Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބި އަދު ލިބޭނެބާ 19 (ފަހުބައި)

Minhaaa Level 110 Stories
December 8, 2020 7 Mins Read
0 Comments

މެރިފައިވާ ދެލޯ މަޑުމަޑުން ހުޅުވުނެވެ. ފެންނަމުން ދިޔައީ ފުސް މަންޒަރު ސާފުވާން ފެށީ ދެތިންފަހަރު އެސްފިޔަ ޖަހާލުމުންނެވެ. އެއަށްފަހު މަލްދާއަށް މިއޮވެވުނު ތަނާމެދު ވިސްނާލެވުނެވެ. ބޮޑަށް ލަފާ ކުރެވެނީ ހަދަން ފަށާފައި ހުރި އިމާރާތެއް ހެންނެވެ. މަލްދާ ތެދުވަން މަސައްކަތް ކުރަނިކޮށް ބޮލަށް އެރި ތޫނު ތަދުން އަނެއްކާވެސް އެ އޮތް ތަނަށް ތިރިވިއެވެ. ބޮލުގައި ރިއްސާވަރުން ކެތް ނުވެގެން ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ. ބިރުންގޮސް މަލްދާ ހިތްބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނަ މިތަނަށް ގެނައީ ކާކު ކޮންބޭނުމަކުބާއޭ ހިތައް އަރަމުން ދިޔައެވެ. އިތުރަށް އެތާ ނޯންނަން ވަރަށް މަސައްކަތުން ނަމަވެސް ތެދުވެވިއެވެ. އަވަހަށް ނިކުންނަން ވެގެން ކުރިއަށް އަޅާލި ފިޔަވަޅު ހުއްޓުނީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. ބިރުން ގޮސް މުޅި މީހާ ތުރުތުރު ލާންފެށިއެވެ. ފަހަރަކު ފިޔަވަޅެއް ފަހަތައް އަޅަމުން ގޮސް އެންމެ ފަހުން އެތާ އޮތް އެއްޗެއްގައި އަޅައިގެންފައި މަލްދާ ވެއްޓުނެވެ. ވަގުތުން ދެލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. ” މިސްޑް މީ..؟” ނުލަފާ ހިނިތުންވުމަކާއެކީ އެ ފިރެހެން މީހާ ސުވާލުކޮއްލިއެވެ. ” ވަހީދު….” ތުރުތުރު ލެވިފައިވާ އަޑަކުން މަލްދާގެ ދުލުން ނިކުތެވެ. އާއެކެވެ. މަލްދާގެ ކުރިމަތީގައި އޭނީ ދެވަނަ އެހެން މީހެއް ނޫނެވެ. މީގެ ފަސްއަހަރު ކުރިން މަލްދާގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލަން މަސައްކަތް ކުރި ވަހީދުއެވެ. މީގެ ފަސް އަހަރު ކުރިން ހިނގާ ދިޔަ ކަންތައް މަލްދާގެ ލޮލު ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ބިރުން ގޮސް މަލްދާ ހަދާނެ ގޮތް ހުސްވިއެވެ. ފިލަންވެސް ވަކި އޭނަ ދާނީ ކޮންތާކަށް ހެއްޔެވެ؟ މިއަދު އޭނަ ސަލާމަތް ކުރާނެ މީހަކު ވާނެހެއްޔެވެ؟ ” ހާދަ ދިގު އިންތިޒާރެއްގެ ނިމުމެކޭ މީ..” ނުލަފާ ވައްތަރަކަށް ހީގަންނަމުން ވަހީދު ވާހަކަ ދައްކަން ފެށިއެވެ. ދެލޯ ބޮޑުކޮއްލައިގެން ވަހީދު އާއި ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް މަލްދާއަކަށް ނުކުރެވުނެވެ. ” އެދުވަހު މަގޭ މުޅި ރަށަށް ބޭޒާރު ކޮއްލައިގެން ހީކުރީތަ މަގޭ އަތްދަށުން ސަލާމަތް ވާނޭ؟