވޭކަށް ނެތޭ އިނގޭ! ވަރަށް އަވަހަށް ތާކަށް ދާން ޖެހޭ އެބަ. ދަނީ.” ޔަންހާ ނިތްކުރިމަތީގައި ޖަހައިލުމަށްފަހު އެހެން ބުނަމުން މަގުމައްޗަށް ނިކުތެވެ.

ނަމަވެސް ސިއްސައިގެންގޮސް މަޑުކޮށްލަން ޖެހުނީ ކިރިޔަ ކިރިޔާ ޔަންހާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ސައިކަލެއް ހުއްޓެމުންނެވެ. ޔަންހާ ހަމަޖެހިލައިފައި ބަލައިލިއިރު ސައިކަލު މަތީގައިއިން ޒުވާނާ ފެނިފައި ހީލެވުނެވެ. އާއެކެވެ! އެއީ އޭނާގެ ހިތުގައި އެންމެ ފުރަތަމަ ނަޒަރުނެވެސް ބިންވަޅުނެގުނު ސޫރައެވެ. ރުކައިންއެވެ! އޭނާ އާއި ރުކައިން ދިމާވީ ޔަލީނާ އާއި އަޒްލާން ޔަންހާ ގޮވައިގެން އޭނާއަށް އެންމެ ސޯޅަ އަހަރުގައި މާލެ އައި ދުވަހުއެވެ. އެދުވަހު ޔަންހާމެން މަޑުކުރީ ރައާ އާއި އީހަންމެން ގޭގައެވެ. އެދުވަހުން ފެށިގެން އެދެމީހުން އެކުވެރިންނަށްވީއެވެ.

“އަހަރެން ނުވެސް އަންނަނީސް ދަނީތަ؟” ރުކައިން ހިނިތުންވެލަމުން އެއްސެވެ.

“ނޫން. ރުކައިން އަންނަން ދެން މަޑެއް ނުކުރެވޭނެއެއްނު. ވަރަށް އަވަހަށް ތާކަށް ދާންޖެހޭ އެބަ.” ޔަންހާ މިހެން ބުނެފައި ދާން އުޅެނިކޮށް ރުކައިން އޭނާގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.

ޔަންހާ އޭނާގެ މުލައްދަނޑީގައި ހިފައިފައިވާ ރުކައިންގެ އަތަށް ބަލައިލަމުން ރުކައިންއަށް ބަލައިލީ ކިހިނެތްވީހޭ އަހާފަދަ ގޮތަކަށެވެ. ރުކައިން ބޮލުން ސައިކަލަށް އެރުމަށް ޢިޝާރާތްކުރިއެވެ. ޔަންހާ އެއްވެސް ދެކޮޅު ހެދުމަކާއިނުލައި ރުކައިންގެ ފަހަތުގައި އިށީނދެ ހަމަޖެހިލިއެވެ. ޔަންހާގެ ގެއާއި ހަމައަށް ދެވެންދެން އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޔަންހާގެ ގެއާއި ހަމައަށް އާދެވުމާއިއެކު ޔަންހާ ސައިކަލުން ފައިބައި ސައިކަލު ކައިރީގައި އިސްޖަހައިލަމުން މަޑުކޮށްލިއެވެ.

“ކިހިނެތްވީ ޔަން؟ ވާހަކައެއް ބުނަން ބޭނުމީތަ؟” ރުކައިން ސައިކަލުގެ ތަޅުދަނޑި ދަމައިގަންނަމުން ޔަންހާ ކައިރީގައި އެއްސެވެ.

“އަމްމްމްމް.. ނޫން! ނޯވް.. އާނ! ވާހަކައެެއް ބުނަން.” ޔަންހާ ކުޑަކޮށް ވިސްނައިލުމަށްފަހު ބުންޏެވެ.

“ކޮން ވާހަކައެއް؟ އަވަހަށް ބުނޭ.” ރުކައިން ބުނެލިއެވެ.

“އަހަރެންނަށް ކަމެއް ކޮށްދެވިދާނެތަ؟” ޔަންހާ އަހަން ނާހަން ހުރެފައި އަހައިލިއެވެ.

“ކޮން ކަމެއް؟ ބުނީމައެއްނު އިނގޭނީ.” ރުކައިން ބުންޏެވެ.

“މީ… މިގަނޑީގަ އަސްލު ގެއަށް އަވަހަށް އަންނަން ޖެހުނީ ފަސްގަޑި ބައިހާއިރު މިގެއަށް މީހުންތަކެއް އަންނާތީ. މީ… ޑިސެމްބާރ މަސް ނިމެންދެން. އެހެންވީމާ އެމީހުން ލަފާތަނަށް ސައިކަލުގައި ގެންގޮސް ދެވޭނެތޯ އަހައިލަން ވެގެން.” ޔަންހާ އަދިވެސް އިސްޖަހައިގެންހުރެ ދެއަތް ދެއަތާއި މޮޑެމުން މޮޑެމުން ބުންޏެވެ.

“ތިދެން އެހާ އުނދަގޫ ކަމެއްތަ؟ އާނ! ގެންގޮސްދެވިދާނެ. ކީތްވެ ނުގެންދެވެންވީ؟” ރުކައިން ސައިކަލުން ފައިބަމުން ބުންޏެވެ.

