Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 12

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
December 7, 2020 8 Mins Read
1 Comment

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް ޗުއްޓީ ނިމި ސްކޫލްތައް ފެށޭ ދުވަސް އައީއެވެ. އެހެންކަމުން ފަތިހު ފަތިހާ ހޭލައިގެން ތާރާ އުޅެމުން ދިޔައީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ދެފައި އެއްތާކު ނުޖެހެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ދުވެލަ ދުވެލާ އުޅުން ތާރާ އަށް ހުއްޓުމެއް އައީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އަވަސް އަވަހަށް ދޮރު ހުޅުވިއިރު އުސްރާ ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

“ހާދަ އަވަސް އަރުވާލައިގެން؟” އުސްރާ އަހާލިއެވެ. “ތިއްތާ. ތާ މިއުޅެނީ ތާގެ ކަޅު ބޫޓު ނުފެނިގެން.” ތާރާ ހާސްވެފައި ބުންޏެވެ.

“އެހެންތަ؟ ކީއްވެ ކުރިން ތިއްތަ ގާތު ނުބުނީ. ތާއްކޮގެ ބޫޓު އެބަހުރި ސިޓިންރޫމްގަ.” އުސްރާ ތާރާ އަތުން މެރޫން ކުލައިގެ ރިބަންކޮޅު އަތުލަމުން ބުނެލިއެވެ. “ދައްކާ ތިއްތަ މި ރިބަންކޮޅު އިސްތަށިގަނޑުގަ އައްސާނަން.” އަދި ތާރާގެ ގަތާފައިވާ އިސްތަށިގަނޑުގެ ބުޑުގައި އައްސާލިއެވެ.

“ތެންކިޔޫ ތިއްތޫ!” ތާރާ އުސްރާގެ ކޮލަށް ދޮނެއް ދެމުން ބުނެލިއެވެ. އަދި އަވަސްއަވަހަށް ދުވެފައި ސިޓިންރޫމަށެވެ.

 

އޭރު ސިޓިންރޫމްގައި ތައްޔާރުވެގެން ކޯންފްލެކްސް ތައްޓެއް ކާން އީކަން އިނެވެ. ތާރާ އަވަސްއަވަހަށް އީކަން ކައިރީ އިށީނުމަށް ފަހު ދެން ހުރި ކޯންފްލެކްސް ތަށި ކާން ފެށިއެވެ.

“ތާ! ތިހާ އަވަސްއަވަހަށް ކާކަށް ނުވާނެ. ކޮށި އަރާފާނެ.” އީކަން ބުނެލިއެވެ. “އެ އޯކޭ ވާނެ.” ތާރާ އެހެން ބުނުމަށް ފަހު އެ ހުސްކޮށްލިއެވެ. އަދި ފެން ތައްޓެއް ބޯލައިގެން، އިސްޓާކީނަށާއި ބޫޓަށް އަރާ ތައްޔާރު ވެލިއެވެ. އިރުކޮޅެއް ފަހުން އީކަން އައުމުން ތާރާ ދަބަސް ކޮނޑުގައި އަޅުވާލައިގެން ދެމީހުން އެއްކޮށް ނުކުތެވެ. އޭރު ދޮރުމަތީގައި ޕްރައިވެޓް ކާރެއް ޕަރކު ކޮށްފައި އޮތެވެ.

ކާރު ޑުރައިވަރު އައިސް އެކުދިންނަށް ދޮރު ހުޅުވާލުމުން ދެކުދިންވެސް ކާރަށް އެރިއެވެ. އެވަގުތު ޑުރައިވަރު ސީޓާއި ޖެހިގެން އިން ސީޓުގައި އިން ޖައިލަމް ފެނުމުން ތާރާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“އަރ ޔޫ ރެޑީ ފޯރ ދި ފަސްޓް ޑޭ؟” ޖައިލަމް އެއްސެވެ. “އޮނެސްޓްލީ؟ އައި ޑޯންޓް ތިންކް އައި އޭމް.” ތާރާ ޖަވާބު ދިނެވެ.

“ޑޯންޓް ވޮރީ އެހާ ބޮޑަށް. ބިސައިޑްސް ޔޫ އަރންޓް ދި އޮންލީ ނިއު ގަރލް. ޔުކް އާ ސަމް ވެސް ހުންނާނެ އެއްނު.” އީކަން ބުނެލިއެވެ. ތާރާ ބޯޖަހާލިއެވެ.

މާގިނަ އިރެއް ނުވެ ސްކޫލް ދޮށަށް ކާރު މަޑު ކުރިއެވެ. ކާރުން ތިން ކުދިން ވެސް ފޭބީ އެކި އެކީ ކަހަލަ ގޮތަކަށެވެ. އެއާއެކު ކާރު އަނބުރާ ދިޔައެވެ.