… އޭން…. ހައްހައްހަ… މިއަދު ހަމަ ބޭނުން ގޮތެއް ހަދާލާނީ.. މިއަދު ނާންނާނެ އެއްކަލަ ސޮރެއްވެސް ކަލޭ ސަލާމަތް ކުރާކަށް…” އަނެއްކާވެސް ވަހީދު ބާރަށް ހީގަތެވެ. އޭރު މަލްދާ ވަނީ އެކަށް ދާހިތްލާ ފޯވެފައެވެ. ކުއްލިއަކަށް ސިކުނޑިއަށް އައި ހިޔާލަކާއެކު ބިންމަތިން ވެލިމުށެއް ނެގުމަށްފަހު އޭނަ އާއި ކައިރިވަމުން ދިޔަ ވަހީދު މޫނަށް ޖެހިއެވެ. މިކަމަށް ތައްޔާރު ނުވެ އިން ވަހީދު އަށް ލިބުނީ ކުއްލި ސިހުމެކެވެ. ލިބުނު ފުރުސަތުގައި އަވަހަށް މަލްދާ ތެދުވެ ދުއްވައިގަތެވެ. ނަމަވެސް ކުރިއަށް އަޅާލެވުނީ ދެފިޔަވަޅެވެ. އެއަށްވުރެ މާކުރިން ވަހީދު އޭނަގެ އަތުގައި ހިފަހައްޓައިފިއެވެ. ” ކަލޭ ކީކޭ ހިތައް އަރައިގެން ތިއުޅެނީ އޭން؟…. ” މަލްދާގެ އަނގަމަތީ ހިފަހައްޓައިގެން ހުރެ ވަހީދު ހަޅޭއްލަވައިގަތެވެ. އެއަށްފަހު ބިންމައްޗަށް ހޫރާލިއެވެ. ވަހީދު ކައިރިން ސަލާމަތް ވެވެން ނެތްކަން އެނގުމުން އަނެއްކާވެސް މަލްދާއަށް ރޮވުނެވެ. ހަދާނެ ގޮތް ހުސްވުމުން ދެލޯ މަރާ ބާރުކޮއްލެވުނެވެ. އެހެން ހުއްޓާ ސިއްސައިގެން ދިޔައީ ފަހަތުން އިވުނު ބާރު އަޑުފައްގަނޑުންނެވެ. މަޑުމަޑުން ލޯ ހުޅުވާލުމަށް ފަހު ފަހަތް ބަލާލިއިރު ވަހީދު ގޮސް ގުޅައަކަށް ވެއްޓިފައި އޮތް ތަން ފެނުމުން ހައިރާންވި ނަމަވެސް އެތާ ހުރި އާރްޔަން ފެނުމުން ހިތަށް ކުރީ ބުނެދޭން ނޭނގޭ ކަހަލަ އަސަރުތަކެކެވެ. އާރްޔަން އަށްވެސް ވީހަމަ އެކަހަލަ ގޮތެކެވެ. މަލްދާ އިން ހާލު ފެނުމުން މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ވަގުތުން މަލްދާ ގެނެސް އޭނަ މެޔާލާ ބޮނޑިކޮއްލިއެވެ. މަލްދާވެސް އާރްޔަން ގައިގައި ބައްދާލީ އެއަތުގެ ހިމާޔަތަށް ބޭނުންވާ ހާލުގައެވެ. އާރްޔަންގެ މޭގައި ބޯއަޅާލުމަށްފަހު ދެލޯ މަރާލިއިރުވެސް މަލްދާގެ ލޮލުން ކަރުނަ ހުސްނުވެއެވެ. މިމަންޒަރު ބަލަހައްޓައިގެން ހުރި ވަހީދުގެ މޫނު ކުނިވިއެވެ. އާރްޔަންގެ ކުރިމަތީގައި އެއްވެސް ކަމެއް ނުވާނެ ކަމުން ކުރިން ފަހަރުވެސް ކަންތައް ކުރިގޮތައް ފިލަން ދުއްވައިގަތެވެ. މީގެ ފަސް އަހަރު ކުރިންވެސް އަދި މިހާރުވެސް އެހާ ފިނޑިއެވެ. ދޮރު މައްޗާ ހަމައަށް ގޮސް ވަހީދު ހުއްޓެން މަޖުބޫރުވީ ކުރިމައްޗަށް އެރި ފުލުހުންގެ ސަބަބުންނެވެ. ވަހީދު ހަދާނެ ގޮތް ހުސްވިއެވެ. އެންމެ ފަހުން މަލްދާގެ ކައިރިންވެސް މާފަށް އެދެން ފެށިއެވެ. ނަމަވެސް ވަހީދުގެ މަސައްކަތް ދިޔައީ ފެނަށެވެ. ފުލުހުން އައިސް ވަހީދު ހައްޔަރު ކުރިއެވެ.