“ހެހެހެ.. ރުކައިން ބިޓު ގޮވައިގެން ސައިކަލު ބުރު ޖަހަން ގޮސްދާނެއެއްނު؟” ޔަަންހާ ގޭގެ ދޮރު ކައިރިއަށް ދަމުން ބުނެލިއެވެ.

“އަހަރެން ލޯބިވާ އެންމެ ކުއްޖަކު ހުންނަނީ. އެކަމަކު އެކުއްޖާ އަދި އަހަރެންނަށް ލިބޭ ގޮތެއް ނުވޭ. އެހެންވެ ކިހިނެތް މިގަޑީގަ ސައިކަލު ބުރު ޖަހަން ބިޓު ގޮވައިގެން ދާނީ؟” ރުކައިން ސީދާ ޔަންހާގެ މޫނަށް ބަލައިލަމުން ބުންޏެވެ.

ޔަންހާއަށް ރުކައިންގެ ލޯބިވާ ކުއްޖަކު ހުންނަކަން އެނގުމާއިއެކު ހަރަކާތްތައް މަޑު ޖެހުނެވެ. އަދި މޫނުމަތިވެސް އެއްކޮށް މިލިއެވެ. ނަމަވެސް ރުކައިންއަށް އިނގިދާނެތީ އެކަން ނުދައްކަންވެގެން އަނެއްކާވެސް ހިނިތުންވެލިއެވެ. ޔަންހާއަށް ނޭނގުނު ކަމަކީ ރުކައިންއަށް ޔަންހާގެ މޫނު މައްޗަށް އައި ބަދަލު ވަރަށް ރަނގަޅަށް ދެނެގަނެވުނުކަމެވެ.

“އަހަރެން އެބަ އަންނަން ކުޑަކޮށް ރީތިވެލައިގެން އިނގޭ. ރުކައިން މަޑުކޮށްލާ މިތާ ސޯފާގަ.” ޔަންހާ ހިނިތުންވެލަމުން އެހެން ބުނުމަށްފަހު ކޮޓަރިއަށްވަނެވެ.

ޔަންްހާ އެންމެ ފުރަތަމަވެސް ކޮޓަރިއަށް ވަދެފައި އިސްތަށުގަނޑު ނެގައި އެނދު މައްޗަށް ވައްޓައިލިއެވެ. ޔަންހާ އުޅެނީ އިސްތަށިގަނޑެއް ޖަހައިގެންކަން އިނގެނީ ކިޔާރާއަށާއި ރުކައިންއަށާއި ދާއިންއަށާއި މާއިޝްގެ އިތުރުން ޔަލީނާއަށާއި އަޒްލާންއަށެވެ. ޔަންހާ ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ފެންވަރައިލައިގެން ނިކުމެ ޑްރެސިން ޓޭބަލް މަތީގައި އޮތް ފޯނުން ގަޑި ބަލައިލިއެވެ. އެއިރު ގަޑިން ހަތަރު ގަޑި ފަންސާސް ހަތެކެވެ! ޔަންހާ އަވަސްއަވަހަށް އިސްތަށިގަނޑުން ފެންހިއްކައިލުމަށްފަހު ހެޔާރ ޑްރައިއާރއަކުން އިސްތަށިގަނޑު ހިއްކައިލިއެވެ. އެއަށްފަހު އަލަމާރިން ކަކުލާއި ހިސާބަށްއަރާވަރުގެ ހުދު ކުލައިގެ ހެދުމެއްނަގައި އޭތި އިސްތިރިކޮށްލައިގެން ލިއެވެ. ދެން އެއަށްފަހު އޭނާގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލުމަށްފަހު ކަޅުކުލައިގެ އިސްތަށިގަނޑު ޖެހިއެވެ. ދެން މޫނުގައި ފުއްކޮޅެއް ޖަހައިލުމަށްފަހު ތުންފަތުގައި ލިޕްގްލޮސްކޮޅެއް އުނގުޅައިލައި ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. އެއިރު ރުކައިން ފޯނުން ލަވައެއް އަޑުއަހަން އިނެވެ.

“ރުކައިން! ހިނގާ ދާން! ފަސްގަޑި ފަނަރަވެއްޖެ މިހާރު!” ޔަންހާ ރުކައިންގެ ކޮނޑުގައި ކޮއްޓައިލަމުން ފޯނުގެ ލޮކްސްކްރީނުން ގަޑި ބަލައިލުމަށްފަހު ބުންޏެވެ.

– ނުނިމޭ –

ނޯޓް: ދޫކޮށްނުލާނަމޭ ކަލާ (ސީޒަން 1) ގެ އެންމެ ފަހު ބައިގައި ލިޔެފައިއިން ‘އަމާލް’ ގެ ނަން މިހާރު އެއިނީ ‘ޔަންހާ’ އަށް ބަދަލުކޮށްލައިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 39

Next

ނަފްރަތުން ވެވުނު ލޯބި 23

Next
May 22, 2021

ނަފްރަތުން ވެވުނު ލޯބި 23

Previews
May 22, 2021

އަންނަންދެން ހުންނާނަން ލޯބިން 39

One Comment

  1. Flame Gurl says:
    May 22, 2021 at 2:32 pm

    Kiyuntheringe samaalukamh.. Mi part ga mistake eh eba in.. Eii.. Dhaish ge badhalugaa ahugandah liyevifa einee Dhaain… Im really really sry for thi mistake…

Comments are closed.

Next Episodeދޫކޮށްނުލާނަމޭ ކަލާ 2 – 2←


All Right Reserved!