 

ވަގުތުން އެތާ އެއްވެފައި ތިބި ހުރިހާ ކުދިންގެ އަމާޒު އެކުދިންނަށް އަމާޒު ވިއެވެ. ބައެއް ކުދިން ތާރާ އާ ދިމާއަށް ހައިރާން ވެފައި ބަލަހައްޓައިގެން ތިބި އިރު އަނެއް ބައި ކުދިން އީކަން އާއި ޖައިލަމާއި ދިމާއަށް ބަލަހައްޓައިގެން ތިބިގޮތުން ހީވަނީ ދީވާނާ ވެފައި ވާ ހެނެވެ. ބައެއް ކުދިން ތާރާ އާއި ދިމާއަށް ހަސަދައިގެ ނަޒަރުން ވެސް ބަލަމުން ދިޔައެވެ.

ހުރިހާ އެންމެންގެ ލޯތައް އެދިމާއަށް އަމާޒު ވުމުން ތާރާ އަށް އުނދަގޫ ވިއެވެ. އެހެންކަމުން ކުޑަކޮށް އީކަން އާއި ކައިރިއަށް ޖެހިލިއެވެ. “ކީއްވެތަ އެވަރަކަށް އެ ބަލަނީ؟ ހީވަނީ ރޮލާ ކާލަން އުޅޭހެން.”

ރައްދުގައި ޖައިލަމް ހިނިގަނޑެއް ޖަހާލިއެވެ. “ސްކޫލް ބޭޑް ބޯއިސް ފެނުނީމަ ވާނީ އެހެނެއްނު.” އަދި އެއް މިޔަކަނުން ހީލަމުން ބުނެލިއެވެ. ޖައިލަމްގެ ޖަވާބު އިވިފައި ތާރާ މޫނު ކުނިކޮށްލަމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. “މާ ކްލިޗް.”

އަނެއްކާވެސް ޖައިލަމާއި އީކަން ހޭންފެށިއެވެ. “ޔާޔާ. ހީހީ. ވަރަށް މަޖާ.” ތާރާ ލޯ އަޅާލަމުން ބުނެލިއެވެ.

 

އިރުކޮޅެއް ފަހުން ޓެކްސީ އެއް މަޑު ކުރިއެވެ. އަދި ޓެކްސީއިން ފޭބީ މީގެ ކުރިން ތާރާ ނުފެންނަ އަންހެން ކުއްޖަކާއި، ސަމާއެވެ. އެކުއްޖާ ކާރުން ފޭބެވުމާއެކު ސަމާއާ ދިމާއަށް ލޯ އަޅާލަމުން ދުރަށް ހިނގައިގަތެވެ. އެކުއްޖާ ލައިގެން ހުރި ޔުނީފޯރމް ގަޔަށް ހިފާފައި ހުރުމުން ތާރާ ބޯ ދެފަރާތަށް ހަލުވާލިއެވެ.

 

“އެއީ ކާކު؟” ތާރާ ސަމާ ގާތު އަހާލިއެވެ. “ސްޓެޕް ސިސްޓާ.” ސަމާ ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. “ހުމްމްމްމް. ވަރަށް ބޮޑާ ގޮތްގަނޑެއް ހުންނަނީ. ކަޑަ. ޒީނާ ކިޔާ ކުއްޖާ ދޯ އެއީ؟”

“އަނ. އެއީ ޒީނާ.” ސަމާ ޖަވާބު ދިނެވެ. އޭރު ދުރުގައި ތިބި ޒީނާ އާއި އޭނާގެ އެކުވެރިން ތާރާ އާއި ސަމާ އަށް ލޯ އަޅާތަން ފެނުމުން ތާރާ އެއްބުމަ އަރުވާލިއެވެ. “ވަރަށް ބިޗީ.”

 

“މަގޭ ލޯބި ކޮއްކޮގަނޑު މީހުންގެ މަސް ކަނިއްޔޭ ދޯ.”

ފަހަތުން އަންހެން އަޑެއް އިވިފައި ތާރާ ފަހަތް ބަލާލީ ސިހިފައެވެ. ނަމަވެސް ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނިފައި އުފަލުން އެކުއްޖާގެ ގައިގައި ބައްދާލިއެވެ. “ނިޝްތާ!”

“އޯތް އޯތް. ތިވަރަށް ބައްދަންޏާ ނިޝްތަ މަރުވެދާނެ.” ނިޝާ ހެމުން ބުނެލިއެވެ.

“ހުއް. ވަރަށް ފޫހިވެ ބައިލަ ދޮންތަ ފެނުނީމަ ޔުކް މަތިން އެ ހަނދާން ނެތުނީ. އެން އައި ތޯޓް އައި ވޯޒް ހަރ ބެސްޓް ފްރެންޑް.” ޔުކްތާގެ އަޑު އިވުމުން ތާރާ ނިޝާ އާއި ދުރުވެލިއެވެ.