ގެއަށް އާދެވުނު އިރުވެސް މަލްދާއިނީ ހުއްޓުން އަރާފައި ކަހަލަ ގޮތަކަށެވެ. މީހަކާ އަނގައިންވެސް ނުބުނެއެވެ. އާރްޔަން މަލްދާ ގެނެސް ކޮޓަރިއަށް ވެއްދީ މިވަގުތު އެންމެ ރަނގަޅު ގޮތްކަމުގައި ނިންމާފައެވެ. އެރޭވީއިރުވެސް މަލްދާ އެއިން ގޮތަށް އިނީއެވެ. އާރްޔަން މަލްދާ ކައިރިން އެންމެ ހިނދުކޮޅަކަށްވެސް ދުރަކަށް ނުދެއެވެ. މަލްދާ ހިތްހަމަ ޖައްސައިދޭން އެތައް ވާހަކައެއް ދެއްކިއެވެ. މަލްދާ އޮތީ އާރްޔަންގެ ވާހަކަ އަޑުއެހުމަށްވުރެ ބޮޑަށް އެމޫނަށް ބަލަހައްޓައިގެންނެވެ. ” މިހާރު ވަރަށް ލަސް ވެއްޖެ… ޔޫ ސްލީޕް..” މަލްދާގެ ގައިގައި ބްލޭންކެޓް އަޅައިދެމުން އާރްޔަން ބުންޏެވެ. އެއަށްފަހު ސޯފާ އާއި ދިމާލަށް ދާން ތެދުވިއެވެ. ނަމަވެސް ދިޔުމުގެ ކުރިން އެކަން ހުއްޓުވީ މަލްދާއެވެ. ” ސްޓޭ..” އާރްޔަންގެ އަތުގައި ހިފަހައްޓައިގެން އޮވެ މަލްދާގެ ދުލުން މަޑުމަޑުން ބޭރުވިއެވެ. އެއާއެކު އާރްޔަން އައިސް މަލްދާގެ ކައިރީ ޖައްސާލިއެވެ. މަލްދާ އާރްޔަން އާ ދިމާލަށް އިރުކޮޅެއްވަންދެން ބަލަހައްޓައިގެން އޮތުމަށްފަހު އެމޭގައި ބޯއަޅާލުމަށްފަހު ލޯމަރާލިއެވެ. މަލްދާގެ މިއަމަލުން އާރްޔަން ހައިރާންވިނަމަވެސް އެއަށްވުރެ ބޮޑަށް އޭނަގެ ހިތައް ހަމަޖެހުން ލިއްބައިދިނެވެ. ދެލޯ މަރާލުމުގެ ކުރިން މަޑުމަޑުން މަލްދާގެ ނިއްކުރިއަށް ބޮހެއް ދެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. އާރްޔަން ހީކުރި ގޮތާ ހިލާފަށް މިއަމަލުގެ ސަބަބުން މަލްދާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެރޭ ނިދާކަށް އާރްޔަން ބޭނުމެއް ނުވިއެވެ. ހިތް އެދުނީ މަލްދާގެ އެ ލޯބި ލޯބި މޫނާ ދިމާލަށް ބަލަހައްޓައިގެން އޮތުމަށެވެ. މިގޮތުގައި އާރްޔަން އަށް އޮވެވުނީ ކިހާއިރެއްވަންދެންކަންވެސް އޭނައަކަށް ނޭނގުނެވެ.