“ޔޫ އަރ މައި ބެސްޓް ފްރެންޑް. ބަޓް ނިޝްތަ އެހާ ދުވަސް ފަހުން ފެނުނީމަ އުފާވާނެއްނު.” ތާރާ ޔުކްތާ އަށް ބުނެލިއެވެ.

 

“މާނައަކީ އަހަރެން ފެނުނީމަ އުފާ ނުވެޔޭ. އޯކޭ. ނޯ ޕްރޮބްލަމް.” ޔަލާ ކުރިއަށް ޖެހެލަމުން ބުނެލިއެވެ. ތާރާ މޫނު ކުނި ކޮށްލިއެވެ. ޔަލާގެ ބިޑާ ގޮތްގަނޑު ކުއްލިއަކަށް ހަނދާން ވުމުންނެވެ. ނަމަވެސް ޔަލާ ދެކެ އޭނާ އަދިވެސް ކޮއްކޮއެއް ފަދައިން ލޯބި ވެއެވެ.

“ޔަލް މަތިން ވެސް މިސް ވިޔޭ.” ތާރާ ޔަލާ ގައިގައި ވެސް ބައްދާލިއެވެ. ޔަލާގެ މިޒާޖު ކަމު ނުދިޔަސް އޭނާ ޔަލާ މަތިން ޙަޤީގަތުގައި ވެސް މިސް ވިއެވެ.

އެއަށްފަހު އޭނާ ނިޝާ އާއި ޔަލާ އީކަންމެނަށް ތަޢާރަފު ކޮށްދިނެވެ. ފަހުން ނިޝާ ދިޔައެވެ. އޭނާ އައީ ޔަލާ އާއި ޔުކްތާ އެތަނަށް ލުމަށެވެ. އޭގެ އިތުރުން ތާރާ ދެކެލަން ވެސް މެއެވެ.

 

ކުއްލިއަކަށް މުޅިތަން ހިމޭންވިއެވެ. އެންމެން އެއްދިމާއަކަށް ބަލަން ފެށުމުން ތާރާ ވެސް ބަލާލިއެވެ. އެވަގުތު އެތަނުގައި ޕަރކް ކުރި ކަޅު ކުލައިގެ ކާރު ފެނުމުން އޭނާގެ ދެލޯ ބޮޑުބިއެވެ. ވަގުތުން އެއީ ކިޔާންގެ ކާރު ކަން އެނގުމުންނެވެ. ދޮރު ހުޅުވާލާފައި ކިޔާން ނިކުތް ވަގުތު ހީވީ ތާރާގެ ހިތަށް ހަންޖަރެއް ހަރާލި ހެންނެވެ. އެއީ މިހާރު ކޮންމެ ދުވަހެއްގެ ވެސް ހާލެވެ.

ކިޔާން ނުކުތީ އަނެއްކާވެސް އާ އަންހެން ކުއްޖަކާ އެއްކޮށެވެ. އެކުއްޖާ ލައިގެން ހުރީ ހަމަ ތާރާ މެން ލައިގެން ހުރި ކަހަލަ މެރޫން ކުލައިގެ ޔުނީފޯރމެކެވެ. އެދެމީހުން އެކުގައި އައިސް ތާރާ މެންނާއި ހަމަ ކުރިއެވެ.

 

“ހޭ ގާއިސް. ދިސް އިޒް މައި ޖީއެފް.” ކިޔާން ބުނެލިއެވެ. “އައިމް ޖިނާން. ލާސްޓް އިޔަރ ތިމީހުންނާ އެއް ކުލާހެއްގަ ކޮމްޕިއުޓަރު ސައިންސް ކިޔެވީ.” އެކުއްޖާ ބުނެލިއެވެ.

 

ކިޔާން ވައްކަޅިން ތާރާއާ ދިމާއަށް ބަލާލިއެވެ. މެރޫން ކުލައިގެ ސްކޫލް ގަމީސް ކަކުލާ ހަމައަށް އަރާވަރުގެ ކަޅު ސްކަރޓްގެ ދަށަށް ޖަހާފައި ހުރެފައި ކަޅު ޓައީ އާއި ކަޅު ބޫޓަށް އަރާފައި ހުރުމުން ވަރަށް ޕްރޮފެޝަނަލް ކަމަށް ތާރާ ދައްކައެވެ. އަދި އެހެން ދުވަސް ތަކާއި ޙިލާފަށް މިއަދު އެ މަޑު މުށި ކުލައިގެ ދިގު، ބުޅި އިސްތަށިގަނޑު ގަތާލާފައި ހުރުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.