އިރުގެ ދޯދިތައް ކޮންމެވެސް ވަރަކަށް ކޮޓަރިތެރެއަށް އެޅެމުން ދިޔައެވެ. މިއަދު އެކޮޓަރިތެރެއިން ފެންނަނީ އެހެންޏާ ނުފެންނަ ހިތްގައިމު މަންޒަރެކެވެ. އާރްޔަންގެ އަތުތެރޭގައި ފުން ނިންޖަކަށް ގެނބިފައި އޮތް މަލްދާގެ މޫނުމަތިން ފެންނަމުން ދިޔައ ހިތްހަމަޖެހުމުގެ އަސަރެވެ. މިހާ ދުވަސްކޮއްފައި އާރްޔަން އަށް އެހާ އަރާމުކޮށް ނިދާލެވުނު މީ އަދި ފުރަތަމަ ފަހަރެވެ. މަޑުމަޑުން ދެލޯ ހުޅުވާލި މަލްދާއަށް ކައިރީގައި އޮތް އާރްޔަން ފެނުމުން ފުރަތަމަ ދިޔައީ ސިއްސައިގެންނެވެ. ރޭގަ ކަންތައްވީ ގޮތް ހަނދާންވީ އަދި އޭގެ ފަހުންނެވެ. އެއާއެކު މަލްދާގެ މޫނުމައްޗަށް ލުއި ލުއި ހިނިތުންވުމެއް ވެރިވިއެވެ. އާރްޔަން ނިދާލާފައި އޮތްލެއް ލޯބިކަމުން އެމޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކައިވެނީގެ ފުރަތަމަ ދުވަހު އާރްޔަން ނިދިން ހޭލައްވާލެވުނު ގޮތް ހަނދާން ވުމުން ކުޑަކޮށް ހެވުނެވެ. އަދި އެއާއެކު ދެރަވެސްވިއެވެ. އާރްޔަން އާއި މެދު އެހާ ގޯސްކޮށް ކަންތައް ކުރެވިފައި އޮތީމައެވެ. މަލްދާގެ އެއް އަތް އުފުލާލައި އާރްޔަންގެ ކޮލުގައި މަޑުމަޑުން ފިރުމާލިއެވެ. މިއަދު މަލްދާއަށް ޔަގީންވި އެއްކަންތައް އެބައޮތެވެ. އޭނާއަށް އާރްޔަން ދެކެ ލޯބި ވެވިއްޖެއެވެ. ކުރިން މަލްދާ މިހަގީގަތާ ކުރިމަތިލާން ބޭނުންނުވިނަމަވެސް މިއަދު މަލްދާ ބޭނުންވަނީ އުމުރަށްވެސް އާރްޔަން އާއި އެކުގައި ވުމަށެވެ. އާރްޔަން އާއި ދިމާލަށް ބަލަހައްޓައިގެން އޮތް މަލްދާ ސިއްސައިގެން ދިޔައީ އާރްޔަން ހޭލަން އުޅޭހެން ހީވުމުންނެވެ. އަވަސްއަވަހަށް ދެލޯމެރުމަށްފަހު ނިދާކަމަށް ހެދިގެން އޮތެވެ. ދެލޯ ހުޅުވާލުމަށްފަހު އެންމެ ފުރަތަމަވެސް އާރްޔަންއަށް ބަލައިލެވުނީ އޭނަ އަތުތެރޭގައި އޮތް މަލްދާއަށެވެ. މަލްދާ އާއި ކުރިއަށްވުރެ ބޮޑަށްވެސް ކައިރިވެލުމަށްފަހު އާރްޔަން އަށް އޮވެވުނީ އިރުކޮޅަކުއެވެ. އަވަހަށް ދުރަށް ދިޔައީ މަލްދާ ހޭލުމަށްފަހު އާރްޔަން ކައިރީގައި އޮތްތަން ފެނި ރުޅިއަތުވެދާނެތީއެވެ. މަލްދާ އާރްޔަންދެކެ އަންނަ ރުޅި އާރްޔަން އަށް އިނގެއެވެ. ރޭގައި އާރްޔަން ކައިރީގައި އިނީ މަލްދާގެ ހިތަށް ކޮއްފައި އިން އަސަރެއްގެ ބޮޑުކަމުންކަމަށް އާރްޔަން ނިންމިއެވެ. އާރްޔަން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެއަށްފަހު ތެދުވެގެން ގޮސް ވަނީ ފާހަނައަށެވެ. އާރްޔަން ދިޔުމުން މަލްދާ މަޑުމަޑުން ތެދުވިއެވެ. ވީގޮތް ކޮންމެވެސް ވަރަކަށް މަލްދާއަށް ރޭކާލިއެވެ. އެހެންކަމުން ހުރިހާ ކަމަކަށް މާފަށް އެދޭން މަލްދާ ނިންމިއެވެ.

އާރްޔަން އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ގަޑީ މަލްދާއަށް ބަލަހައްޓައިގެން އިނދެވުނީ ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގިގެންނެވެ. ” އައި ވޯންޓް ޓު ޓޯކް.. ” އެންމެ ފަހުން ނުހުރެވިގެން މަލްދާ ބުންޏެވެ. ” ޔެސް؟..” މަލްދާ އާއި ދިމާލަށް ބަލައިލަމުން އާރްޔަން އަހާލިއެވެ. ” އައި ނޯ.. މި ކައިވެނި ކުރެވިގެން ދިޔައީ އާއިލާގެ އެދުމަށްކަން.. އަދި މަލް އާރްޔަން އާއި އިންނަން އެއްބަސްވީވެސް އާރްޔަން ކިބައިން ބަދަ…. ބަޓް އައި ވޯޒް ރޯންގް.. އިޓް ނެވާ ވޯޒް ޔުއާ ފޯލްޓް……….. ” އާރްޔަން އާއި ދިމާލަށް ބަލަހައްޓައިގެން އިންނަން ނުކެރިގެން މަލްދާ ވާހަކަ ދައްކަމުން ދިޔައީ އަނެއް ފަރާތައް އެނބުރި ހުރެގެންނެވެ. އާރްޔަންވެސް މަލްދާ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔައެވެ. ” އައިމް ސޮރީ… ހުރިހާ ކަމަކަށްވެސް… އައި ޕްރޮމިސް.. މީގެ ފަހުން މަލްގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނެ..” މިހެން ބުނުމަށްފަހު މަލްދާ އިންތިޒާރު ކުރަމުން ދިޔައީ އާރްޔަން ބުނާނެ އެއްޗަކާ މެދުއެވެ. ” އިޓްސް އޯކޭ.. އައި ނެވާ ވޯންޓެޑް ޓު ފޯސް ޔޫ އެޓް އެނީ ތިންގް.. އިނގޭ.. މަލްދާއަށް ހީވާނެ ކަންނޭނގެ މި ގުޅުމަކީ ވަރަށް ބޮޑު ކުށެއްކަން…. އެންޑް މަލްދާ ބޭނުންވެގެނެއްވެސް ނޫންކަން މިކައިވެނި ކުރެވުނީ… އައި ޖަސްޓް ވޯންޓް ޓު ސޭ .. މަލްދާ ބޭނުން އިރަކު ދެވިދާނެ.. ކޮންމެހެން މި މަޖުބޫރީގެ ގުޅުން ކުރިއަށް ނުގެންދިޔަސް…” އާރްޔަންގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ލަފުޒަކާއެކު މަލްދާގެ ހިތުގައި ރިއްސަމުން ދިޔައެވެ. ހަމައެގޮތަށް އާރްޔަންވެސް މަލްދާ އާއި ވަކިވާކަށް ބޭނުމެއް ނުވެއެވެ. އެހެނެއްކަމަކު މަލްދާ އަށް އެއްވެސް ކަމަކަށް މަޖުނޫރު ކުރާކަށްވެސް ބޭނުމެއް ނޫނެވެ. އާރްޔަން އަބަދުވެސް އެދުނީ މަލްދާގެ އުފަލެވެ. މިއަދުވެސްއެވެ. އާރްޔަންގެ ހިތައް ކިތައްމެ ބޮޑަށް އަސަރު ކުރިނަމަވެސްމެއެވެ. މަލްދާގެ ހިތުގައިވާ އެއްޗެއް ނޭނގޭހާލު އާރްޔަން އޮފީހަށް ދާން ހިނގައިގަތެވެ. އާރްޔަން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިން މަލްދާ އިނީ ހުއްޓުން އަރާފައެވެ. އެއީ އޭނަ އެއް އިރެއްގައިވެސް ބޭނުންވި ގޮތެއް ނޫނެވެ. އާރްޔަން މިހާރު އޭނަދެކެ ލޯބި ނުވަނީބާއޭ މަލްދާގެ ހިތައް އަރަމުން ދިޔައެވެ. އެހުރިހާ ކަމަކަށްފަހު ލޯބިވާނީވެސް ވަކި ކާކުހެއްޔެވެ؟ މަލްދާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ ހިތައް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