ތާރާ ވެސް ކިޔާންއަށް ސިއްރުން ބަލާލިއެވެ. މެރޫން ކުލައިގެ ގަމީހަކާއި އެކު ކަޅު ޓައީ އަޅާފައި ކަޅު ފަޓުލޫނު ލާފައި ހުރުމުން ކިޔާންގެ ފިރިހެންވަންތަކަން އެތައް ގުނަ އަކަށް އިތުރު ވެފައިވެއެވެ. އެ ކަޅުކަންގަދަ އިސްތަށިގަނޑު ޖެލްލައި ސްޓައިލް ކޮށްލާފައި ހުރި ގޮތުން ވެސް އެތަކެއް އަންހެންކުދިންނެއްގެ ހިތްތައް ކަތިލާނެ ކަން ގައިމެވެ. އެދެލޮލުގައި ވެސް މިއަދު އެހެން ދުވަސްތަކާ ހިލާފަށް ތޫނު ކަމެއް ވާކަން އޭނާއަށް ފާހަގަ ކުރެވުނެވެ.

ނޭނގި ހުއްޓައި ދެމީހުން ދެމީހުންގެ ކަޅި ބައްދަލު ކުރެވުނު ހިނދު ދެމީހުން ވެސް އަނެކާ އާ ދިމާ އިދިކޮޅަށް ބަލާލި ގޮތުން ހީވީ އަލިފާން ޖެހިގެން ދުރަށް ދިޔަހެނެވެ. އެ ޢަމަލުން ދެ ހިތަށް ވެސް ކަށި ހެރިގެން ދިޔައެވެ.

ދެމީހުން ވެސް އެކަކު އަނެކަކު ފެނުން ކަމަށް ވެސް ހަދާ ނުލިއެވެ. ހީވަނީ ނަދުރު ބުނެގެން ހުރި ހެނެވެ.

 

ބެލް ޖެހުމުން އެންމެން އެކުގައި ސްކޫލަށް ވަނެވެ. އަދި ބްރޭކް ގަޑީ ބައްދަލު ކުރާނެ ކަމަށް ބުނަމުން ފިރިހެންކުދިން ޖިނާން އާއިއެކު 12B ކުލާހަށް ދިޔައެވެ. އަދި 3 އަންހެންކުދިން ވެސް އެކުގައި 12S ކްލާހަށް ދިޔައެވެ.

 

ކުލާހަށް ވަނުމާ އެކު ހުރިހާ ލޯތަކެއް އަމާޒު ވުމުން ތާރާ އާއި ސަމާ އިސްދަށަށް ޖަހާލިއެވެ. ލަދު ގަތުމުންނެވެ. ނަމަވެސް ޔުކްތާ އެކަމަކު ސަމާލު ކަމެއް ނުދިނެވެ.

ހުސްކޮށް ހުރި 3 ގޮނޑި ވެސް ހުރީ ދުރުދުރުގައި ކަމުން 3 ކުދިން އިންނަން ޖެހުނީ ދުރުގައެވެ. އެކަމާ ދެރަވި ނަމަވެސް އެއްޗެކޭ ނުބުނެއެވެ.

 

“ހާއި. އައިމް މާޒިން.” ތާރާ އާއި ޖެހިގެން އިން ފިރިހެން ކުއްޖާ ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. “ތާރާ.” ތާރާ ވެސް ރައްދު ގައި ހިނިތުންވެލިއެވެ. އަދި ސަލާމް ކުރިއެވެ.

އެހިސާބުން ދެކުދިން ވެސް އެކި ކަންކަމާ ވާހަކަ ދައްކަން ފެށިއެވެ. ދެމީހުންގެ މިޒާޖު އެތްގޮތް ވުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގާތް ރަޙުމަތްތެރިންނަށް ވިއެވެ.

ބާލާ ބެލުމަށް މާޒިން އަކީ ވެސް ފިރިހެން ވަންތަ ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. އެސްފިޔަތައް ބޯ ގަދަ މުށި ކުލައިގެ ކަޅި އަކާއި ކަޅުކަންގަދަ ބޯ ބުމައެއް ވެސް ލިބިފައިވެއެވެ. އަދި އެ ކަޅު އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ވާއިރު އިސްތަށިގަނޑުގެ ތަންތަން ކޮޅުގައި ޒަމާނީ ގޮތަށް ރަތްކުލަ ޖައްސާފައި ހުއްޓެވެ.

މާޒިން އަކީ ތާރާ އެކޭ އެއްފަދައިން ބާ އަތޮޅު ކުއްޖެކެވެ. ތާރާ އަކީ ކުޑަރިކިލު ކުއްޖެކެވެ. މާޒިން އަކީ ކަމަދޫ ކުއްޖެކެވެ. މާޒިން ވެސް ސްކޫލަށް އެއީ އާ ކުއްޖެކެވެ. ރަށުން  ކިޔަވާ 11 ނިންމިތަނާ އޭނާގެ މަންމަ މާޒިޔާ ނިޔާވީއެވެ. އެހެންކަމުން އޭނާގެ ކޮއްކޮ މިލްނާ އާއި އެކު މާލެ ބަދަލުވީ ބޮޑު ދައްތަގެ އެދުމަށެވެ.