އެދުވަހު ދެން މަލްދާ އެކަކާވެސް ވާހަކަ ދައްކާ ހިތެއް ނުވިއެވެ. ފޯން ރިންގުވާންފެށީ އެކަނި ކޮޓަރީގައި އޮއްވައެވެ. ބަލާލިއިރު ގުޅަނީ ސާރާއެވެ. ދެހިޔާލެއްގަ ހުރެފައިވެސް އެންމެ ފަހުން ފޯނު ނެގީއެވެ. ސާރާގެ އަޑުއިވުމުން ހިތައް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ. ސާރާ ދިޔައީ މަލްދާގެ ގާތުން މާފަށް އެދެމުންނެވެ. މަލްދާގެ ޖަވާބަކަށްވީ ކުރީގެ ކަންތައްތައް ހަނދާން ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައެވެ. އެޔާއެކު މަލްދާވެސް ސާރާ ކައިރިން މާފަށް އެދުނެވެ. ދެއެކުވެރިން އެތައް އިރެއް ވަންދެން ވާހަކަ ދައްކަމުން ދިޔައެވެ. އެންމެފަހުން ސާރާގެ ހިތުގައި އަލީއަށްޓަކައި ކުރެވެމުން ދިޔަ އިހުސާސްތަކުގެ ވާހަކަވެސް ބުންޏެވެ. އަލީ އެންމެ ފަހުން ސާރާ އަށް މާފު ކުރިކަން އެނގުމުން މަލްދާވެސް ނުހަނު އުފާވިއެވެ. ސާރާ އާއި ވާހަކަދެއްކުމަށްފަހު މަލްދާއަށް އަނެއްކާވެސް އާރްޔަން އާއި މެދު ވިސްނެން ފެށިއެވެ. އާރްޔަން ދޫކޮއްލާފައި ދާން ޖެހުނަސް އޭނަ ހިތުގެ ހާލު އާރްޔަންގެ ކުރިމަތީގައި ހާމަކުރަން މަލްދާ އަޒުމު ކަނޑައެޅިއެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައިރުވެސް މަލްދާއަށް އާރްޔަން އާއި ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. ތެދަށް ބުނަންޏާ އެވާހަކަ ދައްކަން ނުކެރެނީއެވެ. މަލްދާ އަށް އެވާހަކަ ދައްކަން ފަށާނެ ގޮތެއްވެސް ނޭނގެއެވެ. އެކަމް ކޮންމެ ގޮތެއް ހަދާފައިވެސް މިރޭ އެވާހަކަ ދައްކާނެއެވެ. އެރޭ އާރްޔަން ގެޔަށް ނައިސްގެން މަލްދާއަށް ހުރެވެނީކީއެއް ނޫނެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު އާރްޔަން ގެއަށް އައީވެސް ތަންކޮޅެއް ލަހުންނެވެ. ކޮޓަރިއަށް ވައިން އިރު އަދިވެސް މަލްދާ ހޭލާ ހުރުމުން ކުޑަކޮށް ހައިރާންވިއެވެ. ” އަމް……….” އާރްޔަން ފެނުމާއެކު ކޮޅަށް ތެދުވަމުން މަލްދާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ” އައި ވޯންޓް ޓު ޓޯކް…” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. ދެމީހުނަށް ކުޑަކޮށް ހެވޭ ގޮތްވިއެވެ. އާރްޔަން މަލްދާ އަށް ފުރުސަތު ދިނުމުން މަލްދާ ވާހަކަ ދައްކަން ފެށިއެވެ. ” އަމް… އައި ޑޯން ނޯ ހައު ޓު ސޭ ދިސް… ބަޓް.. އާރްޔަން… އެއީ ތެދެއް ކުރިން އާރްޔަން ދެކެ ވަރަށް ރުޅި އާދޭ.. ވަރަށް ވަރަށް ބޮޑަށް.. އެކަމަކު މިހާރަކު ނޫން.. އިނގޭ މަލް ކަންތައް ކޮއްފައި އޮތްގޮތުން އާރްޔަންވެސް މަލްދެކެ ރުޅި އަންނާނެކަން.. އެކަން ނުދެއްކިއެއްކަމަކު…. އާރްޔަން ބޭނުންވާނީ މަލް ވީހާވެސް ދުރަށް ދާން ކަންނޭނގެ…. ބަޓް އައި ވޯންޓެޑް ޓު ޓެލް ދަ ޓްރުތް.. އައި ހޭވް… އަމް.. އައި… އައި ލަވް ޔޫ..” އެންމެ ފަހުން ދެލޯ މަރާ ބާރުކޮއްލުމަށްފަހު މަލްދާ ބުންޏެވެ. މަލްދާގެ ޖުމްލަ އަޑުއިވުމާއެކު އާރްޔަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކަންފަތަށް އަޑުއިވިގެން ދިޔަ ޖުމްލަތައް ގަބޫލުކުރަން އުނދަގޫވިއެވެ. މަލްދާ އާރްޔަންދެކެ ވާލޯބި ހާމަ ކުރަމުން ދިޔައިރު އާރްޔަން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އާރްޔަން އެއްވެސް އެއްޗެކޭ ނުބުނުމުން މަލްދާ ހީކުރީ އާރްޔަން ރުޅިއައީ ކަމަށެވެ. މާޔޫސް ކަމާއި އެކު އިސްޖަހާލެވުނެވެ. ” ޔޫ ޑޯންޓް ވޯންޓް މީ އިން ޔުއާ ލައިފް ރައިޓް؟… މަލް ވީ އެންމެ އަވަހަކަށް ދެވޭތޯ ބަލާނަން..” މާޔޫސްކަމާއެކީ މަލްދާގެ ދުލުން ބޭރުވިއެވެ. އެއަށްފަހު ހިނގައިގަތީ ލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަތައް ފޮރުވުމަށެވެ. ނަމަވެސް މަލްދާއަށް ހުއްޓެން މަޖުބޫރުވީ އާރްޔަން އެއަތުގައި ހިފުމުންނެވެ. މަލްދާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފެނުމުން އާރްޔަން ހިތުގައި ރިއްސާލިއެވެ. އަވަހަށް މަލްދާ ގެނެސް އޭނަ މެޔާލާ ބޮނޑި ކޮއްލިއެވެ.

* 1 އަހަރު ފަސް*

ހަވީރުގެ ހިތްގައިމު ވަގުތެވެ. މުޅި އަތިރިމަތި ޒީނަތްތެރި ކުރެވިފައިވަނީ ސާރާ އާއި އަލީގެ ކައިވެނީގެ ހަފްލާއަށެވެ. ނޫކުލައިގެ ހެދުންތަކުގައި އަންހެންވެރިން ތިބިއިރު ފިރެހެންވެރިން ތިބީ ހުދުކުލައިގެ ގަމީހުގައެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒުގައި އަލީ އިނީ ސާރާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަލީ ކައިރީ އިނދެގެން އާރްޔަން ދިޔައީ އަލީ އާއި ދިމާ ކުރަމުންނެވެ. ” އެޔޮއް އަންނަނީ އަލީގެ މިސަސް..” އާރްޔަން އަލީ ގައިގަ ކޮއްޓާލަމުން ބުންޏެވެ. އެއާއެކު އަލީ އިސްއުފުލާލިއެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ސާރާ ފެންނަލެއް ފުރިހަމަ ކަމުން އަލީއަށް ދެލޯ ބޮޑުކޮއްލައިގެން އިނދެވުނީއެވެ. އަލީ އެކޭވެސް އެއްފަދައިން އާރްޔަން އަށްވެސް ދެލޯ ބޮޑުކޮއްލައިގެން ހުރެވުނީއެވެ. އެކަމަކު އެއީ ސާރާ ފެނިގެނެއް ނޫނެވެ. ސާރާ އާއި އެކީ ހިނގާފައި އަންނަމުން ދިޔަ މަލްދާ ފެނުމުންނެވެ. ފަސް މަހަށް ދާ ބަނޑާއެކު ލައިގެން ހުރި ނޫކުލައިގެ ހެދުމުގައ މަލްދާ ފެންނަމުން ދިޔައީ ނުލާހިކު ލޯބިކޮށެވެ.