 

ބްރޭކް ގަނޑި ޖެހުނީ ތާރާ ހީކުރި ވަރަށްވުރެ އަވަހަށެވެ. އެހެންނަމަވެސް މާޒިން އަށް ބާއި ކިޔާލަމުން ތާރާ ޔުކްތާ އާއި ސަމާ އާއި އެކު ކުލާހުން ނުކުތެވެ. އޭރު އެކުދިންގެ އިންތިޒާރު ގައި އީކަން މެން ތިއްބެވެ. ގުރޫޕް އެއްކޮށް ކެންޓީނަށް ގޮސް އެކުދިން ގަންނަ އެއްޗެއް ގަނެގެން އައިސް މޭޒް ދޮށުގައި އިށީނެވެ. އެކި ވާހަކަތައް ދައްކަމުން ދިޔައިރު ވެސް އެ ގުރޫޕްގެ ދެން ތިބި ކުދިންނަށް ކިޔާން އާއި ތާރާގެ ދެމެދުގައި ވީ ޓެންޝަން އިހުސާސްވިއެވެ. ނަމަވެސް އެކަމާ މެދު އެއްޗެކޭ ނުބުނެ ހުއްޓެވެ.

އަސްލު ހަގީގަތް އިނގޭ ހަމައެކަނި މީހަކީ ޖައިލަމެވެ.

 

ކިޔާން އާއި ޖިނާން ސަކަރާތް ޖަހާފައި ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނުމުން ތާރާގެ ހިތަށް އުނދަގޫ ވިއެވެ. ނަމަވެސް އެކަމެއް ބޭރު ފުށަކުން ނުދައްކައެވެ. އޭނާ އަށް އިނގޭ އެވެ. ޖިނާން އަކީ ވެސް ކިޔާން ދުވަސް ކޮޅަކުން އެއްލާލާނެ ކުއްޖެކެވެ.

އެދެމީހުން މެދުގައި އެ ހާދިސާ ހިނގައި ދިޔުމަށް ފަހު 2 ދުވަސް ވީތަނާ ކިޔާން ދީމާ ދޫކޮށްލިއެވެ. އަދި އޭގެ އަނެއް ދުވަހު އެހެން ކުއްޖަކާ ރައްޓެހިވިއެވެ. ކޮންމެ ކުއްޖަކަށް ވެސް ހަފްތާއެއް ވާއިރަށް ދޫކޮށްލައެވެ. ބައެއްފަހަރު އެއީ ތާރާ ހިތުގައި ޖައްސަން ކުރާ ކަމެކޭ ވެސް އޭނާ ހިތަށް އަރައި ރޮވެއެވެ. ކޮންމެ ގޮތެއްވިޔަކަސް އޭނާ ކިޔާންގެ ފައިބުޑަށް ގޮސް އާދޭހެއް ނުކުރާނެއެވެ. އޭނާގެ ހިތުގައި ކިޔާނަށް ޓަކައި ލޯބި ވިޔަސް އޭނާގެ ޙަޔާތުން ކިޔާންގެ ޞަފުޙާ މިހާރު އެ ނިމުނީއެވެ. މިހާރު މިއީ އާ ސަފުހާ އެކެވެ.

އިރުކޮޅެއް ފަހުން ދުރުގައި އެކަނި މޭޒެއްގައި އިން މާޒިން ފެނުމުން ތާރާ އޭނާގެ ލަންޗް ހިފައިގެން ތެދުވިއެވެ. އޭނާ ފަހުން އެކުދިންނާ ބައްދަލު ކުރާނެ ކަމަށް ބުނަމުން ގޮސް މާޒިންއާ އަރާ ހަމަ ކުރިއެވެ. މޭޒުގައި 2، 3 ފަހަރަކު މަޑު މަޑުން ޖަހާލުމުން މާޒިން ބަލާލިއެވެ.

 

“އަހަ. ތާރާ ތަ؟ އިށީނދޭ. އިށީނދޭ.” މާޒިން އެހެން ބުނުމުން ތާރާ އިށީނެވެ. “ހާދަ އެކަނިވެފަ.” ތާރާ އަހާލިއެވެ. “ހުމް. އެ މިލޫ ނައިސްގެން މި އިންނަނީ.” މާޒިން ބުނެލިއެވެ.

“ދޮންބޭ!” އެވަގުތު ކުއްޖަކު އައިސް ހުއްޓެލިއެވެ. “ހާއި. އައިމް މިލްނާ. ދޮންބެގެ ފްރެންޑެއް ތަ؟” މިލްނާ ވަރަށް ގަޔާ ވެފައި ތާރާ އާއި ސުވާލު ކުރި އެވެ. “ޔެސް. އައިމް ތާރާ.” ތާރާ ބުނެލިއެވެ. އެހިސާބުން އެ ދެކުދިން ވެސް ގާތް އެކުވެރިންނަށް ވިއެވެ. މިލްނާ އަކީ މާޒިން އަށް ވުރެ 2 އަހަރު ކުޑަ ނަމަވެސް އެއް އަހަރު ކުރިން ސްކޫލަށް ވައްދާފައިވާ ކުއްޖެއް ކަމުން އޭނާ އުޅެނީ ގުރޭޑް 11 ގައެވެ.

މިލްނާ އަށް ވެސް ލިބިފައި ވަނީ މާޒިންގެ ގަދަމުށިކުލައިގެ ކަޅި އާއި ކަޅުކަންގަދަ އިސްތަށިގަނޑެވެ. ނަމަވެސް މާޒިންއާއި ހިލާފަށް ކަޅުކަންގަދަ ހިތިފަތު ބުމައާއި ބޯ އެސްފިޔަތަކެވެ. އޭނާގެ އިސްތަށިގަނޑުގައި ވެސް ތަންތަންކޮޅު ގައި އަސްރުމަލު ކުލައިން ހައިލަޓް ކޮށްފައި ހުއްޓެވެ.

 

ކިޔާން ހީހީފައި ވާހަކަ ދައްކަމުން ދިޔަ ތާރާއަށް ބަލަހައްޓައިގެން އިނެވެ. މާޒިން އާއި ތާރާ އާ ދެމެދު ވާ ގުޅުމުން އޭނާގެ ގާތަށް ރުޅި އާދެވުވީ ބޭއިޚްތިޔާރުގައެވެ. އޭނާ ދެ ބުމަ ގޮށް ޖެހިގެން ދިޔައިރު ދެއަތް މުށްކެވުނެވެ. ދެލޮލުން ވެސް ހީވަނީ އަލިފާން ކަނި ބުރާ ހެނެވެ. ވަގުތުން ގޮނޑިން ތެދުވި ގޮތަށް ވައިސޫރިއެއް ހެން ނިކުމެގެން ދިޔައެވެ.

 

ފޯރީގައި ދައްކަމުން ދިޔަ ވާހަކައަށް ގެއްލިފައި އިން ތާރާ ސިހިގެން ދިޔައީ ބަންލާފައި ދޮރު ޖެހުން އަޑަށެވެ. ފަސް އެނބުރި ބަލާލުމަށްފަހު އަޅާނުލައި އަނެއްކާވެސް ވާހަކަ އާއި ގެން ކުރިއަށް ދިޔައެވެ. ދެންމެ ނިކުމެގެން އެދިޔައީ ކިޔާން ކަމެއް އޭނާ އަކަށް ނޭނގެއެވެ.

 

އާދައިގެ ގޮތަކަށް ކުލާސްތައް ނިމުމާއި އެކު 5 ކުދިން ވެސް ބައްދަލުވީ ގޭޓު ކައިރިންނެވެ. ކިޔާން ނުފެނުމުން ތާރާ ހައިރާންވި ނަމަވެސް އެކަމެއް މޫނު މައްޗަކުން ނުދައްކައެވެ. އިރުކޮޅެއް ފަހުން ވަރަށް ރުޅި އައިސްގެން ދެމީހަކު ވާހަކަ ދައްކާ އަޑު އިވިގެން އެކުދިން އެދިމާއަށް ބަލާލިއެވެ.

ކިޔާން އާއި ޖިނާން ރުޅި އައިސްގެން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދާ މަންޒަރު ފެނުމުން އެންމެން ހައިރާން ވިއެވެ. ދެން ފެނުނު މަންޒަރަކުން އެންމެންގެ ދެލޯ ބޮޑު ވިއެވެ.

ޖިނާން އަތް ނަގާފައި ކިޔާންގެ މޫނުމަތީގައި ޖެހީއެވެ. ވީތަދުން ސިހިފައި ކިޔާން ޖިނާން އާއި ދިމާއަށް ބަލާލި އިރު އެ ދެލޮލުގައި ވީ ރުޅިވެރިކަން ފެނުން މީހަކު ބިރުން ވިރުނީސް ކަން ޔަގީނެވެ. ނަމަވެސް ޖިނާން އެއަށް ވުރެ ތަފާތެވެ.

“އަހަރެން ހީކުރީ އަހަންނާ ޙަޤީގަތުގައި ވެސް ލައިކް ވާތީ ކަމަށް ރައްޓެހިވީ. އެކަމް މިހާރު އެނގިއްޖެ. ތިކަހަލަ ފިރިހެނުން ދުވަހަކުވެސް ބަދަލެއް ނުވާނެ. ޗި.” އެހެން ބުނެފައި ޖިނާން ހިނގައިގަތީއެވެ. ހަމަ އެވަގުތެވެ. އެހެން އަންހެން ކުއްޖަކު އައިސް ކިޔާންގެ އަތުގައި ހިފާލިއެވެ.