” އަނބި ގަބޫލުކޮއްފިން..” އަލީގެ ދުލުން މި ލަފްޒުތައް ބޭރުވުމާއެކު އެންމެންގެ އަތްތިލަބަޑީގެ އަޑު މާހައުލު ތެރޭގައި ގުގުމާލިއެވެ. އަލީ އާއި ސާރާ އާއި ދިމާލަށް ބަލަހައްޓައިގެން އިން އާރްޔަން އާއި މަލްދާގެ ލޮލުން ފެންނަނީ އުފާވެރިކަމެވެ. ” އަމް ޓަޔާޑް…….” އާރްޔަންގެ ކޮނޑުގައި ބޯއަޅާލަމުން މަލްދާ ބުނެލިއެވެ. ” އުރާލަންވީތަ؟… އެކަމް މިހާރު މަލް ހާދަ ބަރުވާނޭ..” ހިނިގަނޑެއް ޖަހާލަމުން އާރްޔަން މިހެން ބުނުމާއެކު މަލްދާ އާރްޔަން ކޮނޑުގައި ޖަހާލިއެވެ. ” ދޭން….” މޫނު ހަދާލުމަށްފަހު ޅަ ގޮތަކަށް މަލްދާ އެހެން ބުނުމުން އާރްޔަން އަށް އަދި އެޔަށްވުރެ މަޖާވިއެވެ. ” އޯކޭ… ޖަސްޓް އަ ފިއު މިނެޓްސް މޯ…” މަލްދާގެ ދެކޮލުގައި ހިފާ ފިއްތާލަމުން އާރްޔަން ބުންޏެވެ. މަލްދާ އަނެއްކާވެސް ކުޑަކުއްޖެއްހެން ބޮޑާހާކާލުމުން އާރްޔަން ހޭންފެށިއެވެ. ” އޭ.. ރޯމިއޯ އެންޑް ޖޫލިއެޓް.. ފެމިލީ ފޮޓޯ…” ދެމީހުންވެސް ފޮޓޯ ނަގާ ދިމާލަށް ދާން ހިނގައިގަތީ ފެމިލީ ފޮޓީ ނަގަން އަލީ ގޮވީމައެވެ.

ކެމެރާއަށް ހުއްޓުމަށްފަހު އާރްޔަން އަށް އަދި އެއްފަހަރު މަލްދާ އާއި ދިމާލަށް ބަލާލެވުނެވެ. މަލްދާގެ ލޯބި ލިބޭނެކަމަކަށް އާރްޔަން ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. އެކަމަށްޓަކައި އޭނަ ހެއްދެވި ފަރާތަށް ޝުކުރު ދެންނެވި އަދަދެއްވެސް ނޭނގެއެވެ. އާރްޔަންގެ އުއްމީދަކީ މުޅި އުމުރަށްވެސް މަލްދާ އާއި އެކީ އުފަލުގައި ދިރިއުޅުމެވެ.

ނިމުނީ

 

 

Share Article

Follow Me Written By

Minhaaa

Level 110 Stories

Other Articles

Previous

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 1

Next

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 2

Next
December 9, 2020

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 2

Previews
December 8, 2020

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 1



All Right Reserved!