“ކިޔާން. އަރ ޔޫ އޯ ކޭ؟” ތުއި އަޑަކުން އެކުއްޖާ އަހާލިއެވެ. ކިޔާން އެކުއްޖާ އާއި ދިމާއަށް ބަލާލިއެވެ. “މިގަނޑި އަކު ވާހަކަ މަޑު ކުރެވޭކަށް ނެތް، ޒާރާ. ހަވީރު އަންނާނަން ތިގޭ ދޮށަށް ބަލާ.” އެހެން ބުނެފައި ކިޔާން ދިޔައީ އީކަންމެން ގާތަށެވެ. އޭރުވެސް ދުރު ދުރުގައި ބައެއް ކުދިން ބަލަހައްޓައިގެން ހުއްޓެވެ.

“ދި ޝޯވ އިޒް އޯވާ! މައިންޑް ޔުރ އޯން ބިޒްނަސް ނައު!” އައި ރުޅީގައި ކިޔާން ހަޅޭއްލަވައި ގަތެވެ.

 

ކިޔާން އީކަންމެނާ އަރާ ހާމަކޮށްފައި އެންމެ ފުރަތަމަ ވެސް ބަލާލީ ތާރާ އާއި ދިމާއަށެވެ. ކިޔާންގެ އެ ރުޅިވެރި ނަޒަރު ތާރާގެ ފެހިއަޅި ކަޅި އާއި ބައްދަލުވީ ހިނދު ތާރާގެ އެތެރެހަށިވެސް ފިނިވެގެން ދިޔަ ކަހަލައެވެ. ކިޔާން އެހާ ރުޅިއައިސްފައި ހުރިތަން ފެނިފައި އެކުއްޖާފުޅު ރަނގަޅަށް ވެސް ބިރުގަންނުވާ ލައިފިއެވެ.

“އަހަރެން ދަނީ!” ތާރާ އާއި ނަޒަރު ވަކިކޮށްލަމުން ކިޔާން އީކަންމެނަށް ބުނެލިއެވެ. އަދި ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނިކުމެގެން ގޮސް ކާރަށް އަރައި ދުއްވާލިއެވެ. ޖައިލަމް އެކުދިން ގާތު ޖޫސްޕެޓީ ބޯންދާން ހިނގާށޭ ބުނަމުން ކާރު ޑުރައިވަރަށް ގުޅާފައި ބަލާ ނައުމަށް އެދުނެވެ. އަދި 5 ކުދިން އެކުގައި ހިނގައިގަތެވެ.

ސަކަރާތް ޖަހަމުން ދިޔައިރުވެސް ތާރާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު ހިނގައި ދިޔަ ކަންތައްތަކެވެ. ކިޔާން ތާރާއާއި ދިމާއަށް އެހާ ރުޅިއައިސްފައި އެބަލައިލީ ކީއްވެ ކަމެއް އޭނާ އަކަށް ނޭނގުނެވެ. އޭނާ ކިޔާން ރުޅިއަންނަ އެއްވެސް ކަމެއް ނުކުރެއެވެ. ކިޔާން އާއި ދިމާއަށް ބަލާލިޔަސް ބަލާލަނީ އޭނާއަށް ނޭނގޭނެ ހެންނެވެ. އެހެން ވީއިރު އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟

ތާރާ ދެފަރާތަށް ބޯ ހަލުވާލީ ކިޔާންގެ ހިޔާލުތަކުން ދުރުވުމަށެވެ. އޭނާ މާލެ އައީ މުހިންމު ކަމަކުއެވެ. އެހެންކަމުން ކިޔާން އާއި މެދު ވިސްނައިގެން ދުވަސްތައް ބޭކާރު ކުރެވޭކަށެއް ނެތެވެ. އޭނާގެ އެންމެ ބޮޑު އުންމީދު ހާސިލު ކުރަން ބޭނުންވާ ނަމަ ލޯތްބާއި އެކަމާ މަސްހުނި ކުރެވޭކަށް ނެތެވެ.

އޭނާ މިއަދު މާލެ އައިސް އެހުރީ ވަކި މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ ބޭނުމަކު ނޫނެވެ. އެއަށްވުރެ ބޮޑު ބޭނުމަކު އެވެ. އޭނާ އަމިއްލަ ނަފްސަށް ކުރި ވަޢުދެއް ފުއްދާށެވެ. އެނގޭ އެއްޗަކީ އަމިއްލަ ފުރާނަ ދިޔަސް ތާރާ ނުނުހުއްޓާނެ ކަމެވެ. އެއީ އޭނާގެ ފުރާނައަށް ވުރެ މުހިންމު ކަމެކެވެ.

 

~~~~~~~~~

މިއަދު ވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން އެކުއްޖާއަށް އެމީހުން އަނިޔާ ކުރަމުން ދިޔައެވެ. މުޅި ގޭތެރޭގައި އެކުއްޖާގެ ވޭނީ ހަޅޭކުގެ އަޑު އިވެމުން ދިޔައެވެ.

ކުއްލިއަކަށެވެ.

ގޭގެ ބޮޑު ދޮރުގައި ބަޔަކު ބަން ލާފައި ތަޅައިގެން އަޑު އިވުނެވެ. ސިހިފައި އެމީހުންތައް އެ އަންހެން ކުއްޖާ އާއި ދުރަށް ޖެހިލައި ކުޑަދޮރުން ބޭރު ބަލާލިއެވެ. އެވަގުތު އެތާ ބޭރުގައި ބަޔަކު ތިބިތަން ފެނުނެވެ.

“ޝިޓް. ބޭރުގަ އެބަތިބި ބަޔަކު. އަނެއް ދޮރުން ނިކުންނަން ހިނގާ.” އެމީހުން ދުވެފައި ނިކުންނަން ދިޔައެވެ. ހަމަ އެވަގުތެވެ. ދޮރުފަތް ވެއްޓުން އަޑާއެކު މީހުންތަކެއް ހަޅޭއްލަވާ އަޑު އިވެން ފެށިއެވެ. ބިރުން ހުރެ ނަމަވެސް އެއްކަލަ އަންހެން ކުއްޖާ ތެދުވިއެވެ. ގައިގައި އަޅަމުން ދިޔަ ވޭނަށް ބެލުމެއް ނެތިއެވެ. ގަޔަށް އެތާ އޮތް ޓީޝާޓަކާއި ބޮޑު ސޯޓުބުރި ލިއެވެ. އޭގައި ވެސް އެކި ދިމާ ތަކުން އިރައިގެން ގޮސްފައި އޮތެވެ. ކޮންމެއަކަސް ހުސްގަޔާ ހުރުމަށް ވުރެ އެ ހެދުންތައް މާ ރަނގަޅެވެ.

ހިތްވަރު ކޮށްފައި ކޮޓަރީގައި ހުރި ދޮރާއި ދިމާއަށް ދިޔައެވެ. އެވަގުތު ތިރީ ފްލޯ އިން މީހުންތައް ތަޅާ ފޮޅަމުން ދިޔަ މަންޒަރު ފެނިފައި ހިތް ބިރުގަތެވެ. ނަމަވެސް ސިއްރު ސިއްރުން ތިރިއަށް ފޭބިއެވެ.

އަދި އެމީހުންނަށް ފެނުމުގެ ކުރިން ވަލު ދޮރާށިން ނިކުތެވެ.

 

އެހެންނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އެރިއެވެ.

އެތަކެއް އަހަރެއް ފަހުން ސާފު ވައިގެ ތެރެއަށް އެ ނިކުމެވުނީ ފުރަތަމަ ފަހަރަށެވެ. އެ މައުސޫމް ކުއްޖާގެ ލޮލުން ކަރުނަ ހިލުނީ ބޭ އިޙްތިޔާރުގައެވެ. އޭނާއަށް އަޑުން އަޑު ނަގާ ރޮވުނެވެ. އޭނާ އަވަހަށް ދުއްވައިގަތެވެ. އަނބުރާ އެމީހުންގެ އަތް ދޮށަށް ދާން ބޭނުން ނުވާތީއެވެ.

ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި އޭނާގެ ގައިގައި އައި ކާރު އޭނާގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ. ނަމަވެސް ދެވަނަ ފަހަރަށް ފަހަތް ބެލުމެއް ނެތި ދެންވެސް އޭނާ ދުއްވައިގަތެވެ.

އޭނާއަކީ މިހާރު މިނިވަނެކެވެ. އެ ނުލަފާ މީހުން ތަކުގެ ވަކި ތަކުން އޭނާ ސަލާމަތް ވެއްޖެއެވެ.

ނަމަވެސް މިހިސާބުން އަދި ނިމުނީ ހެއްޔެވެ؟ އެމީހުން އޭނާ ހޯދަން އަންނާނެ ނޫން ބާވައެވެ؟ އޭނާއަށް އަނެއްކާ މި ދެވޭނީ އަނެއް ވަކި ތަކުގެ ތެރެއަށް ބާއެވެ؟

~~~~~

މި ބައި ވެސް ކިޔުންތެރީންނަށް ކަމުދިޔަ ކަމަށް އުންމީދު ކުރަން.

»ޝައިމާ«

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ފުރަބަންދު

Next

ބަދަލުވި ޙަޔާތް

Next
December 7, 2020

ބަދަލުވި ޙަޔާތް

Previews
December 7, 2020

ފުރަބަންދު

One Comment

  1. shark_shaya says:
    December 7, 2020 at 1:28 pm

    Wow this part is very nice. when would you Post the next part. Love this story

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 13←


All Right Reserved!